ނިދިފައި އޮތް ޔައިނާއަށް ބަލައިލަމުން ޝިޔަލް ޔައިނާގެ އަންނައުނުތައް ގަޔާއި، ވަކިކޮށްލިއެވެ. އެއަށްފަހު، ބެޑްޝީޓުތަކާއި، ބާލީސްތައް އެކިތަންތަނަށް އުކާލާ، ތަރުތީބު ގެއްލުވައިލިއެވެ. އެއަށްފަހު ޝިޔަލް އޭނާ ލައިގެން ހުރި ޓޝާޓުވެސް ބާލާ، ޔައިނާގެ ކައިރީގައި އޮށޯތެވެ. ދެމީހުންގެ ގައިގައި ރަޖާ އަޅައިލަމުން ޝިޔަލް ޔައިނާގެ މެދުހަށީގައި ބައްދައިލިއެވެ. އެއަށްފަހު، ހިތްހަމަޖެހިގެން އޮވެ، ޝިޔަލް ދެލޯ މަރައިލީ މި ކުރެވެނީ ކިހާ ވަރެއްގެ ކުށެއްކަން އެނގި ހުރެއެވެ. ނަމަވެސް، ދުނިޔެވީ އެދުންތައް މާ ބޮޑަށް މުހިންމު ވުމުން ޝިޔަލްއަށްވެސް އެކަން ރޭކާނުލީއެވެ. ކޮންމެއަކަސް، ކުރިއަށް ވާން އޮތް ގޮތް ހިތަށް އަރުވައިލަންވެސް ދައްޗެވެ. މިލާންއާއި ޔައިނާގެ ދިރިއުޅުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހޭނެ ގޮތް ވިސްނައިލަން އަދި އެއަށް ވުރެ ދައްޗެވެ.
*** ** ***
ފްލައިޓުން ފޭބި މިލާން އެވަގުތުވެސް ހީކަރުވައިގަނެގެން ތުރުތުރު އަޅައިގަތެވެ. ލައިގެން ހުރި އަޅިކުލައިގެ ހުޑީގެ މަތިން އޭނާ އަނެއްކާވެސް ޑެނިމް ޖެކެޓއް ލީ ފިިނިވެގެން ގޮސް ކެތް ނުކުރެވޭ ވަރު ވުމުންނެވެ. ކެނެޑާ ފިންޏޭ ބުންޏަސް، މިހާ ފިނި ވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެވަގުތަކީ ކެނެޑާއަށް ފަހެއް ޖަހާ އެހާ އިރު ކަމަށް ވުމާއި އެކު މީހުން ފެންނަލެއް ވަރަށް މަދެވެ. އަވަހަށް ޗެކްއައުޓް ވެލައިގެން މިލާން މިސްރާބު ޖެހީ ކާރެއް އަތުޖެހޭތޯއެވެ. އެވަގުތު ޒާރާ އޭނާއަށް ޔައިނާގެ ލޮކޭޝަން ފޮނުވާފައި އިންތަން ފެނުމުން ހިނިތުން ވެވުނީ، އޭނާ ފެނުމުން ޔައިނާ އުފާވާނޭ ވަރު ހިތަށް އަރުވައިލެވުމުންނެވެ. މާ ގިނަ އިރެއް ނުވެ، ކާރެއް އަތުޖެހުމުން މިލާން ހިތްހަމަ ޖެހުނެވެ. ކާރަށް އެރުމުން ހީޓަރ އިން ހަށިގަނޑަށް ވަމުން ދިޔަ ހޫނުން މިލާންއަށް ދެލޯ މަރާލާ ސީޓުގައި ބޯ ޖައްސައިލެވުނެވެ. ސަތާރަ ގަޑި އިރުގެ ދިގު ދަތުރެއް ކޮށްފައި އައުމުން އޭނާ ހުރީ ފުދޭވަރަކަށް ވަރުބަލިވެސް ވެފައެވެ. ނަމަވެސް، މިވަގުތުވެސް ޔައިނާ ކައިރިއަށް ދާން އޭނާ ނިންމީ މިވަގުތު ޔައިނާ ހޭލައިގެން އުޅޭނެކަން ޔަޤީންވާތީއެވެ. އެހެްނޫނަސް، ދެން ޔައިނާއާއި ނުލައި އެންމެ ސިކުންތެއްވެސް ހޭދަކުރާކަށް މިލާން ބޭނުމެއް ނުވެއެވެ.
ދާން ބޭނުންވި މަންޒިލަށް ދެވުމާއި އެކު ކާރު ހުއްޓުނެވެ. ޑްރައިވަރަށް ފައިސާ ދައްކާފައި މިލާން ކާރުން ފައިބާ، ކުރިމަތީގައި ހުރި ފަނަރަ ބުރީގެ އިމާރާތަށް ބަލައިލިއެވެ. ވަގުތުން މިލާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެ، ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ، ފަސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށްފަހު، އެ ހިތުގެ ރާނީ އެ އަތުތެރޭގައި ފޮރުވައިލުމުގެ ނަސީބު ލިިބިގެންދާނެތީއެވެ. ކެތްމަދުވެފައި ހުރެ މިލާން އެންމެ ސިކުންތެއްވެސް ބޭރުކޮށްނުލައި، އެ އިމާރާތަށް ވަންނަން ހިނގައިގަތެވެ. ހޮސްޓެލްގެ ރިސްޕްޝަނުން މައުލޫމާތު ހޯދައިގެން ޔައިނާގެ އެޕާރޓްމެންޓަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ފަސްވަނަ ފްލޯރއަށް އެރުަށްފަހު. އެ ފްލޯރގައި ހުރި އެޕާރޓްމެންޓުގެ ދޮރު ކުރިމަތީގައި ހުއްޓުނެވެ. ދެއަތްދެއަތާއި އުނގުޅައިލަމުން މިލާން ފުންނޭވާއެއް ދޫކޮށްލީ ކޮންމްވެސް ވަރަކަށް ހާސްވެފައި ކަހަލަ ގޮތެއް އެ ހިތަށް ވަމުން ދާތީއެވެ. އެއީ އެހާ ގިނަ ދުވަސް ފަހުން ޔައިނާ ފެންނާތީ ކަމަށްވެސް ވެދާނެއެވެ.
ބެލް އަޅަން އުޅެފައިވެސް ތަޅުގައި ހިފައިލީ، ޔައިނާ ހޭލައިގެން އުޅޭ ނަމަ، ތަޅު ނުލައި ހުރެދާނެތީއެވެ. ކަންވީވެސް މިލާން ހީކުރި ގޮތަށެވެ. ތަޅުގައި ހިފައި، އަނބުރައިލުމުން ދޮރު ހުޅުވުނެވެ. އެތެރެއަށް ވަދެ، މިލާން މުޅި ތަނަށް ނަޒަރު ހިންގައިލީ ޔައިނާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. އެހެންކަމުން، ޔައިނާ އަދި ނުހޭލަނީއޭ ހިތާ، މިލާން މިސްރާބު ޖެހީ ޔައިނާގެ ކޮޓަރިއާއި ދިމާލަށެވެ. ނުވަންނަން ހުރެފައިވެސް، ދޮރު ހިންމިއަކަށް ހުޅުވާފައި ހުރުމުން މިލާން އެތެރެއަށް ވަނީ ޔައިނާ ހޭލައިގެން އުޅެނީކަމަށް ނިންމަމުންނެވެ. އެތެރަށް ވަދެ، ދޮރު ކައިރީގައި ހުރި، ސްވިޗް މިލާން ޖައްސައިލީ އަނދިރި ކަމުން އެއްވެސް އެއްޗެއް ފެންނަ ވަރު ނުވާތީއެވެ. ބޮކި ދިއްލައިލުމަށްފަހު، މިލާން އަނެއްކާވެސް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން މިލާންއަށް ދެލޯ ބޮޑުކޮށްލައިގެން ހުރެވުނެވެ. ޤަބޫލު ނުކުރެވިފައި ހުރ މިއީ ހަމަ ޙަޤީގަތެއް ބާވައޭ މިލާންގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ދެން ގެންނަންވީ ޙަރާކަތެއް ނޭނގިފައި ހުރި މިލާން ދެލޯ މަރާ، ބާރުކޮށްލީ ކުރިމަތިން ފެންނަމުން ދިޔަ ހަޑި ހުތުރު މަންޒަރު ބަލާނެހާ ހިތްވަރު ނެތުމުންނެވެ.
މޫނަށް އައްޔެއް އެޅިގެން ދިޔަ އިޙްސާސް ވުމާއި އެކު ގަދަ ނިންޖަކުން ނިދާފައި އޮތް ޔައިނާއަށް ދެލޯ ހުޅުވައިލެވުނެވެ. ދެލޯ ހުޅުވައިލި ގޮތަށް ދެއަތުން ބޮލުގައި ހިފަހައްޓައިލެވުނީ ބޮލަށް ތޫނު ތަދެއް ވަމުން ދާތީއެވެ. ވަމުން ދިޔަ އައްޔަށް ހޭނުމުގެ ގޮތުން ކުޑަކުޑަކޮށް ދެލޯ ހުޅުވައިގެން ތެދުވަން އުޅުނު ޔައިނާއަށް އެކަން ކާމިޔާބު ނުވީ ބާރުގަދަ ދެ އަތުން އޭނާގެ މެދުހަށީގައި ހިފަހައްޓާފައި ހުރުމުންނެވެ. އަދިވެސް ނިދީގައި ހުރުމުން ހީވި ގޮތެއް ކަމަށް ބަލައި، އަނެއް ފަރާތަށް ބަލައިލި ޔައިނާގެ ދެލޯ ބޮޑުވެގެން ދިޔައީ ކައިރީގައި ނިދާފައި އޮތް ޝިޔަލް ފެނުމުންނެވެ. ދެން އޭނާގެ ނަޒަރު ދަތުރު ކުރީ، އަމިއްލަ ހަށިގަނޑަށެވެ. އެއްވެސް ނިވާކަމެއް ނެތް ޙާލުގައި އޮވެވުމުން ޔައިނާ އަވަހަށް ރަޖާގަނޑުގެ އެހީގައި ހަށިގަނޑު ނިވާކޮށްލިއެވެ. ގަތް ބިރުން ހަދަންވީ ގޮތެއް ނޭނގިފައި އިން ޔައިނާގެ ނަޒަރު ދަތުރު ކުރީ ކޮޓަރީގެ ދޮރުމަތީގައި ހުރި މިލާން އަށެވެ. އެވަގުތު މިލާން ދެލޯ މަރާ ބާރުކޮށްލަމުން އިސް ޖަހައިލި ތަން ޔައިނާއަށް ނިކަން ރީއްޗަށްވެސް ފެނުނެވެ. ކަންތައްތައް ވެގެން ދާލެއް އަވަސްކަމުން ޔައިނާއަށް ވިސްނާނެ ވަގުތެއްވެސް ނުލިބުނެވެ. އެއްކޮޅުން އޭނާގެ ކައިރީގައި ބަރަހަނާ ޙާލުގައި ނިދާފައި އޮތް ޝިޔަލްއެވެ. އަނެއްކޮޅުން ދޮރުކުރިމަތީގައި ހުރި މިލާންއެވެ. އަމިއްލަ މީހާ އޮތް ޙާލު ފެނުމުން އިތުރަށް ބޮލުގައި ރިއްސައިގަތެވެ. ވަމުން މި ދަނީ ކީއްބާއެވެ؟ ބޮލަށް ވަމުން ދިޔަ އުނދަގުލުންނާއި، ތޫނު ތަދުގެ ސަބަބުން އިސްތަށިގަނޑުގައި ދެއަތުން ހިފައި، ބާރުކޮށްލަމުން ޔައިނާ ގައިހުރި ބާރެއްލާފައި ހަޅޭލަވައިގަތެވެ.
ޔައިނާގެ ހަޅޭކުގެ އަޑަށް ނިދާފައި އޮތް ޝިޔަލްއަށް ދެލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ. ވަގުތުން ތެދުވެވުނު އިރު، އެތަނުގައި ހުރި މިލާން އޭނާގެ ލޮލުގައި އަޅައިނުގަނެ ނުދިޔައެވެ. މިލާންގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނުމާއި އެކު، ޝިޔަލްގެ ތުންފަތުގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. އޭނާގެ ރޭވުން ކާމިޔާބު ވެއްޖެކަން އެވަގުތު އިޙްސާސް ކުރެވުމުން ޝިޔަލްގެ ހިތަށް ލިބިފައިވީ އާދަޔާޚިލާފު ހިތްހަމަޖެހުން ބުނެދޭންވެސް ދައްޗެވެ. އަވަސްއަވަހަށް އެނދުން ތެދުވެ، ޝިޔަލް އޭނާގެ ޓީޝާޓު ބޮލުން ވައްޓައިލިއެވެ.
ޔައިނާގެ ހަޅޭކުގެ އަޑު އިވުމުން މިލާންއަށް ދެލޯ ހުޅުވައިލެވުނެވެ. އޭރު އެ ދެލޮލުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަނެފިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ޙަޤީގަތެއް ކަމަށް ޤަބޫލު ކުރަން ކިތަންމެ ދަތިވީ ނަމަވެސް، އެއީ ޙަޤީގަތެއް ކަމަށް ޤަބޫލު ކުރުން ނޫން ގޮތެއް މިލާންއަކަށް މިއަދު ނެތެވެ. ކަރުނައަކަށް ފަހު ކަރުނައެއް ކޯތާފަތް މަތިން ފައިބަމުން ދިޔަ އިރު، މޭގައި އުފެދެމުން ދިޔަ ދިލަ ތަދުގެ ސަބަބުން މިލާންއަށް މެޔާއި ވީ ދިމާލުގައި އަތް އަޅައިލެވުނެވެ.
ހޭވެރިކަންވީ ޔައިނާ އަވަސްއަވަހަށް އެނދުމަތީގައި އޮތް އޭނާގެ ހެދުމާއި، ހަރުވާޅު ލިއެވެ. އެއަށްފަހު، ކައިރީގައި ހުރި ޝިޔަލްއަށް ބަލައިލެވުނެވެ. ރޭގައި ކަންތައް ވީ ގޮތާއި، ހޭލެވުނު އިރު ޝިޔަލްއާއި ދެމީހުން މި ޙާލަތުގައި ތިބެން ޖެހުނު ސަބަބު ޔައިނާއަކަށް ނުވިސްނުނެވެ. އެވަގުތު އެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ރުޅިވެރިކަން ޚާއްސަ ކުރެވުނީ ޝިޔަލްއަށެވެ. ވަގުތުން ޝިޔަލް ކޯމަތީގައި ގައި ހުރި ބާރެއްލާފައި ޖެހުނީ ޝިޔަލް އެފަދަ ގޮތަކަށް އޭނާގެ ބޭނުން ހިފާފާނެކަން ވިސްނާލަންވެސް ނޭނގޭތީއެވެ. އެކުވެރިއެއް ކަމަށް ދެކިގެން އެންމެ ގާތްކޮށް އުޅުނު މީހާ މިވަރުގެ ބޮޑު ލަނޑެއް ދީފާނެކަމަށް ޔައިނާވެސް ހީވެސް ކުރެވިފައި ނުވާތީއެވެ. “ޝިޔަލް ކަލޭ ތީ ހާދަ ގޮތެއް ނެތް މީހެކޭ ދޯ.. ކީއްވެ އަހަންނަށް ތިހެން ތި ހެދީ..؟ ކަލެއަކަށް ނޭނގޭތަ އަހަރެން ކަލެއަށް އިތުބާރު ކުރި ވަރެއް.؟” އައިސްފައި ހުރި ރުޅީގައި ޔައިނާ ދިޔައީ ހިތަށް އައިހާ ބަދުބަހެއް ޝިޔަލްއާއި ދިމާއަށް ބުނަމުންނެވެ.
ކުއްލިއަކަށް ޔައިނާގެ ފަރާތުން ލިބުނު ޙަމަލާއިން ޝިޔަލް ކުޑަކޮށް އަރި އަޅާލިއެވެ. އެވަގުތު ޔައިނާ އޭނާގެ ކޯމަތީގައި ޖެހުމުން ރުޅި އައިސްގެން ގޮސް އެ ދެލޮލުން އަލިފާން ކަނި ބުރާހާ ވިއެވެ. ނަމަވެސް، އެ އިޙްސާސް ކޮންޓްރޯލް ކުރަމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލީ މިވަގުތު އެޅޭ އެންމެ ކަތި ފިޔަަޅަކުންވެސް އޭނާގެ މުޅި ރޭވުން އެކީ ފެނަށް ވެގެން ދާނެތީއެވެ.
“ބޭބީ ކީކޭތަ ތި ކިޔަނީ..؟ އަހަންނަކަށް ނުވިސްނުނު..” ކޮލުގައި ފިރުމައިލަމުން ޝިޔަލް އެހި ވާހަކައިން ޔައިނާއަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. “ޝިޔަލް.. ސްޓޮޕް އިޓް.. ޕްލީޒް.. ކިހިނެތް ވެގެންތަ ޝިޔަލް ތި އުޅެނީ.؟ ކީއްވެތަ އަހަންނަށް ތިހެން ހެދީ.. މި ދޭތެރޭގަ އެކަހަލަ އެއްވެސް ގުޅުމެއް ނޯންނަ ކަން ޝިޔަލްއަށް ކަނޑައެޅިގެން އެނގޭނެ.. ދެން.. މި ހުިރހާ ކަމެއް…؟ ކީއްވެ ޝިޔަލް..؟” ރުޅިއައިސް ރަތްވެފައި ހުރެ، ޔައިނާ އޭނާގެ ވާހަކަ ފެށި ނަމަވެސް، ނިންމާލި އިރު، އެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. “ކީކޭތަ ޔައިނާ ތި ކިޔަނީ..؟ އަހަރުމެން ދެމީހުން ދޭތެރޭގަ މި ގުޅުން އޮންނަތާ ތިން އަހަރޭ މި ވަނީ.. ދެން ރޭގަ އަހަރުމެން ދޭތެރޭގަ ހިނގި ކަމެއް ވިއްޔާ ހިނގީ އަހަރެމެން ދެމީހުންވެސް ބޭނުން ވެގެން.. އެހެންނޫނަސް، މިކަމެއް އަހަރެމެން ދެމީހުންގެ ދޭތެރޭގައި މި ހިނގީ އަލަކަށް ނޫނެއްނު.. ދެން މިއަދު ކީއްވެތަ ޔައިނާއަށް މިކަން މައްސަލައަކަށް ވާންވީ..؟” ޝިޔަލް ބުނަމުން ދިޔަ ކޮންމެ ބަހަކާއި އެކު، ޔައިނާގެ ލޮލުން ދިޔައީ ކަރުނަ ތިއްކެއް ފައިބަމުންނެވެ. ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިފައިވާ ޝިޔަލްގެ މަކަރުވެރިކަމާއި، ނުބައިކަން މިއަދު ޔައިނާއަށް އެ ދަނީ ވަރަށް ރަނގަޅަށްވެސް ފެންނަމުންނެވެ. ދެވަނަ ފަހަރަށްވެސް ޝިޔަލްގެ ކޯމަތީގައި ބާރަށް ޔައިނާ ޖެހީ ހިތުގައި އުފެދެމުން ދިޔަ ރުޅިވެރިކަން ބޭރުކުރުުގެ ގޮތުންނެވެ. މިގޮތަށް އެތައް ހާސް ފަހަރަކު ޝިޔަލްގެ ގައިގައި ޖެހި ނަމަވެސް، ޝިޔަލް ކުރި ކުށުގެ އަދަބު ޝިޔަލްއަށް ނުލިބޭނެކަމަށް ޔައިނާގެ ޟަމީރު ދިޔައީ ކެނޑިނޭޅި ބުނަމުންނެވެ. “ޝިޔަލް ކަލޭ ހާދަ ގޮތެއް ނެތިގެންނޭ ދޯ ތި އުޅެނީ..؟ އަހަރެން ދެކުނީ ޝިޔަލް ތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ.. އެކަމް މިއަދު ޝިޔަލް އަހަންނަށް ތިހެން ހެދީ ކީއްވެ..؟ ކީއްވެ ޝިޔަލް..؟ ކަލޭ ހަނދާން ކުރާތި.. އަހަރެން ކަލެއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. ކަލެއަށް ހައްގު އަދަބު ދޭނަން.. ކަލޭ ތީ ޖަނަވާރަކަށްވުރެ ވެސް ނުބައި-”
“ހުއްޓާލާ ޔައިނާ!!” ޝިޔަލްއާއި ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ ޔައިނާގެ އަޑު ކެނޑުނީ މިއޮށް ހުރިހާ އިރަކު ހިމޭނުން ހުރި މިލާން ވާހަކަ ދެއްކުމުންނެވެ. އަތުން އިޝާރާތް ކުރަމުން ވާހަކަ ނުދެއްކުމަށް ޔައިނާ ގާތު ބުނި އިރު، އެ ރީތި ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނި، ޔައިނާގެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި، ކޮށައިލިހެންނެވެ. ވަގުތުން މިލާންގެ ކުރިމައްޗަށް ގޮސް އެ ދެއަތުގައި ހިފައިލެވުނީ މިލާން އޭނައަށް އިތުބާރު ކުރޭތޯ ހިތާހިތުން ދުޢާ ކޮށްލަމުންނެވެ. “މިން ޕްލީޒް.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަ.. ދިސް އިޒް އޯލް އަ ބިގް މިސްއަންޑަރސްޓޭންޑިން.. ޕްލީޒް.. އަޅެ އެއްފަހަރު-” ޔައިނާގެ ވާހަކަ ފުރިހަމަ ނުކުރެވުނީ މިލާން ޔައިނާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތުމުންނެވެ. ހައިރާންވެފައި މިލާންއާއި ދިމާއަށް ބަލައިލެވުނު އިރު އެ ދެލޮލުގައި ރަސްކަން ކުރަމުން ދިޔަ ރުޅިވެރިކަން ފެނި، ޔައިނާ ޖެހިލުންވިއެވެ.
“ޔައިނާ ކީކޭ ކިޔާނަމޭ ހިތާތަ ތި އުޅެނީ..؟ އޭނނ..؟ ޔައިނާއަށް އެނގޭތަ ތި ކުރެވުނީ ކިހާވަރެއްގެ ކަމެއް ކަން..؟ ހަމައެކަނި އަހަރެންނަށް ޗީޓް ކުރި ނަމަވެސް ހެވޭ.. އެކަން ބާއްވާ… އެކަމަކު ޔައިނާ މިއަދު ތި އަރައިގަތީ މާތްﷲ ޙަރާމް ކުރެއްވި ބޮޑު ފާފައަކަށް.. ޔައިނާއަށް އެނގޭތަ ޔައިނާ ތިކަހަލަ ކަމެއް ކުރިކަން ޔައިނާގެ ބައްޕައަށް އެނގިއްޖެއްޔާ ބައްޕައަށް ވާނެ ވަރު..؟ ޔައިނާ އެންމެ ކުޑަ ދުވަހުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޔައިނާގެ ބައްޕަ ޔައިނާ އެ ގެންގުޅުނީ ހާދަ ލޯބިންނޭ.. ވީ އިރު ތީތަ އެ ބައްޕަގެ ލޯބީގެ އަގު ޔައިނާ ދޭނެ ގޮތަކީ..؟” މިލާންގެ ވާހަކަ ނިމުނު އިރު ޔައިނާއަށް ހުރެވުނީ އިސް ޖަހައިގެންނެވެ. އަދިވެސް މިލާން އެ ވިސްނަނީ އޭނާގެ ބައްޕައާއި ދޭތެރޭގައެވެ. “މިން ޕްލީޒް.. ﷲ ގަންދީ ހުވާ ކޮށްފަ މި ބުނަނީ އަހަރެން މިކަހަލަ ކަމެއް ނުކުރަމޭ..” ޔައިނާއަށް ރޮއެގަނެވުނެވެ. “ޚަބަރުދާރު..! މާތް ﷲ ގަންދީ ހުވާކޮށް ތިވަރުގެ ބޮޑު ދޮގެއް ހަދާކަށް ޔައިނާ ބިރެއް ނުގަނޭތަ..؟ އޭނނ..؟” މިލާންގެ ސުވާލަށް ދޭނެ ރައްދެއް ނޭނގި ޔައިނާއަށް ކުރެވުނުހާވެސް ކަމަކީ ގިސްލުމެވެ.
“ޔައިނާ.. އަހަރެން ޔައިނާއަށް ހާދަ އިތުބާރެއް ކުރީމޭ.. މި ފޮޓޯތައް ބަލާބަލަ..” އެހެން ބުނުމަށްފަހު، މިލާން އޭނާގެ ފޯނު ނަގައި އެ ފޮޓޯތައް ޔައިނާއަށް ދައްކައިލިއެވެ. އެއާއެކު، ޔައިނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ވަގުތުން ޝިޔަލްއާއި ދިމާލަށް ބަލައިލެވުނީ އެއީ ޝިޔަލްއާއެކީ އޭނާ ނަގާފައިވި ފޮޓޯތަކެއްކަން އެނގުމުންނެވެ. “އެންމެ ފުރަތަމަ ޔައިނާ އަހަންނާ ދުރުވަމުން ދިޔަ އިރުވެސް އަހަރެން އެއްޗެކޭ ނުބުނަން.. އެއީ ޔައިނާ ބުރަ ކަމުންނޭ ބުނީމަ އަހަރެން ހުރީ ޔައިނާއަށް ފުރިހަމައަށް އިތުބާރު ކޮށްގެން.. ދެން ޔައިނާއާ މި ފިިރިހެނާގެ ގުޅުން.. އެކަންވެސް އަހަރެން ހަޖަމު ކުރީ ތި ދޭތެރޭގަ އޮންނަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމޭ ހީކުރަމުން.. ދެން މި ފޮޓޯތައް.. މި ފޮޓޯތައް ތަކުރާރުކޮށް މީހަކު ފޮނުވަމުން ދިޔަ އިރުވެސް އަހަރެން އެއްޗެއް ނުބުނެ ހުރީ އަހަރެން ހާދަ އިތުބާރެއް ޔައިނާއަށް ކުރާތީއޭ.. ކުޑަމިނުން ޔައިނާ ކައިރީގައި މީގެ ހަގީގަތެއް ނާހާވެސް ހުރީ ޔައިނާއަށް އެނގޭތަ ކީއްވެގެންކަން..؟ އަހަރެން އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ޔައިނާއަށް އިތުބާރު ކުރާތީ.. ދުވަހަކުވެސް މީހަކު ދެކެ ނުވާ ވަރަށް ޔައިނާ ދެކެ ލޯބިވާތީ.. މި ހިނގާ ދިޔަ ހުރިހާ ކަމަކަށްފަހުވެސް އަހަރެން ޔައިނާއަށް ހާދަ އިތުބާރެއް ކުރީމޭ.. ޔައިނާ އަހަންނަށް ވަޢުދުވީމެއްނު އަހަންނަށް ވަފާތެރި ވުމުގައި ދެމިހުންނާނެ ކަމަށް.. އެކަމަކު މިއަދު ޔައިނާ އަހަންނާ ދޭތެރޭ ތި ކަންތައް ކުރީ ކިހިނެތް..؟ އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަކަށް ނާރާ ޔައިނާ އަހަންނަށް ތިހެން ހަދާފާނެއެކޭއެއް.. ކީއްވެ ޔައިނާ..؟ ކީއްވެ…؟” މިލާން ބުނި ހުރިހާ ވާހަކަތަކަށްފަހު، ޔައިނާއަށް ދިޔައީ އިތުރަށް ކަންތައްތައް ފަހުމް ވަމުންނެވެ. މި ހުރިހާ ކަމެއްގެ އަޑީގައިވަނީ ޝިޔަލްކަން ޔަޤީންވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
“މިން.. އަޑުއަހާބަލަ.. މި ހުރިހާ ކަމެއްގެ އަޑިގަ ވަނީ ޝިޔަލްއޭ.. އަހަރެން-” “ޔައިނާ ހެޔޮ ނުވާނެ.. ދެން ތި ކުޅޭ ޑްރާމާ ހުއްޓާލަބަލަ.. ޔައިނާއަށް އެނގޭތަ މިއަދު އަހަރެން ޔައިނާ ކައިރިއަށް މި އައީ ކިހާ ފޮނި އުންމީދަކާއެކީކަން..؟ ޔައިނާ ގާތު އަހަރެންގެ ޙައްޤަކަށް ވުމަށް އެދެން އަހަރެން އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު އައުމުން އަހަންނަށް މި ލިބުނީ ކޮން ކަހަލަ ޖަވާބެއް..؟ އަހަރެން.. އަހަރެން ވަރަށް ފޫހި ވެއްޖެ ޔައިނާ މަތިން.. ތި މައުސޫމް ސޫރައިގެ ފަހަތުގައިވާ މަކަރުވެރިކަމާއި ކެހިވެރިކަން މިއަދު އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ..” ޖީބުން ނެގި އަނގޮޓި މިލާން ބިންމައްޗަށް އެއްލައިލިއެވެ. އެ އަނގޮޓި މަޑުވީ ޔައިނާގެ ފައި ކައިރީގައެވެ. ވަގުތުން ޔައިނާ އެ އަނގޮޓި ނަގައި، އޭގައި ފިރުމައިލިއެވެ. “މިލާން…” ކަރުނަވީ ދެލޮލާއި އެކު ޔައިނާއަށް މަޑުމަޑުން ގޮވައިލެވުނެވެ. “ނޫން ޔައިނާ.. އިތުރު އެއްވެސް އެއްޗެކޭ ބުނާނެ ކަމެއް ނެތް..” އަތުގެ ޢިޝާރާތުން މަޑުކުރުމަށް މިލާން ޔައިނާ ގާތު ބުނެލިއެވެ.
“ޝިޔަލް.. އަހަރެން ނެތިން ކަލެއަށް އެއްޗެކޭ ބުނާކަށް.. ކަލޭމެން ދެމީހުން ތި ކުރި ފާފައިގެ އަގު ދެމީހުންނަށްވެސް އާޚިރަތުގައި މާތްﷲ ދައްކަވާނެ.. މި އަންހެނާއާ އެކީގައި ކަލޭ އުފަލުގަ އުޅެވޭތޯ ބަލާ..” ޔައިނާގެ ފަހަތުގައި ހުރި ޝިޔަލްއަށް މިލާން ބުނެލި އިރު، އެ ހިތުގައި ޝިޔަލްއާ ދޭތެރޭގައި އޮތް ރުޅިވެރިކަމާއި، ނަފްރަތު ދިޔައީ ހާމަވަމުންނެވެ. ޝިޔަލްއާއި ދިމާލަށް ބުނަން ބޭނުންވި އެއްޗެއްސަށްފަހު މިލާން ދެން ބަލައިލީ ޔައިނާއާއި ދިމާއަށެވެ.
“ޔައިނާ.. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ޔައިނާ އަކީ ތިކަހަލަ މީހަކަށް ވެދާނެ ކަމަކަށް.. ތީ އަހަރެން ލޯބިވީ ޔައިނާއެއް ނޫން.. އަހަރެންގެ ޔައިނާ ދުވަހަކުވެސް ހިލޭ ފިރިހެނަކާ އެއްކޮށް އެފަދަ ގުޅުމެއް ނުހިންގާނެ.. ދުވަހަކުވެސް އަހަންނަށް ބޭވަފާތެރިއެއް ނުވާނެ.. ތީ އެ ޔައިނާއެއް ނޫން.. ޔައިނާ މުޅީން ބަދަލުވެއްޖެ.. އަހަރެން ދުވަހަކުވެސް ޔައިނާއަށް މަޢާފެއް ނުކުރާނަން.. ދުވަހަކުވެސް ނުކުރާނަން.. މުޅި އުމުރަށްވެސް ޔައިނާއަށް ނަފްރަތު ކުރާނަން.. އެކަން ޔައިނާ ހަނދާން ބަހައްޓާތި..” ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ބުނުމަށްފަހު ޔައިނާއަށް ފުރަގަސްދިން އިރު، މިލާންގެ އެ ރީތި ފުން ދެލޮލުގައި ރަސްކަން ކުރަމުން ދިޔައީ ކަރުނައެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާ ހުންނަން ބޭނުން ނުވުމުން މިލާން ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރުން ނުކުތުމުގެ ކުރިން މިލާން ހުއްޓުނީ އަދި އެއް ވާހަކަ ބުނުމަށެވެ. “މިވަގުތުން ފަށައިގެން އަހަންނާ ޔައިނާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ.. ދެން ދުވަހަކު ތި ސޫރަ ދެކެންވެސް އަހަރެން ބޭނުމެއް ނޫން..” ފަސް އެނބުރި ބަލައިނުލާ މިލާން އެހެން ބުނީ ޔައިނާގެ މައުސޫމް މޫނު ފެނިއްޖެ ނަމަ، އެހެން ބުނުމުގެ ހިތްވަރު ނުލިބޭނެކަން އެނގޭތީއެވެ. އެ މައުސޫމު ކަމުގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރިކަން މިއަދު އޭނާއަށް ވަރަށް ސާފުކޮށް އެނގި، ހާމަވެއްޖެއެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި މިލާން ނުކުމެގެން ދިޔައީ ޔައިނާގެ ހިތުގެ މައްޗަށް ފައިން އަރާ، ޗަސްކޮށްލާފައެވެ. މިލާން ނުކުމެގެން ދިޔުމާއިއެކު، ޔައިނާއަށް ބާރުބާރަށް ރޮއެގަނެވުނެވެ. “މިލާން.. ޔޫ މިސްއަންޑަރސްޓުޑް މީ..” ކިތަންމެ ވަރަކަށް ޔައިނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭން އުޅުނު ކަމުގައި ވިޔަސް، މިލާން ދެނެއް އަޑެއް ނާހާނެއެވެ. ހުރިހާ ކަމެއް ވެ ނިމިއްޖެއެވެ މުޅި އުމުރަށް އޭނާއަށް މިލާން ގެއްލުނީކަމަށް ނިންމުނެވެ.
މިލާން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ޔައިނާއަށް ބިމަށް ތިރިވެވުނެވެ. އޭރުވެސް އެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ ފައިބަމުންނެވެ. އަތުގައި އޮތް އަލިމަސް ޖެހި އަނގޮޓިއަށް ބަލައިލެުމާއި އެކު ޔައިނާއަށް އިތުރަށް ގިސްލެވެން ފެށުނެވެ. “މިލާން ޕްލީޒް.. އެއް ފަހަރު އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ހަމަ އެންމެ ފަހަރަކު.. ހެޔޮނުވާނެ..” ވައިއަޑުން އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔަ ޔައިނާ މިހާރު އިން ޙާލަތު ފެންނަ ކޮންމެ މީހެއްގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވާނެކަން ގައިމެވެ. ގިސްލަގިސްލާފައި ރޮމުން ދިޔަ އިރު ހަމަ ދެންމެ ދެންމެ ހޭނެތިގެން ވެއްޓިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.
މި ހުރިހާ މަންޒަރެއް ބަލަމުން ދިޔަ ޝިޔަލްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ. ޔައިނާއާއި މިލާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޝިޔަލްގެ ހަރު ހިތަށް އެއްވެސް އަސަރެއް ކުރިހެންނެއް ހިޔެއް ނުވެއެވެ. އެތަނުގައި ހުރެހުރެފައި ޝިޔަލް އައިސް ޔައިނާއާއި އެއްވަރަށް ތިރިވެލިއެވެ. “ޔައީ.. ޔައި ހާސްނުވޭ.. އަހަރެން ޔައިއަކަށް އެއްވެސް ގޮތެއް ނުހަދަމޭ.. ޔައިގެ ގައިގަ އެ ބޭނުމުގަ އަތެއްވެސް ނުލަން.. މިލާން އެ ދިޔައީ އޭނަ ޔައިނާއަށް އިތުބާރު ނުކުރާތީ.. ޔައިނާ ދައްކާ ވާހަކަ އަޑުވެސް ނާހަ.. އެވަރު މީހެއް ދެކެތަ ޔައިނާ ތި ލޯބިވީ..؟ ޔޫ ޑިޒަރވް ބެޓަރ ޔައިނާ.. މިލާންއަށްވުރެ މާ ބޮޑަށް އަހަރެން ޔައިނާ ދެކެ ލޯބިވޭ.. މިލާންއަށްވުރެ މާ ބޮޑަށް ލޯބި ދީގެން އަހަރެން ޔައިނާ ބަލާނަން.. އޯލް އައި ނީޑް އިޒް އަ ޗާންސް..” ޔައިނާގެ ދެކޮނޑުގައި ހިފައިލަމުން ޝިޔަލް ވާހަކަ ދެއްކިއެވެ.
ޝިޔަލްގެ ޢަމަލުތަކުން ރުޅި އައިސް ރަތްވެފައި އިން ޔައިނާ ޝިޔަލްގެ ދެއަތް ފޮޅުވާލީ ރުޅިވެރިކަމާ އެކީއެވެ. އިން ތަނުން ތެދުވެ، ޝިޔަލްއާއި ކުރިމަތިލީ އިރު، އެ ދެލޮލުގައި ވިދަމުން ދިޔައީ ރުޅިވެރިކަމުގެ އަނގުރު އަލިފާނެވެ. “ޝިޔަލް ކީކޭ ހިތަށް އަރައިގެން ކުރިހާ ކަމެއްތަ މީ..؟ އަހަރެން ޝިޔަލްއަށް ހާދަ އިތުބާރެއް ކުރީމޭ.. ޝިޔަލް އަހަރެންގެ ގައިގަ އަތް ނުލިޔަސް އަހަރެންގެ ހަށިގަނޑުން ފެނިގެން ނުވާނެ ކިތަންމެ ތަނެއް ތި ހުރީ ބަލާފަ.. ދެންވެސް ބުނެބަލަ.. އެ ނުވާނެތަ ކުށަކަށް..؟ އެ ނުވާނެތަ ފާފައަކަށް..؟ ޝިޔަލް ކީއްވެތަ އަހަރެންނާ މިލާންއާ ތިގޮތަށް ދުރުކުރުވީ..؟ އެ ފޮޓޯތަކުން ފަށައިގެން މި ކަންތަކާއި ހިސާބަށް.. ކީއްވެ ޝިޔަލް ކުރި ކަމެއްތަ އެއީ..؟” ޝިޔަލްއާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ޔައިނާ ބުނަމުން ދިޔައެވެ. “އެއީ އަހަރެން ޔައިނާ ދެކެ ލޯބިވާތީއޭ..” ޝިޔަލް ބުނެލިއެވެ. “ލޯބިވުމަކީ ތިއެއް ނޫނޭ ޝިޔަލް.. ލޯބިވާ މީހުން ކަންތައް ކުރާނީ ތިހެންނެއް ނޫނޭ ޝިޔަލް.. ލޯބިވާ މީހުން އަބަދުވެސް ވިސްނާނީ އަނެކާގެ އުފަލަށް.. އަނެކާގެ ހިތްހަމަޖެހުމަށް.. ލޯބިވާ މީހުން އަނެކާގެ ޙަޔާތް ބަރުބާދެއް ނުކުރާނެ.. އަނެކާއަށް ދެރައެއް ނުދޭނެ.. އެއީ ލޯބިވާ މީހުންގެ ސިފައެއް ނޫން.. ވީއިރު، ޝިޔަލްއަށް ކޮން ހައްގެއް އޮތީ މި ހުރިހާ ކަމަކީ އަހަރެން ދެކެ ލޯބިވާތީ ކުރި ކަންތައްތަކޭ ބުނުމުގެ..؟ އޭނނ..؟ ކޮން ހައްގެއް ހެއްޔޭ..؟!” ޔައިނާ ދިޔައީ ލެވުނުހާ ބާރަކަށް ޝިޔަލްއާއި ދިމާއަށް ހަޅޭ ލަވަމުންނެވެ. “ޝިޔަލް ތި ކުރީ ވަރަށް ބޮޑު ކުށެއް.. އަދި އެހާމެ ބޮޑު ފާފައެއް.. ތިގޮތަށް އަހަރެންގެ ނުރުހުމުގަ ކަންތައް ކުރުމުގެ އެއްވެސް ހައްގެއް ޝިޔަލްއަކަށް ނޯންނާނެ.. އަހަރެން އެކަމުގެ ހައްގު އަދަބު ޝިޔަލްއަށް ދޭނަން.. އެކަން ޝިޔަލް ހަނދާން ބަހައްޓާތި.. މާރކް މައި ވޯރޑްސް.. ޔޫ ވިލް ޕޭ ފޯރ އިޓް!!” ކިތަންމެ ވަރަކަށް އެގޮތަށް ޝިޔަލްއާއި ދިމާއަށް ހަޅޭއްލަވައި، އަތުންފައިން އަނިޔާ ކުރިޔަސް، ޔައިނާގެ ހިތެއް ނުފުރޭނެއެވެ.
“ގެޓް އައުޓް އޮފް ހިއަރ ޝިޔަލް.. ހަމަ މިހާރު ނުކުމޭ..” ދޮރާއި ދިމާއަށް ޢިޝާރާތް ކުރަމުން ޔައިނާ ބުނެލިއެވެ. “ޔައިނާ.. ޔޫ ވިލް ރިގްރެޓް ދިސް.. މިއަދު ޔައިނާއަށް ސަޕޯޓުކުރަން ހުރީ ހަމައެކަނި އަހަރެން.. ޔައިނާގެ އެކުވެރިންވެސް ޔައިނާ ތި ކުރި ކަންތައް އެނގުނީމަ ޔައިނާ ދޫކޮށްލާނެ.. ދެން ވިސްނާލާ ޔައިނާގެ ބައްޕައަށް ވާނެ ގޮތް.. އޭރުން ޔައިނާއަށް އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ.. އެދުވަހަކުން ޔައިނާ އައިސް ވެއްޓެން ޖެހޭނީ މަގޭ ފައިބުޑަށް..” ޝިޔަލް ބުނެލީ ޔައިނާގެ ވިސްނުން ބަަދަލުވޭތޯއެވެ. “ޖަސްޓް ގެޓް އައުޓް އޮފް ހިއަރ!!!” ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ޔައިނާ ހަޅޭލަވައިގަތެވެ. އެއާއެކު، ޝިޔަލް އެ ދޮރުން ނުކުމެގެން ދިޔައީ، ޔައިނާގެ ދިރިއުޅުމުން އަދި ނުކުންނަން ޖެހޭ ވަގުތު ކައިރިވެސް ނުވާ ކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.
ޝިޔަލް ނުކުމެގެން ދިޔުމާއި އެކު ޔައިނާ ބަންލާފައި ދޮރު ޖެހިއެވެ، އެއަށްފަހު، ދޮރުގައި ލެނގިލިއެވެ. ދާދި ދެންމެއަކު ވީ ހުރިހާ ކަމެއް އަނެއްކާވެސް ލޯ ކުރިމަތީގައި ސިފަވާން ފެށުމުން ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން ހުރެ ޔައިނާ ދޮރުގެ ބުޑަށް ތިރިވިއެވެ. އަނެއްކާވެސް ގިސްލަގިސްލާފައި ރޯން ފެށުނީ އަމިއްލަ މީހާގެ ދިރިއުޅުން ބަރުބާދުވެފައިވީ މިންވަރާ ދޭތެރޭގައި ވިސްނާލެވުމުންނެވެ. މިއަދު މިލާންގެ ލޮލަށް އޭނާ އެ ފެނުނީ ޒިނޭގެ ތަންމައްޗެގައި އޮއްވައެވެ. އެންމެ ދެރަވީ އޭނާ ނުކުރާ ބޮޑު ފާފައެއްގެ ތުހުމަތު މިއަދު އޭނާގެ ބޮލުގައި އެޅުނީތީއެވެ. މިލާން އެކަންޏެއް ނޫނެވެ. މިފަދަ ޚަބަރެއް އޭނާގެ ބައްޕައަށް ލިބިއްޖެ ނަމަ ވާނޭ ގޮތް ހިތަށް އަރުވާލަންވެސް ދައްޗެވެ. އަނެއްކޮޅުން އެންމެ ގާތް އެކުވެރިންނެވެ. ޒާރާއާއި އަފާން ނުވަތަ ލައުރާއަށް މިއިން ކަމެއް އެނގިއްޖެ ނަމަ، ދެން ދިރިއުޅުމުގައި އޭނާއަށް އެހީގެ އަތެއް ދިއްކޮށްލާނެ އެކަކުވެސް ނުހުންނާނެއެވެ.
ސިކުނޑިއަށް ވެރިވަމުން ދިޔަ ނައްސި ޚިޔާލުތަކާއެކު ޔައިނާއަށް މިވަގުތު ކުރަން ވިސްނުނީ އިންސާނަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. ނުކުރާ ކުށެއްގައި ބެދި، ލޯބިވާ އެންމެން އޭނާގެ ޙަޔާތުން ބީވެގެން ދިޔުމަށްވުރެ، އޭނާ މި ދުނިޔެއިން ވަކިވެގެން ދިޔުންވެސް މާ ރަނގަޅުކަމުގައި އެ ކުދިކުދިވެފައިވާ ހިތް ބުނަމުން ދިޔައެވެ. ވަގުތާއި ޙާލަތުގެ ނާޒުކު ކަމުން އިތުރު ގޮތަކަށް ވިސްނާނެ ފުރުސަތެއް ނުލިބި، މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ޔައިނާއަށް ނިންމުނެވެ. ތެދުވެ، ޔައިނާ ހިނގައިގަތީ އެނދާއި ދިމާއަށެވެ. އެނދުމަތީގައި އޮތް ބެޑްޝީޓު ނަގައި، ޔައިނާ މަތީގައި ހުރި ފަންކާއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ރަތްވެފައިވާ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އެނދުމައްޗަށް ކޮޅަށް އެރި އިރު، އަދިވެސް އެއްފަހަރު މިއީ އެންމެ ރަނގަޅު ގޮތްކަމާއި މެދު އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Hey guys.. First of all, I’m extremely sorry for uploading this late.. I’ve been very bxy with school, extra classes, association campaign and voting activities, extra curriculum activities, girl guide proficiency badges nd my course final exam.. Mi hurihaa kamegga ulhemun eggothakah vs vagutheh nulibunu.. Hence, I couldn’t get enough time to upload regularly.. Also, my comp is currently not working, so I have to use a laptop of a family member.. And I can’t get it all the time I want so, it’s extremely difficult to write.. And as I said before, mi’ee alhuganduge kiyevumah vrh muhinmu ahareh.. But insha Allah, vee varakun hama upload kuramun gendhaanan.. Hope u guys will understand.. But fyi I submitted this episode 4 days ago and it just got uploaded.. Next episode, insha Allah mihaa laheh nuvaane.. I’ll try my best to upload it asap.. Keep waiting all 🖤🖤🖤
When next part? OMG. this part is so beautiful 🤍 can’t wait for the next part
bro whattttt noooooooooooooooooooooooooooooooo!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!11 YAIIIIII NOOO THIKAHALA KAMEH NUKURAATHI
AND YESSS NAYAA.. opps- nayaa-dhahtheee…. dhen oi bai kon irakun… nei migadiaku maa vhk dhehkeykah… soooo will be posting a wordless comment not huge story…
overoll the episode his habeys.. but the fact that shiyalll ughhhh nan kiyan vx foohi vey… like i feel like mashha claahuga inna iru balaa kuhhjaa ah vaahebbb… heee heee lolll
eyyy ma dhanoo byeeeeeeeeeeeee kalyeney kaan dhaan vee… love you dhonaaaa
dhonaage dhooni misses you alotttt…… i love you mi universe varahhh
Hlwwww lwbi gandaa ❤️
How’s yuhhh❤️
Woww just woww I’m left out of words dear ❤️Masha Allah so beautiful.❤️ How u have describe the scenes incredible. ❤️😚Thisss shiyal…..🤬 Hope he pays for what he did.😤 Yainaa and milaan ge scene was juss soo emotional 🥺unkowningly a tear fell of..😥 just hoping both of them to be together again . 😔😁❤️
Guuddd luck naayuuu ingey❤️😚 . For studies as well the stry ge kuri ah huri parts ah ❤️😚no doubt but do well ngey loaby . ❤️😊
Waiting for next curiously ❤️🧸. Ik how busy it would b and with that hectic schedule u are uploading the stry👍😗❤️ thank uuuuu soo much naayuu .❤️❤️ Ur Hama best ❤️😚😁
Luv yuhh doony❤️✨
Take care ✨
In reply to @YEOJA
Hlwwwwwww kudssssssss🖤
I’m fineee alhamdhulillah.. How ’bout you??
Awwwwn tyssssm sisyyyyy.. I’m speechless hama… Thankiu vrh bodah🖤🖤
Yess shiyal will pay for what he did!! He has to!!!
Insha Allah adhi yaina aa milaan vs gulheyne
Thankiu kudyyy.. Good luck to u too🖤🖤🖤
Awwwwn welcome loabssss 🖤🖤🖤
Lwbi vey mooorreeeeeee 🖤🖤🖤🖤🖤
Will do 🖤😊
U also tc🖤🖤🖤
In reply to @His Beastess
Alheyyyyyyyyyyyyy saddd dhww.. Dhn hingaa balamaa vaa gotheh
Dhn oiy bai kuh filuvaafa maadhamaa submit kohleveythoa mi balany.. Mi baiga kuh vs nufiluvaa meenee avahah upload kuran hadhaigen
Tysm darling 🖤🖤🖤
Yess shiyal dhww.. Pss Pss evvaruge meehunney
Yes dhey avahah.. Rangalhah kahchey ingey
Awwwwn dhonaa vs dhonaage dhooni dheke vrh lwbi veyeyyy.. Vrh miss vs veyey🖤🖤🖤
In reply to @Aminath Ahushama Mueen
Thankiu so much dear 🖤.. Means a lot to me 🖤..
Next part insha Allah maadhamaa submit kohlaanan
Keep waiting darl 🖤🖤🖤..
Brwwwwww
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
My heart broke
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
My heart just broke
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
My heart is broken
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
I am broken
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Nothing else to say
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@Reesha Corona
Brwwwwwwww
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
My heart also broke
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
Nothing else to say
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂