ވައުދޭ ވެވޭ މީ… 18
އެންމެންވެސް ހީ ނިމުމުން އަޔާނީ އެންމެން އެތަނަށް ގެނައި ސަބަބު ބުނެދިނެވެ. އަދި އޭނާއަށް އެކަމުގައި ކުޑަކޮށް އެހީއެއް ވެދޭން ބުނެލިއެވެ. ޒައްޔާންގެ މައިންބަފައިންގެ ކުރިމައްޗަށް ދާން އޭނާ ނުތަނަވަސް ވަމުން ދާތީ އޭނަގެ އެންމެ ގާތް މިތުރުންނާއި އެކަމުގައި އޭނާއަށް އެހީ ވެވޭނެ މީހުން އެއް ކުރީއެވެ. އެކި މީހުންނަށް އެކި ކަންތަށް ބަހާލިއެވެ. އަދި ކޮންމެ މީހަކުވެސް މިރެއަށް ވާން ވާއިރަށް އެންމެ ފުރިހަމައަށް ރެޑި ވެވެން އޮތް ވަރަކަށް ރެޑީ ވުމަށް ބުންޏެވެ.
༺✿އަށާރަ ވަނަ ބައި✿༻
އިރުއޮއްސެން ވީއިރު އެންމެންވެސް އަޔާނި ތައްޔާރުކޮށް ނިންމައިފިއެވެ. ކުރަންވީ ކަންތަކާއި ބުނަންވީ އެއްޗިއްސާއި އެހެނިހެން އެއްޗެހި ކިޔައިދީ ހުރިހާ ކަމެއް ކޮށް ހެދީ އަޔާނީ ބޮޑު އިމްތިހާނަކަށް ފޮނުވަން އޭނާގެ މައިންބަފައިންނާއި އާއިލާ އުޅޭނެ ފަދައިންނެވެ. އަޔާނީގެ މޭކަޕްގެ ކަންތަކާ އީވާ ހަވާލުވެ، އެކަން ވަރަށް ފުރިހަމައަށް ކޮށްފައި ވެއެވެ. މާހީ އާއި ޒައިހާ އެދެމީހުން އޮންލައިކޮށް ބައިވެރިވި ކުޑަ ފެޝަން ޑިޒައިނިން ކޯހަކުން ދަސްކުރި އެއްޗިހީގެ ބޭނުން ހިފައި އަޔާނީއަށް އެކި ހެދުންތަށް ބޭނުންކޮށްގެން އައުޓްފިޓެއް ތައްޔާރުކޮށްލިއެވެ. އަށެއް ޖަހަންވީއިރު އަޔާނީ ހުރީ ޒައްޔާން އަށް ގުޅައިގެންނެވެ. އަށްގަޑި ބަޔަށް ދާން އޮތް ރެސްޓޯރެންޓަށް ދާން ގަޑިކިޔުނެވެ.
ލާފައި ހުރި މަޑު އަޅިކުލައެއްގެ ވްރެޕް ހެދުމަށް ކުދި ކުދި ބަދަލު ތަކެއް ލާފައި ވުމުން ތަފާތުވެފައި އަޔާނީގެ ހަށިގަނޑާއި ގުޅެއެވެ. ފަސްބަޔަށް ރޫޖައްސާފައި ފޮތިގުޅުވާފައި ހުރުމުން ހެދުން އިންނަ ވަރަށް ވުރެން ދިގު ކަމަށް ދައްކައެވެ. އަޅި ކުލައެއްގެ ދެ އިންޗި ހީލްގައި ވެސް ހެދުމާއި ގުޅޭނެހެން މާހީ އާއި ޒައިހާ ހެދުމުގައި ވީ ކުލައިން ފޮތި ލާފައި ވާ އިރު އަޔާނީގެ ހުދު އަތްދަބަސް ވެސް އެދެމީހުން ވަނީ ސްކާފެއްގެ އެހީގައި އަޔާނިގެ މުޅި އައުޓްފިޓާއި ގުޅުވާލާފައެވެ. މަލަކާ އާއި ޒިވާ އަޔާނީގެ އިސްތަށިގަނޑު ކުރިމަތިން ފަށްފަށަށް ވާ ގޮތަށް ގަތާލާފައި ފަހަތަށް މެސީ ބަން އެއް ޖަހާފައި ވިއެވެ. 8:15 ވާން ވި އިރު އަޔާނީ ހާސްވެގެން ދެކޮޅަށް ދުވަން ފެށުމުން އޭނާ މައިތިރި ކުރުން ވީ ފުދޭވަރަކަށް އުނދަގު ކަމަކަށެވެ. ޒައްޔާންގެ މައިންބަފައިން އޭނަޔާ ނުރުހިދާނެތީ އެކަމާ ހާސްވެގެން އަޔާނީ ހީވަނީ ދެފަޔަށް ހިނިއަރައިގެން އުޅޭހެންނެވެ. އެއްތަކު މަޑެއްކޮށް އިށީންދެލައިގެން ނީނދެވެއެވެ.
ޒައްޔާން އޭނާގެ މަންމަމެންނާއި އެކު ރެސްޓޯރެންޓަށް ދާން މިސްރާބު ޖަހައިފި ކަމަށް ގުޅާފައި ބުނުމުން އަޔާނީ އޭނާގެ މަންމަމެންގެ ކޮޓަރިއަށް މިސްރާބުޖެއްސެވެ. މަޑުމަޑުން ކޮޓަރި ދޮރުގައި ޓަކި ޖަހާލުމާއިއެކު އެތެރެއިން އަފްސީން ވަންނާށޭ ގޮވާލިއެވެ. އަޔާނީ އެތެރެއަށް ބޯ ދިއްކޮށްލި އިރު އަޔާޒް ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ އިސްތަށިގަނޑު ރީތި ކުރަން ހުއްޓެވެ. އެނދުމަތީ އަފްސީން އަޔާޒްގެ ހަރަކާތް ތަކަށް ބަލަން ހެވިފައި އިނެވެ. އަޔާނީ އަށް އޭނާގެ މަންމަ އާއި ބައްޕަގެ ދެމެދު ވީ ލޮތްބަކީ ފޮރުވިފައި ވާ އެއްޗެއް ނޫނެވެ. މުޅިންވެސް ޒިވާމެން އެ ދެމަފިރިން އުޅޭލެއް ލޯބިކަމުގެ ވާހަކަ އަޔާނީގެ ކައިރި ދައްކައެވެ. ޅައުމުރުގެ ދުވަސްތަށް ކެނޑި 40 ގެ ދުވަސްތަށް ގުނަމުންދާ މި ދެމަފިރިންނަށް ލިބިފައިވި ހަމަ އެކަނި ކުއްޖަކީ އަޔާނީއެވެ. މަޑުމަޑުން ކޮޓަރިއަށް ވަން އަޔާނީ ފެނި އަފްސީންގެ ދުލުން މާޝާﷲ އޭ ނުކުތެވެ. އެއަޑު އަޔާނީ އަށް އިވި އަފްސީން އާއި ދިމާލަށް ބަލާލާފައި ހިނިތުން ވެވުނެވެ. އަޔާޒް އޭނާ އާއި ދިމާލަށް ބަލާލުމުން މަޑު މަޑުން ފުންކޮށް ނޭވާއެއް ލާފައި މަންމަމެން ރެޑީ ތޯ އަހާލިއެވެ. އަފްސީންމެން ބޯ ޖަހާލުމުން އަޔާނީ އޭނާގެ މަންމަ އާއި ބައްޕަ ކައިރި ބައިޓްސް ރެސްޓޯރެންޓަށް ދިއުމަށް އެދުނެވެ. އަދި އެތަނުން އޭނާ އާއި ދިމާކުރުމަށް ބުންޏެވެ.
ޒައްޔާން އެގޭގެ ދޮށަށް އައިސް ގުޅި ވަގުތަށް ވީ އަޔާނީ އަފްސީންމެންގެ ކޮޓަރިން ނުކުތް ވަގުތަށެވެ. މަގުމައްޗަށް ނުކުތް އިރު ޒައްޔާން ވަށާލާފައި ތިބީ އީވާމެންނެވެ. އަވަހަށް އެމިހުން ފައްސާލާފައި ލަސްވެޔޭ ބުނަމުން އަޔާނީ ޒައްޔާންގެ ސައިކަލު ފަހަތަށް އެރިއެވެ. ހަޤިޤަތުގައި ބުނަނީ ނަމަ ޒައްޔާން އަށް ހުރެވުނީ އަޔާނި ފެނުމުން އާޝޯޚު ވެފައެވެ. އެއީ މި ދުނިޔެއަށް އުޑުން ވެއްޓުނު ތަރިއެއްފަދައެވެ. އާގަމަވެފައި ހުރެވެސް ޒައްޔާން އަޔާނީ ސައިކަލު ފަހަތަށް އެރުމުން އަވަސް އަވަހަށް ސައިކަލު ދުއްވާލާފައި ޖެހިގެން އޮތް ގޯޅިން އަޅާލިއެވެ. އީވާ މަލަކާ އަދި ދެން ތިބި ތިން މީހުން ވެސް އެ ދެމީހުން ދިޔަ ދިމާލަށް ބަލަން ހުރެފައި ފުން ނޭވާލެއް ދުކޮށްލެވުނީ އަޔާނީމެންގެ ގޭތެރެއިން އަޔާޒް އާއި އަފްސީން ނުކުތުމުންނެވެ. އެދެމީހުންނަށް އަޔާނި އާއި ޒައްޔާން އެކުގައި ތިބިތަން ފެނުނުކަމެއް އަދި ނުފެންނަ ކަމެއް ވެސް ނޭނގެއެވެ.
އެ ދެމަފިރިން އެ އަންހެން ކުދިންނަށް ހިނިތުންވެލާފައި ބަލައިގެން ގެއަށް ދިޔުމަށް އެދި ސައިކަލުގައި ބައިޓްސް ރެސްޓޯރެންޓަށް ދާން ދުއްވާލިއެވެ.
……….
ޒައްޔާން، ޒިޔާދު އާއި ދިމްނާ ރެސްޓޯރެންޓަށް ފޮނުވާލަމުން ކަންކުރަންވީ ގޮތް ކިޔައިދިނެވެ. އިރުކޮޅެއްތެރޭ އޭނާ ދާނެކަމަށްބުނެ ދިޔައީ އަޔާނީ ބަލައެވެ. އަޔާނީ ގޮވައިގެން ރެސްޓޮރެންޓަށް ދެވެން އޮންނަ އެންމެ ދުރު މަގުން ލާފައި އައިސް ރެސްޓޯރެންޓު ދޮރުމައްޗަށް މަޑުކޮށްލި އެވެ. އަޔާނީ ފޭބުމުން ދުރުގައި ސައިކަލު ޕާކުކޮށްފައި އެދެމީހުން އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ހިފާފައިވި މޭޒުދޮށަށް ދިޔައިރު ހީކުރިގޮތަށް އަފްސީން އާއި އަޔާޒް އާއި އެކު ޒިޔާދު އާއި ދިމްނާވެސް ތިއްބެވެ. ދެމީހުން އެކުގައި އައިސް އެމޭޒުދޮށަށް މަޑުކޮށްލުމުން އެ ދެމީހުންގެ މައިންބަފައިންނަށް އެދެމެދުގައި ވި ގުޅހުން ނަގައިގަނެވުނެވެ. އެހެނީ އެދެމީހުންވެސް ބުނެފައި ވަނީ އެދެމީހުންގެ ލޯބިވެރިޔާ އާއި އެމީހުންގެ މަންމަމެން ބައްދަލު ކުރުވާނެ ވާހަކަ އެވެ.
ދެ އާއިލާ އެކުގައި އެރޭގެ ކެއުން ކުރިއަށް ގެނދިޔަ އިރު ދެކެވެމުން ދިޔައީ އަޔާނީ އާއި ޒައްޔާން ކައިވެނި ކުރެވޭނޭ ދުވަހެކެވެ. ވީހާވެސް އަވަހަކަށް ކައިވެނި ކުރާ ވާހަކަ ބުނުމުން ޒައްޔާން ބުނެލި ޖުމުލައިން އެންމެންނަށް ވެސް ހައިރާންކަން ގެނުވިއެވެ.
” އަހަންނަކަށް ނެތް އެހާ އަވަހަށް އަޔާނީ އާ ކައިވެނި ކުރެވޭކަށް… އެކަމަކު އަހަރެންވެސް ބޭނުން ވީހާވެސް އަވަހަކަށް މިކަން ކުރަން… އަސްލު މި ބުނަން މިއުޅެނީ… ބައްޕަގެ ރައްޓެއްސެއްގެ އެހީގައި އަހަރެން އޮންނާނީ ސިފައިންގެއަށް ވަންނަން ސިޓީ ލާފަ… މީގެ ދެދުވަސް ކުރިން އެތަނުން ގުޅި… ބޭނުންވާ މައުލުމާތު އެމީހުންނަށް ދިނިން… މިއަދު ހަވީރު ގުޅާފަ ބުނީ މިއަންނަ މަހު އޮތް ޓްރެއިނިން އަށް ޖޮއިން ކުރެވިފަ އޮތް ވާހަކަ… އެއީ އަދި ބޭރުން އޮތް ޓްރެއިނިންގ ގްރޫޕްގެ ވާހަކަ…” މި ވާހަކަ އަޔާނީ އަށް އިވުމުން ބޭއިޚްތިޔާރުގައި އެއީ ކިޔާ ދުވަހެއްތޮ އަހާލެވުނެވެ.
” އެއީ އާރމީ ބޭސިކްސް، އެއަރ ފޯސް، ކޯސްޓް ގާރޑް، ނޭވީ ބޫޓް ކޭމްޕް އާ ދެން މެރައިން ކޯރޕްސް ރިކްރުއިޓްއާ މި ހުރިހާ އެއްޗެއް އެއްކޮށް… ދެން ނަގާނެ އަހަރެއް ހާ ދުވަސް.. ޔާނީ އަށް އިނގޭނެ އަހަރެން މިލިޓަރީ ޓްރެއިނިންގ އަށް ދާން ބޭނުން ވާ ވަރު… މީނަ ރުޅިވެސް އަންނާނެ އޭނާ ދުރަށް ދާން ޖެހޭނެއޭ ކިޔާފަ.. އަސްލު އަހަރެންވެސް ދެރަ ވޭ… ހިތަށް އަރާ އެބަ ޑެކްލައިން ކުރަން…” ” ނޫން… އޯކެ ޑެކްލައިން ނުކުރިޔަސް… އަހަރެން އިންތިޒާރު ކުރާނަން ޔާން އަންނާނެ ދުވަހަކަށް… މީ ޔާން ބޭނުންވެގެން އެންމެ ޑްރީމް ކުރި ކަމަކީ… މަންމަމެން އޯކޭ ވިއްޔާ ޔާންގެ ޓްރެއިނިންގ ނިންމާފަ އަހަރުން މެރީ ކުރާނީ…”
އަޔާނީ ޒައްޔާންގެ އެންމެ ފަހު ޖުމުލަ އަޑު އިވިފައި އޭނާގެ ފަހުގެ ނިންމުން ނިންމުނެވެ. އަންނަ މަހު ޒައްޔާން ފުރަން ވާއިރަށް ކުރީބައިގައި ތާރީޚާއި ހުރިހާކަމެއް ނިންމަން ދެމީހުން ކަނޑައެޅިއެވެ. އެރޭގެ ކެއުން ދެއާއިލާ އެއްކޮށް ހޭދަކުރީ އެފަދަ ހާލެއްގައެވެ.
ހަވީރުގެ ވަގުތެވެ. މާލެއިން ފުރައިގެން ރަށަށް އަންނަމުން ދިޔަ ލޯންޗު އޮޑިދޯނި ފަހަރުތަކުން ފައިބަމުން ދިޔަ މީހުންއިން ރަށުގެ އަތިރިމަތި ހަލަބޮލި ކުރުވަމުން ދިޔައެވެ. އަހަރުގެ ފަހުކޮޅާއި ޖެހެމުން ދާތީ ރަށަށް ޗުއްޓި ހޭދަކޮށްލުމަށް އަންނަ މީހުންގެ އަދަދު ގުނާނުލެވެއެވެ. ރަށުގެ ރައްޔިތުން މުޅި އަތިރިމައްޗަށް އެއްވެފައި އޮންނަ ވަރަށް ވުރެން ބޮޑަށް އެ ތަން ވަނީ ތޮއްޖެހިފައެވެ.
ފެރީ އިން ފައިބައިގެން އައި އަންހެން ކުއްޖާއަށް ދިޔައީ އަތިރިމަތީގައި ތިބި ގިނަ މީހުންގެ ލޯތަށް ހުއްޓެމުންނެވެ. އެހާ ބައިވަރު މީހުން މުޅި އެތަނުގައި ތިބި އިރު ވެސް އެ އެންމެންގެ ތެރެއިން އެ އަންހެންކުއްޖާ ފާހަގަ ވާން ހުރީ ކަޅު ފޮތިގަނޑަކުން ހުދު ބޮޅެއް ފެންނާނެހާ ފަސޭހައިންނެވެ. ގަޔަށް ފިޓްކޮށް ހުރި ސްވެޓާ ފާޑަކަށް ހުރި ކަޅު ޓާޓަލް ނެކް ޓޮޕްކޮޅާއި އައިސްބްލޫ ހައިހިޕް ޖިންސުގައި ފެންނަލެއް ޗާލެވެ. އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު މޫނަށް އިސްތަށިތަށް ނުވެރި އެ ހައްޔަރުވެފައި ވަނީ ސްކާފަކުންނެވެ. އަރާފައި ހުރި ހުދު ބޫޓުން ސާދާ ގޮތެއް ހުއްތަކަސް މޫނުމަތިގައި އުނގުޅާފައި ހުރި މޭކަޕްގެ ސަބަބުން އަސްލު ގެއްލިފައި ވެއެވެ.
ދުރުގައި ހުރި ނާއިފް ހަނާއަޅާލުމުން އެ އަންހެން ކުއްޖާ އެދިމާލަށް ހިނގައިގަތީ އަތުގައި އޮތް ފިޔާތޮށި ލޯކޮޅުލީ އައިނު ލޮލުގައި އަލުވަމުންނެވެ. ނާއިފް އާއި އަރާ ހަމަ ވާން ވީއިރު ނައިރާގެ ލޮލުގައި އަޅައިގަތި އެއްފަރާތެއްގައި ފޯނުން ވާހަކަ ދައްކަން ހުރި އަޔާޝްއެވެ. މާން ފުން ބެލުމަކުން އަޔާޝް އާއި ދިމާލަށް ބަލަން ހުރެފައި ނައިރާ ނާއިފް އާއި ދިމާލަށް ބަލައިލި އިރު އެ ތުންފަތް ވަނި އެއްފަރާތަކުން ދަމާލެވިފައެވެ.
” ކޮބާ؟… ތި ފޮށި އެކަނި؟.. އިތުރު އެހެން ލަގޭޖް އެއް ނުގެންނަން؟… ނާއިފް ނައިރާގެ ކައިރި ހުރި ފޮށި ނަގަމުން ނައިރާ އަށް ބަލާލާފައި ސުވާލުކޮށްލިއެވެ. މަޑުމަޑުން ނައިރާ ބޯޖަހާލި އިރު އޭނަ ހުރީ އެ ވީ ހިނދުކޮޅު ތެރޭވެސް ފޯނުން ރަށުގެ އެ ސަރަހައްދުން ސްނެޕް އެއް ނަގައިގެން އޭތި އެޑިޓް ކުރާށެވެ. ނާއިފް އެ ފޮށި އަޔާޝް އަށް ދީފައި އިއަންމެން ގެއަށް ގެންދަން ބުންޏެވެ.
އަދި އެތާނގައި ޕާކުކޮށްފައި ހުރި ޒައްޔާންގެ ސައިކަލަށް އަރަން ނައިރާ ކައިރި ބުންޏެވެ. ލަސް އަދި ތުއި ހިނގުމެއްގައި ނައިރާ ނާއިފް ބުނި ސައިކަލަށް އެރި މަންޒަރު ފެނި އަޔާޝްއަށް ހުރެވުނީ ދެލޯ ތަންމިނަށް ހުޅުވައިގެން ދެބުމަ ބޮލުގެ މެދަށް ލައިގެންނެވެ. އެހާ ތުއިކޮށް އުޅޭ މީހުންވެސް މި ރާއްޖޭގައި އުޅޭ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ސިކުނޑިއަށް ވެރިވަމުން ދިޔަ ހިޔާލުތަކުން އެއްފަރާތް ވާން ދެފަރާތަށް ބޯ ހޫރުވާލާފައި އަޔާޝް ސައިކަލު ދުއްވާލިއެވެ.
ގެއަށް ވަން ނާއިފް، ނައިރާ އަދި އެ ދެމިހުންގެ ފަހަތުން ވަންނަން އައި އަޔާޝްއަށް ވެސް ދެބުމަ ގޮއްޖަހާލަމުން އެކަކު އަނެކަކަށް ބަލާލެވުނީ ގޭގެ ސިޓިންގ ރޫމުން މާ އަޑު ގަދަވެގެން އުޅޭހެން ހީ ވެގެންނެވެ. މާލެ މަގުމައްޗަށް މުޒާހަރާކުރަން އުޅޭ މީހުންނަށްވުރެން އެތެރެއިން އިވެމުން ދާ އަޑު މާ ގަދައެވެ. އޭގެ ތެރެއިން އެންމެ ގަދަޔަށް އިވެމުން ދަނީ ޒިވާގެ އަޑެވެ. އަޔާޝް އެތެރެއަށް ވަދެ ސިޓިންގ ރޫމަށް ބޯ ދިއްކޮށްލާފައި އެތެރޭގައި ކުރަމުން ދަނީ ކޮން ހަނގުރާމައެއްތޯ ބަލާލިއެވެ. އޭރު އެގެއަށް މުޅި ހަބީބީ ގޭންގް އެއްކޮށް ވަނީ އައިއްސަ އެވެ. މަދީ ހަމައެކަނި އޭނާއެވެ.
” އޭ ކައެމެން މަ ނުލާ ކޮން ބަހުސްއެއް ތި ކުރަނީ… އަނެއްކާ މިހިރަ މީހަކު ވިޝާމް އަށް ޕުޑިން ގަނޑެއް ފިހަން ލީތަ؟؟… ވަސްގަނޑު ހުރޭ މި މަގު ކޮޅަށްވެސް…” އަޔާޝް އެތެރެއަށް ވަންނަމުން ވިޝާމްގެ ކައިރީ އިށިންދެގެން އިން ޒިވާ އާއި ދިމާކޮށްލިއެވެ. ވަގުތުން ޒިވާ ތުންގަނޑު ދަމާލާފައި އަޔާޝްއަށް ރައްދުގެ ބަސް އެއްލިއެވެ. އޭރު ނާއިފް އާއި ނައިރާ ހުސްކޮށް ހުރި ސޯފާ ގޮނޑީގައި ކުޅިބަލަން ތިއްބެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އެދެމީހުން ފައްޓާނެ ތިން ހާސްވަނަ ބޮޑު ހަނގުރާމައަށެވެ.
“މަށަށް އެއްޗިހި ނުކިޔާ ތިހިރަ ހައްވަ ދައިތަގަނޑާ ދިމާލަށް އެއްޗިހި ކިޔާބަލަ… ދެންމެވެސް އުޅޭ އޭނަގެ ޔާޝް ނައިސްގެން.. ދެންވެސް އޭނަގެ އުނގަށް އެރި އޮތީމަ ނިމުނީނުން…” ޒިވާ ބުނެލި ބަހަށް ރައްދެ ދޭކަށް އަޔާޝް ނެހެދިއެވެ. އީވާ ކައިރި އިން އިޔާޝްގެ ބޮލުގެ ފުއްކިބައިގައި ޖަހާލުމަށްފަހު ބުމަ އަރުވާލިއެވެ. އިޔާޝް ހީގަތުމަށް ފަހު ތެދުވެގެން ގޮސް ނާއިފްގެ ކައިރިން ހުސްކޮށް އިން ތަންކޮޅުގައި އިށީންނި އެވެ. އިޔާޝް ތެދުވެގެން ދިޔުމުން އަޔާޝް ސޯފާ ގޮނޑީގެ އަތްގަޑުގައި އިށީންދެލާފައި އީވާގެ އުނގަށް ވާގޮތަށް ވެއްޓިގަތެވެ. އެންމެން އެކީހެން ހޯބޯ ލައްވަން ފެށުމުން އީވާ އަށް ކުރެވުނު ހާވެސް ކަމަކީ އިސްޖަހާލަމުން ނޭފަތުން ތިރީގައި އަތް އަޅާ ފޮރުވާލުމެވެ. އޭރު މުޅި މީހާ ލަދުން ވިރެނީ އެވެ.
“ޕުޑިން ބުނީ ޑާލިންގެ އުނގަށް އެރި އޮންނަން، މިހާރު މިއޮތީ އޮށޯވެގެން… ދެން އެއްޗެކޭ ކިޔާބަލަ… ” ލަދުން ވިރެމުންދިޔަ އީވާގެ މޫނުން އަތް ނަގަމުން އަޔާޝް ބުނެލިއެވެ. އެއާއި އެކު އެތަނުގައި އަނެއްކާވެސް ގުގުމައިގެން ދިޔައީ ދެންތިބި މީހުން ހޯބޯ ލެއްވުމުގެއަޑާއި އެކު، ޑާލިންއޭ ކިޔާ ގޮވައިގަތް އަޑެވެ. އީވާ އަށް އަޒްލީނާ އެވަގުތު ގޭގައި ނޫޅޭ ކަމަށް ހާސްފަށުން ހަމްދު ކުރެވުނެވެ.
ހީލުން ތި ފޮރުވީ ލަދުން ހޭ…
ތި ރީތި ފަރިކަން ރުހޭ،…
ހީލުން ތި ފޮރުވީ ލަދުން ހޭ…
ތި ރީތި ފަރިކަން ރުހޭ…
ބުނެދޭން ވީ މިހާރު… ވާތީ ހިތަކު ލޯބި މަންމަން ވެފާ…
ހީލުން ތި ފޮރުވީ ލަދުން ހޭ…
ތި ރީތި ފަރިކަން ރުހޭ..
އަޔާޝް އީވާގެ މޫނަށް ބަލަން އިދެ ލަވައެއްގެ މައިގަނޑު ކިޔާލިއެވެ. އިތުރަށް އީވާ ލަދު ގަތުން ނުން ކަމެއް ނުވިއެވެ. މުޅި މުނަށް ޖަންބުކުލަ ވެރިވެގަތެވެ. ހިތާހިތުން ކުދި ކިޔާލެވުނީ ދެން ދުވަހަކު މި ފެށުނު ވާހަކަ އެއް ނުހުއްޓޭނެ އޭ ކިޔަމުންނެވެ.
އެންމެން އެކަމާ އެ ދެމީހުންނާއި ދިމާކުރަމުން ދިޔައިރު އެ އެންމެންގެ ތެރެއިން އެކަމާ ގަޔާނުވެ ރުޅިމޫނު ހަދައިގެން ތިބީ މިޝްކާ އާއި ނައިރާއެވެ. މިޝްކާގެ ނަޒަރު ހުއްޓިފައި ވަނީ ޒިވާ އާއި ވިޝާމް އަށެވެ. ހަމަ އެފަދައިން ނައިރާގެ ނަޒަރުވަނީ އީވާގެ އުނގުގައި ބޯ އަޅާލައިގެން އޮތް އަޔާޝް އަށެވެ.
އެދެހިތުގައި އުތުރި އަރަމުން ދިޔައީ ނިމުމެއް ނުވާނޭ ނަފްރަތެވެ…
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




OHHH EMMM JEEEEEE!!!!!
HAADHA REEHCHEYYYYYY!!! BRWWW NO WORDS.. IT’S JUST THE DEFINITION OF PURE PERFECTION!!!♥️♥️♥️
oh wait why am I shouting…? Nvm
Anyways BRWWW
My fvrt scene is that ayaash nd eeva’s darling scene ingey ??..idk why but I found that scene nd dialogue the cutest nd funniest..
Ey e naira goyye aa mishka manje kairi buney maithiri araigen hunnaashey.. buriyah baaru ehchehi laigen 8 elhiyas vishaam aa ayaash eh nulibeyney buney..dhn emeehunnaa dhimaalah balailiyas jahaa dheloa nagaa athah dheynan..hurebala balan..
Ey ma buny ekm manje haadha molhey dhw alhe..pss pss..lwbi kannn mi story??♥️♥️?..
Hoan ey dhn kendy ey nidhan..byee..gud nyt brothaaa!!?
In reply to @Nayaa
eyy manjey haadha baarah thi halheyyy lavanee…..??? ??im deaf mihaaru
hoan halhey keh noon thi leveny akee….
darlin scene dhw.. brww eii hama asleyyy… e meehaku ulhey gothuge vaahaka rangalhu vaanee nubuniyyaa…. aaan e dhemeehun vx eii hessah cute koh ulhey dhemeehun reality ga….. mulhin vx konmeves kos kamakaa ulheynee??…
bunyas bunaa bas ahaanama thaa… 88 alhamun dhiyas kihineh ingeny kaamiyaabu vaanekameh nuvaane kamehh…..???
eyy thee loluge docter ehtha.. loa nagaafa athah dheyn… lollll
eyy broo mi storyy tha labi vee nooni ma thaa…??????????????
ehehehe ma dhenme school in mi aiee so its already noon so i cant say good night ok bye….. loves yahhh too
eyy madhehh brothaaa eyyyyy…. ok ma firihanakah vejjee yoo yayyyyyy??? ok byeeee
eyyyyy manje ge adu vaki mady thr? eyynnn??!
lmao dhn emeehaku kairi buney vrh lwbi ey ehn veeru ulhey goiy.. abadhuvx gf ah treat kohdheyshey egothah.. alhe mashah vx ekahala meehaku libeyne nama kn fadha dhwww..adhi hama dhimaa nuvey ekahala meehakaa.. brw now “that person” be like “am i a joke to u?” lmao ingey dhw kaaku kan.. hahahahaha.. srsly its soooo funny
nuvaane kaamiyaabeh.. mi buneenu nuvaaney
nooney mashaky anhenunge haassa doctor eh..lol.. ey manje ekkala soraa indhegen bandu bodu v ma annahchey ingey magey kairiyah.. lol
klw mi story vx manje vx hama vvv lwbi.. ok nu?? haha
yeeeee love ya moooooorrreeeeeeeee
hahahahahaha aaannnnn klwwwwww.. lol yee.. baai