Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސައްބީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 17, 2015 7 Mins Read
37 Comments

“އަފޫ…..” ވަރަށް ކައިރިން އިވުނު ފިރިހެން އަޑަކާއެކީ މީހަކު އޭނަގެ އަތުގައި ހިފާލިހެން ހީވި ވަގުތު އަފްރީންއަށް ތެޅިގަންނަމުން އޭނަގެ އަތް ދަމައިގަނެވުނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު މެއަށް ފިނިވިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ޔުނިފޯމެއްގައި ހުރި ނުހަނު ރީތި ފިރިހެން ކުއްޖެކެވެ. އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގު އެ ޒުވާނާގެ ގައިގައިވީ އަލި ކުލައެވެ. ހަތަރެސްކަން ބައްޓަމެއްގެ މޫނެއް ހުރިއިރު އޭނަގެ ބާމަތި ފުޅަލެވެ. އޭނަ ހުރީ ފަޓުލޫނުގެ ޖީބަށް ދެއަށް ޖަހައި އެއްމިޔަކަނުން ހިނިތުންވެލައިގެންނެވެ. އޭނަގެ އިސްތަށިގަނޑު “ބަސްއަހާ” ކުއްޖެއް ފަދައިން ފުނާ އަޅާފައި ހުރި ގޮތުން އަފްރީންގެ ހަނދާނަށް އައީ ސިނާންއެވެ . ސިނާންގެ ނަން ހިތަށް ވަނުމުން އަފްރީންގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނައަށް ވަގުތުން ތިރި ބެލެން ފެށިއެވެ. އެއަށްފަހު ދުރަށް ހިނގައިގަތީ އެތާ ހުރި ޒުވާނާއަށް އޭނަގެ ނަން އެނގުނީ ކިހިނެއްކަމުގެ ޙައިރާންކަން މަތިން ހަނދާން ނެތުމުންނެވެ. އަފްރީން ފަސްދީފައި ދާތަން ބަލަންހުރި އެ ފިރިހެން ކުއްޖާގެ ހިނިތުންވުން ފަނޑުވިއެވެ.

 

އޮރިއެންޓޭޝަން ފެށި މާއްދާތަކއިބެހޭ މަޢުލޫމާތު ދިނުމަށްޓަކައި އެކި ކުދިން އެކި ބައިބަޔަށް ތަފާތު ކުލާސްތަކަށް ގެންދެވުނެވެ. އަފްރީން ގޮސް އޭނަ ދާން އޮތް ކުލާހަށް ވަތްއިރު އެއްވެސް މޭޒަކާއިނުލާ ރޭވިފައި ހުރި ގޮނޑި ބަރިތަކުގެ ތެރެއިން އެންމެ ފަހަތުގައި ނައުފާއާއި އަފްރީންއާއެކީ ކުރީގައި އުޅުނު އެހެން ދެއެކުވެރިން ތިއްބެވެ. ނައުފާ މެދުގައި އިންއިރު ތިން މީހުން އެކަކު އަނެކަކާ ސިއްރު ވާހަކައެއް ދައްކާފައި ހޭންފެށިއެވެ. އެ ހުނުމުގެ ތެރެއިން ނައުފާގެ ނަޒަރު ދޮރު ކައިރީގައި ހުރި އަފްރީންއަށް ހުއްޓުނެވެ. އަފްރީން ޖެހިލުންވުމަކާއެކީ ހިނިތުންވެލިއެވެ. ނައުފާ އޭނަ ނުފެންނަ ކަމަށް ހަދައި އަނެއްކާވެސް ކައިރީގައި އިން ކުއްޖާއާއި ވާހަކަ ދައްކަން ފެށި ގޮތުން އަފްރީންގެ ހިނިތުންވުން ފޭދުނެވެ. އޭނަގެ ހިތް ހިސާބަކަށް ދެރަވިއެވެ. ނައުފާ އޭނައާއި އެހާވެސް ދުރުވީބާއޭ ހިތަށްއެރިއެވެ. މި ދިޔަ ބޮޑު ޗުއްޓީގެ ކުރީކޮޅު ނައުފާ ދޭތެރެ ދޭތެރެއިން އޭނައާއި ޗެޓް ކުރިއެވެ. ޗެޓް ކުރާ ކޮންމެ ފަހަރަކު ނައުފާ ދައްކަނީ ފިރިހެން ކުދިންގެ ވާހަކައެވެ. އެހެންނޫނީ ކޮންމެވެސް އެއް ފިލްމެއްގެ ވާހަކައެވެ. އެއީ އަފްރީން އަޑުއަހަން ބޭނުންވާ ކަހަލަ ވާހަކަތަކެއްނޫނެވެ. އަފްރީން މަޢުޟޫއު ބަދަލުކޮށް އޭނައަށް އެނގުނު ޤުރުއާނުގެ ރީތި އާޔަތެއްގެ ވާހަކަ ދައްކަން އުޅުމުން ނައުފާ ފޫހިވެއެވެ. ކަންތައް މިހެން ވަމުން ގޮސް އެދެމީހުންގެ ދެމެދުގައި އޮތް ގުޅުންވަނީ ހީނަރުވެފައެވެ ނައުފާ އަފްރީންއަށް ކިތަންމެ ނުރުހުން ވިޔަސް އަފްރީން ނައުފާއަށް ނުރުހުންވާކަށް ބޭނުމެއްނުވެއެވެ . އޭނަގެ ޙަޔާތުގައި އެންމެ އުނދަގޫވި ދުވަސްތަކުގައި ނައުފާ އޭނައާއި އެކީގައިވިއެވެ ވީއިރު ދިރިއުޅުން ފަސޭހަވާނެ ގޮތެއް އޭނައަށް އުނގެނިފައިވަނިކޮށް އޭނަ ނައުފާއަށް އެ މަގު ނުދެއްކުމަކީ ރަނގަޅު ގޮތެއްނޫނެވެ.

 

އަފްރީން ގޮސް އިށީނީ ނައުފާމެން އިށީނދެގެން ތިބި ގޮނޑިބަރީގެ ކުރިމަތީގައި ހުރި ބަރީގައެވެ. އެމީހުންނާއި ކުރިމައްޗަށް ވާގޮތަށް އަފްރީން އިންއިރު އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އޭނައަށް އިވެމުން ދިޔައެވެ. ނައުފާގެ ކައިރީގައި އިން އަމާނީ ހުއްޓުމެއްނެތި ދައްކަމުން ދިޔައީ އޭނަ އަލަށް ރައްޓެހިވީ ލޯބިވެރިޔާގެ ވާހަކަތަކެވެ. އެ ވަގުތަށްޓަކައި އޭނަގެ ކަންފަތް ބީރުވި ނަމައޭ އަފްރީންގެ ހިތަށްއެރިއެވެ. އެ ވާހަކަތައް އަހަން ޖެހުމުން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ކުލާހަށް ކުދިން ގިނަވެ އަޑުގަދަވެގެން ދިޔުމުން ވެސް އަފްރީންއަށް އެމީހުންގެ އަޑު ސިއްރެއްނުވިއެވެ.

 

“ވޯވް….އެދަނީ ކާކުތަ؟” ނައުފާގެ އަނެއްފަރާތުގައި އިން ފަލަކް ބުނެލި އަޑު އިވުނެވެ. ނައުފާއާއި އަމާނީ ވެސް ކޮބައިހޭ ކިޔާލި އަޑު އިވުނެވެ. އަފްރީންއަށް ބޭ އިޚްތިޔާރުގައި ކުލާހުގެ ކުޑަދޮރު ބަރިއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ކޮރިޑޯ ތެރެއިން ހިނގާފައި ދިޔަ އެއްކަލަ ޒުވާނާ ފެނިފައި އޭނަ ސިހުންވާ ގޮތްވިއެވެ. އެ ޒުވާނާ ފިރިހެންވަންތަ ހިނގުމެއްގައި ކޮރިޑޯގެ ވަކި ހިސާބަކަށް ގޮސް ސީދާ އަފްރީންއަށް ބަލާލިތަނާހެން އަފްރީންއަށް ދުރަށް ނަޒަރު ހިންގައި އިސްޖަހާލެވުނެވެ. އެ ޒުވާނާ އޭނައަށް ބަލަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު މިރޭ އިރުކޮޅެއްކުރިން ވީ ކަންތައް ހަނދާންވެފައި އެ ޒުވާނާއަށް އޭނަގެ ނަން އެނގެނީ ކިހިނެއްތޯ ހިތް ސުވާލުކުރިއެވެ އެ ޒުވާނާއަކީ މީގެ ކުރިން އޭނައަށް ފެނިފައި ހުރި ކުއްޖެއްހެން އަފްރީންއަށް ހިއެއްނުވެއެވެ.

 

“އަހް…..ހޮޓީ ބެލީ އަހަންނާ ދިމާލަށްތަ؟” ފަލަކް އެ ފިރިހެން ކުއްޖާ ލޯމައްޗަށް ގެއްލުމުން ވެސް ކުޑަ ދޮރުބަރިއާއި ދިމާލަށް ބަލަން އިނދެ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބުނެލިއެވެ.

 

“އޭ އަހަންނަށް އެނގޭ އެއީ ކާކުކަން!” އަމާނީ ޖޯޝާއިއެކީ އެހެން ބުނެލި އަޑަށް ނައުފާއާއި ފަލަކް އެކީގައި ކާކުތޯ ސުވާލުކުރިއެވެ. އަފްރީންއަށް ވެސް އެ ސުވާލުގެ ޖަވާބަށް އިންތިޒާރު ކުރެވުނެވެ.

 

“އެއީ އެއްކަލަ……މޯލްޑިވިއަން ރީފޯމް ޕާޓީގެ ނައިބު ރައީސް އަމީން އެނގޭތަ؟ އެއީ އަމީންގެ ދަރިފުޅު.” އަމާނީ ބުނެލިއެވެ. ނައުފާ އެހެންހޭ އަހާލިތަނާ ކުލާހަށް މުދައްރިސަކު ވަދެގެން އައެވެ. އެއާއެކު ތިން މީހުން ހިމޭންވިއެވެ. އަފްރީން ވެސް ވިސްނުމެއްގެ ތެރޭގައި ހުރެ މުދައްރިސް ބުނާ އެއްޗަކަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.

 

މުޅި އޮރިއެންޓޭޝަން ތެރޭގައި އަފްރީންއަށް ދޭތެރެ ދޭތެރެއިން އެ ޒުވާނާ ފެންނަމުން ދިޔައެވެ. އަފްރީން އެޒުވާނާއަށް ބަލާ ކޮންމެ ފަހަރަކު އެ ޒުވާނާ ހުންނަނީ އޭނައަށް ބަލަހައްޓައިގެންނެވެ. އެ ޒުވާނާގެ ހިނިތުންވުންތައް އަފްރީންގެ ހަމަޖެހުން ނަގާފައިވިއެވެ. އެއްފަހަރަކު އެއްކުލާހުން އަނެއް ކުލާހަށް ބަދަލުވުމުގެ ތެރޭގައި އަފްރީން ގޮސް އެ ކުއްޖާގެ ގައިގައި ޖެހުނެވެ.

 

“ޔޫ އޯކޭ؟” އެ ޒުވާނާ ކަންބޮޑުވެފައިވާ މޫނަކާއެކީ އޮމާން އަޑަކުން އެހެން އަހާލި ގޮތުން އަފްރީންގެ ދެފައިން ވާގި ދޫވާން އުޅުނެވެ. އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެ ޒުވާނާ ފަހަނަޅައި ދާން ހިނގައިގަތީ ހިތާއި ދެކޮޅަށެވެ.

 

އޮރިއެންޓޭޝަން ނިމިގެން އަފްރީން ސްކޫލްގެ ގޭޓު ކައިރީގައި ހުރީ ޝަރީފް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެވަގުތު އޭނަގެ ސިކުނޑި ހުއްޓުމެއްނެތި މިރޭ އޭނައަށް ފެނުނު އާ މޫނުގެ މަތިން އޭނައަށް ހަނދާންކޮށްދެމުން ދިޔައެވެ. އެ ޒުވާނާއަށް އޭނަގެ ނަން އެނގެނީ ކިހިނެއްބާއޭ މެދުކެނޑުމެއްނެތި އަފްރީންގެ ހިތް ސުވާލު ކުރަމުން ދިޔައެވެ. އަފްރީން ދެބުމަ ކައިރިކޮށް ދެއަތް އުރައިގެން ހުއްޓާ ސައިކަލެއް އޭނަގެ ކައިރިން އައިސް ގޭޓުން ނިކުމެ އޭނަގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. އަފްރީން ހީކުރި ގޮތާއި ޚިލާފަށް އެ ސައިކަލު ކުރިއަށް ނުދިޔުމުން އޭނައަށް އިސްއުފުލައި ބަލާލެވުނެވެ. އެވަގުތު އޭނަގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނަގެ ކުރިމަތީގައި ހުރި ސައިކަލުމަތީގައި އިނީ އޭނަގެ ޚިޔާލުތަކުގެ ވެރިޔާއެވެ.

 

“ބަލާ ނާންނަނީތަ؟” ހިނިތުންވުމެއްގައިހުރެ ޒުވާނާ ސުވާލުކުރިއެވެ. އަފްރީންއަށް އިރުކޮޅެއް ވަންދެން ނަޒަރު ބަދަލުކުރާކަށް ނޭނގުނެވެ. އެ ފުން ކަޅު ދެލޮލުގެ ޖާދޫގައި ޖެހުނެވެ. ނަމަވެސް އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ތިރި ބަލަން ފެށިއެވެ.

 

“ލިފްޓެއް ދީފާނަން.” ޒުވާނާ އެހެން ބުނެލުމުން އަފްރީންއަށް އަނެއްކާވެސް އިސްއުފުލާލެވުނެވެ. ޒުވާނާ އެއްފަހަރު އަފްރީންއަށް އަނެއްފަހަރު އޭނަގެ ފުރަގަހުގައި ހުރި ހުސްތަނަށް ބޮލުން ޢިޝާރާތް ކޮށްލިއެވެ. އެއާއެކު އަފްރީން ކުއްލިއަކަށް ފޫހިވިއެވެ. އެ ޒުވާނާގެ ރީތި މޫނު ހުތުރު ސިފައެއްގައި ފެނުނެވެ. އޭނަ ހީކުރަނީ އޭނަ ބޭނުންހާ ކުއްޖަކު އެހާ ފަސޭހައިން އޭނަގެ އަތުތެރެއަށް ގެނެވޭނެހެން ހެއްޔެވެ؟ އޭނައަކީ އަދި ކާކު ހެއްޔެވެ؟ އެހެން އަންހެން ކުއްޖަކު އެ ރީތި މޫނުގެ އަވައިގައި ޖެހިގެން އެ ސައިކަލު ފަހަތަށް އަރާފާނެއެވެ. ނަމަވެސް އަފްރީން އެ ސައިކަލަށް އެރުމަކީ ހުވަފެނަކުން ވެސް ވާނެ ކަމެއްނޫނެވެ . މި ޚިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައިރު އަފްރީންގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ. އޭނަ ހުރިގޮތަށް ހުއްޓާ ޖިޕެއް އަންނަ އަޑު އިވިފައި އޭނަ އެދިމާލަށް ބަލާލިއެވެ. އެއީ ޝަރީފްގެ ޖިޕްކަން ނަގައިގަނެވުމުން އަފްރީން އަނެއްކާވެސް އެ ފިރިހެން ކުއްޖާއަށް ބަލާލިއެވެ.

 

“ނޯ ތޭންކްސް. މި އަންނަނީ އަހަރެންގެ ބައްޕަ.” އަފްރީން އެހެން ބުނެ ގަދަކަމުން ހިނިތުންވުމެއް ދައްކާލަމުން ޖިޕާއި ދިމާލަށް ދިޔައެވެ. ޒުވާނާ ސައިކަލު މަތީގައި ފަސްއެނބުރި އަފްރީން ދާތަން ބަލަން އިނެވެ.

 

“އެއީ ކާކުތަ އަފޫ؟” އަފްރީން ކާރަށް އަރައި ހަމަޖެހިލިތަނާ ޝަރީފް އެހިއެވެ. އަފްރީން ޝަރީފަށް ބަލާލިއިރު ޝަރީފް ހުރީ ދެބުމަ ކައިރިކޮށް ކުރިމައްޗަށް ނަޒަރު ހުއްޓައިގެންނެވެ. އަފްރީން ކުރިމައްޗަށް ބަލާލި ވަގުތު ޒުވާނާ ސައިކަލު ކުރިއަށް ދުއްވާލިއެވެ.

 

“ނޭނގެ ބައްޕާ.” އަފްރީންއަށް ޖަވާބު ދެވުނީވެސް ނުރުހިފައި އިނދެއެވެ. ޝަރީފަށް އަފްރީނާއި ދިމާލަށް ބަލާލެވުނީ ޝައްކެއްގެ މަތީގައި ހުރެއެވެ. އެހެނީ ދެންމެ އޭނަ އަފްރީން އެ ފިރިހެން ކުއްޖާއާއި ވާހަކަ ދައްކަން ހުރިތަން ދުށްޓެވެ. އަފްރީން އޭނައަށް ދޮގު ހަދަނީބާއޭ ޝަރީފްގެ ހިތަށްއެރިއެވެ. އޭނަ އިތުރަށް ސުވާލުކުރަން ބޭނުންވިއެއްކަމަކު ނުކުރީ އޭނަ އަފްރީންއަށް ޝައްކުރާކަން އަފްރީންއަށް ނޭންގުމަށްޓަކައެވެ.

 

އެރޭ އަފްރީން ގެއަށް އައިސް ނިދަން އޮށޯތުމުން ވެސް އޭނައަށް ވިސްނެންފެށީ އޭނަ ނުރުހުންވި ޒުވާނާއާއި މެދުގައެވެ އެ ޒުވާނާ އަފޫއޭ ކިޔައި ގޮވާލި ގޮތެވެ. އޭނަ އެ ބަލަމުން ދިޔަ ނަޒަރެވެ. އޭނަގެ ލާނެތް ހިނިތުންވުންތަކެވެ. އެ ހިނިތުންވުންތައް ލޯ ކުރިމަތިން ފެނުނުހެން ހީވި ވަގުތު އަފްރީންއަށް އިޚްތިޔާރަކާނުލާ ހިނިތުންވެލެވުނެވެ. އެ ކުއްޖާއަށް އޭނަ ކަމުދަނީބާއޭ ހިތަށްއެރިއެވެ. އެ ޚިޔާލު ސިކުނޑިއަށް އައުމާއެކު އަފްރީންއަށް ވަގުތުން ސިފަކުރެވެން ފެށީ އެކުއްޖާ އެއްދުވަހު އޭނައަށް ލޯބި ހުށަހަޅައި އޭނައާއި ކައިވެނި ކުރުމަށް އެދޭ ތަނެވެ. އަފްރީންއަށް ކައިރީގައި އޮތް ބާލީސް އޭނަގެ މޫނުމަތީގައި އަޅާލެވުނީ އޭނަ މޮޔަކަމޭ ހިތާއެވެ. ހަމަ ހޭގައި ހުރި މީހަކު އަދި ނަންވެސް ނޭނގޭ މީހަކާ އިންނަން ޚިޔާލު ކުރާނެ ހެއްޔެވެ؟ އަފްރީން އޭނަގެ މޫނުމަތިން ބާލީސް ނަގައި ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އަމިއްލަ ނަފްސު ގާތު ޙަޤީޤަތާއި އެއްގޮތަށް ވިސްނުމަށް އެންގިއެވެ. މީހަކު ރީތިވިޔަސް އަދި އެއީ ލޯބިވެވުނީއެއްނޫނެވެ. ހަމައެކަނި މީހަކު ރީތިވުމަކީ މީހަކާ އިނުމުގެ ސަބަބަކަށްވާން ނުޖެހޭނެކަން ވެސް އަފްރީން ވަނީ ލެކްޗަރަކުން އަޑު އަހާފައެވެ. އެ ޒުވާނާ ކިތަންމެ ރީތިވިޔަސް އެއީ އެހާ ހަރުދަނާ މީހަކަށް ނުވެދާނެއެވެ. އެ ޒުވާނާއަކީ ރަނގަޅު މީހެއްނަމަ އޭނަގެ އަތުގައި ނުހިފީހެވެ. އެހާ ގިނައިން އޭނައަށް ނުބެލީހެވެ. އަދި އަމުދުން އޭނަ ގާތު ސައިކަލަށް އަރަން ނުއެންގީހެވެ . އަފްރީންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އޭނަ އަމިއްލަ ނަފްސާއި ބޯޖަހާލަމުން ކަނާތް ފަރާތަށް އެނބުރިލިއެވެ. އެއަށްފަހު ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަން ފެށިއެވެ.

 

**

 

ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި ހަމައެކަނި ކަކުލާއި ހަމައަށް އޮތް ސޯޓެއްގައި ހުރީ އަފްރީންއަށް މިރޭ ސްކޫލުން ފެނުނު ޒުވާނާއެވެ. އެ ޒުވާނާ ގޮސް ހެދުން އަލަމާރި ތެރެއިން ގަދަ ނޫކުލައިގެ ޓީޝާޓެއް ނަގައި އެ ޓީޝާޓް ބޮލުން ވައްޓާލިއެވެ. އެވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގުވާ އަޑަށް އޭނަ އެނދު ކައިރިއަށް ގޮސް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ޔޯ ކިހިނެއްތަ ސިނާން ބްރޯ؟” އެ ޒުވާނާ އެނދުގައި އިށީންނަމުން ހެވިފައިހުރެ އަހާލިއެވެ.

 

“ހެހެ…..ރަނގަޅު މިޞްބާޙް ކިހިނެއް؟” ސިނާން އޮތީ ފޯނު ކަންފަތުގައި ޖައްސައިގެން ދިގު ސޯފާއެއްގައި އޮށޯވެގެންނެވެ.

 

“ހަމަ ރަނގަޅޭ…..އޭ! މިރޭ އޮރިއެންޓޭޝަނަށް ދިޔައިން. އެއްކަލަ މަންޖެއާ ދިމާވި.” މިޞްބާޙް ހެވިފައިހުރެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ރާގު ބަދަލުކޮށްލިއެވެ.

 

“ކާކު؟ އަފްރީން؟” ސިނާން ދެބުމަ ކައިރިކޮށްގެން އޮވެ އަހާލިއެވެ. މިޞްބާޙް ހޫންލައްވާލިއެވެ.

 

“އޭނަ ހަމަ ތި ކޮޅުގެ ސްކޫލަކަށްދޯ ޖޮއިން ކުރީ…….އެއްވެސް ކަމެއް ކުރެވުނުތަ މިރޭ؟” ސިނާން އަހާލިއެވެ.

 

“މާ ބޮޑު ކަމެއް ނުކުރެވޭ. އަހަންނަށް ކުރީކޮޅު ހީވި އޭނައަށް އަހަރެން ކަމުގޮއްސިހެން . އެކަމަކު ފަހުން ބުނެވުނު އެއްޗަކުން އޭނަ ރުޅިވީ ކަންނޭނގެ. ސައިކަލުން ލިފްޓެއް ދޭނަމޭ ބުނިފަހުން އޭނަގެ އެކްސްޕްރެޝަން ބަދަލުވީ.” މިޞްބާޙް ކިޔައިދިނެވެ.

 

“ހިތުން މާ ރަނގަޅު މީހެއްކަމަށް ހެދެނީ. މިޞްބާޙް ތަންކޮޅެއް އަގުހުރި ހަދިޔާއެއް ގޮސް އޭނައަށް ދީބަލަ. ސައިކަލަށް ކީއްކުރަން؟ އަތުތެރެއަށް ވެސް އަންނާނެ.” ސިނާން ރުޅިވެރިކަމާއެކީ ބުނެލިއެވެ .

 

“ބްރޯ ޗިލް. އަހަރެން ފުރަތަމަ އޭނަ ރަނގަޅަށް ދެނެގަންނަންޖެހޭނީ. ވެދާނެ އޭނަ ބަދަލުވީ ކަމަށްވެސް. އޭނަ ދަނެގެން އަހަންނަށް އެނގޭނީ ދެން ކުރަންވީ ކަންތައް. ޑޯންޓް ވޮރީ، އަހަރެން ސިނާން ބުނި ކަންތައް ކޮށްދޭނަން.” މިޞްބާޙް ސިނާންއަށް ޔަޤީންކަން ދޭންއުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ

 

“މޭކް ޝުއަރ ޝީ އިޒް އިންސަލްޓެޑް. ވީހާވެސް ގިނަ މީހުން ކުރިމަތީގަ. އޭނައަށް ދެން ދުވަހަކުވެސް ފިރިހެން ކުއްޖަކާ ލޯބިވެވެން ނޭނގޭ ވަރަށް އޭނަ ދެރަ ކުރާތި!” ސިނާންގެ ރުޅިގަދަވެގެން ގޮސް އޭނަގެ އަޑު ތުރުތުރު އެޅިއެވެ. މިޞްބާޙް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އޯކޭ ބްރޯ…..ހިނގާބަލަ އެހެން ވާހަކައެއް ދައްކަން. ސިނާންމެން އޮރިއެންޓޭޝަން ނިމިއްޖެތަ؟” މިޞްބާޙް މަޢުޟޫއު ބަދަލުކޮށްލިއެވެ.

 

“އުނހު….މާދަމާ ރޭ. ބާއި ދަ ވޭ މިޞްބާ…..ކީއްވެތަ ބޮޑުބޭބެ ކުއްލިއަކަށް މިޞްބާ ހައި ސްކޫލަކަށް ތި ފޮނުވީ؟ 19 ވެފައިވަނިކޮށް ދެން ކީއްކުރަންތަ؟ އަދި އެއީވެސް ތި އަތޮޅަށް. މާލޭގަ މާ ރަނގަޅު ހައި ސްކޫލްތައް ހުރެއެއްނު؟ މާލޭގަ ހުރިނަމަ ދެމީހުންނަށް އެއްސްކޫލެއްގަ އުޅެވުނީސް.” ސިނާން މާޔޫސީ ގޮތަކަށް ބުނެލިއެވެ.

 

“އެއީ އަހަރެން ރިސޯޓުގަ ހުރިއިރު ޖޮބަށް ފަރުވާ ކުޑަކުރާތީ ކަންނޭނގެ. ހަމަ ކުއްލިއަކަށް ޑޭޑް ބުނަން ފެށީ އިތުރަށް ކިޔަވަންވީއޭ. އެހެންނޫނަސް އަހަރެން އެކަނި ކަންނޭނގެ ހަމައެކަނި އޯ ލެވެލް ހަދައިގެން އެހާ މަތީ މަޤާމެއްގަ ރިސޯޓުގަ ހުރީ. އެކަމުގެ މައްސަލަވެސް ޖެހޭނެތާ. ދެން އެއްގޮތަކަށް ވެސް ނޭނގޭ މިރަށަށް އައީ ކީއްކުރަންކަން. މަ ދެރައެއްނުވޭ އެކަމަކާ. މިތާނގަ އެބައުޅޭ ވަރަށް ރީތި މަންޖެއިން.” މިޞްބާޙް ވާހަކަ ނިންމާލީ ލާނެތް ހިނިތުންވުމަކާއި އެކީގައެވެ.

 

“ރީތި އަދި ސައިކޯ މަންޖެއިން.” ސިނާން ބުނެލިއެވެ. މިޞްބާޙް ހޭންފެށިއެވެ.

 

“ބްރޯ ދެން ޖޭ ނުވެބަލަ. އެ މަންޖެ ދެން ލިބޭނީ ހަމަ އަހަންނަށް.” މިޞްބާޙް ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

 

“ޗި! އަހަރެން ޖޭ އެއްނުވޭ. އެއަށްވުރެ މާ ރަނގަޅު ކުއްޖަކު މިހާރު އަހަރެން ޑޭޓްކުރަނީ. އަދި މިޞްބާ އެބަ އުޅެންތަ އޭނައާއި ލޯބިވެގެން އުޅެން؟” ސިނާން އަހާލިއެވެ.

 

“ހިއެއްނުވޭ ލޯބިވެވޭނެ ހެންނެއް. ކިތަންމެ ރީތިވިޔަސް ވަރަށް ފޫހި ޒާތެއްގެ ކުއްޖެއް ވައްތަރު ޖަހަނީ.” މިޞްބާޙް ބުނެލިއެވެ.

 

“ހޫމް….އަސްލުވެސް ވަރަށް ފޫހި. އޭ ބާއްވަނީ އިނގޭ؟ އާލިޔާ ގުޅާ ގަޑި ޖެހިއްޖެ.” ސިނާން ބުނެލިއެވެ.

 

“އޯކޭ، ބާއި.” މިޞްބާޙް އެހެން ބުނެލަމުން ފޯނު ކަންފަތުން ނަގާލިއެވެ.

 

އޭގެ އަނެއްދުވަހު ޔޫނުސް އޮފީހަށް ދިޔައީއްސުރެ އޮފީސް ތެރޭގައި ދެކެވެމުން ދިޔައީ އެއްވާހަކައެކެވެ. ވޭތުވެދިޔަ 2 އަހަރު ތެރޭގައި އެޗް.އެން ނިއުސް މުޅި ޤައުމުގެ ވެސް އެންމެ މަޝްހޫރު ނޫހުގެ ގޮތުގައި އޮވެފައި މިއަހަރު އެހެން ނޫހެއް އެއަށްވުރެ މަޝްހޫރުވެގެން ދިޔަ ވާހަކައެވެ. މިހާރު މުޅި ޤައުމުގެ އެންމެ މަޝްހޫރު ނޫހަކީ އޭނަ އެންމެ ފުރަތަމަ މަސައްކަތް ކުރި ނޫސްކަން އެނގުމުން ޔޫނުސް ހިތާހިތުން އުފާކުރިއެވެ. މީގެ 6 މަސް ކުރިން އެ ނޫސް އޮންލައިން ކުރިފަހުން ހަލުވިކަމާއެކީ އެ ނޫހުގެ ނަން މުޅި ޤައުމަށް ފެތުރިގެން ދިޔައެވެ. އެ ނޫސް މަޝްހޫރު ނުވާންވީ ސަބަބެއްނެތެވެ. އޭތި އޮންލައިން ކުރިފަހުން އޭގައި ދުވަހަކުވެސް ދޮގު ޚަބަރެއް އޮތް ވާހަކައެއް އެކަކަށް ވެސް ޝައްކު ކުރެވިފައިވެސް ނޯންނާނެއެވެ. ޔޫނުސްއަށް އޭނަގެ މިފްތާޙްބެއާއިމެދު ފަޚުރުވެރިވެވުނެވެ. މިފްތާޙްބެއަށް ގުޅަން އުޅެއުޅެ ކާމިޔާބު ނުވުމުން ޔޫނުސް ނަސިފަށް ގުޅިއެވެ.

 

“އައްސަލާމްޢަލައިކުމް ނާސިފް.” ޔޫނުސް އޭނަގެ އޮފީހުގެ މޭޒުދޮށުގައި ފޯނު ކަންފަތުގައި ޖައްސައިގެން އިނދެ ބުނެލިއެވެ.

 

“ވަޢަލައިކުމުއްސަލާމް. ކިހިނެއް ޔޫނުސް؟” ނާސިފް އަހާލިއެވެ.

 

“ރަނގަޅު. މިފްތާޙްބެ ކޮބައިތަ؟ ގުޅާގުޅާ ފޯނެއް ނުނަގާ…..ހާދަ އުފާވެރި ޚަބަރުތަކެކޭދޯ މި އިވެނީ؟ “ރާއްޖޭގެ ދުނިޔެ” އެންމެ މަޝްހޫރު ނޫހަކަށް. އަހަރެން އެ ޞުރުޙީއަށް ލިޔުމެއް ލިޔާ ހިތްވެއްޖެ.” ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ.

 

“ބައްޕަ ކުޑަކަމެއްގަ ބިޒީކޮށް އުޅެނީ……ލިޔުން ލިޔަން ތި އެޗް.އެން ނިއުސްއަކުން ވަކިވެގެން އާދޭ.” ނާސިފް ބުނެލިއެވެ. އެއާއެކު ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ދާން ބޭނުންވާ މިންވަރު ނާސިފަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. ޔޫނުސް ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅެނިކޮށް ނާސިފް ވާހަކަ ދެއްކިއެވެ.

 

“އެއީ ދޮގު. އަންނާނެ ކަމެއްނެތް. މިއީ ތި ހީކުރާވަރަށްވުރެ ފަސޭހަކަމެއްނޫން.” ނާސިފްގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވިއެވެ.

 

“ކީއްވެ ތިހެން ތިބުނީ؟” ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.

 

“އަދިވެސް އެމީހުންގެ ބިރު ދެއްކުންތަކަށް ނިމުމެއްނާދޭ. ނޫހުގެ އޮފީހުން ވަރަށް ގިނަ އެއްޗެހި މަދު އެބަވޭ ދޭތެރެ ދޭތެރެއިން. އެމީހުން އަމިއްލައަށް ބުނަނީ ތިމަންނަމެންނޭ ވަގަށް ނަގަނީ. ދެން އެއްދުވަހު ސައިޓްވެސް ހެކްކުރަން މަސައްކަތް ކުރި. ކޯޓަށް މައްސަލަ ހުށަހެޅީމަ މާ ބޮޑު ކަމެއްނުވޭ. އަނެއްކޮޅުން މިހާރު ނަވާޒްގެ ނައިބު އަމީން ވެސް މިކޮޅަށް އައިއްސަ އެބަހުރި. އޭނަ އައީ ކުޑަ ކަމަކުއޭ އަހަރެން ނުބުނާނަން.” ނާސިފް ބުންޏެވެ. ޔޫނުސްއަށް އަޑުއަހައިގެން އިނދެވުނީ ބުމަގޮށްޖެހިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތުން ނުފިލި މަސްދަތުރު

Next

ދިމްޔާ (16 ވަނަ ބައި)

Next
September 17, 2015

ދިމްޔާ (16 ވަނަ ބައި)

Previews
September 17, 2015

ހިތުން ނުފިލި މަސްދަތުރު

37 Comments!

  1. jana says:
    September 17, 2015 at 8:02 pm

    Assalam’alaikum 🙂 Dhen oiy bai honihiru dhuvahu In Sha Allah 🙂

  2. shahidha says:
    September 17, 2015 at 8:12 pm

    Vvv nice

    1. jana says:
      September 18, 2015 at 9:43 am

      Alhamdhulillah! 😀

  3. sham says:
    September 17, 2015 at 8:20 pm

    Salhi owww

    1. jana says:
      September 18, 2015 at 9:44 am

      Alhamdhulillah! 😀

  4. rifa says:
    September 17, 2015 at 8:25 pm

    Mi adhu ehaa salhieh noon ekamaku ves dhn ok nasraage baithah honihiruga liahchey pls jazaakallah khairan

    1. jana says:
      September 18, 2015 at 9:45 am

      ehaa salhi nuvy Nasra ge bai nethyma tha? ehen sababevves huriyya buneladhehchey In Sha Allah. dhen oiy bayakun Nasra ge bai annane. Alhamdhulillah! Wa iyyaaki! 😀

  5. emiliya says:
    September 17, 2015 at 9:20 pm

    inshaallah……………………. story is awesome as usual….. jazakallah khairan jana for such a beautiful and motiving story…. was waiting when this story got uploded

    1. jana says:
      September 18, 2015 at 9:47 am

      Story up veytho balaany reygandu ingey emiliya? eyrun hama gaimuves up vefa onnaany In Sha Allah. reygandu 9 ahvure las nukureveytho jana balan 🙂
      Alhamdhulillah! Wa iyyaaki! 😀

  6. mal says:
    September 17, 2015 at 10:27 pm

    V rythi mi part vx..waiting 4 next part..

    1. jana says:
      September 18, 2015 at 9:48 am

      Alhamdhulillah! (All praise and thanks belongs to Allah) 😀

  7. Arcane_Belle says:
    September 17, 2015 at 11:15 pm

    Ma Sha Allah. Waiting for the next part 🙂

    1. jana says:
      September 18, 2015 at 9:48 am

      Alhamdhulillah! 🙂

  8. Somebody says:
    September 17, 2015 at 11:44 pm

    Maashallah. Nama nama nama afreen e meehaa ganduge malhee ga nujahsah chen ingey jana. Waiting 4 de next part… may allah give success to you jana ?

    1. jana says:
      September 18, 2015 at 9:52 am

      haadha gina nama ekey somebody 😛 dhen balamaa vaane gotheh In Sha Allah. May Allah grant all us the best in this world and the next and may He protect us from Hellfire. Ameen!

  9. ifaasha says:
    September 18, 2015 at 9:50 am

    Vvv nice mi part vx.. gud luck jana:)

    1. jana says:
      September 18, 2015 at 9:53 am

      Alhamdhulillah! Jazakillah Khairan for the support 🙂

  10. reem says:
    September 18, 2015 at 10:36 am

    mi vaahaka varah varah varah reethi masha allah 🙂 alhey afu ah dhera gotheh nahadhahchey…waiting for nxt part 🙂 🙂

    1. jana says:
      September 18, 2015 at 1:12 pm

      Afu impress kurumaky ehaa faseyha kameh noon dho? hehe…Alhamdhulillah! 🙂

  11. makko says:
    September 18, 2015 at 11:07 am

    Dhn mihar mivahaka haada hadi ey .. v foohivey

    1. jana says:
      September 18, 2015 at 1:13 pm

      ey keevveba?

  12. Anonymous says:
    September 18, 2015 at 11:45 am

    Afreen ge bai emme kiyaa hiyvany. ekamaku adhives afreen aai eba beynun kurey.. afreenaa eky.. Mi thankolhu ragalhu kuraane kamah ummeedh kuran ?

    1. jana says:
      September 18, 2015 at 1:15 pm

      hehe….anonymous buni ehcheh handhaan koffa jana ah heevany ehthanegga jana liyunin hen afreenaa eky ey. ehen thankolheh huriyya ey handhaan nethuny kamahvaany. rangalhu kureveytho balaanan In Sha Allah 🙂

  13. makko says:
    September 18, 2015 at 2:01 pm

    Eiy hama hadi…. v foohi vahaka eh …

    1. jana says:
      September 18, 2015 at 2:20 pm

      Plot tha hadi? Plot hadiyya jana ah eyga kureveyne kameh neiy. ekamaku makko ah mihaa hisaabah vaahaka kiyeyny mihaa hisaabah reethi vyma kanneynge. Komme gotheh viyas Alhamdhulillah! 🙂 vaahakain makko ah faidhaa eh kurikamah ummeedhu kuran. Jazakallah Khairan 🙂

  14. Fathun says:
    September 18, 2015 at 2:25 pm

    Ma Sha Allah.. Jazaakallah hairan jana for such ah awesome story..

    1. jana says:
      September 18, 2015 at 2:47 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂 Wa iyyaaki! 😀

  15. reem says:
    September 18, 2015 at 2:53 pm

    hehe…ya dhww jana 🙂 🙂

  16. reem says:
    September 18, 2015 at 3:37 pm

    Aslu kyve tha mi vaahaka ah hijura kiyany??

    1. jana says:
      September 18, 2015 at 3:53 pm

      Hijura kiyanvy sababu engeyny fahu bain. aslu mihaaruves namaai vaahaka eba gulhey. e gulhey goiy jana kiyaidhineema saafuvaany In Sha Allah 🙂 emme fahu bain vaahakaige therein kiyaidheyn beynunvany 🙂

    2. Anonymous says:
      September 18, 2015 at 4:45 pm

      hijra ge maana aky eh thanun aneh thanah nagul vun nuvatha badhalu vun.. igireysin bunanya “Migrate”.
      eh kamakun aneh kamakah badhalu vumahves mi bas beynun kurevidhaane.. ehen veema goas kamakun ragalhu kamakah badhaluveema mi vaahaka ah hijra ge nan dheefa in kamah gabool kureveny.. nasra aa afreen ves goas kanthah thakun ehkibaa ve ragalhu kanthah thakah rujoou veema hijra ge nan dhevifa vaahen heevany.. nubai magakun ragalhu magah hijra kury.. rujoou vee.. badhalu vee.
      ????

    3. reem says:
      September 18, 2015 at 5:41 pm

      reem ah vx heevany thihen 🙂

    4. jana says:
      September 19, 2015 at 8:23 pm

      Anonymous, shshshshshshhhhh 😛

  17. n@ughty g!rl says:
    September 18, 2015 at 5:23 pm

    mi site ga register nuveveny kyvvetha???????????

    1. jana says:
      September 19, 2015 at 8:24 pm

      text admin. number e othy matheega oiy ishthihaaruga 🙂

  18. jazy says:
    September 19, 2015 at 9:13 am

    Jana! Mi vaahaka vv reethi!masha Allah may Allah grant all ur wishes!Jana r u married

    1. jana says:
      September 19, 2015 at 8:25 pm

      May Allah grant us the ultimate wish of getting into Jannah. Ameen!.
      No i’m not married…

Comments are closed.

Next Episodeހިޖުރަ (ހަތާވީސްވަނަ ބައި)←


All Right Reserved!