Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 10

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
March 22, 2022 7 Mins Read
0 Comments

ހުވަފެނުގައި ފެންނަމުން ދަނީ ޒީހާން ރިސޮތުން އަންނައިރު ބޮޑު ރަތް ފިނިފެންމާ ބޮޑިއެއް އަތަށް ލައިގެން ކަޅު ގަމީހަކާއި ކަޅު ޖިންސެއްގައި ފިރިހެން ވަންތަ ހިނގުމެއްގައި އައިސް މާހީގެ ކުރިމަތި ހުއްޓިލާ އެއްފައި މައްޗައް ތިރިވެ އޭނާ ކުރެން ޒީހާން ގެ ހައްގަކަށް ވާން އެހިއެވެ. އަވަސް އަވަހަށް ބޯޖަހާލާ މާހީ އެ މާ ބޮނޑީގައި ހިފާލިއެވެ. ޒިހާން ތެދުވެ މާހީގެ އުނަގަނޑުގައި އަތް އަޅުވާލާ ޒީހާންގެ ގަޔާ ކައިރިއަށް ދަމާލިއެވެ. އަދި ޝަހާދަތް އިނގިލިން އިސްޖެހިފައި ވީ މާހީގެ މޫނުގެ ނިއްކުރިން ފެށިގެން ދަތްދޮޅިއާއި ހަމައަށް ފިރުމާލުމަށް ފަހު އިސް  އުފުއްލުވާލިއެވެ. އެއަށް ފަހު ބުނެލި ބަސްތަކުން މާހީގެ ތުންފަތް މަތިގައި ވި ހިނިތުންވުން އިންތިހާ ދަރަޖައަށް ފުޅާވެގެން ދިޔައެވެ.

 

⋆ ⋆ ދިހަވަނަ ބައި ⋆ ⋆

 

“އައި ލަވް ޔޫ މާހީ…” “އައި ލަވް ޔޫ ޓޫ ޒީހާން…” ޒީހާން ބުނެލި ބަސްތަކަށް މާހީވެސް ރައްދު ގެ ބަސްކޮޅެއް ބުނެލިއެވެ.

——-

ކުއްލިއަކަށް މާހީ އަށް ލޯ ހުޅުވާލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ބާލީސް ކައިރި އޮތް ފޯނު ނަގައި މާހީ އޭގެން ގަޑި ބަލާލިއެވެ. މެންދަމު ދޭއްޖަހާ ބޮޑު ވީއެވެ. ފޯނު ބާއްވާލުމަށް ފަހު އިރުކޮޅެއް އެ ހުވަފެނާއި މެދު ވިސްނަން މާހީ އިނެވެ. އިނދެ އިނދެލާފައި އޭނާ އެ ހުވަފެނުގައި ޒީހާން އޭނާއަށް އަނެއްކާވެސް ލޯބި ހުށައެޅީއެވެ. އަނެއްކާ އޭނާވެސް އޭގެ ބަދަލުގައި ޒީހާން ދެކެ ލޯބިވާ ވާހަކަ ބުނީއެވެ. އެ ގޮތް ނޭނގޭ އިހުސާސަކީ ލޯބި ބާވައެވެ. ނޫނީ އެއީ އެހެން ކަމެއް ބާވައެވެ. މާ ބޮޑަށް ވިސްނޭތީ ވާކަމަކަށްވެސް ވެދާނެ އެއް ނޫންހެއްޔޭ އޭނާގެ ހިތަށް އެރިއެވެ.

އެކަން ފަހަށް ބާއްވާފައި ނިދަން އަނެއްކާވެސް މާހީ އޮށޯތެވެ. އެހެންނަމަވެސް ދެންމެ ހުވަފެނުގައި އޭނަ ޒީހާން ކައިރި ބުނިފަދައިން އަސްލުގައިވެސް ލޯބި ވެވުނީ ބާ އޭ ހިތަށް އެރުމުން މާހީގެ ހަތަރެސްފައި ކޮއްޅަށް ޖެހުނެވެ. ދެލޮލުގައި ވި ނިދި ފިލައިގެން ދިޔައީ ކޮން ތާކަށް ކަމެއްވެސް ނޭނގުނެވެ. އިތުރަށް ވިސްނަން އޮށްވާ ނިދުނު އިރުވެސް ނޭނގެ އެވެ.

 

އާ ދުވަހަކަށް އިރު އުދަރެހަށް އަލި ކޮށްދިނީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. އެއްބައި މީހުންނަށް ކަޅު އަނދިރިކަމާއި ހިތްދަތި ކަން ގެނުވިފައި ވާއިރު އަނެއްބަޔަކު ކުލަތަކުން ޖަރީވެފައި ވީ އުފާވެރި ދިރިއުޅުމެއް ވޭތު ކުރަމުން ދިޔައެވެ.

 

ހެނދުނު ހޭލެވުނު އިރު މާހީގެ ބޮލުގައި ގަދައަށް ރިއްސަމުން ދިޔައެވެ. ރޭ ހަމަ ނިދި ނުލިބުމާ އެކު އެހާ ގިނައިން ވިސްނުމުގެ ސަބަބުން ރިއްސަނީއެވެ. ދެލޯވެސް ރަތްވެފައި ވިއރު ހީވަނީ ގިނައިރު ރޮއެފައި ވީ ހެންނެވެ. ހެންދުނުގެ ސަޔަށް ނުކުތް މިޝަލް އަށް މާހިގެ މުނު ފެނުމުން ކަންބޮޑު ވިއެވެ. އަނެއްކާ މާހީއަށް ވީ ކިހިނެއްތޯ ބަލަން އަވަހަށް މާހީ އަށް ގޮވާ ގެނެސް އޭނަގެ ގާތުގައި ބައިންދާ ސުވާލު ކުރިއެވެ.

” މާހީ..!! އާދެބަލަ، މިތާ އިށީންދެބަ.. ރޭގަ ރުއިންތަ؟ ރަނގަޅަށް ނިދިންތަ؟ ލެޕުން ފިލްމް ބަލަން އޮތީ ދޯ؟.. ބަލާބަލަ ތިހިރަ ދެ ލޮލެއް، ލޯ ރަތްބެ އަށްވުރެން ބިރުވެރި އޭ..!!!” މިޝަލް ވަރަށް ސީރިއަށް ކަން މަތީ ފެށި ވާހަކަ ނިންމާލީ މާހީ އާއި ދެމާ ކޮށްލާފައެވެ. އެވާހަކަ ފެށެމުން މާހިއަށް ބުނާނެ އެއްޗެއް ދުލު ކުރިއަކަށް ނައެވެ. އެހެންނަމަވެސް ޒިހާން އާއި އެކު ހުވަފެނުގައި ހިނގި ލޯބީގެ ވަގުތު ކޮޅު ހަނދާނުމުން ރިހެމުން ދިޔަ ބޮލުގެ މަތިން ހަނދާންވެސް ނެތި ގޮސް އެ ތުންފަތް މަތީ ލަދުރަކި ހިނިތުން ވުމެއް ދުވެލިއެވެ.

މާހީގެ މޫނުމަތިން ފެނުނު ކުލަވަރުން މިޝަލް އަށް މިއީ އާދައިގެ ކަމެއް ނޫންކަން ނަގައި ގަނެވުނެވެ. މާޙިގެ ކޮންޑުގައި އަތް ބާއްވާލުމާއި އެކު މާހީ ސިހިފައި ބަލާލުމުން މިޝަލް އެއް ބުމަ ހިއްލާލީ ކިހިނެއްހޭ ވި އަހާލާ ފަދަ ގޮތަކަށެވެ.

“މީ ގަދަޔަށް ބޮލުގަ ރިއްސާތީ ރޭގަ ނުނިދުނު ދެން ފަހުން ބޭސް ކައިގެން އޮތި ވަރަށް ދަންވި ފަހުން ނިދުނީ އެހެންވެ ކަންނެ އެއީ… ދެން އަދިވެސް ކުޑަކޮށް އެބަ ރިއްސާ.. ހުންނަނީ ބޮލަށް ބަރު ޖަހާފަ… ނުނިދުނިމަ ކަންނޭގެ ދޯ…” މާހި ވަރަށް ނުވާކަމަށް ހަދާލާފައި އޭނާގެ ސިކުނޑިއަށް އައި އެންމެ މޮޅު އެތި ބުނެލާފައި އަވަހަށް ތެދުވެ މިޝަލް އަށް ސައި ތަށި ގިރައި ދިނެވެ.

ދެބެން އެކުގައި ސައި ބޮއެ ނިމުނު އިރު އެ ދޭތެރެ އަކު މާކަށް ގިނައެއްކޮށް ވާހަކަ އެއް ނުދެއްކެ އެވެ. ޒައިހާމެން ހޭލާނެ ހާ އިރު ކޮށްފައި މާހީ ތައްޔާރުވެލައިގެން ނުކުތެވެ. މިޝަލްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލި އިރު އެކަކުވެސް ނެތުމުން މާހީ މިޝަލް އަށް މެސެޖަކުން އޭނަ ޒައިހާމެންގެ ގެއަށް ދަނީ ކަމުގައި ބުންޏެވެ.

 

ގޭގެ ޖޯލި މަތީ ފޯނަށް ގެއްލިފައި އޮތް ޒީހާން އަށް އޭގެން ލޯ ނައްޓާލެވުނީ ގޭގެ މައިދޮރު ހުޅުވާލާފައި ވަތް މާހީގެ މަޑު މިއުޒިކެއްފަދަ އަޑު ކަންފަތުގައި ގުގުމައި ގަތުމުންނެވެ. ސަލާމް ބަލައިގަނެ މާހީ އަށް އެތެރެއަށް ވަނުމަށް އެންގިއެވެ. ޒައިހާ ވީ ބަދިގޭގައި ކަމަށް ބުނެފައި ތެދުވެގެން އޭނާގެ ކޮޓަރި އަށް މިސްރާބު ޖެއްސެވެ.

” އަމް.. ޒިހާން.. ޒިވާއްތަ އެބަ އުޅޭތަ.. ޒައި ހޯދާކަށް ނޫން މިއަދު މި އައީ..” މާހި ނުކެރި ހުރެ ޒީހާން އަށް ގޮވާލުމަށް ފަހު އެއްސެވެ. އޭރު އެ ހިތް ދިޔައީ ރޭސް ޖަހާހާ ބާރަށް ތެޅެމުންނެވެ. ހީވަނީ ދެންމެ ދެންމެ މޭފަޅައިފައި ނުކުމެގެން ގޮސް ޒީހާންގެ މުށުތެރެއަށް ވަދެދާނެ ހެންނެވެ.

” ކޮޓަރިއަށް އެދިޔައީ… ދޭބަ ގޮސް ގޮވާލަބަލަ..” އަސަރެއް ނެތް ގޮތަކަށް އެހެން ބުނެލުމަށް ފަހު ޒީހާން ފަސް އެއްބުރި ބަލާލުމެއްނެތި ގޮއްސިއެވެ. ހިތަށް ތަދުވުމުން މާހީ މަޑު ކުރަން ނަހަދާ ސިޑި ބަރިން މައްޗަށް އަރާ ޒިވާގެ ކޮޓަރި ދޮރުގައި ޖަހާލިއެވެ. އެތެރެއިން ވަންނާށޭ ގޮވާލުމުން މާހީ އެތެރެއަށް ވަނެވެ.

އެ ކޮޓަރި ތެރެއަށްވަދެގެން ދިޔަ މާހިގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެ ކޮޓަރި ތެރެއަށް އަރާފައިވީ ތޫފާނަކުންނެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ. އަލަމާރި ކައިރީގައި ދެފައި ވަށްކޮށްގެން އުނގަށް ހެދުން ބަންޑައްޔެއް އަޅާލައިގެން އިން ޒިވާގެ މޫނު މަތިން ފެންނަމުން ދަނީ ހާސްކަމެވެ. އޭސީ ފިނީގައިވެސް އެމޫނުމަތިން ވަނީ އޮށްދާހިއްލާ ފައެވެ. ފަހަރަކު ހެދުމެއް ނަގާލާފައި އޭތި އެއްލައިލަނީ ދުރަށެވެ. މުޅި އެ ކޮޓަރި އޮތީ ހެދުމުން ފުރިފައެވެ.

ހޭދުންތަކުގެ މެދުން ރެކެމުން ކަހަލަ ގޮތަކަށް ހިނގާފައި ގޮސް އެނގުގައި ޖައްސާލުމަށްފަހު މާހީ ފުން ނަޒަރަކުން ޒިވާއަށް ބަލައިލިއެވެ.

” ކިހިނެއްވީ؟؟…” “ނުވޭ ކަމެއް.. ހަމަ ބަލައިލީ.. ތަނަކަށް ދާން ތަ ތިއުޅެނީ..؟” “ނޫނޭ.. އުހޫން އާނ!! މީ… މި ވިޝާމް ބުނެގެން ހިނގާލަން ދާން ވެގެން…” “އޯހް… އެހެން ދޯ މިވީ… ހަހަހަހަ.. އަނެއްކާ ކަމެއްތަ؟… ރަނގަޅަށް ވިއްޔާ ކަމެއް!…” “ޕިސް ދެން ނޫން.. ދެން ސިންސް ޔޫ ކޭމް ޕްލީޒް ހެލްޕް މީ…” “އަމްމްމް.. އޮ..” ޒިވާ އާއި މާހީ ވާހަކަ ދައްކަން ތިބެފައި މާހީ ބުންނަ އުޅުނު އެތި ނުބުނެވުނީ ކޮޓަރި ދޮރު ބާރަކަށް ހުޅުވާލާފައި ވަންގޮތަށް ވާހަކަ ދެއްކި ޒައިހާގެ އަޑަށެވެ.

“ދޮންތާ!!.. މީ ފެނުނު ހެދުން ތަކަކީ… ސޮރީ ލަސްވީ، މަންމަ ބުނެގެން މި އައީ ބަދިގޭގަ ހުރި ކޮންމެވެސް، ފޯއް ކަނދި އެއްޗެއް ހޫނު ކޮށްފަ…” “ފޯއް ކަންޖެއް ނޫނޭ ދަރިޔާ.. ފުފޫ ކަނދި އެތި ދޯ..؟ ހޫން ހެވޭ ދީބަލަ ތި ހެދުންތަށް…” ޒިވާ އެހެން ބުނެ ޒައިހާގެ އަތުގައި ހުރި ހެދުންތަށް އަތުލިއެވެ. ޒައިހާ އެ ދިޔަ ގޮތަށްގޮސް މާހީ އަށް ގޮވާ ލުމަށް ފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު މާހީ ހުރީ ހީހީ ބިނދެން ކައިރި ވެފައެވެ. އޭނާ ބަނޑަށް ހީހީ ހަލާކުވެފައެވެ. ބަނޑުގެ އެއްފަޅީގައި ރިއްސަމުންދިޔައިރު އޭނާ ދިޔައީ އެ ހިނިގަނޑޫ މަތަ ކުރެވޭތޯ ބަލަމުންނެވެ. ޒައިހާއަށް ފުފޫ ނޭނގުމުން އޭނައަށް ހަމަ ހެވެނީއެވެ. ކުރަން އައި ކަންތަށްވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ.

” އަޅެ ދެން މިތާކު ނެތް…!! މަ ނުދާނަން.. އެކަމަކު އޭނަ ހިތަށް އަރާނީ ކީކޭ؟… އަޅޭއްއްއްއްއްއްއްއްއްއް!!!!!!! އާއާއާޣްޣްޣްޣް!!!!!!! ” ޒިވާ އޭނާ ބޭރަށް ދާން ލާނެ އެއްޗެއް ނޭނގުމުން ރުޅި ގަދަވާން ފެއްޓިއެވެ. ޒައިހާ ގެނައި ތަނުން އެންމެ ހެދުމެއްވެސް އޭނާ ކަމަކު ދިޔަކަމަކަށް ނުވިއެވެ. އެންމެ ފަހުން މާހީ ހިފަހައްޓައިގެން ހުރި ހިނިގަނޑުވެސް ދިޔައީ ފަޅައިގެންނެވެ. ޕަކަޕަކަ ލާފައި ހެމުން ދިޔަ އިރު އޭނާގެ ލޮލުންވެސް ފެން ފައިބަމުން ދިޔައެވެ. ޒިވާ ޖައްސަމުންދިޔަ ވައްތަރުން އޭނާ އަށް ހިނިގަނޑޫ ހިފެހެއްޓޭ ގޮތް ނުވީއެވެ. ހިނިގަނޑު މަތަވުމާއި އެކު މާހީ އޭނާގެ އަތުގައި ޒިވާއަށް ހެޔޮވަރު ވެދާނެ ކަޅު މެކްސީ އެއް އޮވެދާނެ ކަމަށް ބުންޏެވެއަދި އޭތި ގެނައުމަށްމިޝަލް އަށް ގުޅާފައި ބުނަން ހެއްޔޭ އަހާލުމުން ޒިވާ އެކަމަށް އެއްވަސް ވިއެވެ. ތެދުވެ ކުޑަދޮރު ކައިރިއަށް ގޮއްސައި މާހީ މިށަލް އަށް ގުޅާލިއެވެ.

” އަޅޭ!! ދޮންބެ ފޯނެއް ނުނަގާ..!! އެންމެ ބޭނުން ޖެހޭ ގަޑިގަ މި ދޮންބެގަނޑަކަށް ނޭނގޭނެ ފޯނު ނަގާކަށް..!!” ” ދޮންތާ ދޮންބެ އެބަ އުޅޭ ދޯ ގޭގަ..؟؟ މާހީ އާ ދޮންބެ އާ ދާންވީނުން ބައްޕަ ސައިކަލުގަ.. ގޮސް އެ ހިފައިގެން އަންނަން… ” “އެބަ އުޅޭ ކަންނޭގެ ޒައި ދޭބަ ބަލާލަން ދޮންބެ ހުރިއްޔާ ބުނެލަބަ، ތަނަކަށް ގޮސްލަން ތެދުވެބަލާށޭ.. ދޮންތް ބުންޏޭ ބުނާނީ… ސައިކަލުގައޭވެސް ބުނާތި!!!… ” ޒައިހާ ޒީހާންގެ ވާހަކަ ފެށުމުން މާހީގެ ހިތް ނުތަނަވަސް ވިއެވެ. ޒީހާން އާއި އެކީ ދާން ޖެހުމުން އޭނާއަށް ފައި ވާޅު ވީ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދެފައި އޮޅިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ދެކޮލަށް ޖަންބު ކުލަ ފަނޑޫކޮށް އަރައިގެން ދިޔަ ކަމެއް މާހީ އަކަށް ނޭނގޭއެވެ. ޒައިހާ ދޮންބެ ނުކުމެއްޖެ އޭ ބުނުމުން ޒިވާ މާހީ ކައިރި ގޮސް އޭތި ހިފައިގެން އައުމަށް ބުންޏެވެ.

މާހީ ނުކުތުމުން ޒިވާ ވަރަށް އުންމީގާއި އެކު ﷲ އަށް ހަމްދު ކޮށްލިއެވެ. ޒީހާންގެ ހިތުގެ ހާލު އެނގި ހުރެ އޭނާ މިހާރު ބޭނުން ވަނީ މާހީގެ ހިތުގައި ޒީހާން އާއި މެދު ވަނީ ކޮން އިހުސާސެއްތޯ ބަލާށެވެ.

ސައިކަލު މަތީގައި އިން ޒީހާން އިސްއުފުލާ ބަލާލި އިރު އޭނާއާއި ދިމާލަށް މަޑު ހިނގުމެއްގައި އައި މާހީ ލޮލުގައި އަޅައިގަތެވެ. އިސް ޖަހާލައިގެން ހިނގާލަފައި އައިސް ޒީހާންގެ ކައިރީ ހުއްޓިލާ މާހީ، އަރަންވީ ތޯ ސުވާލު ކުރިއެވެ.

” އަރަންވީ ތަ؟..” ” ދޮންތަ ބުނެގެން ތަ ތި އައީ..؟” ” އާނ މަ މިއައީ ޒިވާއްތަ ބުނެގެން ގޭގަ އޮތް ހެދުމެއް ބަލާ ދާން..!!” ” އޮހް، އާނ، އަރާ..”ޒީހާން މާހީގެ ކިބައިން އޭޏާ އޮޅުން ފިލުވަން ބޭނުންވި ކަންކަން އެހިއެވެ. އެވަރު އެނގުމުން އޭނާއަށް އެއީ ޒިވާގެ ޕްލޭނެއްކަން ނަގައިގަންނާކަށް ސައިންޓިސްޓެއްގެ މޮޅު ސިކުނޑިއެއް ބޭނުމެއް ނުވިއެވެ.

މާހީމެންގެ ގޭ ދޮރުމަތިގައި ސައިކަލު ޕާކު ކޮށްލާފައި ޒީހާން މަގުގެ ދެކޮޅު ބަލާލިއެވެ. މާހި އެތެރެއަށް ވަންތާ މިހާރު ތިން މިނިޓު ވެއްޖެއެވެ. އެތާނގައި ހުރި ގަހަކަށް ބަލަހައްޓައިގެން ހުރެފައި މާހީ ލަސްވުމުން އިސްއުފުލާ ބަލާލި ވަގުތު ފެނުނު މަންޒަރުން ޒީހާންގެ ތަލިން ކުޅު ހިކުނު ފަދައެވެ. އެ ކަޅު މެކްސީ ލައިގެން ނުކުމެގެން އައި މާހި ހީވަނީ ހަމަ ރީތީގެ ދެވަނަ މިސާލެއް ނުވާނޭ ހޫރު ޕަރީ އެއް ހެންނެވެ.

ކަޅު ފޮތިން އެތެރެއިން ފެހިފައި ވީ އިރު ތިން ލޭޔާއަކަށް ތުނި ޝިފޯން ފޮތި ވަނީ ސްކާޓެއްހެން ލެވިފައެވެ. އަތް ދިގުކޮށް ވިއިރު މޭމަތިން ހެދުން ކޮޅާއި ސްކާޓް ވަކިވާ ހަމައަށް ރީތި ގިތަކަށް އެސްޖެހިފައި ވިއެވެ. އަޅައިގެން ހުރި ކަށި ބުރުގާގެ މަތިން ހަމަ އެފަދަ ގޮތަކަށް ޑިޒައިން ކުރެވިފައިވި ޝޯލް އެއް ކުޑަގޮތަކަށް އަޅައިގެން ހުރުމުން ތަފާތު ކަމަށް މާ ބޮޑަށް ނުދެއްކިޔަސް ވަރަށްވެސް ފުރިހަމައެވެ.

ކަޅި ޖަހާނުލާ ޒީހާން އަށް ބެލުނީ މާހި އަށެވެ. އެ ރީތި ސޫރަ ހާ ފުރިހަމަ ސޫރައެއް އޭނާއަށް މި ދުނިޔެ މަތިން ފެނިފައި ނުވެއެވެ. މާހީ ކައިރި އަށް އައުމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާފައި ޒީހާން ސައިކަލު ސްޓާޓް ކޮށްލިއެވެ. މާހިއަށް އަރަން އީޝާރާތް ކުރުމަށް ފަހު އޭނާ ސައިކަލު މަތީ ހަމަޖެހިލިއެވެ. މާހި އެ ހެދުމުގައި ފެނުނު ހިސާބުން ފެށިގެން އެ ހިތުގެ ތޭލުން އަވަސްވިގޮތަށް މަޑު ވީ ކީއެއް ނޫނެވެ. ރޭސް ޖަހާހާ ބާރު މިނުގައި ހިތް ދިޔައީ ތެޅެމުންނެވެ.

“މަޑެއް އެބަ އަންނަން..” މާހި ގޭތެރެއަށް ދުވެފައި ވަދެގަތެވެ. ދެން ނުކުމެގެން އައި އިރު މާހީގެ އަތުގައި ކަޅުކުލައިގެ ކޮޅަށް ހިމަ ސްލިންގްބެކް ހީލް އެއް އޮތެވެ. ހީލްގެ ފަހަތުގައި ތުނި ފޮއްޗަކުން ޑިޒައިން ކުރެވިފައި ވީއިރު ހީލްގެ ކޮޅުން ވެސް ވަނީ ހަމަ އެގޮތަށް ބޯޓައި އެއް ހެން ޑިޒައިން ކުރެވިފައެވެ. މާހި އެ އައުޓްފިޓްގައި ކިހާ އެސްތެޓިކް ވާނެ ބާވައޭ ޒީހާންގެ ހިތަށް އެރިއެވެ.

މާހީ ގޮވައިގެން ގެއަށް ދެވުމާއިއެކު މާހި ދިޔައީ ޒިވާގެ ކޮޓަރިއަށެވެ. ހިތް ހަމައަކަށް އަޅުވާލުމަށް ފަހު ޒީހާން އޭނާގެ ފޯނު ހުޅުވާލިއެވެ. މާހީގެ ދެންމެ ނަގާފައި ވީ ތަސްވިރަށް އޭނާ ނަޒަރު ހުއްޓާލިއިރު އޭނާގެ ތުންފަތް މަތިގައި ވި ހިނިތުންވުން އިންތިހާއަށް އަސަރުގަދައެވެ.

 

ކޮޓަރިއަށް ވަން މާހި ފެނުމުން ޒިވާގެ އަނގައިން ބަސް ހުސްވި ކަހަލައެވެ. އެ ހެދުން އޭނާއަށް ވަރަށް ރީތިވިއެވެ. މާހީ އޭނަކައިރި އެ ހެދުން ލުމަށް އެދުނެވެ. އަދި އެ ބާލާފައި ޒިވާ އަތަށް ދިނެވެ.

ޒިވާ ފާހަނާއަށް ވަނުމުން މާހި ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހުރީ ވަރަށް ހޫނު ވެފައެވެ. ފަސޭހަކަށް އެ ހެދުން މަތިން ލައިގެން އާދެވުނު މޮޔަ އޭނާގެ ހިތަށް އެރިއެވެ. ޒައިހާ އައިސް މާހީ އާއި ވާހަކަ ދައްކަން ފެށުމުން މާހި އާއި ޒައިހާ ބޮޑުތަކުރުފާނު ވާހަކަ ފެއްޓިއެވެ.

“އަސްލު އަހަންނަށް އިނގޭ ކީއްވެކަން ވިޝާމްބެ ދޮންތަ ކައިރި މިއަދު ހިނގާލަން ދާން ރެޑީ ވާން އެ ބުނީ.. ހީ ޓޯލްޑް މީ ތިމަންނަ މިއުޅޭނީ ދޮންތައަށް ޕްރޮޕޯޒް ކުރަންށޯ… އަނެއްކާ މިއަދު މީ ދޮންތަގެ ބާތްޑޭ… ކިހާ ސަޅި… އެހެންވެ މަ މި ހުންނަނީ ވަރަށް އުފާ ވެފަ އެކަމާ… ޔާޝް ތިއްތިމެން ވަރަށް ކިޔާނެ ދޮންތަ އާއި ވިޝާމްބެ އަ ގުޅެން ދެން މި ދޮންތަގެ މޫނަށް އެ އަރާ ކުލަވަރުތަށް ދޯ… ހަހަހަހަ…” ޒިވާ އަށް އަޑު ނީވޭނެ ހެން މާހީ ކައިރި ޒައިހާ އެ ދުވަހުގެ ތަފްސީލް ކިޔައިދިނެވެ. މާހީ އަށްވެސް އޭގެން އެއްޗެއް ނަގައިގަނެވުނެވެ.

 

ޒިވާ ނުކުތުމާއި އެކު މާހި އާއި ޒައިހާ ހީވީ އޭނާ ނޮޅާލި ހެންނެވެ.އެހެދުމުގައި ޒިވާ ފެންނަލެއް ފުރިހަމަ ކަމުންނެވެ. ލޫޅާފަތި ހަށިގަޑައި އެ ހެދުން ނުލާހިކު ގުޅެއެވެ. އެ ހެދުން ހީވަނީ ޒިވާގެ ގައިން މިންނަގައިގެން ހާއްސަކޮށް އޭނާއަށް ފަހާފައިވީ ހެދުމެއް ހެންނެވެ. އެހާވެސް އެ ހެދުން ޒިވާއަށް ހެޔޮވަރެވެ.

ހަވީރު ވާން ކައިރިވުމުން ޒިވާ ފެންވަރައިގެން ނުކުތުމުން ޒިވާ ތައްޔާރު ކޮށްދިނީ މާހީ މެންނެވެ. ވަރަށް ފުރިހަމައަށް އެދެމީހުން އެމީހުންގެ މަސައްކަތް ނިންމާލިއެވެ. މާހީ ގެނައި ފައިވާނަށް އަރާލާފައި ޒިވާ އޭނާގެ އިސްކޮޅަށްވުރެން ދިގުކޮށް ހުރި ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާ ހީވަނީ ހަމަ ހޫރެއް ހެންނެވެ. އަމިއްލަ ސޫރަ ފެނުމުން ޒިވާ ލަދުން މޫނުގައި އަތް އަޅާލިއެވެ.

ވިޝާމް އެގޭ ދޮށަށް އައިސްފައި ގުޅާލުމުން ޒިވާ ބޭރަށް ނުކުތެވެ. ކަޅު ޖިންސާއި ޓީޝާޓެއްގައި ވަރަށް ނުރަސްމީކޮށް ހުރި ވިޝާމް ފެނުމުން ޒިވާ އިސްޖަހާލިއެވެ. މަޑު ހިނގުމެއްގައި ގޮސް ވިޝާމް އާއި އަރާ ހަމަކުރިއެވެ.

 

~ނުނިމޭ~

 

މިބައި މީނީ ތަންކޮޅެއް ދިގުކޮށްލާފަ މިދޭތެރެއިން ގިނަ ދުވަސް އަޕްލޯޑް ނުކުރެވި ދިޔުމުން ކިޔުންތެރިން ކިއުރިއަސް ވާނޭ ކަހަލަ ހިސާބަކަށް ގެނެސް މި އެޕިސޯޑް ވެސް މި ނިންމާލީ… އުންމީދުކުރަން މި ބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް… ދެން އޮތް ބަޔަށް އިންތިޒާރުކޮށްލައްވާ…

 

#މިދުވަސްކޮޅު ސްކޫލްގެ އިންޓާރ ހައުސް ފެށުމާއި ގުޅިގެން ވާހަކަ އަޕްލޯޑްކުރުން ލަސްވެދާނެ… އެކަމަކު ވަގުތު ވީ ވަރަކުން ބަލާނަން އަޕްކުރެވޭތޯ… މި ހަފްތާ ނިމުމަށްފަހު ގަވައިދުން އަޕްކުރެވިގެންދާނެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (42)

Next

ތި ލޯބި-11

Next
March 23, 2022

ތި ލޯބި-11

Previews
March 22, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (42)



All Right Reserved!