އެއަށްފަހު އަފާން ގެނައި ކުއްލި ހަރަކާތާއި އެކު ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނީ އެފަދަ ކަމަކަށް އުއްމީދުވެސް ނުކޮށް ހުއްޓާ އެހެން ވުމުންނެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒާރާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ނަމަވެސް، ދެންވެސް އަފާން ހުއްޓާކަށް ނޫޅުނެވެ. އެގޮތުގައި ތިރީހަކަށް ސިކުންތު ހޭދަވުމާއެކު ޒާރާ އަފާންގެ މޭގައި އަޅާ، ދުރަށް ކޮއްޕައިލިއެވެ. އެއަށްފަހު، މާނޭވާ ލަމުން އަފާންއާއި ދިމާލަށް ބަލައިލީ ރުޅިވެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ. “އަފާން ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ..؟! ހަމަ ކަމެއް ވާ އިރަށް އެކަމުގެ ހައްލަކީ މީތަ..؟! އެހެންނޫނަސް މިކަހަލަ ކަމެއް ކުރާހާ އަހަރެމެންގެ ގުޅުން ވަރުގަދައެއް ނޫން.. އެކަހަލަ ގުޅުމެއް އަހަރެމެން ދެމީހުންގެ މެދުގައި ނުވެސް އޮވޭ.. ދެން އަފާން ކީކޭ ހިތަށް އަރައިގެންތަ-” “އައި ލަވް ޔޫ ޒާރާ..” ޒާރާގެ ޖުމްލަ މެދުކަނޑައިލުމަށްފަހު، އަފާން ބުނެލީ އިތުރަށް އެހިތަށް ކެތް ނުވުމުންނެވެ. ވާ ވަރަށް ޒާރާ އޭނާއާއި ދިމާލަށް އެއްޗެހި ކިޔައިފިއެވެ. ވާ ވަރަށް އޭނާގެ ބޮލުގައި އެތައް ދޮގު އިލްޒާމުތަކެއް އަޅުވައިފިއެވެ. އެވަރުން ނުވެގެން ޒާރާ ކާމިޔާބު ކުރަން އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް ޖޯކުވެސް ޖަަހައިފިއެވެ. ކެތް ވާނީ އެވަރަކަށް ނޫން ހެއްޔެވެ؟
“ވަޓް..؟” އަފާން ބުނި ތިން ލަފްޒު ޤަބޫލު ނުކުރެވިފައި ހުރެ ޒާރާއަށް ބުނެވުނީ ވައި އަޑުންނެވެ. އެއާއެކު، އަފާން ޒާރާއާއި ހަތަަރުކަޅި ހަމަކުރިއެވެ. އެއަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީ މިވަގުތު އޭނާ ބުނަން ބޭނުންވެފައި ހުރި އެއްޗެހި ގިނަ ކަމުންނެވެ. “ޒާރާ.. އަހަރެން ޒާރާ ދެކެ ލޯބިވޭ.. ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އަހަންކަށް ނޭނގެ މީ ކޮން އިރަކު ކޮންތާކު ކިހިނެތް އުފެދިގެން އައި އިހުސާސެއް ކަމެއްވެސް.. އެކަމަކު އަހަންނަށް އެއްކަމެއް ޔަގީންވި.. އެއީ މި ގޮތް ނޭނގޭ އިހުސާސް އެންމެ ފުރަތަމަ އަހަންނަށް ކުރެވުނީ ޒާރާއާއި މެދުގައި ކަން.. މިކަހަލަ އިހުސާސެއް ޒާރާ ފިޔަވައި އެހެން އެއްވެސް މީހަކަށްޓަކައި އަދި އަދަށް ދާންދެންވެސް މިހިތުގައި ނެތް ކަން.. އަދި ނުވެސް އޮންނާނެކަން.. ހަނދާންވޭތަ އެންމެ ފުރަތަމަ ޒާރާ އަހަރެންނާއި ދިމާލަށް ހަޅޭލަވާފައި ވާހަކަ ނުދައްކާ ހުރި ދުވަސް މަތިން..؟ އެ ހޭދަވީ ދުވަސްކޮޅުގަ އަހަންނަކަށް ނޭނގެ އަހަންނަށް ވީ ގޮތްވެސް.. މުޅި ރެޔާ ދުވާލު އަހަންނަށް ހޭދަވީ ޒާރާގެ ހަނދާނުގަ.. ތި ޚިޔާލުގަ.. ޒާރާގެ ތި ރީތި ސޫރަ ދެކެން ބޭނުންނުވާ ދުވަހެއް ނުދޭ.. އެވަރުންވެސް އަހަރެން އައީ މި އިހުސާސްތަކާ ދެކޮޅު ހަދަމުން.. އެކަމް ޒާރާ ފުރި ދުވަހުން ފަށައިގެން އަހަންނަށް ޔަގީން ވެއްޖެ މީ ލޯބިކަން.. އެކަމަކު އޭރު ވަގުތު އޮތީ ފާއިތުވެފަ.. ޒާރާ އަހަރެންގެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނުވޭ.. މި ހޭދަވީ ފަސް އަހަރު އަހަރެން ހޭދަކުރި ގޮތް ޒާރާއަށް ނުވެސް އެނގޭނެ.. އިހުސާސްވެސް ނުކުރެވޭނެ.. ދެން އަހަންނަށް ޒާރާއާ ކައިރިވެލުމުގެ ފުރުސަތު ލިބުނީ ފަސް އަހަރު ފަހުން.. އެއީ މި ހޮސްޕިޓަލުގަ ޒާރާ މަސައްކަތް ކުރާކަން އެނގުނީމަ.. އޭގެ ފަހުން އަހަރެން ޢަޒުމު ކަނޑައެޅިން ޒާރާ ހާސިލް ކުރާނެ ކަމަށް.. ޒާރާ ހާސިލް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އަހަރެން ހުރީ ތައްޔާރަށް.. އެކަމަކު މިއަދު އެކަމަށްވެސް ޒާރާ ތި ކުރީ މަލާމަތް.. އަހަރެން ޒާރާ ވަޒީފާއިން ވަކި ކުރާނަމޭ ކިޔައި ބިރު ދައްކަނީ ކޮންމެހެން އެކަން ކުރާކަށް ނޫނޭ.. އަދި ޒާރާއަށް ދެރަ ގޮތެއް ހަދާކަށްވެސް ނޫން.. އެއީ ޒާރާއާ ގާތް ވުމަށް ލިބޭ ފުރުސަތަކަށް ވާތީ.. ޒާރާ އަހަރެންގެ ލޯ ކުރިމަތިން ހިނދުކޮޅަކަށްވެސް ދުރަށް ދާން އަހަރެން ނޭދޭ އިރު، އަހަރެން ކިހިނެތް ޒާރާ ވަޒީފާއިން ވަކި ކުރާނީ.. އަހަރެން ފަހަރެއްގައިވެސް ހިތަކަށް ނާރަ ޒާރާ ތީ ކުޅޭކުޅޭ އެއްޗެކޭ.. ހިތަކަށް ނުވެސް އަރާނެ.. އިއްޔެ އެ ވީ ކަމަކީވެސް އަހަރެން ޒާރާދެކެ ވާ ސާފު ލޯބީގެ ހެއްކެއް.. އެއީ އަހަރެން ޒާރާ ދެކެ ލޯބިވާތީ ކުރި ކަމެއް.. ޒާރާއަށް އުނދަގޫކޮށް، ނޫނީ ދެރަ ކުރަން ކުރި ކަމެއް ނޫން.. އަހަރެން މިވީހާ ތަނަށް މި ހުރިހާ ކަމެއްވެސް މި ކުރީ ޒާރާ ހާސިލް ކުރުމަށް.. ޒާރާ ދެކެ ލޯބިވާތީ.. މި ހިތުގައި ވިންދު ޖަހަނީ ހަމައެކަނި ޒާރާއަށްޓަކައި ކަމަށް ވީތީ.. މިއޮށް ހުރިހާ ދުވަހަކު އަހަރެން މި ވާހަކަ ނުބުނެ މި ހުރީ އަހަރެންގެ ފިނޑި ކަމުން.. އެކަމަކު މިއަދު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭކަށް ނެތިން.. ޒާރާ.. މި ހިތުން ޖާގަ ދެވުނު ހަމައެކަނި ކުއްޖަކީ ތީ.. މި ހިތުގައި ލިޔެވުނު ހަމައެކަނި ނަމަކީ ތީ.. ރެޔާ ދުވާލު މި ދެލޯ އެދި ހޯދާ ހަމައެކަނި ސޫރައަކީ ތީ.. އަހަރެން ހިތާ ފުރާނައިން ޒާރާ ދެެކެ ލޯބިވަން.. ޒާރާ.. އަހަރެން މި ފަސް އަހަރު ކުރި އިންތިޒާރުގެ ނިމުން ފޮނިކޮށްދީ.. އަހަންނަށް ތި ހިތުން ކުޑަ ނަމަވެސް ޖާގައެއް ދީ. ޒާރާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސްް ވެއްޓުނަކަ ނުދޭނަން.. ޕްލީޒް.. އަހަންނަށް އެންމެ ފުރުސަތެއް ދީ.. އަހަރެންގެ މި ހިތަށް ފަރުވާއެއް ދީ.. އަހަރެންގެ އެންމެ ފަހު ނޭވާއާއި ޖެހެންދެން އަހަރެންގެ ޙައްޤަކަށް ވެދީފާނަންތަ..؟ ޕްލީޒް…” އަފާންގެ އެ ދިގު ވާހަކަ ނިމުނު އިރުވެސް ޒާރާއަށް ހުރެވުނީ ހުރި ގޮތަށް ބަލަހައްޓައިގެންނެވެ.
ޒާރާ އެއްވެސް އެއްޗެއް ނުބުނެ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމުން އަފާންގެ ހިތަށް ދޔައީ ނޭނގޭ އުނދަގޫތަކެއް ވަމުންނެވެ. ޒާރާ އޭނާގެ ލޯތްބަށް ފުރަގަސް ދީފި ނަމަ އޭނާ މުޅިން ހަލާކު ވެދާނެއެވެ.
ޒާރާގެ ޙާލަކީތޯއެވެ؟ ދެންމެ އެ އިވުނު ބަސްކޮޅުން އޭނާގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. މީގެ ކުރިން އަފާން އޭނާ ދެކެ ލޯބި ނުވާކަމަށް ޤަބޫލު ކުރެވުނަސް، މިއަދު މި އޮތީ ދިމާ އިދިކޮޅަށް ކަންތައް ދިމާ ވެފައެވެ. އަފާންގެ ފެންކަޅިވެފައިވީ ދެލޮލުންނާއި، ކުރަކިވެފައިވީ އަޑުންވެސް އެ ބުނަނީ ތެދުކަން ޒާރާއަށް ޔަޤީންވެއްޖެއެވެ. ފަސް އަހަރު ވަންދެން ދެގޮތެއް ނުވެ، އަފާން އޭނާއަށް އެ އިންތިޒާރު ކުރީ އޭނާ ދެކެ ހާދަ ލޯބިވާތީއޭ ހިތަށް އެރިއެވެ. ވަގުތުން އަފާންއަށް އާއެކޭ ބުނަން ބޭނުންވި ނަމަވެސް، އެ ދޫ ޙަރަކާތެއް ނުކުރިއެވެ. ހިތުން އަފާންއަށް އާނބަސް ދިންތާ ކިތަންމެ އިރެކެވެ. އުނދަގޫ ކަމަކަށްވީ އެ ބަސް ދުލާއި ހަމައަށް ގެނައުމެވެ.
ޒާރާގެ ފަރާތުން ޖަވާބަކަށް އުއްމީދުކޮށްގެން ހުރި އަފާންގެ ހިތް އެކީ މާޔޫސްވީ އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. އިސްދަށަށް ޖެހުނު އިރު، އެ ދެލޮލުގައި ވަނީ ކަރުނަތައް ގިނަވެފައެވެ. “އިޓްސް ފައިން.. ޒާރާއަށް އެގޮތަށް އަހަންނާ މެދު ފީލް ނުކުރެވުނަސް އޯކޭ.. އައި ކޭން އަންޑަރސްޓޭންޑް..” އަފާން އެހެން ބުނުމުން ޒާރާއަށް ހަމަހޭވެރިކަން ވިއެވެ. މިވަގުތު އަފާންގެ އަތުތެރެއަށް ނުވަދެވިއްޖެ ނަމަ، ދެން އެ ޖާގަ ދުވަހަކުވެސް ނުލިބޭނެޔޭ ޒާރާގެ ހިތަށް އެރިއެވެ. ވަގުތުން ޒާރާ އަނގަހުޅުވައިލީ އަފާންއަށް އޭނާގެ ހިތް އެދޭ ފަދަ ޖަވާބެއް ދިނުމަށެވެ. ނަމަވެސް، އެކަމަށް ހުރަސް އެޅީ ޒާރާގެ އަތުގައި އޮތް ފޯނެވެ. އެ ފޯނު ރިންގުުމުން ފޯނު ނުނަގަން ހުރެފައިވެސް ނެގީ މަންމަގެ ފޯނަކަށް ވާތީއެވެ. ފޯނު ނެގުމަށްފަހު، ކަންފަތުގައި ޖަހައިލި ޒާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ މަންމަ ރޯ އަޑު އިވިފައެވެ. “މަންމާ ކިހިނެތްވީ..؟ ކީއްވެ ތި ރޮނީ..؟” ޒާރާގެ ކަންބޮޑުވެފައިވީ އަޑު އަފާންއަށްވެސް ފާހަގަ ކުރެވުނެވެ. އޭނާވެސް އައިސް ޒާރާގެ ގާތުގައި ހުއްޓުނީ އެހެންވެއެވެ.
ރޮމުން ރޮމުން ޒައިނަބު ބުނި ވާހަކަތައް ޒާރާގެ ކަންފަތްދޮށުގައި ގުގުމައިގަތީ ހޮނު ގުގުރިއެއް ފަދައިންނެވެ. ވަގުތުން އަތުގައި އޮތް ފޯނު ދޫވިއެވެ. ނަމަވެސް، ފޯނު ބިންމައްޗަށް ނުވެއްޓުނީ އަފާން ހުޝިޔާރުކަމާއެކީ ފޯނު ހިފުމުންނެވެ. ފޯނުން އަދިވެސް ޒައިނަބު ރޯ އަޑު އިވެމުން ދާތީ އަފާންއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ޒާރާވެސް އަފާންގެ ގައިގައި ލައްވެލީ ދެފައިން ބާރުދޫވާން އުޅޭހެން ހީވުމުންނެވެ. ޒާރާގެ ކޮނޑުގައި އެއް އަތުން ވަށައިލަމުން އަފާން، ޒާރާގެ ފޯނު ކަންފަތުގައި ޖަހައިލިއެވެ.
“ޒައިނަބް ދައްތާ.. ކަމެއް ގޯސްވީތަ..؟” އަފާން އަހައިލުމުން ޒައިނަބްގެ ރުއިން ވީ އިތުރެވެ. “އަފާންބޭ.. ޔާސިރުބެމެން ގޭގަ އަލިފާން ރޯވެގެން އެ އުޅެނީ.. މިހާރު ޔާސިރުބެ ވީ މާލެ ގެންގޮސް.. ބައްޕަ ދެންމެ ގުޅާފަ އެ ބުނީ މިހާރު މި ލަފަނީއޯ.. ތި ހޮސްޕިޓަލަށޯ މި ގެންދަނީ.. ޔައި ދައްތައަށް ގުޅޭނެ ގޮތެއް ނެތިގެން ދޮންތައަށް މި ގުޅީ..” އެންމެ ފަހުން ވެގެން އުޅޭ ގޮތް ކިޔައިދިނީ ޒާޔާއެވެ. ވެގެން އުޅޭ ގޮތް ނަގައިގަނެވުމުން އަފާންވެސް އިންތިހާއަށް ދެރަވީ ޔައިނާއާއި ދޭތެރޭގައި ވިސްނާލާފައެވެ. އެއްކޮޅުން މިލާންގެ ކަމުގައި ހަމައަކަށް ނޭޅިގެން އުޅޭ އިރު، މިފަދަ ޚަބަރެއް ލިބުމުން ޔައިނާ ވާނެ ދެރަ އަންދާޒާވެސް ނުކުރެވޭނެއެވެ. ޒާރާވެސް އެހާ ދެރަވީ އެހެންވެގެންކަން ޔަޤީނެވެ. “ޒާޔާ.. މަންމައަށް ބަލައްޗޭ އިނގޭ.. އަފާންބެ ކައިރި ދޮންތަ ހުންނާނީ.. ހާސްނުވޭ.. ޓޭކް ކެއަރ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް..” އެހެން ބުނުމަށްފަހު، އަފާން ފޯނު ކަނޑައިލިއެވެ.
ރޮވެމުން ދިޔަ ޒާރާއަށް ކެތް ނުވެގެން އަފާންގެ ގައިގައި ބާރަށް ބައްދައިލިއެވެ. ފުރަތަމަ ސިހިފައި ހުރެވުނު ނަމަވެސް، އަފާންވެސް އޭނާގެ ދެއަތް ޒާރާގެ ހަށިގަނޑުގައި ވަށައިލީ އެ އަތުގެ ހިމާޔަތް އަބަދުވެސް ދޭނަމޭ ބުނާ ފަދައަކުންނެވެ. “އަ.. އަފާން.. ދެން ޔައި.. ޔައިއަށް ވާނީ ކިހިނެތް..؟ ޔާސިރުބެއަށް.. ކަމެއް ވެއްޖެއްޔާ.. ދެން.. ޔައިއަށް އަޅާލާނީ ކާކު..؟ އަފާން.. ޔާސިރުބެ.. ޔާސިރުބެ އެއީ އަހަރެންގެ ބައްޕައެއް ކަހަލަ މީހެކޭ.. އަހަ.. އަހަރެން ޔައިއަށް ދައްކާނީ ކޮން މޫނެއް..؟ އަ.. އަފާން..” އަފާންގެ މޭތެރޭގައި ބޮނޑިވެލަމުން ޒާރާ ބުނަމުން ދިޔައެވެ. “ޝްޝްޝް.. ޒާރާ ހުއްޓާލަބަލަ.. ޔާސިރުބެއަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނޭ.. މިކޮޅުން ދެވެން ހުރި ފަރުވާއެއް އެންމެ ފުރިހަމަ ގޮތުގައި ދެވޭކަން އަހަރެން ކަށަވަރު ކުރާނަން.. އޭގެ ފަހުން ބޭރަށް ގެންދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނީ.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ޔައި ކައިރި އިހަށް ނުބުނެ މަޑުކޮށްލާނީ.. އެހެންނޫނަސް، ޔައިގެ ގާތުގަ އަހަރެމެންވެސް މި ތިބީނު.. މަށާ ޒާރާއާ އަހަރުމެންގެ ފެމިލީވެސް އަބަދުވެސް ތިބޭނީ ޔައިއާ އެކީއޭ.. ހާސްނުވޭ އިނގޭ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ޝްޝް..” އަފާންގެ އެ އޯގާތެރި އަޑުންވެސް އޭނާ ޒާރާ ދެކެ ލޯބިވާ ވަރު ދިޔައީ ހާމަކޮށްދެމުންނެވެ. އެއްއަތުން ޒާރާގެ ގައިގައި ހިފަހައްޓާލައިގެން ހުރެ، އަނެއް އަތުން އަފާން ފޯނު ނަގައި، ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.
“ހަލޯ.. މިކޮޅަށް ގެންނާނެ ވަރަށް އަވަހަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އަނިޔާވި މީހަކު.. މިހާރުން މިހާރަށް އޮޕަރޭޝަން ތިއޭޓަރާއި އީއާރްވެސް ރެޑީ ކުރޭ.. ޑޮކްޓަރުންގެ އެންމެ މޮޅު، ތަޖުރިބާ ހުރި ޓީމެއްވެސް ރެޑީ ކުރޭ.. އޭނައަށް ދެވޭ ފަރުވާ ވަރަށް ރަނގަޅު ވާން ޖެހޭނެ.. ސާފުތަ..؟” އަފާން އެހުމުން އެކޮޅުން އާއެކޭ ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި އަފާން ފޯނު ކަނޑައިލިއެވެ. އޭރުވެސް ޒާރާ ރޮމުން ދާތީ އަފާން އަނެއްކާވެސް ޒާރާގެ ގައިގައި ބައްދައިލިއެވެ. އޭނާގެ ގަމީހުގެ މޭމަތި ޒާރާގެ ހޫނު ކަރުނައިން ތެމެމުންދާ އިޙްސާސް ވުމުން ހީވީ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. “ޒާރާ.. ޕްލީޒް.. ދެން ހުއްޓާލަބަލަ.. އަހަރެން މި ބުނީނު އަހަރެން ޔަޤީން ކުރާނަމޭ ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަން.. އަހަންނަށް އިތުބާރުކޮށްބަލަ.. ޒާރާ ތިހެން ރޯތަން ފެނުނީމަ އަހަރެން ހާދަ ދެރަވޭ.. މި ހިތަށް ހާދަ އަސަރު ކުރޭ.. ސޯ ޕްލީޒް ޒާރާ.. ސްޓޮޕް ކްރައިން.. ޒާރާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކެއްގެ އަގުވެސް އަހަންނަށް އަދާ ކުރެވޭ ވަރަށްވުރެ އޭގެ އަގު މާ ބޮޑު..” އަފާން ޒާރާ ދުރުކޮށްލާފައި، އެ ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެދެމުން ދިޔައީ ލޯތްބާއި އެކީއެވެ.
އަފާންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ޒާރާއަށް އެވަގުތު ހުރެވުނެވެ. އެ ކަޅުކަން ގަދަ ފުން ދެލޮލުން ޒާރާއަށް ފެނުނީ އޭނާއަށްޓަކައިވާ ނިމުމެއް ނެތް ލޯތްބެވެ. އަޅާލުމާއި، އޯގާތެރިކަމެވެ. ކެރުންތެރިކަމާއި ޔަޤީންކަމެވެ. މުޅި ޢުމުރު ދުވަހު ޒާރާއަށް ލޯތްބާއި ހިމާޔަތް ދޭނަމޭ ބުނާ ކަހަލައެވެ. އެ ދެލޮލަށް ގެއްލިފައި ޒާރާއަށް ހުރެވުނީ އެއްޗެއް ބުނަން ބޭނުންވެގެން އުޅޭ ފަދައިންނެވެ. ޒާރާގެ އެ ފުން ކަނޑެއް ފަދަ ދެ ލޮލުން ފެންނަމުން ދިޔަ އެއްޗެއް ހޯދުމުގެ ބޭނުމުގައި އަފާންވެސް އެ ދެލޮލުގެ ތެރެއަށް ފީނައިގަތީއެވެ. އެކަކު އަނެކަކުގެ ދެލޮލަށް ގެއްލިފައި ތިބި ޒާރާއަށާއި އަފާންއަށް ހަމަބިމަށް އާދެވުނީ އެމްބިއުލޭންސްގެ ސައިރެންގެ އަޑުންނެވެ. ވަގުތުން ދެމީހުންނަށްވެސް އެކުއެކީގައި ފަހަތަށް ބަލައިލެވުނެވެ. އެވަގުތު އެމްބިއުލެންސް އައިސް އެތަނުގައި ހުއްޓެނީއެވެ. އަފާން އަވަސްއަވަހަށް ޒާރާ ގޮވައިގެން ދިޔައީ މިވަގުތު އެތަނުގައި ހުންނަން ޒާރާ ބޭނުންވާނެކަން އެނގޭތީއެވެ.
ޔާސިރު އެމްބިޔުލޭންސުން ނެރުނު އިރު އެކީގައި މާހިރުއާއި ޝުޢައިބުވެސް ފޭބިއެވެ. ހޮސްޕިޓަލުގެ މުވައްޒަފުންގެ އެހީގައި ދަމާ އެނދަކަށް ލައިގެން ޔާސިރު ގެންދެވުނެވެ. މިލާންއާއި ލައުރާވެސް އެތަނަށް އައީ އެވަގުތުއެވެ. އެ ދެމީހުންވެސް އައިސް އެތަނުގައި ހުއްޓުނު އިރު މޫނުމަތިން ފެންނަނީ ހާސްކަމެވެ. ޔާސިރު ނެރުނު ވަގުތު ގައިގައި ފޮތިގަނޑު އަޅާފައި އޮތް ކަމުގައިވީ ނަމަވެސް، އަތާއި، މޫނު އޮތީ ހާމައަށެވެ. ޔާސިރުއަށް ލިބިފައިވީ ގެއްލުންތައް ފެނިފައި އެންމެ އަސަރު ކުރީ ޒާރާއަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުޑަ އިރުއްސުރެ މިއަދާ ހަމައަށްވެސް އެ ދެމެދުގައިވީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ މާތް، މަތިވެރި ގުޅުމެކެވެ. ޒާރާއަކީ ނަރުހެއް ކަމުން މިކަހަލަ އެތައް މަންޒަރެއް ކުރިންވެސް ފެނިފައި ހުންނާނެކަން ގައިމެވެ. ނަމަވެސް، މިފަހަރު އެ ނާޒުކު ހިތަށްވެސް ކެތް ނުކުރެވުނީ ޔާސިރު ފަދަ ގާތް މީހަކު އެ ޙާލުގައި އޮތީމައެވެ. ވަގުތުން އަފާންގެ ގައިގައި ބައްދައިލެވުނީ އޭނާއަށް އޯގާތެރިކަމާއި، ރައްކާތެރިކަން އިޙުސާސް ކުރެވޭ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވުމުންނެވެ. އަފާންގެ ޒާރާގެ ގައިގައި ދެއަތް ވަށާލާފައި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ވިސްނައިދެމުން ދިޔައީ ނުހަނު ލޯބިންނެވެ. ޔާސިރު ގެންދެވުމާއެކު، މާހިރުއާއި ޝުޢައިބު އެމީހުން ފަހަތުން ދިޔައެވެ. މިލާންއާއި ލައުރާވެސް އަވަސް ހިނގުމެއްގައި ދިޔަ އިރު، ޒާރާ އަތުލަފިކޮށްގެން ހުރެ، އަފާންވެސް އެމީހުން ފަހަތުން އާދެއެވެ.
ޔާސިރު އެންމެ ފުރަތަމަވެސް ވެއްދުނީ އީއާރަށެވެ. އަފާން ކުރީބައިގައި ބުނެފައި އޮތުމުން ޑޮކްޓަރުންގެ ޓީމެއްވެސް ތިބީ ތައްޔާރުގައެވެ. އެހާ އަވަހަށް ފަރުވާދޭން ފެށުމުގެ އަސްލަކީ އެއީއެވެ. ނަރުސް ކުއްޖެއްގެ އެދުމަށް އެވަގުތު ހުރިހާ ފޯމަލިޓީސްތަކެއް ފުރުމަށް ދިޔައީ މާހިރުއާއި ޝުޢައިބެވެ. އެއާއެކު އެތަނުގައި ތިބީ މިލާންއާއި ލައުރާގެ އިތުރުން ޒާރާއާއި އަފާންއެވެ. މިލާން ދެކޮޅަށް ދެކޮޅަށް ހިނގަހިނގާ ހުރި އިރު، ލައުރާ އިނީ މިލާންގެ ޙަރަކާތްތަކަށް ބަލާށެވެ. އަފާންއާއި ޒާރާ އިށީނދެގެން ތިބި އިރު، ޒާރާ އިނީ އަދިވެސް އަފާންގެ މޭތެރޭގައި މޫނު ފޮރުވާލައިގެންނެވެ. އަފާންވެސް ޒާރާގެ ބޮލުގައި ފިރުމައިދެމުން ދިޔަ އިރު، ދޭތެރެ ދޭތެރެއިން ޒާރާ ހިތްހަމަޖައްސައިދުނުމުގެ ގޮތުން ލޯބިން ފުރިގެންވީ ބަސްތައް ވައިއަޑުން އިއްވާލައެވެ. އެއްވެސް ޝަކުވާއެއް އަދި ފޫހިކަމެއްވެސް ނެތިއެވެ.
ޒާރާގެ ގައިގައި ބައްދާލައިގެން އިން އަފާންއަށް ބަލައިލެވުނީ މިލާންއާއި ދިމާލަށެވެ. އޭރު މިލާން ހާސްވެފައި ހުރެގެން ދެކޮޅަށް ދެކޮޅަށް ހިނގަނީއެވެ. ދޭތެރެދޭތެރެއިން މޫނާއި އިސްތަށިގަނޑާއި އެކީގައި އަތް އުނގުޅާލާއިރު، ފުން ނޭވާތަކެއްވެސް ދޫކޮށްލައެވެ. މިލާންގެ ޙަރަކާތްތަކުން އަފާންއަށް އެވަގުތު އާދެވުނީ ރުޅިއެވެ. ޔާސިރުގެ ހުރި ހަމައެކަނި ދަރިފުޅުގެ ހިތް ހަލާކޮށްލާފައި ހުރި މީހަކީ އެއީއެވެ. މިލާންގެ ފަރާތުން ޔައިނާއަށް އެ ލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ މިއިން ކަމެއް ޔާސިރުއަށް އެނގިއްޖެ ނަމަ މިލާން ދެކެ ހާދަ ރުޅިއެއް އަންނާނެއެވެ. ވީއިރު، މިލާން މިއަދު މިތާނގައި އެ ކުރަނީ ކީއްހެއްޔެވެ؟ މިލާން މިތަނުގައި ހުުރުމުގެ އެއްވެސް ބޭނުމެއް އެބަ އޮތް ހެއްޔެވެ؟
ޒާރާ އޭނާގެ ގަޔާއި ދުރުކޮށްލާފައި އަފާން ތެދުވިއެވެ. ގޮސް، މިލާންގެ ކުރިމައްޗަށް އޭނާ އެރީ ދެބުމަ ގޮށް ޖަހައިގެން ހުރެއެވެ. “އެތެރޭގައި ބައްޕައެއް މަރާއި ހަނގުރާމަ ކުރަމުން އެ ދަނީ މަންމައަކާ ނުލާ އޭނާ ބަލާ ބޮޑު ކުރި ހަމައެކަނި ދަރިފުޅަށްޓަކައި.. އެކަމަކު އެ ދަރިފުޅުގެ ހިތް ހަލާކުކޮށްލި މީހާ މިއަދު މި ހުރީ އޭނާ އަތުޖެހޭ ހިސާބުގަ.. އޭނާގެ ހާލު ބަލަން އައިއްސަ.. އަހަންނަށް އަހާލެވިދާނެތަ މިވަގުތު މިލާން މިތަނުގައި ހުންނަން ޖެހުނު ސަބަބު..؟” އަފާންގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ ވަރު ހާމަވެގެން ދިޔައެވެ. “އަފާން ޕްލީޒް.. މިވަގުތަކު ނޫން.. ފެނޭތަ ބައްޕަ އޮތް ހާލު..؟” މިލާން ބުނެލީ މިފަދަ ނާޒުކު ވަގުތެއްގައި އަފާންއާއި ޒުވާބު ކުރަން ބޭނުން ނުވާތީއެވެ. “ބައްޕައޭ..؟ ކޮންއިރަކު އޭނަ ކަލޭގެ ބައްޕައަކަށްވީ..؟ އޭނާގެ ދަރިއެއްގެ މަޤާމުން ކަލޭ ވަކި ވެއްޖެ އެއްނު.. އެކަން ހަނދާން ނެތުނީތަ..؟” އަފާން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ލައުރާ އިނީ މިވަގުތު ޙަޤީގަތް ބުނާ ހިތުން ގޮސް މަރުވާ ވަރު ވެފައެވެ. އެއްވެސް މީހަކު މިލާންއާއި ދިމާލަށް ބަދު ބަހެއް ބުނާކަށް އޭނާއެއް ނޭދެއެވެ. ކުށް ކުރީ ޔައިނާއެވެ. ވީއިރު، މިލާންއަށް އެކަމުގެ އަދަބު ލިބެން ޖެހޭނެ ގޮތެއް އޮވެގެން ނުވާނެއެވެ. ޒާރާ އިނީ މިވަގުތު މިތަނުގައި ޒުވާބެއް ހިނގާފާނެތީ އެކަމާ ބިރުންނެވެ. މިފަދަ ވަގުތެއްގައި އަފާންއާއި މިލާންގެ ދެބަސްވުން ފެންމަތިވާކަށް އޭނާ ނޭދެއެވެ.
“އަފާން ހެޔޮނުވާނެ.. އިހަށް ހުއްޓާލަބަލަ.. މަގޭ ބޯ ފަޅައިގެން ދާވަރު ވޭ..” މިލާން ބެލީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯއެވެ. “ކަލެއަށް މިއަދު ޔާސިރުބެގެ ޙާލު ބަލަން އައުންވެސް ޙައްޤެއް ނޫން.. މިއަދު މިތަނުގައި ހުންނަންވެސް ކަލޭ ލަދު ގަންނަން ޖެހޭނެ.. އަހަންނަކަށް ނޭނގެ މިއަދު ކޮން ޙައިސިއްޔަތަކުންނެއް ކަމެއްވެސް ކަލޭ މިތަނުގައި ތި ހުރީކީ..” އަފާން ހުރީ ރުޅިއައިސް ރަތްވެފައެވެ. މިލާން އެއްޗެކޭ ނުބުނެ އިސްޖަހައިގެން ހުރުމުން އަފާންގެ ރުޅިވީ ހައްތަހާ އިތުރެވެ. “ކަލެއަށް އިނގޭތަ ޔާސިރުބެ ކަލެއާ ޔައިނާ ހަވާލު ކުރީ ކަލެއަށް ކިހާ އިތުބާރެއް ކޮށްފަ ކަން..؟އޭނނ..؟ އިނގޭހޭ..؟!” އަފާންގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. ދެންވެސް މިލާން އެއްޗެކޭ ނުބުނީ، އެއްޗެއް ބުނަން ވެއްޖެނަމަ، ޔައިނާގެ ނަން ހުތުރުވާނެކަން އެނގޭތީއެވެ. އެގޮތަށް އެކަން ވާކަށް މިލާންއެއް ނޭދެއެވެ. “ކަލޭ ތީ ހާދަ ލަދު ހަޔާތް ކުޑަ-” އަފާން ބުނަން އުޅުނު ޖުމުލަ ހުއްޓާލަން ޖެހުނީ މިއޮށް ހުރިހާ އިރަކު މަޑުން އިން ލައުރާ ވާހަކަ ދެއްކުމުންނެވެ.
“ހުއްޓާލާ އަފާން!! ދެން ހުއްޓާލާ!! ވާ ވަރަށް އެއްޗެހި ކިޔެއްޖެ އެއްނު.. ދެން ހެޔޮ!! ހުރިހާ ކަމަކަށް އަފާން މިލާން ކުށްވެރި ކުރާ އިރު މިކަމުގަ ގޯހީ މިލާންއެއް ނޫނޭ.. މިލާން ޔައިނާ ދޫކޮށްލަން ޖެހުނު ސަބަބު އަފާންއަށް އެނގޭ ނަމަ މިލާން ދެކެ ތިހާ ރުޅިއެއް ނާންނާނެ..” ލައުރާ އެހެން ބުނުމުން މިލާން އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ނަމަވެސް، ލައުރާ މިއަދު ހުރީ އެ އަޑު އަހާ ގޮތަކަށް ނޫނެވެ. ދެން އެއްވެސް މީހަކު މިލާންއާއި ދިމާލަށް ބަދު ބަހެއް ބުނުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭނޭ ކަމެއް ނޫނެވެ. “ތި ބުނީ..؟” އަފާން އަހައިލީ ލައުރާ ބުނި އެއްޗެއް ނޭނގުމުންނެވެ. ޔައިނާއާއި މިލާން ވަކިވާން ޖެހުނު އެހެން ސަބަބެއް އޮތީބާވައޭ އަފާންގެ ހިތަށް އެރިއެވެ. “ޔައިނާއާ މިލާން ވަކިވީ-” ލައުރާގެ ވާހަކަ ހުއްޓުނީ މިލާން އަނެއްކާވެސް ނޫނެކޭ ބުނުމުންނެވެ. ނަމަވެސް، މިއަދު އޭނާ މަޑަކުން ނުހުންނާނެއެވެ. “މިއްލު ކީއްވެގެންތަ..؟ ޔައިނާ ކުރި ކަންތަކަށްފަހު ކީއްވެގެންތަ އަދިވެސް ޔައިނާ ދިފާޢު ކުރަން ތި އުޅެނީ..؟ މި މީހުންވެސް ރުޅި އައިސް އެ ތިބެނީ މިއްލު ދެކެއޭ..” ލައުރާ ހިސާބަކަށް ހިތްހަަނުޖެހުނެވެ. “މިލާންއާއި ޔައިނާ ވަކިވީ ޔައިނާ މިލާންއަށް ބޭވަފާތެރިވީމަ.. ޝީ ޗީޓެޑް އޮން ހިމް އަފާން!! އެހެންވެ މިލާންއާއި ޔައިނާ ވަކިވާން ޖެހުނީ..” ލައުރާގެ ވާހަކައިން މިލާންއަށް ދެލޯ މަރާ ބާރުކޮށްލެވުނު އިރު، އަފާންއާއި ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އެކަމު އަދިވެސް މިއްލު އެއްވެސް އެއްޗެއް ތިމީހުން ކައިރި ނުބުނެ އެ ހުންނަނީ ޔައިނާ ދެކެ އިންތިހާއަށް ލޯބިވާތީ.. ތި މީހުން ޔައިނާ ދެކެ ރުޅި އަންނާނެތީ.. ޔައިނާ އެ ކުރި ކަންތައް ދޯ ދެން.. ޗީ.. އެއީ އަހަރެންގެ އެކުވެރިއެކޭ ބުނަންވެސް ލަދު ގަނޭ.. އެކަހަލަ ހަޔާތްކުޑަ އަންހެނެއް-”
“ޚަބަރުދާރު ލައުރާ!! ތި މުޑުދާރު އަނގައިގަ ތި އޮތް ބަސް ބޭރު ނުކުރާތި..! ޔައިނާއޭ ކިޔައިގެން އިތުރު އެންމެ އެއްޗެއް ތި ދުލުން ބޭރުވިޔަކަސް ނިމުނީ!!” ލައުރާގެ ވާހަކައިން ކުރިއަށްވުރެ ރުޅިގަދަވެފައި ހުރެ، އަފާން ބުނެލިއެވެ. ލައުރާއަކީ އަންހެން ކުއްޖެއް ނޫން ނަމަ މިހާރު އޭނާ އަތް އިސްކުރީހެވެ. ޒާރާވެސް ހިސާބަކަށް ބިރުގަނެފައި އިނީ އަފާން މިހާ ރުޅި އައިސް ހުއްޓާ އަދި ދުވަހަކުވެސް ނުދެކޭތީއެވެ.
“އަފާން ޤަބޫލު ކުރިޔަސް ނުކުރިޔަސް ތެދު ވާނީ ތެދަށް!! ޔައިނާ އަކީ އެކަހަލަ އަންހެނަކަށް ނޫނީ ނުވާނެ!!” އަފާން އެހާ ރުޅި ގަދަ ވުމުން ބިރުގަނެފައި ހުރި ނަމަވެސް، ލައުރާވެސް ވާހަކަ ދެއްކީ ބާރަށެވެ. “ލައުރާ!! ހީކުރީތަ ޔައިނާއޭ ކިޔައިގެން އައިސް ކޮންމެ ކަހަލަ އެއްޗެކޭ ކީމަ އަހަރެމެން ގަބޫލު ކުރާނެ ކަމަށް؟! އޭނ..؟! ނުކުރާނަން.. ތި އުޅެނީ ޔައިނާއާ ރުޅިވާން ވެގެން ދައްކާނެ ރަނގަޅު ބަހަނާއެއް ނޭނގިގެއްނު.. އަހަންނަށް އިނގޭ..” އަފާންގެ ވާހަކައިން މިލާން ހުރީ ބޮލަށް އެނބުރުން އަރާ ވަރު ވެފައެވެ. “އަފާން-”
“ލައުރާ!! ފަހުގެ އިންޒާރު މި ދެނީ!! ޔައިނާއަކީ އަހަންނާ ލޭގެ ގުޅުމެއް ނުހިނގިޔަސް އަހަރެންގެ އަމިއްލަ ކޮއްކޮއެއް ކަހަލަ ކުއްޖެއް.. އޭނައަށް ހަޑިވާ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިފިއްޔާ އަހަންނެއް މަޑަކުން ނުހުންނާނަން!! އެ ވަރިހަމަ ލައުރާއަކަސް މިލާންއަކަސް.. އަޑު އިވިއްޖެތަ..؟!” އަފާން ހުރީ ލޮލުން އަލިފާން ކަނި ބުރާ ވަރު ވެފައެވެ. “މަށަށް ހީވަނީ ލައުރާ ޔައިނާއޭ ކިޔައިގެން ތި ހުރިހާ ވާހަކައެއް ދައްކާ އިރު ޔައިނާއެއް ނޫން ކަންނޭނގެ ގޯހީ.. ލައުރާ ކަންނޭނގެ ތިބުނާ ވައްތަރަކަށް އުޅެނީވެސް.. މަށަށް ޔަގީނޭ މިލާންއާއި ލައުރާގެ މެދުގައި ގުޅުމެއް އޮވެގެންކަން މިލާންއާއި ޔައިނާ ވަކިވީ-” އަފާންގެ ވާހަކަ ފުރިހަމަ ނުކުރެވުނީ މިލާން އަތުގެ ހޫނު ޙަމަލާއެއް އަފާންގެ މޫނަށް އެރުމުންނެވެ. މިލާން ޖެހިލެއް ބާރުކަމުން އަފާންގެ ތުންފަތް ފަޅަައިގެންގޮސް، ލޭ އަންނަމުން ދިޔައެވެ. ކުއްލިއަކަށް މިލާންގެ ފަރާތުން މި ފެނުނު ޢަމަލުން ލައުރާއާއި ޒާރާވެސް ތިބީ ހައިރާންވެފައެވެ. އަފާން ތުންފަތުގައި އަތް އުނގުޅައިލުމާއެކު، އަތުގައި ހޭކުނު ލެޔަށް ބަލައިލިއެވެ. އެއަށްފަހު، މިލާންއަށް އޭނާ ބަލައިލީ ނުރައްކާތެރިކަމުން ފުރިގެންވީ ނަޒަރަކުންނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Helllooo naayuuu👋👋🤗
Woahh stry enmen fwrigadha hisaabu dhww 😩🥺❤️😆😆
Vrh interesting vehje❤️ I wonder Hama what will b their reaction when they knows the actual truth about yainaa😁😆😆❤️❤️
Lauraa how can she say that woahh im hating her😳😒😩
Afaan aa zaaraa ge Bai soo emotional ale🥺❤️ can’t wait zaaraa answer eh dey e irakah ❤️❤️
Yainaa dad survive veythw aameen 🤲❤️🥺
Hama Masha Allah stry vrhh furihama❤️🥰 keep it up lwbiiganduu hehhe…❤️❤️😚
Waitting for next curiously ❤️
Take care and lysmmmmmmm❤️
Klw klw klw. Klwwwww uhu uhu uhu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
In reply to @YEOJA
Hlwwwwwww sisyyyyy
Yeahhh.. Mee hama enme hoonu gadha hisaabu.. Ekm mi hisaabun medhu kandaalan vs jehidhaane.. Cux comp halaaku vefa lap vs halaaku vefa hury.. Sooo.. Ekm balaanan ehn gotheh namaves feneythoa
Let’s see dhww.. Neynge hama vaane gotheh
Ahaha Laura dhw.. Dhn ehnves buneveyne dhw.. She also doesn’t know about the truth..
Ahaha zaaraa ge answer vs ingeyne adhi.. Next part ga kanneynge ebai iny.. 30 vana bayaa hisaabah bodah gennaany zaaraa and afaan ge bai.. Eyge fahun yaina mn ge story bodu koh gennaany.. Assu gina meehun enme kiyaahiy vany vs zaaraa and afaan ge bai dhw..
Ameen.. Insha Allah survive vaane..
Awwwwn tyssssm sisyyyyy🖤🖤🖤
U too tc 🖤🖤🖤
Lysssssmmm 🖤🖤🖤🖤🖤
In reply to @Reesha Corona
Hoan manje dhww.. Thi karunathah fuhebala dhen.. Yaina aa dheytherey nuvisnabala.. Manje visnabala yaash dhonbe aa dheytherey.. Maitu vs enme fahun nugaboolu veenu 🤣🤣🤣🤣 ok ok srs vaanvee dhw..
Ey sorry man.. Assu ma vs dhera vey ingey.. Pss ok vaane.. It’s cool.. Life is like that.. Lol
dhen naaayoooo… thihen hadhaakah nuvaane ehhnun.. mashah hama assu vx rovihhjee….. 😭😭😭😭😭 dhen nuvaane… laura thee aharen nama hama huvaa… milaan aa lau aa dhemedhu gulhumeh onnanee ey buni hisaabun aharenge hithah eri hama… ughhh aa ekey bunefa e vaguthun evaguthha confess kuran vx… lol… if that was me in irl i would like literally.. ekm dhemeehunge friendship naazuku fahtharakah gohssa othee… vx.. eyah vuren naazuku vedhaane thy biru vx ganeyy… ekm dhen kieh kuraanee …. 🤷♀️🤷♀️🤷♀️🤷♀️
btw dhonaaa i really love this part… dhefaharu kiyaifin mihaaru vx adhives kiyaa hih veyy eba… nei hureveykah magey vhk ves up nukurevigen adhi mi ulheny bxy kamun gos… mi dherey tin rey mi dhiyaiee rangalah nunidhaa…. teachers day annaaathee vegen.. ekm dhen ekanthah nimunee… dhen nidhi dhaane hama jehigen… sooo…. i think i should goo…
bye bye loabss♥♥♥♥♥♥ ilove you alott… miss you af damn i wish you were here with me like… ughhhh public veema nukerey bunan vx. but just to let you know…. im going thru alot rn and… i need a shoulderrr😭😭😭😭
anyywasss byeee bbg♥♥♥♥♥♥♥♥❤❤❤
In reply to @His Beastess
Alheyyyyyyyyyyyyy dhn dhwwwww… Mi enmen roa varun vs dhwwwww..
Ahahaha dhn neynge dhw lau confess nukuraane kameh vs.. Hehe.. Milaan aa yaina aa vs gulhidhaane hama milaan aa Laura aa vs gulhidhaane.. Even idk what’s gonna happen next.. Hehe
Owhhh thank you darlsss.. Really means a lot to me 🖤🖤🖤
Ahaha dhey avahah nidhaalan ingey.. Dhonaa mn ulhuny adhi thiyah vure bxy koshey.. 9 ge aharu veema.. Teacher’s day ah ready vumaa Qaumee vhk aa lhemaa mazumoonu liyumuge mubaaraaiy othy hama dhaadhi eku eky.. Adhi 9 ge aharu veema kihaa bura vaane dhw.. Evarah filaavalhu ovey.. Hus vagutheh vejjeyyaa abadhu ulhen jeheny past papers hadhan.. Ekm vs reygandu enme Las vgn vs 10 ga nidhan.. Time manage kuran Dhas kureema hurihaa kameh vs ok vaane..ingey.. Konme kamakahvs time eh kanda alhaa.. Rangalhah nidhahchey.. Eat well and sleep well.. Rangalhu natheejaa eh hoadheyny eyrun ingey🖤
Awwwwn alheyyyyyy dhoonyyyyy I’m so sorry for not being able to be their for youu.. I just wanna give yuh a tight hugggg!!! Be strong bbg.. Insha Allah hurihaa kameh vs rangalhu vaane ingey🖤..
Love yah moreee dhoony🖤🖤🖤
Take care and don’t let whatever you’re going thru affect ur studies.. Cux I already know that it’s related to some boy… Sooooooooo.. Yk… Keep ur personal life and study life separate ingey..
Byeee🖤🖤🖤