Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 4

Star Fire Level 310 Stories
July 21, 2022 4 Mins Read
1 Comment

އެވަގުތުގައި ޖެނީ އެތާ ހުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ބުނަމުން ޙުސާން ހައިޒަލް ކައިރީ ޖެނީ ހިފައިގެން ދިޔުމަށް ބުނެލިއެވެ. އެއާއެކު ހައިޒަލް ބޯޖަހާލަމުން ޖެނީ ހިފައިގެން އެތަނުން ދިޔައެވެ. 

ހައިޒަލް ޖެނީ ހިފައިގެން ދިޔައީ ޖެނީ ގެ ބޮޑުދައިތަ (ޙަލީމާ) މެން ގެއަށް ށެވެ. އެގޭ ދޮރުއަށިން އެތެރެއަށް ވަތް އިރު ބޭރުގައި ރަތް މެރޫން ކުލައިގެ ހެދުން އަޅާ ފޮއްޓެއް އޮތެވެ. އަދި އެފޮށީ ކައިރީގައި ޖެނީ ގެ ހެދުން ތަށް ހުއްޓެވެ. ހައިޒަލް ވާނުވާ ގައި ހުރެ އެ ފޮއްޓަށް ބަލަން ހުއްޓައި ޙަލީމާ ޖެނީ ގެންގުޅޭ ސްނިކާސް ބޫޓާއި ހައި ހީސް ތަށް ހިފައިގެން ނިކުމެ އެ ފޮށި ކައިރިއަށް އަޅާލިއެވެ. އަދި އެއަށްފަހު ޖެނީއާއި ދިމާއަށް ބުނެލިއެވެ. ” އަނ މިހިރީ ކަލޭގެ ސާމާނުތައް ހަމަ މިހާރު މީއްޗެހެން ހިފައިގެން މިގެއިން ނިކުމޭ” ޙަލީމާ އެހެން ބުނުމުން ހައިޒަލް ހުރީ ގަބޫލު ކުރަން ދަތި ވެފަ އެވެ. ” ފާޑަކަށް ބަލަން ތިހުރީ ކީއްވެ ؟ އަޑެއް ނީވޭތަ މި ބުނި އެއްޗެއް!!!! ނުކުންނާށޭ މިގެއިން” ޙަލީމާ ދެންމެ ބުނި ބަސްތައް ތަކުރާރު ކުރުމުން ހައިޒަލް މުށިގަނޑު މަތީގައި ހުރި ޖެނީ ގެ ސާމާނު ތައް އެ ފޮއްޓަށް އެޅުމަށްފަހު ޖެނީ ހިފައިގެން އެ ގެއިން ނިކުތެވެ. ” ޖެން ދާނީ އަހަރުން ގެއަށް ދޯ ؟” ހައިޒަލް ޖެނީ ގާތު އަހައިލުމުން ޖެނީ ބޯ ޖަހާލިއެވެ. 

ހައިޒަލް އަކީ ރަށުގައި އުޅޭ އެންމެ މުއްސަނދި އާއިލާ އަށް ނިސްބަތްވާ ކުއްޖެކެވެ. އެހެން ކަމުން ހައިޒަލް ގެ ބައްޕަ (ހައްޔާން) އޭނާގެ ކޮންމެ ދަރިއެއްގެ ނަން މަތީގައި ގޯއްޗެއް ނަގައި ޒަމާނީ ފެންވަރަށް ގެ ހަދާފައި ވެއެވެ. ހައިޒަލް ގެ މައިންބަފައިން ( ހައްޔާން އަދި ނާހިދާ) އަށް ލިބިފައި ވަނީ މުޅި ޖުމްލަ 3 ކުދިންނެވެ. އެއީ ހައިޒޫމް އާއި ހައިޒަލް އަދި ނިޝާ އެވެ. މީގެ 3 އަހަރު ކުރިން ހިނގާ ދިޔަ ކާރު އެކްސިޑެންޓް އެއްގައި ނިޝާ ވަނީ މި ދުނިޔެ އާއި އަލްވަދާޢު ކިޔާފައެވެ. އެހެން ކަމުން މިހާރު ދުނިޔޭގައި ތިބީ ހައިޒަލް އާއި ހައިޒޫމް އެވެ. ނަމަވެސް މީގެ 1 އަހަރު ކުރިން ހައިޒަލް އަންހެން ކުއްޖަކުގެ ޢިއްފަތްތެރިކަން ނަގާލި ދޮގު ވާހަކަ ރަށުތެރޭގައި ފެތުރުމުން ހައިޒަލް ގެ ބައްޕަ (ހައްޔާން) ވަނީ ހައިޒަލް ގެއިން ނެރެލާފައެވެ. އެހެން ކަމުން މިހާރު ހައިޒަލް އުޅެމުން ދަނީ އޭނާގެ ބައްޕަ ( ހައްޔާން) އޭނާއަށް ހަދައިދީފަ ވާ ގޭ ގައެވެ. އެންމެ ފުރަތަމަ ހައިޒަލް އެ ގޭގައި އުޅެން ފެށުމުން ހައްޔާން ހައިޒަލް އެ ގެއިން ނެރެލަން ބޭނުން ވިއެވެ. ނަމަވެސް ގާނޫނީގޮތުން ބަލާއިރު އެގެ އަދި އެގެ  އަޅާފައި ވާ ބިމަކީ ހައިޒަލް ގެ ނަން މަތީގައި އޮތް ތަނަކަށް ވުމުން ހައްޔާން އަށް އެކަން ކާމިޔާބު ނުވީއެވެ. އޭގެ އިތުރުން  ގޭގެ ރަޖިސްޓަރީ އާއި ބިމުގެ ރަޖިސްޓަރީ ވެސް އޮތީ ހައިޒަލް ގެ އަތުގަ އެވެ. އެހެން ކަމުން ހައްޔާން އަށް ހަތިޔާރު ބަހައްޓަން މަޖުބޫރު ވިއެވެ. ހައިޒަލް ގެއިން ނެރެލި ފަހުން ހައްޔާން ހައިޒަލް އަށް ހަރަދެއް ނުކުރެއެވެ. އެހެން ކަމުން ހައިޒަލް ކިޔެވުންމުގެ އިތުރުން ވަޒީފާ އަދާކުރަމުން ދަނީ ރަށުގެ އެންމެ މަޝްހޫރު ރެސްޓޯރެންޓް ކަމަށް ވާ  ރޯސް ރެސްޓޯރެންޓް ގައެވެ. ހައިޒަލް އަށް ޖެނީ ، ޝިފާ އަދި އައިލީން އާވެސް ދިމާވީ ހަމަ ރޯސް ރެސްޓޯރެންޓް އިން ނެވެ. 

ހައިޒަލް ޖެނީ ހިފައިގެން ގޮސް ރިހި ކުލައިގެ ދަގަނޑުން ހަދާފައިވާ ގޭޓް ހުޅުވާލިއެވެ. އަދި ޖެނީ ހިފައިގެން އެތެރެއަށް ވަނެވެ. ގޭޓުގެ ދެފަރާތުގައި ބޮޑު ޕޮޓް އެއްގައި ލެވެންޑާ ގަސް އިންދަފަ ހުރިއިރު އެ ދެ ޕޮޓް އާއި ޖެހިގެން ދެން ހުރީ ޑެއިޒީ މާގަސް ތަކެވެ. ގޭޓް އިން ވަންނަ އިރުގައި އޮންނަ ވޯކް ވޭގެ ކަނާތް ފަޅީގައި ހުންނަނީ ބޮޑު އަނބު ގަހެކެވެ. އެ އަނބު ގަހުގެ އަފިތަކުގައި ހަތަރު އުނދޯލި އެލުވާފައި ވާއިރު އުނދޯލި ތަކާ ޖެހިގެން ހުންނަނީ ޝާހީ ޑިޒައިން އަކަށް ހަދާފައިވާ ވަށް ލަކުޑި މޭޒަކާއި ހަތަރު ގޮނޑި އެވެ. އެ ވަށް މޭޒާއި ހަތަރު ގޮނޑި އަކީ ހައިޒަލް އަމިއްލަ އަކަށް ހަދާފައިވާ އެއްޗެކެވެ. ލަކުޑިން އެއްޗެހި ހަދައި އޭގަ ޑިޒައިން ކުރުމަކީ ހައިޒަލް އަށް ލިބިފައިވާ ހުނަރެ ކެވެ. ވޯކް ވޭގެ ވާތް ފަޅީގައި ވަނީ އެކި ކުލަކުލައިގެ ޓުލިޕް މާގަސް އިނދަފައެވެ. އެހެން ކަމުން ބަލާލަން ހިތް ފަސޭހަ އެވެ. ލަކުޑިން އެއްޗެހި ހެދުމުގެ އިތުރުން ގަސް އިނދުމަކީވެސް ހައިޒަލް ވަރަށް ލޯބި ކުރާ ކަމެކެވެ. ވޯކް ވެއިން ހިނގާފައި އައިސް ހައިޒަލް ގޭގެ ކުރިމަތީގައި ހުއްޓުނެވެ. ވަންނަ ދޮރު ދެފަރާތުގައި ޖަހާފައި ވާ ދެ ތަނބަށް ހުރީ ވެލެއް އަރުވަފަ އެވެ. އެ ވެލުގައި ފުރާ ރަތް ކުލާގެ މާ ހުރި އިރު އެ މަލުގެ މީރު ވަސް ވަނީ މުޅި އެތަނުގައި ފެތުރިފައިވާ އެވެ. ހައިޒަލް ލައިގެން ހުރި ފެހިކުލައިގެ ޖިންސު ޖީބުން ގޭ ތަޅުދަނޑި ނެގުމަށްފަހު ގެ ހުޅުވި އެވެ. އަދި ކަނާތުން ޖެނީ ގެ ފޮއްޓާއި ވާތުން ޖެނީ ގެ އަތުގައި ހިފަމުން ގޭތެރެއަށް ވެންނި އެވެ. ގޭ ސިޓިން ރޫމް މެދުގައި ސެގް ކުލައިގެ ދިގު ސޯފާ އަކާއި ވަކިން ހުރި ތިން ސޯފާ ހުއްޓެވެ. ދިގު ސޯފާ ދެފަރާތުގައި ވަކިން ހުރި ދެ ސޯފާ ހުރި އިރު ކުރިމަތީގައި ހުރީ އަނެއްކާވެސް ދިގު ސޯފާ އެކެވެ. އެ ސޯފާ ތަކުގެ މެދުގައި ކުޑަ ބިއްލޫރި މޭޒެއް ހުރި އިރު އެ މޭޒު މަތީގައި ވަނީ ދަނބު ކުލައިގެ ކްރިސްޓަލް އެކެވެ. ހައިޒަލް ސޯފާގެ ބިއްދޮށުގައި ހުރި ކަޅު ކުލައިގެ ސިޑިން ޖެނީ ހިފައިގެން މައްޗަށް އެރިއެވެ. އެ ފަންގިފިލާ ގައި ހުރީ ތިން ކޮޓަރި އެވެ. ދެން އޮތީ ސިޓިން ރޫމް  އެކެވެ. ސިޓިން ރޫމް ގެ މެދުގައި ރަތް ކުލައިގެ ވަކިން ހުރި ތިން ސޯފާ ހުއްޓެވެ. ހައިޒަލް ކުރިމަތީގަ ހުރި ކޮޓަރީ ދޮރު ހުޅުވާ ލުމަށްފަހު ޖެނީ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ” މީ ޖެން ގެ ކޮޓަރި…. ޖެން އެއްވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަހަރެން ކައިރީ ބުނޭ” ހައިޒަލް އެހެން ބުނުމުން ޖެނީ ބޯޖަހާލިއެވެ. 

” އައި ހިނގާ ޖެން ކައިރިއަށް ދާން ” ޝިފާ އެނދުމަތީގައި ބަނޑުން އޮވެފައި ބުނެލި އެވެ. ނަމަވެސް އައިލީން އަށް އަޑު އިވުނު ހެންނެއް ހިއެއް ނުވެއެވެ. އެހެން ކަމުން ޝިފާ އަނެއްކާވެސް އައިލީން އަށް ގޮވައިލިއެވެ.” އައިލީނޫނޫނޫ ” ޝިފާ އެހާބާރާށް ގޮވައިލުމުން އައިލީން ދިޔައީ ސިއްސައިގެންނެވެ.” އާނ ކިހިނެއް ވީ ” އައިލީން އެހެން އަހާލުމުން ޝިފާ ހައިރާން ވިއެވެ.” އައި އަހަރެން ބުނީ ހިނގާށޭ ޖެން ކައިރިއަށް ދާނނނނ ” ޝިފާ އެންމެ ފަހު އަކުރަށް ދަމާލަމުން ބުނެލިއެވެ.” އޮހް އެވާހަކަ ދޯ ހިނގާ އަވަހަށް ދަމާ ” އާއިލީ އެހެން ބުނަމުން އެނދުން ތެދުވެގެން ގޮސް އިސްތަށިގަނޑު ޖަހާފައި އިނ ހުޅި ރަނގަޅު ކޮއްލަމުން ރީތިވާ މޭޒުމަތީގައި އޮތް ބުރުގާ އެޅި އެވެ. އަދި އަތަށް ފޯނު ނަގަމުން ބުނެލިއެވެ.” ހިނގާ ދަމާ ” އައިލީން އެހެން ބުނުމުން  ޝިފާ އައިލީން އަށް ފާޑަކަށް ބަލައިގެން އިނެވެ.” ކިހިނެއް ވީ؟ ” ޝިފާ ބަލައިގެން އިނުމުން އައިލީން އަހާލިއެވެ. އައިލީން ގެ ސުވާލުގެ ޖަވާބު ޝިފާ ދިނީ ސުވާލަކުން ނެވެ.” އައި އަށް ކިހިނެއް ވެފަ ތިހުރީ ؟ އަހަރެން ނަށް ވަރަށްގިނައިން މިހާރު ފާހަގަ ކުރެވޭ އައި އަބަދުވެސް ކޮންމެވެސް ހިޔާލެއްގަ ހުންނަ ތަން ދެނ އެހެން ހުރެލާފަ ކުއްލިއަކަށް ލަދުރަކި ގޮތަކަށް ހީވެސް ލާފާނެ…… އައި އަޅެ ބުނެބަލަ ކިހިނެއް ވެފަތަ ތިހުރީ ” ޝިފާ ސުވާލު ކުރުމުން އައިލީން ދެލޯ ބޮޑުވެގެން ދިޔައެވެ.” އަސްލު ވަރަށް ބޮޑު ކަމެއް ވެއްޖެ ކިޔާ ދޭނަން ޖެން ކައިރި އަށް ގޮސް ” އައިލީން އެހެން ބުނުމުން ޝިފާ ބުނެލިއެވެ.” އެހެން ވިއްޔާ މިތާ މި ތިބީ ކީއްކުރަން އަވަހަށް ހިނގާ ދަމާ ” ޝިފާ އައިލީން ގެ އަތުގައި ހިފާ ދަމަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. 

ޖެނީ އޮތީ ކޮޓަރީ އެނދުގައި އޮށޯވެގެން ނެވެ. އެހެން އޮއްވައި ކޮޓަރީ ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ޖެނީ އެނދުން ތެދުވަމުން އެނދުމަތީގައި އޮތް ބުރުގާ އަޅަމުން ގޮސް ދޮރު ހުޅުވި އެވެ. ދޮރު ކުރިމަތީގައި ތިބި ޝިފާ އާއި އައިލީން ފެނި ހިނިތުން ވެލި އެވެ. އަދި އެދެމީހުން ވަންނަން ތަން ދެއްކިއެވެ. ޝިފާ އާއި އައިލީން އެތެރެއަށް ވަނުމުން ޖެނީ ދޮރުލައްޕާލިއެވެ. އަދި ގޮސް އެނދު މަތީގައި އިށީނިއެވެ. ” އައި ދެން ބުނެބަލަ” ޝިފާ ކެއްމަދު ވެފަ އިނދެ ބުނެލިއެވެ. ޝިފާ އެހެން ބުނުމުން އައިލީން ފުން ނޭވާއެއް ދޫކޮއްލިއެވެ. އަދި ބުނެލިއެވެ. ” ޖެން ، ޝިފް  އަހަރެންނަށް ލޯބި ވެވިއްޖެ ” އައިލީން މިހެން ބުނަމުން ޖެނީ އާއި ޝިފާ ގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ޖެނީ އާއި ޝިފާ ތިބީ ޖެހި ބުދެއް ހެން އައިލީން ގެ މޫނަށް ބަލައިގެން ނެވެ. “ގާއިސް އެއްޗެކޭ ބުނެބަލަ” އައިލީން ޖެނީ އާއި ޝިފާ ގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. އެއާއެކު ޖެނީ އާއި ޝިފާ އެއްފަހަރާ ” ވަޓް ދަ އެކްޗުއެލްލްލްލް!!!!!!” އޭ ބުނެލި އެވެ. 

 

★–ނުނިމޭ–★

  

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

އަބަދަށް އެކުގައި 29

Next

ވައުދޭ ވެވޭ މީ… 22

Next
July 21, 2022

ވައުދޭ ވެވޭ މީ… 22

Previews
July 16, 2022

އަބަދަށް އެކުގައި 29

One Comment

  1. eevss says:
    July 22, 2022 at 9:34 pm

    Mi vaahaka vrh salhi.
    Ekm vs kuda kameh faahaga kohlladheynan
    Meehun hifaigen thanthanakah nudhaane ehnun
    Meehun govaigen thanthanah dhaanee

Comments are closed.

Next Episodeއެދުވަހު ލޯބިން 5←


All Right Reserved!