Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 20

Star Fire Level 310 Stories
April 7, 2022 7 Mins Read
4 Comments

އާ ދުވަހަކަށް އިރު އެރިއެވެ. މި އާދުވަހާއެކު އެކި މީހުން ގެ ހަޔާތިގައި ވަނީ ބަހާރު މޫސުން ގެނެސްދީފައެވެ. ނަމަވެސް އަނެއް ބައި މީހުންގެ ހަޔާތަށް ވަނީ އަނދިރި ކަމާއި އެކަނިވެރިކަން ގެނެސް ދީފައެވެ. އެންމެން އެއްވަރެއް ނުވާނެއެއް ނޫންހެއްޔެވެ. އެކި މީހުނަށް ވާނީ އެކި ގޮތެވެ. 

 

ނައިރާ އަށް ހޭލެވުނީ އިރުގެ ރަން ދޯދި އޭނާގެ މޫނު މައްޗަށް އެޅުމުން ނެވެ. އެހެންކަމުން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފެންރާލަގެން ނިކުމެ ކްލޯސެޓް އިން ފެހިކުލައިގެ އަތްދިގު ޓީށާޓް އަކާއި ކަޅުކުލައިގެ ފަޔުގެ ތަނބިކައްޓާ ހަމައަށް ދާ ޓައިޓެއް ނެގިއެވެ. އަދި ގައިގަ ހުރި ފެންތަށް ހިއްކާ ލުމަށްފަހު އެ ޓައިޓް އާއި ޓީށާޓް ލިއެވެ. އިސްތަށިގަނޑު ވިއްސިފަ ހުރުމުން ވޫލު ކޮޅަކުން އިސްތަށިގަނޑުގަ ހުޅިއެއް ޖަހަމުން ކޮޓަރިން ނިކުތެވެ. އަދި އަވަހަށް ގޮސް ބަދިގެއަށް ވަނެވެ. އެއިރު މިޝްހާ އުޅެނީ ބަދިގޭގަ އެވެ. ” މިޝް ބަދިގޭގަ ކީއްތިކުރަނީ” ނައިރާ މިޝްހާ ފެނުމުން އަހާލިއެވެ. ” ކުރާނެ އިތުރު ކަމެއް ނެތުމުން ސައި ހަދަން ވަނީ” މިޝްހާ ހީލަމުން އެހެން ބުނެލިއެވެ. ” އެހެން ދޯ” ނައިރާ އެހެން ބުނުމުން މިޝްހާ އަށް އެހީތެރި ވެދިނެވެ. ދެމީހުން ސަކަރާތްޖަހަމުން ސައި ތައްޔާރު ކުރަން ތިއްބާ ރިޒާ އައިސް ވަނެވެ. އޭގެ ސަބަބުން ރިޒާ ވެސް އެ ސަކަރާތް ގަނޑުގައި ބައިވެރިވި ވެގެން ސައި ހަދަން އެހީތެރި ވެދިނެވެ. ތިންމީހުން ސައި ހަދާ ނިންމާލުމަށްފަހު ބަދިގެއިން ނިކުމެގެން ގޮސް ސިޓިން ރޫމް ގައި ހުރި ސޯފާ އަށް ވެއްޓިގަތެވެ. ” މިޝް މެން ހަނީ މޫން އަށް ދަމެއްނު މިއަދު… ދެން ކީއްވެ ބަދިގެއަށް ވަދެގެން ތިއުޅެނީ” ރިޒާ ސޯފާގައި އޮވެފައި ކުޑަކޮށް ބޯ ހިއްލާ ލަމުން އަހާލި އެވެ. ” އަހަރުން ހަނީ މޫން އަށް ދަނީ ރަށުން ސައި ބޮއިގެން އެހެންވެ” މިޝްހާ އެހެން ބުނަމުން ނައިރާ މިޝްހާ އާއި ދިމާ ކުރަން ފެށިއެވެ. ރިޒާ އޮތީ ހެވިފަ ބަލަން ށެވެ. ” ދެން ހިނގާ އެ ފިރިހެން ވެރިން ކައިރީ ސައި ބޯން އަންނަން ބުނާން ދާން” ނައިރާ ސޯފާގަ އޮވެފައި ތެދުވަމުން ބުނެލިއެވެ. ރިޒާ އާއި މިޝްހާ ވެސް ނައިރާ އާއި އެއްވެސް ވެލަމުން ތެދުވެގެން ދިޔައެވެ. ނައިރާ ގޮސް ނަވާން ކޮޓަރީ ދޮރު ގަ ޓަކިޖަހަމުން ސައިބޯން އަންނާށޭ ބުނެލިއެވެ. ޖަވާބުގައި ނަވާން ” މި އަންނަނީ” އޭ ބުނުމުން ދެން ނައިރާ ދިޔައީ އަޔާޒް އަށް ގޮވަން ށެވެ. ނައިރާ ގޮސް އަޔާޒް ގެ ކޮޓަރީ ދޮރު ގަ ޓަކިޖެހުމުން އަތް ހިއްލާލި ތަނާ ދޮރު ކުޑަކޮށް ހުޅުވިފައި ހުރި ތަން ދެކުނެވެ. އެހެން ކަމުން ނައިރާ އަޔާޒް އަށް ގޮވައިލީއެވެ. ” އަޔާޒް……..އަޔާޒް” ދެފަހަރަކަށް ގޮވައިލުމުން ވެސް އަޔާޒް ގެ ހިލަމެއް ނުވިއެވެ. އެހެން ކަމުން ނައިރާ ދޮރު ހުޅުވާލިއެވެ. އަދި ކޮޓަރިއަށް ނަޒަރެއް ހިނގާލިއެވެ. އޭސީ ޖައްސާފަ ހުރުމުން ނައިރާ ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަދި ކޮޓަރީ މެދުގައި ހުރި ކިންގް ސައިޒުގެ އެނދާ ދިމާއަށް ހިނގައި ގަތެވެ. އަޔާޒް އޮތީ ނިދާފައެވެ. ނިދާފަ އޮތްއިރު އަޔާޒް ގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އެހެން ކަމުން ނައިރާ އަޔާޒް ގެ އިސްތަށިގަނޑާ ކުޅޭ ހިތްވިއެވެ. ނަމަވެސް އެ ހިޔާލު ދޫކޮށްލުމަށް ފަހު އަޔާޒް ސައިބޯން ނޭގޭތޯ މަސައްކަތް ކުރިއެވެ. ” އަޔާޒް ދެން ތެދުވޭ ސައިބޯން….. އަޔާޒް…. އަޔާޒޫ.. ތެދުވެ ބަލަ ދެން…….. އޯކޭ ނުތެދުވަންޏާ އޮވޭ އަހަރެން މި ދަނީ” ނައިރާ އެހެން ބުނުމަށް ފަހު އަޔާޒް އަށް ފަސްދިނެވެ. ހަމަ އެވަގުތު އަޔާޒް ނައިރާ ގެ އަތުގައި ހިފާ ލުއްކެ ޖެހިއެވެ. އެއާއެކު ނައިރާ ވެއްޓުނީ އަޔާޒްގެ މޭމަށްޗައް ށެވެ. ނައިރާ އޮތީ ޙަރަކާތެއް ވެސް ގެންނަން ނުކެރިފައެވެ. ” ނައި” އަޔާޒް ނައިރާ އަށް ގޮވާލުމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. އަޔާޒް އަދިވެސް ހޭލާ އޮތީޔާ އަދިވެސް ނައިރާ ގެ ހަށިގަނޑުން ދޫ ނުކޮށް އެ އޮތީ ކީއްވެ ހެއްޔެވެ. އެހެން ކަމުން ނައިރާ އަޔާޒް ގާތު ދޫކޮށް ލުމަށް ބުނެލިއެވެ. ” އަ. އަޔާޒް ލެޓް މީ ގޯ” ނައިރާ އެހެން ބުނުމުން އަޔާޒް ބުނެލިއެވެ. ” ނައި ލިސެން ޓު މީ…..” އަޔާޒް އެހެން ބުނުމުން ނައިރާ މި އަޑުއަހަނީ އޭ ބުނެލިއެވެ. ” އައި…. އައި ތިންކް އައި ލަވް ޔޫ” އަޔާޒް ގެ ބަސްތަށް އަޑު އިވުމުން ނައިރާ އަށް ލިބުނީ ވަރުގަދަ ސޮކް އެކެވެ. ނައިރާ އަޔާޒް ގެ މޭމަތީން ބޯނަގަމުން އަޔާޒް ގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ވަޓް”  

 

” ވަޓް ” ރިޒާ އަށް ނަވާން މެލޭޝިޔާ އަށް ދާ ވާހަކަ އެނގުމުން ބުނެވުނެވެ. ނިޔާޒް ހުރީ ހިނި އައިސްފަ އެވެ.” ކޮން އިރަކު ދަނީ ދެން ” ނިޔާޒް މިހެން އަހާލުމުން ނަވާން މިއަދު އޭ ބުނެލިއެވެ. ނަވާން ގެ ޖަވާބާއެކު ރިޒާ އަށް އަނެއްކާވެސް ބުނެވުނީ” ވަޓް ” އެވެ.” އަހަރުން ވެސް އެބައޮތް ނިޔުސް އެއް ބުނަން ވެފަ…. އެކަމް އެންމެން ހަމަވީމަ ބުނާނީ ” ނިޔާޒް މިހެން ބުނަމުން ރިޒާ އާއި ދިމާއަށް ބަލައިލިއެވެ. 

 

” އަޔާޒް އާރް ޔޫ ސްލީޕް ޓޯކިން… ހައު ކުޑް ޔޫ ލަވް މީ ” ނައިރާ މިހެން ބުނުމުން އަޔާޒް ހައިރާން ވިއެވެ.” ނޯ އަމް ނޮޓް ސްލީޕް ޓޯކިން… އެންޑް އަހަންނަށް ކީއްވެ ނައިރާ ދެކެ ލޯބި ނުވެވޭން ވީ ” އަޔާޒް މިހެން ބުނުމުން ނައިރާ ހައިރާން ވިއެވެ.” އެކަމް އެންމެންގެ ތެރެއިން ވެސް އަޔާޒް އަށް ލޯބި ވާން އެނގުނީ އަހަރެން ދެކެތަ ” ނައިރާ މިހެން ބުނުމުން އަޔާޒް ބުނެލިއެވެ.” ނައި ލޯބި އެއީ ވާ އެއްޗެއް ނޫން ވެވޭ އެއްޗެއް ” އަޔާޒް މިހެން ބުނުމުން ނައިރާ ބުނެލިއެވެ.” އެކަމް އަހަރެން އަތަކުން ނެތް އަޔާޒް  އަށް ދޭނޭ އެކައްޗެއްވެސް ” ނައިރާ މިހެން ބުނުމުން އަޔާޒް ހައިރާން ވެފައި ހުރެ ބުނެލިއެވެ.” މަ ބޭނުމެއް ނޫން އެކައްޗެއްވެސް އައި އޮންލީ ވޯޓް ޔޫ ” އަޔާޒް މިހެން ބުނުމުން ނައިރާ އަޔާޒް ގެ ގައިމަތިން ތެދުވޭތޯ މަސައްކަތް ކުރިއެވެ. އެހެން ކަމުން އަޔާޒް ނައިރާ ދޫކޮއްލިއެވެ. ނައިރާ ތެދުވިއެވެ. އަދި ބުނެލިއެވެ.” ސޮރީ ބަޓް އައި ޑޯންޓް ޑިޒާވް ޔޯރް ލަވް ” ނައިރާ މިހެން ބުނުމަށް ފަހު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. 

 

” މޯރްނިން ގާއިޒް ” ނައިރާ ބަދިގެއަށް ވަންނަމުން ހެނދުނު ގެ ތަހުނިޔާ ކީއްވެ. ބަދަލުގައި އެންމެން ވެސް މޯރްނިން އޭ ބުނެލިއެވެ.” ކޮބާ އަޔާޒް ” އަޔާޒް ނެތުމުން ނާއިޒް އަހާލިއެވެ. ” ކޮޓަރީގަ ” ނައިރާ ހަމައެކަނި މިހެން ބުނުމަށް ފަހު މޭޒު ދޮށުގައި އިށީންނިއެވެ. އިރުކޮޅެއް ނުވަނީސް އަޔާޒް އައުމުން އެންމެ ސަޔަށް އިންސާފު ކުރަން ފެށިއެވެ. ސައިބޯ ނިމުމުން ނިޔާޒް ވާހަކަ ދައްކަން ފެށިއެވެ. ” ގާއިޒް އަހަރުން މި އުޅެނީ މެރީ ކުރަން” ނިޔާޒް ރިޒާ ގެ އަތުގައި މަޑުމަޑުން ހިފާ ލަމުން ބުނެލިއެވެ. ” ކޮންއިރަކު” ނައިރާ އޭނާގެ އެކުވެރިޔާ އަށް އުފާވެފަ ހުރެ ބުނެލިއެވެ. ” 2 ހަފްތާ ފަހުން” ނިޔާޒް މިހެން ބުނުމުން  އެންމެން އެކަމާ އުފާ ފާޅު ކުރިއެވެ. 

 

ސައިބޯނިމި ހުރިހާ ތަށިތަކެއް ދޮންވުމަށްފަހު ނައިރާ ވަނީ ކޮޓަރިއަށް ފެންވަރާލަން ށެވެ. ފެންވަރައިގެން ނިކުމެ ނައިރާ ޗޮކްލެޓް ކުލައިގެ ސްކްނީ އަކާއި މަޑު ބްރައުން ކުލައިގެ އަތްދިގު ސްވެޓާ އެއް ލިއެވެ. އަދި އިސްތަށިގަނޑު ފަހަތަށް އައްސާލިއެވެ. މޫނުގައި ކުޑަ ފުއް ކޮޅެއް ޖަހާލުމަށްފަހު ގަޔަށް މިޑްނައިޓް ސެންޓު ކޮޅެއް ޖަހާލިއެވެ. ލޯގަނޑު އަމިއްލަ ސޫރަ ބަލާލުމައް ފަހު ނައިރާ ކޮޓަރިން ނިކުތެވެ. އެއިރު ނަވާން ވެސް ފޮށި ހިފައިގެން ނިކުންނަނީ އެވެ. ދެމީހުން އެއްކޮށް ސިޓިން ރޫމް އަށް ދިޔައިރު  އެންމެ ތިއްބެވެ. ނައިރާ އާއި ނަވާން އައުމުން އެންމެ ގެއިން ނިކުމެގެން ޖެޓީ އާއި ދިމާއަށް ހިނގައި ގަތެވެ. ނައިރާ އިނީ އިސްޖަހައިގެންނެވެ. ޖެޓީ އަށް އާދެވުމުން ނާއިޒް ހުރިހާ ލަގޭޖް ތަށް ލޯންޗްއަށް އެރުވުމުގައި އުޅުނެވެ. ” އަމް ގޮނަ މިސް ޔޫ މިޝް” ނައިރާ މިޝްހާ ގައިގާ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. މިޝްހާ ވެސް” މީ ޓޫ ” އޭ ބުނެ ލަމުން ރިޒާ ކައިރިއަށް ދިޔައެވެ. އެންމެނާ އީ ވަދާއީ ސަލާމް ކިޔުމަށް ފަހު މިޝްހާ އާއި ނާއިޒް އާއި ނަވާން  ލޯންޗް އަށް އެރިއެވެ. އެ ލޯންޗު ޖެޓީ އިން ނިކުމެގެން ދާންދެން ނައިރާ އާއި ރިޒާ ތިއްބެވެ.” ހިނގާ ދަމާ ދެން ” ނައިރާ ފޫހި ގޮތަކަށް އެހެން ބުނެ ލަމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މިޝްހާ ވެސް ފޫހިވެފާ ހުރެ ނިޔާޒް ގެ އަތުގައި ހިފަމުން ގެއާއި ދިމާއަށް ހިނގައި ގަތެވެ. 

 

ގެއަށް ދެ ވުމާއެކު ނައިރާ ވަނީ ކޮޓަރިއަށް ށެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން ނައިރާ ލެޕްޓްޕް ނެގިއެވެ. އެއަށްފަހު ލެޕްޓްޕް އަށް އަޅާފައި އިން ޗައިނީސް ޑްރާމާ ކަމަށްވާ މައި އަމެއިޒިން ބޯއީފްރެންޑް 2 ގެ ފުރަތަމަ އެޕިސޯޑް އެޅުވިއެވެ. އަދި އެނދު މަތީގައި ބަންޑުން އޮށޯވެ ލުމަށްފަހު އެ ބަލަން ފެށިއެވެ. 

 

އެ ސީރީޒް އެއްކޮށް ބަލާ ނިމުނު އިރު ލެޕްޓްޕް ގައި އިނީ އެންމެ %5 އެވެ. އެހެން ކަމުން ނައިރާ އަވަހަށް ލެޕްޓްޕް ޗާރޖް އެއް ޖެހުމަށްފަހު ފޯނުން ޔޫޓިޔުބް ހުޅުވައިލިއެވެ. އަދި ބަލާނެ އިތުރު ސީރީޒް ހޯދަން ފެށިއެވެ. ނައިރާ އަށް އެންމެ ފުރަތަމަ ވެސް ފެނުނީ މައި އައިޑީ އިޒް ގަމްނަމް ބިޔުޓީ ކިޔާ ސީރީޒް އެކެވެ. އޭގަ އުޅޭ މެއިލް ލީޑް ވަރަށް ވެސް ރީއްޗެވެ. އަދި އެ ސީރީޒް ބިނާ ކޮއްފައި ވާ ސްޓޯރީ ވެސް ވަރަށް ރީއްޗެވެ. އެހެން ކަމުން ނައިރާ އެ ސީރީޒް އެއްކޮށް ނެގިއެވެ. އެ ސީރީޒް ނަގައި ނިމުމުން އަނެއްކާވެސް އެހެން ސީރީޒް އެއް ނައިރާ ހޯދަން މަސައްކަތް ކުރިއެވެ. ދެން ނައިރާ އަށް ފެނުނީ ބިގެން އެގެއިން ކިޔާ ސީރީޒް އެކެވެ. އެ ސީރީޒް ވެސް ވަރަށް ރީއްޗެވެ. އެހެން ކަމުން ނައިރާ އެ ސީރީޒް ވެސް އެއްކޮށް ނެގިއެވެ. އެންމެ ފަހުން ފޯނު ވެސް ޗާރޖް ދިޔުމުން ނައިރާ ކޮޓަރިން ނިކުންނަން ހިޔާލު ކުރިއެވެ. ފޯނު ވެސް ޗާރޖް ކުރަން ބާއްވާފައި ނައިރާ ކޮޓަރިން ނިކުތެވެ. އެއިރު ގޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެން ކަމުން ނައިރާ ނިކުތީ ބޭރަށް ށެވެ. ބޭރަށް ނިކުންނި ތަނާ ނައިރާ އަށް އަޔާޒް ފެނުނެވެ. އަޔާޒް ފެނުމުން ނައިރާގެ ހިތަށް ގުޑުމެއްގެ އައި ކަހަލައެވެ. އަޔާޒް އިނީ ހުދު ކުލައިގެ އަތް ކުރު ޓީށާޓް އަކާއި ކަޅުކުލައިގެ ޖިންސް އެއް ލައިގެން ނެވެ. އެ ސިލްކީ އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުން ދިޔައިރު އަޔާޒްގެ މޫނު މަތީގައި ވަނީ އަންހެން ކުދިންގެ ހިތް ފަތަޙަ ކުރާ ކަހަލަ ގެ ހިނިތުން ވުމެކެވެ. އަޔާޒް ފެނުމުން ނައިރާ އެހެން ދިމާއަކަށް މިސްރާބު ބަދަލު ކޮއްލީއެވެ. އެއީ އަޔާޒް އަށް ނުފެނި ދިޔުމުގެ މަޤްޞަދުގަ އެވެ. ނަމަވެސް އެކަން ވީ ބޭކާރު ކަމަކަށް ށެވެ. ” ނައިރާ” އަޔާޒް ނައިރާ އަށް ގޮވާލި އަޑު އިވުމުން ނައިރާ ހިނގުން ބާރު ކޮއްލީއެވެ. ނަމަވެސް އަޔާޒް އައިސް ނައިރާ އާއި އެއްވަރު ކުރިއެވެ. އަދި ބުނެލިއެވެ. ” ނައި ޔޫ ލުކް ސޯ ކިޔުޓް ޓުޑޭ” އަޔާޒް މިހެން ބުނުމުން ނައިރާ ލަދުގަތެވެ. ނަމަވެސް އެކަން މޫނު މައްޗަކަށް ނުދައްކައެވެ. ” ނައި އައި ލަވް ޔޫ” އަޔާޒް އަނެއްކާވެސް މިހެން ބުނުމުން ނައިރާ އިތުރަށް ބާރަށް ހިނގަން ފެށިއެވެ. ނަމަވެސް އަޔާޒް ނައިރާ އާއި އެއްވަރު ކުރިއެވެ. އަޔާޒް އެތަކެއް އެއްޗެއް ކިޔަމުން ދިޔައެވެ. ކިޔުޓް ، ސުވީޓް ، ހަނީ ، ކަޕްކޭކް ، ބަޓާކޭކް ، ލަވް  މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އަޔާޒް ނައިރާ އާއި ދިމާއަށް ލޯބިން އެތައް ނަމެއް ކިޔަމުން ދިޔައެވެ. ނަމަވެސް ނައިރާ ދިޔައީ މި ހުރިހާ އެއްޗަކަށް ބީރުކަންފަތް ދެމުން ނެވެ. އެންމެ ފަހުން ކެއް ނުކުރެވިގެން ނައިރާ ބުނެލިއެވެ. ” އިނަފް އަޔާޒް އިނަފް…. އައި ސެޑް ދިސް ބިފޯރް އެންޑް އަމް ސެއިން ދިސް ނައު…. އައި ޑޯޓް ޑިޒާވް ޔޯރް ލަވް…… ސޯ ޕްލީސް އަހަރެން  ފަހަތުން ނާދޭ” ނައިރާ އާދޭސް ކުރާ ގޮތަކަށް ބުނުމުން އަޔާޒް ވެސް ކޮއްލީ ސުވާލެކެވެ. ” ކީއްވެ… ކީއްވެ ނައި… ވައި ޑޯންޓް ޔޫ ޑިޒާވް މައި ލަވް ކީއްވެ” އަޔާޒް މިހެން އެހުމުން ނައިރާ ބުނެލިއެވެ. ” ރީޒަން އަހަރެން އަޔާޒް ގާތު ބުނެފިން” ނައިރާ އެހެން ބުނުމަށް ފަހު ހިނގައި ގަތެވެ. ނައިރާ އެހެން ބުނިއެއް ކަމަކު އަޔާޒް ހިތްވަރު އެލުވައެއް ނުލައެވެ. އެހެން ކަމުން ނައިރާ ގެ ފަހަތުން ދިޔައެވެ. 

 

ސިކުންތުކަށް ފަހު ސިކުންތެކެވެ. މިނެޓް އަކަށް ފަހު މިނެޓެކެވެ. ގަޑީރަކަށް ފަހު ގަޑީ ރެކެވެ. ދުވަހަކަށް ފަހު ދުވަހެކެވެ. މިހެން ވަގުތު ފާއިތު ވަމުން ގޮސް އެންމެ ފަހުން ރިޒާ އާއި ނިޔާޒް ގެ ކައިވެނީގެ ދުވަސް އައިސް ޖެހުނެވެ. ރިޒާ އާއި ނިޔާޒް ގެ ކައިވެނި ކުރެވިގެން ދިޔައީ ރަށުގައި އޮތް ތުނޑީ ގައެވެ. މި ކައިވެނި ކުރެވިގެން ދިޔައީ ދެ އާއިލާގެ ވެސް ރުހުމާއެކު ގައެވެ. އެހެން ކަމުން ރިޒާ ހުރީ ވަރަށް އުފާވެފައެވެ. ރަށުގެ ތުނޑި މައްތީގައި ކައިވެނި ކުރިއަށް ދިޔައިރު އެ ކައިވެންޏަށް އައި ހުރިހާ މެހުމާނުން ގެ ތުންފަތުގައި ވަނީ ތަޢުރީފު ގެ ބަސްތަކެވެ. ނައިރާ އިނީ ދުރުގައި އިން ބެންޗެއްގައި އިށިންދެގެން ރިޒާ އައީ ނިޔާޒް އަށް ބަލަންށެވެ. އެންމެ ފަހުން އޭނާގެ ދެ އެކުވެރިން ވެސް ކައިވެނި ކުރީ އެވެ. މިހާރު ހުރީ ހަމައެކަނި އަހަރެންނެވެ. ނޫނެކޭ އަހަރެންނާއި ކައިވެނި ކުރާނެ މީހެއް ނުވާނެއެވެ. އަހަރެންނަކީ އެތައް ބަޔަކު ބޭނުންކޮއްފަ ހުރި މީހެކެވެ. އަހަރެން ނައީ މުޑުދާރު މީހެކެވެ. ނައިރާ ގެ ހިތަށް މިހުރިހާ އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. 

 

ނިޔާޒް ގާތު ހުރި އަޔާޒް އަށް އެއްލި ކަޅިއަކުން ބެންޗުގަ އިން ނައިރާ ފެނުނެވެ. ނައިރާ މިރޭގަ އެހެން ރޭރެޔާއި އަޅާ ބަލާއިރު ހާސް ތަފާތެވެ. ނައިރާ ލައިގެން އިނީ ކަޅުކުލައިގެ އަތްދިގު ދިގުހެދުމެކެވެ. އެ ހެދުން ނައިރާ ގެ ގަޔަށް ހިފާފައި ވުމުން ނައިރާ ގެ ހަށިގަނޑުގެ ރޫޅާފަތި ކަން ފެންނަމުން ދިޔައެވެ. އަބަދު ވިއްސާލަފަ އޮންނަ އިސްތަށިގަނޑު ގައި ބޮޑު ހުޅިއެއް ގައި ހައްޔަރު ކޮއްފަ ވާއިރު ކުދި ކުދި އިސްތަށި ކޮޅު ނިއްކުރިމަޗަށް ވެއްޓިފަ ވެއެވެ. ތުންފަތުގައި މަޑު ރަތް ކުލަ އެއް ފިޔަވާ އިތުރު އެހެން އެއްވެސް މޭކްއަޕް އެއް ކޮއްފައި ނުވެއެވެ. އަޔާޒް ނައިރާ ފެނުމުން އިޙްތިޔާރުން ބޭރުގަ އެ ދިމާއަށް ދެވުނެވެ. 

 

ނައިރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު އައިސް ނައިރާ ގެ އަތުގައި ހިފަހެއްޓުމުން ނެވެ. ނައިރާ އިސްއުފުލާ ބަލައިލިއެވެ. އެ މީހާގެ ސޫރަ ފެނުމާއެކު ނައިރާ ވަގުތު އެމީހާގެ އަތުން ނައިރާގެ އަތް ދަމައިގަތެވެ. އެއީ ނައިރާ މި ދުނިޔެ މަތިން އެންމެ ރުޅިއެރި އެއް ފިރިހެނެވެ. އާންއެކެވެ. އެއީ ޝާހިލް ނޫން ދެވަނަ މީހެއް ނޫނެވެ. ޝާހިލް އިނީ ނައިރާ އާއި ދިމާއަށް ދަހިވެތި ގޮތަކަށް ބަލައިގެންނެވެ. ” އައެހައެހައެހައެހައޭ ނައިރާ މިހާރު ހާދަހާ ރީއްޗޭ” ޝާހިލް އެއްއަތުން އޭނާގެ މޭމަތީގައި އަތް ކާތާލަމުން މަސްތީ ގޮތަކަށް ބުނެލިއެވެ. ޝާހިލް އެހެން ބުނުމުން ނައިރާ ގެ ހަށިގަޑު ރޫރޫ އަޅައިގެން ދިޔައެވެ. އެތާ ނުހުންނަން ވެގެން ނައިރާ ދާން ހިނގައި ގަތުމުން ޝާހިލް ނައިރާ ގެ އަތުގައި ހިފަހެއްޓިއެވެ. ނައިރާ އެ އަތް ނެއްޓުވޭތޯއެވެ މަސައްކަތް ކުރަމުން ދިޔައެވެ. ” ނައި” ކުއްލިއަކަށް އަޔާޒް އަޑު އިވުމާއެކު ނައިރާ އާއި ޝާހިލް ދިޔައީ ސިއްސައިގެންނެވެ. އަޔާޒް ފެނުމުން ޝާހިލް ވަގުތުން ނައިރާ ގެ އަތުން ދޫކޮއްލިއެވެ. މި ދަނޑިވަޅު ބަލާ ނައިރާ އަވަހަށް އެތަނުން ދިޔައެވެ. އަޔާޒް ހުރީ ވާނުވާ ގޮތް ނޭނގިފަ އެވެ. ޝާހިލް ގެ މޫނު މަތީގައި ވަނީ މަކަރުވެރި ހިނިތުން ވުމެކެވެ. 

 

ކައިވެނީގެ ވަލީމާ ނިމުމަކާ ހަމައަށް އަންނަން ފެށުމުން މެހުމާނުން ތަށް މަޑުމަޑުން ދާނ ފެށިއެވެ. އެހެން ގޮސް ހުރިހާ މެހުމާނުން ދިޔަުމުން ނިޔާޒް އާއި ރިޒާ އާއި ނައިރާ އާއި އަޔާޒް ގެއަށް ދާން ހިނގައި ގަތެވެ. ގެއަށް ދިޔަ މަގުމަތީގައި ނައިރާ ދިޔައީ ސިއްރު ސިއްރުން ރިޒާ އަށް ޖެއްސުން ކުރަމުން ނެވެ. އަޔާޒް އާއި ނިޔާޒް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވާހަކަ ދައްކަނީ ވެސް ކޮންހެނެއް ހެއްޔެވެ. ނިޔާޒް އިނީ ރިޒާ އަށް ގެއްލިފައެވެ. އަޔާޒް އިނީ ނައިރާ އަށް ގެއްލިފަ އެވެ. ނަމަވެސް މީގެން ކަމެއް ގެ ހިލަން ވެސް ނައިރާ އާއި ރިޒާ އަކަށް ނުވެއެވެ. ގެއަށް ގޮސް ވަނުމާއެކު ނައިރާ ނިޔާޒް އާއި ދިމާއަށް ބުނެލިއެވެ. ” މިރޭގެ މޫސުން ވަރަށް ގޯސް ވާނެ ވީމާ ހުރިހާ ބޭފުޅުން ވެސް ކޮޓަރީ ގަ ތިބެން ވާނީ އަދި އެއްވެސް ކަހަލަ އަޑެއް އިވުނަސް ބޭރަށް ނުނިކުންނަ މަށް އެދެން…… އިނގޭ ރިޒް” ނައިރާ ލާނެއް ގޮތަކަށް ރިޒާ އާއި ދިމާއަށް ބަލާލަމުން ބުނެފަ އޭނާގެ ކޮޓަރިއަށް ދިޔައެވެ. 

 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ޔާރާ ފެނުނީމާ 10

Next

ލޯބި ވެވުމުން 21

Next
April 8, 2022

ލޯބި ވެވުމުން 21

Previews
April 7, 2022

ޔާރާ ފެނުނީމާ 10

4 Comments!

  1. Horror queen says:
    April 7, 2022 at 10:47 pm

    Hi Star Fire
    mi part vex varah reethi ??
    Stay safe

    1. Star Fire says:
      April 8, 2022 at 9:25 am

      Thx Horror queen
      U also stay safe ☺️☺️

  2. Hûdhãkkø says:
    April 7, 2022 at 11:57 pm

    Oh my god can’t stop laughing about the news naira told
    Btw part VX v vvvvvvvvvvvvv reethi
    Waiting for the next part

  3. Zainaa says:
    October 23, 2022 at 11:50 pm

    To read stories

Comments are closed.

Next Episodeލޯބި ވެވުމުން 21←


All Right Reserved!