Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ޑައިރީ (ފުރަތަމަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
June 21, 2022 4 Mins Read
0 Comments

“ބައްޕާ.. ރޫން ހުރީ ކޮޓަރި ފިނި ގަދަކޮށްފަ.. އަޅުގަނޑު ވަރަށް ހީކަރުވާ… ރޫން ގާތު ބުނެބަލަ އޭސީ ނިއްވާލާށޭ..” ދުވަހަކުވެސް ޒިދާން ގާތު ޝަކުވާއެއް ނުކުރާ އައިހަމް މިލާފައިވީ އަޑަކުން ބުނެލިއެވެ.

“އެއީ ރޫންގެ ކޮޓަރި.. ރޫން ބޭނުންވާ ގޮތަކަށް އެތާނގެ ފިނި ބަހައްޓާނީ.. ކަލޭ ފިނި ބޮޑުވަންޏާ ރަޖާ އަޅައިގެން އޮވެބަލަ..” އޭނަގެ ބައްޕައަށް ވުރެ ކުރިން ދޮންމަންމަ ސަނީދާ ވާހަކަދެއްކިއެވެ.

“މަންމާ.. އަޅުގަނޑު އަތުގައި އޮތީ ވަރަށް ތުނި ރަޖާއެއް…” ދޮންމަންމަދެކެ ކިތަންމެ ހިތްހަމަ ނުޖެހުނަސް އައިހަމް ވާހަކަދައްކަނީ އަދަބުވެރިކަމާއެކުއެވެ.

“އައިހަމް އަކަށް ނޭނގޭތަ ކެތްކުރާކަށް…” ޒިދާން ނުރުހިފައި ބުނެލިއެވެ. ބައްޕަގެ އެފަރުވާކުޑަ ޖަވާބުތަކަށް އައިހަމް ވަނީ ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ހޭނިފައެވެ.

“ނޫން.. އިނގޭ.. މިހުރިހާ ދުވަހު އަޅުގަނޑު މަންމައާ ބައްޕަގެ އަނިޔާތަކަށް ކެތްކުރިން.. މިއަދު އަޅުގަނޑުގެ މަންމަ ކައިރިއަށް ދާން ބޭނުން..”އައިހަމްއަށް ކެތްނުކުރެވުމުން ބުނެލިއެވެ.

“ހުއްޓާލާ.. އައިހަމް ގާތު ބުނެފަ އޮންނާނީ މަންމަ ކައިރިއަށް ދުވަހަކުވެސް ނުދެވޭނޭ… ދިޔައަސް އޭނާއަށް އައިހަމް ފެންނަ ކަމަށް ނަހަދާނެ…” ޒިދާންގެ އަޑު ބާރުވެގެން ދިއުމާއެކު ކުރިމަތީ ހުރި ކޮޓަރީގައި ޓެބްލެޓާ ކުޅެން އޮތް އުމުރުން ނުވައަހަރުގެ އަރޫން ބޭރަށް ބޯދިއްކޮށްލިއެވެ. އައިހަމްގެ ކޯތާފަތްމަތީ ޒިދާން ބާރަށް ޖެހިތަން ފެނުމުން އަރޫން ބާރަށް ހޭންފެށިއެވެ. މަންމަގެ ނުބައި އަޚްލާޤު އަރޫންއަށް ވަނީ ލިބިފައެވެ. މީހުންނަށް މަލާމާތްކުރުމާ ތަޅާހެދުން އެއީ އަރޫންގެ އުފަލާ ހިތްހަމަޖެހުމެވެ. ސުކޫލުގައި ކިތަންމެ ގޯސްކަމެއް ކޮށްގެން ބެލެނިވެރިޔާއާ ބައްދަލު ކުރުމުން ސަނީދާ އެވާހަކަތައް ދޮގުކުރާތީ އަރޫންއަށް ގޯސްކަންތައް ކުރަން އިތުރު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

“އައުޗް ބައްޕާ..” ވީތަދާއެކީ އައިހަމްއަށް ބުނެވުނެވެ. އެވަގުތު އޭނާގެ އަނގަމަތީ ހިފީ ދޮންމަންމައެވެ.

“ކަލޭއަކާ ހެދި އަހަރުމެންނަށް ހަމަޖެހިގެން ދިރިވެސް ނޫޅެވޭ.” ސަނީދާ އަޑުގެ ކޮޅަށް ހަޅެއް ލަވައިގަތެވެ.

“ނިކުމޭ މިގެއިން.. ދާނެ ތަނެއް ނެތަސް ރިޔާޒާ ކައިރިއަށް ނުދާތި..” ޒިދާން އައިހަމްގެ ބަނޑުގައި ކޮޅުފައިން ޖެހުމަށްފަހު ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖެހިއެވެ. ޒިދާންގެ ފަހަތުން ހިނގައިގަންނަމުން ސަނީދާ އައިހަމްއަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އަރޫންވެސް އައިހަމްއަށް ދޫނެރުމަށްފަހު ކޮޓަރި ދޮރު ތަޅުލިއެވެ. އައިހަމްގެ ބަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެން އިންތަނަށް ތިރިވެވުނެވެ. އެއާއެކު އޭނާގެ ގިސްލުމުގެ އަޑުން މުޅި އެތަން ގުގުމާލިއެވެ.

“ކަލޭ ކައިރީ ނިކުންނާށޭ ބުނީމަވެސް އިންތަނަށް ތިރިވެ ރޮނީދޯ.. ހަޔާތްކުޑަކަން ބަލާބަލަ.. ކީއްވެތަ ރޮނީ؟؟” ޒިދާންއަށް އައިހަމްގެ ގިސްލުމުގެ އަޑުއިވުމުން ރުޅިގަދަވެގެން މީހާ ވިރެނީއެވެ. ސަނީދާވެސް ޒިދާންގެ ފަހަތުން ނިކުތެވެ. ހީވަނީ ދަގެއްފާނުގަނޑެއް ހެންނެވެ. ޒިދާން ދާހާ ތަނަކަށް ސަނީދާ ދާނެވެ. އޭނާ ހޯދަން އޭނާގެ އޮފީހަށްވެސް ސަނީދާ ދެއެވެ. އައިހަމްއަށް ބައެއްފަހަރު މިކަމާ ހެވެއެވެ.

“ސަނީ ދޮރުހުޅުވާ.. އަމިއްލައަކަށް ނޭނގޭނެ ނިކުންނާކަށް..” އައިހަމްގެ އަތުގައި ހިފާ ލުއްކެއް ޖަހާލަމުން ޒިދާން އަމުރު ކޮށްލިއެވެ. ސަނީދާ ދޮރުހުޅުވުމުން އައިހަމްގެ ބުރަކަށީގައި އަޅާ ކޮށްޕާލިއެވެ. އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ނުކުރެވުނު އައިހަމް ވަކި ހިސާބަކަށް ގޮސް ވެއްޓުނެވެ. ޒިދާންގެ ހަމަލާއެއް އަދިވެސް އަންނާނެކަން އެނގުނު އައިހަމް ހިތްވަރު ކޮށްފައި ތެދުވިއެވެ. ބޮލަށް އެނބުރުން އަރާފައި ހުރި ނަމަވެސް އަވަހަށް ގޮސް ސިޑިން ތިރިއަށް ފައިބަން ފެށިއެވެ. އެއާއެކު ޒިދާންގެ ބާރު ހުނުމާއެކު “އަލްހަމްދުﷲ” އޭ ބުނުމުން އައިހަމްގެ ފިޔަވަޅު ހުއްޓުނެވެ. މޫނުމަތިން ފުސްބުރާފައި ހުރި އައިހަމްއަށް އަނެއްކާވެސް ގިސްލެވެން ފެށީ ބައްޕަގެ ނުލަފާކަން އެނގުމުންނެވެ. ދަރިއަކަށް އެވަރު ބޮޑު ގެއްލުމެއް ލިބުމުންވެސް ބައްޕަ ހެނީއެވެ. އޭނާ  މިއަދު އެކައްޗެއްވެސް ގޮހޮރަށް ނުލާހުރި ނަމަވެސް އޭނާގެ ބައްޕައާ މަންމައާ އަރޫން އެހުރީ ދުނިޔޭގަ ލެއްވުނު އެންމެ މީރު ކާނާ ކައިގެންނެވެ.

************

އޭނާގެ އުމުރުން ހައަހަރާ ހަމައަށް އުޅުނީ އުފަލާ ހިތްހަމަޖެހުމުގައެވެ. ތިންއަހަރުގެ ކޮއްކޮ ޔަޒާންއާއެކު އުފާކޮށް އުޅުނެވެ. އޭނާގެ ބައްޕަ ރަށު ސްކޫލުގެ ޓީޗަރަކަށް އުޅުމަށްފަހު ރަނގަޅު ވަޒީފާއަކަށް މާލެ ބަދަލުވި ހިސާބުން ކަންތައް ބަދަލުވީއެވެ. މަންމަ ރޯތަން ފެންނަން ފެށިއެވެ. ކުޑަކުޑަ އައިހަމްގެ ހިތުގައި މަންމައަށްޓަކާ ހަމްދަރުދީ އުފެދުނެވެ. މަންމަ ރޮނީ ކީއްވެތޯ ބެލުމަށް އައިހަމް ބޭނުންވިއެވެ. ނަމަވެސް މަންމަ ބުނީ ކަމެއް ނުވާކަމަށެވެ. ކޮންމެ ހަފްތާ ބަންދަކަށް ރަށަށް އަންނަ ޒިދާން ރަށަށް އައީ ބޮޑު ޗުއްޓީއަށެވެ. ބައްޕަ ރަށަށް އައިފަހުން މަންމަ މާގިނައިން ރޯތަން ފެންނަން ފަށައިފިއެވެ. ޔަޒާންވެސް ބައެއް ފަހަރު އޭނާގެ ދޮންބެ ކައިރީ ކިހިނެއްވަނީހޭ ސުވާލުކުރަން ފެށިއެވެ. ނަމަވެސް ކޮއްކޮއަށް ދޭނެ ޖަވާބެއް އައިހަމްއަކަށް ނޭނގުނެވެ. އައިހަމްއަށް ބުނެވުނީ ދޮންބެއަށް ވެސް ނޭނގޭ ކަމެވެ.

އެއްދުވަހު ހެނދުނު އޭނާ ހޭލިއިރަށް ބައްޕަ ގެއަކު ނޫޅެއެވެ. މަންމަގެ ކޮޓަރިން އިވުނީ ވޭނީ ގިސްލުމުގެ އަޑެވެ. އައިހަމްގެ އަޑު މަންމަގެ ކަންފަތަށް ފޯރުމައެކު ގިސްލުމުގެ އަޑު މަޑުވިއެވެ. ކަރުނަތައް ފުހެމުން ކޮޓަރި ދޮރުހުޅުވާލަމުން މަންމަ ނިކުތް އިރު އެފަކީރު ރޮއެރޮއެ ހުރީ މޫނު ދުޅަވެފައެވެ. މަންމަގެ ފަރާތުން އެނގުނު ގޮތުގައި ބައްޕަ ޗުއްޓީ ނިންމާފައި މާލެ ދިޔައީއެވެ. ބައްޕަ އަދި އައިހަމް ބަލާ އަންނާނެ ވާހަކަ ބުނުމުން އޭނާ ވަރަށް އުފާވިއެވެ. ނަމަވެސް މަންމަގެ ފަރާތުން ފެނުނީ ހިތާމަވެރި މޫނެކެވެ. ގަދަކަމުން މޫނުމަށްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ދުވަހުގެ މަސައްކަތް ކުރުމަށް މަންމަ ދިޔައެވެ. އެދުވަހަށްފަހު އައިހަމްގެ މަންމަ އޭނާއަށް ކެތްތެރިވާންވާނެކަމަށް ބުނެދޭން ފެށިއެވެ. ކޮންމެ މިހަކުވެސް ހިތާމައިގައި އުޅެން ޖެހޭނެ ދުވަހެއް އަންނާނެކަމާ ކެތްތެރިވާން ވާނެކަމަށް ބުނެދިނެވެ. އަދި ބައެއް ކާއެއްޗެހި ހަދަންވެސް އޭނާއަށް ދަސްކޮށްދޭން ފެށިއެވެ. އެދުވަހަށް ފަހު އައިހަމް ގާތު މަންމަ ކުރާ ސުވާލެއް އޮވެއެވެ. ދޮންމަންމައެއް ކައިރިއަށް ދެވުމުން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އައިހަމްގެ ޖަވާބައް ފަހު އޭނާއަށް މަންމަ ބައިވަރު ނަސޭހަތް ދިނެވެ. ވާން އުޅޭ ގޮތެއް ނޭނގުނަސް އައިހަމްއަށް އޭރު ވަނީ އަމިއްލައަށް އުޅެން ދަސްވެފައެވެ.

އެއްރެއެވެ. އައިހަމް ނިދަން އޮތުމަށްފަހު ހޭލެވުނީ މަންމަގެ ރުއިމުގެ އަޑަށެވެ. އައިހަމް ފުންމައިގެން ތެދުވެ މަންމަ ކޮބައިތޯ ބަލައިލިއިރު އޭނާގެ ހެދުންތަށް ފޮށްޓަކަށް އެޅުމުގައި މަންމަ އުޅެއެވެ. އައިހަމް ހީކުރީ އައިހަމް ދާން އުޅޭތީ މަންމަ ދެރަވީ ކަމަށެވެ. މާބޮޑުކަމަކަށް ނަހަދާ އެރޭ އޭނާ ނިދިއެވެ.

އަނެއްދުވަހު ހޭލެވުނީ މަންމަ އޭނާއަށް ގޮވުމުންނެވެ. އަންނަން އުޅޭ ތޫފާނުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. ރޮވިފައިވީ އަޑަކުން އައިހަމްގެ ގާތު މަންމަ އަބަދު ދައްކާ ވާހަކަ ތަކުރާރުކުރިއެވެ. މަންމަގެ ހުރިހާ ވާހަކައެއް ހަނދާން ކޮށްގެން އުޅުމަށް ނަސޭހަތްދިނެވެ. މަންމަ އޭނާގެ ގައިގައި ބައްދާލުމަށްފަހު ރޯންފެށުމުން އޭނާގެ ހިތުގައި ޖެހިލުންވުމެއްވިއެވެ. އޭނާއާ ސަލާން ކޮށްލުމަށް ފަހު ފަހުފަހަރަށް އައިހަމްގެ މޫނުގައި ބޮސްދިނެވެ. އެވަގުތު ޔަޒާން ރޮމުން ރޮމުން އައިސް މަންމަގެ ފަސްބައިގައި ހިފާ ބައްދައިގަނެއްޖެއެވެ. ޔަޒާންގެ ފަހަތުން ވަދެގެންއައި ޒިދާން ފެނުމުން މަންމައަށް ވީގޮތް އެނގުނު ނަމަވެސް އޭނާގެ ގާތަށް އައީ ހިންޏެވެ. ބައްޕަ ފެނިގެން ކޮއްކޮ އެހާވަރަށް ބިރުގަތުމުން އޭނާއަށް ހެވެން ފެށިއެވެ. ނަމަވެސް ބައްޕަގެ މޫނަށް ބަލައިލެވުނު އައިހަމްއަށް ބިރެއް ފެނުނުހެން ފަހަތައް ޖެހިލެވުނީ ބައްޕަ އައިސްފައިވީ ރުޅިގަނޑު ފެނުމުންނެވެ.

އޭނާގެ އަތުގައި ބާރަކަށް ހިފާލަމުން ބައްޕަ އޭނާ ގޮވައިގެން ހިނގައިގަތީ ރަށުގެ ބަނދަރާ ދިމާއަށެވެ. މަންމަ އެންމެ ފަހު ބަސް އައިހަމްއަށް އިއްވިއެވެ. ބައްޕަގެ ބަސްއަހައިން އުޅުމަށާ މަންމަގެ ނަސޭހަތް ހަނދާން ކުރުމަށެވެ. މަންމަގެ އެހީއަކަށް ބޭނުންވެއްޖެ ދުވަހަކުން މަންމަ އޭނާގެ ގާތުގައި ހުންނާނެ ކަމެވެ. އެއާއެކު ޒިދާން އައިސްފައި ހުރި ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. މަންމަ ކޮށްޕާލަމުން މަންމަ ގާތު ބުނީ އޭނާ މަންމަގެ އެހީއަކަށް ބޭނުން ނުވާނެ ކަމެވެ. ކަމަކަށް ބޭނުންވެގެން އަޔަސް އެހީ ނުވާން ބުނުމަށްފަހު ބައްޕަ އަނެއްކާވެސް އޭނާ ގޮވައިގެން ހިނގައިގަތެވެ. ޔަޒާންއަށް އަނިޔާއެއް ނުލިބުނު ނަމަވެސް މަންމައަށް އޮތީ ބިންމަތީގައި ޖެހުނު ގޮތަށް ނުތެދުވެވިފައެވެ. އޭނާފަހަތް ބަލައިލި ވަގުތު ފެނުނީ މަންމަ ހިތްވަރު ކޮށްފައި ތެދުވި ތަނެވެ. އެދުވަހު އޭނާ ފުރިއިރު މަންމަ ބަނދަރުގައި ހުރިތަން އޭނާއަށް ފެނުނެވެ. މަންމައަށް ހަނާއަޅާލަން އޭނާއަށް ނުކެރުނީ ބައްޕަ ދިން ވަރުގަދަ އިންޒާރުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ނޭންގި ވެވުނު ލޯބި ކިޔުން ތެރިން ގެ ސަމާލުކަމަށް

Next

ލޯތްބައް އެދެމޭ 5

Next
June 25, 2022

ލޯތްބައް އެދެމޭ 5

Previews
June 21, 2022

ނޭންގި ވެވުނު ލޯބި ކިޔުން ތެރިން ގެ ސަމާލުކަމަށް



All Right Reserved!