ވައުދޭ ވެވޭ މީ… 15
މީހުން އާނމުކޮށް ނޫޅޭ ހިސާބުގައި ހުރި ވީރާނާ ވެފައި ވީ ފަޅު ގެއެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ބަޔަކު ތިއްބެވެ. ދުނިޔޭގައި ވާއެއް ނުވާ އެއް ނޭނގޭ ހާލަތުގައި އެމީހުން ތިބީ ދަޅަތަކަށް ހެއްލިފައެވެ. ސިކުނޑި ވަނީ އެހެން ދިމާލެއްގައެވެ. އެމީހުންގެ ތެރޭގައި އިން ޝާމިން އޭނާގެ އަތުގައި އޮތް ފުޅި އާއި ވާހަކަ ދައްކަމުން ދިޔައެވެ.
” އީވާ..އަހަންނަށް ވަރަށް ގިނަ ދުވަހު ކެތް ކުރެވިއްޖެ.. ދެނެއް ނުވާނެ.. މިކުޅިގަނޑު ބަލަން އަހަންނަށް ހުރެވިއްޖެ… އަހަރެން އީވާ ދެކެ ވީ ލޯބީގައި ކޮޅުފައިން ޖަހާފަ، އެ އަޔާޝް އާއި އެކު އުޅެނީ އަހަންނަށް ދެވޭ އަނިޔާ ނޭނގޭތީ ތަ…؟ އަހަރެން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އީވާ ތީ އަހަރެންގެ މީހަކަށް ހަދާނަން.. އަހަންނަށް އިވާ ނުލިބޭ ހާ ހިނދަކު އީވާ އެހެން މީހަކަށް ލިބުނަކަ ނުދޭނަން… އަހަންނަށް އީވާގެ ހިތް އަހަންނަށް ލަންބައި ނުލެއްވުނިއްޔާ އަޔާޝް އާއި ދެމީހުން ވަކި ކުރުވާނަން… އެ އަޔާޝް އަށް އެއްކަމެއް ވެސް ނުކުރެވޭނެ… މިކަން ނުކުރަނީހެއް އަހަންނަކަށް ޝާމިން އެކޭ އެއް ނުކިޔާނެ….” ފުޅި އާއި ވާހަކަ ދައްކަމުން ދުރު ބަލައިލި ޝާމިންގެ ލޮލުގައި ވަނީ ނުރައްކާތެރި ވިދުމެކެވެ. ނުގުޑާނެ އަޒުމެކެވެ.
꧁ފަނަރަ ވަނަ ބައި꧂
********
ދުވަސްތަށް ހަލުވި ކަންމަތި ފާއިތުވަމުން މަސްދުވަސް ހަމަވެގެން ދިޔައެވެ. އެކި ގުޅުންތަށް ބަދަހިވެ އަނެއް ގުޅުންތަށް ކެނޑިގެން ދެއެވެ. އާ ގުޅުން ތަށް އުފެދިގެން ދާއިރު އެހެން ގުޅުންތަށް ރޫޅިގެން ދެއެވެ. ލޯބީގެ ގުޅުންތަކަށް އެހެން ނަންތަށް ދެވިގެން ދެއެވެ. އެކި ހިތްތަކުގައި ލޯބިގެ އިހުސާސް އަލަށް އުފެދިގެން ދާއިރު އަނެއްބައި މީހުން އެ ލޯބި ފަސް އަޅާ ފޮރުވާލައެވެ. ޒައިހާ އަށްވެސް މީގެ އަސަރު ފޯރަން ފަށައިފިއެވެ.
މުޅިންވެސް ހިޔާލުގައި އޮންނަ ވަގުތުތަށް ގިނަވާން ފެއްޓިއެވެ. ގެއިން ބޭރަށް ފިޔަވަޅެއް ނާޅާ މީހާ އަބަދުވެސް ކޮންމެވެސް ކަމެއްގައި ބޭރުގައެވެ. މާހީ އަށް ވެސް ޒީހާން އާއި އެކު އެގެއަށް ދާ މަދު ދުވަސްތަކުގައިވެސް ޒައިހާ އާއި ދިމާވަނި ވަރަށް މަދުންނެވެ. ގޭގައި އޮންނަ ފަހަރެއްވިއްޔާ ފޮނުނަގައިގެން ކޮންމެވެސް ކަމެއްގައެވެ. އޭގެން ލޯ ނެއްޓޭ ފަހަރެއް ނާދެއެވެ. ޒިޔާނާ އެތަށް ފަހަރަކު އެކަމާ އަޑުލިނަމަވެސް ޒައިހާ އަށް ކަހައިރުވަކު ދަނބެކޭވެސް ހީ ނުވެއެވެ. އޭނާ މުޅިންވެސް އެހެން ކަމެއްގައި ބިޒީވެއެވެ.
އެވެސް އޭގެ ރެއެކެވެ. ޒައިހާ ގޭގެ ޖޯލިފަތީގައި އޮންނަތާ ކިތަންމެ އިރެކެވެ. ޙިޔާލެއްގެތެރެއަށް މީހާ ގެނބިފައި ވިރު ތުންފަތުގައި ނިޔަފަތިން ކޮއްޓަމުން ދިޔައެވެ. ކުޑަކޮށް ހިކިފައި ވުނުން ޒައިހާ ނިޔަފަތިން ކޮއްޓަމުން ދިޔަވަރަކަށް ތުންފަތުން ހަން ނެއްޓެމުން ދިޔައެވެ. ވިސްނުމެއްގައި އޮތް އިރު ތުންފަތަށް ހިނިތުންވުމެއް ވެރިވާ ފަހަރުވެސް އާދެއެވެ. ބަދިގެއަށް ދާން ސިޑިން ފައިބައިގެން އައި ޒިވާއަށް ޒައިހާ ޖޯއްޔަށް ދެފައި ނަގައިގެން އޮތްތަން ފެނުމުން ކުރަނީ ކީތްތޯ ބަލާލާ ހިތްވިއެވެ. ސިއްރު ސިއްރުން ފިޔަވަޅު އަޅަމުން އޭނާ ޒައިހާ ކައިރިއަށް ދިޔައިރު އެފަކީރު އޮތް ހާލު ފެނުމުން ޒިވާ ހައިރާންވި ނަމަވެސް އެކަން ފޮރުވާލިއެވެ. އަމިއްލަ އަމިއްލަ އަށް ވާހަކަވެސް ދައްކަމުން ދިޔައެވެ،. ޒިވާ ދެތިން ފަހަރު ގޮވާލުމުން ވެސް ކޮންމެވެސް އެހެން ފަތިވަރެއް ކިޔަން އޮތެވެ.
“ޒައީ…!!” ” ދޮންތާ..؟ ލަވް އެޓް ފަސްޓް ސައިޓް އެއީ އަސްލެއްތަ؟…ނޫނީ ފުލޯކެއްތަ؟ އަސްލަކަށް ވަނީ ކަމުގަ ވަންޏާ އަހަންނަށް ހަމަ އަސްލަށްވެސް ލޯބި ވެވިއްޖެ ކަންނޭގެ…” ޒިވާ ގޮވާލުމާއި އެކު ޒައިހާ ޖޯއްޔަށް ނަގައިގެން އިން ދެފައި ތިރިއަށް ބާލަމުން ޒިވާ އާއި ސުވާލު ކޮށްލިއެވެ. ޒައިހާ ކޮށްލި ސުވާލުން އޮޓޯ އިން ކަހަލަ ގޮތަކަށް ޒިވާ އަށް ޖޯލީގައި ސްލޯ-މޯޝަން ގައި އިށިންދެވުނެވެ. އާގަމަވެސފައި ހުރެ ޒިވާ ދަތްދޮޅި ދަށަށް އަތްލައްވާލަމުން އޭނާ އާއި ޖެހިގެން އިން ޒައިހާ އަށް ބަލައިލިއެވެ.
” މަގޭ ކުޑަ ކުޑަ ކޮއްކޮ އެހާ އަވަހަށް ބޮޑުވީ..؟” ޒައިހާ އާއި ދިމާލަށް ބަލަން އެހުރި ގޮތަށް ހުރެ ޒިވާ އަށް ބުނެލެވުނެވެ. އަދިވެސް އޭނާއަށް ލިބިފައި ވި ޝޮކު ފިލައިގެންނެއް ނުދެއެވެ.
ޒިވާ ވާހަކަ ދެއްކިއަޑަށް ޒައިހާ އަށް ހަމަ ބިމަށް ފޭބުނު ކަހަލައެވެ. ބުނެވުނު އެތި ރެއަކާއި ލުމުން ޒައިހާ ސުވާލުވެރި ގޮތަކަށް ޒިވާ އަށް ބަލައިލީ ތިބުނީ ކީކޭހެއްޔޭ އަހާލާ ފަދަ ގޮތަކަށެވެ. ޒައިހާގެ ބަލައިލުން ޒިވާ އަށް ނަގައިގަނެވުމުން ޒިވާ އަނެއްކާވެސް ބުނެލިއެވެ.
” ޒައި ކުއްޖެއް ދެކެ ލޯބި ވާ ވަރަށް އަސްލަށްވެސް ބޮޑު ވީ ހެއްޔޭ…؟ ކުރިން 30 އަހަރު ވީމަ ނޫނީ ފިރިހެނަކަށް ބަލައި ނުލާން ހުރި އަހަރެންގެ ކޮއްކޮ އަށް މީހެއް ދެކެ ލޯބި ވެވުނީ ހެއްޔޭ؟…” ޒިވާ ޒައިހާ އަށް އޭނާ ކުރި ސުވާލު އޮޅުންފިލުވައި ދޭ ކަހަލަ ގޮތަކަށް އަލުން ކިޔައިދިނެވެ. ޒިވާ ބުނެލި އެއްޗަށް އެއްބަސް ވުމުގެ ބަދަލުގައި ޒައިހާ ޒިވާ އާއި ދިމާލަށް ފަކުރު އެއްޗެއް ފެނުނު ފަދައި ބަލައިލި އެވެ. ނުބައި އެއްޗެއް ކެވިގެން އަނގަ ސަކަރާތް ވެގެން ހުންނަ ކަހަލަ ގޮތަކަށެވެ.
” މަ ކޮން އިރަކު ބުނީ މީހެއްގެ ދެކެ މަށަށް ލޯބި ވެވިއްޖޭ..؟ މަ މިކިޔަނީ މަންމަ އިހަކަށް ދުވަހު ދިއްގަރުން ގެނައި ރިހާކުރު މީރުވެގެން އޭގެ ވާހަކަ…!!! އަޅޭ ދޮންތާ…! މީހުން ބުނަނީ ތެދެކޭ…!!! އޭތި ހާދަ މީރޭ…!! މަށަށް ދެން އެޔަކާއި ނުލައި ނޫޅެވޭނެ…!!! އެހެރަ އެންޒީ ރިހާކުރަށް ވުރެން ވެސް އޭތި މާ މީރު…!!!” ޒައިހާ ދެން ބުނެލި އެއްޗަކީ ދުވަހަކުވެސް ޒިވާ ޒައިހާ ބުނާނެ އޭ ހީކޮށްގެން ހުރި އެއްޗެއް ނޫނެވެ. އޭނާ ޒައިހާ އާއި ދިމާލަށް ބަލައިލާފައި އެއްބުމަ ހިއްލާލަމުން ބުނެލިއެވެ.
” މީނައަށް ލޯބި ވެވިގެން މި އުޅެނީ ރިހާކުރު ފުޅިއަކާ…؟؟ އޭ ސްތުޕިޑޯ… ވޭކް އަޕް ފްރޮމް ދިސް ފެންޓަސީ ވޯލްޑް އޮފް ޔުއާރސް، އެން ސްޓާޓް އެ ރީލް ލަވް ލައިފް… ޔޫ އާރ އޯލްރެޑީ ޓްވެންޓީ.. އެހެންމީހުން މީހުންނާއި އިނދެ ދަރިން ހޯދާ ހިޔާލު ކުރާއިރު މީނަ ރިހާކުރު ފުޅިއަކާއި އިނދެވޭތޯ… މީނަގެ އިންނަނީ ފުޑް މައިންޑެއްތަ؟….” ޒިވާ އިނގިރޭސިންނާއި ދިވެހި މިކްސް ކޮށް ޒައިހާ އަށް އެއްޗެއް ބުނެލަމުން އެތަނުން ތެދުވެގެން ދިޔައީ މޫޑު ކަޓާފައި ހުރެގެންނެވެ. ދަމުން އަމިއްލަ ނަފްސާއިވެސް ޒައިހާ އާއި ބެހޭ ގޮތުން ސުވާލެއް ކޮށްލިއެވެ.
ޒިވާ ތެދުވެގެން ދިޔުމުން ޒައިހާ ފުންނޭވާއެއް ދޫކޮށްލާފައި ނިއްކުރީގައި އަތްހާކާލިއެވެ. އަދި އަމިއްލަ އަށް މިފަހަރު ސަލާމަތް ވީ އޭ ބުނެލިއެވެ. އިތުރަށް އެތާނގައި އެންމެ ހިނދުކޮޅަކަށވެސް މަޑު ކުރަން ނަހަދާ ޒައިހާ ތެދުވެގެން އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
ބަދިގޭގައި ހަމަޖެހިލަފައި ޒިވާ ތައްޓަކަށް ފެން އަޅާލިއެވެ. ކޯވަރެއްގެ ފެން ބޯލާފައި ޒިވާ އޭނާގެ ފޯނުން ވިޝާމްގެ ނަންބަރަށް ގުޅާލިއެވެ. ކަންފަތުގައި ޖަހާލިފޯނު ހައިރާންކަން މަތީ ތިރި ކުރެވުނީ ވިޝާމްގެ ފޯނު ބިޒީ ވުމުންނެވެ. ގަޑިން ދިހައެއްޖަހާ ބޮޑުވީއެވެ. ވިޝާމް އަކީ އެހާ އަވަހަށް ނިދާ މީހެއް ނޫން ކަން ޒިވާ އަށް އިނގެއެވެ. އެހެންނޫނަސް އޭގެ ބައިގަޑި އެއްހާއިރު ކުރިން ގުޅި އިރުވެސް ލިބުނު ޖަވާބު ލިބުމުން ޒިވާގެ ހިތް މާޔޫސްކަމުން ފުރުނެވެ. ވިޝާމް އަކީ ދުވަހަކުވެސް އޭނާގެ ފޯނުކޯލެއް ވަރަށް ބިޒީ ނޫނިއްޔާ ނޫނި ނުނަގާ މީހެކެވެ. އެވަގުތެއްގައި ފޯނު ނުނެގޭނެ ކަން މެސެޖަކުން ނަމަވެސް އޭނާ އަންގާލާނެއެވެ. އެހެންނަމަވެސް އެންމެ މެސެޖެއްވެސް ވިޝާމްގެ ނަންބަރަކުން ޒިވާއަކަށް ނާދެއެވެ.
ޒިވާ ހުރި މާޔޫސްކަންމަތީ ވިޝާމްގެ ނަންބަރަށް ވޮއިސްމެސެޖް އެއް ފޮނުވާލާފައި ފެންތަށި އެއްނޭވައިން ދަމާލާފައި ބަދިގެއިން ނުކުމެގެން ދިޔައެވެ. ވިޝާމްގެ އަޑު އަހާލުމަށް އެ ހިތް ބޭޤަރާރު ވަމުން ދާ ކަހަލައެވެ. އެ އަޑުން އޭނާއަށް އެތައް ތައުރީފެއް ކުރާ އަޑު އަހަން އެހިތް އެދެމުން ދަނީ އިންތިހާއަށެވެ. އެ ދުލުން ލޯބިވާވަރު ބުނެލާ އަޑު އަހަން އެހިތް އެދެމުން ދިޔައެވެ. އެހިތުގެ އަޑު ވިޝާމް އަށް އިވޭނޭ ނަމައެއް ނޫންހެއްޔެވެ.
އެ ގުޅުން އުފެދިގެން ފާއިތުމިވީ އަދި އެންމެ ދޮޅު މަހެވެ. އެހެންނަމަވެސް ޒިވާ އަށް ވިޝާމްގެ ފުށުން ފުރަތަމަ މަސްދުވަހު ލިބުނު އުފާވެރިކަން ފަނޑުވާން ފެއްޓިއެވެ. ވަޒީފާގައި އުޅެމުންވެސް ޒިވާ އަށް ވަގުތު ހުސްކުރާ މީހާަށް ދެދުވަސް ނިމިގެން ދާއިރު ޒިވާ އަށް ގުޅާ ނުލެވެއެވެ. އެތަކެއް އަހަރެއްގެ އިންތިޒާރަކަށް ފަހު ޒިވާއަށް އޭނާގެ އަލަތު ލޯބި ހާސިލްވީ ނުވެސް އެނގި ހުއްޓައެވެ. ފުއްޓައްކެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއް ތެރޭ އެލޯބި ގެއްލޭކަށް އޭނާ ނޭދެއެވެ. ވިޝާމް އަށް ކުއްލިއަކަށް މި އައި ބަދަލު ބަލަން ޒިވާ ބޭނުންވިއެވެ. އޭނާގެ ލޯބި ހިމާޔަތް ކުރަން ޒިވާ އަޒުމު ކަނޑައެޅިއެވެ. ކޮންމެ ހާލެއްގައި ވިޔަސް މެއެވެ. ނަމަވެސް ހަޤީޤަތާއި ކުރިމަތި ލާނެ ހިތްވަރު ޒިވާގެ ހުންނާނެ ބާވައެވެ؟.
ޒިވާއަށް އޭނާ ނިންމުނު ނިންމުމާއިމެދު ވިސްނާލެވުނެވެ. ނުބައި އިހުސާސެއް ކުރެވިގެންނެވެ. އެހެންނަމަވެސް އޭނާ ދެން ނިންމާލާނި ވިޝާމް އަށް އޭނާގެ ފުރިހަމަ ސުޕަވައިޒިން ދީގެންނެވެ. އެގުޅުން ރަނގަޅުކޮށްގެންނެވެ. ޒިވާ އަށް ނޭގުނަސް އެއި އޭނާ އަށް އެޅޭނޭ އެންމެ ކަތި ފިޔަވަޅެވެ. ހިތް އެދޭ ކޮންމެ ކަމެއް ނުވާނޭކަން ދަންނަންވާނެއެވެ. އެގުޅުން ކުރިއަށް އޮތްތާނގައި ދެމިގެން ދާނޭބާވައެވެ. ޒިވާ އާއި ވިޝާމްގެ ގުޅުމަށް އަންނާނެ ކޮޅިގަނޑަކީ ކޮބައިބާވައެވެ..؟؟
ދެގަޑިއިރު ކުރި
ވިޝާމްގެ އަތުތެރޭ ރޯންހުރި މިޝްކާގެ މޫނުމަތިން ފެންނަމުން ދަނީ ހިތާމައެވެ. ރޮއެރޮއެ ދެލޮ ރަތްވެފައި ވީއިރުނޭފަތްވެސް ވަނީ ރަތްވެފައެވެ. ބޮބް ކަޓް އަކުން ކޮށާލެވިފައި ވި އިސްތަށިގަނޑު ހޭވިފައި ވީއިރު މޫނުމަތިގައިވެސް އިސްތަށި ތަތްލަވާފައި ހުއްޓެވެ. އާސަހަރާގެ ފާރުގައި ވިޝާމް ލެނިލައިގެން އެ ހަށިގަނޑުގައި ލައްކޮށްލެވިފައިވި މިޝްކާގެ ހަށިގަނޑުގައި އަތް އަޅުވާލައިގެން ހުރި އިރު މިޝްކާ ބޭނުން ވަރަކަށް ރޯން ދީގެން ހުންނަ ކަހަލަ އެވެ. ކިތަންމެ ހިތްވަރު ކޮށްގެން ހުއްޓަސް ވިޝާމްގެ ލޮލުންވެސް ކަރުނަ އަންނަ ފަހަރު އާދެއެވެ. ނަމަވެސް އެއީ އެއްވެސް އެއްޗެއް ކަމަށް ހަދާ ނުލާ ވިޝާމް އެ ފޮހެލައެވެ. މިޝްކާގެ ހިތްދަތިކަން އިންތިހާ އަށް އެކުލެވިފައިވި ވޭނީ ރުއިމުގެ އަޑު އިވިފައިވެސް އޭނާގެ ލޮލުން ކަރުނަ އޮހޮރުވާލައެވެ. މިޝްކާ، ވީޝާމްގެ ގައިގައި ލައްވެލައިގެން ހުރުމުން އެ ލޮލުން ފޭދިގެން އަންނަ ހުރިހާ ކަރުނައެއް ވިޝާމް ލައިގެން ހުރި ޓީޝާޓުގެ ތެރެއަށް ފޭދިގެން ދެއެވެ.
މިޝްކާގެ ބޮޑުދައިތަ އެތަނަށް އައިސް މޫނުބަލާ ވަގުތު ޖެހުނީ އޭ ބުނުމުން މިޝްކާ ވިޝާމްގެ މޭގައި ލައްވެލައިގެން ހުރެފައި ސީދާ ވެލިއެވެ. އޭރުވެސް މީހާއަށް ގިސް ޖެހެވެއެވެ. އެ ނޫ އުޑެއް ފަދަ ޖާދުވީ ނޫކުލައިގެ ކަޅި ވަނީ ރަތް ކުލައިން ވަށާލެވިފައި ކަހަލައެވެ. ހުދު ކަޅި ވަނީ ގިނަ އިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުމަތީ ތަތްވެފައި ހުރި އިސްތަށިތަށް ނައްޓަމުން މިޝްކާ އޭނާގެ މަންމަގެ ފަހަތުން ހިނގައި ގަތެވެ. މިޝްކާގެ ފަހަތުން ވިޝާމްވެސް ހިނގައިގަތެވެ. ސަހަރާ ތެރެއަށް ވަދެގެން ގޮސް އެދެމީހުންވެސް ގޮސް މަޑުކޮށްލީ ހިނަވާ އައްޓެއްގެ ކައިރީގައެވެ. މާހައުލުގައި ގުގުމާލާފައި ވަނީ ސްޕީކަރުން އިވެމުން ދިޔަ ޤުރްޢާން ގެ އަޑެވެ. އަށިމަތީ ކަފުންކޮށްފައިވާ ހަށިގަނޑެއް އޮތެވެ. މިޝްކާ މަޑުމަޑުން އައްޓާއި ކައިރިވެލާފައި އޭގެމަތީ ބައްވާފައި އޮތް މިޝްޔާގެ އަތްމަތީ އޭނާގެ އަތް ބާއްވާލިއެވެ. އެއާއިއެކު އޭނާގެ ބިސްގަނޑު ފަޅައިގެން ދިޔައެވެ. މިޝްކާ މޫނުމަތީ އަތްއަޅާލަމުން އަނެއްކާވެސް ވިޝާމްގެ ހަށިގަނޑުގައި ބައްދާލިއެވެ. ވިޝާމް އޭނާގެ އަތް މިޝްކާގެ ގައިގައި ވަށާލަމުން މިޝްޔާ އަށް ބަލައިލިއެވެ.
އަށިމަތީ އޮތް މިޝްޔާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ހަންގަނޑު ހުދުވެފައި ނޫކުލަ ފާއްދާލާފައި ވެއެވެ. ހުދު ފޮތިން މޫނު ފިޔަވާ އެހެން ހުރިހާ ތަނެއް ވަނީ ނިވާކޮށްލެވިފައެވެ. އެ ސޫރަ މިޝްކާގެ ސޫރަ އާއި އެއްވެސް ތަފާތެއް ނެތެވެ. އެ މޫނުކޮޅެވެ. އެއްވެސް ތަފާތެއް ނެތިއެވެ. ދާއިމަށް ނިދާލާފައި ވި ކަމުގައި ވިޔަސް މިޝްޔާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ހީވަނީ ދެންމެ ދެންމެ ލޯ ހުޅުވާލަފާނެ ހެންނެވެ.
ވިޝާމް މިޝްކާގެ މަންމަ މަސަލަސް ކުރަން ހުރި ބައްޕަގެ އިޝާރާތަށް މިޝްކާ ގޮވައިގެން ބޭރަށް ނުކުމެލަން ދިޔައެވެ. މިޝްކާވެސް އެއްވެސް ދެކޮޅު ހެދުމެއް ނެތި ނުކުތެވެ. ބޭރުން ގޮނޑިއެއްގައި މިޝްކާ ބައިންދާލާފައި ވިޝާމް ފެންފުޅިއެއް ބަލާ ދިޔައެވެ. ވިޝާމް އައިސް ފެންފުޅި މިޝްކާގެ އަތަށް ދީފައި ފެންފޮދެއް ބޯލަން ބުންޏެވެ. މިޝްކާ ދެކޮލު ހަދާފަވެސް ވިޝާމް ކިޔަން ފެށުމުން އެއް ކޯވަރު ބޮއެލިއެވެ. މީހާ ހަމައަކަށް އަޅުވާލާފައި މިޝްކާ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ.
” ތެންކިއު…” “ކޮންކަމަކަށް؟…” ” ޔޫ ހޭވް ބީން ހެލްޕިންގ މީ، ވެލް އަސް، އެވާ ސިންސް އައި ޓޯލްޑް ޔޫ އެބައުޓް ދޮންތަ… އެން ޔޫ ކޭމް ހިޔާރ ފޯރ އަސް… ޑޭޑް ބުނާހެން ޔޫ އާރ ރިއަލީ އަ ޖެމް…” މިޝްކާ އޭނާ އަށްޝުކުރު އަދާ ކުރުމުން ވިޝާމް އަށް އެއި ވަކި ކޮން ކަމަކަށް ކަން ދެނެ ނުގަނެވުމުން މިޝްކާ އާއި ސުވާލު ކޮށްލިއެވެ.
“ހެހެ.. ޔޫ ގައިސް އާރ އޮލްސޯ މައި ފެމިލީ… އެކަމް ދެރަވަނީ އައިޝް އެވާހަކަ އެކަކު ކައިރީވެސް ނުބުނީމަ… އެހާ ބޮޑުވަރު ވާނެކަން އެނގިހުރެ އޭނާ އެކަކު ކައިރީވެސް ނުބުނެ ހުރީ… އޭނައަށް އެހަ ރަނގަޅަށް އެއި ކިހިނެއް ވާނެ އެއްޗެއްކަން އިނގޭ އިރުވެސް ނުބުނީ ކީއްވެތަ..؟ ” ވިޝާމް އޭނާ އާއި ޖެހިގެން އިން މިޝްކާ އާއި ވާހަކަ ދައްކަމުން އަދި ހަމަ އެއާއި އެކު އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ވިޝާމް އެހެން ބުނެލުމުން މިޝްކާ ވިޝާމް އަށް ބަލައިލާފައި ވާހަކަ ދައްކަން ފެއްޓިއެވެ.
” ވެދާނެ ދޮންތަ ބޭނުން ނުވީކަމަށް ވެސް، އަންގަން ދެޓް ޝީ ހޭޑް ޕނިއުމޯނިއާ.. އެކަމް ތިބުނީވެސް ދޮގު ވާހަކަ އެއް ނުނޭ… ވައި ޑިޑް ޝީ ހައިޑް އިޓް ޑޮކް ވެސް އެބުނީ އިޓް ހޭޒް ބީން ޓޫ މަންތްސް އޭ… އޭރު އެކަމުން އަހަރުން ތިބޭނީ ބޭރުގަ އެއްނުން… އޭރުއްސުރެންވެސް ދޮންތަ އަށް އިނގޭ… ދެން މަ ދޮންތަގެ ރޫމް ބެލީމަ ފެނުން އޭރުގެ ރިޕޯޓެއް.. މަ އޭތި ދިނިން މިކޮޅު ޑޮކް އަށް… ހީ ސެއިޑް އެއީ ސްކޭން އެއްގެ ރިޕޯޓް އޯ… ހީ ކޮންޓެކްޓެޑް ކޮންސަލްޓް ކޮށްފަ އިން ޑޮކް އަށްވެސް… އެ ޑޮކް އެކްސްޕްލެއިން ކޮށްދިނީ.. ބުނީ އަސްލު ދޮންތަ ވަރަށް ލަކީ އޯ އެހާ ގިނަ ދުވަހު ދިރި ހުންނަން އޭޒް އަ ޕނިއުމޯނިއާ ޕޭޝަންޓް.. އާންމުކޮށް މީހުން މަރުވެޔޯ ވަން ޓު ތްރީ ވިކްސް ތެރޭ… ދޮންތަގެ ލަކް އޯ ޓޫ މަންތް ސަވައިވް ވާން…”
މިޝްކާ އޭނާ އާއި ޖެހިގެން އިން ވިޝާމް އަށް ކަން ވިގޮތް ހުލާސާކޮށް ކިޔައިދިނެވެ. މިޝްކާ ވިޝާމް އަށް ގުޅާ މިޝްޔާގެ ވާހަކަ ބުނުމުން ވިޝާމް އަވަހަށް މާލެ ދިޔައީ ޒިވާ އަށްވެސް ނާންގައެވެ. މާލެ ގޮސްފައިވެސް ވި ތިން ދުވަސް ތެރޭ އޭނާއަށް ޒިވާ އަށް ގުޅައި ނުލެވެއެވެ. މިޝްޔާގެ ކުއްލި ވަކިވެދިޔުން ވީ މިޝްކާ އަށް ތަހަންމަލް ކުރަން ދަތިވި ޚަބަރެކެވެ. އޭރުއްސުރެން މިޝްކާ ރުއިން ނޫން ކަމެއް ނުކުރެއެވެ. މިޝްކާގެ މަންމަވެސް އެފަދައެވެ. ދަރިފުޅު ވަކިވެދިޔުމުން ކެތްވާނީ ކޮން މައި ލަގޮނޑިއަކަށް ހެއްޔެވެ. މިޝްކާވެސް އޭނާގެ އެއްމާބަނޑު ދޮންތަ ވަކިވެ ދިޔުމުން ހިތާމަ ކުރެއެވެ. އެ ދޮންތަ ދެން އެބުރި އައުމެއް ނެތެވެ.
މިޝްކާގެ ޖަނާޒާގެ ކަންތަކަށްފަހު އެންމެންނަށް ގެއަށް ދެވުނު އިރު ދަންވަރު ބާރަ ޖަހާ ބޮޑު ވެއްޖެ އެވެ. ދިރުން ނެތް ހަށިތަކެއްފަދައިން އެންމެންވެސް އެބައެއްގެ ގެއަށް ދިޔައެވެ. މިޝްކަ އާއި އެކު ހުރިހާ ދިރުމެއް ނެތިގެން ދިޔަ ކަހަލައެވެ. ހުރިހާ އުފަލެއް މަރުވެގެން ދިޔަކަހަލަ އެވެ.
ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ.
********
އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު ހުއްޓިފައި ވަނީ ރިންގުވަމުން ދިޔަ ފޯނަށެވެ. ނަގާހިތް ނުވެފައި އޭނާއަށް ހުރެވުނީއެވެ. ފޯނަށް ބަލަހއްޓައިގެންނެވެ. ހިތުގައި ޝަކުވާތަށް ފުނި ޖެހެމުން ދާ ހާލުއެވެ. އެ ޝަކުވާތަށް ކަރުނައިގެ ސިފައިގައި ބޭރުވެގެން ދާކަށް މާގިނަ އިރެއް ނުނެގިއެވެ.
~ނުނިމޭ~
މިބަިއވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން… ކިޔާ ހިތްވާނޭ ބަޔަކަށް ވާނޭކަމަށް އުންމީދު ކުރަން…
ނޯޓް ‘ ކުރީ އެޕިސޯޑްގަ ޝިމާން ލިޔެވިފައި ވިޔަސް އެއީ އަސްލު ޝާމިން… މިސްޓޭކް އަކުން ޝިމާން ލިޔެވިފަ އިނީ…’
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Masha allah.. iyye mi story kiyaalan feshin ingey lau.. hama vvvv salhi ey buneveyny.. adhi hurihaa prt eh ekkh nueh kiye.. 9 mihaaru mi kiyany..hama vrh habbu ingey..keep up da gud work.. will always support u.. lysssssssssmm.. ss nd tvgc <3
Mi part VX vrh reethi ????
Obi nex to the max
Waiting for the next part ????
in reply to naya…
thanx yannu, i appriciate the support very much… ??
vhk reethi veema v happy vejje…????
dhen manje avahah hurihaa bayeh kiyaa ninmaafa cmt dhin nama dhw…??
lymmm ye you too be safe… ❤❤❤
in reply to Hûdhãkkø,
thank you vrh bodah ❣❣
hehe, happy cux you like it… ??
inthixaaru kohlla shey buneveynee isa varah avahah kiyaalan libeye….???