Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ އޭ ހަނދަކީ 4

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
May 3, 2022 6 Mins Read
11 Comments

 

ނަމަވެސް މި ލޭންޑްގެ ބޯމައްޗަށް ދަނީ ވަރުގަދަ ބޯ ވިލާ ގަނޑެއް ހިޔާ އަޅަމުންނެވެ. ކޮމެޑީ ލޭންޑްގެ ކުދިންނަށް އެ ވިލާ ގަނޑުން މި ލޭންޑް ސަލާމަތް ކޮށް ދެވޭނެ ބާއެވެ؟ ގޯނީގެ ފުލަށް ވެއްޓުނަ ނުދީ މި ގޮތުގައި ކުރިއަށް ދެވޭނެ ބާއެވެ؟ ރިޔާޝް މެންނަށް ފެނުނު ފައިލަކީ ލޭންޑް ސަލާމަތް ކުރުމަށްޓަކައި ކިހައި މުހިންމު އެއްޗަކަށް ވާނެ ބާއެވެ؟

 

************

ސްޓޫޑިއޯ އަށް އައިސްފައި ހުރި ބަދަލު ތަކުގެ ވާހަކަ ދައްކަމުން ރިޔާޝް ދިޔައެވެ. އަހުޝަމް އާއި ނަޔާ ވެސް ފޮނި ކަނޑަ ކަނޑާފައި އެއީ އެމީހުންގެ މަސައްކަތް ކަމަށް ބުނަމުން ދިޔައެވެ. މަޑުމަޑުން ކުދިން އަންނަމުން އައިސް ލޭންޑްގެ ހުރިހާ ކުދިން ހަމަ ވިއެވެ. ރިއާޝް ފިޔަވައެވެ. އާދައިގެ މަތިން ތަށި މަތި އެޅީ ތޯއްޗެކެވެ. މިއަދު އެކުދީންނާއި އެކު ރަނާ ފެންނާން ނެތެއް ކަމަކު ރަނާ ވަނީ ފޯނުގެ ޒަރީއާއިން އެކުދީންނާއި ވަރަށް ގާތުގައެވެ. މީގެ ތިންއަހަރާއި ތިން މަސް ކުރިން ހިތުގެ އޮޕަރޭޝަނެއް ކުރަން ރަނާ ސިންގަޕޫރަށް ދިޔަ ގޮތަށް މިހާރު ވަނީ އެއްކޮށް ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. ތިންމަހުން ތިންމަހުން ރަނާއަށް ތެރެޕީ އެއް ދޭން ޖެހޭތީ ރަނާގެ މައިންބަފައިން ނިންމީ އެ ޢާއިލާ އެއްކޮށް ސިންގަޕޫރަށް ބަދަލުވުމަށެވެ. އެ ދިޔަގޮތަށް އަދި އެމީހުން އެނބުރި އެއް ނާދެއެވެ.

 

ހުރިހާ ކުދިން އެކި މަޖާ ވާހަކަ ތައް ދައްކަމުން ދިޔައިރު ރީޝާ އިނީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. އޭނާގެ ޚިޔާލުގައި ވަނީ މުޅީން އެހެން ކަމެކެވެ. ރިޔާޝް އާއި އޭނާއެވެ. ލޯބީގެ ބަގީޗާއެކެވެ. އުފަލުގެ ކޮޅެއް ނެތެވެ. ހުނުމާއި ސަކާރެތެވެ. ލޯބީގެ އެކި ގޯނާ ތަކެވެ. ކާފޫރުތޮޅި އާއި ހަކުރާ އަޅައި  ކައްކަމުން ދިޔަ ޚިޔާލީ ފޮލާގެ ރަހަ ގަނޑު ގޯސް ވީ އަހުޝަމް އޭނާ އާއި ދިމާއަށް ކުޝަން އެއް އެއްލުމުންނެވެ. އެއޮއް ލޯބިކޮށް ބަލަމުން ދިޔަ ޚިޔާލީ ފޮލާ ވެސް އެ ޚަރާބު ކޮށްލީ ހަމަ އަހުޝަމެވެ. މިއަދު މެންދުރު ޑްރާމާ ބަލަން އިންދާ އައިސް އުނދަގޫ ކުރުމުން އެކަމުގެ ރުޅި ބާލަން ރީޝާ ހަނދާން އެވީ އަދި ކިރިޔާ އެވެ. ދެން އެފެށުނީ ތިން ވަނަ ބޮޑު ހަނގުރާމަ އެވެ. ކަނޑިއާއި ބަޑިއަކުން ނޫނެވެ. ނަމަވެސް ކުޝަން އާއި ދުލުންނެވެ. އަހުޝަމް ގައިގައި ބޮނޑިއެއް އެޅުމަށްޓަކައި ހޫރުވާލި ރީޝާގެ އަތް ގޮސް ޖެހުނީ ރިޔާޝްގެ ފައިގެ ފަލަމަސްގަނޑުގައެވެ. އެއާއެކު ދެމީހުންނަށް އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނު އިރު މީގެ އެތައް އަހަރެއް ކުރީގެ ފޮނި ހަނދާންތަކެއް ދެމީހުންގެ ހަނދާނާއި ކުޅެލިއެވެ.

*************

ރިޔާޝް، ރީޝާ، ނަޔާ، އަހުޝަމް އަދި ރިއާޝް ދިޔައީ ޗެމްޕިއަންސް ލީގުގެ ގަދަ ދެ ބާރެއް ކަމުގައިވާ އާޖެންޓީނާ އަދި ބްރެޒިލް ކުޅެމުން ދިޔަ މެޗެއް ބަލަމުން ނެވެ. ރީޝާ އާއި ރިޔާޝް ސޯފާގައި ތިބި އިރު ރިއާޝް، އަހުޝަމް އަދި ނަޔާ ތިބީ ސޯފާގެ ތިރީގައި ދެފައި ވައްކޮށްލައިގެން ޖައްސާލައިގެންނެވެ. ދަނޑުމަތީގައި ތިބި ސަޕޯޓަރުންގެ އަޑު ގަދަ ވެގެންދާ ފަހަރު ތަކެކޭ އެއްވަރަށް ރީޝާ އާއި އަހުޝަމްގެ އަޑު ވެސް ގަދަ ވެއެވެ. މެޗު ފެށުނީއްސުރެ އަދި ވެސް ރީޝާ އާއި އަހުޝަމްގެ ޒުވާބެއް ނުހުއްޓެއެވެ. ރީޝާ ހުރީ އާޖެންޓީނާ ކޮޅަށެވެ. އަހުޝަމް ހުރީ ނޭރމާ އާއި އެކު ބްރެޒިލް ކޮޅަށެވެ. މާ ގިނައިރު ތަކެއް ނުވެ މެސީގެ ފަޔަށް ބޯޅައެރި އެވެ. އެއާއެކު ފުންމައިގެން ތެދުވެ ރީޝާ ރިޔާޝްގެ ފައިގެ ފަލަމަސްގަނޑުގައި ބޮނޑިއެއް އަޅާލިއެވެ. މަޑު މަޑުން ރިޔާޝް އަށް އައުޗް އޭ ބުނެވުނު އިރު ރީޝާ އަށް އޭނާ އަށް ކުރެވުނީ ކީއްކަން ވެސް ނޭންގުނެވެ. އޭނާ އިނީ މެޗަށް ގޮސް ގެއްލި ހުސްވެފައެވެ.

***************

މީގެ އެތައް ދުވަހެއް ކުރީގެ ހަނދާންތައް އާ ވުމުން ދެމީހުންނަށް ވެސް ހީލެވުނެވެ. ނަމަވެސް މާ ގިނައިރު ރިޔާޝް އާއި ދިމާއަށް ބަލަހައްޓައިގެން ހުރުން ވީ ރީޝާ އަށް ދަތި ކަމަކަށެވެ. އަވަސް އަވަހަށް ސޮރީ އޭ ބުނެ އަހުޝަމް އަށް ލޯ އަޅާލިއެވެ. ދެން ކުރިއަށް ދިޔައީ ރިޔާޝް އާއި ރީޝާ އަށް ދިމާކުރުމުގެ ވަގުތު ކޮޅެކެވެ.

 

ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން ކޮޓަރި ތެރެއަށް ފިނި ފިނި ހިތްގައިމު ވައިރޯޅި ތައް ވަންނަމުން ދިޔައެވެ. ގެއަށް އައި ގޮތަށް ދަބަސް ސޯފާ މައްޗަށް އެއްލާލާފައި ރިއާޝް ވަނީ ފެންވަރާށެވެ. ފެންވަރައިގެން ނުކުތް ގޮތަށް ހަމައެކަނި ސޯޓު ބުރި އެއް ލައިގެން އެނދު މައްޗަށް ޖެހިގަތް ގޮތަށް އޭނާ އެއޮތީ ނިދާފައެވެ. ކޮޓަރިތެރެ އަށް އައިސް ވަންނަ ކޮންމެ ވައިރޯޅިއެއް އޭނާގެ ފަން އިސްތަށިގަނޑާ ކުޅެލައެވެ. އެ މޫނުމަތީގައިވީ މަޢުނަވީ ހިނިތުން ވުމުން ނިދީގެ ޢާލަމަށް އޭނާ ދަތުރުކޮށްފައި ވާ މިންވަރު ހާމަވެއެވެ. ބަލާބެލުމަށް ވައްތަރީ ކޮންމެވެސް ޖާޒުބީ ހުވަފެނެއްގެ ތެރޭގައި އޮތްހެން ނެވެ. އޭނާގެ ހުވަފެނުގެ ރާނީ އަކީ ހާދަހާވާ ކުޅަދާނަ ރާނީ އެކެވެ. ރިއާޝްގެ ހުވަފެނުގައި ރަނިކަން ކުރަމުން އެދަނީ ހަމަގައިމުވެސް އާދައިގެ އަންހެނެއް ނޫނެވެ. ދެބަ ދޭތެރޭން އޮވެގެން ރިއާޝް އޭނާގެ ހުވަފެނުގެ ރާނީ އަށް ގޮވާ އަތް ހޫރުވަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި ރިޔާޝް ހުރީ ބަނޑަށް ހީ ހީ މޮޔަ ވާން ގާތް ވެފައެވެ. އޭނާގެ އަތުގައި ކެމެރާ އެއް އޮތް އިރު އޭނާ ދިޔައީ އެ މަންޒަރު ކެމެރާ ގައި ރައްކާ ކުރަމުން ނެވެ. ރިއާޝް ކިޔާ އެއްޗެއް ބަލަން މަޑުމަޑުން އޭނާ ގޮސް އެނދުގެ މިޔަދޮށުގައި އިށީނދެލިއެވެ.

 

ރިއާޝް އޭނާގެ ހުވަފެނުގައި އަންހެން ކުއްޖަކު ފަހާ ދުވަމުން ދިޔައެވެ. ނިމުމެއް ނުވާ އެ މަގުގައި ދެ ޖިސްމު ލޯބީގެ ވަގުތުތައް ގުނަމުން ދިޔައީ އެކަކު އަނެކަކުގެ އަތުގައި ނުޖެހެވޭތޯ ބަލަމުންނެވެ. ކުއްލިއަކަށް އައި ވެލީގެ ތޫފާނެއްގައި ރިއާޝް އަށް އެ އަންހެން ކުއްޖާ ގެއްލުނެވެ. “އައިމިނަބީ…..” އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަންނަމުން ރިއާޝް ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް އޭނާގެ ވަށާ ހޯދާ ބަލައިލުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ. ފެނުނީ ހުވަފެނެއް ކަން އެނގުމުން ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނާ އަށް ލިބިގެން ދިޔައެވެ. އޭރު ވެސް ދެލޯ ބޮޑުކޮށްގެން އިން ރިޔާޝް އެއް އޭނާގެ ލޮލުގައި އަޅައެއް ނުގަނެއެވެ.

 

ނިދީގައި އޮވެފައި ކުއްލިއަކަށް “އައިމިނަބީ” އަށް ގޮވަމުން ރިއާޝް ތެދުވީތީވެ ރިޔާޝް އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. ކުއްލިއަކަށް އައިމިނަބީ އަށް އެގޮވީ އޭނާގެ ހުވަފެނުގައި ފޫޅުދިގު ހަންޑި ފެނުނީމާ ބާއޭ ރިޔާޝްގެ ހިތަށް އެރި އެވެ. ރިއާޝް އަކީ އެންމެ ކުޑައިރުން ސުރެން ވެސް ފޫޅުދިގު ހަންޑި ދެކެ ރުޅި އަންނަ އަދި ޙަސަން ތަކުރު ފަދަ ބަޠަލަކަށް ވާން ބޭނުންވާ ކުއްޖެކެވެ. ރިޔާޝް ނިންމީ އެއީ ރިއާޝްގެ ހުވަފެނުގައި ފޫޅުދިގު ހަންޑި އައިސް އައިމިނަބީ އަށް ބިރުދައްކަން އުޅުމުން ރިއާޝް ހަޅޭއްލަވައިގަތީ ކަމުގައެވެ. އޭނާ އާއި ނުހަނު ގާތުގައި އިން ރިޔާޝް ރިއާޝްގެ ލޮލުގައި އަޅައިގަތީ އޭގެ މިނެޓެއް ވަރު ފަހުންނެވެ. ހާސްވެ ހިތް ބިރުގަންފައި އިން ރިއާޝް ހަމަ ޖެހުނީ ރިޔާޝް ޖެއްސުމުގެ ރާގަށް ވާހަކަ ދައްކަން ފެށުމުން ނެވެ. “ޔަގީނޭ ހުވަފެނުގައި ފޫޅުދިގު ހަންޑި އައީ ކަން… ސަހާދެއް މިބުނީ މިސޮރު ޙަސަން ތަކުރަށްވާން މި ދެކޭ ހުވަފެން ތަކުގައި ކުލަ ޖެހޭނީ ކޮން ދުވަހަކުން ބާއޭ މަގޭ ހިތަށް އަރާ…” އެނދުން ބާލީހެއް ނަގައި ރިއާޝް އާއި ދިމާއަށް އެއްލަމުން ރިޔާޝް ހީގަތެވެ.

 

ކަންމަތީ ފިހާރައަކުން ޖަބުލާނީ ޕެކެޓެއް ގަނެގެން ނުކުން ރީޝާ މަގުގެ ދެކޮޅު ހޯދާ ބަލައިލީ ދުއްވާ އެއްޗެއް އާދޭ ތޯއެވެ. މަގުމަތީގައި ދުއްވާ އެއްޗިހި މަދު ވަގުތު ކޮޅެއް ކަމުން އަނގައިން ލަވައެއް ކިޔަމުން މަގު ހުރަސް ކުރަން އޭނާ ދިޔައެވެ. މަގު ހުރަސް ކުރެވުމާއިއެކު ކުރިމަތީގައި ހުރި އޭނާގެ ގެއަށް ވަނުމުގެ ޚިޔާލު އޭނާ ދޫ ކޮށްލީ އަހުޝަމްމެންގެ ގެއަށް ދާ ހިތް ވުމުންނެވެ. މެންދުރުގެ  އެ ހޫނުގަދަ ވަގުތުގައި ވެސް ދާކަށް ނުދާކަށް ތަނެއް ނޯވޭ ވިއްޔާ އެވެ. ސޯސަން މަގަށް އަޅާލި އިރު ދުވާރު މަތީގައި ހޭކި ހޭކި ތިބި ފަސް ބުޅާ ފެނި ރީޝާ ހުއްޓުން އެރި އެވެ. ގަތް ބިރާއި އެކު އޭނާ އަށް ގުޑިލަން ވެސް ނޭންގުނެވެ. ކުރިއަށް ދާނީ ތޯ ނޫނީ އެހެން މަގަކަށް އަޅާނީ ތޯ ވިސްނަން ހުއްޓާ އެތަނުން ބުޅަލެއް އޭނާ އާއި ދިމާއަށް އަންނަން ފެށިއެވެ. ރީޝާގެ ދެލޯ ބޮޑުވިއުރު އެއަށް ފުރަގަސްދީ އޭނާ އަށް ދުއްވައިގަނެވުނެވެ. ދުވުމަކަށް ވެސް ނުވެއެވެ. ހިނގުމަކަށް ވެސް ނުވެއެވެ. އެ ދެ ގޮތް އެކުވެގެން އައި ޒާތެއްގެ ކޮރުމަކުން ކޮރެމުން އޭނާ ހަނި ގޯޅި އަކަށް އެޅިއެވެ. އޭރު ވެސް އެ ބުޅާ ގޮވާ އަޑު އޭނާގެ ފަހަތުން އިވެމުން ދިޔައެވެ. ﷲ އާއި ވަކީލު ކޮށްފައި ފަހަތް ބަލައިލި ރީޝާ ސިހުނީ އޭނާ އާއި އަށް ވަރަކަށް ފޫޓު ދުރުގައި އޮތް ދެ ކަޅު ބުޅާ ފެނުމުން ނެވެ. ދުލަށް އައި ހާ ހެޔޮ އެއްޗެއް ކިޔަން ފެށިއިރު ހީވަނީ ރޭގަނޑު ދަންވަރު ގަސްބޯ ޖަންގައްޔެއްގައި އެކަނި ވެފައި ހުއްޓާ އިފުރީތަކު ބިރުދަށްކަން ފަށައިގެން މީހާ ބިރުން ތެޅޭ ހެންނެވެ. ބުޅާ ގޮވާ އަޑު އޭނާ އާއި ގާތް ވާހެން ހީވެގެން ރީޝް މަޑުމަޑުން ދުއްވައިގަތެވެ. އޭރު އެ ގޯޅީގައި އިތުރު މީހަކު ނެތް ކަން އެއީ ނަސީބެކޭ އޭނާގެ ހިތަށް އެރި އެވެ. އެކަމަކު އެހީ އަކަށް އެދި ގޮވާލެވޭނީ ވެސް ކައިރީގައި މީހަކު ހުރި ނަމަ ތާއެވެ. ބުޅާ ތައް އޭނާ އާއި ގާތް ވާން ހެދުމުން ރީޝާ މަގުމައްޗަށް ނުކުތެވެ. ހަމަ އެ ބާރު މިނުގައި ބުޅާ ތައް ވެސް މަގުމައްޗަށް ނުކުތެވެ. ބަލާކަށް ނުހުރެ ރީޝާ ދުއްވައިގަތެވެ. އެ ވަގުތު ވެގެން ދިޔައީ ސައިކަލެއް އައިސް އޭނާގެ ކުރިމަތިން ގޯޅި އެޅި ވަގުތަށެވެ. ސައިކަލުގައި ޖެހިފައި ރީޝާ ވެއްޓުނެވެ. އަވަސް އަވަހަށް ތެދުވެ ސައިކަލުގައި އިން މީހާ އާއި ދިމާއަށް ބަލައިލިއިރު ފާޑަކަށް އިން ރިޔާޝް ފެނުމުން ރީޝާ އަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ޔަ ޔާޝް.. ބް ބް ބުޅާ…” ރިޔާޝް އަށް ފަހަތުން އަންނަމުން ދިޔަ ބުޅާ ތައް ދައްކަމުން ތުރު ތުރު ލާ އަޑަކުން ރީޝާ ބުންޏެވެ. އެވަގުތު ރިޔާޝްގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި ރީޝާގެ އަތުގައި ހިފައި ސައިކަލަށް އެރުވި އެވެ. އެއަށްފަހު ހެމުން ހެމުން ސައިކަލު ދުއްވާލީ ބުޅާ ތައް އަންނަމުން ދިޔަ ދިމާއަށެވެ. ދެބުޅަލުގެ ދޭތެރެއިން ސައިކަލު ދުއްވަން ރިޔާޝް ދިމާކޮށްލި އިރު ރީޝާ އިނީ ދެފައި މައްޗަށް ނަގައިގެންނެވެ. ބުޅާ ތައް ފަހަނަ އަޅާ ދިއުމުން ރިޔާޝްގެ ކޮނޑުގައި އޭނާ ބޮނޑިއެއް އަޅާލިއެވެ. “އަދި އޭއްޗިހި ތަކު ތެރޭން ލައިފައޭ ދާން އެނގުނީ ވެސް…” ދެލޯ ކުޑަކޮށްގެން އިނދެ ރީޝާ ރިޔާޝް އާއި ދިމާއަށް ކުދި ކިޔަމުން ދިޔައެވެ. މިއަދަކީ އޭނާގެ މުޅި ހަޔާތުގައި ވެސް އައި އެންމެ ބިރުވެރި ދުވަހެވެ. އެހާ ނާޒުކު ފައްތަރެއްގައި އޭނާ ހުއްޓާ ރިޔާޝް އޭނާ ސަލާމަތް ކުރުމުން ރީޝާގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. ރިޔާޝް އަށް ޝުކުރު އަދާ ކުރަން އުޅެފައި ވެސް މަޑުކޮށްލީ ތަންކޮޅެއް ރަނގަޅު ވަގުތެއްގައި ބުނާށެވެ.

 

އައިސްކްރީމް ޝޮޕެއްގައި ލިޔާ އިނީ ރިޔާޝްގެ އިންތިޒާރުގައެވެ. އޭނާ އެތާ އިންނަތާ މިހާރު ބައި ގަޑިއިރު ވަނީ އެވެ. އަދި ވެސް ރިޔާޝްގެ ޚަބަރެއް ދަބަރެއް ނުވެއެވެ. ރީޝާ ގޮވައިގެން މާލޭގެ އަމާން މަގުތަކުގައި ރިޔާޝް ބުރު ޖަހާލި އެވެ. އެކަކު އަނެކަކާއި އެކު ހޭދަކުރެވެމުން ދިޔަ ވަގުތު ތައް ވެގެން ދިޔައީ ކުރިއަށް ވުރެ ބޮޑަށް އެ ދެމެދުގައިވާ ދުރުކަން ގާތް ކޮށްދިން  ވަގުތު ތަކަކަށެވެ. ދެކެވެމުން ދިޔަ މަޖާ ވާހަކަ ތަކުގެ ތެރެއިން އައިސަކްރީމްގެ ވާހަކަ ރީޝާ ފެށިއެވެ. އެއާއި އެކު ދެމީހުން ވެސް އައިސަކްރީމް ބޯ ހިތްވީ އިންތިހާއަށެވެ. ރަސްފަންނާއި ދިމާއަށް ޖަހާފައި އޮތް މިސްރާބު އައިސަކްރީމް ޝޮޕަކާއި ދިމާއަށް ބަދަލު ވެގެން ދިޔައިރު ރިޔާޝް އިނީ ސޮނި ފައިބާ ނުފައިބާ ވަރުގައެވެ. ދެމީހުން އައިސް އައިސަކްރީމް ޝޮޕުގެ ތެރެއަށް ވަދެ ހުސް ގޮނޑިއެއް އިން ދިމާލެއް ހޯދަން ފެށިއެވެ. ހުސް ގޮނޑިއެއް ހޯދުމުގެ ތެރެއިން ރިޔާޝްގެ ދެ ލޮލުގައި ލިޔާ އަޅައިގަތެވެ. އެއާއި އެކު އޯ ޝިޓޭ ބުނެވުނު އިރު އޭނާ ގެއިން ނުކުން ބޭނުން ވެސް ހަނދާން އެވީ ކިރިޔާ އެވެ. ޙަޤީގަތުގައި އޭނާ ގެއިން ނުކުތީ ލިޔާ އާއި ބައްދަލު ކުރުމަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އޭނާ އާއި ދިމާވީ ރީޝާ އެވެ. ރީޝާ އާއި އެކު ވަގުތު ކޮޅެއް ހޭދަ ކުރެވުމުން އެހެން ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާން ނެތުނީ އެވެ. “ރީޝް އެ ކޮޅުގައި އިށީނދޭ… މަ އެބަ އަންނަން…” ދުރުގައި ހުރި ދެ މީހުންނަށް އިށީނދެވޭ މޭޒެއް ރީޝާ އަށް ދައްކާލާފަައި ރިޔާޝް ދިޔައީ ލިޔާ ކައިރިއަށެވެ. ރީޝާ ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނަމުން އޭނާގޮސް ލިޔާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ. އޭނާ އެކަނި އިނުމަށް މޭޒެއް ދެއްކުމަށް ފަހު ރިޔާޝް ދިއުމުން ރީޝާ ހައިރާންވިއެވެ. ރިޔާޝް ދިޔައީ ކޮން ތާކަށްތޯ ބަލައިލުމަށް އެނބުރުނު ވަގުތު ރިޔާޝް ގޮސް އަންހެން ކުއްޖެއްގެ ކުރިމަތީގައި އިށީނުމުން ރީޝާ އަށް ސިހުން ގެނުވި އެވެ. އެއީ މީގެ ކުރިން އޭނާ އަށް ހަބީބާގެ ގެއިން ފެނުނު ކުއްޖާ ކަން ހަނދާން ވުމުން ރީޝާގެ ހިތް ހީވީ ފޮތި ފޮތި ވި ހެންނެވެ. ރިޔާޝްގެ ޙަޤީޤީ ލޯބިވެރިޔާގެ ގާތުގައި ރިޔާޝް ހުންނަތަން ބަލަން ރީޝާ އަށް ކެތް ވާނީ ކިހިނަކުން ހެއްޔެވެ. ހިތުގައި ދިލަ ވޭނެއް އަޅައިގަތް އިރު ރީޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެ ތަނުން ނިކުންނަން ދާން ހިތަށް އެރުމާއި އެކު ބުޅަލުގެ މަތިން ހަނދާންވެ ފަސް ޖެހެވުނެވެ. އެހެނަސް އެތާ ތެރޭގައި އިނުން ވެސް އޭނާ އަށް މާ ހިތް ދައްޗެވެ. ކުރާނީ ކީއް ކަމެއް ހަދާނީ ކިހިނަކުން ކަމެއް ނޭނގިފައި ރީޝާ އަށް ރިޔާޝް އަދި ލިޔާ އާއި ދިމާއަށް ބަލަން ހުރެވުނެވެ.

 

އަތުގައި ހުރި ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށް ފަހު އަނެއްކާވެސް އަލީ އޭނާ ކުރަން އިން މަސައްކަތައިގެނަ ކުރިއަށް ދިޔައެވެ. އޭނާ ބަލަމުން ދިޔައީ އެމީހުންގެ ސްޓޫޑިއޯ އަށް ދިމާވެފައި ވާ މައްސަލަ ވަރަށް ތިލަކޮށް ޙައްލު ކުރެވޭ ތޯއެވެ. އެލް އެލްގެ ދުޝްމިން ކަމުގައި ވާ ކޮމެޑީ ލޭންޑް ވައްޓާލަން ދެން އޭނާ އަށް ކުރެވެން އޮތީ ހަމަ އެންމެ ކަމެކެވެ. ކޮމެޑީ ލޭންޑްގެ އަބުރާއި ޢިއްޒަތް ފޭރިގަތުމެވެ. ސިކުނޑި އަށް އައި މޮޅު ޚިޔާލާއި އެކު ނުލަފާ ހިނިގަނޑެއް އޭނާ ޖަހާލި އެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

....ލޯބިވާތީ
Previous

ލޯބިވާތީ…3

Next

އިޙުސާސް 3

Next
May 4, 2022

އިޙުސާސް 3

Previews
May 3, 2022

ލޯބިވާތީ…3

....ލޯބިވާތީ

11 Comments!

  1. Anonymous says:
    May 3, 2022 at 10:40 am

    Masha Allah ❤️ mi prt vx vrh rythi ❤️ next part kon irakun ❤️ reeshoo eid kihineh vrh majaa tha…?

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 3, 2022 at 12:40 pm

      Ahaa thank you Anonymous dhoonii❣️❣️
      Next part vx liye nimunyma?
      Aannn yes EID MUBAARAK DEAR ??
      eid hama vrh majaa.. Best eid ever… Huhnnaane Insta ga jehi sakaraai.. Radio ah vx erin engey tha

  2. Anonymous says:
    May 3, 2022 at 1:02 pm

    Ohhh radio ga keehkury… Idk reeshoo ge insta id…

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 4, 2022 at 12:08 am

      Radio meehun ais ahany konmes suvaaleh.. Dhen javaabu dhinyma aafalaa Orange pack kohffa huri gift pack eh dhiny?radio in live kuraany.. Fb ga huri foto vx.. Fahathun vrh kairin balaalaba dhivehi raajjeyge aduge fb page

  3. Anonymous says:
    May 3, 2022 at 1:11 pm

    I use kuranee snap nd fb ekani

  4. Nayaa Nayaa says:
    May 3, 2022 at 3:04 pm

    yoooo reeshotooooooooooooooo
    kihinehthaaaaaaaa??? eid mubarak ingey!! jassaalahchey aharun geyah biryani gandeh kaalan..klw miadhu roadha vaane dhw dhn ekm.. iyye biryani hedhy.. ekms heyo annahchey
    ey ma buny hama vrh habbu ingey mi bai vx.. masha allah.. klw hama huvaa mi buny e ali aa liyaa ey e kiyaa etheege karuga hifaanan aan.. dhn manje ah ingeynu ma vrh fight kuraa hih vaa kan dhw.. lol.. i just cant help it
    klw ma buny eid bandhey kiyaafa aan bandheh dheefa mi othy.. hus filaavalhu dhaskuran dheefa othy.. business ge 2 test, maths ge test, english ge test adhi nuvithaakah course test vx eboathey chuttee ninmaafa.. huvaa mi buny ma gaathah rulhi eh naannaanethr?? miyah meehaku kiyaanethr bandhekey?? filaavalhu dhas kuran othas ma hus k-drama balany mi.. lol.. mihaaru 5 drama ninmaifin.. molhu dhw.. ekm foiy vx kiyamey.. ehaa gina iraku neennan ekm.. madhu vgn vx 1 gadi iru..
    klw ey dhn vaavrh vhk dhekkijje ennu.. ma bachanee dhn mi.. vhk vx liyan vejje.. byeeeee..
    once again salhi ingey vrh mi ep vx.. soproud of yuh..
    love ya babes <3
    stay safe nd take care my loabi <333

  5. Ey Brw says:
    May 3, 2022 at 4:38 pm

    Maasha allah mi part vx vvvvvvvvv rythi????
    Eid mubarak reeshooo???

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 4, 2022 at 12:01 am

    Reply for @Nayaa
    Yoooooo nagetoooooo
    Klwwwww.. Kaley eid ga mulhin filaigenehnu thiya ulhuny… Nuvaithaakah e aluvi basthaa vx eid ga dhahkaa vx nulaa.. Hafthaa eh mivany msg eh esoru kohnulaa… Reply vx nudhey??????
    Eyyyyy Allah Akbar
    MA HAMA SATHEYKA Al hamdhu li Allah ??????manje kihineh thaaaa??????
    Koyaaa eyyyyy dhen eid mubaarikekey nukiyeyne… Kiyan jeheyny valhu eid mubaariku… Manje ah magey faraathun galhu eid dhuvahuge heyo edhumaa salaam??
    Ahdhey dhww aan mihaaru mi nahttaaly yaash dhonbe aa eky biriyaany gandeh aruvaalan… Klw engey tha Iyye aharumen thihtha geah mendhuru keumah genaee Mongolia ekoaaa???????yayyyy
    Adhi klw engey thr Miadhu ma alah butter chicken keiinu????✌️ma heekuri varh vure vx maaa meeeru????
    Kaley ekank tha ayya aa liyatte aa behey hithun ulheny???? Magey athuga e dhegolaa jehihjehyyaa hama nolhaalaany.. Dhen e Aash brw bunaane thimanna athuga jehey dhuvahaku boley baalaany.. Dhen indhefa e Ahutti bunefaane Egolaa athuga jehunyma boluga taki jahaanamey… Hoon ey aan dhen vrh Shukureyyy❣️hmmm manje ah dheynee kon kula ehge heart eh baa??aan yes black?????
    Klw Koahcheh eid bandheh vx noon meekee.. Mee hedhumuga assaa bandheh.. Huvaa mibuny.. Aahrunnah lolu fiya jahaa nulevey… Rey gandu 8 to 10 30 ah schl ah gos ais nidheyny dheyh thineh jahaairu.. Anehkkaa hendhunu 8 ga schl ah dhaan jehey.. Nimeny 12 ga.. Huvaa dhen mee vx kameh.. Ey ekm manje balahchey ma vhk dhahkan eryma.. Rangalhu ethanah araafa birun hey nunethunihhyaa.. ?????
    Aharun test thah ninmaifin chuhtteege kurin???
    Pis pis dhen manje vx dhw.. Aan aan balan jeheyne k duramaa vx.. Ekm ma balaany hama seedhaa haa akun feshey dhaalakun nimey ހިންދީ drama?… Ok no offence brw..
    Hoon vru vhk dhekihjje mashah vx… Dhaan vehjje nidhan.. Baara jahany eyy.. Kemdy dhen
    Aan hoon luv yah… Wait WHATT????? NASEEMA IS CALLING ME BABS??? ????????OMG
    aslu tha brwww???oh oh oh yeaaaa.. Luv you more baby ji??????????
    Missed yah.. Ma radio ah eri foto thah fenun tha?? Gud night.. Ey klw baraabaru 00.00 avahah cmnt fonuvan vee.. Oh shit e vee 00:01??ma adhi evarun record eh hadhan ulhuny ma

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 4, 2022 at 12:03 am

      Reply for @Ey brw
      Ahaaan yes yes thank you brwww☺️?
      Ahaa ey brw miadhu kihan jebeynee valhu eid mubaarikey.. Uhn baara jahaifi dhw.. Aneh dhuvas vee dhw mi??. Aan ehenma MULA EID MUBAARAK?❣️❣️

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 4, 2022 at 12:05 am

      Sorry olhigen nayaa ge reply ah e cmnt gossa e iny..
      *Kihan – kiyan*
      *jebeyny – jeheyny*

    3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 4, 2022 at 12:08 am

      Ninjaa hadhaigen vx kameh veytha dhw

Comments are closed.

Next Episodeތީ އޭ ހަނދަކީ 5←


All Right Reserved!