Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 17

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 26, 2022 8 Mins Read
4 Comments

ގެއިން ނުކުމެގެން ގޮސް ޒާރާ އެރީ އޭނާގެ މެރޫންކުލައިގެ ސައިކަލަށެވެ. އަތުކުރީގައި އޮތް ރިހިކުލައިގެ ގަޑިއަށް ބަލައިލަމުން ޒާރާ ސައިކަލު ދުއްވައިލީ އިތުރަށް އެންމެ މިނެޓެއް ލަސްވިޔަސް، ގަޑި ޖެހޭނެކަން އެނގޭތީއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވުމުން ޒާރާ ސައިކަލު ޕާރކް ކޮށްލާފައި ގޮސް ވަނީ، ދުވެފައި ކަހަލަ ގޮތަކަށެވެ. އަވަސް ހިނގުމެއްގައި ގޮސް މީޓިން ރޫމަށް ވަދެވުނު އިރު އެތަނުގައި ހުރިހާ މުވައްޒަފުންހެން ހަމައަށް ތިއްބެވެ. އެހެންނަމަވެސް، އަކްމަލް ހާޟިރު ނުވާތީ ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސްއަވަހަށް ގޮސް ހުސްކޮށް ހުރި ދެތިން ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި އިށީން ތަނާ އަކްމަލް އައިސް ވަނެވެ. އަކްމަލް ވަނުމާއި އެކު ހުރިހާ މުވައްޒަފުން އެކީ ތެދުވީ އިޙްތިރާމް އަދާ ކުރުމުގެ ގޮތުންނެވެ. ޒާރާވެސް ކޮޅަށް ތެދުވެ، ގަމީސް ރީތިކޮށްލިއެވެ. އަކްމަލް ވަން ދޮރާއި ދިމާއަށް ބަލައިލުމާއި އެކު ޒާރާގެ ދެލޯ ބޮޑުވީ އަކްމަލްގެ ފަހަތުން ވަން މީހާ ފެނިފައެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރެވުނު އިރު، ެއަށްވުރެ ފަހަތުގައި ހުސް ގޮނޑިއެއް ހުރިތޯ ބަލައިލެވުނެވެ. ނަމަވެސް، އެ ދެގޮނޑީގައިވެސް އޭރު މީހުން ތިއްބެވެ. ކުރާނެ އިތުރު ކަމެއް ނޭނގުމުން ޒާރާ ގޮނޑީގައި އިށީނީ ހިތާހިތުން އަމިއްލަ ޙާލާ ދޭތެރޭ ޝަކުވާ ކުރަމުންނެވެ.

ހުރިހާ އެންމެންނަށްވެސް އިށީނުމަށް އަންގާފައި އަކްމަލް ގޮސް އޭނާއަށް ޚާއްސަކުރެވިފައިވީ ގޮނޑީގައި އިށީނެވެ. އަކްމަލްއާއި ޖެހިގެން ހުރި ގޮނޑީގައި އޭނާއާއި އެކު ވަން ޒުވާނާވެސް އިށީނެވެ. އޭރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެ ޒުވާނާއަށެވެ އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން އެއްޗެހި ބުނަމުން ދިޔަ މީހުންގެ އަޑު ކެނޑުނީ އަކްމަލް ވާހަކަ ދައްކަން ފެށުމުންނެވެ.

“އައްސަލާމުޢަލައިކުމް.. މިއަދުގެ މި މީޓިން ވެގެން ދާނީ ވަރަށް މުހިންމު މީޓިން އަކަށް.. މިއަދު އަޅުގަނޑު ތި އެންމެހާ ބޭފުޅުންނާވެސް ޙިއްސާކޮސްލަން ޖެހޭ ވަރަށް ބޮޑު ކަމެއް އެބަ އޮތް.. އެއީ އަޅުގަނޑު މި މަޤާމު ދޫކޮށް ދާ ވާހަކަ.. މި އިނީ އަޅުގަނޑުގެ ދަރިފުޅު، އަފާން އަޙްމަދު އަކްމަލް.. އަޅުގަނޑު މި މަޤާމުން ވަކިވުމަށްފަހު، މި ހޮސްޕިޓަލުގެ ސީއީއޯކަމާއި ޙަވާލުވާނީ އަޅުގަނޑުގެ ދަރިފުޅު އަފާން.. އުއްމީދު ކުރަން އަޅުގަނޑުގެ މި ނިންމުމަކީ ތި ބޭފުޅުން ހިތްހަމަޖެހިލައްވާނޭ ނިންމުމެއްކަން.. އަޅުގަނޑުގެ ދަރިފުޅަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް.. އަފާން މި މަޤާމު އެއްވެސް އުނިކަމަކާއި ނުލާ، ފުރިހަމައަށް އަދާކުރާނޭކަން އަޅުގަނޑަށް ޔަޤީން.. އަދި މީގެ އިތުރުން އަފާން ހޮސްޕިޓަލާއި ޙަވާލުވުމާއި ގުޅިގެން ކުޑަ ރަސްމިއްޔާތެއް ބާއްވަން އަޅުގަނޑު ބޭނުން.. އެކަމަށް ތިޔަ ބޭފުޅުން ތާއީދުވެލައްވާ ނަމަ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގަނޑު ކުރަން އަޅުގަނޑު ބޭނުން.. މިއިން އެއްވެސް ކަމަކާއި ދެބަސްވެލައްވާ ބޭފުޅަކު އެބަ ހުންނެވިތޯ..؟” އަކްމަލްގެ ސުވާލަށް އެއްވެސް ދިމާއަކުން ޖަވާބެއް ނައެވެ. “އެންމެ ރަނގަޅު.. އެހެންވީމަ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަށްގަޑި ބައިން ދިހައަކަށް މި ރަސްމިއްޔާތު ބާއްވަން އަޅުގަނޑު ނިންމައިފިން.. މިކަމަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، ތިބޭފުޅުންނަށް އެންގޭނެ ވާހަކަ ދަންނަވާލަން..” އަކްމަލް އޭނާގެ ވާހަކަކޮޅު ނިންމާލީ ހިނިތުންވަމުންނެވެ.

ދެންމެ އަކްމަލްގެ އަނގައިން އިވިގެން އެ ދިޔަ ވާހަަތަކުން ޒާރާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މިވީ ގޮތުން ކޮންމެ ދުވަހަކުހެން އަފާންއަށް އޭނާ ފެންނާނެއެވެ. އަފާންގެ ހަނދާންތަކުން ދުރުވުމަށް މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެގެން ދާނެއެވެ. އިސްޖަހައގެން އިނދެ އިނދެފައި އޭނާ އަކްމަލްމެން ތިބި ދިމާއަށް ބަލައިލިއެވެ. އެވަގުތު އަފާންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރި ތަން ފެނުމުން ކުޑަކޮށް ސިހޭ ގޮތް ވިއެވެ. އެވަގުތު އަފާން އެއްމިޔަކަނިން ލާނެތް ގޮތަކަށް ހީލާފައި، އެއްލޯ މަރާލިތަން ފެނުމުން ޒާރާއަށް އަނެއްކާވެސް އިސްޖަހައިލެވުނީ މޫނުމަތި އެކީ ރަތްވާނެކަން އެނގޭތީއެވެ. ދެން ކޮންމެ ދުވަހަކުހެން އަފާންގެ މި ކުދިކުދި ސަމާސާތަކާއި ކުރިމަތިލާން ޖެހޭނެކަން ވިސްނާލުމުންވެސް ޒާރާގެ ހިތަށް ނޭނގޭ ގޮތެއް ވެގެން ދެއެވެ. މީޓިންގައި ބާކީ އޮތް ބައިގަޑިއިރު ޒާރާ އިނީ މުޅީންވެސް އިސްޖަހައިގެންނެވެ. މީޓިން ނިމުމާއި އެކު، އެންމެ ފުރަތަމަވެސް އެތަނުން ނުކުތް އެކަކަށް ޒާރާ ވާނެކަން ގައިމެވެ.

މީޓިން ނިމުމާއިއެކު އަފާން ބޭނުންވީ އަވަހަށް ޒާރާގެ ފަހަތުން ދާށެވެ. މިގޮތަށް ބޭކާރުވާ ކުޑަކުޑަ ފުރުސަތަކީވެސް އަފާންއަށް ނުހަނު މުހިންމު އެކައްޗެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވީ އެވަގުތު އެތަނުގައި ތިބި ހޮސްޕިޓަލުގެ ބައެއް ސީނިއަރ މުވައްޒަފުން އޭނާއާއި ސަލާމްކޮށް، މަރުޙަބާ ކިޔަން އައުމުންނެވެ. އެހެންކަމުން އަފާންއަށް މަޖުބޫރުވީ އެވަގުތު އެތަނުގައި މަޑުކުރުމަށެވެ. ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި އިރު އޭނާ ހުރީ އަވަހަށް އެތަނުން ނުކުންނަން ބޭނުންވެފައެވެ.

މީޓިން ރޫމުން ނުކުމެގެން ދިޔަ ޒާރާ ގޮސް އިށީނީ ކެންޓީނުގައެވެ. އެވަގުތު ކުޑަކޮށް ހާސްވެފައި ހުރުމުން އޭނާ ބޭނުންވީ ފިނި ބުއިމަކުން އަރުތެރެ ތެންމާލާށެވެ. އެތަނުގައި ގިނައިން ދެނީ ތަފާތު ވައްތަރުގެ ކޮފީތައް ކަމަށް ވިޔަސް، އެއަކަށް ޒާރާގެ އެއްވެސް ޝައުޤެއް ނެތެވެ. މިހާރުވެސް އޭނާއަށް ޑިޔުޓީއަށް އައުމުގެ ކުރިން ބޮއެވެނީ ކިރުތަށްޓެކެވެ. ލަސްވެގެން އުޅޭ ދުވަހަކުވެސް އޭނާ އަންނާނީ ފިހާރައަކުން މައިލޯ ނޫނީ އިންޑޯ ޕެކެޓެއް ގަނެގެން އޭތި އަނގައިގައި ޖަހައިގެންނެވެ. ކޮފީއަކީ އޭނާ އަބަދުވެސް ވަރަށް ފޫހިވާ އެއްޗެކެވެ. ކޮފީގެ ވަސް ދުވިޔަސް ޒާރާ ފާޑަކަށް ބޯ އަނބުރައެވެ. އަދިވެސް ބުއްތަށި ބޯތީ ވަރަށް ގިނަ މީހުން އޭނާއަށް ޖޯކުވެސް ޖަހައެވެ. އެހެންނަމަވެސް، ކަށީގައި ހިފާފައިވާ އާދަ ބަދަލެއް ނުކުރެވޭނެތާއެވެ.

ވެނީލާ މިލްކްޝޭކަކަށް އޯޑަރު ކުރުމަށްފަހު، ޒާރާ ގޮނޑީގައި ރީތިކޮށް ހަމަޖެހިލިއެވެ. ހިނދުކޮޅަކަށް ނަމަވެސް، އަފާންގެ ޚިޔާލުތަކުން ދުރުވެލާ، ސިކުނޑި ތާޒާކޮށްލެވޭތޯ އޭނާ ފޯނު ނަގާ، އިންސްޓަގްރާމް ހާވަން ފެށިއެވެ. އެހެން އިނދެއިނދެފައި ދެން އޭނާ ގުޅައިލީ މިލާންއަށެވެ. މިލާންގެ ފަރާތުން ހުރިހާ ކަމެއްވެސް ހަމަޖެހުނު ޚަބަރު ލިބުމުން ޒާރާ ނުހަނު އުފާވިއެވެ. އެންމެ ގާތް އެކުވެރިޔާ އުފާވާނެވަރު ހިތަށް އަރުވާލެވުމުން ޒާރާގެ ހިތަށް ލިބިފައިވަނީ ހަމަޖެހުމެވެ. އަވަހަށް މިލާންގެ މެސެޖު ޝިޔަލްއަށް ފޯރުކުކުރުމުގެ މަސައްކަތް ޒާރާ ކޮށްލިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ޝިޔަލް ވަނީ އޭނާގެވެސް އެކުވެރިއަކަށް ވެފައެވެ. ޔައިނާހާ ގާތް ނޫނަސް، ދޭތެރެދޭތެރެއިން ޒާރާ ޝިޔަލްއަށް މެސެޖު ކޮށްލާ، ޙާލުއަހުވާލު އަހައިލައެވެ. މިލާންގެ މަސައްކަތުގައި އެންމެ ފަސޭހައިން އެހީތެރިވެދެވޭނީ ޝިޔަލްއަށް ކަމަށް ވީތީއެވެ. ނަމަވެސް، ދެރައީ، ޝިޔަލްގެ ހިތުގައިވާ ޙަޤީޤީ މަޤްސަދު ޒާރާއަށް ނޭނގޭތީއެވެ.

މިލާން ބުނި ވާހަކަތައް ޝިޔަލްއަށް މެސެޖުގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށްފަހު، ޒާރާ އޭނާ ގެނައި މިލްކްޝޭކް ތަށި ބޯން ފެށިއެވެ. ނަމަވެސް، އެގޮތަށް ހަމަޖެހިލައިގެން ޒާރާއަށް އިނދެވުނީ ހިނދުކޮޅަކުއެވެ. ޒާރާ އިން މޭޒުގެ ފަހަތުގައި ހުރި މޭޒުގައި އިށީނދެގެން ތިބި އަންހެން ކުދީންތަކެއް ދައްކަން ފެށި ވާހަކައަށް ޒާރާއަށް ސަމާލުކަން ދެވުނެވެ.

“އަޅޭ އަސްލަށްވެސް.. އޭނަ ހާދަ ހޮޓޭ.. ސީރިޔަސްލީ ދެޓް ބޮޑީ.. ދެން އެޔޮށް ލޯބި އިސްތަށިކޮޅެއް.. އެ ދެލޯވެސް ހާދަ ރީއްޗޭ.. އެހާ ކަޅުކަން ގަދަ..” އެތަނުން އެއް ކުއްޖަކު ބުނެލި އަޑު އިވުމުން ޒާރާއަށް އަތް މުއްކަވާލެވުނެވެ. “އަސްލުވެސް.. އެންޑް ދެޓް ބްލޫ ޝަރޓް ލުކްޑް ސޯ ގުޑް އޮން ހިމް.. އަދި އަތުކުރި އޮޅާލާފަ ހުރީމަ މާ މޭންލީ.. އެ އަތުގެ ނާރުތަކެއް ދޯ.. އައި މީން ލައިކް.. އިޒް ހީ އީވެން ހިޔުމަން..؟” ދެން އިން ކުއްޖާ ބުނެލި ވާހަކައިން ޒާރާގެ ރުޅި އިތުރަށް ގަދަވިއެވެ. މުއްކެވިފައިވީ އަތަށް ބާރުކޮށްލެވުނު އިރު، އޭނާގެ ފުދޭވަރަށް ދިގުވެފައިވާ ނިޔަފަތިތަކުން އަތުގެ ހުދުހަމަށް ކުޑަކޮށް ތަދުވަމުންވެސް ދިޔައެވެ. “ސީރިޔަސްލީ.. ދެން ވަރަށް ގިނައިން އޭނަ ފެންނާނެ ދޯ އަހަރެމެންނަށް.. އަޅެ އަސްލަށްވެސް މަ ނުދެކެން އަދި ރާއްޖޭންވެސް އެހާ މޭންލީ މީހެއް..” ތިންވަނައަށް އިން އަންހެން ކުއްޖާ ބުނެލިއެވެ. “މަ ބޭނުން އޭނާ ކާމިޔާބު ކުރަން.. ހީޒް ރިޗް، އޭޒް ވެލް އޭޒް ހޭންސަމް.. އެވަރުގެ މީހަކު ދެން ނުފެންނާނެ..” ޒާރާއަށް ކެތްވީ އެހިސާބަށެވެ. މުއްކެވިފައިވީ އަތުން މޭޒުމަތީގައި ޖެހުނުލެއް ބާރުކަމުން އަތަށް ތަދުވެސް ވިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އޭނާއާއި ދިމާލަށް ބަލައިލިއެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ވިސްނުމެއް ނެތި، ޒާރާ ހިނގައިގަތީ ކެންޓީނުން ނުކުންނާށެވެ. އޭރު އޭނާގެ މޭގައި ދިލަ ރިހުމެއް އުފެދި، ލޮލުގައި ކަރުނަތައް ގިނަވާން ފެށީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

*** ** ***

“ހޭ.. މިލާން ބުނީ މާދަމާ ހެނދުނު ނުވައެއް ޖަހާ އިރު ފުރާނަމޯ.. ސެވެންޓީން އަވަރސްގެ ފްލައިޓެކޯ.. ތިކޮޅަށް ދެވޭނީ އޭގެ އަނެއް ދުވަހު މެންދަމު ދޭއް ޖަހާ އެހާކަށް ހާ އިރަށް.. އެއީ ރާއްޖެ ގަޑިން އިނގޭ.. އޭނަ ބުނީ ދެގަޑި ބައިވާ އިރަށް ޔައި ބަހައްޓާށޯ ޔައިގެ ގޭގަ.. އިތުރު ތަނަކަށް ދިޔަ ނުދެއްޗޯ.. އޯކޭ ބާއި ފޯރ ނައު.. ތޭންކްސް ތި ވެދޭ ހެލްޕަށް ވަރަށް ބޮޑަށް..” ޒާރާގެ މެސެޖު ކިޔައި ނިންމާލި އިރު ޝިޔަލްގެ ދެލޮލުގައި އަނދަނީ ނަފްރަތުގެ ވަރުގަދަ ހުޅުގަނޑެކެވެ. އިރުކޮޅަކު އެގޮތަށް ފޯނާއި ދިމާއަށް ބަލަހައްޓައިގެން އިނދެފައި، ކުއްލިއަކަށް ޝިޔަލް ފެށީ ހޭށެވެ. އޭނާ ހެމުން ދިޔަ ގޮތުން ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ.

“ވާއު.. އަހަރެންގެ ރޭވުން އެނގޭ ނަމަ ޒާރާ އަހަންނަށް ތެންކްސްއެއް ނުބުނާނެ.. ސޮރީ ޒާރާ.. ތި ވަރަށް މީހަކަށް އިތުބާރު ކުރާކަށް ނުވާނެ.. އެކަމަކު އަހަރެން ވައުދު ވަމޭ.. މިލާންއާއި ޔައިނާ ދުރުވުމަށްފަހު، އަހަރެން ޒާރާގެ އެންމެ ގާތް އެކުވެރިޔާ ގެންގުޅޭނީ ވަރަށް އުފަލުގަ. މިލާންއަށްވުރެ މާ ބޮޑަށް ލޯބި ދީގެން.. މިފަހަރު ޔައިނާ ކުޑަކޮށް ދެރަ ވެދާނެ.. އެކަމަކު އަހަރެންގެ މަޤްސަދު ޙާސިލްވުމަށްފަހު، ޔައިނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން..” އަމިއްލައަށް ވާހަކަ ދައްކަން އިން ޝިޔަލްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުން ފެންނަ މީހަކަށް، ދެން އޭނާ ކުރާނެ ކަމެއް ހިތަށް އަރުވާލަންވެސް ދަތި ވާނެއެވެ. އެހާވެސް، ޝިޔަލްގެ ރޭވުން ނުބައިވެފައި، ބިރުވެރިއެވެ.

*** ** ***

މުޅިން އައު ދުވަހަކަށް އިރު އެރި އިރު އެންެ ފަތިހާ މުނާޖާ ކޮނޑުއަޅައިގެން ތެދުވި މީހުންގެ ތެރެއިން އެކަކަށް މިލާން ވާނެއެވެ. ތިނެއް ޖެހި އިރު ހޭލައިގެން މިލާން އޭނާގެ އެއްޗެހި ޕެކް ކުރަން ފެށިއެވެ. އޭނާ އެކޮޅަށް ދަނީ އެންމެ ތިން ދުވަހަށް ކަމުން މާ ގިނަ އެއްޗެއްސެއް ނުގެންދެއެވެ. މިދުވަސްކޮޅަކީ ކޮމްޕެނީވެސް ވަރަސް ބުރަ ދުވަސްކޮޅެއް ކަމުން މާ ގިނަ ދުވަސް ވަންދެން އެކޮޅުގައި މަޑު ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. އެހެްކަމުން ދަބަހަށް އެޅީ ހަމައެކަނި ޒަރޫރީ ގޮތުން ބޭނުންވާނޭ ސާމާނުތަކެވެ. ކެނެޑާއަކީ ނުހަނު ފިނި ތަނެއްކަމުން މިލާން އަންނައުނު އެޅުމުގައި އެކަމަށް ވިސްނިއެވެ. ދަބަސް ތައްޔާރު ކުރުމަށްފަހު، ބާކީ ހުރިހާ ވަގުތެއް އޭނާ ހޭދަކުރީ ފަރިތަ ކުރުމުގައެވެ. ޔައިނާ ކައިރީ އަހާނެ ގޮތާއި، އަނގޮޓި ދޭނެ އަތާއި، ދޭ އިރު ހުންނަން ޖެހޭނެ ގޮތްވެސް މިލާން ދިޔައީ ފަރިތަ ކުރަމުންނެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔަ އިރު އެވަގުތު މިލާން އުޅެމުން ދިޔަ ގޮތް ފެންނަ މީހެއް ހީހީ ހަލާކުވާނެކަން ގައިމެވެ.

“މަރިޔަމް ޔައިނާ ޔާސިރު.. ވިލް ޔޫ މެރީ މީ..؟” އެއްފައި މައްޗަށް ތިރިވެ އިނދެގެން މިލާން އަހައިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ކައިރިން މީހަކު ހޭ އަޑު އިވިގެން މިލާން ކޮޅަށް ތެދުވި އިރު ހީވަނީ ފޫކޮޅުގައި ކަށްޓެއް ޖެހިގެން ތެދުވި ހެންނެވެ. ދޮރުކައިރީގައި ހޭން ހުރި އަފާން ފެނުމުން މިލާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަފާން ނޫން އެހެން މީހަކު ނަމަ އޭނާ ލަދުގަންނާނެ ވަރެއްވެސް ނޭނގެއެވެ.

“ކަލޯ ގަޔާ.. ލޮލް.. އަޅެ.. ހަހަހަހަހަހަ.. ކަލޯ ގަޔާ.. މާތްކަލާނގެއާ ވަކީލު.. ހަހަހާ..” ހެވޭ ވަރުން އަފާންއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ގުދުވެގެން އޮތް އިރު، އެއް އަތް ބަނޑުގައި އަޅައިގެން އޮތީ އަދިވެސް މިލާން ޖެއްސި ވައްތަރުތައް ހަނދާން ވާތީއެވެ. “ހޯން ދެން ހެވޭ ތިވަރަށް މަލާމާތް ނުކުރިޔަކަސް.. މަ ބަލާނަމޭ ކަލޭވެސް ޒާރާ ކައިރި އިންނަން އަހާ ދުވަހުން އުޅޭ ވައްތަރު..” ސައިޑްޓޭބަލް މަތީގައި ހުރި ފެންފުޅި ނަގައި، ދަމާލަމުން މިލާން ބުނެލިއެވެ. “މަރިޔަމް ޔައިނާ ޔާސިރު ވިލް ޔޫ މެރީ މީ.. ހަހަހަހަ..” މިލާން ޖެއްސި ވައްތަރު ހަމަ އެގޮތަށް ޖައްސާލަމުން އަފާން ބުނެލިއެވެ. އޭރުވެސް ހެމުން ދިޔަ އަފާންއަށް ހުއްޓައިލަން އެނގުނީ ބާރަށް އައިސް އޭނާގެ މޫނުމަތީގައި ޖެހުނު ބާލީހުންނެވެ. ވަގުތުން އެ ބާލީސް ނަގައި، އޭނާ މިލާންއާއި ދިމާއަށް އެއްލިއެވެ. މިލާން ހުށިޔާރުކަމާއެކީ އަފާންގެ ހަމަލާއިން ރެކިގަންނަމުން އަފާންއާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ.

“ހެވިފަ ހުންނާނީ ކަލެއަށް ވާ ވަރަށް އިނގޭ.. އޭ ކަލޭ ކިހިނެތް ގެއަށް ވަނީ..؟” މިލާން އެއްސެވެ. “ރާއްޖޭގެ އެންމެ މަޝްހޫރު ވީޑިޔޯ ގޭމް އުފައްދާ ކޮމްޕެނީ އެމްވައި ގޭމިން ސެންޓަރގެ ސީއީއޯގެ ގެކޮޅު.. އެއޮށް ބޮޑު އެމްވައިގެ ސީއީއޯއަށް ނޭނގޭ ދޮރު ތަޅުލާކަށްވެސް..” އިއްޔެ ހެނދުނު މިލާން އޭނާއާ ދިމާލަށް ބުނެލި ރާގުގައި އަފާންވެސް ބުނެލިއެވެ. “އާނ ދެން ހެވޭ.. ނޯ ނީޑް ޓު ބީ ދެޓް ސަރކޭސްޓިކް.. އޭ ތިޔެއް ނޫނޭ.. ހެލްޕް މީ ވިތް ދިސް ބްރޯ.. ޕްލީޒް..” މިލާން އެދުނެވެ. “މަ..؟ މަ ކިހިނެތް ތިކަމުގަ..؟” އަފާންއަކަށް ނޭނގުނެވެ. “ކައެ ވެބަލަ އިހަށް ޔައިއަށް.. މަ ޕްރޮޕޯޒް ކުރަން ދެކަ-”

“ހޯ ހޯ ހޯ.. މަށެއް ނޫޅެން.. މަ ލައްވާ ތި ގަނޑު ގަންނާކަށް ކޮންމެހެން އުޅޭނެ ކަމެއް ނެތް.. މަ މީ ހިއްސުތައް ހެޔޮ ޙާލުގައި ހުރި ފިރިހެނެކޭ..” އަފާން ވަގުތުން ހަތަރެސްފައިން ވައްތަރު ޖައްސާފައި ނޫނެކޭ ކިޔަން ފެށިއެވެ. “އޭ މިހިރަ ފެންނަ މޮޔަޔާ.. ކަލޭ ދެން ހީކުރީ މަށަކީ ކައްޗަށް ގޮއްސަ ހުރި ފިރިހެނެއް ކަމަށްތަ..؟ އޭނނ..؟ ބައްޔެއްނު..” މިލާން ހިނިއައިސްފައި ހުރެ ބުނެލިއެވެ. “ހެވޭ.. ކަލޭ ލޯގަނޑު ކުރިމަތީ ހުރެގެން ތި ޖައްސާ ވައްތަރެއް ޖައްސާ.. މަށެއް ނޫޅެން ތި ޖައްސާ ވައްތަރު ބަލާހިތަކުންނެއް..” މިލާންގެ އެނދުގައި ރީއްޗަށް އޮށޯވެލަމުން އަފާން ދެލޯ މަރައިލިއެވެ. “އޭ ކަލޭ މިތާ އޮވެގެން ނިދަންވީކީ ނޫނޭ..” މިލާން ފައިން ޖަހާ، އަފާން އެނދުމަތިން ވައްޓާލިއެވެ. “އައްދޯއި.. ތަދުވެއްޖޭ..” ވެއްޓުނު ގޮތަށް ނުތެދުވެވިފައި އަފާން ބުނެލި ގޮތުން މިލާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އޭ ސީރިޔަސްކޮށް ބްރޯ.. މަށަށް ހެލްޕް ވެދީބަލަ ދޯ.. ކައެ ހުރޭ މިތާ.. މަ ކުރިމަތީގަ.. އިނގޭ..” މިލާން ކިޔާ ކިޔާ ކުރުނުކޮށްގެން އަފާން އެންމެ ފަހުން އެއްބަސްވިއެވެ. “އެންމެ ރަނގަޅޭ.. އެކަމް ކައެ ތި ހުރީ ކެއުމަކަށް ދަރާފަ އިނގޭ..” އަފާން ޝަރުތު ކޮށްލިއެވެ. “އޯކޭއޭ..” ވަގުތުން މިލާން އެއްބަސްވިއެވެ. އަފާން ކޮޅަށް ތެދުވުމުން މިލާން އަފާންގެ ކުރިމަތީގައި އެއްފައިމައްޗަށް އިށީނެވެ. “ބްރޯ.. ދިސް ފީލްސް ސޯ ވިއަރޑް..” އަފާން އަނގަ ޗޭކޮށްގެން ހުރެ ބުނެލިއެވެ. “އޭ.. އަނގަމަޑުންލައިގެން ހުރޭ އިނގޭ.. މަވެސް ކޮންމެހެން ކުރާ ހިތަކުންނެއް ނޫނޭ މި ކަން މި ކުރަނީކީ..” މިލާން ބުނެލިއެވެ. “ހޫނ ދެން ތި ކިޔަން އުޅޭ އެއްޗެއް ކިޔާ ނިންމަބަލަ..” އަފާން އެހެން ބުނުމާއިއެކު މިލާން ފުންނޭވާއެއް ދޫކޮށްލިއެވެ. “މަރިޔަމް ޔައިނާ ޔާސިރު.. ވިލް ޔޫ މެރީ-” “ޕިސް ޕިސް.. ކަޑަ ކަޑަ.. ވަރަށް ކަޑަ.. ހަމަ އެކަނި ތިހެން ތަ އަހާނީ..؟ އިތުރު އެއްޗެހިވެސް ކިޔާބަލަ.. މަ މީ ޔައިނާ ނަމަ ތިހެން އަހާލާ އިރަކަށް އެއްބަހެއް ނުވާނަން..” އަފާން ހަށަން ބަނދެލިއެވެ. “ޕިސް ޕިސް.. މި ސޮރު ގެނެސްގެން ކަޑަ ކަމެއް މި ކުރެވުނީ..” މިލާން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

“ވިލް ޔޫ-” މިލާން ބުނަން އުޅުނު ބަސް ފުރިހަމަ ނުުރެވުނީ ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުމުންނެވެ. ވަގުތުން އަފާންއާއި މިލާންއަށް ދޮރާއި ދިމާއަށް ބަލައިލެވުނު އެތަނުގައި އަނގަމަތީގައި އަތް އަޅައިގެން ހުރި ލައުރާ ފެނި، ދިޔައީ ސިއްސައިގެންނެވެ. ލައުރާ އެއްފަހަރު މިލާންއަށް އަނެއް ފަހަރު އަފާންއަށް ބަލަހައްޓައިގެން ހުރެފައި އަނގަމަތިން އަތް ނެގިއެވެ. “އިޓްސް ނޮޓް ވަޓް ޔޫ ތިންކް!!!” މިލާންއާއި އަފާން އެކީގައި ބުނެލި އިރު، ގާތްގަނޑަކަށް ހަޅޭލަވައިގަނެވުނީއެވެ. އެއާއެކު ލައުރާގެ ހިނިގަނޑު ފަޅައިގެން ދިޔައީއެވެ. “ކިހިނެތް ގެއަށް ވަނީ..؟” މިލާންއަށް އެވަގުތުވެސް އަހައިލެވުނީ އެހެންނެވެ. “ތަޅު ނުލައޭ ދޮރު ހުރީ..” އެތެރެއަށް ވަންނަމުން ލައުރާ ބުނެލިއެވެ. “އަފައްޓި ކަލެއަށް ދެން ވަދެފަ ދޮރު ތަޅުލާކަށްވެސް ނޭނގޭތަ..؟” އަފާންގެ ގައިގައި ބާލީހަކުން ޖަހަމުން މިލާން ބުނެލިއެވެ. “ބަލަ މީ މަގޭ ގެއެއް ނޫނޭ.. ކަލޭގެ ގެ ކަލޭ ދޯ ޖެހޭނީ ތަޅުލަން..” އަފާންވެސް ދެރަވާކަށް ބޭނުމެއް ނުވިއެވެ. “ލައު ކިހާ އިރެއް ވެއްޖެ ތިތާ ހުންނަތާ..؟” މިލާން އެއްސެވެ. “މިއްލު އަފާން ކައިރި އިންނަން އެހީއްސުރެ..” ލައުރާ ހެމުން ބުނެލިއެވެ. “އޭ މަ އަފާން ކައިރި އިންނާކަށް ނާހަމޭ.. މަ އުޅުނީ އިނާ ކައިރި އިންނަން އަހާނެ ގޮތް ޕްރެކްޓިސް ކުރާށޭ..” ދަބަހުގެ ޒިބު އަޅުވާލަމުން މިލާން ބުނެލިއެވެ. އެއާއެކު ލައުރާ އަނގަ ވަށްކޮށްލާފައި “އޯހ” އޭ ބުނެލިއެވެ. “އެކަމް މަށަށް ހީވަނީ ކަލޭ މިހާރު ހަމަ އަސްލަށްވެސް މަށަށް ހިތް ކިޔަނީހެން..” މިލާންއަށް ޖެއްސުމަށް އަފާން ބުނެލި ވާހަކައިން ލައުރާގެ ހިނިގަނޑު ފަޅައިގެން ދިޔަ އިރު، މިލާން އަފާންގެ ގައިގައި ދަބަހުން ޖެއްސެވެ.

އެއީ އަބަދުވެސް އެކުދިން އުޅޭ ގޮތެވެ. ޢުމުރުން ދޮށިވެ، ހަރުދަނާ މަސައްކަތްތަކުގައި އުޅުނު ކަމުގައި ވިޔަސް، ހުރިހާ ކުދިން އެއްތަންވެއްޖެއްޔާ ސަކަރާތުގެ އަޑު ނޫން އެހެން އަޑެއް ނީވޭނެއެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ ޝަޚްސިއްޔަތު ވަރުގަދަކޮށް، ހައިބަތު ބޮޑުކޮށް ފެނުނަސް، އެންމެ ގާތް އެކުވެރީންނާއި ޖެހިއްޖެއްޔާ ދެން އެ އައީ ބޮޑު ޢީދެވެ. ތުއްތު ކުދީންތަކަކަށް ދޫ ނުކުރާނެކަން ގައިމެވެ. އެހާވެސް އެކުދިންގެ އެކުވެރިކަމުގެ ގުޅުން ވަރުގަދައެވެ.

*** ** ***

ވެލާނާ އިންޓަރނަޝަލް އެއަރޕޯޓަށް އައިސް ހުއްޓުނު ކަޅުކުލައިގެ ޕްރައިވެޓް ކާރުން އަފާންއާއި މިލާންގެ އިތުރުން ލައުރާ ފޭބިއެވެ. މިލާންގެ އެދުމަށް އަފާން އައީ މިލާންއާއި ލައުރާ ގޮވައިގެން އޭނާގެ ކާރުގައެވެ. ޗެކިންގެ ހުރިހާ ކަމެއް ހަމަޖައްސާ، މިލާން ފުރަން ވަންދެން އެ ދެކުދިން ހޭދަކުރީ މިލާންގެ ކައިރީގައެވެ. ޒާރާވެސް ކިތަންމެ އަންނަން ބޭނުންވެފައި ހުރި ނަމަވެސް، ނާދެވުނީ އޭނާގެ ހެނދުނު ޑިއުޓީ އޮތުމުންނެވެ.

“ގުޑް ލަކް ބްރޯ.. ވާނުވާ އަންގައްޗޭ..” ފްލައިޓަށް އަރަން ގޮވައިލުމާއި އެކު، އަފާން މިލާންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. “ތެދެއް.. އެކޮޅަށް ގޮސް ގުޅައްޗޭ.. ބެސްޓް އޮފް ލަކް..” މިލާންގެ ގައިގައި ބައްދާލަމުން ލައުރާ ބުނެލިއެވެ. “ތޭންކްސް ދެމީހުންނަށްވެސް.. ދަނީއޭ..” ކޮނޑުގައި އޮތް ދަބަސް ރީތިކޮށްލަމުން މިލާން ގޮސް ފްލައިޓަށް އެރިއެވެ. މިލާން ފްލައިޓަށ އެރުމާއި އެކު އަފާންއާއި ލައުރާ ގޮސް ކާރަށް އެރިއެވެ. ލައުރާ އޭނާގެ އޮފީހަށް ލައިދިނުމަށްފަހު، އަފާން މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. މާދަމާރޭގެ ރަސްމިއްޔާތަށް ތައްޔާރު ވުމުގެ ގޮތުން ބައެއް ކަންކަން ނިންމަންވެފައި ހުރުމުންނާއިވެސް އެކުގައެވެ.

*** ** ***

ސީޓުގައި އިށީނދެލާ، މިލާން ހަމަޖެހިލިއެވެ. ފްލައިޓު ރަންވޭއިން ނައްޓާލުމާއި އެކު، މިލާންއަށް ހިނިތުންވެވުނީ ދެން އޭނާގެ ހިތް ތާއަބަދު ދުށުމަށް އެދޭ ސޫރަ ފެންނަން މާ ގިނަ އިރެއް ނެތްކަން ހިތަށް އިޙްސާސް ވުމުންނެވެ. ސަތާރަ ގަޑިއިރުގެ ދިގު ދަތުރަކަށް ވިޔަސް، ފަސްއަހަރާއި ބަލާފައި މި ދަތުރަކީ މިލާންއަށް ފަސް މިނެޓުހާ ކުރު ދަތުރެކެވެ. ކެތް ކުރާން އޭނާ ދަސްކޮށްފިއެވެ. ދިރިއުޅުމުގައި ކާމިޔާބީ ޙާސްިލްކުރެވޭނީ ކެތް ކޮށްގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގި، ހާމަ ވެއްޖެއެވެ. ސީޓުގައި ބޯ ޖައްސާލަމުން މިލާން ދެލޯ މަރައިލީ ޔައިނާގެ އެ ހިތްގައިމު ސޫރަ ހިތަށް ގެންނަމުންނެވެ.

ނަމަވެސް، މިލާންއަށް ނޭނގުނު ކަމަކީ މި ސަތާރަ ގަޑިއިރަށް ފަހު، އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އޭނާގެ މުޅި ޙަޔާތް ބަރުބާދުވެގެން ދާނޭ ކަމެވެ. މި ހުރިހާ ދުވަހަކު ޔައިނާއަށް ކުރި އިތުބާރާއި، ޔައިނާއަށްޓަައި އެ ހިތުގައި ވީ ފުން ލޯބި ވަޅުލާ، ކަފުން ކުރަން ޖެހޭނެ ކަމެވެ. ޔައިނާއާއި އެކީ ހޭދަވި ފަސް އަހަރު ދުވަހުގެ ދިގު ދަތުރު މާޒީގެ އަނދުރު ޞަފްޙާތަކަކަށް ވެގެން ދާނޭ ކަމެވެ. ބޯމަތިވާން އުޅޭ ތޫފާނުގެ ބާރު ހުރި މިންވަރު ނޭނގި، މިލާންގެ ދިޔައީ އޭނާގެ ހިތުތެރޭގައި އެތަކެއް ޚިޔާލީފޮލާތަކެއް ކައްކަމުންނެވެ. ޔައިނާއާއި އެކީގައި ދިރިއުޅުމުގެ ބާކީ އޮތް ބައި ހޭދަކުރާނެ ގޮތުގެ ވާހަކަ ލިޔަމުންނެވެ. ކައިވެނީގެ މަތިވެރި ގޮށުން އެ ގުޅުމުގައި ގޮށް ޖަހާނޭ ކަމަށް ހިތާހިތުން ވަޢުދު ވަމުންނެވެ. ނަމަވެސް……

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެދުވަހު ލޯބިން 15

Next

ލޯބި އޭގެ އަސްލުގައި 16

Next
August 26, 2022

ލޯބި އޭގެ އަސްލުގައި 16

Previews
August 26, 2022

އެދުވަހު ލޯބިން 15

4 Comments!

  1. lau.laala786@gmail.com His Beastess says:
    August 27, 2022 at 8:59 am

    NAMAVES?????
    namavess…. thiya handhaaney vanee…. namavess thiya handhaaney vanee… dhuruvaan masaiykaiy kuriyas, ithurah hama gaathey veveny…. thi handhaan foheveytho beliyas ithurah thi khiyaaley kureveny… foohi veytho ves belin namaves… ithurah hama loaiybey veveny…..❤❤🙌😁😁😁😂
    damn… mashah rovijje… hevijje… rulhi ves aisssi.. neyge mivaagotheh… : mivaagothey neygeyey aiylumun kalaa… magey hiyy ladhun thelhi folheny ingey.. ehyvedheebala,.. eheevedheebalaa..😭😭😁😁💯💯🙈
    ekakamakuvaa lau ah vaane gothaa yainaa aa milaan ah vaane gothaa visnaalaafa hama rovijje… dhen anehhka milaan afaan ah propose kuri thankolhu made my day…. oh my god dhooni…. ekm shiyal ge thankolhu aima hama hithah eri ughh dhefuhthalhaalaaafa moodashey ehhlaalaanee… 😭😂😡
    eyy dhen oiyy bai mi anna week ga dhw… dhaan ve guitar kulhen byeeee… guitar kulhenshey mibuny.. inthizaaruge guitar ingey😂😂😂🙈😁😁♥ kaleyney ma kendyy byeeeeeeee

  2. Nayaa Nayaa says:
    August 27, 2022 at 11:13 am

    In reply to @His Beastess
    Namavessssssss…………
    Hehe ey thy vrh reethi lava ekey dhw.. Ingeythr ma mhr filaavalhu hadhan inna iru vrh ginain jahaa lava ekey thy.. Hehe..
    Ahaha hurihaa kameh vs vaane thivarun dhanyyaa 😂
    Well let’s see dhww kihinehthw vaany e enmennah
    Hehe milaan afaan ah propose kuri than dhww.. Lol.. Bromance in da airrr😂😂😂
    Moodhah vs ellailan v hama.. Hahaha..
    Ahaha arn ok konme guitar eh kulhunas.. Bye byee❤️❤️❤️

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 27, 2022 at 3:22 pm

    Kalo kalo kalo kalo kalooooo
    Kalooooo alheyyy milaaaaannn🤣🤣🤣🤣🤣🤣🤣🤣🤣afaaanooooo🤣🤣🤣🤣🤣🤣dhera kamehhh kalooooo🤣🤣🤣🤣bayyeh sahaadhehhh
    Koyaaa dhn zaaraaa.. Egolaa alhe bolekey kiyaafa meedhaa key unbeh tha innany.. Bolaa ehvarah hiy vx hariyyey dhww.
    Whattt mi shiyaalaaa mee haadha nulafaa bakahttekeyyy.. (for ur kind information bakahttaky nubai maana negey ehcheh viyyaa vrh bodah sorry.. Mashakah neynge e in nubai maana negey kameh..) klw Alhe ma being so kehmadhu.. Mi Avahah vaanuvaa angabaaa..
    Klww Alhey ma vx midhany reette liyan.. Dhany bye bye

  4. Nayaa Nayaa says:
    August 27, 2022 at 4:11 pm

    In reply to @Reesha Corona
    Ahahahahahah manjeyyyyy evarah nuhy dhariyaa.. Hees levidhaane🤣🤣🤣.. E afaan aa milaan aa kuda bormance scene eh jassaaly ey.. Dhn malaamaiy nukoubala e kudhinnaa dhimaalah🤣🤣🤣🤣🤣🤣🤣
    Vedhaane Vedhaane brother.. Meedhaa key unbakah vs vedhaane hama.. Ekm hiy hareh nuvaane ingey.. Eii hama egolaa ge boa goaskan.. Hissabah vure galhy ey bunaany..
    Ahahaha saabas Manje ah.. Ok vaane bakattekey kiyas😂😂
    Vaanuvaa ingeyne insha Allah Tuesday ehaa thaa.. Konme Friday ekey kiyaafavs Assu dhn readers ah takaa adhives mi gavaidhun upload kurany.. But next week in feshigen vrh bxy vaane dhn.. Ekms balaanan
    Arn okaysss.. Waiting 🖤

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18←


All Right Reserved!