Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސައުވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 10, 2015 8 Mins Read
47 Comments

އެއްރެއަކު ވީޑިޔޯއެއްގެ ބަދަލުގައި ނަޞްރާގެ އެކުވެރިޔަކު އައީ އެފަދަ މަންޒަރުތައް ސިފަ ކުރެވިފައިވި ވާހަކައެއް ހިފައިގެންނެވެ. ނަޞްރާގެ އެއް އެކުވެރިޔަކު އެ ވާހަކަ ކިޔަމުން ދިޔައިރު ނަޞްރާއާއި އޭނަގެ އަނެއް ދެ އެކުވެރިން ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިއްބެވެ. އޭގެ އަނެއްދުވަހު ނަޞްރާ އޭގެ 10 ވަރަކަށް ފޮތް ގަނެލިއެވެ.

 

ލޮލުން ބަލާ މަންޒަރަކުން އޭނަގެ އުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ނަޞްރާ ހީކުރިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ކުށްހީއަކަށެވެ. ހުތުރު މަންޒަރުތަކާއި ވާހަކަތަކަށް ދެވިހިފިފަހުން ނަޞްރާއަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގަން އުނދަގޫވިއެވެ. އޭނައަށް އޭނަގެ ފިރިހެން އެކުވެރިންނާއި އާދަޔާ ޚިލާފަށް ކައިރިވެވުނެވެ. ބޭއިޚްތިޔާރުގައި އެއްވެސް ކަމަކާނުލާ އެ މީހުންގެ އަތުގައި ހިފުން ފަދަ ކަންތައް ކުރެވުނެވެ. ނޭނގުމެއްގެ ތެރެއިން އޭގެއިން ކޮންމެ މީހަކަށް ވެސް ނަޞްރާގެ ހިތުގައި އެމީހަކަށްޓަކައި އިޙްޞާޞްތަކެއް ވާހެން ހީވާފަދަ ގޮތަކަށް އުޅެވުނެވެ. ނަތީޖާއެއްގެ ގޮތުން އެ ހަތަރު މީހުން ވެސް ވަކިވަކިން ނަޞްރާއަށް ލޯބި ހުށަހަޅައިފިއެވެ. ނަޞްރާ އޭގެއިން އެންމެ ރީތި ފިރިހެން ކުއްޖާގެ “ލޯބި” ޤަބޫލު ކުރިއެވެ. އޭނަ އެކުއްޖާއާއި ރައްޓެހިވިތާ އެއްމަސް ދުވަސްވީ ދުވަހު ނަޞްރާއަށް އަނެއްކާވެސް އޭނަ ހިތާމަކުރަންޖެހޭ ފަދަ ކަމެއް ކުރެވުނެވެ.

 

ނަޞްރާ ލަންޑަނަށް އައިތާ އެއްއަހަރު ވީއިރު އޭނަވަނީ މުޅިން އެހެން މީހަކަށް ބަދަލުވެފައެވެ. އޭނަ އުޅޭ އެޕާޓްމެންޓަށް ފިރިހެނަކު ނާންނަ ދުވަހެއް މަދެވެ. ކުރީކޮޅު ނަޞްރާ އޭނައަށް ކުރެވެމުން ދިޔަ ކަންތަކާމެދު ދެރަވެ އުޅުނެއްކަމަކު ފަހުން ނަޞްރާގެ ހިތަކަށް އެއްވެސް އެއްޗެކޭ ނާރައެވެ. އޭނަ ލަންޑަނަށް އައީ ކީއްކުރަންކަން ވެސް އޭނަ ހަނދާން ނައްތާލާފައި ވީފަދައެވެ. އޭނަ ޔުނިވާރސިޓީއަށް ދާ ދުވަސްތަކަށްވުރެ ނުދާ ދުވަސްތައް ގިނައެވެ. ޝަރީފް ނުވަތަ އަފްރާޒް ގުޅާ ކޮންމެ ފަހަރަކު ނަޞްރާ ހުރިހާ ކަމެއް ރަނގަޅުކަމަށްބުނެ ފޯނު ކަނޑާލައެވެ. ސްކޮލާޝިޕްގެ ދަށުން ޗުއްޓީއަށް ރަށަށް ދިޔުމުގެ ފުރުޞަތު ލިބުނެއްކަމަކު ނަޞްރާ އެއަށް ފުރަގަސްދިނެވެ. ރަށަށް ދިޔައިއްޔާ އޭނަ ބޭނުންވާ ކަންތައް ނުކޮށް އޭނައަށް ކެތްކުރެވޭނެހެން ވެސް ނަޞްރާއަށް ހީނުވާތީވެއެވެ. ވަގުތީ އުފާތައް ހޯދުމުގައި ޙަޔާތް ވޭތުކޮށްލުމަކީ އޭނަގެ މަޤްޞަދަކަށްވެފައިވި ފަދައެވެ. އޭނައަށް މިއަދު ކުރެވެމުން ދިޔަ ކަންތައްތަކުގެ ސަބަބުން އޭނަގެ މާދަމައަށްވާނީ ކިހިނެއްކަމާމެދު ނަޞްރާ ވިސްނާކަށްވެސް ނުއުޅުނެވެ.

 

ނަޞްރާއަށް ލިބުނު ޗުއްޓީ ތެރޭގައި އޭނައަށް އާ އަވަށްޓެރިން ލިބުނެވެ. އޭނަ އުޅޭ އެޕާޓްމެންޓާއި ދިމާ ކުރިމަތީގައި ހުންނަ އެޕާޓްމެންޓަށް ދިވެހިންގެ ބަޔަކު އައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ މެދު ޢުމުރުގެ އަންހެނަކާއި ޒުވާން ދެ އަންހެން ކުދިންނެވެ. ތިން މީހުން ވެސް ޖިލްބާބާއިއެކީ ބުރުގާ އަޅައިގެން ތިބި ގޮތުން ނަޞްރާ ފޫހިވިއެވެ. އޭނަ އެ މީހުންނާއި އެއްވެސް ގުޅުމެއް ނުބާއްވަން ނިންމިއެވެ. ކޮންމެއަކަސް އެ ދެ އަންހެން ކުދިންގެ ތެރެއިން ނަޞްރާއާއި އެއް އިސްކޮޅެއްގެ ކުއްޖާ އޭނަ ފެންނައިރަށް ހިނިތުންވެލައެވެ. ނަޞްރާ ކުރީކޮޅު ހީކުރީ އޭނައަށް ހީވި ހީވުމެއް ކަމަށެވެ. ނަމަވެސް ދެމީހުން ދިމާވާ ކޮންމެ ފަހަރަކުހެން އެކުއްޖާ ހުރިހާ ދަތްތައް ދައްކައިގެން ހުންނަ ގޮތުން ނަޞްރާ ހިސާބަކަށް ޙައިރާންވިއެވެ. މިއީ މޮޔަ ކުއްޖެއްބާއޭ ހިތަށްއެރިއެވެ. އެއްދުވަހު ނަޞްރާ އެކުއްޖާއާއެކީ އެމީހުން އުޅޭ ޢިމާރާތުގެ ލިފްޓެއްގައި ހުންނަން ޖެހުނެވެ.

 

“ތިއީ ދިވެހި ކުއްޖެއްތަ؟” އެކުއްޖާ އުޖާލާވި މޫނަކާއެކީ ނަޞްރާގާތު ސުވާލު ކުރިއެވެ. ނަޞްރާ އެކުއްޖާއަށް ބަލާލަމުން ހޫންލައްވާލިއެވެ.

 

“ކީކޭތަ ކިޔަނީ؟” އެކުއްޖާ ބަދަލެއްނުވާ ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ.

 

“ނަޞްރާ.” ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ނަޞްރާ ބުނެލިއެވެ.

 

“އަހަންނަށް ކިޔަނީ ސަދަފް.” ސަދަފް އެހެން ބުނެލަމުން ސަލާމަށް އަތްދިއްކޮއްލިއެވެ. ނަޞްރާ އެއްފަހަރު އެ އަތަށް އަނެއްފަހަރު ސަދަފްއަށް ބަލާލިއެވެ. ހަމަ އެ ސިކުންތުގައި ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. ނަޞްރާ ސަދަފްއާއި ސަލާމް ކުރުމެއްނެތި ލިފްޓުން ނިކުތެވެ. ސަދަފްގެ ހިނިތުންވުން ފަނޑުވެގެން ދިޔަދިޔަހެން އޭނަގެ ނަޒަރު ނަޞްރާއާއެކީ ދަތުރުކުރިއެވެ. ސަދަފް އިރުކޮޅަކު ހުރެފައި ލިފްޓު ބަންދުވާން އުޅުމުން ލިފްޓުން ނިކުތެވެ. އެވަގުތު ނަޞްރާ ގޮސް އޭނަގެ އެޕާޓްމެންޓްގެ ދޮރު ކައިރީގައި ހުރި އިނގިރޭސި ފިރިހެނެއްގެ ގައިގައި ބައްދާލިތަން ސަދަފްއަށް ފެނުނެވެ. އެދެމީހުން ހެވިފައިތިބެ އެކީގައި ދެއްކި ވާހަކައެއް ސަދަފްއަށް ސާފެއްނުވިއެވެ. ނަޞްރާ އެޕާޓްމެންޓްގެ ދޮރު ހުޅުވައި އެތަނަށްވަދެ އެ ފިރިހެން މީހާގެ އަތުގައި ހިފައި އެތެރެއަށް ދަމާލި މަންޒަރު ސަދަފްއަށް ބަލަން ހުރެވުނީ ދެ ބުމަ ކައިރިކޮށްގެންނެވެ.

 

އެދުވަސްފަހުން ނަޞްރާއަށް ކޮންމެ ދުވަހަކުހެން ސަދަފް އޭނަގެ ދޮރުމަތިން ފެންނަން ފެށިއެވެ. އެއްދުވަހު ސަދަފް ކޮންމެވެސް ބަދިގޭގެ އެއްޗެއް ހޯދަން އައިއްޔާ އަނެއްދުވަހުގެ ރޭ ސަދަފްމެންގެ އެޕާޓްމެންޓަށް ކާން އައުމަށް ނަޞްރާއަށް ދަޢުވަތު ލިބެއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވި ސަބަބެއް ނަޞްރާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނައަށް ސަދަފްވެގެން ދިޔައީ ބޮޑު އުނދަގުލަކަށެވެ. އޭނަ މީހަކަށް ދަޢުވަތު އަރުވާފައި ވަނިކޮށް ވެސް ހަމަ އެ ގަޑީގައި ސަދަފް އޭނަގެ އެޕާޓްމެންޓަށް އައިސްފައި ހުރެދާނެއެވެ. އެއްދުވަހު ނަޞްރާ ކެތްނުވާ ހިސާބަށް ދިޔުމުން އޭނަ ސަދަފްއާއި ދިމާލަށް އެތަކެއްޗެއް ގޮވާލިއެވެ. ނަޞްރާ ހުތުރު ބަސްތައް އަޑުހަރުކޮށް ކިޔަމުން ދިޔައިރު އެ ފްލޯގައި އުޅޭ ސަދަފްގެ މަންމައާއި ކޮއްކޮވެސް ނަޞްރާގެ އެޕާޓްމެންޓްގެ ހުޅުވާލެވިފައިވާ ދޮރު ކައިރިއަށްއައެވެ. ނަޞްރާ އެންމެ ފަހަކަށް ސަދަފްގެ ކޮނޑުގައި އަތް އަޅައި ކޮއްޕާލަމުން ބުނެލީ ދުވަހަކުވެސް ދެން އެތަނަށް ނައުމަށެވެ. ސަދަފް ދެރަ ގޮތަކަށް ނަޞްރާއަށް ބަލަހައްޓައިގެން ހުރެފައި އެތަނުން ނިކުމެގެން ދިޔައެވެ. ނަޞްރާ ހީކުރި ގޮތާއި ޚިލާފަށް ސަދަފްގެ މަންމައާއި ކޮއްކޮ ވަކި އެއްޗެކޭ ނުބުނެ އޭނައަށް ފަސްދިނެވެ.

 

5 ވަރަކަށް ދުވަސް ވަންދެން ނަޞްރާއަށް މިނިވަންކަމާއެކީ އޭނަ ކުރީގައި އުޅުނު ގޮތަށް އުޅުމުގެ ފުރުޞަތު ލިބުނެވެ. 5 ދުވަސް ވޭތުވެ ދިޔައިރު އޭނައަށް ސަދަފް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެއަކަސް 6 ވަނައަށްވީ ދުވަހު ނަޞްރާ ވަރަށް ބޮޑަށް ބަލިވިއެވެ. ވަރަށް ގަދައަށް ހުން އައިސް ބޮލުގައި ރިއްސި ގޮތުން އޭނަ ގައިގައި އެނދުން ވެސް ތެދުވެވޭނެ ވަރެއްނެތެވެ. އެހެންކަމުން އެދުވަހު ހެނދުނުއްސުރެ އޭނައަށް އެއްވެސް އެއްޗެއް ނުވެސް ކެވެއެވެ. މެންދުރުވީއިރު ވެސް ބަލި ރަނގަޅު ނުވުމުން ނަޞްރާ ގަދަކަމުން އެނދުން ތެދުވިއެވެ. އެޕާޓްމެންޓްގައި ބޭސް ނެތްކަން އެނގުމުން ނަޞްރާ ބޭސް ގަތުމަށްޓަކައި ފައިސާ ހިފައިގެން އެތަނުން ނިކުންނަން ދިޔައެވެ. އެޕާޓްމެންޓުން ނިކުތްއިރުވެސް އޭނަގެ ދެފައި ތުރުތުރު އަޅައެވެ. މާ ދުރަކަށް ނުދެވެނީސް ނަޞްރާއަށް ވީނުވީއެއް ނޭނގި އޭނަ ބިންމައްޗަށް ވެއްޓުނެވެ.

 

ނަޞްރާއަށް ހޭލެވުނުއިރު އޭނައަށް އޮވެވުނީ މަޑު އެނދެއްގައި ރަޖާ އަޅައިގެންނެވެ. އޭނަ އޮތް އެނދުގެ ކަނާތް ފަރާތުގައި އޭނައަށް ހިނިތުންވުމަކާއެކީ ބަލަހައްޓައިގެން އިނީ ސަދަފްއެވެ. ސަދަފް މިހާރު ކިހިނެއްތޯ ސުވާލުކުރުމުން ނަޞްރާ ތެދުވަން އުޅުނެވެ. އެވަގުތު އޭނަގެ މުޅި ގައިގައި ރިއްސަން ފެށުމުން ނަޞްރާއަށް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ސަދަފް އޭނައަށް ތެދުވުމުގައި އެހީވެދިނެވެ. އެއަށްފަހު ތިމަންނަ ސޫޕް ހިފައިގެން އަންނާނަމޭ ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ސަދަފް އަނބުރާ އައީ ސޫޕް ތަށްޓެއް ތަބަކަށް ލައިގެންނެވެ. ނަޞްރާ އަމިއްލައަށް ކާން އުޅުމުން ސަދަފް އެކަމަށް އިންކާރު ކުރިއެވެ. އަތް ތުރުތުރު އެބަ އަޅައެއްނޫންހޭ ބުނެ ސަމުސަލުން ސޫޕް ނަގައި ނަޞްރާއަށް ދިއްކޮއްލިއެވެ. ނަޞްރާ އިރުކޮޅަކު ހުރެފައި ސަދަފްގެ އަތުން ސޫޕް ބޯންފެށިއެވެ. ބޮމުން ދިޔައިރު ނަޞްރާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ ދުވަސްތަކެއް ކުރިން އޭނަ ސަދަފްއާއި ދިމާލަށް ކިޔުނު އެއްޗެއްސެވެ. ސަދަފްގެ ހިނިތުންވުންތައް ފެނިފައި ސަދަފް އެ ދުވަސްމަތިން ހަނދާން ނެތުނީބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ ބުނީ ހަނދާން ނެތޭ ވަރުގެ ބަސްތަކެއް ނޫންކަން އެނގުންވުމުން ނަޞްރާ އަޖާއިބުވިއެވެ. ސަދަފް އޭނަ މިހާ ރަނގަޅަށް ބަލަމުން ދަނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ.

 

އެދުވަހަށްފަހު ނަޞްރާއާއި ސަދަފްގެ ދެމެދުގައި އޮތް ގުޅުމަށް ބޮޑު އިންޤިލާބެއްއައެވެ. ކުރިއާއި ޚިލާފަށް ނަޞްރާ ސަދަފް ފެންނައިރަށް ހިނިތުންވެލައެވެ. ސަދަފް ދަޢުވަތު ނުދިނަސް ނަޞްރާ ސަދަފްމެންގެ އެޕާޓްމެންޓަށް ދަމުން ދިޔައެވެ. ނަޞްރާ ސަދަފްމެނަށް ގޭތެރޭގެ އެކި ކަންކަމުގައި އެހީވަމުން ދިޔައީ ސަދަފްއަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި މަޢާފަށް އެދުމުގެ ގޮތުންނެވެ. އެ ދެ ކަންތައްތަކަކީ ނަޞްރާއަށް ދުލުން އެހާ ފަސޭހައިން ކުރެވޭ ކަންތައްތަކަށް ނުވާތީވެއެވެ.

 

ސަދަފްމެންނާއި އެކީ ގިނަ ވަގުތު ހޭދަކުރަން ފެށުމުން ނަޞްރާއަށް އޭނަގެ ލޯބިވެރިންނަށް ދެވޭ ވަގުތުތައް މަދުވިއެވެ. ސަދަފްއާއި އޭނަގެ 17 އަހަރުގެ ކޮއްކޮއާއެކު އެކިއެކި ޗޮކްލެޓް ފިހާރަތަކަށް ގޮސް ޗޮކްލެޓް ރަހަ ބެލުމަކީ ނަޞްރާއަށް މަޖާކަމަކަށްވިއެވެ. ސަދަފްމެން ކުރާ ސަމާސާތަކަށް ނަޞްރާއަށް މެދުކެނޑުމެއްނެތި ހެވެމުން ދިޔައެވެ. އެމީހުން އޭނައާއި ވަކިވެގެންދާ ކޮންމެ ފަހަރަކު ނަޞްރާގެ ހިތަށް މާޔޫސްކަމެއް ވެރިވެއެވެ. އެއީ ވެސް ދިރިއުޅުމެކޭ ހިތަށްއަރައެވެ. ނަމަވެސް ނަޞްރާ އޭނަގެ އެޕާޓްމެންޓަށް ވަންނަތާ މާ ގިނައިރެއްނުވެ އެ ޚިޔާލުމަތިން ހަނދާންނެތި އޭނަގެ އަނދިރި ދިރިއުޅުމަށް އަނބުރާ އާދެވެއެވެ. ޓީވީ ހުޅުވާލާ ގޮތަށް ނަޞްރާއަށް މުޅި ދަންވަރު އޭނަގެ ނަޒަރު ޓީވީއަށް ހުއްޓައިގެން އިނދެވެއެވެ. އެހެންނޫނީ އޭނަ އޭރު ރައްޓެހިވެގެން ހުންނަ ލޯބިވެރިޔަކަށް ގުޅާލެވެއެވެ.

 

އެއްދުވަހު ސަދަފްގެ އެދުމަށް ނަޞްރާ ކެފޭއެއްގެ މޭޒުދޮށުން ސަދަފްއާއި ބައްދަލުކުރިއެވެ. ދެމީހުން ހެވިފައި ތިބެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ވަކި ހިސާބަކުން އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ނަޞްރާ ދައްކާނެ ވަކި ވާހަކައެއް ނޭނގިފައި އިނދެ އޭނަގެ ކުރިމަތީގައި އިން އައިސްކްރީމް ތަށިން އައިސްކްރީމް ބޮމުން ދިޔައިރު ސަދަފް އޭނަގެ ކުރިމަތީގައި ހުރި ކޮފީ ތަށިން ބޮމުން ދިޔައެވެ. ސަދަފްގެ ސީރިއަސް ނަޒަރުތައް ދޭތެރެދޭތެރެއިން ނަޞްރާއަށް އަމާޒުވަމުން ދިޔަކަމެއް ނަޞްރާ ނުދެނެހުއްޓެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސަދަފް ކަރުކެހިލިއެވެ. ނަޞްރާ ސަދަފްއަށް ބަލާލިއެވެ.

 

“ސޯ….މިހާރު ޗުއްޓީ ނިމެން ކިތައް ދުވަސްތަ ބާކީ އޮތީ؟” ސަދަފް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރަމުން އަހާލިއެވެ. އެ ސުވާލު އިވިފައި ނަޞްރާގެ މޫނުގެ ކުލަވަރު އޮއްސުނެވެ.

 

“އަމް….ބަލާލަންޖެހޭނީ.” ނަޞްރާ ޖެހިލުންވުމަކާއެކީ ބުނެލިއެވެ. އޭނައަށް ދެން ކިޔެވުން ފެށޭ ދުވަހެއް ނޭނގެއެވެ. ބަލާކަށްވެސް ބޭނުމެއްނުވެއެވެ.

 

“ޗުއްޓީގަ ޢާއިލާއާއި ބައްދަލުކުރަން ރަށަށް ނުދިޔައީ ކީއްވެ؟ އަހަރެންވެސް މިދަނީ ކިޔަވަމުން. ސަޢޫދީގަ. އެތާ މަންމައާއި ބައްޕައާއި އަހަރެން އުޅެނީ. އަހަރެންގެ ކޮއްކޮ މިތާނގައި ކިޔަވަމުން ދާތީ ޗުއްޓީއެއް ލިބޭ ކޮންމެ ފަހަރަކު މަންމައާއި އަހަރެން ކޮއްކޮއާ ބައްދަލުކުރަން މިކޮޅަށް އަންނަނީ. ކީއްވެ ނަޞްރާ ނުދިޔައީ؟” ސަދަފް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.

 

“އަހަރެންގެ ޢާއިލާއެއް ނޯވޭ.” ނަޞްރާ އެއްދިމާލަކަށް ބަލައިގެން އިނދެ ފަސޭހަކަމާއެކީ ދޮގެއްހަދާލިއެވެ. ނަޞްރާގެ އެ ޖަވާބު އިވުމުން ސަދަފް އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ އިނެވެ. އެއަށްފަހު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ނަޞްރާގެ އެޕާޓްމެންޓަށް ވަރަށް މީހުން ވަންނަތަން ފެނޭ. އެއީ ކޮން ބައެއް؟” ސަދަފް އަހާލިއެވެ.

 

“އެއީ…..އަހަރެންގެ އެކުވެރިން.” ނަޞްރާގެ މޫނުމައްޗަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ.

 

“އެކުވެރިން ކީއްވެތަ ނަޞްރާގެ އުނަގަނޑުގައި އަތްއަޅުގައިގެން ތިބެންވީ؟” ސަދަފް ނޭނގޭ ކަމަށް ހަދާފައި ރާގަކަށް ސުވާލުކުރިއެވެ. އެކަން ނަޞްރާއަށް އެނގުނެވެ.

“ސަދަފްއަށް ހުރިހާ ކަމެއް އެނގެންޏާ ސުވާލު ނުކުރީމަ ނިމުނީއެއްނު؟” ނަޞްރާގެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. ސަދަފް ނަޞްރާއަށް ބަލަން އިނދެފައި މޭޒުމަތީގައި އޮތް ނަޞްރާގެ އަތްމަތީގައި އެއްއަތް އަޅާލިއެވެ.

 

“ނަޞްރާ……ކޮން ކަމެއްތަ ނަޞްރާއަށް ތިގޮތަށް އުޅެން ޖެއްސީ؟ ހަމަ ގައިމުވެސް ނަޞްރާއަކީ އަބަދު ތިގޮތަށް އުޅުނު ކުއްޖަކަށް ނުވާނެ. ނަޞްރާ ބޭނުންވަނީ ހަމަ ތި ގޮތަށް އުޅެންތަ؟ ތި ގޮތަށް ދިރިއުޅުމުގެ އެއްވެސް މާނައެއް އެބައޮތްތަ؟ ކުރިއަށް އޮތް ތަނުގަ ވާނެ ގޮތާއިމެދު ވިސްނާލިންތަ؟ ތިކަން ކުރަމުން ނަޞްރާއަށް އެބަ ކިޔެވޭތަ؟ މަދު އަހަރުތަކަށްފަހު ނަޞްރާ މިތަނުން ދާންޖެހޭނެ. ރަށަށް ގޮއްސަ ކިހިނެއްތަ ހަދާނީ؟ ވިސްނާލަބަލަ!” ސަދަފް އޭނަގެ ފަހުބަސް ބުނެލީ ކަންބޮޑުވުން އެކުލެވިފައިވި ދެލޮލާއެކީ އަޑަށް ބާރުލަމުންނެވެ. އެ އަޑަށް އިސްޖެހިފައި އިން ނަޞްރާ ކުޑަކޮށް ސިހުންވިއެވެ. އޭނަގެ ސިކުނޑި ސަދަފްގެ އަމުރަށް ކިޔަމަންވެ ވިސްނަން ފެށިއެވެ. ހަމަ އަސްލުވެސް އޭނަ ރަށަށް ގޮސް ހަދާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ބައްޕައަށް އޭނަ ކުރި ކަންތައް އެނގޭ ދުވަހަކުން އޭނަ ގެއަށް ވައްދާނެ ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނައަށް ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ވަގުތު މިއޮތީ ފާއިތުވެފައެވެ. އޭނަ ދެން އިޞްލާޙު ވިޔަސް ނުވިޔަސް ވާނީ އެކައްޗެކޭ ހިތަށްއެރިއެވެ. ބައްޕަ ކޮންމެ ގޮތެއްވިޔަސް އޭނައަށް ރުޅި އަންނާނެއޭ ހިތް ބުންޏެވެ. ނަޞްރާ ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސަދަފް އޭނަގެ ނަމުން ގޮވާލިއެވެ. ނަޞްރާއަށް އަނެއްކާވެސް އޭނައާއި ދިމާލަށް ބަލާލެވުނެވެ.

 

“ނަޞްރާ ބޭނުންވަނީ ނަރަކައަށްދާންތަ؟” ސަދަފް އެ ސުވާލުކުރުމުން ނަޞްރާގެ މެއަށް ފިނިވިއެވެ. ނަރަކައަކީ ވާ ތަނެއްކަން އޭނައަށް ދުވަހަކުވެސް ރަނގަޅަށް ޤަބޫލު ނުކުރެވުނެއްކަމަކު ސަދަފް އެހެން ބުނިއިރު ނޭނގޭ ސަބަބަކާހުރެ އެއީ ޙަޤީޤަތެއްކަމަށް ނަޞްރާގެ ހިތް ބުންޏެވެ.

 

އެރޭ ގެއަށް ގޮސް ޓީވީއަށް އާ ފިލްމެއް އަޅުވާލަން ވެސް ނަޞްރާއަކަށް ނުކެރުނެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން އިނދެ ނަޞްރާއަށް އޭނަގެ ޙަޔާތާއިމެދު ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނުނެވެ. ސަދަފް އެ ބުނިހެން އޭނަ ދާން ބޭނުންވަނީ ހަމަ ނަރަކައަށް ހެއްޔެވެ؟ ނަރަކައަކީ ވާ ތަނެއްކަން އޭނައަށް ޔަޤީން ނުކުރެވުނަސް މަރަކީ ވާ އެއްޗެކެވެ. މަރުވީ ދުވަހަކުން ވާނީ ކިހިނެއްހެއްޔެވެ؟ މަރުވުމުން ޙަޔާތް އެއްކޮށް ނުނިމޭނެއޭ މީހުން ބުނާ އަޑު އޭނަ އަހައެވެ. އެއީ ޙަޤީޤަތަކަށްވާނަމަ އޭނައަށްވާނީ ކިހިނެއްހެއްޔެވެ؟ އެ ސުވާލު ހިތަށްވަނުމުން ނަޞްރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ވަގުތު މުޅި މީހާ ފިނިވިއެވެ. އެއްލި ކަޅިއަކުން އެނދުމަތީގައި އޮތް ވާހަކައިގެ ބޭރުގައި ހުރި ތަސްވީރު ފެނިފައި ނަޞްރާއަށް ތެޅިގަންނަމުން އޭތި އަތުން ޖަހައި ބިމަށް ވައްޓާލެވުނެވެ. އެއަށްފަހު އޭނަ އެނދުގައި އޮށޯވެ ބޮލާއިއެކީގައި ރަޖާ އެޅީ މުޅި ދުނިޔެއަށް ފިލަން ބޭނުންވެގެން ފަދައެވެ. ބިރުވެރި ޚިޔާލުތަކެއްގައި ތެޅިތެޅި އޮތް ހިތަކާއެކީ ނަޞްރާ އޮތްވާ އޭނައަށް ނިދުނެވެ.

 

އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ނަޞްރާ ގޮސް ސަދަފްމެންގެ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ދިނެވެ. ސަދަފް ދޮރު ހުޅުވާލުމުން ނަޞްރާ ފެންކަޅިވެފައިވާ ދެލޮލާއެކީ އޭނައަށް އެހީވެދިނުމަށް އެދުނެވެ. ސަދަފް ވީ އުފަލާއެކީ އޭނައަށް ހިނިތުންވެލެވުނެވެ. ސަދަފް އެންމެ ފުރަތަމަ ކަމަކަށް ނަޞްރާ ލައްވައި އެޕާޓްމެންޓްތެރެ “ސާފު”ކުރުވިއެވެ. ނަޞްރާ ގަނެފައި ހުރި ވާހަކަތައް ފޮށްޓަކަށް އެއްކުރުވައި އެ ފޮށި އެޕާޓްމެންޓުން ބޭރުކުރުވިއެވެ. އަދި ލެޕްޓޮޕްގައި ހުރި ހުރިހާ ހުތުރު މަންޒަރުތައް ހުރި ފިލްމުތައް ޑިލީޓް ކުރުވިއެވެ. އެކަންތައް ކުރަމުން ދަނިކޮށް ނަޞްރާއަށް އޭނަގެ ލޯބިވެރިޔާގެ ފޯނު އައުމުން ސިމްވެސް ބަދަލުކުރަން ސަދަފް އެންގިއެވެ. ނަޞްރާ ސަދަފް ބުނިހާ ގޮތަކަށް ކަންތައް ކުރީ އޭނަގެ ހިތަށް ވެރިވެފައިވި ބިރުވެރިކަން ގޮސްދާނެ ކަމުގެ އުއްމީދުގައެވެ. އެކަން ކާމިޔާބު ވެސްވިއެވެ. ހުރިހާ ކަމެއްކޮށް ނިމުމުން ނަޞްރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު ސަދަފް ނަޞްރާ ގޮވައިގެން އެމީހުންގެ އެޕާޓްމެންޓަށް ގެންގޮސް ނަމާދުގައި ކިޔާ ތަކެތި ދަސްކުރުވިއެވެ.

 

އެ ދުވަސްފަހުން ނަޞްރާ އޭނަކުރާ ނުބައި ކަންތައްތަކުން ދުވަސްކޮޅަކަށް ދުރުވިއެވެ. ނަމާދުކުރާ ގޮތް ދަސްވީފަހުން އޭނަ ނަމާދުކުރަން ފެށިއެވެ. ނަމާދު ކުރާއިރު ކުރިމަތިލައިގެން މިތިބެނީ ﷲއާއި ކަމަށް ސަދަފް ނަޞްރާ ގާތު ބުނެފައިވެއެވެ. ނަމަވެސް ނަމާދުގައި ނަޞްރާއަށް އެކަން ހަނދާން ބަހައްޓަން އުނދަގޫވިއެވެ. އެކަމާމެދު ޝައްކުވެސް ކުރެވުނެވެ. އެހެންކަމުން ނަމާދުގެ މާ ބޮޑު މާނައެއް ނަޞްރާއަށް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން އޭނައަށް ވަރަށް އަވަސްއަވަހަށް ނަމާދު ކުރެވެން ފެށިއެވެ. ކޮންމެއަކަސް އޭނައަށް މިހާރު އެހާ ބޮޑު ގޯސްކަމެއް ނުކުރެވޭތީ އޭނައަކީ މިހާރު ރަނގަޅު މީހެކޭ ނަޞްރާގެ ހިތް ބުނަމުން ދިޔައެވެ.

 

އެއްރެއެއްގެ ޢިޝާ ނަމާދަށްފަހު ނަޞްރާ އޭނަގެ ލެޕްޓޮޕް ދޮށުގައި އިށީނދެ ފޭސްބުކަށް ވަދެލިއެވެ. ނިއުސް ފީޑް ސްކްރޯލް ކުރަމުން ދަނިކޮށް އޭނައަށް ކޮންމެވެސް އިނގިރޭސި ލޯބީގެ ވާހަކައެއްގެ އިޝްތިހާރެއް ފެނުނެވެ. ނަޞްރާ ވަގުތުން ގޫގުލްއަށް ގޮސް އޭތި ޑައުންލޯޑް ކޮށްލިއެވެ. އެ ވާހަކަ ކިޔަމުން ދަނިކޮށް އޭނަ ކުރީގައި ކިޔައި އުޅުނު ކަހަލަ ވާހަކަތަކުން “ފެންނަ” ކަހަލަ މަންޒަރަކާއި ހަމަވުމުން ނަޞްރާއަށް އޭތި ކްލޯޒްކޮށްލެވެން އުޅުނެވެ. ނަމަވެސް އެންމެ މަންޒަރަކުން މާ ބޮޑު އަސަރެއް ނުކުރާނެއެއްނޫންހޭ ހިތައި އޭނަ އޭތި ކިޔާލިއެވެ. އެއަށްފަހު ނަޞްރާއަށް އެ ވާހަކައަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އޭނަ ބޭނުންވީ އެފަދަ އެހެން މަންޒަރެއް ސިފަކުރެވިފައިވިތަން ކިޔާށެވެ. އެހެން ޓެބަކުން އެކަހަލަ ވާހަކައެއް ހުޅުވާލެވުނީ އޭނަ މިހާރު ރަނގަޅަށް އުޅޭތާ ކިހާ ދުވަސްވެއްޖެހޭ ހިތް ބުނީތީވެއެވެ. އޭނަ އެ ވާހަކަ ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އެ ސިފަކުރެވިފައިވާ ފަދަ މަންޒަރެއް ނަޞްރާ ބަލަން ބޭނުންވިއެވެ. މިނެޓްތަކެއްފަހުން ނަޞްރާ ހުރީ އޭނަގެ ލެޕްޓޮޕް ސްކްރީނުން ނަޒަރު ވަކިކުރަން ނޭނގިފައެވެ. އޭގެ ގަޑިއިރެއްފަހުން އެ ބަލައި ނިމުނުތަނާހެން ނަޞްރާގެ ގިސްލުމުގެ އަޑު އެޕާޓްމެންޓްގައި ހަރުލިއެވެ. އޭނައަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއްނެތް ކަހަލަ އިޙްޞާޞެއް ނަޞްރާއަށް ކުރެވުނެވެ. ރޮމުން ރޮމުން ގޮސް ކުރިމަތީގައި ހުރި ލެޕްޓޮޕް ފެނުމާއެކު އޭނައަށް ރުޅިވެރިކަމާއެކީ އޭތި ދުރަށް ކޮއްޕާލެވުނެވެ. އެވަގުތު ސަދަފް އެޕާޓްމެންޓްގެ ދޮރު ހުޅުވައި ވަދެގެން އަންނަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނަޞްރާ ކައިރިއަށް އައިސް މަޑުކޮއްލި ވަގުތު ލެޕްޓޮޕުން ވަދެވިފައިވި ސައިޓް ފެނިފައި ސަދަފް ގިސްލަމުން ދިޔަ ނަޞްރާގެ ގައިގައި ބައްދާލިއެވެ.

 

ސަދަފްގެ އެދުމަށް ނަޞްރާ އެރެއިން ފެށިގެން އެމީހުންގެ އެޕާޓްމެންޓްގައި އުޅެން ފެށިއެވެ. ގޭތެރޭގެ މަސައްކަތްތަކުން ހުސްވަގުތު ލިބޭ ގަޑިތަކުގައި ސަދަފް ނަޞްރާއަށް ދީނުގެ އެކިއެކި ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ދީނުގެ ވާހަކައެއް ދެކެވެމުން ދިޔައިރު މި ދެކެވެނީ މުހިއްމު ވާހަކައެއްކަމުގައި ދެކިގެން ނަޞްރާ އަޑުއެހިއެވެ. ކުޑައިރުއްސުރެ އިސްލާމް މާއްދާ ކިޔަވަމުން އައިއިރު ކުރަން ނުކެރުނު ސުވާލުތައް އޭނަ ސަދަފްއާއި ކުރިއެވެ. އޭގެއިން ކޮންމެ ސުވާލަކަށް ލިބުނު ޖަވާބުތަކަކުން ނަޞްރާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނައަށް މިހާ ދުވަހު އުޅެވުނީ މިހާ ފުރިހަމަ ދީނެއްގައިކަން އޭނައަށް ނޭނގުނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ދީނާއިމެދު އުނގެނެން ފެށުމުން އޭނަ ދުވަހަކުވެސް ނުވިސްނާ ގޮތްގޮތަށް ވިސްނަން އޭނައަށް ދަސްވިއެވެ. އޭނަ މި ދުނިޔެއަށް އައި ދުވަސް ކަނޑައެޅީ އޭނައެއްނޫނެވެ. އޭނަ މި ދުނިޔެއިން ދާ ދުވަސްވެސް ކަނޑައަޅާނީ އޭނައެއްނޫނެވެ. އޭނަގެ އަމިއްލަ ނަފްސު އުފެއްދީ އޭނައެއްނޫނެވެ. އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނަގެ ހުރިހާ ބާރެއް ނުވެސް އޮވެއެވެ. އޭނަގެ ހިތުގެ ތެޅުން އޭނައަށް ނުވެސް އެނގި ހުއްޓިދާނެއެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް ފުރިހަމަ ކުޅަދުންވަންތަކަމެއް ލިބިގެންވަނީ ހަމައެކަނި ﷲއަށްކަން ނަޞްރާއަށް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. ޤުރުއާނުގައި އާޔަތްތަކާއި ލަފްޒުތައްވެސް އެތުރިފައިވި ގޮތުން އެ ފޮތަކީ ﷲ ނޫން އެހެން ފަރާތަކުން އައި ފޮތަކަށް ނުވާނެކަން ޤަބޫލުކުރެވުނެވެ. ޤިޔާމަތް ދުވަހަށް ޝައްކުކުރަން ނަޞްރާ ނުކުޅެދުނީ ނުބައިކަމެއްކުރަން އުޅޭ ވަގުތު ޚުދު އޭނަގެ އަމިއްލަ ނަފްސު އެކަމެއް ނުކުރުމަށް އަންގާ އެންގުމަކީވެސް އެ ދުވަސް އަންނާނެކަމުގެ ހެތްކެއްކަން އެނގުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހަަތަރު އުދަރެސް (22)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 5

Next
September 11, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 5

Previews
September 10, 2015

ހަަތަރު އުދަރެސް (22)

47 Comments!

  1. jana says:
    September 10, 2015 at 8:20 pm

    Assalam’alaikum 🙂 jana dhen oiy bai genesdheyny Monday ga In Sha Allah. ey mi bayaa gulhigen hunna fb post thah gina vaanethy. fb post thah follow kuramun dhiyumaky jana ge varah bodu edhumeh In Sha Allah 🙂

  2. zai says:
    September 10, 2015 at 8:37 pm

    V nice mipartvex..waittin 4 next part..?

    1. jana says:
      September 11, 2015 at 6:28 am

      Alhamdhulillah! 😀

  3. Kayaani says:
    September 10, 2015 at 8:38 pm

    Reethi

    1. jana says:
      September 11, 2015 at 6:28 am

      Alhamdhulillah! 😀

  4. shyn says:
    September 10, 2015 at 8:46 pm

    V reethi mi prt ves. Avahah next prt up koh dhehchey??

    1. jana says:
      September 11, 2015 at 6:29 am

      Alhamdhulillah! 😀 Next part monday ga In Sha Allah. mi baiga eba thibi jana thafseelukoh kiyaidheyn beynunvaa baivaru msg thah ehenvyma…

  5. Kayaani says:
    September 10, 2015 at 8:47 pm

    Kithah prt in mazee nimey ne tha jana

    1. jana says:
      September 11, 2015 at 6:30 am

      dhen oiy part in nimeyne. jana ulhunin mi part in ves ninman. ekamaku maa bodah las vaathy up kolly

  6. nathoo says:
    September 10, 2015 at 8:48 pm

    V reethi vaahakaeh mee.lolun Karina hiley, baehfaharu, hayaathaai medhu visnaalevey mi vaahaka Kiya konme faharaku. Konme insaanakah ves kuh kurvidhane kama ekamu island vaan masahkathu kuran jehey kan varah rangalhah olhun fila mi vaahakin. Haqeeeathakee furihama gothugai dhynugai hifehehtumakee varah saabithu azmakai akee kureveyne kameh. Thanks Jana for this awesome story.

    1. jana says:
      September 11, 2015 at 6:35 am

      hmm nathoo varah rangalhu vaahaka eh. saabithu azumeh onnan vaane. ‘azum saabithu kurevidhaane emme rangalhu gothaky Allah hazaratun ehy ah edhun. thimaa emme loabivaa meehakah hurihaa vaahaka eh kiyaidhey gothah Allah ah hurihaa vaahakaeh kiyaidhinun. eyrun Allah iraadha kurevviyya ekalaange ehy vedhevvaane.
      Alhamdhulillah! (All praise and thanks belongs to Allah) 🙂

  7. Anonymous says:
    September 10, 2015 at 9:35 pm

    mashaa allah. nice story jana.:)

    1. jana says:
      September 11, 2015 at 6:35 am

      Alhamdhulillah! 🙂

  8. shyn says:
    September 10, 2015 at 10:04 pm

    Nxt prt in maazee nimey me dhw Jana??

    1. jana says:
      September 11, 2015 at 6:36 am

      hmm shyn 🙂

  9. shyn says:
    September 10, 2015 at 10:06 pm

    Next prt in maazee nimey ne dhw Jana??

  10. Rif says:
    September 10, 2015 at 10:30 pm

    haadha lanunney next part up luranee?? monday!!?

    1. jana says:
      September 11, 2015 at 6:38 am

      Sorry Rif. mi vaahakaige msg thakaky ves vaahakaige bodu baeh. mihen hurefa hurihaa ehcheh ekyga post koffiyya eygein evves ehchakaa medhu nuvisni hingaidhaane. ehenvyma ingey? 🙂

  11. Arcane_Belle says:
    September 10, 2015 at 10:45 pm

    Ma sha Allah.

    1. jana says:
      September 11, 2015 at 6:38 am

      Alhamdhulillah! 🙂

  12. shaahy says:
    September 10, 2015 at 10:54 pm

    V v reethi

    1. jana says:
      September 11, 2015 at 6:39 am

      Alhamdhulillah! 🙂

  13. Hannna says:
    September 10, 2015 at 11:15 pm

    Jana ge age kihaavareh? I want to contact you. Pls I need your help

    1. jana says:
      September 11, 2015 at 6:42 am

      Age eh nubuneveyne ehnu mithaagaeh 😛
      if you use fb leave a message to Hijra page and i will reply In Sha Allah. fb use nukuranya mi site ge admin ah gulhaafa jana ge number hoadhaalaa. matheega huri ishthihaaruga e othy admin ge number 🙂

  14. Azu says:
    September 10, 2015 at 11:53 pm

    Masha allah. V reethi mi part ves

    1. jana says:
      September 11, 2015 at 6:42 am

      Alhamdhulillah! 🙂

  15. Saamee says:
    September 11, 2015 at 12:20 am

    Fb post follow kuranee kihineh??

    1. jana says:
      September 11, 2015 at 6:45 am

      emme furathama comment ge matheega huri golhyga e othy page ge link. faharegga news feed in evves posteh nufeni hingaidhaane. beynumiyya komme postakah notification fenna gothah hedhidhaane. ehen noony dheythereakun page ah vadheliyas ok vaane. fb ah nuvannanya jana emme muhimmu kamah dhekey post thah mithaanga comment kureveytho balaanan In Sha Allah 🙂

  16. Ary says:
    September 11, 2015 at 1:39 am

    V v v reethi

    1. jana says:
      September 11, 2015 at 6:46 am

      Alhamdhulillah! 🙂

  17. jana says:
    September 11, 2015 at 9:04 am

    FB Post:

    I hate this word but this is important….
    https://www.youtube.com/watch?v=nE_9ufkIXms

  18. erum says:
    September 11, 2015 at 11:18 am

    Jana haada salhi ey vaahakaiga tigenesdey msg tah. V nice keep it up…

    1. jana says:
      September 11, 2015 at 2:35 pm

      varah ufaavejje jana ah reethi koh genes eba dheveykan engunyma. Alhamdhulillah! (All praise and thanks belongs to Allah) 😀

  19. jana says:
    September 11, 2015 at 2:45 pm

    FB Post:

    The BIG question!
    https://www.youtube.com/watch?v=RlfTFG8ET_g

  20. Sharoo says:
    September 11, 2015 at 4:12 pm

    Vaahakaige msg thah goahekey nubunaanan. Ekam vaahakaehga hunnan jehey ehves ohtareh nei mivaahakayaku.. jana vaahaka liyumah vure dheenee dharus dheyn feney.

    1. sharu ge mamma says:
      September 11, 2015 at 6:09 pm

      hmm rangalhu ehcheh henesdhenya kamaku nudhaane. vaahaka akah vanee hus loabeege kulhigandu genes dhineema tha? mi eeves vaahakaeh! reethi ibiraitheri faidhaakuranivi ottaru huri vaahakaeh!! nd naseyhatheh dhey komme meehaku dharus dheykah nujehey!

    2. Mmeesa says:
      September 11, 2015 at 6:17 pm

      Thihen nubuney. Kufuru vedhaane again bunevey bahakun ves

    3. Dhenn says:
      September 11, 2015 at 6:20 pm

      Loabi ge vaahaka thakah vureh mikahala vaahaka thah maaa reethi maaashaa allah. Dhen sharoo ah thihen her vanayyaa nukiyaa hurebala. Konmehen janaa ah goi kiyaane kameh nethehnnu. Vaahala varah Reethi maashaa allah.

    4. jana says:
      September 11, 2015 at 8:51 pm

      Sharoo, jana ah heevany emme fahakah thi buni vaahaka jana thaureefegge gothuga nagaany hen 😀 Alhamdhulillah! Ehen kiyuntherin Sharoo aa medhu nubai koh nudhekumah edhen. vedhaane hama Sharoo ge nazariyyaathun ottareh nethy kamahves. jana aky vaki dhivessah ehaa molhu meehehves noon. vedhaane ey thedhakah. Sharoo ah vevenya rangalhu kuranvy kanthah bunedhehchey ingey? 🙂 jana vaahaka huttaakah nethin In Sha Allah. ey mi vaahakain kiyuntherinnah faidhaa eh libeyhen jana ah heevaathy. Sharoo rangalhu kuranvy kanthah bunedheefiyya Sharoo ves shauquveri vaafadha gothakah liyeveytho masakkaiy kuraanan In Sha Allah 🙂

  21. zainee says:
    September 11, 2015 at 10:20 pm

    JANA U R GRT <3 😉

    1. jana says:
      September 12, 2015 at 2:06 pm

      Allah is Greater and i am who i am only because of Him 🙂

  22. jana says:
    September 12, 2015 at 2:08 pm

    FB Post:
    Suratul Fatiha by itself could lead us to the conclusion that the Quran is the Word of Allah In Sha Allah! 🙂
    https://www.youtube.com/watch?v=P1_OAQDcQXs

  23. nukko says:
    September 13, 2015 at 2:45 pm

    Janaa tdayy vaahaka up vaanetha??? Kiyaa hithun hureveny ky noon…

    1. jana says:
      September 13, 2015 at 5:31 pm

      noon nukko. maadhamaa haveeru noony reygandu In Sha Allah. up vaairah kuranvy masakkatheh havaalu koffa eba othennu matheega? 😉

  24. nukko says:
    September 13, 2015 at 6:41 pm

    Alheyy but I will wait ingeyy jana siss… v v v anehbaii kiyaa hithun mihiryyy

    1. jana says:
      September 13, 2015 at 6:55 pm

      hehe 🙂

  25. ham says:
    September 13, 2015 at 9:02 pm

    Mihaaru ge part thah v v v reethi. Maashaa allah. Kureege baithakugaves dheeny bai genes dheythi reethi. Ekamu mihaaru vaahaka liyaagoyi ves v ragalhu. V kiyaahithun kiyanee…

Comments are closed.

Next Episodeހިޖުރަ (ފަންސަވީސްވަނަ ބައި)←


All Right Reserved!