Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 24

Star Fire Level 310 Stories
April 18, 2022 5 Mins Read
4 Comments

 

*”ކަޒް އައި ލަވް ޔޫ” ނަވާން މިހެން ބުނުމުން އަޒްހާ އަށް ލިބުނީ ވަރުގަދަ ސޮކް އެކެވެ. ” ވަޓް” އަޒްހާ އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. *

 

ނަވާން ބުނި ބަސްތަކުން އަޒްހާ އަށް ގަބޫލު ކުރަން ދަތި ވިއެވެ. ” 4 އަހަރު ކުރިން ވެސް މިހާރުވެސް އައި ރިޔަލީ ލަވް ޔޫ” ނަވާން އަނެއްކާވެސް މިހެން ބުނުމުން އަޒްހާ އިސްނަގާ ނަވާން އަށް ބަލައިލަމުން ސުވާލު ކޮއްލިއެވެ. ” ދެން ކީއްވެ ނުބުނީ” އަޒްހާ މިހެން އެހުމުން ނަވާން ބުނެލިއެވެ. ” އަހަރެން ބޭނުންވީ ރަނގަޅަށް ރެޑީ ވެލައިގެން އަޒްހާ ކައިރީ ބުނަން އެކަމް އޭގެ ކުރިން އަޒްހާ ފިލައިފި ވާ” ނަވާން އެހެން ބުނުމުން އަޒްހާ އަށް ހެވުނެވެ. ” ދެނ ހިނގާ ދާނ” ނަވާން އަޒްހާ ގެ ގައިން ދޫ ކޮއްލަމުން ބުނެލިއެވެ. ” އެއާއެކު އަޒްހާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.” ނޫން އަހަރެން ބޭނުމީ އިހަށް ގެއަށް ދާނ ނަވާން ދޭ އަހަރެން އަންނާނަން ފަހުން ” އަޒްހާ އެހެން ބުނުމުން ނަވާން އޯކޭ އޭ ބުނެލިއެވެ. އަދި އަޒްހާ އަށް ޓެކްސީ އެއް ހޯދައި ދިނުމަށް ފަހު  ގެއަށް ދިޔުމަށް ބުނެލިއެވެ. 

 

6 އަހަރު ފަސް 

 

” އީރާ…….. އީރާ ތި ނުދުވެބަލަ ވެއްޓިދާނެ ” ނައިރާ ކޮޓަރި ތެރޭގައި ދުވަމުން ދިޔަ 5 އަހަރުގެ ކުޑަ ކުޑަ އީރާ އަތުލެވޭތޯ އީރާގެ ފަހަތުން ދުވަމުން ދިޔައެވެ. ކޮޓަރީ ދޮރު ހުޅުވާފައި ވަދެގެން އައި އަޔާޒް ފެނުމާއި އެކު އީރާ އަޔާޒް އާއި ދިމާއަށް ” ޑޭޑީ ” ދުއްވައިގަތެވެ.” ބައްޕަގެ ޕްރިންސެސް ހާދަ ވަރަކަށް ތި ދުވަނީ ” އަޔާޒް އީރާ އުރާ ލަމުން ބުނެލިއެވެ. އަޔާޒް އެހެން ބުނުމުން ކުޑަކުޑަ އީރާ ޖަހާލީ ހިނިގަނޑެކެވެ.” ބަލާބަލަ ބައްޕަ ކައިރީ ބަސްއަހާ ވަރު ” ނައިރާ އައިސް އަޔާޒް ކައިރީ ހުއްޓެމުން ބުނެލިއެވެ. އެއާއެކު އީރާ އަނގަ މަތީގައި އަތް އަޅާ ލިއެވެ.” ދަރިފުޅު ދޭބަލަ މާމަ އެބަ އުޅޭ ދަރިފުޅު ހޯދަން “އަޔާޒް އީރާ ތިރިއަށް ބާލުވަމުން ބުނެލިއެވެ. އެއާއެކު އީރާ ދުވެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.” އީރާ މަންމަ ކިތައް ފަހަރު ބުނާނީ ނުދުވާށޭ ” ނައިރާ  އީރާ ގެ ފަހަތުން ނިކުންނަން ދަމުން ބުނެލިއެވެ. ނަމަވެސް އަޔާޒް ނައިރާ ނިކުތުމުން ކުރިން ނައިރާ ގެ އަތުގަ ހިފިއެވެ. އަދި ދަމައިގަތެވެ. އެއާއެކު ނައިރާ އައިސް ޖެހުނީ އަޔާޒް ގެ މޭމަތީގައެވެ.” ލަވް އަހަރެން މި އައީ ވަރަށް ބޮޑު ޕްރޮޖެކްޓް އެއް ނިންމަފަ އެންޑް އަމް ޓަޔަޑް ” އަޔާޒް އެހެން ބުނުމުން ނައިރާ ހީލިއެވެ. ބުނެލިއެވެ.” ސޯ އަހަރެން ކީއް ކޮއްދެންވީ ” ނައިރާ މިހެން ބުނުމުން އަޔާޒް ނުސިޔާނު ގޮތަކަށް ހީލިއެވެ. އަދި ނައިރާ ގެ މޫނާ ކައިރި ވެލި އެވެ.” ދެނ އަޔާޒް އީރާ އައިސް ދާނެ ” ނައިރާ އެހެން ބުނަމުން އަޔާޒް އާއި ދުރަށް ޖެހެން މަސައްކަތް ކުރިއެވެ.” ނޮޓް އިފް އައި ކަލޯ ދަ ޑޯ” އަޔާޒް އެހެން ބުނަމުން ކޮޓަރީ ދޮރު ލައްޕާލިއެވެ. އަދި ނައިރާ ގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. ނައިރާ ވެސް އަޔާޒް ގެ އެއަމަލުގައި ބައިވެރި ވެއެވެ. ދެމީހުން ވެސް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު ދޮރުގަ ޓަކި ޖެހުމުންނެވެ. ނައިރާ އަވަހަށް އަޔާޒް ދުރަށް ކޮއްޕަލުމަށް ފަހު ދޮރުހުޅުވި އެވެ. ދޮރު ކުރިމަތީގައި ހުރީ އީރާ އެވެ. ” މަންމަގެ ކުޑަކުޑަ އީރާ އާދޭ އަވަހަށް ނިދާން މާދަމާ އެބަ ޖެހޭ އެއްނު މަންމަ ގެ ރަށަށް ދާނ” ނައިރާ އެހެން ބުނުމުން އީރާ ދުވެފައި ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީގައި އޮށޯވެ ލިއެވެ. 

 

އާ ދުވަހަކަށް އިރު އެރިއިރު ނައިރާ އާއި އަޔާޒް އާއި އެ ދެމީހުންގެ ކުޑަކުޑަ ދަރިފުޅު ތިބީ މާލޭ ގައެވެ. މިއަދަކީ ނައިރާ އެތައް އަހަރަކަށް ފަހު އަމިއްލަ އުފަން ރަށަށް ދާ ދުވަހެވެ. އެހެން ކަމުން ނައިރާ ހުރީ ވަރަށް އުފާވެފައެވެ. 3 މީހުން ލޯންޗް އަށް އެރުމާއެކު ލޯންޗް ދުއްވާލައެވެ. 

 

30 މިނެޓު ގެ ދަތުރަކަށްފަހު ނައިރާ މެން ރަށުގެ ޖެޓީއަށް ލޯންޗު ޖެއްސި އެވެ. އެއާއެކު އީރާ ބެލީ އަވަހަށް ލޯންޗުން ފޭބޭ ތޯއެވެ. އެހެންކަމުން ނައިރާ އަވަހަށް އީރާ އުރާ ލިއެވެ. އަދި ލޯންޗުން ފޭބިއެވެ. ދުރުގައި ކަޅުކުލައިގެ ކާރެއް ގަ ލެގިގެން ހުރި ނަވާން ފެނި ނައިރާ އަތް ހޫރުވާލިއެވެ. އެއާއެކު ނަވާން ވެސް އަތް ހޫރުވާލިއެވެ. އަދި ނައިރާ މެން ނާއި ދިމާއަށް އަންނަން ފެށިއެވެ. ” ދޮންތާ އައި މިސްޑް ޔޫ….. އެންޑް އީރާ އައި މިސްޑް ޔޫ ސޯ ސޯ ސޯ މަޗް” ނަވާން އެހެން ބުނުމާއެކު އީރާ ވެސް ބުނެލިއެވެ. ” އައި މިޝްޑޫ ޓޫ” އީރާ މިހެން ބުނެ ލުމުން ނަވާން އީރާގެ ކޮލުގައި ކުޑަ ކޮއް ހިފާ ލިއެވެ. އަދި އަޔާޒް އަށް އެހީތެރިވާނ ދިޔައެވެ. ނައިރާ އާއި އީރާ ގޮސް އެރީ ކާރަށް ށެވެ. އިރުކޮޅެއް ފަހުން ނަވާން އާއި އަޔާޒް އައިސް ކާރަށް އެރިއެވެ. އަދި ކާރު ދުއްވާ ލިއެވެ. އެތައް އަހަރަކަށް ފަހު ރަށަށް އައުމުން ރަށް ތަރައްޤީ ވެ ފައިވާ ވަރު ފެނި ނައިރާ ހުރީ ހައިރާން ވެފައެވެ. 

 

10 މިނެޓް ގެ ދަތުރަކަށްފަހު ކާރު ގެއެއްގެ ކުރިމަތީގައި ހުއްޓުމުން ނައިރާ އީރާ ގޮވައިގެން  ކާރުން ފޭބި އެވެ. އަދި އެގެއަށް ބަލާލިއެވެ. ޕީޗް ކުލަ ލާފައި ވާ އެ ގެ ހުރީ ދެ ބަރިއަށް ނަގާފައެވެ. ކުރިމަތީގައި ބޮޑު ގޭޓް އެއް ހުރި އިރު ގޭޓް އެތެރެއިން އެކި ކުލަކުލައިގެ މާގަސް ފެންނަމުން ދިޔައެވެ. ފާރުގައި ކަޅުކުލައިގެ ބޯޑް އެއްގައި ހުދުކުލައިގެ ކޮމްފޯރްޓާ ފޮންޓް އިން ލިޔެފައިވާ ގްރާސް ހައުސް އަށް ނައިރާ ބަލާލިއެވެ. އަދި ގޭޓް ހުޅުވާލާފައި އެތެރެއަށް ވަނެވެ. ނައިރާ ގޮސް ގޭގެ ދޮރު ބެލް އަޅާލުމާއެކު އެތެރެއިން ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވީ ނާއިޒް އާއި މިޝްހާ ގެ 7 އަހަރަށް ދާ ދަރިފުޅު ކަމަށްވާ މިޝްއަލް އެވެ. މިޝްއަލް ފެނުމާއެކު ނައިރާ ގެ އުރުގައި އިން އީރާ ތިރިއަށް ފުންމައިލި އެވެ. އަދި އަލް ދޮންބެ އޭ ކިޔާ މިޝްއަލް ގައިގަ ބާއްދާލިއެވެ. މިޝްއަލް ވެސް އީއްކޮ އޭ ކިޔާ އީރާ ގެ ގައިގާ ބައްދާލިއެވެ. އަދި އަވަހަށް އީރާ ހިފައިގެން އެތެރެއަށް ވަނެވެ. 

 

ސިޓިން ރޫމް ގައި މާ އަޑުގަދަ ވެގެން ބަދިގެއިން ނިކުތް އަޒްހާ އަށް ނައިރާ ފެނި އަޑު ނެތް ތަނަށް ހަޅޭލައްވައި ގަނެވުނެވެ. އެއާއެކު ބަދިގޭގަ ތިބި ރިޒާ އާއި މިޝްހާ ބަދިގެއިން ނިކުތެވެ. އެ ދެމީހުންނަށް ވެސް ވީ ހަމަ އަޒްހާ އަށް ވީ ވަރެވެ. ނައިރާ ފެނުމާއެކު އެދެމީހުން ވެސް އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތެވެ. އެއިރު އީރާ އާއި މިޝްއަލް ތިބީ ކަންފަތުގައި ދެއަތް އަޅައިގެންނެވެ. އަޒްހާ އާއި މިޝްހާ އާއި ރިޒާ ދުވެފައި ގޮސް ނައިރާ ގެ ގައިގާ ބައްދާލިއެވެ. ” ގާއިޒް އައި ކާންޓް ބްރީދް” ނައިރާ ވަރަށް އުނދަގުލާ އެކު އެހެން ބުނުމުން އަޒްހާ މެން ނައިރާ ގެ ގައިން ދޫ ކޮއްލިއެވެ. ” ކޮބާ ރާއިލް އާއި  އަޒްކާ” ނައިރާ ރިޒާ އާއި ނިޔާޒް ގެ 7 އަހަރުގެ ރާއިލް އާއި އަޒްހާ އާއި ނަވާން ގެ 4 އަހަރަށް ދާ ކުޑަ ކުޑަ އަޒްކާ ނުފެނުމުން އަހާލިއެވެ. އެއާއެކު ރިޒާ ޖަވާބު ދިނެވެ. ” އޭ ދެމީހުން އުޅޭ ނިޔާޒް އާ އެކު ސަކަރާތް ޖަހާ” ރިޒާ މިހެން ބުނުމުން މިޝްއަލް އާއި އީރާ ދުވެފައި ސިޑިން މައްޗަށް އެރިއެވެ. އެއާއެކު ނައިރާ އީރާ އަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ” ދަރިފުޅާ ނުދެވޭ ވެއްޓި ދާނެ” ނައިރާ އެހެން ބުނުމުން ދެން އީރާ އެރީ ހިނގާފަ އެވެ. ” ކޮބާ ކުޑޭ” އަޒްހާ އަޔާޒް ކޮބާތޯ އެހުމުން ބޭރުގަ ކަމަށް ނައިރާ ބުނެލިއެވެ.

– – – – – -ރޭގަނޑު 8:30 ގެ ވަގުތު – – – – – 

އަޒްކާ އަށް ނިދާފަ އޮއްވާ ހޭލެވުނީ މީހަކު އަޒްކާ ގެ ނަމުން ގޮވާ އަޑު އިވުމުން ނެވެ. އެހެން ކަމުން އަޒްކާ އެދުން ފޭބިއެވެ. އަދި ކޮޓަރީ ދޮރު ހުޅުވާ ލުމަށްފަހު ބޭރަށް ނިކުތެވެ. އެއާއެކު އަނެއްކާ ވެސް މީހަކު އަޒްކާ އަށް ގޮވައިލިއެވެ. ” އަޒްކާ……. އަޒްކާ” އަޒްކާ އެ އަޑު އަންނަ ދިމާ ޔަގީން ކޮއްލިއެވެ. އެ އަޑު އެ އަންނަނީ ތިރީ ބައިން ނެވެ. އެހެންކަމުން އަޒްކާ މަޑުމަޑުން ހިނގާފައި ގޮސް ސިޑިން ތިރިއަށް ފޭބިއެވެ. ސިޓިން ރޫމް ގައި ވަނީ ކަނު އަނދިރި އެވެ. އެހެންކަމުން އަޒްކާ އަށް އެއްވެސް އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އެހެން ކަމުން އަޒްކާ  ކުޑަކޮށް ބިރުގަތެވެ. އަޒްކާ ގޮސް ސިޓިން ރޫމް މެދުގައި ހުއްޓުނެވެ. އަދި ވަށާ ބަލައިލިއެވެ. އެއާއެކު ކުއްލިއަކަށް ސިޓިން ރޫމް ގެ ބޮކިތައް ދިއްލިގެން ދިޔައެވެ. ބޮކިތައް ދިއްލިގެން ދިއުމާއެކު ސޯފާ ބިތްދޮށުން އީރާ ، މިޝްއަލް އަދި ރާއިލް ނިކުތެވެ. އަދި ގޮސް އަޒްކާ ވަށާލުމަށްފަހު ބާތްޑޭ ސޯންގް ކިޔަން ފެށިއެވެ. ބާތްޑޭ ސޯންގް ކިޔާ ނިމުމާއެކު އަޒްކާ އީރާ ގައިގަ ބާއްދާލިއެވެ. އަދި ބުނެލިއެވެ. ” ޔޫއާރް ދަ ބެޝްޓް އީ…. އަޒްކާ ހިތަށް އެރީ ހުރިހާ އެންމެ އަޒްކާ ގެ ބާތްޑޭ ހަނދާން ނެތުނީ ކަމަށް” އަޒްކާ އެހެން ބުނުމުން މިޝްއަލް އާއި ރާއިލް އެއް ފަހަރާ ބުނެލިއެވެ. ” ވަޓް އެބައުޓް އަސް” އެހެން ބުނުމުން އަޒްކާ ރާއިލް އާއި މިޝްއަލް އާ ދިމާއަށް ދޫ ދިއްކޮއްލީ އެވެ. ” ހެޕީ 5 ބާތްޑޭ އަޒްކާ” 4 ކުދިން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އެކުދިން ގެ މަންމަ އާއި ބައްޕަ އަޒްކާ އަށް ކުއްލިއަކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން ނެވެ. އެއާއެކު އަޒްކާ ދުވެފަ އައިސް އަޒްހާ އާއި ނަވާން ގެ ފަޔުގައި ބައްދާލިއެވެ. އަދި ބުނެލިއެވެ. ” ބެސްޓް ބާތްޑޭ އެވާ” 

(ނިމުނީ)

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (58)

Next

ވައުދޭ ވެވޭ މީ ކިޔުންތެރިންގެ ސަމާލު ކަމަށް…

Next
April 18, 2022

ވައުދޭ ވެވޭ މީ ކިޔުންތެރިންގެ ސަމާލު ކަމަށް…

Previews
April 18, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (58)

4 Comments!

  1. Hûdhãkkø says:
    April 18, 2022 at 1:44 pm

    Awwwn
    Vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh reethi mi vaahaka ????
    You are the one of my favourite story writer ????
    Star fire ge new story eh vrh avahah kiyaalan libeyne kamah unmeedhu kuran ?????
    Nd today is my birthday sis what’s your birthday ?????????????????

  2. Aminath Amna Ali says:
    April 18, 2022 at 2:01 pm

    V v reethi Ingey I wish star ge ehen vaahaka eh kiyaalan libeyne kamah ?

    1. Star Fire says:
      April 18, 2022 at 5:34 pm

      Thanks Aminath Amna Ali ☺️☺️

  3. Aminath Amna Ali says:
    April 19, 2022 at 9:03 pm

    Your most wlc?

Comments are closed.



All Right Reserved!