ވައުދޭ ވެވޭ މީ… 8
ބޮޑުދައިތަ ގުޅާފައި ބުނި ވާހަކަ އަކުން މާކިންގެ ހަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ. މަންމަ ވަކިވެގެން ދިޔައީ އަލްވަދާއުގެ ބަހެއްވެސް ބުނެ ނުލައެވެ. އަބަދުވެސް އޭނާ ކައިރި ރަނގަޅަށް އުޅުމަށް ބުނެއެވެ. ލޯބިން ފިރުމާ ނަސޭހަތް ދޭކަށެއް މަންމަ އެއް ދެނެއް ނުހުންނާނެ ތާއެވެ. މަލަކާ މަތިން ހަނދާން ވުމުން އަވަހަށް ގެއިން ނުކުމެ ސައިކަލުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ހޮސްޕިޓަލްގެ އެތެރެއަށް ނުވަދެވެނީސް ފެނުނު މަންޒަރުން އޭނާއަށް ލިބިފައިވި ހިތާމައިގެ ކުރިއަށް ރުޅި ނުކުތެވެ. މިޝަލްގެ އަތުތެރޭ މަލަކާ ވީތަން ފެނުމުން އެދިމާލަށް ހަރު ފިޔަވަޅު ތަކެއްގައި ހިނގައި ގަތެވެ.
☆꧂ އަށްވަނަ ބައި ꧁☆
ގަދަބާރުން މިޝަލްގެ އަތްދަށުން މަލަކާ ދުރުކޮށް މިޝަލްގެ ކަންކަށި މަތީ ވަރުގަދަ ހޫނު ހަމަލާއެއް މާކިން ވީއްލާލިއެވެ. ރޮއެ ރޮއެ މޫނު ދުޅަވެފައިވީ މަލަކާ އަށް އިތުރު ހިތާމަ އެކެވެ. އެފަކީރަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. މިޝަލްގެ ދިފާއުގައި ނުކުތެވެ.
” ދޮންބޭ..!!! ކިހިނެއްތަ ވެގެން ތި އުޅެނީ؟؟؟… ކަމެއް ވާއިރަށް މިޝަލްގެ ބޮލުގަ ތުހުމަތު އަޅުވާފަ، އޭނަ ކޮންމެ ކަމަކަށް ކުއްވެރި ކޮށްފަ، އަހަންނާ މިޝަލް އާ އެއްތާކު ތިބެއްޖެ ނަމަ އޭނަޔަށް ހަމަލާ ދީފަ، ތަޅާ ފޮޅާފަ، އަހަރުން ދެމީހުން އެއްކޮށް އުޅުމުން ދޮންބެ އަށް ކޮން އުނދަގުލެއްތަ ވަނީ؟؟؟ އޭނަޔަށް ހަމަލާ ދޭން ވާނަމަ އަހަންނަށްވެސް އޭގެ އަދަބު އޮންނަންވާނެ… ވަކި އޭނައެއް ނޫން ދޯ އުޅެނީ… އަހަރެންވެސް މިޝަލް ދެކެ ލޯބި ވެޔޭ… އެއްޗެކޭ ބުނަން ވާއިރަށް ބުނާނީ އަހަންނަށް ރަނގަޅަކަށޭ… އަހަންނަށް އުފާ ހޯދަދޭން ދޮންބެ ބޭނުން ވާނަމަ، އަހަރެން އަމިއްލަ ހާލާއިގެން އުޅުނަ ދީބަލަ.. ޕްލީޒް… އާދޭސް ކުރަން.. އަހަންނަށް ހަމަޖެހިލައިގެންނެއް ނޫޅެވޭ، ދޮންބެ ތިހާ އޯވާ ޕްރޮޓެކްޓިވް ތި ވަނީ ހަމައެކަނި މިޝަލް އަށް ތަ؟؟ ދޮންބެގެ ތި ރައްޓެހިން ކޮންމެ އެއްޗެއް ކިޔަސް އޯކޭ ދޯ؟؟… އެ ޝެހާން އާ ޔައިލްއާ ޝާމިން އާ ތިންމީހުން އައި ނަމެއްގަ ދޮންބެ ހޯދަން،… އެކަމަކު އަހަންނާ ފޮށެން… އަހަރެން ދޮންބެ އަށް ގުޅީ އެމީހުންނަށް ނޭގި… ދޮންބެ އައިކަން އެނގުނީމަ ނުވާކަމަށް ހަދާފަ ތިބީ… އަހަންނަށް އިނގޭ މިވާހަކަ އަހަރެން ދެއްކިޔަސް ނުބައި ވާނީ އަހަރެންކަން… ދޮންބެ ތިފާޑަށް އުޅޭއިރު އެންމެ ފަހަރަކުވެސް ހިތަށް އަރާލިތަ އަމިއްލަ އާއިލާ އާއި މެދު، އެއްބަނޑު އެއްބަފާ ކޮއްކޮ އާއި މެދު؟؟؟… ނުވޭ!!!! ދުވަހަކުވެސް ނުވާނެ!!!… ދޮންބެ އަކަށް ނޫން އިނގޭނީ މަންމަ ދޮންބެ ތިފާޑަށް އުޅުނީމަ އޮހޮރި ކަރުނަ… ރުއި ރުއިން.. އަހަރެން ކައިރި ދޮންބެ ރަނގަޅަށް ބަލާށޭ ބުނެފަ މަންމަ ފުރީ… މަންމަ އެންމެ ދެކެން ބޭނުންވި ދުވަހަކީ ދޮންބެ ހަރުދަނާވެ، ތިކަމުން ސަލާމަތްވެ، އާ ދިރިއުޅުމެއް ފަށާނެ ދުވަސް… އެކަމު އެވަރުވެސް މަންމަ އަށްޓަކާ ނުކޮށްދެވުނު…!!! ތީ އަހަރެންގެ ދޮންބެ އެކޭ ބުނަންވެސް އަހަރެން ލަދު ގަނޭ… ދޮންބެ އޭ ކިޔައިގެން ދެކެވޭ ވާހަކައަކީ އަހަންނަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން….!!!! މަންމަ… މަންމަ މިއަދު އެ ވަކިވެގެން ދިޔައީ… އެ.. އެންމެ ފަހު ފަހަރަށްވެސް މަންމަ އެދޭނީ އެންމެ ކަމަކަށް… އެއީ އެ މަންމަގެ ދަރިފުޅަށް ތެދުމަގު ފެނުން… ދޮންބެ ތި އުޅުން ދޫކޮށްލާ…. ހެޔޮ ނުވާނެ… ޝަރުތު ބޭނުންތަ؟؟… އެއީއެއްނުން ދޮނބެ ކުޑައިރުވެސް ކުރާ ކަމަކީ… އަހަރެން ކިތަންމެ ލޯބިވާ މީހަކަށް ވިޔަސް، އަހަރެން ދޮންބެ އަށްޓަކާ މިޝަލް އަށް މި ހިތުގަވީ ލޯބި ގުރުބާން ކޮށްފާނަން… އެކަމް ދޮންބެ ތި އުޅުން ދޫކޮށްލާ… އަހަންނަށްޓަކާ… މަންމަ އަށް ޓަކާ… ޕްލީޒް….” މިޝަލް ސިހިފައި ބަލައިލީ އެންމެ ފަހުން މަލަކާ ބުނެލި ބަސްތަކުންނެވެ. ހިތަށް ހަންޖަރެއް ހަރާލީ ފަދައެވެ. އެ ތިންމީހުންނަށް ތިބެވުނީ ކޮންތަނަކު ކަންވެސް ނޭނގޭ ފަދައެވެ.
ވަށައިގެން މީހުން ބަލަން ތިބި އިރު، އެއްބަޔަކު ވީޑިއޯ ކުރެއެވެ. އަނެއްބަޔަކު ހެވިފައި ކުޅި ބަލަން ތިބީއެވެ. ހިތްދަތި ބައެއްނަމަ ކަރުނަ އަޅާ ރޮނީއެވެ. މަރުކަޒު ތެރެއިންނާއި ބޭރުން އެކި ހިސާބު ތަކުން މީހުންތަށް ދިޔައީ އެއްވަމުންނެވެ.
“މަލަކާ އަކަށް ނޫން އިނގޭނީ އަހަރެން މަލަކާދެކެ ވާ ލޯބި… އަހަންނަށް އެންމެ ފުރަތަމަ ކޮއްކޮއެއްގެ ލޯބި ދިން މީހަކީ ތީ… މިޝަލް ދެކެ އަހަރެން އެންމެ ރުޅި އަންނަ ސަބަބަކީ މާހީ… އަހަރެން ނުރުހެނީ މަލަކާ އަށް މިދުނިޔޭގަ ވީ ހުރިހާ ފިރިހެނުންގެ ތެރެއިްވެސް މިޝަލް ނަގަން އެނގުމުން… އަހަރެން ނުރުހެނީ އެއީ މާހީގެ ދޮންބެ އަށް ވީމަ… އަހަރެން އެންމެ ފަހުން އަދި އެންމެ ފުރަތަމަވެސް ލޯބިވީ ލޯބިވެރިޔާގެ ބޭބޭ އަށް އޭނަ ވީމަ… އިތުރު އެހެން ސަބަބެއް އޮވެގެންނެއް ނޫން…” މަލަކާ ވާހަކަ ދައްކާ ނިމުމުން މާކިން ފެއްޓިއެވެ.
” މާހީ ދެކެ ކަލޭ ވީ އަކީ ލޮތްބެއް ނޫން..!!! ލޯބިތަކެއް ވި ނަމަކާއެއް އޭނާއަކަށް އެވަރެއް ނުކުރީސް…!!! އަނިޔާ ކޮށް ގޯނާ ކުރުމަކީ ލޮތްބެއް ނޫން..!!! އޭނައަށް ވެފަ ހުރި ވަރު އެންމެ ރަނގަޅަށް އިނގޭ މީހަކީ އަހަރެން… އެކަމަކު ބުނަން އޭނަ ކަލޭ ދެކެވީ ލޯބީގެ ބަދަލުގައި ކަލޭ އެހެން ހެދީމަ، އޭނަގެ މުޅި ދިރިއުޅުން ވީ އަނދަވަޅެއްގަ…!!! އޭނަ ވީ އެ އަނދަ ވަޅުން އަރަން ނުކެރިފަ… ކަލޭ އޭނާއަށް އެޅި ދޯކާގެ ސަބަބުން އޭނަ ދެކެނީ ހުރިހާ ފިރިހެނުންނަކީ އެއްވަރެއްގެ ބައެއް ގޮތުގަ.. ކަލޭ ހާ ގޮތެއްފޮތެއްނެތް ގޮތް ކުޑަ ބައެއްގެ ގޮތުގަ… ހިލަ ހިތެއްގެ ވެރީނަތްކެއްގެ ގޮތުގަ… ކަލޭ އެގޮތަށް ކަންކުރީމަ ފަނާވެގެން އެދަނީ އެންމެ މީހެއްގެ ދިރިއުޅުމެއް ނޫން… ދެމީހުންގެ ދިރިއުޅުން…” މާކިން މާހީގެ ވާހަކަ ފެށުމުން މިޝަލް އަކަށް ނުހުރެވުނެވެ. މާކިންގެ ވާހަކަ ނުނިމެނީސް އޭނާ ވާހަކ ދައްކަން ފެއްޓިއެވެ. އެ އަޑުންވެސް މިޝަލް އައިސް ހުރި ރުޅި އެންމެންނަށްވެސް އެނގުނެވެ. މިޝަލް ދެއްކި ވާހަކަ ތަކަކަށް ވީ މަލަކާ އަށްވެސް ކުޅި ބަލަން ތިބި މީހުންނަށްވެސް އާ ވާހަކަ އަކަށެވެ. ކޮންމެ ގޮތަކަށް ބުނި ކަމުގައި ވިޔަސް އެބުނި އެއްޗެއްގެ މާނަ އެންމެންނަށްވެސް ދޭހަ ވިއެވެ.
މަލަކާ އެއްޗެއް ބުނަން މާކިން އާއި ދިމާލަށް ބަލާލާފަވެސް އިތުރަށް ހިތްވަރު ނެތުމުން އިސްޖަހާލާ ރޯންފެއްޓިއެވެ. މާކިންގެ ސަބަބުން އެ އާއިލާގެ އަގު ވެއްޔާ ލާ މޮޑެވިގެން ދިޔައީއެވެ.
އެންމެންގެ ކުރިފަޅަމުން މީހުންގަނޑުގެ ތެރެއިން ވަދެގެން އައި ޒިވާ، އީވާ، އަޔާނީ، ޒައްޔާން، އަޔާޝް އަދި ވިޝާމް ގޮސް އެ ތިން މީހުން ކައިރި ހުއްޓުނެވެ. މަލަކާ އީވާގެ ކައިރިއަށް ޖެހިލާ މަލަކާ އޭނާގެ ގަޔާ ކައިރި ކޮށްލައިގެން އެތަނުން ދުރަށް ހިނގައި ގަތެވެ. ފަހަތުން އަޔާނީ އަދި ޒިވާ ވެސް ހިނގައިގަތެވެ.
ޒައްޔާން މިޝަލްގެ ކޮނޑުމަތިގައި އަތް ބާއްވާލިއެވެ.
“ހިނގާ ދާން.. އީވާ ބުނެފި ތިމަންނަ ވެސް ދަމޯ މަލަކާ މެންނާއި އެއްކޮށް… އޭނަ އެއައީ އެ ދެމީހުންނާއި އެއްކޮށް ޓިކެޓު ހަމަޖައްސާފަ މިއަދު އިރުއޮށްސޭ ފެރި އިން އެއާޕޯޓަށް ދާން… ދަންވަރު ބާރައިން ފްލައިޓު އިނީ…” އަޔާޝްވެސް އައިސް މިޝަލް އާއި ވާހަކަ ދެއްކި އެވެ. މިޝަލް ހިނގައި ގަތުމުން އެ ތިންމީހުންވެސް މިޝަލްގެ ފަހަތުން ހިނގައި ގަތެވެ.
މާކިންވެސް އިތުރަށް އެތާ ނުހުންނާން ނުކުމެގެން ދިޔައެވެ. މީސްމީހުން ވާހަކަ ދައްކަމުން އެތަނުން ހުސްވާން ފެއްޓިއެވެ.
ރޮއެ ރޮއެފައި އީވާމެންގެ އެހިއާއި އެކު މަލަކާ ފޮއްޓަށް އެއްޗިސް އެޅިއެވެ. ހައެއް ޖަހަންވީ އިރު އެންމެން އަތިރިއަށް ޖަމާވިއެވެ. މިލާފައިވި މުނަކާއިއެކު މަލަކާގެ މޫނު ފެންނަނީ ދިރި ހުއްޓަސް މަރުވެފައި ވީ މީހެއް ފަދައިންނެވެ. އަބަދުވެސް ހެވިފައި އެހެންމީހުންނާއި އެކު އުޅޭ އިރު އެ ތުންފަތް މަތިގައިވާ ހިނިތުންވުމެއް ނެތެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯ ރަތްވެ ލޯ ކައިރި ވަނީ ކަޅުވެފައެވެ. ތުންފަތްވެސް ވަނީ ހިކި ހަންދެމި ހުދުވެފައެވެ. މަލަކާގެ މި ސިފަ ފެނުމުން މިޝަލްގެ ހިތުގައި ރިހުން އުފައްދާލިއެވެ.
އެދިމާލަށް އައި އަޔާޝް ގާތު އޭނާއަށް ވާނުވާ ޚަބަރު ކުރުމަށް އެދުނެވެ. ކިތަންމެ ހިތަށް ތަދުވި ނަމަވެސް މިޝަލް ބޭނުންވީ މަލަކާ އަށް އިޚްތިރާމް ކުރާށެވެ. އެ ނިންމުމަކީ މަލަކާގެ ނިންމުމެކެވެ. އޭނާއަށްވެސް އެކަމަށް ސަޕޯޓެއް ދެވިދާނެ ނޫންހެއްޔެވެ.
މަލަކާމެން އެންމެން ލޯންޗަށް އަރައިގެން ލޮލު ކޮޅަށް އޮބާލަންދެން މިޝަލް ބަލަހައްޓައިގެން ހުއްޓެވެ. އެހިތުގައި އިންތިހާއަށް ވޭން އަޅަމުން ދިޔައެވެ. މާހީ ވީ އެކަނި ގޭގައި ކަމުން އޭނަ ގެޔާއި ދިމަލަށް މިސްރާބު ޖެހިއެވެ. ފަހަތުން ޒައްޔާން އާއި ވިޝާމް އަދި އާހިލް ހިނގައި ގަތެވެ.
މާހީގެ ކޮޓަރިއަށް ވަން އިރު މާހީ އަށް ވަނީ ނިދިފައެވެ. ކައިރީގައި ވި ލެޕްޓޮޕުން ލަވައެއް ވީ އަޅުވާފައެވެ. އެ ލަވަ ނިމިފައި ރީޕްލޭ ވަމުން ދިޔައެވެ. އެ ލަވަ އަޑު އިވުމުން އެއީ އޭނާގެ ހިތުގެ ހާލޭ މިޝަލްގެ ހިތަށް އެރިއެވެ.
♫ ހިތް މި އެދެނީ އުފާވެރިކަމޭ..
ހިތް މިހާލުގަ އެކަނިކޮށް ނުދޭ…
ހިތް ގޮވާ އަޑު އިވެން ބޭނުމޭ…
ހިތުގެ މި އުދާސް އަހާދޭނުހޭ… ♫
… މަރުވެފައިވާ ޖިސްމެއް މޭގައި ސިއްސުވާހެން ގައިމޭ،
ކަނުވެފައިވާ ލޮތްބަށް އެދި އިންތިޒާރެއް ކުރީމޭ އާނ އެކޭ،
ފަނޑު ކޮކާ މި ފިޔަ ޖަހާ އަދިވެސް ކައިރި ވާހެން ހިވޭ،
ތަދުތަކާ ވޭނުގާ ވެލުން އަދިވެސް މޮޅަސް ހީވޭ އާނ،
ބީހޭ ރޯޅިން ބީވެ ދިޔުނިއްޔާ ކުރަން ތަގުދީރު،
ފުނޑުކޮށްލާފައި ލޯބި ދިޔުމުން މިހިތަށް ލިބެޔޭ އަނިޔާ ކެކުޅުން،
ވޭނާ އެކުގާ ވާތީ ހިތުގާ ތަދުބީރު،
ފުރިފާ ވާތީ އެކުގާ ލޮތްބެއް ވީމޭ ފިނި މީރު….
♫ ހިތް މި އެދެނި އުފާ ވެރި ކަމޭ..
ހިތް މި ހާލުގަ އެކަނި ކޮށް ނުދޭ…
ހިތް ގޮވާ އަޑު އިވެން ބޭނުމޭ…
ހިތުގެ މި އުދާސް އަހާ ދޭނުހޭ…♫
… ކަޅި ހަތަރު ހަމަ ކުރިން ތި ރާނީ ކަމަށް ހީކޮށް،
މިހިތުގެ ލޮތްބަށް އެދި ވަމޭ ގަޔާ ވީމޭ ހިތުގައި ލައްޒަތަށް،
އެދޭތި ކައިރިން ދާތީ ފަރިވަމުން ހިތްތަށް ކަތިލަމުން،
ހެވިފާ ދާހާ ދޫކޮށް ދާހާ ބަސްތަކުން،
މަސްތުވާހާ ލޯބިވެއްޖޭ މަސްތަކެއް ނުވިޔަކަސް،
ގަސްތުގައި މި ލޯބި ފާލުކޮށް ބުނަންހެ ނުރުހުނަސް،
ބަސްބުނާހާ ފޯދި ހުއްޓަސް ރޯދި ބީހެމުން މި އައިސް،
ހޫނު ކޮށްފި ހިތްތަކަށް ސޫރަ ހިތުގަ ކުރެހުނަސް…
♫ ރޭ ދުވާވެސް ތި ހަނދުމައިގަ ވޭ…
ހުރެ ވޭން ލިބޭ ވަރު މަ އަނގައި ދެމޭ…
ވާގޮތް މިޔޭ މި ދުނިޔޭން މަގޭ…
ވާ މީ އެކަނިވެރި ދުވަސްތަށް މަގޭ…♫
♫ ހިތް މި އެދެނި އުފާ ވެރި ކަމޭ..
ހިތް މި ހާލުގަ އެކަނި ކޮށް ނުދޭ…
ހިތް ގޮވާ އަޑު އިވެން ބޭނުމޭ…
ހިތުގެ މި އުދާސް އަހާ ދޭނުހޭ…♫
ލަވަ އެހިސާބަށް ދިޔުމުން އިތުރަށް ކެތް ކުރަން ދަތި ވުމުން މިޝަލް ލަވަ ޕޯޒް ކޮށްލުމަށް ފަހު ލެޕު ލައްޕާލިއެވެ. މާހީ އާއި ދިމާލަށް ބަލާލުމަށް ފަހު އެ ކޮޓަރިން ނުކުތެވެ.
~ނުނިމޭ~
މިބައިވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން….
ލަވައިގެ ލިރިކްސް ގަ އެއްވެސް ކުށެއް ވާނަމަ މާފަށް އެދެން…
I couldn’t find the lyrics on the internet… ehen veema liyevifa vaa gothun ehvves mistake eh vaanama tell me I’ll try to improve
???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



