Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 19

Star Fire Level 310 Stories
April 6, 2022 6 Mins Read
1 Comment

*ނަވާން ގެ ކުރިމައްޗަށް ވާގޮތަށް ހުރި ބެންޗުގަ އިށިންދެގެން އިން ކުއްޖާ ފެނި ނަވާން ދެލޯ ބޮޑުވި އެވެ. އެއީ އަޒްހާ ހެއްޔެވެ. އެ އަންހެން ކުއްޖާ ނަވާން އަށް ފުރަގަސް ދީގެން އިނުމުން ނަވާން އަށް ޔަގީން ކުރެވޭ ގޮތެ ނުވިއެވެ. *

 

ނަވާން އެންމެ ސިކުންތެއްވެސް ލަސްނުކޮށް ދުވެފަ ކަހަލަ ގޮތަކަށް ގޮސް އެކުއްޖާގެ ފަހަތުގައި މަޑުކޮއްލި އެވެ. ނަވާން ފުންނޭވައެއް ދޫކޮށްލުމަށް ފަހު އެކުއްޖާގެ ކޮނޑު މަތީގައި އަތް ބާއްވަމުން ގޮވާލިއެވެ. “އަޒްހާ” އެކުއްޖާ ފަހަތަށް އެނބުރި ބަލާލުމާއެކު ނަވާން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ އަޒްހާ އެއް ނޫނެވެ. އެހެން ކަމުން ނަވާން އަވަހަށް މާފަށް އެދުނެވެ. ” އަމް ސޮރީ… އައި ތޯޓް ޔޫއާރް ސަމްވަން އެލްސް” ނަވާން އެހެން ބުނަމުން މޫނުމަތީގައި އަތް ކާތާލިއެވެ. އަދި އެތަނުން ދާން ހިނގައި ގަތެވެ. 

 

މި މަންޒަރު ދުރުގައި ހުރި ގަހެއްގަ ނިވާވެގެން ހުރި އަޒްހާ އަށް ފެނި ފެންކަޅި ވިއެވެ. އަޒްހާ ބަގީޗާ އަށް އައީ ކީ ނަވާން ފެންނާނެ ކަމަކަށް ނޫނެވެ. ނަމަވެސް މިއޮތީ ނަވާން ފެނިފައެވެ. ނަވާން އެކުއްޖާ އާއި ކޮންމެ ވެސް ވާހަކައެއް ދައްކަން ހުރެފަ މޫނުމަތީގައި އަތް ކާތާލުމަށްފަހު ދިޔަ ތަން އަޒްހާ އަށް ބަލަން ހުރެވުނެވެ. ނަވާން މިއަދު އެހެން ދުވަސް ދުވަހާ އަޅާބަލާއިރު ހާސް ތަފާތެވެ. ކަޅުކުލައިގެ ޖިންސް އަކާއި ކަޅުކުލައިގެ ގަމީސް އެއް ލަފާ ހުރި އިރު ވަރަށް ސްމާޓް އެވެ. އެ ފަން އިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް ސްޓައިލް ކޮއްލަފަ ހުރިއިރު ކިތަންމެ ހާވެސް ފުރިހަމައެވެ. އަޒްހާ އަށް ނަވާން ދިޔަ ދިމާއަށް އެތައް އިރެއް ވަންދެން ބަލަން ހުރެވުނެވެ. 

 

” ގާއިޒް އަޒްހާ ދެކުނީންތަ ” ނަވާން އައިސް ނާއިޒް އާއި މިޝްހާ ކައިރީ އަހާލިއެވެ.” ނޫން ނުދެކެން ” ނާއިޒް މިހެން ބުނުމުން ނަވާން އޯކޭ އޭ ބުނުމަށް ފަހު ދިޔައީ ނިޔާޒް އާއި ދިމާއަށް ށެވެ.” ހޭއި ތި މީހުން އަޒްހާ ދެކުނީންތަ ” ނަވާން ގެ ސުވާލާ އެކު ނިޔާޒް އައީ ރިޒާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.” ބީ ޓީ ޑަބްލިޔު  ކޮންގްރެޓްސް ގާއިޒް” ނަވާން ނިޔާޒް އާއި ރިޒާ ދެމީހުންނަށް މަރުހަބާ ކިޔުމަށް ފަހު ދިޔައެވެ. 

 

” ނައި…… ނައި…. ހާދަ ބާރަކަށްށޭ ތި ހިނގަނީ… މަޑުކޮއްބަ ” އަޔާޒް ނައިރާ ގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ދިޔައެވެ. ނައިރާ ފަހަތަށް އެނބުރި ލުމަށްފަހު” ނޯ ” އޭ ބުނެލިއެވެ. އަދި އެ ހިނގުމާއި ގެ ކުރިއަށްދިޔައެވެ. ކުއްލިއަކަށް ދެ ކުޑަކުދިން ދުވަމުން އައިސް ނައިރާ ގެ ފަޔުގައި ޖެހުނެވެ. ނުވިސްނާ ހުރުމުން ނައިރާ ވެއްޓެން ދިޔައެވެ. މިތަން ފެނި އަޔާޒް އަޑު ނެތް ތަނަށް ނައިރާ އަށް ގޮވާލިއެވެ.” ނައިރާ!!!!!!!!!!!!!!!! “އަޔާޒް ފަޔުގަ ހުރި ބާރެއް ލާފައި ނައިރާ އާއި ދިމާއަށް ދުއްވައިގަތެވެ. ކަން ދިމާކުރި ގޮތުން ނައިރާ ވެއްޓުނީ ކައިރީ ހުރި ޕޫލް އަށްށެވެ. ނަމަވެސް ނައިރާ އަޑިއަށް ގެނބެމުން ދިޔަ މަންޒަރު ފެނުމުން އަޔާޒް ގެ ނޭވާ ތާށިވިކަހަލައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނައިރާ ގެނބެމުން ދިޔަ މަންޒަރު ފެނުމުން ހީވަނީ އަޔާޒްގެ ހަށިގަނޑުން އެއްބައި ބީވެގެން ދާ ހެންނެވެ. އަޔާޒް އެ ދިޔަގޮތަށް ގޮސް ޕޫލް އަށް ފުންމާ ލިއެވެ. އަދި ނައިރާ އަޔާޒް ގެ އަތްދަނޑި މައްޗަށް ނެގިއެވެ. އަޔާޒް ގެ އަތް ދަނޑި މައްޗަށް ނެގި ކަމެއް ނޭނގި ނައިރާ އަޔާޒް ގެ ކަރުގައި ބައްދާ ގަތެވެ. ” ކާމް ޑައުން ނައިރާ” ނައިރާ ގެ ކަންފަތު ގަ އަޔާޒްގެ އަޑު ޖެހުމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. އަޔާޒް އާއި ކުޑަކޮށް ދުރުވެ ލަމުން ނައިރާ އަޔާޒްގެ މޫނަށް ބަލައިލިއެވެ. ނައިރާ އަޔާޒް އާއި ކުޑަކޮށް ދުރުވިއެއް ކަމަކު ނައިރާ ގެ އަތް އޮތީ އަދިވެސް އަޔާޒްގެ ކަރުގައި ވަށާލެވިފައެވެ. ނައިރާ އަޔާޒް ގެ މޫނަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަ ވިއެވެ. ދެމީހުންނަށް ނޭނގުނަސް ދެމީހުންގެ ހިތުގައި ޖަހަމުން ދިޔައީ އެއް ވިންދެކެވެ. އެތަށް އިރެއް ވަންދެން އެހެން ތިބުމަށް ފަހު ހަމަ ބިމަށް އާ ދެވުނީ ނައިރާ އަށް އެޅުނު ކިނބިހި ގެ ސަބަބުން ނެވެ. ” އާރް ޔޫ އޯކޭ” އަޔާޒް މަޑުމައިތިރި ކަމާއެކު އަހާލުމުން ނައިރާ އިސްޖަހާލުމަށްފަހު އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. 

 

” މިހާރު ޕާޓީ ވެސް ނިމީ މި އުޅެނީ ހުރިހާ މެހުމާނުން ވެސް އެ ދަނީ…. އެކަމް އަދި ވެސް މި ނައިރާ އާއި އަޔާޒް ނުފެނޭ…. އެޔޮއް އަންނަނީ ރިޒާ އާއި ނިޔާޒް ވެސް ނިޔާޒް ގެ މަންމަ އައީ އަޒްހާ ފުރުއްވާފަ….. އެންމެ ހަމަ ވެއްޖެ އެކަމަކު އަދި ވެސް އެދެމީހުން ނާދޭ ” ނާއިޒް ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު ދިޔައީ ނައިރާ އާއި އަޔާޒް އަށް ކުދި ކިޔަމުން ނެވެ.” އަދި ވެސް ނުނިމޭ…. އަހަރުން މަންމަ ފުރުއްވާން ދިޔައިރު ވެސް އެ ދެމީހުންނާ ދިމާއަށް ކުދި ކިޔަން ހުރީ…… މި އައީ މަންމަ ފުރުއްވަފަ އެކަމަކު އަދިވެސް ކުދި ކިޔާ ނުނިމޭ….. ނާއިޒް ޗިލް ކަލޭ ސުހާގް ރާތް ތިހެން އެދެމީހުން ނަށް ކުދިކިޔަން ހާދަ ނިމިގެން ގޮސް ދާނެ ” ނިޔާޒް އައިސް ނާއިޒް ކައިރީ ހުއްޓެމުން މިހެން ބުނެލިއެވެ. ނަމަވެސް ނާއިޒް އަކަށް މަޖަލެއް ނުވިއެވެ.” ބައްޔެއްނު ދޯ ނިޔާޒް…. އެ ދެމީހުން ނާންނަނީސް ނުފުރޭނެ އޭ ” ނާއިޒް ރުޅިގަދަވެގެން ހަޅޭލައްވައި ގަތެވެ.” ޗިލް ދޮންބޭ އެޔޮއް އަންނަނީ އެ ދެމީހުން ” ނަވާން ނާއިޒް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދުރުން ހިނގާފައި އައި އަޔާޒް އާއި ނައިރާ ދައްކާލިއެވެ.” އަދި ކިރިޔާ ދޯ ތި ދެމީހުންނަށް އަންނަން އެނގުނީ…. ޔޫ ނޯ ވަޓް އައި ޑޯންޓް ކެޔާ ލެޓްސް ގޯ ” އަޔާޒް އާއި ނައިރާ އައިސް ހުއްޓުމުން ނާއިޒް އެހެން ބުނެލިއެވެ. އަދި މިޝްހާ ގެ އަތުގައި ހިފިއިގެން އެ ހޯލް އިން ނިކުންނަން ދިޔައެވެ. އެންމެ ހިނިގަނޑު ބަނޑަށް ހިނދާގެން ތިބި އިރު ނައިރާ އާއި އަޔާޒް ތިބީ ވާނުވާ ގައެވެ. އެންމެ ގޮސް ލޯންޗް އަށް އެރުމުން ނާއިޒް ދުއްވާއިން މީހާ ގާތު ދުއްވާލުމަށް ބުނެލިއެވެ. ނާއިޒް އާއި މިޝްހާ ކުރީ ސީޓު ގަ ތިބި އިރު ނައިރާ އާއި ރިޒާ އާއި ނިޔާޒް އާއި އަޔާޒް ތިބީ މެދުގަ ހުރި ސީޓު ގައެވެ. އަޔާޒް އިރު އިރު ކޮޅާ ނައިރާ އާއި ދިމާއަށް ބަލާ ލާއިރު ނައިރާ އިންނާނީ އިސްނަގަން ވެސް ނުކެރިފައެވެ. ނަވާން އިނީ އެންމެ ފަހަތުގަ ހުރި ސީޓު ގައެވެ. ނަވާން  އަށް މިއަދު ކުރިމަތި ލާން މި ޖެހުނީ ނާކާމިޔާބީ އާއެވެ. އަޒްހާ ފުރައިގެން ދިޔައިރު ވެސް އެންމެ ފަހަރަކު ވެސް ނަވާން އަކާ ދިމާއެއް ނުވެއެވެ. މި ކަމުން ގެ ސަބަބުން ނަވާން ގެ ހިތް ވަނީ ކުދި ކުދި ވެފައެވެ. 

 

ލޯންޗު އައިސް ރަށު ބަނދަރު ގައި ޖެއްސުމާއެކު ނާއިޒް އާއި މިޝްހާ ފޭބިއެވެ. ނިޔާޒް އާއި ރިޒާ ފައިބާ ނިމުމުން ނައިރާ އާއި އަޔާޒް ވެސް ފޭބިއެވެ. އެންމެ ފަހުން ފޭބީ ނަވާން އެވެ. އެންމެން އެއްކޮށް ގެއަށް ދިޔައިރު އެކަކު ވެސް އަނގައިންނެއް ނުބުނެ އެވެ. ނަވާން ގެ އަށް ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށް ށެވެ. ކޮޓަރިއަށް ވަނުމާއެކު މިއޮއް ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަ ތަށް އޭގެ މަގާމު ދޫކޮށް ފޭބިއެވެ. ފިރިހެނަކަށް ވިއަސް ކެއް ވާނީ ވަކި ވަރަކަށް ށެވެ. ނަވާން ގެ ރުއިމުގެ އަޑު އެހެން މީހަކަށް އިވި ދާނެތީ ނަވާން ފޯނު ސްޕީކަރް އައީ ކަނެކްޓް ކޮއްލުމަށްފަހު ވާނަން އުމުރަށް މި ލަވަ ޖެހިއެވެ. 

 

” ނުވަނަމޭ ބަދަލެއް ހުވާ ޔާރާ 

 

ވާނަމޭ އުމުރު އެކީ ޖާނާ 

 

ނޭދެމޭ ދުރުވާކަށެއް ލޯބި ވާ

 

ނުވަނަމޭ ބަދަލެއް ހުވާ ޔާރާ 

 

އަޑު ވަޔާ ދެވި ، ދުރަށް އޮޔާ ދެވި 

 

ބީގެން ރަށަކަށް ނަފްސު އޮޔާ ދެވި 

 

އަދު ކަލާ ނެތި ، ހަނދު މަށަށް ފެނި 

 

ހަނދުމަ ވީމަ ކަލާ ، ހަނދު ކަފާ ނެގި 

 

މޮޅެތި ބަސްތަކުން މީރު ވަސް ތަކުން 

 

އުޅެ މި ދިރިއުޅުމުގަ ތި ހަނދާން ވަނީ 

 

ލޯބި އަސްލަކު ، ނުވޭ ކަން ގަސްތަކު 

 

ހުރެ ދުރުގަ އުފަލުގަ ތި މަލާ ވަނި 

 

ހުންނަން ނެތިން ފަހު ތި މަންޒަރު ބަލާކަށް 

 

ހުންނަން ނެތިން އިންތިޒާރެއް ކުރާކަށް 

 

ގާތުގަ ހުރެފަ ތި ދޭ އަނިޔާއިން ފަނަވާ 

 

ފަހަތުގަ ނެތިން އިތުރު ސަފްހާއެއް ގުނާކަށް 

 

އުޅެން ބޭނުމަސް ކިހިނެއް އުޅޭނީ 

 

ބާރުގަދަ ތި އަލިފާނުގަ ވޭނީ 

 

އިތުބާރު ނުކުރެވި ލޯބީގެ ބާރު ކެނޑި 

 

މި ހަޔާތަށް ގެ ނުވިއޭ  ގަދަ ވަޔާ ކެރި 

 

ލޯބިން މިގޮތަށް ވާނަން އުމުރަށް 

 

އުޅުމަށް ދުވަސް ތަކޭ ގުނުމަށް 

 

ނޭދެން ގާތުން ދުރުވާން މި އަޅާ 

 

ވާނ އެދެމޭ  ގާތުގަ ތިޔަ މާ 

 

ލޯބިން މިގޮތަށް ވާނަން އުމުރަށް 

 

އުޅުމަށް ދުވަސް ތަކޭ ގުނުމަށް 

 

ނޭދެން ގާތުން ދުރުވާން މި އަޅާ 

 

ވާނ އެދެމޭ  ގާތުގަ ތިޔަ މާ ” 

 

ލަވައިގެ މި ހިސާބަށް ދިޔުމުން ނަވާން ލަވަ ނިއްވާލި އެވެ. އަދި ކަރުނަތަށް ފުހެލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.” ދޮންބޭ ” ނަވާން ސިޓިން ރޫމް އަށް ނިކުއިރު ނާއިޒް ބަދިގެއިން ނިކުންނަނީ އެވެ.” ދޮންބޭ މަ ބޭނުން ކުޑަ ވާހަކައެއް ދައްކާ ލާން ” ނަވާން މިހެން ބުނުމުން ނާއިޒް ކޮން ވާހަކައެއް ހޭ ބުނެލިއެވެ. އަދި އައިސް ސޯފާގަ އިށީންނިއެވެ. ނަވާން ވެސް ސޯފާގައި އިށީންނަމުން ދުރުދުރުން ނުފައްޓާ ސީދާ މައުލޫ އަށް ދިޔައެވެ.” މަ ބޭނުން މެލޭ އަށް ދާ ” ނަވާން މިހެން ބުނުމުން ނާއިޒް ހައިރާން ވިއެވެ.” އެ ކީއްކުރަން ” ނާއިޒް މިހެން އެހުމުން ނަވާން ބުނެލިއެވެ.” ބިޒްނެސް ގެ މާސްޓާ ޑިގްރީ ފެންވަރަށް ކިޔަވަން ” ނަވާން މިހެން ބުނުމުން ނާއިޒް އިތުރަށް ޙައިރާންވިއެވެ.” ކުއްލިއަކަށް އަނެއްކާ ކިހިނެއް ވީ ” ނާއިޒް މިހެން އެހުމުން ނަވާން ބުނެލިއެވެ.” ކުއްލިއަކަށް ށެއް ނޫން މިހާރު ވަރަށް ދުވަސް ވެއްޖެ މި ކަމާ ވިސްނާ ތާ ” ނަވާން މިހެން ބުނުމުން ނާއިޒް ހީލިއެވެ. އަދި ބުނެލިއެވެ.” ދޮންބެ ވަރަށް އުފާ ވެއްޖެ ނަވާން ކޮން އިރަކު ދާން ބޭނުމީ ” ނާއިޒް މިހެން އެހުމުން މާދަމާ ގަ ކަމަށް ނަވާން ބުނެލިއެވެ.” އޯކޭ ޑަން.. ނަވާން ރެޑީ ވެގެން ހުންނާނީ ” ނާއިޒް އެހެން ބުނުމަށް ފަހު ސޯފާ އިން ތެދުވެގެން ދިޔައެވެ. 

 

” ރިޒް ސުވާލެއް ކޮއްލަން ތަ ” ނިޔާޒް ރިޒާ ގެ އުނގު މަތީގައި ބޯއަޅާލަމުން އަހާލިއެވެ.” ހޫމްމްމްމްމް ” ރިޒް މަޑުމަޑުން ހޫމް އޭ ބުނުމުން ނިޔާޒް ސުވާލު ކޮއްލިއެވެ.” ރިޒް އަހަރެން ދެކެ ލޯބިވާ އިރުވެސް ކީއްވެ ނުބުނީ ” ނިޔާޒް ގެ މި ސުވާލާ އެކު ރިޒާ އަށް ކުޑަކޮށް ހީލެވުނެވެ.” އެއީ އަހަރެންނަކަށް ނޭނގެ އެއިރު ނިޔާޒްގެ ހިތުގަަ އޮތް އެއްޗެއް އެހެންވެ ” ރިޒާ ލަދު ރަކި ގޮތަކަށް މިހެން ބުނުމުން ނިޔާޒް ހީލިއެވެ. އަދި އަނެއްކާވެސް ސުވާލު ކޮއްލިއެވެ.” ރިޒް މެރީ ކުރަން ބޭނުމީ ކޮން ދުވަހަކު ” ނިޔާޒް މިހެން އަހާލުމުން ރިޒާ ވެސް ކޮއްލީ ސުވާލެކެވެ.” ނިޔާޒް މެރީ ކުރަން ބޭނުން ވަނީ ކޮން ދުވަހަކު ” ” އަހަރެން ބޭނުން ވަނީ މި ވަގުތުން ވަގުތަށް ރިޒް އާ މެރީ ކުރަން ” ނިޔާޒް ގެ ޖަވާބު އިވި ރިޒާ ހިނިއައެވެ.” ހައު އެބައުޓް ނެކްސްޓް ވީކް ނިންމަފް ” ރިޒާ ނިޔާޒް ގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ.” ދެޓްސް އަ ގްރޭޓް އައިޑިޔާ ރިޒް…. އައި ލަވް ޔޫ ސޯ މަޗް ” ނިޔާޒް ރިޒާ އެހެން ބުނުމުން ވީ އުފަލެއް ގެ ބޮޑުކަމުން ރިޒާ ގެ ތުންފަތަށް ބޮސްދިނެވެ. ނިޔާޒްގެ މި ކުއްލި ޙަރަކާތުން ރިޒާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތު ނިޔާޒް އާއި ބައިވެރި ވިއެވެ. 

 

އަޔާޒް އޮތީ ކޮޓަރީ އެނދުމަތީގަ އޮށޯވެ ގެންނެވެ. ވިސްނެމުން ދިޔައީ ނައިރާ އާއި މެދުގަ އެވެ. ނައިރާ ގެ ހިނިތުން ވުމެވެ. އެ ލަދުރަކި މޫނެވެ. ނައިރާ ގެ ކޮންމެ ޙަރަކާތެއް އަޔާޒް އަށް ސިފަވަމުން ދިޔައެވެ. މިއަދު ޕޫލް ތެރޭގައި ނައިރާ އަޔާޒް ގެ ކަރުގައި ބައްދާގެން އޮތް ގޮތް ސިފަވަމުން އަޔާޒް އަށް އިޙްތިޔާރުން ބޭރުގަ ހީލެވުނެވެ. ނައިރާ ގެ ހިޔާލު ތަކުގައި އޮވެ ނިދި އައިސް ޖެހުނު އިރެއް ވެސް އަޔާޒް އަކަށް ނޭނގުނެވެ. 

 

ނައިރާ ގެ ހާލަކީތޯއެވެ. ނައިރާ ވެސް އޮތީ އަޔާޒް އެކޭ އެއްފަދައިން އެނދުމަތީ ގައެވެ. ނައިރާ އަށް ސިފަވަމުން ދިޔައީ މިއަދު ނައިރާ ޕޫލް އަށް ވެއްޓުމުން އަޔާޒް ނައިރާ ސަލާމަތް ކުރަން އައި ގޮތެވެ. ތެމުމުން އަޔާޒް ގެ ހަށިގަނޑުގަ ލައިގެން އިން ގަމީސް ހިފާފަ ހުރި ގޮތެވެ. އަޔާޒް ގެ އެ ވަރުގަދަ ހަށިގަނޑު ސިފަވަމުން ނައިރާ އެނދުގައި އޮވެފަ ދެފަރާތަށް ފުރޮޅިލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ހިތައް އެރިއެވެ.” ވަޓް ދަ ހެލް އޭމް އައި ތިންކިން ” އެހެން ހިތަށް އެރުމުން ނައިރާ އެނދުގައި ދެފާ ވައްކޮށްލައިގެން އިށީންދެލިއެވެ. އަދި ވިސްނަން ފެށިއެވެ. އަޔާޒް އާއި މެދު މި ވިސްނަނީ ކީއްވެ ހެއްޔެވެ. ނައިރާ އޭނާގެ ހިތާ މި ސުވާލު ކުރަމުން ދިޔަ ވަރަށް ހިތް ބުނަމުން ދިޔައީ އެންމެ ޖަވާބެކެވެ. ލޮއިތްބެވެ. ނަމަވެސް ނައިރާ ހުރީ ގަބޫލު ކުރާ ކަހަލަ ގޮތަކަށްށެއް ނޫނެވެ. އެހެން ވިސްނަން އިނދާ ނައިރާ ނިދީގެން ވެއްޓުނެވެ. 

 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (51)

Next

ބައިވެރިޔާ (1)

Next
April 6, 2022

ބައިވެރިޔާ (1)

Previews
April 5, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (51)

One Comment

  1. laisha hawwa says:
    April 6, 2022 at 5:48 pm

    Kuri ge part akaa nuveih gulhey

Comments are closed.

Next Episodeލޯބި ވެވުމުން 20←


All Right Reserved!