Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ ހަނދަކީ 6

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
May 21, 2022 6 Mins Read
8 Comments

 

ރިއާޝް އާއި އަހުޝަމް ސައިކަލު ޕާކު ކުރުމަށްފަހު ސްޓޫޑިއޯ ހުންނަ ޢިމާރާތަށް ވަންނަން ދިޔައެވެ. ސަކަރާތް ޖަހަމުން ދެމީހުން ގޮސް އެ އިމާރާތަށް ވަން އިރު އެމީހުންނަށް ފާރަލަމުން މީހަކު ދިޔައެވެ. އެމީހެއްގެ މޫނު ނިވާކޮށްފައި ވާއިރު ލައިގެން ހުރީ ގޮޅިޖެހި ގަމީހަކާއި އެކު ސޮހިފައިވާ ޖިންސެކެވެ. އޭނާގެ އަތުގައި އޮތް ބައްތި ފޯނުން ކޮންމެވެސް މީހަކަށް ގުޅާ  ކޮންމެވެސް އެއްޗެކޭ ކިއުމަށްފަހު އެމީހާ އެ މަގުގައި ހުރި އެހެން އިމާރާތަކަށް ވަންނަން ދިޔައެވެ. މާ ގިނަ އިރެއް ނުވެ ރިޔާޝް ވެސް ސްޓޫޑިއޯ އަށް އައެވެ. އޭރު ނަޔާ އާއި ޒާނާ ވެސް ސްޓޫޑިއޯ ގައި ތިއްބެވެ. ރިޔާޝްގެ މޫނުމަތިން ހާސްކަން އިންތިހާއަށް ފެންނަން ހުރުމުން ހުރިހާ ކުދިން ވީ ކިހިނެއްތޯ ރިޔާޝް ކުރެން އެއްސެވެ. “ބްރަހް… އައި ގޮޓް އިޓް…” ޖީބުން ފޯނު ނަގަމުން ރިޔާޝް ސޯފާގައި އިށީނދެލިއެވެ. އެއަށް ފަހު ފޯނު ނަގައި ލިޔާގެ ރިކޯރޑިންގް އަޅުވާލިއެވެ. ސުވާލުގެ ނަޒަރަކުން ރިޔާޝް އާއި ދިމާއަށް ބަލަން ތިބި ހުރިހާ ކުދިންގެ މޫނުމަތިން ރިކޯރޑިންގް ނިމުނު އިރު ފެންނާން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެކުދިން އެކަކު އަނެކަކާއި މެދު އެ ރިކޯރޑިންނާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށިއިރު އެއްބަޔަކު އެ ޕޮލިހަށް ފޮނުވަން ވެސް ޚިޔާލު ދިނެވެ. “އޭ މަޑު.. ތި އަދި ރީޝް އަށް އަޑު އިއްވަން ޖެހޭނެއްނު؟…” ރީޝާ އޭރު ސްޓޫޑިއޯ ގައި ނެތުމުން ނަޔާ ކަންބޮޑުވިއެވެ. “ނޫން ރީޝް އަށް މި އަޑު އިވިއްޖެއްޔާ ރީޝް މާ ބިރު ގަންފާނެ…” ރިޔާޝް ހާސް ކަމާއި އެކު ބުނެލިއެވެ. ކޮންމެއަކަސް މިއީ ވެސް ވަރުގަދަ ރިކޯރޑިން އެއްތާއެވެ. އެއީ ރީޝާ އަށް އަޑު ނީއްވޭ ވަރުގެ ކޮން ފަދަ ރިކޯރޑިން އެއް ބާއެވެ؟ ވަގުތުން އެ ޕޮލިހަށް ފޮނުވަން އެއްބަޔަކު ކިއީ ކީއްވެ ބާއެވެ؟ އެންމެން އެ އަޑުއަހާފައި ހާސް ވާންވީ ކޮން ސަބަބަކާއި ހުރެ ބާއެވެ؟

*****************

ލިފްޓަށް ފިތާ ފިތާ ވެސް ލިފްޓެއް ނުހުޅުވުނެވެ. ފާޑަކަށް ލިފްޓަށް ބަލައިލުމަށް ފަހު ރީޝާ ކަޅި މައްޗަށް ހިންގާލާފައި ދެފައި ތަޅާލިއެވެ. ސްޓޫޑިއޯ ހުންނަ އިމާރާތުގެ ސިޑި ތައް ހުންނަ ގޮތުން އޭނާ ސިޑިން އަރަން ޖެހިލުން ވެއެވެ. އިތުރު ގޮތެއް ނެތުމުން ސިޑީގެ ދަގަނޑު ގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ މަޑުމަޑުން ރީޝާ މައްޗަށް އަރަން ފެށިއެވެ.

 

“ބްރޯ އެކަމް ތިހެން ހަދާފަ މިކަން ރީޝް އަށް ސިއްރު ކޮށްގެން ކަމަކު ނުދާނެ… ފަހުން ރީޝް އަށް މިކަން އެނގިއްޖިއްޔާ ރުޅި އަންނާނީ ވެސް ހަމަ އަހަރުމެން ދެކެ… “އަހުޝަމް އޭނާގެ ޚިޔާލު ހުރި ގޮތް ފާޅު ކުރިއެވެ. ނަޔާ ވެސް އޭނާ އާއި އެއްބައިވިއެވެ. ކޮންމެ އަކަސް އެކުދިން އެ ބަހުސް ގައި ތިއްބާ ރީޝާ ސްޓޫޑިއޯ އަށް ވަނެވެ. އެންމެންގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުރި އިރު ހިތް ހަމަ ޖައްސާލަން އެތަނަށް އައި ރީޝާ އަށް ވެސް ރިޔާޝް ފެނުމާއި އެކު ލިބުނީ ނުތަނަވަސްކަމެކެވެ. ރިޔާޝް ނުފެންނަ ކަމަށް ހެދިފައި ރީޝާ ގޮސް ނަޔާ ގާތު ސޯފާގައި އިށީނެވެ. އެންމެންނަށް ނަޒަރެއް ދިނުމަށްފަހު ރިޔާޝް ރިކޯރޑިން އަލުން އަޅުވާލިއެވެ. “އަސްލު ޔޫ ނޯވ؟.. އެ މީހުންގެ މީހެއް އެކްސިޑެންޓް ވި… ރައިޓް… އެކަމު އެކްސިޑެންޓް ވީކީ ވާންވީ މީހާ އެއްނޫން… އަސްލު އެކްސިޑެންޓް ވާން ޖެހޭނީ އެ ރީޝާ… އަސްލު ލިލްމެންގެ  ޓާރގެޓަކީ ރީޝާ… އަންކަލް ސައިކަލު ދުއްވަމުން ގޮސް ރީޝާ އާއި ދިމާއަށް ގޮސް ގޮސް ހުއްޓާ ދެން ހުރި އަންހެނާ ރީޝާ ހުރި ސައިޑަށް އެރީ… އެހެންވެ އަސްލު އެ ރަނާ އެކްސިޑެންޓް ވީ… ނަސީބެއް އޭތި މަރުނުވެ ސަލާމަތް ވިކަން.. އެހެން ނޫނީ އެދުވަހު އަންކަލް ބަސްޓް ވާނެ… ރީޝާ މަރާލާފަ ބަސްޓް ވިޔަސް އޯކޭ…  އެއީ ކޮމެޑީ ލޭންޑް މީހުންނަށް ރީޝާ ނުލައި ޝޯވ ތަކެއް ނުގެންދެވޭނެ… ދޭ ކެނޮޓް ކޮންޓްރޯލް ފޭންސް… ސޯ…. އަވަރ ނެކްސްޓް ޕްލޭން އިޒް ޓު ކިލް ރީޝާ ބައި ސްޓްރޭންގިއުލޭޓިން ހާރ… ވީ ނީޑް ޓު ކިޑްނެޕް ހާރ… ” ރިކޯރޑިން ނިމުމާއި އެކު ރީޝާ އަށް ކޮޅަށް ތެދުވެވުނެވެ. އޭނާގެ ދެލޯ ބޮޑު ވެފައި ވާއިރު މުޅި މީހާ ތުރުތުރު އަޅައެވެ. ރީޝާގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން ނަޔާ އަށް ނުރޮވި އިނދެވުނީ ކިރިޔާ އެވެ. ރީޝާ ގެނެސް ސޯފާގައި ބޭންދުމަށްފަހު ރީޝާގެ ގައިގައި ބައްދާލިއެވެ. “ރަނާ….” ވައި އަޑުން ރަނާގެ ނަން ރީޝާ އަށް ކިޔާލެވުނެވެ. ރަނާގެ ބަދަލުގައި އޭނާ އެކްސިޑެންޓް ކޮށްލި ނަމަވެސް މާ ރަނގަޅެވެ. އެކަން ކުރި ބަޔަކާއި މެދު އޭނާގެ ހިތް ނަފްރަތުން ފުރުނެވެ. “ރީޝް… ބިރު ނުގަންނައްޗެ… އަހޫ ވެސް އާޝް ބްރޯ ވެސް އެންމެން ވެސް މި ތިބީ ރީޝް އާ އެކީ… އިރާދަކުރެއްވިއްޔާ ރައްނު ވެސް ސަލާމަތުން ދުނިޔޭގައި އެބަ ހުރި… އެމީހުންނަކަށް ލާހިކެއްނޫން އަހޫ ހުއްޓަކާ ރީޝް އަށް ގެއްލުމެއް ދޭކަށް… އޯކޭ..” އަހުޝަމް އާއި ރިއާޝް އައިސް ރީޝާ މަސަލަސް ކުރެވޭތޯ ބެލިއިރު ރިޔާޝް އިނީ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލައިގެނެވެ. އޭނާ ބޭނުންވަނީ ހަމަ މިހާރު ގޮސް ރީޝާ އަށް އޭނާގެ ދެ އަތުގެ  ހިމާޔަތް ދޭށެވެ. އޭނާގެ ހަށީގައި ފުރާނަ ހުރި ހާ ހިނދަކު އެކަކަށް ވެސް ރީޝާ އަށް ގެއްލުން ނުދެވޭނެ ވާހަކަ ބުނެދޭށެވެ. އޭނާގެ ހިތުގައި ރީޝާ އަށްޓަކައި ވީ ޖަޒުބާތު ތައް ހާމަ ކޮށްދޭށެވެ. އެހެނަސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ދުރުގައި ހުރުން ކަން އެނގޭތީވެ މަންޒަރު ބަލަން އިނީއެވެ.

 

ގުޅުމަކީ އޭގެ ޙައްޤު ވެރީންނަށް ތެދެއް ކަން އެނގޭހޭ…

ގުޅުމަކަށް ބަލާފައި ލޭ ވެސް މަށަށް މާ ރަނގަޅޭ…

ހިނިތުން ވެލާށޭ ކަރްނައަށް ފަހު ވެސް މަގޭ ރަންކޮޅާ….

ގުޅުން ތައް ލޮއެއްބާއި އުފަލުގައި ދަމަހައްޓަވާށޭ…

 

ތީ އޭ ހަނދަކީ…

ތީ އޭ ހަނދަކީ…

ލޯބީގެ ތީ އޭ ހަނދަކީ….

 

ލޯތްބަކީ ތި އޭ…

ލޯތްބަކީ ތި އޭ….

ހިތުގައި ވާ ލޮއެއްބަކީ ތި އޭ….

 

ފަނަރަ މިނެޓު ވަރު ފަހުން ރީޝާ ހަމައަކަށް އެޅިލީ ރިޔާޝް ފިޔަވައި އެންމެން އައިސް އޭނާ މަސަލަސް ކުރުމުންނެވެ.  ރީޝާގެ މައިންބަފައިންނަށް އެ ޚަބަރު ދޭން އެންމެން އެއްބަސް ވީ ރީޝާގެ ރުހުމުގައެވެ. ލަސްކުރުމެއް ނެތި އެންމެން މިސްރާބު ޖެހީ ރީޝާގެ ގެއަށް ދިއުމަށެވެ. ވަސީމާ އަދި ޝަރީފް އަށް އެ ރިކޯރޑިން އިވުމާއި އެކު ވީ ހަމަ ރީޝާ އަށް ވީ ގޮތެވެ. ހުރިހާ ކުދިންގެ ހިތްވަރުގެ ބަސް ތަކުން ރީޝާގެ ޢާއިލާ ހަމަޖެހުނެވެ. އެ ދުވަހު ރަނާ އަށް ގުޅާފައި އެކްސިޑެންޓްގެ ޙަޤީޤަތް ރަނާގެ ޢާއިލާ އަށް ވެސް އެކުދިން ކިޔައިދިނެވެ.

 

ހުރިހާ ކުދިން ރޭގަނޑު ވީ އިރު ވެސް ތިބީ ރީޝާ މެންގެ ގޭގައެވެ. ރޭގަނޑުގެ ކެއުން ނުކައި އެކުދިން ފޮނުވާލަން ވަސީމާ ދެކޮޅު ހެދުމުންނެވެ. ހަމަ އެހެންމެ ޕްރިމިއާ ލީގުގެ ވަރުގަދަ މެޗެއް އެރޭ އޮތީތީވެ ރިއާޝް އާއި އަހުޝަމް ވެސް މެޗު ދޫކޮށްލާފައި ދާން ބޭނުން ނުވީއެވެ. އަންހެން ކުދީންތައް ފޫހި ވީ ނަމަވެސް ރީޝާ އާއި އަހުޝަމްގެ ޒުވާބުން ފޫހި ފިލުވަން ދެފައި ވަށްކޮށްގެން ތިއްބެވެ. ރިޔާޝް ވެސް ކޮންމެހެން މާ މުހިންމު މެޗެއް ނޫން ކަމުން ގޮނޑިއެއް ގައި އިނެވެ. ކުއްލިއަކަށް މެޗްގެ ފޯރި ގަދަ ވާން ފެށިއެވެ. ލިވަރޕޫލްގެ ކުޅުންތެރިޔާ ސަލާހްގެ ފަޔަށް ބޯޅަ އެރުމާއި އެކު ރީޝާ ފުންމައިގެން އެރިއެވެ. އެވަގުތު އެންމެން ސިއްސައިގެން ގޮސް ފާޑަކަށް ބަލަން ފެށުމުން ރީޝާ އަށް މަޖާ ވިއެވެ. “އޭ އައްޗީޑި…  އަދި ހުރެ ބަލަ ބަލަން… ޕެޕޭ ފަޔަށް ބޯޅަ އެރުން ލަސް ވާނީ… ސަލާ އޮންނަން ޖެހޭނީ ރޯން…” އައި ރުޅީގައި އަހުޝަމް ރީޝާ އާއި ދިމާއަށް ބުޏްނެވެ. ގައިގައި ހުރި ބާރެއް ލައިފައި ސަލާޙް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ގޯލުގެ ތިންދަނޑީގެ ބޭރުން ނެރުމާއި އެކު ރީޝާ ހަޅޭއްލަވައިގަތެވެ. އެކުއްޖާ މިވަގުތު ވެފައި ހުރި އުފާ ބަޔާން ކޮށްދޭން ވެސް ދައްޗެވެ. އޯހ ނޯ އޭ ކިޔާ އަހުޝަމް ސޯފާ އަށް ވެއްޓި ގަތް އިރު މަޖުނޫނެއް ފަދައިން ރިޔާޝް ރީޝާ އާއި ދިމާއަށް ބަލަން އިނެވެ. އެއާއި އެކު މެޗު ނިމިގެން ދިޔައިރު އަހުޝަމް އޮތީ މޫނު މަތީ ކުޝަން އެއް އަޅައިގެންނެވެ. އަނގަހުއްޓާނުލައި ހުރެގެން ރީޝާ ލިވަރޕޫލް މޮޅުވި ވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެއަކަސް ރީޝާމެންގެ ގެއިން އެރޭގެ ކެއުން ކައިގެން ހުރިހާ ކުދިން ގެއަށް ދިޔައިރު ދިހައެއް ޖަހާ ބޮޑު ވެއްޖެ އެވެ. މިރޭގެ މެޗުން ލިވަރޕޫލް މޮޅުވުމުން ރީޝާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. ހަވީރު އަޑު އިވުނު ރިކޯރޑިންގެ މަތިން ވެސް އޭނާ ހަނދާން ނެތެވެ. އެނދުގައި އޮށޯތުމާއި އެކު ފުން ނިންޖަކަށް ރީޝާ ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެހެން ރޭ ރޭ އޭނާ އަށް ނިދޭނީ ރިޔާޝްގެ ފޮޓޯ ތަކަށް ބަލަން އޮއްވައެވެ. މިރޭ އޭނާގެ ސިކުނޑީގައި ރިޔާޝްގެ ނަން ވެސް ނެތެވެ.

 

އާ ދުވަހަކަށް އިރު އެރި އިރު އަހުޝަމް އޮތީ ކަނޑު އަޑީގައެވެ. ރިއާޝް އާއި ދެމީހުން ފަތާފައި ކަނޑާއި ހަމައަށް ދިޔައީ ރޭހެއް ޖެހުމުގެ ބޭނުމުގައެވެ. ހެމުން ހެމުން ދެމީހުން ލޮނުގަނޑު މަތިން ބޯ ހިއްލާލާފައި ހިނިގަނޑެއް ޖަހާލި އެވެ. އެކެއް ދޭއް ތިނެއް ކިޔުމަށް ފަހު ހުޅުމާލޭގެ ތޮއްޓަށް އަރަން ދިޔައެވެ. މިއަދު މޫސުން ވެސް ރަނގަޅު ވެފައި ކަނޑު އޮމާން ކޮށް އޮތުމުން ރާކަންޏެއް އަތުޖެހޭތޯ ދެ މީހުން މޫދަށް ދިޔައީ އެވެ. ދަމުން ރިޔާޝް ކައިރިން ވެސް އަންނަން އެދުނެވެ. އެހެނަސް ހޮނިހިރު ދުވަސް ކަމުން ހެނދުނުގެ އަރާމު ނިދި ކޮޅު ޙާސިލް ކުރަން ރަޖާ ދަށުގައި ރިޔާޝް ނިދަން އޮތީ އެވެ. އަތު ޖެހުނު ފަސް ރާކަނި ހިފައިގެން ދެ މީހުން އެއްގަމަށް އެރި އިރު އިރުގެ ރަން ދޯދި ތަކުން ސާފު ދޮންވެލި ގަނޑު އޮތީ ވިދަ ވިދައެވެ. ދެމީހުން ގޮސް ރާޅު ބީއްސާ ހިސާބުގައި އޮށޯވެލި އިރު ވެފައި ހުރި ވަރުބަލިން މޭ މަތި ވެފައި ތިރިވެއެވެ. ފުންނޭވާ ތަކެއް ލަމުން ދެމީހުން ވެސް ދިޔައީ ސިކުނޑި އަރާމު ކުރަމުންނެވެ. ހަމައެކަނި ސޯޓު ބުރިއެއް ލައިގެން ތިބި އެ ދެމީހުން އަންހެން ކުއްޖަކަށް ނުފެނިއްޖެއްޔާވާ ރަނގަޅެވެ. “ބުރޯ… ދެން ޔާޝް ދޮންބެ ވެއްޖެ އެއްނު ލިޔާ އާ ބްރޭކް އަޕް ވެފައި ރީޝް އާ ރައްޓެހި ވާން…” ފުން ނޭވާއެއް ލުމަށްފަހު އަހުޝަމް ބުންޏެވެ. “އަދި އެމީހުން ހައްޔަރު ކޮށްފައެއްނު ތިކަން ވާނީ… ދެން މާ ގިނަ ދުވަހެއް ވެސް ނެތޭ މަރިޔަނބު މަގޭ ފަހަރި އަށް ވާކަށް…” ލުއި ހިނިގަނޑަކާއި އެކު ރިއާޝް ޖަވާބު ދިނެވެ. ކޮންމެއަކަސް ރީޝާ އާއި ރިޔާޝް ގުޅުވާނެ ގޮއްތަކާއި މެދު މަޝްވަރާ ކުރަން ތިއްބާ މީހުން ވެސް އަންނަން ފެށިއެވެ. އަވަހަށް ގޮސް ޓީޝާޓު ކަރަށް މަހާލައިގެން ދެމީހުން ސައިކަލަށް އެރިއެވެ.

 

އަލީ އޭނާގެ ފަސް މީހުންގެ ޓީމާއި އެކު މަޝްވަރާ ކުރަމުން ދިޔައެވެ. ރީޝާގެ ފޯނަށް އެމީހުންގެ ފޯނު ކަނެކްޓް ކޮށްގެން ރީޝާ ހުރި ހިސާބު ހޯދަމުން ދިޔައެވެ. އެތަނުން އެކަކު އައިސް ފޮށްޓެއް އަލީގެ އަތަށް ދިނެވެ. އެފޮށީގައި ހުރި އަންގި އާއި މާސްކް ތަކަށް ބަލައިލުމަށްފަހު އެއްމިޔަކަނިން ހީލިއެވެ.

 

ރީޝާ ގެއިން ނުކުތީ ލަމްހާ ގުޅާފައި އެގެއަށް މިރޭ އަށެއް ޖަހާއިރު ފިލްމެއް ބަލަން އަންނާށޭ ބުނުމުންނެވެ. އަހުޝަމް އަށް ގުޅާފައި އޭނާ ބަލައި އާދެވޭނެހޭ އެހުމުން މިރޭ ވަރަށް ބިޒީ ކަމަށް އަހުޝަމް ބުނީ ނިދަން އަރާ އޮވެއެވެ. އުޑުމަތި ބަނަ ކޮށްލާފައި އޮތުމުން ދާން ނުދާން ހުރެފައި ރީޝާ ގެއިން ނުކުތެވެ. މާ ދުރަށް ނުދެވެނީސް ވާރޭ އޮއްސާލިއެވެ. ވާރޭ ބޯ ކަމުން ތަނެއް ދޮރެއް ވަކި ވަނީ ވެސް ކިރިޔާ އެވެ. ރޭގަނޑު ކަމުން ނުތެމެން ވެގެން ހިޔާ ވާނެހެން ހީވާ ގޯޅިއަކާއި ދިމާއަށް ރީޝާ ދުއްވައިގަތެވެ.

 

ސައިކަލުގައި އިންދާ ވާރޭ އޮއްސާލުމުން ރިޔާޝް ދުވެލި ބާރު ކޮށްލިއެވެ. ގޯޅި އަކަށް އަޅަން ދިމާކޮށްލުމާއި އެކު އޭނާގެ ކުރިމަތިން ހުރަސް ކުރި ރީޝާ ވަރަށް ރީތިކޮށް ރިޔާޝް އަށް ފެނުނެވެ. ސައިކަލު ޕާކު ކުރުމަށް ފަހު މަޑި ދަށުން ކުޑައެއް ނަގައިގެން ރީޝާގެ ފަހަތުން ރިޔާޝް ދުއްވައިގަތެވެ.

 

ހިޔާ ވެފައި އޮތް މީހުން މަދު ގޯޅިއަކާއި ވަދެވުމާއި އެކު ފުންނޭވާއެއް ރީޝާ އަށް ދޫކޮށްލެވުނެވެ. އަތުގައި އޮތް ގަޑި ބަލައިލިއިރު އަށް ގަޑި ބައި ވަނީ އެވެ. ލަމްހާ ހުންނާނީ ލަސްވެފައި ކަން އެނގުމާއި އެކު ވާރޭ އޮއްސާލުމުން ލަސްވީ ކަމަށް ބުނެ ލަމްހާ އަށް މެސެޖް ކުރިއެވެ. ގައިން ހީފިލުވަން ދެއަތް އުފުލާލި ރީޝާ ސިހުނީ އޭނާގެ އަތުގައި މީހަކު ހިފާފައި ދަމައިގަތުމުންނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

މަދަދުވެރިޔާ (2)

Next

ުކޯމަސް އައިންގަނޑު

Next
May 23, 2022

ުކޯމަސް އައިންގަނޑު

Previews
May 21, 2022

މަދަދުވެރިޔާ (2)

8 Comments!

  1. Honey Bubbles says:
    May 21, 2022 at 11:40 am

    Varah reethi mi part ves.?♥️ Waiting for part 7

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 21, 2022 at 3:00 pm

    Enme furathama vx hurihaa kudhinge kibain vrh bodah maafah edhen mi bai up kurun las veema..
    Aslu lasvee mubaaraai othyma.. Ehnve vaguthu nuvy liyan..
    Mi part ulhuny dhigu koh liyan vegen.. Ekm las vedhaanethy avahah submit kohlee
    Hope u like this part too?

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 21, 2022 at 3:01 pm

    Reply for @Honey bubbles
    Thank you so much dear ??

  4. Nayaa Nayaa says:
    May 21, 2022 at 5:21 pm

    saabahey manjeyyy.. habeys hama mi bai vx ingeyy.. tharuheebu tharuheebu tharuheebu..
    klw hama huvaa mi buny vrh kairi vejje ma gos e liyaa aa ali aa gaiga ladan.. manje ah ingeynu ma karaatey dhaskuri kan dhw.. neyngeythr? hoan dhn mihaaru thi enguneenu.. laahikeh noon dhn manje keeh kuran, cl ge evvx meeheh ge gaiga ingili kuri vx jassaalaakah.. huvaa mi buny.. jahaa dhefalhi kohlaanan.. keekey hithah araigen thr eyhchehithah e thelhi baalany eyn?? nattaane e vahtharah thelhenyyaa.. huvaa mi buny haadha bodu b… oops manje bunin dhw nubai ehchehi nukiyaashewy.. ok ok sorry.. haadha bodu undhaguelekey eychissaa hedhi (mihaaaru ok dhw?)
    klw ey ma buny ahu brw aa aash brw aa kandah dhaa iru ma vx govaigen dhw dhaan vaany.. ma dhera vejje arn.. ingeyne hama ma nulaahiku dhaa hih vaa kan arn.. adhi raakani vx hifan dhiya ey dhw.. haanikka kuraanan aan… dhn faharakun ma nulaa gossiyyaa dheythi vx maraanan..
    klw ey next part avas kuraathi.. ma ves mi dhany magey vhk liyan dhaan.. maa gina dhuvas vejje mihaaru.. hoon ok bye love u miss u

  5. Ey Brw says:
    May 21, 2022 at 7:00 pm

    Maasha allah vvvvvvv salhi mi part vx❤❤❤❤
    nxt part thankolheh avas kohleveyne thr

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 21, 2022 at 11:30 pm

    Reply for @Nayaa
    Pis pis pis manje dhww.. Ma bandah ehcheh nulaa ovvaa heskiyaaha heyn jahssaifi ey hama… Sahaadheh mibuny.. Hama nuhevey varuge ehcheh liyan neyngey dhw koyaa.. Aan hevey ma beynumy vx thiakahala cmnt..
    Aan keekey.. Aarn dhuraku nooney othykee.. Manje mihaaru vx hama gos beethaa aruvaalan vee… Maa gina dhuvas vandhen nuthibeveyne eyhchihin nakah.. Vaguthu jehunyma onnaany thaahiru vefa
    Karaati ey? Ainn adhi neyngey kameh thy.. Aan mihaaru engihje.. Manje gadha kohfi ey dhw… Dhen ma ekani thaakah dhangnaa dhaany manje govaigen… Eyrah golayaku dhimaa kohliyas haas vaakah nujeheynu dhw.. Dhefalhi kohfa thin falhi lvx kuraathi… Biriyaani dheynan… Mashakah neynge keekey hithah araigen kameh.. Amaa handhaan vegen thwcheh… Hoon hoon dhen heyo ehcheh kiyaa maa hadi ehchihi nukiyaa… Hmmm mihaaru ok(?????)
    Aarn ekey alhe manje nulaa edhiyaee.. Aeema nikan rangalhah raakani mas kaan dheythi… Raakani vx negiyo fahethi… Fahethi tha anehkkaa.. Aan faheh dhw.. Ma yageen kohlee ey.. Aan ekey.. E dheythi eii aharumn dhemeehunnah jessumah ulhey dheythi… Maadhamaa aharumen bondibaiy kaany e dhegolaa aa nulaa.. Thaahiru vaanehnu..hoon maraathi (koyaa hama heevany kaattey hen???)
    Hooon balaanan… Aan kobaa tha manje vhk.. Avas kohbala fonuvabala… Aan hoon bohot pyaar karti hoon… As wall as miss karti hoon???????????baai baai

    1. Nayaa Nayaa says:
      May 22, 2022 at 1:45 pm

      ey klw hama rangalhah vx mashah hama ehaa majaa ehcheh liyevijjethr? masheh nudhenahurin.. haha eii manje kairin dhas kohfa ey brww.. be proud!!!
      arrn hama rangalhah thi buny.. dhn neiy iraadha kurevviyyaa maaka gina dhuvahehe..
      haha arrn ma mee gadha meehekey abadhuvx.. ihah dhhu vx claahuga oiy dhandigandeh.. mashaa knms firihen sorakaa eyah dhemy.. gadha vany kaakuthw balan vgn.. klw e soru ulhuny furathama 1 athun e dhamaalan ingey.. klw 2 athun dhamaigen vx mashah vure gadha eh nuvi ennu… kada vx vefa hury.. lolll.. arrn ma govaigen dhahchey.. laahikeh noon manje aa dhimaalah balaivx laakah.. hoon hoon biryani dheefiyyaa heyo kandah eren jehunas (ma nulaahiku mollhu vaaney fathan) lmaooo..
      haha arrn soalihu vefeemey..
      arrn e dheythi haadha haa ey dhw jessun body.. hama kavvalhah laan v.. huvaa mi buny.. arrn kaan vaane ingey.. nudheynan ekakahvx.. (klw same same lolll)
      klw vhk submit kohfin reyga.. adhis up eh nuvey.. aattey avas kuri vareh othy
      awww ameee babesssss
      byeeee

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 21, 2022 at 11:32 pm

    Reply for @Ey Brw
    Shukran shukran dharifulhaa❣️
    Ahaa yes yes next part avas kohleveyne Insha Allah?

Comments are closed.

Next Episodeތީ އޭ ހަނދަކީ 7←


All Right Reserved!