Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 3

Star Fire Level 310 Stories
July 10, 2022 4 Mins Read
0 Comments

 *ގަޑީރެއް ވަންދެން  ސަކަރާތް ޖެހުމަށްފަހު ޖެނީ ބަދިގެއަށް ކެއްކުމުގައި އެހީތެރި ވާން ދިޔައެވެ. ޖެނީ ކުކުޅު ހަނާ ކުރުމަށް ފަހު އަވަސް ވެގަތީ ގެއަށް ދިޔުމަށްށެވެ. އެއީ އޭނަގެ މަންމަ އޭނަގެ އިންތިޒާރުގައި ހުންނާނެ ކަން އެނގޭ ތީ އެވެ. އެހެން ކަމުން ޖެނީ އަތްމަތި އަވަސް ކޮއްލުމަށްފަހު އަވަހަށް ބަދިގެއިން ނިކުތެވެ. އެއާއެކު ޖެހުނީ ބަދިގެއަށް ވަންނަން އައި އަމާން ގެ ގައިގަ އެވެ. ” ސޮރީ އަމާން ބޭ” ޖެނީ އަވަހަށް މާފަށް އެ ދެމުން އަމާން އަށް ބަލައިލުމެއްނެތި ގެއިން ނިކުމެގެން ދިޔައެވެ. އަމާން ވެސް ބަދިގެއަށް ވަދެ ފެން ތައްޓެއް ބޯލުމަށްފަހު ހުކުރަށް ދާނ ފެން ވަރަން ދިޔައެވެ. “ޝިފް ހިނގާ ދަމާ” ޙުސާން އައިސް ބަދިގެއަށް ބޯ ދިއްކުރުމުން އެހެން ބުނުމުން ބަދިގޭގައި ހުރި ޝިފާ ވެސް ޙުސާން އާއެކު ގެއަށް ދާނ ނިކުތެވެ. *

ޖެނީ ގޮސް ގެއަށް ވަތް އިރު އޭނަގެ މަންމަ ޙަދީޖާ އޮތީ ގޭ މުށިގަނޑު މަތީގައެވެ. ޙަދީޖާ މުށިގަނޑު މަތީގައި އޮތް ތަން ފެނި ޖެނީ އަށް ހުރެވުނު ތަނެއް ވެސް ނޭންގުނެވެ. ދުވެފައި ގޮސް ޙަދީޖާ ކައިރީ އިށީންނަމުން ޙަދީޖާ އަށް ގޮވަން ފެށި އެވެ. ” މަންމާ…. މަ … މަންމާ!!! ” ޙަދީޖާ ގެ އަނގައިންނާއި ނޭފަތުން ލޭ އައިސްފަ ހުރި އިރު ޙަދީޖާ ގެ ހެއެއް ނެތެވެ. ” ހޫނ ކިހާ ދެރަކަމެއް ދޯ ޖެނީ ގެއަށް އައި ގޮތަށް އަޑުގަދަ ކުރަން ފެށީ އޭ ދޯ” ބަދިގެ ތެރެއިން ނިކުތް ޙަދީޖާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޙަލީމާ ޖެނީ ރޯން އިން ތަން ފެނުމުން ހަޅޭލައްވައި ގަތެވެ. ” ބޮ… ބޮޑުދައިތާ…. މަ… މަންމަ” ޖެނީ އެހެން ބުނުމުން ޙަލީމާ ބުނެލިއެވެ. ” ކޮން މަންމަ އެއް ކިޔާކަށް ހަމަ މިހާރު ތި ލޭތައް ސާފުކޮށްފަ ޙަދީޖާ ހިފައިގެން ކޮޓަރިއަށް ވަދޭ” ޙަލީމާ ބުނި ބަސްތަކުން ޖެނީ ހުރީ ގަބޫލު ކުރަން ދަތި ވެފަ އެވެ. އޭނާގެ މަންމަ އެ ހާލުގައި އޮތް އިރު އެ ބުނީ މަންމަ ހިފައިގެން ކޮޓަރިއަށް ދާށެވެ. ބޮޑުދައިތަ ގެ މޫނު މަތީގައި އެއްވެސް ހާސްކަމެއް ނުވާއިރު ބޮޑުދައިތަ ހުރީ މަންމަ އެ ހާލުގައި އޮތުމުން ހެވިފަ އެވެ. ޖެނީ ޙަލީމާ އާއި ދިމާއަށް ބަލަން އިނުމުން ޙަލީމާ އައިސް ޖެނީ ގެ އިސްތަށިގަނޑު ހިފާ ކޮޅަށް ނެގިއެވެ. ” ބަލަ މަ ކަލޭ ކައިރީ ބުނީ ޙަދީޖާ ހިފާގެން ކޮޓަރިއަށް ވަންނާށޭ” ޙަލީމާ އެހެން ބުނަމުން ޖެނީ ފަހަތަށް ކޮއްޕާލިއެވެ. އެއާއެކު ޖެނީ މުށިގަނޑު މައްޗަށް ވެއްޓުނެވެ. ޙަލީމާ ޖެނީ އަށް ބަލައިލުމަށް ފަހު މަލާމާތުގެ  ހިނިގަނޑެއް ޖަހާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޖެނީ ޙަލީމާ ކޮޓަރިއަށް ވަނުމުން ތެދުވެގެން ގޮސް އޭނަގެ މަންމަ ކައިރީ އިށީނިއެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހާލު ޖެނީ ޖީބުން ފޯނު ނެގުމަށްފަހު އައިލީން އަށް ށާއި ޝިފާ އަށް މެސެޖް ކޮއްލިއެވެ. އެއަށްފަހު އޭނާގެ މަންމަ ހޭ އެރުވޭތޯ ބެލި އެވެ. ކާގޭ ގައި ހުރި ޓިށޫ ބޮކްސް ހިފައިގެން އައިސް ޖެނީ ޙަދީޖާ ގެ ނޭފަތާއި އަނގަ މަތީގައި ހުރި ލޭ ތަށް ސާފުކޮއްލި އެވެ. ޖެނީ އޭނަގެ މަންމަ ކާރި އެހެން ރޯން އިނދާ އައިލީން އާއި ޝިފާ ދުވެފައި އެގެއަށް ވަދެގެން އައި ތަން ފެނުނެވެ. “ޙަދީޖާއްތާ!؟” ޙަދީޖާ އޮތް ގޮތް ފެނި ޝިފާ އަށް ށާއި އައިލީން އަށް އެއްފަހަރާ ބުނެވުނެވެ. 

…… 20 މިނެޓް ފަސް……

ހޮސްޕިޓަލް ދޮރުމައްޗަށް މަޑުކުރި އެމްބިޔުލެންސް އިން ޙަދީޖާ ސްޓްރެޗާ އަކަށް ލައިގެން އަވަސް ފަރުވާދޭ ކޮޓަރި އަށް ގެނދިޔައެވެ. ޖެނީ ، އައިލީން ، ޝިފާ އަވަސް ފަރުވާދޭ ކޮޓަރީ ކުރިމަތީގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ތިއްބެވެ. ޙަދީޖާ އަކީ އައިލީން  މަންމަގެ އެކުވެރިންގެ ތެރެއިން އެކުވެރިއެކެވެ. އަދި ހަމަ އެހެންމެ އައިލީން މަންމަ މި ދުނިޔެ ދޫކޮށް ދިޔުމަށްފަހު އައިލީން ކުޑަދުވަހުން ފެށިގެން ބަލާބޮޑު ކުރި މީހާ ވެސް މެވެ. އެހެން ކަމުން އައިލީންގެ ހިތުގައި ޙަދީޖާ އަށް ދެވިފައި ވަނީ ދެވަނަ މަންމަ އެއްގެ މަޤާމެވެ. ދެން ހުރީ ޝިފާ އެވެ. ޝިފާ އަކީ މައިންބަފައިން ނެތް ޔަތީމެކެވެ. ޝިފާ ގެ މާމާ ޝިފާ އުމުރުން 5 އަހަރު ތެރެއިން އެއްލައިލުމުން ޝިފާ އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮއްދިނީ ޙަދީޖާ އެވެ. އެހެން ކަމުން ޝިފާ ޙަދީޖާ ދެކެ ވަނީ އުފަން މަންމަ އެއް ދެކެ ވާ ލޯތްބެވެ. 3 ކުދިން އަވަސް ފަރުވާ ދޭ ކޮޓަރީ ދޮރުމަތީގައި ހިނގަ ހިނގާ ހުއްޓައި އައިލީން ގެ ފޯނު ރިންގް ވާނ ފެށިއެވެ. އައިލީން ފޯނު ނަގަމުން ކަންފަތުގައި ފޯނު ޖެހިއެވެ. ” ހޮސްޕިޓަލް ގަ މި ތިބީ… ޖެން ވެސް ޝިފް ވެސް އެބަހުރި” އައިލީން އެހެން ބުނުމަށް ފަހު ފޯނު ކަނޑާލި އެވެ. 

މިހާރު ޙަދީޖާ އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދިތާ 19 މިނެޓް ވެދާނެ އެވެ. ނަމަވެސް އަދިވެސް ޑޮކްޓަރ އެއް ނުވަތަ ނަރުހެއް ވެސް އެ ކޮޓަރި އަކުން ނުނިކުމެ އެވެ. އައިލީން އާއި ޝިފާ އެންމެ ފަހުން ވާޅު ވެގެން ގޮނޑިބަރީ ގައި އިށީންނިއެވެ. ނަމަވެސް ޖެނީ އަދިވެސް އުޅުނީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. “އައިލީން!؟ ” އައިލީން އިސްޖަހާގެން އަނދައި މީހަކު އޭނާގެ ނަމުން ގޮވާލުމުން އިސް ނެގިއެވެ. އެއީ އަމާން އެވެ. އަދި އަމާން ގެ އިތުރުން ހައިޒަލް އަދި ޙުސާން ވެސްމެވެ. އަމާން ފެނުމާއެކު އައިލީން މިއޮއްހާއިރު ހިފަހައްޓައިގެން ހުރި ކަރުނަ ތަށް އޭގެ މަގާމު ދޫކޮށް ތިރިއަށް ފޭބިއެވެ. އައިލީން އަށް ގިސްލެވެމުން ދިޔައިރު ޝިފާ ދިޔައީ ނުރޯން މަސައްކަތް ކުރަމުން ނެވެ. އެހެން ތިއްބައި ކުއްލިއަކަށް ކޮޓަރިން ޑޮކްޓަރ ނިކުތެވެ. އެއާއެކު އެންމެން ޑޮކްޓަރ ވަށާލިއެވެ. ޖެނީ ކެއްމަދު ވެފައި ހުރެ ސުވާލު ކޮއްލިއެވެ. ” ޑޮކްޓަރ ހައު އިޒސް މައި މޯމް؟ ” ޖެނީ ގެ ސުވާލާ އެކު ޑޮކްޓަރ އިސްޖަހާލިއެވެ. އަދި ބުނެލިއެވެ. ” ވީ ޓްރައިޑް އާރ ބެސްޓް ބަޓް ވީ ކުޑުންޓް ސޭވް ހާރ އަމް ސޮރީ” 

ޑޮކްޓަރ އެހެން ބުނުމަށް ފަހު އެތަނުން ދިޔައެވެ. އައިލީން އާއި ޝިފާ ގެ ރުއިން ކުރިއަށް ވުރެ ގަދަވީއިރު ޖެނީ ހުރީ ހުއްޓުން އަރާފައެވެ. ޙުސާން ، ހައިޒަލް އަދި އަމާން ނުރޯން ވެގެން ދިޔައީ ހިތްވަރު ކުރަމުން ނެވެ. ޙުސާން ޝިފާ ހިފައިގެން ހޮސްޕިޓަލް ބެލްކަންޏަށް ދިޔައިރު އަމާން ދިޔައީ އައިލީން ގޮވައިގެން ބޭރަށް ށެވެ. ހައިޒަލް އައިސް ޖެނީ ގެ ކޮނޑުގައި ހިފަހައްޓާލަމުން ޖެނީ ހިފައިގެން ހޮސްޕިޓަލް ކޭންޓީން އަށް ދިޔައެވެ. 

… އިރުކޮޅެއް ފަހުން… 

އަމާން އައިލީން ގޮވައިގެން އައި އިރު ޙުސާން ވެސް ޝިފާ ގޮވައިގެން ބެލްކަނިން ނިކުންނަނީ އެވެ. ހަތަރުމީހުން ހައިޒަލް އާއި ޖެނީ އަންނަން ދެން މަޑުކުރި އެވެ. އިރުކޮޅެއް ނުވަނީސް ހައިޒަލް އާއި ޖެނީ އައެވެ. އެންމެން ޖެނީ ގެ މޫނަށް ބަލާލުމާއެކު ޖެނީ ރޮވެފައި ވާކަން އެނގެއެވެ. ޖެނީ ގެ ކުޑަކުޑަ ނޭފަތް ކޮޅު ރަތްވެފަ ވާއިރު ދެލޯ ވަނީ ދުޅަވެފައެވެ. ޖެނީ އާއި ހައިޒަލް ގޮނޑި ބަރީގައި އިށީންނި އެވެ. އަމާން އާއި ޙުސާން އުޅުނީ ޙަދީޖާ ގެ ކަށުކަމާ ގެން ނެވެ. ޙަދީޖާ އެ ކޮޓަރިން ދުވާ އެނދަކަށް ލައިގެން ނިކުތުމުން ޖެނީ ޙަދީޖާ ގެ މޫނަށް ބަލާލިއެވެ. މަންމަ މިއަދު އެއޮތީ ދާއިމަށް ލޯމަރާލަގެން ނެވެ.  

ޙަދީޖާ ގެ ކަށު ނަމާދު ކުރެވިގެން ދިޔައީ އެދުވަހު ޢަޞުރުނަމާދާ އެކުގައެވެ. ޙަދީޖާ އަށް އެޔޮއެދޭ މީހުން ފިޔަވާ އެ ކަށުނަމާދު ގައި ދެނ އިތުރު އެހެން އެކަކު ވެސް ބައިވެރި އެއް ނުވެއެވެ. ޙަދީޖާ ގެ ކޮއްކޮ ޙަލީމާ އެ ކަށުނަމާދަށް ބައިވެރި ނުވިތާ ދެނ ބައިވެރި ވާނީ އިތުރު ކޮނ ބައެއް ހެއްޔެވެ. ޙަދީޖާ ގެ ސަންދޯއް މިސްކިތުން ނެރެގެން ސަހަރާ އަށް ގެނދަން ފެށުމުން ޖެނީ ވަރަށް ރުޅި އެވެ. ކުޑަކުއްޖަކު ފަދައިން މަންމަ އާއެކު ދާނަމޭ، މަންމަ ނުގެންދާށޭ ކީ އިރު އެވަގުތު އެތާ ތިބި އެންމެން ގެ ލޮލުން ކަރުނަ ހިލުނެވެ. އެންމެން ގެ ހިތް ތަކުގައި ވަނީ ޖެނީ އާއި މެދު ހަމްދަރުދީ އުފެދިފައެވެ. ޙަދީޖާ ގެ ސަންދޯއް ސަހަރާގެ ދޮރުން އެތެރެއަށް ވެއްދުމާއެކު ޖެނީ ގެ ހާލަތު އިތުރަށް ގޯސް ވިއެވެ. ނޫން މަންމަ ނުގެންދާށޭ ކިޔާ ޖެނީ ދުއްވައިގަތީ ސަހަރާ އަށް ވަންނަން ށެވެ. ހައިޒަލް އާއި އަމާން އާއި ޙުސާން އަށް ޖެނީ ހިފަހައްޓާ ލެވުނީ ހަމަ ކިރިޔާ އެވެ. 

 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ލޯތްބައް އެދެމޭ 6

Next

ނުވާނަން ތަފާތެއް (އިއުލާން)

Next
July 10, 2022

ނުވާނަން ތަފާތެއް (އިއުލާން)

Previews
July 10, 2022

ލޯތްބައް އެދެމޭ 6



All Right Reserved!