Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (2)

lamhus Level 910 Stories100 Login500 Login100 Stories100 Comments
May 21, 2022 3 Mins Read
0 Comments

އަބޫބަކުރުގެ ވަނަވަރާއި އޭނާ ރަށަށް އައި ބޭނުން، އޭނާއާ ސުވާލުކުރިމީހުންނަށް އެނގިގެން ދިޔައެވެ.އޭނާއަކީ އަލަށްވެސް ކައިވެންޏެއް ކޮށްފައިނުވާ މީހެއްކަމާއި، އަދި އެރަށަށް އޭނާ އައީ ދޯންޏެއްގައި ކަމުން، އެއީ ވަރަށް މުއްސަނދި މީހެއްކަން އެމީހުންނަށް އެނގިގެންދިޔައެވެ.އަބޫބަކުރުގެ ވާހަކަ ރަށުގެ އެއްބަޔަކު އަނެއްބަޔަކަށް ކިޔައިދެމުންގޮސް އޭނާގެ ވާހަކަ މުޅިރަށުތެރެއަށް ފެތުރުނެވެ.އެވާހަަކަތައް ޚަދީޖާގެ ކަންފަތުގައިވެސް ޖެހުނެެވެ.އެންމެންވެސް ދައްކަމުންދިޔައީ އަބޫބަކުރުގެ މުއްސަނދި ވާހަކައާއި އޭނާގެ އަމިއްލަ ދޯނީގެ ވާހަކައެވެ.އަދި އެއީ މާލެ އުފަން ރައްޔިތެއްކަމާއި އޭނާއަކީ ކައިވެނި އަލަށްވެސް ކޮށްފައިނުވާ މީހެއްކަމެވެ.

އަބޫބަކުރުގެ ވާހަކަތައް އިވުމާއެކު ރަށުގެ ޒުވާން އަންހެންކުދިން އޭނާގެ ހިތް ފަތަހަ ކުރެވޭތޯ މަސައްކަތް ފެށިއެވެ.އެކަހަލަ މުއްސަނދި މީހެއްގެ އަތްބަކަށްވާން އެމީހުން ތިބީ ނުހަނު ބޭނުންވެފައެވެ.ފިރި ފުރާވަރަށް އަރާފައިވާ އަންހެންކުދިންނަށް އަބޫބަކުރުގެ ހިތް ޖެއްސުވޭތޯ އެކުދިންގެ މައިންބަފައިންވެސް އެކަމުގައި އެހީވެދިނެވެ.އެއީ އެކަހަލަ މުއްސަންޖަކާ އެމީހުންގެ ދަރިން ދެވާ، މާލެ ކަހަލަ ތަރައްގ ީތަނަކަށް ދިރިއުޅުން ބަދަލުކުރުން އެއީ އެއިން ކޮންމެ މީހެއްގެވެސް އެދުން ކަމުގައިވާތީއެވެ.

ރަށުގެ އަންހެންވެރިން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.އެމީހުންނަށް އެއްވެސް ޝައުގުވެރިކަމެއް އަބޫބަކުރުގެ ނެތެވެ.އެހެންކަމުން އަބޫބަކުރުގެ ހިތް ފަތަހަކުރެވޭތޯ މަސައްކަތް ފެށި ބައެއްކުދިން މާޔޫސްކަމާއެކު އެކަން ހުއްޓާލަން ޖެހުނެވެ.

އަބޫބަކުރު ލިބޭތޯ ޒުވާންފުރައިގެ އަންހެންކުދިން މަސައްކަތްކުރަމުންދާއިރު، ޚަދީޖާ އޭގެ ދިމާ އިދިކޮޅެވެެ.އެހެންމީހުންނާ ޚިލާފަށް، އަބޫބަކުރު ލިބޭތޯ ޚަދީޖާ އެއްވެސް މަސައްކަތެއް ނުކުރާތާ، އެއީ ކިހިނެއް ހުންނަ ކާކުތޯވެސް ބަލާކަށް ޚަދީޖާ ނޫޅެއެވެ.ދުނިޔޭގެ މުއްސަނދިކަމަކީ އެއްވެސް ފައިދާއެއް ނެތް އެއްޗެއްކަން ޚަދީޖާ ގަބޫލުކުރެއެވެ.ޚަދީޖާ އެހެންއުޅޭތީ ރަށުގެ އަންހެންވެރިން އޭނާއާ ދިމާކޮށްވެސް ހަދައެވެެ.ފުރުސަތުގެ ބޭނުން ކުރުމަށާއި ނޫނީ އުމުރުދުވަހު ހުންނަންޖެހޭނީ އެކަނިވެރިކަންމަތީގައި ކަމަށް އެމީހުން ބުނެއެވެ.ނަމަވެސް އެބުނުންތަކަށް ޚަދީޖަާ ފަރުވާލެއް ނުބަހައްޓައެވެ.

**********

އާދައިގެމަތިން ރޯނުވަށަން ޖިފުޓިގަނޑު ބޭރުގައި ޚަދީޖާ އިން ދުވަހެކެވެ.ކުއްލިއަކަށް ފިރިހެން އަޑަކުން އޭނާއާ ގާތުން ސަލާމްގޮވާލި އަޑު ޚަދީޖާއަށް އިވިގެންދިޔައެވެ.އެއަޑަށް އިސްއުފުލާލާ ޚަދީޖާ ބަލައިލިއެވެ.ކުރިމަތިން ފެންނަންހުރީ ބީރައްޓެހި މޫނެކެެވެ.އެއާއެކު އެއީ ރަށަށް އަރައިގެން އުޅޭ އެންމެންވެސް އެކިޔާ އަބޫބަކުރުކަން ޚަދީޖާއަށް އެނގުނެވެ.އަބޫބަކުރުގެ ސަލާމް ޚަދީޖާ ބަލާގަތުމާއެކު، އޭނާގާތުން ފެންފޮދެއް ދިނުމަށް އަބޫބަކުރު އެދުނެވެ.އެހެންކަމުން ވަށަންހުރި ރޯނު ބެހެއްޓުމަށްފަހު ފެންތައްޓެއް ބަލާ އެތެރެއަށް ޚަދީޖާ ވަނެވެ.

ފެންތަށި ގެނެސް އަބޫބަކުރަށް ދިއްކޮށްލުމަށްފަހު ތަށި ނިމެންދެން އަބޫބަކުރު ކައިރީގައި ޚަދީޖާ މަޑުކޮށްލިއެވެ.ފެން ބޮއެނިމުމުން ތަށި ޚަދީޖާ އަތަށް އަބޫބަކުރު ދިއްކޮށްލީ ޝުކުރުއަދާކުރަމުންނެވެ.އެވަގުތު މެހެމާންދާރީ އަދާކުރުމުގެ ގޮތުން، އެގެއިން ކެއުމަށް އަބޫބަކުރަށް ޚަދީޖާ ދައުވަތު ދިނެވެ.އަބޫބަކުރު އެކަމަށް އެއްބަސްވުމުން އޭނާއަށް ކާން ތައްޔާރުކުރުމަށް ޚަދީޖާ އުޅުނެވެ.

ކާންހެދުމަށްފަހު، އެތެރެއަށް ވަނުމަށް ޚަދީޖާ އަބޫބަކުރަށް ބުނެލިއެވެ.އެވަގުތު އޭނާ އެތެރެއަށް ވަނެވެ.އަބޫބަކުރު ވަނުމުން އޭނާ އިށީންނަން ގޮނޑިދަމާލަދީ، ތައްޓައް ބޯފެންވެސް ޚަދީޖާ އެޅިއެވެ.ޚަދީޖާ އޭނާއަށް ވަމުންދާ މެހެމާންދާރީ ބަލަން ހިތްހަމަޖެހިފައި އަބޫބަކުރު އިނެވެ.

ކާންއިން އަބޫބަކުުރު ޚަދީޖާއާ ވަރަށް އަނގަތެޅިއެވެ.އެގެއިން އިތުރުމީހަކު ނުފެންނާތީ ގޭމީހުން ކޮބައިތޯވެސް އަބޫބަކުރު ޚަދީޖާ ގާތުން އެހިއެވެ.އެވަގުތު އާއިލާ މީހުން މަރުވިގޮތް އަބޫބަކުރަށް ޚަދީޖާ ކިޔައިދިނެވެ.އަދި އޭނާގެ ހަޔާތާ ބެހޭގޮތުންވެސް ކިޔައިދިނެވެ.އޭނާގެ އާއިލާ އެންމެން ދުނިޔެއިން އަލްވަދާއު ކިޔުމަށްފަހު އޭނާ އުޅެމުންދިޔަ އެކަނިވެރި ހަޔާތުގެ ވާހަކައެވެ.ޚަދީޖާގެ ވާހަކަތައްް އަޑުއަހަން އިން އަބޫބަކުރު އޭނާއާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ.

އަބޫބަކުރުވެސް އޭނާގެ އުފާވެރި އަދި ތަނަވަސް ހަޔާތާ ބެހޭގޮތުން ޚަދީޖާއަށް ކިޔައިދިނެވެ.ވަރަށް އިރު ވާހަކަދައްކަން ތިބުމަށްފަހު ޚަދީޖާ ގާތުން އަބޫބަަކުރު ސުވާލެއްކުރުމަށް އިޒުނަ ހޯދިއެވެ.ރަށުގެ އަންހެންކުދިން އޭނާއާ ހެދި އުޅޭކަން އަބޫބަކުރަށް ވަނީ އެނގިފައެވެ.ނަމަވެސް ޚަދީޖާގެ ފުށުން އެކަހަލަ ކަމެއް ނުފެންނާތީ އޭނާ ވަރަށް ހައިރާންވާ ކަމަށް ބުނެލިއެވެ.އަދި އޭނާ އުޅެނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެންތޯވެސް އަބޫބަކުރު އެހިއެވެ.

އަބޫބަކުރުގެ އެސުވާލަށް ޚަދީޖާގެ ޖަވާބު ވަރަށް ކުރެވެ.އޭނާ ބުނިހާވެސް އެއްޗަކީ މިފަނާވަނިވި ދުނިޔޭގެ މުއްސަނދިކަމަކީ އެއްވެސް އަގެއްނެތް ވަގުތީ އެއްޗެއްކަމެވެ.އަދި ދުވަހަކުވެސް މީހަކާ އެފަދަ ގުޅުމެއް ބާއްވާފައި ނުވާނެކަމަށްވެސް ޚަދީޖާ ބުންޏެވެ.ޚަދީޖާގެ އެޖަވާބު އަޑުއިވި އަބޫބަކުރަށް އޭނާ ވަރަށް ކަމުދިޔައެވެ.އެހެންކަމުން ވިސްނާލުމެއްވެސް ނެތި ވަގުތުން އޭނާގެ ގާތުން ކައިވެންޏަށް އަބޫބަކުރު އެދުނެވެ.

ހިނދުކޮޅެއްގެ ތެރޭގައި ދިމާވި ގޮތްނޭނގޭ ޒުވާނަކު ކުއްލިގޮތަކަށް އޭނާ ގާތުން ކައިވެންޏަށް އެދުމުން، ޚަދީޖާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ.ވަގުތުކޮޅަކު ހިމޭނުން އިނުމަށްފަހު ވިސްނާލާފައި ޖަވާބެއް ދޭނަންކަމަށް ޚަދީޖާ ބުނެލިއެވެ.އެއްދުވަހުގެ މުއްދަތެއް ވިސްނަން ދިނުމަށްފަހު އަބޫބަކުރު އެގެއިން ނިކުތެވެ.އަބޫބަކުރު ދިއުމުން އޭނާއާ މެދު ޚަދީޖާ ވިސްނާލިއެވެ.

އަބޫބަކުރަކީ ބަލައިލަން ހުތުރު މީހެއްނޫނެވެ.ހަމައެހެންމެ އޭނާއަކީ ހިތްހެޔޮ، މީހުންނަށް އޯގާތެރި މީހެއްކަން އަބޫބަކުރުގެ ވާހަކަތަކުން ޚަދީޖާއަށް އިހުސާސްވިއެވެ.އަބޫބަކުރު ދަމުންދިޔައީ، އޭނާގެ މީހަކަށް ޚަދީޖާ ވެއްޖެނަމަ، ދުވަހަކުވެސް ޚަދީޖާ ދެރަވާނެފަދަ ކަމެއް އަބޫބަކުރުގެ ފުށުން ނުފެންނާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.އަބަދަކު އެކަނިވެރިކަން މަތީގައިވެސް ނޫޅެވޭނެކަން ޚަދީޖާއަށް އެނގެއެވެ.އެހެންކަމުން ވަރަށް ވިސްނުމަށްފަހު އޭނާއާ ކައިވެނިކުރަން ޚަދީޖާ ނިންމިއެވެ.

**********

އެއްދުވަސްފަހުން އަބޫބަކުރު ޖަވާބު ހޯދަން އެގެއަށް އައެވެ.ޚަދީޖާގެ ދުލުން އާނ ބަސް އަޑުއިވުމުން އަބޫބަކުރު ވަރަށް އުފާވިއެވެ.އެދުވަހަކީ އޭނާ މާލެދާންވެސް ހަަމަޖެހިފައިވާ ދުވަސްކަމުން، އަބޫބަކުރު ފުރީ ޚަދީޖާވެސް ގޮވައިގެނެވެ.މާލެ ދެވުމާއެކު އެދެމީހުންގެ ކައިވެނި ވަގުތުން ކުރެވުނެވެ.އަބޫބަކުރެކޭ އެއްފަދައިން އޭނާގެ މައިންބަފައިންވެސް ޚަދީޖާއަށް ވަރަށް ރަނގަޅެވެ.ޚަދީޖާމެނަށް އެދެމީހުން ވަރަށް ހޫނު މަރުހަބާއެއްވެސް ކިއެވެ.

ޚަދީޖާ ހީކުރީ ތަނަވަސް ބައެއްކަމުން ކިބުރުވެރިގޮތް އެމީހުންގެ ގައިގައި ހުންނާނެކަމަށެވެ.ނަމަވެސް ކަންތައްވީ އޭނާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ.އަބޫބަކުރުވެސް އަދި އޭނާގެ މައިންބަފައިންވެސް ޚަދީޖާއަށް ވަރަށް ހެެޔޮއެވެ.އެހެންކަމުން ޚަދީޖާ ވަރަށް ހިތްހަމަޖެހުނެވެ.

***********

ދުވަސްތައް ފާއިތުވަމުން ގޮސް ޚަދީޖާމެންގެ ކައިވެންޏަށް އަހަރެއްވީތަނާ އާނިމަށް ޚަދީޖާ ބަލިވެ އިނެވެ.އޭނާ މާބަނޑުވުމުން ފިރިމީހާއާ ފިރިމީހާގެ މައިންބަފައިންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުން އިންތިހާ ދަރަޖައަށް އުފުލިގެންދިޔަ ފަދައެވެ.ފިރިމީހާއާ އޭނާގެ މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިގެން ޚަދީޖާ ވަރަށް އުފަލުގައި އުޅުނެވެ.އެކަނިވެރިކަންމަތީ ޚަދީޖާ ވަނިކޮށް އޭނާ މާލެ ގެނެސް، އަބޫބަކުރުގެ ފުރިހަމަ ލޯތްބާއި އަޅާލުން އޭނާއަށް ދެމުންގެންދާތީ، އެކަމަށް އޭނާ އަބަދުވެސް އަބޫބަކުރަށް ޝުކުރުވެރިވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތި ލޯބި-15

Next

ތީ އޭ ހަނދަކީ 6

Next
May 21, 2022

ތީ އޭ ހަނދަކީ 6

Previews
May 21, 2022

ތި ލޯބި-15



All Right Reserved!