ވައުދޭ ވެވޭ މީ… 6
ޒައިހާގޮވައިގެން ޒީހާން ގެއަށް ވަދެގެން ދިޔައީ ސިއްރުންނެވެ. މަންމައަށް ފެނިއްޖެނަމަ ސުވާލު ކުރާނެކަން އިނގޭތީ އެވެ. ޒައިހާ އޭނާގެ ކޮޓަރިއަށް ވަނުމުން ޒިހާން ހިނގައިގަތީ ޒިވާ ކައިރިއަށެވެ. ދެތިންފަހަރު ޒިވާ އަށް ގޮވާލާ ވި ކިހިނއްތޮ އެހުމުން ޒިވާ ޒީހާންއަށް ވީގޮތް ކިޔައިދިނެވެ. ކަން ވީ ގޮތް އެނގުމުން ޒީހާން ރުލި އައި ނަމަވެސް މާހިގެ ހާލަތު ނޭނގޭތި ކަންބޮޑުވިއެވެ. އެހެންނަމަވެސް ދެން ޒިވާ ބުނެލި ބަސްތަކުން ޒީހާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.
⋆⋆ ހަވަނަބައި ⋆⋆
“އެހެން ވިޔަސް ކީތްވެތަ މާކިން މާހީ އަށް އެހަމަލާ ދޭން ވީކީ…؟ އޮޅިގެން އަނިޔާއެއް ދެވުނަސް އެއަށް ސޮރީ އޭ ބުނުން ވެސް ނެތީތަ..؟ ދޭ ވާރ ލަވާސް ޔޫނޯ… އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެޔޭ… ރައްޓެހި ވެގެންނޭ އުޅެނީވެސް… އާގްޣްޣްޣްޣް!!!!….” ޒިވާ އޭރުވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ. ޒީހާން އޭނާގެ ވާހަކަތަށް އަޑުއަހަނީ ކަމަށް ހިތާއެވެ. އެހެންނަމަވެސް ޒީހާން އަށް އަޑު އިވުނީ އެންމެ ތަންކޮޅެކެވެ. އެއީ މާހީ އާއި މާކިން ރައްޓެހިވެގެން އުޅޭ ކަމޭ ބުނިކަން އެކަންޏެވެ. މީހާ މުޅިން މާޔޫސްވެ މޯޅިވިއެވެ. ލޮލަށް ބޮޑިވަމުން ދިޔަ ކަރުނަތަށް ޒިވާ އަށް ދައްކަން ބޭނުން ނުވުމުން އޭނާ އަވަހަށް އެތަނުން ތެދުވެގެން ދިޔައީ އެވެ. އިތުރަށް އަނގައިން ބަހެއް ބުނުމެއް ނެތިއެވެ.
ޒިވާ ވާހަކަ ދައްކަ ދައްކަ ހުއްޓާ ޒީހާން ގޮސް ކޮޓަރިއަށް ވަނުމުން އޭނާ ހައިރާންވެސް ވިއެވެ. އެހެންކަމުން ވަގުތުން ތެދުވެ ޒީހާންގެ ފަހަތުން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއި އެކު ޒީހާން އަށް ކޮންޓްރޯލް އެއް ނުކުރެވުނެވެ. ލޮލުން ކަރނަތަށް އޮހޮރިގަތެވެ. މަރުވެފައިވާ މީހެއް ފަދައިން އޭނާ ގޮސް އެނދުގައި އިށީންނިއެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލާ އޭނާ އޭނާ އަޑު ބޭރު ނުކުރެވޭތޮ ފުން ކޮށް ނޭވާލާން ފެއްޓިއެވެ.
އެހިނދު އެކޮޓަރިތެރެއަށް ޒިވާ ދެމިގަތެވެ. ކޮޓަރި ދޮރު ތަޅުނުލާ ހުރިކަންވެސް ހަނދާންވި ދެނެވެ. އެހެންނަމަވެސް ޒިވާ ކޮޓަރިތެރެއަށް ވަދެގަތުމާއި އެކު އޭނާއަށް އިސްއުފުލާލެވުމުން ޒިވާއަށް އޭނާގެ ރޮއެފައިވި މޫނު ފެނުނެވެ.
ޒީހާންގެ ރަތްވެފައިވި ދެލޮލާއި އެލޮލުގައި ތެތްކަމެއްވުމުން އޭނާއަށް ޒިހާން ރޮއެފިކަން އެނގުނެވެ. ކުޑަކޮށް ނަމަވެސް ރަތްވެފައި ވީ ނޭފަތާއި ކޯމަތީ ދުވެފައިވީ ކަރުނައިގެ ރޮނގުތައް އެކަމަށް ހެކިދެއެވެ.
ޒިވާ ފެނުމުން ޒީހާން އަނެއްކޮޅަށް މޫނު އަނބުރާލިއެވެ. އެހެންނަމަވެސް އޭރުވެސް ޒިވާއަށް އޭނާގެ މޫނު ފެނުނުކަން ޒީހާން އަށް އެނގެއެވެ. ޒިވާ ލަސް ފިޔަވަޅުތަކެއްގައި އައިސް ޒީހާންގެ ކައިރީ އިށީންދެލާ މަޑުމަޑުން ޒީހާންގެ ބުރަކަށީގައި ފިރުމާލާ ވީ ކިހިނެއްތޯ އަހާލިއެވެ. ޒިވާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިފައި ވިޔަސް އޭނާ ދިޔައީ އެކަން ނުދައްކާ ވޭތޯ ބަލަމުންނެވެ.
މިނޫނީ ބޮޑުވިފަހަކުން ޒިވައަށް ޒީހާން ރއެފައިވި ތަނެއް ނުފެނެއެވެ. އެހެންކަމުން އޭނާ ކަން ވީ ގޮތް އޮޅުންފިލުވަން ބޭނުންވިއެވެ.
ދެތިންފަހަރު ޒިވާ ޒީހާންގެ ބުރަކަށިގައި ފިރުމާލުމާއިއެކު ޒީހާން ޒިވާ އާއި ވީ ކޮޅަށް އެނބުރިލިއެވެ.
” ދޮންތާ.. އަހަރެން.. އައި ލަވް ހާރ… އަހަރެން މާހީ ދެކެ ލޯބިވޭ… ވަރަށް ކުރީއްސުރެންވެސް.. އަހަރެން މާހި އަށް ލޯބި ހުށައެޅިން.. އެއީ އަހަރެން އެންމެ ފަހުން ރާއްޖެ އައި ފަހަރު އެހާ އަވަހަށް އޮސްޓްރޭލިއާ އަށް ދާން ބޭނުންވި ސަބަބަކީ ވެސް އެއީ… މާހީ.. ޝީ.. ރިޖެކްޓެޑް މީ… އޭނަ އަހަންނާ ދިމާލަށް ވަރަށް އެއްޗިސް ކީ… އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބޭ… އެހެންނޫންނަމަ އަހަރެން އަމިއްލަ ދިފާއުގަ ވާހަކަ ދެއްކީމުސް… މާހި އަށް ވުރެން ބޮޑު ފިރިހެނަކަށް ވެ ހުރެވެސް އަހަރެން ވަރަށް ފިނޑި ދޯ…؟؟ އައި ނިއު ޝީ ވޮޒް ހާރޓް ކަން… ބަޓް… އާހް…!!” ޒީހާން އަށް އިތުރަށް ވާހަކަ ނުދެއްކޭނެހެން ހީވުމުން އޭނާ އަނގައިން މަޑު އާހެއް ބޭރު ކޮށްލިއެވެ. ޒިވާއަށް ހަޤީޤަތް އެނގުމުން އޭނާ އިންތިހާއަށް ދެރަވިއެވެ. ލޯބީގެ ކަނޑުގައި އޮަ ވަޔާ ބެހިގެން އެދަނީ ހަމައެކަނި އޭނައެއް ނޫނަތާއެވެ. އޭނާގެ ކޮއްކޮވެސް މެއެވެ.
“ޒާން… ހެއި… ބަލަ… ދޮންތައަށް ބަލާބަ.. ދޮންތަ ބުނަންތަ ވަރަށް ބޮޑު ސީކްރެޓްއެއް… އައި އޯލްސޯ ލަވް ސަމްވަން ލައިކް ޔޫޑޫ… އެންޑް އައި ނޯ ޔުއާ ޕެއިން އަ ހޭވް ބީން ސަފަރިން ސިންސް މައި ޗައިލްޑް ހުޑް ހީ ވޯޒް މައި ފަރސްޓް އެންޑް ލާސްޓް އައި ޑޯނޓް ނޯ އިފް ހީ އެވާ ލަވްސް މީ ބެކް ދެޓްވައި އައި ސްޓާޓެޑް ރެޕިޑްލީ ޑޭޓިންގ ބޯއީޒް… ކޮޒް މޭބީ އައި ވުޑް ފޮގެޓް އަބައުޓް ހިމް… އެކަމް މިހާރު އިނގޭ އެއީ ޅައެއްޗެއްކަން އައި ސޯ ހިމް ޓުޑޭ އާފްޓާ އަ ވެރީ ލޯންގް ޓައިމް… އައި ރިގްރެޓް މައި ޕާސްޓް… އެކަމް ބުނަން ލޯބިވެރިޔާ ނުލިބުނީ އޭ ކިޔާފަ ޑޯނޓް ޑޫ އެނީތިންގ ސްޓޫޕިޑް އޯކޭ..؟” … “ގުޑް” ޒިވާ ޒީހާން އާއި ވާހަކަ ދައްކމުން ގޮސް ފަހު ސުވާލު ކޮށްލުމުން ޒީހާން ބޮ ޖަހާލުމުން ގުޑް އޭ ކިޔާ ޒީހާން ގެ ކޮނޑުގައި ކުޑަކޮށް ޖަހާލުމަށްފަހު ޒީހާން އެކަނިވެލަން ފުރުސަތު ދީފައި އެކޮޓަރިން ނުކުމެގެން ދިޔައެވެ.
ޒިވާ ނުކުތުމުން ޒީހާން އޭނާގެ ގިޓާ ހިފައިގެން އައިސް އެނދުގައި އިށިންދެލިއެވެ. އަދި މަޑުމާދުނ ލަވައެއް ކިޔަން ފެށިއެވެ.
♫ ޖެހިފާ މިވާ މަގެ ހާލަށް ނުވެޔޭ ފަރުވާ..
އުފަލުން އެކީ އުޅެއުޅެފާ ދިޔުމުން ހިތް ރޮއްވާ..
އެހެނަސް މަށެއް ނުދާނަން ތިޔަ މަލަކާއި ގާތަށް…
ހިތުގާ މިވާ އުދާސްތަށް ނުފިލާނެ ދިޔަކަސް..
♫ ހިތް ބޭނުންވިޔޭ ދެކިލަން ކަލާ
އަބަދަށްމެ ގާތުގާ ހުރެލަން މަލާ..
ހިތް ބޭނުންވިޔޭ ދެކިލަން ކަލާ
އަބަދަށްމެ ގާތުގާ ހުރެލަން މަލާ..
ވިސްނަން ތިނޫންކަމެއް ނެތިފާ ހުރެވޭ..
ބައްދަލް ކުރަން މި ހިތް ބޭނުން ވެފާ..
އެހެނަސް ތިޔަހެން ރޮއްވާ ދިޔުމުން
ކިހިނެއް ތިޔަ ނަން މިހިތުގަ ފަވާނީ…
♫ ޖެހިފާ މިވާ މަގެ ހާލަށް ނުވެޔޭ ފަރުވާ..
އުފަލުން އެކީ އުޅެއުޅެފާ ދިޔުމުން ހިތް ރޮއްވާ..
އެހެނަސް މަށެއް ނުދާނަން ތިޔަ މަލަކާއި ގާތަށް…
ހިތުގާ މިވާ އުދާސްތަށް ނުފިލާނެ ދިޔަކަސް..♫
ޒީހާން އޭނަގެ ހިތުގައި ވީ އުދާސްތަށް ލަވައެއްގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ. އޭނާ އެ ލަވަ ކިޔަމުން ދިޔަ އިރު އެ އަޑުގައި ވި މޮޅިވެރިކަން ކޮޓަރިން ބޭރުގައި އަޑުއަހަން ހުރި ޒިވާ އަށްވެސް ނަގައި ގަނެ ވުނެވެ. ކިތަންމެ ހިތް ދަތި ވިޔަސް ޒިހާން އެކަމުން އަރައިގަނޭތޯ ދުއާ ކުރަމުން ޒިވާ އޭނާގެ ކޮތަރިއަށް ދާން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ނިދަން އެއްޗެހި ބަދަލް ކޮށްލާ ތާޒާވެލައިގެނ އައިސް ޒައިހާ ގެ ކޮޓަރި ދޮރުވެސް ހުޅުވާ ބަލައިލީ ޒައިހާގެ ހާލެއް އޮޅުން ފިލުވާށެވެ. އރާމު ތަންމަތިގައި ހުވަފެނީ އާލަމުގައި ދަތުރުކުރަމުން ދިޔަ ޒައިހާ ފެނުމުން އޭނާ އެކޮތަރިން ނުކުމެ އޭނަގެ ކޮޓައި އަށް ވަނެވެ. ފޯނުިފައިގެން އެނދުމައްޗަށް އަރައިގެން ގޮސް ވައިބާ ބަލައިލުމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް އޭނާ އަލުން އެ ހިނިތުންވުން ތުންފަތް މަތިން ފުހެލިއެވެ. އަދި އޭނާ ނެގި ވީޑިއޯ ކޮޅު ގުރޫޕަށް ލިއެވެ.
~ނުނިމޭ~
މިބައި އެހެން ބައިތަކާއި ބަލާފައި ކުރުވެދާނެ ނަމަވެސް އަވަހަށް އަޕް ކުރަން ބޭނުންވުމުން ކުރުކޮށް ލިޔެލާފައި އަޕް މި ކޮށްލީ…
އުންމީދު ކުރަން ކަމުދާނެ ކަމަށް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



