Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 6

Star Fire Level 310 Stories
July 24, 2022 4 Mins Read
0 Comments

އާ ދުވަހަކަށް އިރު އެރި އިރު އެކި މީހުން ގެ ހަޔާތުގައި ވަނީ އެކި ކުލަ ޖެހިފައެވެ. އެއްބައި މީހުން ގެ ހަޔާތަށް ބަހާރު މޫސުން އައިސްފައި ވާއިރު އަނެއް ބަޔަކު ގެ ދިރިއުޅުން ވަނީ ހިތާމައިގެ ފުން ކަނޑެއް ތެރޭގަ އެވެ. ނަމަވެސް މި ބަދަލުވަމުން އަންނަ ދުނިޔެ ހެން އެ މީހުން ތަކުގެ ހަޔާތް ވެސް އެއްގޮތަކަށް ނޯންނާނެ އެއް ނޫން ހެއްޔެވެ. 

 

ދުވަހަކީ ހޮނިހިރު ދުވަހެވެ. ހައިޒަލް އޮތީ ކޮޓަރީގައި ހުރި ކިންގް ސައިޒު އެނދުގައި ކުޑަކުއްޖަކު ހެން ނިދާފައެވެ. ނަމަވެސް ސުވާލަކީ އެހެން ނިދާފައި އޮވޭނީ ކިހާ އިރެއް ވަނދެން ބާއެވެ. ނިދީގައި އޮތް ހައިޒަލް އަށް ކުއްލިއަކަށް ހެލޭވުނީ ކޮޓަރީ ދޮރު ވެއްޓޭ ވަރަށް ޓަކި ޖަހަމުން ދިޔަ އަޑަށްށެވެ. 

 

ހައިޒަލް ހޭލިގޮތަށް އެންމެ ފުރަތަމަ ވެސް ބުނެވުނީ ” ކާކު ؟ ކޮންތާކު ؟ ކީއްކުރަން ؟” މިހެންނެވެ. ނަމަވެސް ނިދި ފިލައިގެން ދިޔުމުން އެއީ ދޮރުގައި ޓަކި ޖަހަމުން ދިޔަ އަޑުކަން އެނގުނެވެ. ހައިޒަލް ނިދިމޫޑެއްގަ ހުރެ ގޮސް ވިސްނުމަކާ ނުލާ ކޮޓަރީ ދޮހުޅުވާލިއެވެ. އެއާއެކު އިވިގެން ދިޔައީ ހަޅޭކުގެ އަޑެވެ. ” އާއާއާއާއާއާއާހް!!!!!” ކުއްލިއަކަށް އެހާ ބާރަށް ހަޅޭލައްވައި ގަތުމުން ހައިޒަލް ލޯމަރާލުމަށްފަހު ދެކަންފަތް އަތުން ނިވާކޮށް ލިއެވެ. 

 

އެ މީހަކު ހަޅޭ ލައްވާނެ ވަރަކަށް ހަޅޭ ލައްވައި ނިމުމުން ހައިޒަލް ލޯހުޅުވާލިއެވެ. އެއާއެކު ކުރިމަތީގައި  ހުރި މީހާއަށް ބަލާލިއެވެ. އަދި އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ. ހައިޒަލް ހުރީ ހަމައެކަނި ސޯޓެއް ލައިގެން ނެވެ. އެހެން ކަމުން ހައިޒަލް ގެ ދޮން ކަސްރަތީ ހަށިގަނޑު ބޮޑުބައި އޮތީ ހާމައަށް ށެވެ. ހައިޒަލް ވަގުތުން މޭމަތީގައި ދެއަތް ހުރަސްކޮށް ލަމުން އަޑުނެތް ތަނަށް ހަޅޭލައްވައި ގަތެވެ. ” އާއާއާހް” އަދި އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ޖަހާލިއެވެ. 

 

“ޝިފް ހާދަ އަޑުގަދަ ކޮށްލައިގެން ” ބަދިގޭގައި ބިސްގަނޑެ އަޅަން ހުރި ޖެނީ ޝިފާ ހަޅޭލައްވަގަތް އަޑު އިވުމުން ބަދިގެއިން ބޭރަށް ބޯދިއްކޮއްލަމުން އަހާލިއެވެ.” ކަ… ކަމެއް…. ނުވޭ  ” ޝިފާ އުނދަގޫ ގޮތަކަށް ބުނެލިއެވެ. އަދި ސިޓިން ރޫމް ގައި ހުރި ސޯފާގައި އިށީންނިއެވެ. އިރުކޮޅެއް ނުވަނީސް ސިޑިން ތިރިއަށް ފައިބައިގެން އައި ހައިޒަލް ފެނި ޝިފާ ވަގުތުން އިސްޖަހާލިއެވެ. ހައިޒަލް ޝިފާ ފެނުމުން ހަރު ހިނގުމެއް ގައި ގޮސް ބަދިގެއަށް ވަނެވެ. ހައިޒަލް ދިޔަކަން އެނގުމުން ޝިފާ އިސްނަގާލިއެވެ. އަދި މޭމަތީގައި އަތް އަޅާލިއެވެ. އެއާއެކު އޮބިނޯވި ތެޅުމުން ދިޔަ ހިތުގެ ވިންދު ޝިފާ އަށް އިޙްސާސް ކުރެވުނެވެ. މި ވަނީ ކީއް ހެއްޔެވެ ؟ ޝިފާ އޭނާގެ ޟަމީރު އާއި ސުވާލު ކޮއްލިއެވެ. ނަމަވެސް އެ ދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. 

 

ހައިޒަލް ބަދިގެއަށް ވަނުމަށް ފަހު ފްރީޒަރް އިން ފިނި ފެންފުޅި އެއް ނެގިއެވެ. އަދި ތައްޓަށް އަޅައިގެން ބޯނ ފެށިއެވެ. ތައްޓަކަށް ފުލު ތައްޓެއް ފެން ބޮމުން ދިޔައިރު ހީވަނީ މީގެން ޒަމާނަކުވެސް ފެން ނުބޮއި ހުރި މީހެއް ހެންނެވެ. ” ހައި ހާދަ ވަރަކަށް ފެން ތި ބޮނީ ؟” ޖެނީ ހައިޒަލް މާ ގިނައިން ފެންބޯން ފެށުމުން އަހާލިއެވެ. ” އާނ… އެ.. އެއީ މާ ގަދައަށް ކާރު ހިއްކައިގަނެފަ ހުރީމާ ހެހެހެހެހެހެ” ހައިޒަލް އެހެން ބުނަމުން  ހޭނ ފެށިއެވެ. 

 

**** **** **** **** ****

 

އަމާން ލައިގެން ހުރި ކަޅު ކުލައިގެ އޮފީސް ފަޓުލޫނު ޖީބު ތެރޭގައި އޮތް އޭނާގެ ފޯނު ނަގަމުން ގަޑި ބަލާލިއެވެ. އަދި އަވަސް ޙަރަކާތަކާއެކު ކޮޓަރިން ނިކުތެވެ. ” ދޮންބޭ ސައެއް ނުބޮންތަ ؟” އައިލީން އަމާން އަވަސް އަރުވާލަފައި ނިކުންނަން ދިޔަ ތަން ފެނުމުން އަހާލިއެވެ. ” އިތުރަށް މަޑުކޮއްފިއްޔާ ގަޑި ޖެހޭނީ” އާމީން ކުރު ޖަވާބެއް ދެމުން ގެއިން ނިކުމެގެން ދިޔައެވެ. އެއާއެކު އައިލީން ފުންނޭވައެއް ދޫކޮއްލިއެވެ. އަދި ބަދިގެއަށް ވަނެވެ. 

 

އަމާން ހަރު ހިނގުމެއް ގައި ގޮސް އަނެއް މަގަށް އަޅުވާލި ތަނާހެން ޖެހުނީ ކުއްޖެއް ގައިގަ އެވެ. އެއާއެކު އެ ކުއްޖާ ވެއްޓެން ދިޔުމުން އަމާން ހުޝިޔާރު ކަމާއެކު އެކުއްޖާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ވެއްޓުނު ނުދީ ސަލާމަތް ކުރިއެވެ. އަމާން އަށް އެކުއްޖާ ގެ މޫނަށް ބަލައި ލެވުނީ ދެނެވެ. ސިފަ ވަކި ނުވާ ވަރަށް މޭކަޕް ކޮއްފައި ހުރިއިރު އެ ކުއްޖާ ހަޑިއެކޭ ނުބުނެވޭނެ އެވެ. އަމާން އެކުއްޖާ ގެ ހަށިގަނޑު ތެދު ކޮއްލުމަށްފަހު އެކުއްޖާ ގައިން ދޫކޮއްލިއެވެ. އަދި އެ ކުއްޖާ އަށް ގޮވައިލިއެވެ. ” މިސް އާރ ޔޫ އޯކޭ؟” އަމާން އެހެން އަހައިލުމުން އެކުއްޖާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެއާއެކު އަމާން އަވަސް ވެގަތީ ހޮސްޕިޓަލް އަށް ދިޔުމަށް ޓަކައެވެ. އެހެން ކަމުން އަވަހަށް ހިނގައިގަތެވެ. 

 

ރިޔާދާ ހުރީ ދެންމެ އޭނ ގައިގާ ޖެހުނު ޒުވާނާ ދިޔަތަން ހުވަފެނީ ގޮތަކަށް ބަލަން ށެވެ. އާދައިގެ ޒުވާނެކެވެ. ނަމަވެސް ރިޔާދާ އަށް ވަރަށް ގަޔާވެވިއްޖެ ކަން އިޙްސާސް ކުރެވުނެވެ. ދެވަނަ ސިކުންތު ރިޔާދާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި އަމިއްލަ ނަފްސަށް ބުނެލިއެވެ. ” އޮހް ކަމް އޯން ރިޔާދާ ޔޫ ޑޯންޓް އިވެން ނޯ ހިމް” އަދި ކުރިއަށް ހިނގައިގަތެވެ. 

 

****** ****** ****** ****** ****** 

 

އައިލީން އިނީ ގޭ ސިޓިން ރޫމް ގަ ހުރި ސޯފާގައި  އިށީންދެގެން ފޯނުން ގޭމް ކުޅެން ށެވެ. އެހެން އިނދާ މީހަކު ސަލާމް ގޮއްވައި ލުމުން އައިލީން ސަލާމް ބަލައި ގަންނަމުން އިސްނެގިއެވެ. ކުރިމަތީގައި ޕޮލިސް ޔުނީފޯމްގަ ހުރި ޙުސާން ފެނުމުން އައިލީން ކުޑަކޮށް ހައިރާން ވިއެވެ. އެއީ އާމު ގޮތެއްގައި ޙުސާން ޑިޔުޓީ އޮންނަ ދުވަސް ތަކު ހެނދުނު ގަޑީގައި އެގެއަށް ނަންނާތީއެވެ. ނަމަވެސް އައިލީން ކުޅަދާނަ ކަމާއެކު އެ ހައިރާން ކަން ފޮރުވާ ލަމުން ހިނިތުން ވެލި އެވެ. އަދި އަވަހަށް ބުނެލިއެވެ. ” ދޮންބެ ގޮސްފި” އައިލީން އެހެން ބުނުމާއެކު އިވިގެން ދިޔައީ ޙުސާން ގެ ފިރިހެން ވަންތަ ހުނުމުގެ އަޑެވެ. ” އައިލީން ދޮންބެ ތަ މި ގޭ ހަމައެކަނި އުޅެނީ” ޙުސާން އެހެން ބުނުމުން އައިލީން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” މިއައީ އައިލީން އާ ކުޑަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ދޯ ވެންނިއަސް” ޙުސާން ހުއްދައަށް އެ ދުމާއެކު  އައިލީން އެތެރެއަށް ވަންނާށޭ ބުނެލިއެވެ. 

 

ޙުސާން އެތެރެއަށް ވަނުމަށް ފަހު އައިލީން ކުރިމަތީގައި ހުރި ސޯފާގައި އިށީނިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ” އައިލީން ކީއްވެ ތަ މިހާރު އެހާ ވަރަށް ވާހަކަ ނުދައްކަނީ ؟ އަނެއްކާ ޙުސާންބެ އަށް ކަމެއް ގޯސްކޮއް ކުރެވުނީތަ ؟” ޙުސާން އޭނާގެ ހިތުގައި އޮތް ސުވާލު ދެވަނަ ވިސްނުމަކާ ނުލާ ކޮއްލިއެވެ. އެއާއެކު އައިލީން ޖަވާބު ދިނެވެ. ” ނޫން ޙުސާންބެ އެއްވެސް ކަމެއް ނުކުރޭ” އައިލީން އިސްޖަހާގެން އިނދެ އެހެން ބުނުމުން ޙުސާން އަނެއްކާވެސް އެންމެ ފުރަތަމަ ސުވާލު ތަކުރާރު ކޮއްލިއެވެ. ” ކީއްވެ ޙުސާންބެ އާ ވާހަކަ ނުދައްކަނީ؟” ޙުސާން ގެ އެ ސުވާލަށް ޖަވާބު ދޭނޭ ގޮތެއް އައިލީން އަކަށް ނޭނގުނެވެ. އިރުގަނޑެއްގެ ހަމަ ހިމޭން ކަމަކަށް ފަހު އައިލީން ފުންނޭވައެއް ދޫކޮއްލިއެވެ. އަދި އިސްނަގަމުން ސީދާ ޙުސާން ގެ ލޮލަށް ބަލާލިއެވެ. އަދި 6 އަހަރު ވަންދެން ހިތުގައި  ޙުސާން އަށް ދެވިފައިވާ މަގާމު އެންމެ ތިން ލަފުޒުން ބަޔާން ކޮއްލިއެވެ. ” އައި ލަވް ޔޫ” އައިލީން ގެ ދުލުން މި ތިން ލަފުޒު ބޭރުވުމާއެކު ހީވީ ބޯ މަތިން ބޮޑު ހިލަ ގަނޑެއް އުފުލިގެން ދިޔަ ހެންނެވެ. ނަމަވެސް ހިތް ބާރު ބާރަށް ތެޅުމުން ދިޔައީ ޙުސާން ދޭނެ ޖަވާބެއް ނޭނގޭ ތީ އެވެ. 

 

ޙުސާން ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އައިލީން ގެ ހިތުގައި އޭނާ އަށްޓަކައި އެފަދަ އިޙްސާސް އެއް އޮވެ ދާނެ ކަމަކަށް ޙުސާން ދުވަހެއްގެ ކޮޅުން ވެސް ހިތަކަށް ނާރުވަ އެވެ. އެހެނީ ޙުސާން ދެކެނީ އައިލީން އޭނާގެ ކޮއްކޮ އެއް ފަދައިން ނެވެ. އައިލީން  ލޮލުން ފެންނަމުން ދިޔަ ސާބިތުކަން ފެނި ޙުސާން އަށް އެ ކުރަނީ ސަމާސާ އެއް ނޫން ކަން އެނގުނެވެ. އެހެން ކަމުން އަވަހަށް ސޯފާ އިން ތެދުވިއެވެ. އަދި ބުނެލިއެވެ. ” އަހަރެން އައިލީން ދެކެން ހަމަ އެކަނި ކޮއްކޮ އެއް ގޮތު” އެހެން ބުނުމަށް ފަހު ޙުސާން އައިލީން އަށް ބަލާލުމެއް ނެތި އެ ގެއިން ނިކުމެގެން ދިޔައެވެ. 

 

ޙުސާން ބުނީ ބަސްތަށް ދިޔައީ އައިލީން ގެ ކަންފަތުގައި ގުގުމަމުން ނެވެ. ދެލޯ ކަރުނައިން ފުރިފައި ވާއިރު އައިލީން ގެ ހިތަށް އަރަމުން ދިޔައީ އެންމެ އެއްޗެކެވެ. ” އޭނާގެ ފުރަތަމަ ލޯބި ނާކާމިޔާބު ވީ ހެއްޔެވެ ؟” ސިކުނޑި އެ ސުވާލުގެ ޖަވާބަކަށް އާނއެކޭ ބުނަމުން ދިޔައީ ހިތް ދިޔައީ ނޫނެކޭ ބުނަމުން ނެވެ. އައިލީން މަޑުމަޑުން އަތް ނަގާ ހިތާ ވީ ފަޅީގައި އަތް ޖައްސާލިއެވެ. އެއާއެކު އައިލީން ގެ ތުންފަތް ފޫ އަޅުވާލާ ފައި ނިކުތީ މަޑު ވޭނީ ” އާހް” އެއްގެ އަޑެވެ. ހިތަށް ކުރެވުނު އަސަރެއްގެ ބޮޑުކަމުން ނެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ކެއްނުކުރެވުމުން ނެވެ. އެންމެ ސަބަބަކާ ހުރެއެވެ. އެއީ ވެސް ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި ނާކާމިޔާބު ވީ ހެން ހީވުމުންނެވެ. ނަމަވެސް ތަޤުދީރު ގައި ވާ އެއްޗެއް ނޭނގި އެހާ އަވަހަށް ހިތްވަރު އެލުވާލާކަ ނުވާނެއް ނޫން ހެއްޔެވެ. 

 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

އެދުވަހު ލޯބިން 5

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 9

Next
July 24, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 9

Previews
July 22, 2022

އެދުވަހު ލޯބިން 5



All Right Reserved!