Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 14

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 14, 2022 12 Mins Read
10 Comments

އެމީހާގެ ކައިރީގައި ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ފިރިހެން މީހާވެސް ލައުރާމެންނަށް ހިނިތުންވުމެއް ދިނެވެ. އޭރު އެމީހާގެ އަތުތެރޭގައި ތިން އަހަރަށް ދާ ލޯބި ލޯބި އަންހެން ކުއްޖަކުވެސް އިނެވެ. ދެން މިލާންގެ ލޮލުގައި އަޅައިގަތީ އެ ފިރިހެން މީހާގެ އަނެއް އަތުގައި ހިފާލައިގެން ހުރި ނުވަ އަހަރަށްދާ ފިރިހެން ކުއްޖާއެވެ. މިލާން އެ ކުއްޖާއާ ދިމާލަށް ހީލުމުން އެ ކުއްޖާވެސް ލޯބި ހިނިތުންވުމެއް ރައްދު ކޮށްލި އިރު، މަތީ މެދު ދެދަތް ވެއްޓިފައި ހުރުމުން ހާދަ ލޯތްބޭ މިލާންގެ ހިތަށް އެރިއެވެ.

“ރައިއްތާ.. މި އުޅެނީ ދޮރުގެ ކާޑު ނުފެނިގެން.. މުޅި ދަބަސް ހާވަ ހާވާވެސް ނުފެނުނު..” ލައުރާ ވެގެން އުޅުނު ގޮތް ކިޔައިދިނެވެ. “އެހެންތަ..؟ އެހެންވީރު އިހަށް އަންނަންވީނު އަހަރެމެންގެ އެޕާރޓްމެންޓަށް.. ބައްޕައާ ގުޅައިގެން ކާޑެއް ގެނެސްދޭނަން ފަހުން..” ހިތްހެޔޮ ހިނިތުންވުމަކާއި އެކީ އެ އަންހެން މީހާ ދަޢުވަތު ދިނެވެ. އެއާއެކު ޝުކުރިއްޔާއޭ ބުނަމުން ލައުރާއާއި މިލާން އެތެރެއަށް ވަނެވެ.

“އިށީންނަންވީނު.. ބޯލާނެ އެއްޗެއް ގެންނަންތަ..؟” އެ އަންހެން މީހާ އަހައިލުމުން ލައުރާ ނޫނެކޭ ބުނެލިއެވެ. “ދެންމެ ހަމަ މި އައީ އައިސްކްރީމް ބޮއެގެން..” ލައުރާ ވާހަކަ ދައްކަމުން ދިޔަ ގޮތުން މިލާންއަށް އެއީ ލައުރާއާ ގާތް ފަރާތެއްކަން އެނގިގެން ދިޔައެވެ.

“އެހެން ދޯ.. މީ ކޮން ކުއްޖެއްތަ..؟” ލައުރާ ކައިރި އިށީންނަމުން އެ އަންހެން މީހާ އަހައިލިއެވެ. އެއާއެކު އަދި މިލާންއަށް އެމީހުން ތަޢާރަފްވެސް ނުކޮށްދެވޭކަން ލައުރާ ހަނދާން ވިއެވެ. “އޯހ.. އަދި އިންޓްރޮޑިއުސްވެސް ނުކޮށްދެވޭ ދޯ.. މީ މިލާން.. އަހަރެންގެ ބެސްޓް ފްރެންޑް.. މިލާން.. މީ ރައިޝާދައްތަ.. ދެން މީނީ އޭނަގެ ހަޒްބެންޑް މާއިޝްބެ.. ރައިއްތަމެންނާ ދިމާވީ މި އެޕާރޓްމެންޓަށް ބަދަލުވީ ދުވަހު.. އޭރުވެސް ރައިއްތަމެން ވަރަށް ހެލްޕްވި ޝިފްޓް ވާން.. ދެން އެހެން ގޮސް އެކުވެރިކަން އުފެދުނީ.. ދެން މިއީ މި ދެމީހުންގެ ކުދިން.. އެންމެ ބޮޑުކޮށް އެ ހުރީ ދައްޔާން.. ދެން އެ ހުރީ ދާލިޔާ.. ދެން މިއޮށް ލޯބި ލޯބި ބޭބީ މިއީ ދާނިޔަލް.. ހީޒް ޖަސްޓް އެއިޓް މަންތްސް އޯލްޑް އަދި.. ވަރަށް ލޯބި ދޯ..؟” ރައިޝާގެ އަތުން ދާނިޔަލް ނަގާ އުރާލަމުން ލައުރާ ބުނެލިއެވެ. “އަސްލުވެސް.. ވަރަށް ލޯބި.. މާޝާﷲ.. ދައްޔާންއާ ދާލިޔާވެސް ވަރަށް ލޯބި..” ކުޑަކުޑަ ދާނިޔަލްގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން މިލާން ބުނެލިއެވެ.

“ލައޫ.. ބައްޕައަށް ގުޅައިފިން އިނގޭ.. ބުނީ ޑުޕްލިކޭޓް ކާޑެއް ގެނެސްދޭނަމޯ މީހަކު ލައްވަ.. އެކަމް އިރުކޮޅެއް ނަގާފާނެ..” ފޯނުގައި ހުރެފައި އައިސް ރައިޝާ ކައިރީގައި އިށީންނަމުން މާއިޝް ލައުރާއަށް ބުނެލިއެވެ. “އެ އޯކޭ ވާނެ.. ކާޑު ލިބެނިކޮށް އޯކޭ.. ތެންކިޔު ވަރަށް ބޮޑަށް ތި ވެދިން ހެލްޕްއަށް..” ދާނިޔަލް އުނގަށް ލައިގެން އިނދެ ލައުރާ ބުނެލިއެވެ. “އެއީ އެވަރު ކަމެއް ނޫނޭ..” ރައިޝާ ހިނިތުންވެލިއެވެ.

“ކިހިނެތް ރައިޝައްތަ މެންނަށް ކާޑު ލިބެނީ..؟” މިލާންގެ ހިތުގައިވީ ސުވާލު ނުކޮށް ނުހުރެވުނެވެ. “މީ ރައިގެ ބައްޕަގެ ބިލްޑިން އެކޭ.. އެހެންވެ..” ޖަވާބު ދިނީ މާއިޝްއެވެ. އޭރު އެ އަޑުގައި ވީ ހިތްހެޔޮކަމެވެ.

“ވަރަށް ދުވަސް ވެއްޖެތަ ތި ދެމީހުން މެރީކޮށްގެން އުޅޭތާ..؟” މިލާންއާއި ރައިޝާމެންނާ ދޭތެރޭގައި އެކުވެރިކަން އުފެދުނީ ނުހަނު އަވަހަށެވެ. “ނެކްސްޓް މަންތްގަ މެރިޖްއަށް ވާނެ ދިހަ އަހަރު.. އެކަމް ރައްޓެހި ވެގެން އުޅޭތާވެސް ސިކްސް އިޔަރޒް ފަހުން މެރީ ކުރެވުނީ.. އެހެންވީމަ އެއްކޮށް އުޅޭތާ ސިކްސްޓީން އިޔަރޒް މި ވަނީ..” ލޯބިން ފުރިގެންވީ ނަޒަރަކުން ރައިޝާއަށް ބަލައިލަމުން މާއިޝް ބުނެލިއެވެ.

މާއިޝްއާއި ރައިޝާގެ ކޮންމެ ޙަރަކާތަކުން މިލާންއާއި ލައުރާއަށް ފެންނަނީ ލޯބިވެތިކަމެވެ. އެކަކު އަނެކަކު ވާ ސާފު، ތެދުވެރި ލޯތްބާއި، އެކަކު އަނެކަކަށް ކުރާ އިތުބާރުގެ ވަރުގަދަ ކަމެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގޮށް ޖެހިފައިވީ އެ ލޯބި ގުޅުން ސޯޅަ އަހަރު ވެގެން ދިޔަ އިރު، ލިބުނު ލޯބި ލޯބި ތިން ކުދިންނާއި އެކީގައި ދެމިއޮތުމުގެ ސިއްރަކީ އެއީއެވެ. އެކަކު އަނެކަކު ދެކެ ވާ ނިމުމެއް ނެތް ލޯތްބާއި، އެކަކު އަނެކަކަށް ކުރާ ފުރިހަމަ އިތުބާރެވެ. އެފަދަ ނަމޫނާ ގުޅުމެއް ކޮންމެ މީހަކުވެސް ބޭނުންވާނެކަން ގައިމެވެ.

“މާއިޝްބެ ވަރަށް ލޯބިވޭ ދޯ ރައިޝައްތަ ދެކެ..؟” ޔައިނާގެ ޚިޔާލަށް ގެއްލިފައި އިން މިލާންގެ ހިތުގައި އޮތް ސުވާލު ދުލުން ބޭރުވީ ކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. “އާނ.. ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..” ރައިޝާގެ ނިތުގައި ބޮސްދެމުން މާއިޝް ބުނެލީ ލޯތްބާ އެކުގައެވެ. މާއިޝްގެ އެ ލޯބިވެތި ޢަމަލުން ރައިޝާއަށް ލަދުން އިސްޖަހައިލެވުނު އިރު ލައުރާއާއި މިލާންގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. މިލާންއަށް ވިސްނައިލެވުނީ ޔައިނާގެ މަތިންނެވެ. ﷲ އިރާދަކުރެއްވިއްޔާ އޭނާއާއި ޔައިނާއާއި ދޭތެރޭގައިވެސް އެފަދަ ލޮބުވެތި ގުޅުމެއް ލައްވާނެއެވެ. ޒުވާން ޢުމުރު ފަހަނައަޅާ، މުސްކުޅި ވާ ދުވަހުންވެސް އެ އަތުން ދޫކޮށްނުލާނޭ ކަމަށް މިލާން އެވަގުތުވެސް ހިތާހިތުން ވަޢުދު ވިއެވެ.

މިއާ ޚިލާފަށް ލައުރާއަށް އިޙްސާސްވަނީ އޭނާ އެ އުފަލުން މަޙުރޫމް ވެފައިވާ ކަމުގެ އިޙްސާސެވެ. ހިތަށް ވީ އުނދަގުލާއި އެކު، ފައިބަން އުޅުނު ކަރުނަތައް ތިރީ ތުންފަތުގައި ދަތް އަޅައިލަމުން ލައުރާ ހިންދައިލިއެވެ.

“ތި ދެކުދިންނޯ.. ލައުވެސް ކުއްޖަކާ ރައްޓެހި ވާކަށް ނޫޅެމޭ ބުނީ.. މިލާން ނުހުރޭތަ ގަރލްފްރެންޑެއް..؟” ރައިޝާ އެއްސެވެ. އެއާއެކު މިލާންގެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. “ހުރޭ.. ވަރަށް ލޯބިލޯބި ކުއްޖަކު ހުރޭ.. އެކަމް ރައްޓެހި ވިތާ މާ ގިނަ ދުވަސް ނުވަނީސް އޭނަ ކެނެޑާއަށް ފުރީ.. ކިޔަވަން ވެގެން..” ފަހު ޖުމްލަ ބުނެލި އިރު މިލާންގެ އަޑުގައި ކުރަކި ކަމެއް ވިޔެވެ. މާ ބޮޑަށް ޔައިނާ މަތިން ހަނދާންވީއެވެ. އެޔަށްވުރެ ބޮޑަށް އެ ގުޅުން ހީނަރުވެފައިވީ މިންވަރާއި ދޭތެރޭގައި ވިސްނައިލެވުނެވެ.

“އޯހ.. ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕެއް ދޯ..” މާއިޝްއަށް ބުނެވުނެވެ. “އިޓް މަސްޓް ބީ ސޯ ހާރޑް ފޯރ ޔޫ..” ރައިޝާ ދެރަވީ އެއީ އިރެއްގައި އޭނާވެސް ތަޖުރިބާ ކޮށްފައިވީ ކަމަކަށް ވާތީއެވެ. “އަނެއްހެން އުނދަގުލެއް ނޫން.. އެކަމް މިހާރު އެކަކު އަނެކަކަށް ވަރަށް ޓައިމް ނުދެވޭ.. އޭނަ މާ ބިޒީ ވަނީ..” ހިތުގައިވީ ޝަކުވާ މިލާންއަށް ބޭރުކޮށްލެވުނެވެ.

“އެއީ މައްސަލައެއް ނޫނޭ.. އެހެންވެސް ވާނެ.. އިޓްސް އަ ވެރީ ކޮމޮން ތިންގް އެކަހަލަ ރިލޭޝަންޝިޕްއެއްގަ.. ޔޫ ޖަސްޓް ނީޑް ޓު ޓްރަސްޓް އީޗްއަދަރ.. މަށާ ރައިއާވެސް މީ އިރެއްގަ ތި ރިލޭޝަންޝިޕްގަ އުޅުނު ދެމީހުން.. ގާތްގަނޑަކަށް ހަ އަހަރު ވަންދެން ދުރުގަ އުޅުނީ.. ބައިވަރު ގޮންޖެހުންތަކާވެސް ދިމާވި.. އެކަމް ﷲގެ އިރާދަފުޅުން މިއަދު އަހަރެމެން އެއްކޮށް މި ތިބީ އެކަންކަމުން އަރައިގަތުމަށް ކުރި މިންނެތް މަސައްކަތުން.. އަހަރެމެން އެކަކު އަނެކަކަށް ކުރި އިތުބާރުން..” މާއިޝްގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ރައިޝާ ބޯ ޖަހައިލިއެވެ.

“ތެދެއް.. އަބަދުވެސް ހަނދާން ކުރައްޗޭ.. އިތުބާރަކީ ގުޅުމެއްގެ ބިންގާ.. އެ ނެތިއްޖެ ނަމަ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ.. ފެންނަހާ މަންޒަރުތަކާ އިވޭހާ އަޑުތައް ޤަބޫލު ކުރަން ވެއްޖެ ނަމަ އެ ގުޅުން ހީނަރުވާކަށް އިރުތަކެއް ނުނަގާނެ..” ރައިޝާވެސް މާއިޝްގެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ބުނެލިއެވެ.

“ތެންކިޔު.. ވަރަށް ބޮޑަށް ތެންކިޔު.. އައި ރީލީ ނީޑެޑް ޓު ހިއަރ ދެޓް..” މިލާން ރައިޝާއާއި މާއިޝްއަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. “ވެލްކަމް.. ޙަޤީޤީ ލޯބިވާ ފަރާތެއް ނަމަ ދުވަހަކުވެސް ދޫކޮށްނުލައްޗޭ.. އަބަދުވެސް އެކުގައި ވާތި.. ލިބޭ ހުރިހާ އުފަލަކާ ހިތާމައެއް ދެމީހުން ޙިއްސާ ކުރާތި.. އަބަދުވެސް އެކަކު އަނެކަކަށް އިތުބާރު ކުރާތި.. އެ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރާތި.. ނެވަރ އެވަރ ލެޓް ހަރ ގޯ.. ވީ ބޯތް ވިޝް ޔޫ އެންޑް ޔުއަރ ގަރލްފްރެންޑް އަ ވެރީ ސަކްސެސްފުލް ޖަރނީ..” މާއިޝްގެ ވާހަކަ ނިމުމުން މިލާން ހިނިތުންވެލާފައި، އެގޮތަށް ކަންތައް ކުރާނެ ކަމުގެ ޔަޤީންކަން މާއިޝްއަށް ދިނީ ޝުކުރުވެރިވާ ޙާލުގައެވެ.

އެވަގުތު މީހަކު ބެލް އެޅި އަޑު އިވުމުން މާއިޝް ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި މީހާގެ އަތުގައި ލައުރާގެ އެޕާރޓްމެންޓްގެ ކާޑު އޮތެވެ. ހިނިތުންވެލާފައި މާއިޝް އެ ކާޑާ ޙަވާލުވީ ޝުކުރު އަދާ ކުރަމުންނެވެ. އެމީހާ ދިޔުމުން ދޮރު ލައްޕާލާފައި އައިސް މާއިޝް ލައުރާގެ އަތަށް ކާޑު ދިނެވެ.

އެވަގުތު ކުޑަ ކުޑަ ދާނިޔަލް ރޯން ފެށުމުން ރައިޝާ ދާނިޔަލް ގޮވައިގެން ކޮޓަރިއަށް ވަނީ ގާތުން ދިނުމަށެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވީ އެވަގުތުއެވެ. އެއާއެކު ބެލްކަނީގައި ކުޅެން ތިބި ދައްޔާންއާއި ދާލިޔާ ކައިރި ނަމާދު ކުރަން އައުމަށް މާއިޝް ބުނެލިއެވެ. ވަގުތުން އެ ދެކުދިން ގޮސް އެކުއްޖަކަށް ޚާއްސަ ކުރެވިފައިވީ ކޮޓަރިއަކަށް ވަން އިރު ހާދަ ބަސްއަހާ ދެކުދިންނޭ މިލާންގެ ހިތަށް އެރިއެވެ.

ދައްޔާން ވުޟޫކޮށްގެން ނުކުތުމުން މާއިޝް ގެއިން ނުކުތީ ދައްޔާން ގޮވައިގެން މިސްކިތަށް ދިޔުމަށެވެ. ލައުރާވެސް އޭނާގެ އެޕާރޓްމެންޓަށް ވަނުމުން މިލާން މާއިޝްއާއި އެކީގައި މިސްރާބު ޖެހީ މިސްކިތަށް ދިޔުމަށެވެ.

މިހާރު އޭނާވެސް ނަމާދަށް ފަރުވާތެރި ވެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އަފާންވެސް ނަސޭހަތް ދިނުމުގެ ސަބަބުން މިލާންގެ ވިސްނުން ވަނީ މުޅީންހެން ބަދަލުވެފައެވެ. އަފާންގެ އުޅުމާއި، ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މިންވަރު ފެނިފައި، މިލާންވެސް ބޭނުންވީ އެފަދަ މީހަކަށް ވާށެވެ. މާތްﷲ އޭނާއަށް ހެޔޮ ރަޙްމަތް ލައްވާނޭކަމުގެ ޔަޤީންކަން އަބަދުވެސް އޮންނަ ޙާލުގައެވެ.

*** ** ***

ނަމާދުން ފައިބައިގެން ގެއަށް ދިޔަ މިލާން ހުރީ ފުދޭވަރަކަށް ވަރުބަލި ވެފައެވެ. އެހެންކަމުން ކޮޓަރިއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަތީ އެއްޗެހިވެސް ބަދަލު ކުރުމެއް ނެތިއެވެ. އެހެން އޮތް އިރު އޭނާއަށް ވިސްނެމުން ސިޔައީ މިއަދު ރައިޝާއާއި މާއިޝް ބުނި ބަސްކޮޅުގެ މަތިންނެވެ.

“އަބަދުވެސް ހަނދާން ކުރައްޗޭ.. އިތުބާރަކީ ގުޅުމެއްގެ ބިންގާ.. އެ ނެތިއްޖެ ނަމަ އެ ގުޅުމެއް ދެމިއެއް ނޯންނާނެ.. ފެންނަހާ މަންޒަރުތަކާއި އިވޭހާ އަޑުތަކެއް ޤަބޫލު ކުރަން ވެއްޖެ ނަމަ އެ ގުޅުން ހީނަރުވާކަށް އިރުތަކެއް ނުނަގާނެ..” ރައިޝާ ބުނެލި އެ ހަތަރު ޖުމްލަ މިލާންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

“އިތުބާރަކީ ގުޅުމެއްގެ ބިންގާ.. އެ ނެތިއްޖެ ނަމަ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ..” މިލާން އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ. “އެހެންވީމަ އަހަރެންވެސް އިނާއަށް އިތުބާރު ކުރާނަން.. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް.. ޔައިނާ އަހަންނަށް ދެރަ ގޮތެއް ނުހަދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އެބަ އޮތް..” ރައިޝާއާއި މާއިޝްގެ ފުން ބަސްތަކުން ލިބިގަނެވުނު ހިތްވަރުން މިލާންގެ ހާސްވެފައިވީ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކޮންމެ ފަދަ ޙާލެއްގައިވެސް ޔައިނާއަށް އިތުބާރު ކުރުމަށް ޢަޒުމު ކަނޑައެޅިއެވެ.

ނަމަވެސް، ތަޤުދީރުގައި ކަންތައް ރޭވިފައިވާ ގޮތް އެނގެނީ ފަހެ ކާކަށް ހެއްޔެވެ؟ މިލާން ޔައިނާއަށް ކުރަމުން ދާ ވަރުގަދަ، ފުން އިތުބާރު ގެއްލިގެން ނުދާނޭކަން ޔަޤީންވަނީ ފަހެ ކާކަށް ހެއްޔެވެ؟

*** ** ***

“ހޭ. މައި ޕްރިންސެސް މެރިޑާ..” ކޮލެޖަށް އައިސް ވަން ތަނުން ޝިޔަލް ގޮވައިލިއެވެ. “އަޅެ ދެން އެހެން ކިޔުން ހުއްޓާލަން ވެއްޖެ އެއްނު..” ޔައިނާ ޝިޔަލްއަށް ޖަވާބު ދިނީ ފުއްވާލަމުންނެވެ. “އަޅެ ކީއްތަ ވީ..؟ ޔައި ނުލާހިކު ވައްތަރޭ ޕްރިނސެސް މެރިޑާއާ.. ތި ބްރައުން ކުލައިގެ ކަރލީ ހެއަރ އޮވެފަ ސްކިން ޓޯންވެސް އެހާ ގުޅޭ..” ޝިޔަލް ބުނެލީ ހެމުންނެވެ. “ދެން ހެޔޮ އާނ.. މި ޝިޔަލްގަނޑު ނުވާނެ ރަނގަޅެއް..” ޔައިނާ ހަށަން ބަނދެލިއެވެ. “އަހަހަ.. ދެން އެއީ ލޯބިންނޭ.. ހަމަ ޔައި ރީތި ވީމައޭ.. ޔޫ ވިލް އޯލްވޭޒް ބީ މައި ޕްރިންސެސް މެރިޑާ..” ޝިޔަލް ޔައިނާގެ ކޮލުގައި ހިފައިލިއެވެ. “ހޫމް ދެން ތިވަރަށް ފޮނި ނުކުރިޔަސް އޯކޭއޭ..” ޔައިނާ މަޖާވެލާފައި އެހެން ބުނުމުން ޝިޔަލްވެސް ހިނިގަނޑެއް ޖަހައިލީއެވެ. “ހިޔުމަން އެނެޓޮމީ ޗެޕްޓަރ ނިމުނީތަ..؟” ޔައިނާއާ އެއްވަރަކަށް ހިނގަމުން ދިޔަ ޝިޔަލް ދެއްކީ ކިޔެވުމުގެ ވާހަކައެވެ. “އާނ.. އެބައި ނިމިއްޖެ ނަސީބަކުން.. ހުވާ މި ބުނީ ހާދަ އުނދަގުލޭ..” ޔައިނާއަށް ފުއްވާލެވުނެވެ. ޔައިނާގެ އެ ޢަމަލުން ޝިޔަލްއަށް ޔައިނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

އާއެކެވެ. ޝިޔަލްގެ ހިތުން ޔައިނާއަށް މަޤާމެއް ދެވިފައިވީތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް، އެއިން އެއްވެސް ކަމެއް ޔައިނާއާ ހިސާބަށް ނުގެންދެވެނީ ޔައިނާގެ ޖަވާބަކަށް ބިރުންނެވެ. ނަމަވެސް، ޔައިނާގެ ޢަަލުތަކުންނާއި، އޭނައާ ދޭތެރޭ ބަހައްޓާ ގާތްކަމުން ޔައިނާވެސް އޭނައާ ގަޔާވާހެން ޝިޔަލްއަށް ވަނީ ހީވެފައެވެ. ދެންމެވެސް ޔައިނާގެ ފަރާތުން ލިބުނީ ފެހި ސިގްނަލެއް ކަމަށް ބަލާ، ވީހާވެސް އަވަހަކަށް ޔައިނާއަށް ލޯބި ހުށައަޅަން ނިންމައިގެން ހުރި ޝިޔަލްއަށް ނޭނގުނު ކަމަކީ ޔައިނާއަކީ މާ ކުރިންވެސް މީހެއްގެ ޙައްޤެއް ކަމެވެ.

“ހަހާ.. ޑޯންޓް ވޮރީ.. އަދި ރަނގަޅުވާނެ… އޭ ޑައިސެކްޝަން ބަޔޯ..؟ އެބައިވެސް ނިމިއްޖެ..؟” ޝިޔަލް އެއްސެވެ. “ޔަލް ބުނަން.. ޑައިސެކްޝަން ހޯލްތެރެއިން ދުވާ ވަހުންވެސް މަ ހީވަނީ ދެންމެ ދެންމެ އަނބުރައިގަނެފާނެހެން.. އަދި އެ ކެޑާވަރ ފެނުނަސް ފާޑަކަށް ބިރުވެސް ގަނޭ.. ހުވާ މި ބުނީ.. ހީވަނީ ދެންމެ ދެންމެ ތެދުވެ އެތާ ތިބޭ އެންމެން ކާލަފާނެހެން..” ޔައިނާއަށް ޝަކުވާ ކޮށްލެވުނެވެ. ޔައިނާ ގެ  ކޮންމެ ޙަރަކާތަކުންވެސް ޝިޔަލްގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ.

“އަހަހަ.. މަރުވެފަ އޮތް މީހަކަށް ނުއެއް ތެދުވެވޭނެ އެއްނު.. ޑޯންޓް ވޮރީ.. ޑައިސެކްޝަން ބައިގަ އައި ވިލް ހެލްޕް ޔޫ.. އަދި އެބަ އޮތެއްނު ކްލާސް ފެށެން ވަގުތުކޮޅެއް.. ލައިބްރަރީއަށް ދަމާ ހިނގާ..” ޝިޔަލްގެ ބަހަށް ތާއީދު ކުރުމުގެ ގޮތުން ޔައިނާ ބޯ ޖަހައިލިއެވެ. “ތޭންކްސް ޔަލް.. ޔަލް ނެތް ނަމަ ނޭނގެ މަ މިކަންކަމާ ޑީލް ކުރާނެ ގޮތެއްވެސް.. އައި ނެވަރ ނިއު އެމްބީބީއެސް ވުޑް ބީ ސޯ ޑިފިކަލްޓް..” އެކި ވާހަކަ ތަކުގައި ތިބެ، ޔައިނާއާއި ޝިޔަލް މިސްރާބު ޖެހީ ލައިބްރަރީއާ ދިމާއަށެވެ.

*** ** ***

ފާޚާނާއިން ނުކުމެ އިސްތަށިގަނޑު ހިއްކަން ހުރި ޒާރާއަށް ފޯނާއި ދިމާއަށް ބަލައިލެވުނީ މީހަކު ގުޅަން ފެށުމުންނެވެ. އެނދުމަތީގައި އިށީނދެފައި ޒާރާ ކޯލަރ އައިޑީއަށް ބަލައިލިއެވެ. “ފިހުނު އަލުވި” އަރާފައި އިނުމުން ޒާރާގެ ހިިތް ތެޅިލިއެވެ. ނަގާނީތޯ ނުވަތަ ނުނަގާނީތޯ ނިންމަން އިންދާ ފޯނު ނިވުނެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފެށިއެވެ. މިފަހަރު ފޯނު ނަގަން އުޅެފައިވެސް ޒާރާއަށް މަޑު ޖެހެވުނެވެ. ހާސްވެފައި އިނދެ ޒާރާއަށް ނޭނގި ފިއްތައިލެވުނީ ކޯލް ކަނޑާލާ ބަޔަށެވެ. އެއާއެކު އާދެވުނު ސިނގު ރުޅީގައި ފޯނު ބިންމައްޗަށް އެއްލައިލާ، ތެތް އިސްތަށިގަނޑުގައި ދެ އަތުން ހިފައި، ބާރު ކޮށްލެވުނެވެ.

“އާހްގްގް.. ކިހިނެތްތަ އަހަންނަށް މި ވަނީ..؟” ޒާރާއަށް އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. “އަފާންއަށް ފިލަން މަސައްކަތް ކުރާ ވަރަކުން ކީއްވެތަ އަފާން އެކަމަށް ތި ހުރަސް އަޅަނީ..؟” ޒާރާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ފޭބިއެވެ. “އަހަރެން ބޭނުމެއް ނުވޭ އަފާންއަށް މި ހިތުގަ އެއްވެސް އިހުސާސެއް ވާކަށް.. އެކަމުން އަހަރެންގެ ހިތަށް ލިބޭނީ ހުސް ވޭން.. އަހަރެން ބޭނުމެއް ނުވޭ އަފާން އަހަރެންގެ ދިރިއުޅުމުގެ ހިއްސާއަކަށް ވާކަށްވެސް.. ދެން ކީއްވެތަ އަފާން..؟” ދެކަކޫ މޭގައި ޖައްސައިލަމުން ޒާރާއަށް ރޮވެން ފެށުނެވެ.

އާއެކެވެ. ޒާރާވެސް އަފާން ދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް، އެކަން ޤަބޫލުކޮށް އެކަމާ ކުރިމަތި ލާކަށް ޒާރާ ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އަފާންއާ ވީހާވެސް ދުރަށް ދާށެވެ. އެ ސޫރަވެސް ނުފެންނަ ހިސާބަށް ދާށެވެ. އެ ހަނދާންތަކުން އެކީ މިންޖު ވާށެވެ.

ނަމަވެސް، ޒާރާގެ ހިތުގެ ކަނަކުން އެ ހުރިހާ ކަމެއް ދޮގު ކުރަމުން ދިޔައެވެ. އަބަދުވެސް އަފާންގެ އެ ހިތްގައިމު ސޫރަ ދެކިލާ ހިތްވާ ކަމަށް ބުނަމުން ދިޔައެވެ. މުޅި ޢުމުރު އަފާންގެ އަތުތެރޭގައި، އެ ޙިމާޔަތުގެ ދަށުގައި ހޭދަކުރުމަށް ބޭނުންވާ ކަމުގައި ބުނަމުން ދިޔައެވެ. ނަމަވެސް، ޒާރާ މިކަމަށް ދިނީ ބީރު ކަންފަތެކެވެ. އަދި މިގޮތުގައި ޒާރާއަށް ކިހާ ދުވަހަކު ކެތް ކުރެވޭނެ ބާވައެވެ؟ އަފާންއާއި ޒާރާގެ ގުޅުން ދެން ދުވަހަކުވެސް ރަނގަޅު ވެދާނެ ބާވައެވެ؟

*** ** ***

ޒާރާ އޭނާގެ ކޯލް ކަނޑައިލުމުން ހިތަށް ވީ އުނދަގުލާއި އެކު އަފާން ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. ފުރަތަމަ ފަހަރު ގުޅުމުން ޒާރާގެ އަތުގައި އެވަގުތު ފޯނު ނެތީކަމަށް ހީކުރެވުނު ނަމަވެސް، ދެވަނަ ފަހަރަށް ފޯނު ކަނޑައިލުމުން ޒާރާ ގަސްތުގައި އޭނާއާ ދުރުވާން މަސައްކަތް ކުރަނީކަން އަފާންއަށް އެނގުނެވެ.

“ޒާރާ ކީއްވެތަ..؟ ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ..؟ ޒާރާއަކަށް ނޭނގޭތަ އަހަރެން ދެރަވާ ވަރެއް..؟ އަހަރެންގެ ހިތަށް ހާދަ ތަދެއް ވެޔޭ ޒާރާ.. ހެޔޮ ނުވާނެ.. މި ހިތަށް ފަރުވާއެއް ދީ.. އަހަރެން އާދޭސް މި ކުރަނީ.. ޒާރާ ޕްލީޒް.. ތިގޮތަށް އަހަންނާ ދުރުވާން މަސައްކަތް ނުކުރޭ.. ޕްލީޒް…” ދެރަވީ ވަރުން އަފާންއަށް ގިސްލެވެން ފެށުނެވެ.

ހިތާއި ހިތުން އަފާން ޝަކުވާ ކުރަމުން ދިޔައީ އެ ޝަކުވާތައް އަޑު އަހަން ޒާރާ ހުރި ފަދައަކުންނެވެ. އެންމެ ފަހުންވެސް އޭނާ މިގޮތަށް ރޮއުނީ މީގެ ދެ އަހަރު ކުރިން ކާފަ ނިޔާވި ރޭގައެވެ. ދެން ކިރިޔާވެސް ރޮއެވުނު ދުވަހަކީ އެންމެ ފަހުން ސްކޫލުގައި އުޅުނު އިރު ޒާރާއާ އެކީ ދެބަސްވުން ހިނގި ދުވަހުއެވެ. އޭގެ ފަހުން އެ ދެލޮލުން ކަރުނައެއް ވެއްޓުމުގެ ސަބަބަކަށް އެވީ އޭނާގެ ހިތުގެ ރާނީއެވެ. ދެރަ ނުވާނީ ފަހެ ކާކު ހެއްޔެވެ؟

*** ** ***

“ސޯ ވެން ޔޫ ސްލައިސް ފްރޮމް ދި މީޑިއަން ނަރވް ހިޔަރ، މިތަނުން ފެންނާނީ ކާރޕްލް ބޯންސް.. ދެން ކާރޕްލް ބޯންސްއާ ކަނެކްޓް ވެފަ މި ހުރީ މެޓަކާރޕަލްސް..” ފޮތުގައި އިން ޑައިގްރަމެއް ދައްކަމުން ޝިޔަލް ދިޔައީ ޔައިނާއަށް އޮޅުންފިލުވައިދެމުންނެވެ. ޔައިނާވެސް ޝައުޤުވެރިކަމާއެކީ އަޑު އަހަން އިން އިރު ދޭތެރެއަކުން ފޮތުގައި އެއްޗެއް ނޯޓުކޮށްލައެވެ.

“އޯކޭ.. މިއަދަށް ނިންމާލަމާ ދޯ.. އައިމް ޑަން..” ދެއަތް މައްޗަށް ނަގައި ދަމާލަމުން ޔައިނާ މޯޅިއަކަށް ދެމިލިއެވެ. “އޯކޭ.. އޭ ބައިދަވޭ.. ޔޫ ހޭވް ޓު ހެލްޕް މީ ވިތް ފިޒިއޮލޮޖީ ޗެޕްޓަރ.. އެބައި އިނގޭނީ ޔައިއަށް..” ޝިޔަލްވެސް ފޮތްތައް ދަބަހަށް އަޅަން ފެށިއެވެ. “ޔަގީނެއްނު.. ޔަލްވެސް ހުރިހާ ކަމެއްގަ އަހަންނަށް ހެލްޕް ވެދެމެއްނު.. ޔަލް ނެތް ނަމަ އައިލް ސްޓިލް ބީ ސްޓަކް އިން ދިސް ހިޔުމަން އެނެޓޮމީ ޗެޕްޓަރ.. ތެންކްސް ވަރަށް ބޮޑަށް.. ތިކަހަލަ ރަނގަޅު ކެއަރިން ފްރެންޑެއް ލިބުނީމަ ވަރަށް އުފާވޭ..” ޝިޔަލްގެ ކޮނޑުގައި އަތް ޖައްސައިލަމުން ޔައިނާ ބުނެލީ ހިނިތުންވެފައި ހުރެއެވެ.

ޔައިނާ ގޮސް ލައިބްރަރީއިން ނުކުންނަންދެންވެސް ޝިޔަލްއަށް އިނދެވުނީ ޔައިނާ ދިޔަ ދިމާއަށް ބަލާށެވެ. ޔައިނާގެ ޢަމަލުތަކުންނާއި، އޭނާއާ ދޭތެރޭގައި ބަހައްޓާ ގާތްކަމުން ޔައިނާވެސް އޭނާއާ ގަޔާވާހެން ޝިޔަލްއަށް ހީވިއެވެ. ދެންމެވެސް ޔައިނާގެ ފަރާތުން އެ ލިބުނީ ފެހި ސިގްނަލެކޭ ޝިޔަލްގެ ހިތް ބުނަމުން ދިޔައެވެ. ވީހާވެސް އަވަހަކަށް ޔައިނާ އޭނާގެ މީހަކަށް ހެދުމަށް ޝިޔަލް ޢަޒުމް ކަނޑައެޅި އިރު، ޔައިނާއަކީ އެހެން މީހެއްގެ ޙައްޤެއް ކަން ޝިޔަލްއަށް އެނގުމުން ވާނޭ ގޮތް ހިތަށް އަރުވާލަންވެސް ދައްޗެވެ.

*** ** ***

އާދައިގެ މަތިން މިލާން އެނދުމަތީގައި ފޯނު ހިފައިގެން އިން އިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނަށެވެ މިއަދުވެސް ކަންތައް ވީ ހަމަ އެހެންނެވެ. ޔައިނާއަށް އޭނާއާ ވާހަކަ ދައްކައިލެވުނީ އެންމެ ދެތިން މިނެޓު ވަންދެންނެވެ. އަނެއްކާ މިހާރު ގުޅާ ކޮންމެ ފަހަރަކުހެން ފަހަތުން ޝިޔަލްގެ އަޑު އޭނާއަށް އިވެއެވެ. ނަމަވެސް، އެކަމާވެސް ޔައިނާއާ އެއްވެސް ސުވާލެއް ނުކޮށް އޭނާ ނުހުންނަނީ ޔައިނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަމަވެސް، އެކަމުންވެސް މިލާންގެ ހިތް ނުތަނަވަސްވެފައިވާ ވަރު މަދެއް ނޫނެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން މިލާން ފާޚާނާއަށް ވަނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑު އިވުމުންނެވެ.

*** ** ***

އާދައިގެ މަތިން ޔައިނާ ތައްޔާރުވަމުން ދިޔައީ ކޮލެޖަށް ދިޔުމަށެވެ. ކަޅު ކުލައގެ ހުޑީއަކާއި، އަޅި ކުލައިގެ ސްވެޓްޕޭންޓްސްގައި ހުރި އިރު އިސްތަށިގަނޑުވެސް ހުޅިއެއް ޖަހާލާފައި ހުރުމުން ފެންނަނީ ނުރަސްމީ ކޮށެވެ. ދުވަހަކީ ކޮލެޖު ބަންދު ދުވަހަކަށް ވިޔަސް، ޔައިނާ ކޮލެޖަށް ދާން ނިންމީ ޝިޔަލްގެ އެދުމަށެވެ. އަދިވެސް ކަވަރ ކުރަން ޖެހޭ ބައެއް ފިލާވަޅުތައް ހުރުމުން ވީހާވެސް އަވަހަށް އެކަން ކުރަން އޭނާވެސް ބޭނުންވާތީއެވެ.

ލޮލުގައި އޮތް އައިނު ހެޔޮވަރު ކޮށްލަމުން ދަބަސް ކޮނޑުގައި އަޅުވާލައިގެން ޔައިނާ ބޭރަށް ނުކުތެވެ. އެވަގުތު ފޯނު ވައިބްރޭޓް ވުމުން އެޔަށް ބަލައިލެވުނެވެ. އައިސްފައި އޮތް މިލާންގެ ލޯބިވެތި ހެނދުނުގެ ތަހުނިޔާ ކިޔައިލަމުން ޔައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޭދުނީ މިހާރު އޭނާއަށް މިލާންއަށް ވަގުތު ނުދެވޭކަން ހަނދާން ވުމުންނެވެ.

“އައިމް ސޮރީ ލަވް.. ވަރަށް ބޮޑަށް ސޮރީ.. ވަރަށް އުފާވޭ މިންއަށް އަންޑަރސްޓޭންޑް ވާތީ..” ހިތާހިތުން އެހެން ބުނެވުނު އިރު ޔައިނާގެ ދެލޯ ވީ ފެންކަޅި ވެފައެވެ. މިލާން ނޫން އެހެން މީހަކު ނަމަ މިހާރު އޭނާ ދޫކޮށްލާފައި ގޮސްދާނެ ކަންނޭނގެއެވެ. މިލާން އޭނައަށް އިތުބާރު ކުރާ ވަރު އެނގުމުން ޔައިނާ އުފާވިއެވެ. ޓެސްޓުތައް ނިމުނުހާ އަވަހަކަށް މިލާންއަށް ވަގުތު ދޭވަރު އިތުރު ކުރާނެ ކަމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުން ޔައިނާ މިލާންގެ މެސެޖަށް ޖަވާބު ދިނެވެ. އަދި އެއަށްފަހު ފޯނު ޖީބަށް ލަމުން ހިނގައިގަތީ އަވަހަށް ކޮލެޖަށް ދިޔުމަށެވެ.

“ކޮބާ ޔައީ.. ހާދަ ލަސްވީ..” ޔައިނާގެ އިންތިޒާރުގައި ސްޓަޑީ އޭރިޔާގައި އިން ޝިޔަލް ހިނިތުންވެލިއެވެ. “އަޅެ ސޮރީ.. ހޭނުލެވުނީއޭ..” ޝިޔަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ޔައިނާ ބުނެލިއެވެ. “ހެހެ .. އެ އޯކޭ ވާނެ..” ޝިޔަލްގެ ޖަވާބުން ޔައިނާވެސް ހީލާފައި ފޮތްތައް ނަގަން ފެށިއެވެ.

“އޯކޭ ސޯ ރިނޭ އެންޑް ވެބަރ އާރ ދަ ޓޫ ޓައިޕްސް އޮފް ޓެސްޓްސް ވީ ކޮންޑަކްޓް ޓު ޑިފަރެނިޝިއޭޓް ބިޓްވީން ޓޫ ޓައިޕްސް އޮފް ހިއަރިންގ ލޮސް.. ދެން ވެބަރސް ޓެސްޓް ހަދާ އިރު ޓިއުނިން ފޯރކް ނިތްކުރީގަ ޖައްސާނެއްނު.. އާފްޓަރ ދެޓް އިފް ދަ ޕޭޝަންޓް ހިއަރސް ދަ ސައުންޑް އެޓް ދަ ސެންޓަރ ދެން އިޓް މީންސް ދެޓް ދި ޕޭޝަންޓް ހޭވް ނޯރމަލް ހިއަރިންގް.. އަދަރވައިޒް ދި ސައުންޑް ވިލް ބީ ޝިފްޓެޑް ޓު ދި ޑެފް އިއަރ..” ޔައިނާ ވެބަރސް ޓެސްޓް ހަދާނެ ގޮތް ކިޔައިދެމުން ދިޔަ އިރު ޝިޔަލްއަށް އިނދެވުނީ ޔައިނާގެ އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. ހަމަ ގައިމުވެސް ޔައިނާ ކީ އެއްވެސް އެއްޗެއް ޝިޔަލްގެ ސިކުނޑިއަކަށް ނުވަދެއެވެ.

ވާހަކަ ދައްކަމުން ގޮސް ޔައިނާއަށް ހުއްޓައިލެވުނީ ޝިޔަލްގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުރި ތަން ފެނުމުންނެވެ. މަޑުމަޑުން ޝިޔަލްއާއި ދިމާއަށް ބަލައިލެވުނު އިރު، ޝިޔަލް ބަލަހައްޓައިގެން އިން ގޮތުން ކުޑަކޮށް އުނދަގޫ ވިއެވެ.

“ޔަލް.. ޔަލް..” ޔައިނާ ދެތިން ފަހަރަކު ގޮވައިލުމުން ޝިޔަލްއަށް ހަމަބިމަށް އާދެވުނެވެ. “އެ.. ކީކޭ.؟” ޝިޔަލްއަށް ވީ ގޮތުން ޔައިނާ ކައިރިޔަށް ހިނި އައެވެ. “ހޭލާ ހުރެގެންވެސް ހުވަފެން ބަލަނީ ދޯ.. ޔަގީނޭ ކޮންމެސް އަންހެން ކުއްޖެއްގެ ކަމެއް ކަން.. ދެންމެ މަ މި ކީ އެއްވެސް އެއްޗެއް ޔަލްއަށް އެނުނުތަ..؟” މަޖާވެލާފައި ޔައިނާ ޝިޔަލްއާ ދިމާކޮށްލިއެވެ. “ކަމޯން ޑޫޑް.. ފިޒިއޮލޮޖީ އިޒް ސޯ ބޯރިން.. މަގޭ ހިތަށް އަރާ މި މެރިޑާއަށް ކިހިނެތް ބާވައޭ އެހާ ފަސޭހައިން ދަސްވަނީ.. އެނެޓޮމީއަށްވެސް ހަމަ ތިހާ ވަރަށް ފޯކަސް ކުރާނެ ނަމަ..” ކުޑަކޮށް ހާސްވެފައި އިނދެވެސް ޝިޔަލް މަތި އޮއްބައިލިއެވެ. “އޯހ ޕްލީޒް.. ތިހެން ބުނާ މީހާއޯ..؟ އެންޑް ޔޫ ނޯ ވަޓް.. އެނެޓޮމީ އިޒް ސީރިޔަސްލީ ސޯ ބޯރިން.. ފިޒިއޮލޮޖީ މާ އިންޓްރެސްޓިން.. ޔަލްވެސް ކީއްތަ ވާނީ ހަމަ އެނެޓޮމީއަށް ތި ދޭ ސަމާލުކަން ފިޒިއޮލޮޖީއަށް ދިނިއްޔާ..؟” ޔައިނާ އެހެން ބުނެފައި ފެށީ ހޭށެވެ. ޔައިނާ ހޭ ތަން ބަލަން ޝިޔަލްއަށް އިނދެވުނީ ދީވާނާވެފައިވާ މީހެއް ފަދައިންނެވެ.

“އަޅެ ޝިޔަލް.. ކީއްވެފަތަ މަށާ ދިމާއަށް ބަލަން ތި އިންނަނީ..؟ މަ ހަމަ އެހާ ރީތީތަ..؟ ނޫނީ މަ ފެނިފަ ޕްރިންސެސް މެރިޑާ މަތިން މާ ބޮޑަށް ހަނދާން ވަނީތަ..؟ އޯހ ވެއިޓް.. ޑޯންޓް ޓެލް މީ ދެޓް ޔޫ އާރ އިން ލަވް ވިތް މީ.. ލޮލް..” ޔައިނާ އެހެން ބުނީ ސަމާސާއަކަށެވެ. އެ އަޑުގައި އެއްވެސް ސީރިޔަސްކަމެއް ނެތެވެ. ނަމަވެސް، އެފަދަ ޙާލަތެއްގައި ޝިޔަލްއަށް އޭނާގެ ހިތުގެ އެދުން ކޮންޓްރޯލް ކުރެވިދާނެ ބާވައެވެ؟

“ޔެސް…” ޝިޔަލްއަށް މަޑުމަޑުން ބުނެވުނެވެ. އެއާއެކު، ޔައިނާއަށް ހުނުން ހުއްޓައިލެވުނެވެ. “ވަޓް..؟” މަޑުމަޑުން އެހެން އަހައިލެވުނު އިރު ޔައިނާގެ މޫނުމަތީގައިވީ ސީރިޔަސް ކަމެވެ. “އާނ ޔައިނާ.. އަހަންނަށް ޔައިނާ ދެކެ ލޯބި ވެވިއްޖެ..” ޝިޔަލްއަށް ބުނެވުނެވެ. “ޔޫ މަސްޓް ބީ ޖޯކިން.. ރައިޓް..؟” ޔައިނާއަށް ދުޢާ ކޮށްލެވުނީ މިއީ ނުބައި ސަމާސާއަކަށް ވޭތޯއެވެ. ނަަމަވެސް، ޙަޤީގަތަށް ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ނޫންހެއްޔެވެ؟

“ނޫނޭ ޔައީ.. ހުވާ ކޮށްފަ އަހަރެން މި ބުނަނީ.. އަހަރެން ޔައި ދެކެ ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. ތި ޙަޔާތުން އަހަންނަށް ހަމަ އެއްވެސް ފުރުސަތެއް ނެތްތަ..؟” އާދޭހުގެ ރާގެއްގައި ޝިޔަލް ކޮށްލި ސުވާލުން ޔައިނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

“ލުކް ޝިޔަލް.. ޝިޔަލް ތީ ވަރަށް ރަނގަޅު ކުއްޖެއް.. ޝިޔަލްއާ ގުޅޭނެ ބައިވަރު ކުދިން ވާނެ.. ޝިޔަލް އަހަރެން… އަހަރެން އުޅެނީ މީހަކާ ރައްޓެހި ވެގެން.. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. ދުވަހަކުވެސް އޭނައާ ވަކިވާކަށް ނޭދެން.. އެކަމް ޝިޔަލް.. ޝިޔަލްއަކީވެސް މިހާރު އަހަރެންގެ ލައިފްގަ ވަރަށް އިމްޕޯރޓޭންޓް މީހެއް.. ތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އަހަރެން ބޭނުމެއް ނޫން ޝިޔަލް އަހަންނަށް ގެއްލޭކަށް.. ސޯ.. ޕްލީޒް…” ޔައިނާއަށް ބުނެވުނީ އެހިސާބަށެވެ. ޝިޔަލް ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަކީ ޔައި ތި ބުނާހާ ގާތް އެކުވެރިއެއް ނަމަ ކީއްވެ ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ކަން އަހަންނަށް ސިއްރު ކުރީ..” ޝިޔަލްގެ އަޑު ވަނީ ކުރަކިވެފައެވެ. “ޔަލް.. ސޮރީ.. ވަރަށް ބޮޑަށް ސޮރީ.. އަހަރެން… އަހަރެން ހީކުރީ ޔަލްއަށް އެނގޭނެ ކަމަށް.. އެކަމް-” “އެކަމް ކީއްވެ ޔައީ..؟ ކިހިނެތްތަ އަހަންނަށް އެނގެނީ ޔައި މީހަކާ ރައްޓެހިވެގެން އުޅޭ ކަމެއް..” ޝިޔަލްގެ އަޑުން އޭނާދެރަވެފައިވާ ވަރު އެނގިގެން ދިޔައެވެ. “އައިމް ސޮރީ ޔަލް.. ވަރަށް ބޮޑަށް ސޮރީ.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. އަހަންނަށް މަޢާފް ކުރޭ..” ޔައިނާ ދެރަވެފައި އިސް ޖަހައިލިއެވެ. އެއަށްފަހު ހައެއްކަ މިނެޓު ވަންދެން އެ ދެމެދުގައި ހަމަހިމޭންކަމުގެ ސުކޫތެއް އޮތް ފަދައެވެ. ދެމީހުންކުރެ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

“ޔައީ…” ވިސްނަން އިނދެފައި ޝިޔަލް ޔައިނާއަށް ގޮވައިލިއެވެ. “ސޮރީ އެހާ ރޫޑްކޮށް ވާހަކަ ދެއްކުނީމަ.. އަހަރެން ދެކެ ލޯބި ނުވުމަކީ އެއީ ޔައި ކުރާނޭ ކަމެއް ނޫނެއްނު ދޯ.. ޔައި އަކީވެސް އަހަންނަށް މިހާރު ވަރަށް މުހިންމު ފަރާތެއް.. ވަރަށް ރަނގަޅު އެކުވެރިއެއް.. އަހަރެންވެސް ބޭނުމެއް ނޫން ޔައިއާ ދުރުވާކަށް..” ޝިޔަލް ބުނެލިއެވެ. “އެހެންވީމަ..؟” ޝިޔަލްގެ ވާހަކަ ހުރި ގޮތުން ޔައިނާއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. “އެހެންވީމަ އަހަރެމެން ދެމީހުންގެ މެދުގަ ހަމަ ކުރިންވެސް އޮންނަ އެކުވެރިކަން އެގޮތުގަ އެއްވެސް ބަދަލެއް ނެތި ބާއްވަމާ ހިނގާ..؟ ލެޓްސް ޖަސްޓް ފޮރގެޓް ދިސް ކޮންވަރޒޭޝަން..؟” ޝިޔަލްގެ ސުވާލުން އުފާވެފައި ހުރެ ޔައިނާ ބޯ ޖަހައިލީ ކަރުނަތައް ފުހެމުންނެވެ. “ތެންކްސް ޝިޔަލް.. މަޢާފު ކޮށްދިނީމަ..” ޝިޔަލްގެ ގައިގައި ކުޑަކޮށް ބައްދާލަމުން ޔައިނާ ބުނެލި އިރު އެދެލޮލުގައި ވިދަމުން ދިޔައީ އުފާވެރި ކަމެވެ. “އެނީތިންގ ފޯރ މައި ލަވްލީ ފްރެންޑް.. ޔައި ވާނީ އަބަދުވެސް މަގޭ ޕްރިންސެސް މެރިޑާއަށް..” ޝިޔަލްވެސް ހިނިތުންވަމުން ޔައިނާގެ އުނަގަނޑުގައި މަޑުމަޑުން އަތް ވަށައިލިއެވެ. “އެކަމް ޝިޔަލް އޯކޭ ވާނެތަ..؟ ޑޫ ޔޫ ނީޑް ޓައިމް..؟” ޝިޔަލްގެ ޙާލާއި ދޭތެރޭގައި ޔައިނާ ކުޑަކޮށް ހާސްވިއެވެ. “އޮފްކޯރޒް.. މަ ހަމަ ބަރާބަރު ވާނެ.. ޔައި ތި ބުނީނު މަށަށް ކޮންމެ އަންހެން ކުއްޖަކުވެސް ވާނޭ.. އެހެންމަ އޯކޭނު..” ޝިޔަލްގެ ޖަވާބުން ޔައިނާއަށް ލުއިކޮށް ހީލެވުނެވެ.

“ޔަލް.. އެބަ އަންނަން އިނގޭ ފާޚާނާއަށް ވަދެލާފަ.. ޖަސްޓް ގިވް މީ ފައިވް މިނެޓްސް..” ޔައިނާ ތެދުވެގެން ފާޚާނާއަށް ދިޔުމުން ޝިޔަލްއަށް އެދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “އޯހ ވަޓް ޑިޑް ޔޫ ތިންކް ޔައިނާ..؟ ޔައިނާ ހީކުރީ އަހަރެން އެހާ ފަސޭހައިން ޔައިނާ ދޫކޮށްލާނެ ކަމަށްތަ..؟ ނޯ ވޭ.. އަހަރެން ޔައިނާ ޙާސިލް ކުރާނަން.. އަހަރެން މީ މިހާތަނަށްވެސް ބޭނުން ކޮންމެ ކަމެއް ކޮށްފަ ނޫނީ ދޫކޮށްލާ މީހެއް ނޫން.. މިފަހަރުވެސް ވާނީ އެހެން.. ޔައިނާ ބަލައްޗޭ.. އަހަރެން ހުއްޓާލާނީ ޔައިނާ އަހަރެންގެ މީހަކަށް ހަދާފަ..” ޔައިނާ ދިޔަ ދިމާއަށް ބަލަން އިނދެގެން އެހެން ބުނެލި އިރު ޝިޔަލްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ.

ޝިޔަލްގެ ޙަޤީގީ މަޤްސަދަކީ ކޮބައިބާއެވެ؟ ޝިޔަލްގެ ސަބަބުން ޔައިނާއާއި މިލާންގެ ޙަޔާތަށް އަންނާނީ ކޮން ކަހަލަ ތޫފާނެއް ބާވައެވެ؟ އެ ދެމީހުން އަރައިގަންނަން ޖެހޭނީ ކޮންކަހަލަ އަޑިގުޑަންތަކަކުން ބާވައެވެ؟ ޔައިނާއާއި މިލާންއަށް ޝިޔަލްގެ ކިބައިން ސަލާމަތް ވެވިދާނެ ބާވައެވެ؟ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.

**ހަތަރު އަހަރު ފަސް**

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތީ އޭ ހަނދަކީ 17

Next

އެދުވަހު ލޯބިން 10

Next
August 14, 2022

އެދުވަހު ލޯބިން 10

Previews
August 11, 2022

ތީ އޭ ހަނދަކީ 17

10 Comments!

  1. Aayaa Aayaa says:
    August 14, 2022 at 12:27 pm

    Woww.. v salhi ma sha Allah 😍😍
    curiously waiting for the next part❤️🥰
    When next part?

  2. lau.laala786@gmail.com His Beastess says:
    August 14, 2022 at 12:45 pm

    YANNNNNNNNAAAAAAAAAA………!!!!!!!!!!!!!!!!!!!!!
    😭😭😭😭😭WHY ARE YOU DOING THISSSSSSSS😭😭😭😭😭
    NVM NVM NVM
    EYY ALHEYY HAADHA LOABI EYYYYYY…. RAI AH EHEN KUHHJAKU LIBUNYY YAYYYYY….. ALHEYY MA HAMA…. UGHHH….. CANT WAIT… FOR THE NEXT EPISODEEEEEE
    AND YES LOABII KIYEVUMAH FOCUS KURAHCHEYY…..!!!!! EYY WHY AM I ON CAPS!! now good dhw!!!
    yes! manje vaane kiyevumah focus kohhgen yaina (yannu) 😏 kahala meehakah vaan… you know MBBS kiyavan… one question to yaina… _how does it feel to be living mine and naayoo’s dream??_
    aah i miss rai and maaish #maisha dhw… eyyyn? anehhkaa rangalhah tha mi bunevuny….
    okay love ma dhiyaiee ey… will c yah later…. and yes ehen kameh nuviyas kiyevumah focus kuraathi… dhen mashah heyo manje kahkkan dhaskuran noolhunas😂😂😂😂😂😂😂

  3. Nayaa Nayaa says:
    August 14, 2022 at 1:09 pm

    In reply to @Aayaa
    Tysm dear ❤️🤗
    Next part insha Allah Wednesday ga submit kohlaanan.. Keep waiting.. Won’t disappoint u for sure.. ❤️

  4. Nayaa Nayaa says:
    August 14, 2022 at 1:16 pm

    In reply to @His Beastess
    LAUUUUUUUUUUUUUUUU
    EVEN IDK WHY I’M DOING THISSSSSS.. LOL🤣🤣
    Next episode vx mi week ga libeyne kiyaalan.. Inthizaaru kohlaa
    Ahah yess.. Asluvx mi aharu I’m very focused kiyevumah.. Midhiya aharu ulhunu gothah sakaraai mode aku noon mifaharu mi ulheneekee.. Hehe.. Fahu 2 aharu veema dhw.. Insha Allah rangalhu natheejaa eh gennaanan..
    Yess insha Allah MBBS hadhan dhevey varuge molhu natheejaa eh gennaanan
    Ahaha yes dhw.. How does it feel yaina… Haha.. Eyy u also wanna be a doc thrrr.. I didn’t know abt dat
    Ahaha ok vaane.. Vaki rangalhu ship name eh noannaaney
    Yes ma vx dhany.. Just came back from school.. Anekkaa mi dhany dhaan.. Bxy ey vrh mhr.. Byeee
    Ahaha naseebu manje thihn buni kan vx 🤣.. Kakkan vs dhas kuraanamey adhi.. Haas kandaayaa🤣🤣🤣

  5. Nayaa Nayaa says:
    August 14, 2022 at 5:13 pm

    Salaam dear readers..
    Mi othy 14 vana episode vs kiyaalan libifa.. Unmeedhu kuran kamudhaane kamah.. Since y’all were missing raisha and Maaish so much, I thought, why not give them a guest appearance.. Hehe.. Hope y’all loved this surprise
    Stay safe all❤️

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 14, 2022 at 8:56 pm

    Ohhh myy goddd manjeyyyy… Raihthaa kaadu nufenigenney buni thanaa hama mashah heevehjje mee raisha menney miulhenyy.. Alheeyyy alheyyy alheyyy.. Vhk ehkoh nuvx kiyaa hama maaish aa raishaa ey bunithanaa mashah neyngun vee goih vx.. Ehnve avahah mi cmnt kurany close kohfaanethy

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 14, 2022 at 8:58 pm

    Alheyyyy mee raige bahpage building ekey buni hisaabas kihyaafa anehkkaa mi cmnt kuranyyy.. Manjeyyy alhe mashah hama haadha goih veyyeyy ebaa.. Alheyyy maaish and raiiiiiii

  8. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 14, 2022 at 8:59 pm

    Alheyy alheyyyy eky ulheythaa 16 years oaa😍😍😍😍😄😄😄alhey alheyyy wowwoww woowww

  9. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 14, 2022 at 9:01 pm

    Alheyyy milaan eyoh kuri suvaalehhh… Maaish be vrh lwbi vey dhw oa raishatha dheke🤣🤣🤣👍👍👍👍💕💕💕💕💕💓💓💓😏🤗🤗🤗🤗🤗🤗aaawnnn maaish rai nithuga bos fhiny oaaaaa

  10. Nayaa Nayaa says:
    August 15, 2022 at 5:33 am

    In reply to @Reesha Corona
    Ahaha.. Lwbi suvaaleh dhww.. Heevany vrh innocent kujjeh hn dhw e suvaalu kohli iru.. Haha
    Eyy alheyy manjey hama jeheyyy.. Hehe.. Yhh Asluvx 16 yrs eii haadha gina dhuvahekey dhww.. Maaiy kalaakoa manje haadha ufaa vefa ey dhw thi hury.. Hehe.. Ekkoh kiyaa ninmaafa cmnt kuri namaves.. Haha.. Manje dhn ehaa goiy goiy nuvey… Hama jassaalaa.. Haha.. Adhi eba oiy readers ah vrh happy news eh vs.. Manje kanneynge enme ufaa vaany vs.. Mi vaahakaige enme fahu prt ga bunaanan ingey😉❤️
    Much luvs❤️❤️

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 15←


All Right Reserved!