Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 3

Esfiya Level 310 Stories100 Login
September 9, 2015 4 Mins Read
10 Comments

ޔާނާ އީމަން ދެކެ ވާ ލޯތްބަށް އެއްވެސް ނުބައި ނަމެއް ލިބުނަކަ ނުދޭނެއެެވެ. އީމަން އާއެކީ އުޅެން ބޭނުމީ މުޅި އުމުރަށެވެ. އެހެން ކަމަށްވާނަމަ އަދި ޔާނާ ޖެހޭނީ ދުނިޔެއަށް އެކަން ސިއްރުކުރާށެވެ. މައިންބަފައިންގެ ރުހުމާއި މުޖުތަމައުގެ ރުހުމާއި ޤަދަރު ލިބޭ މާތް ގުޅުމަކަށް އެގުޅުން ހެދޭނީ އަދި އެ ގުޅުން ސިއްރު ކުރުމުންނެވެ. ނޫންނަމަ ޅަ ދުވަހުގެ މޮޔަ ލޯބީގެ ނަމުން އެ ގުޅުމަށް ނަންދެވިގެން ހިނގައިދާނެއެވެ. އަދި އޭގެ އިތުރުން ހާމިޒާމެންނަށް މިކަން އެނގިއްޖެނަމަ ދެން ދުވަހަކުވެސް ޔާނާ އީމަންގެ މީހަކަށް ވުމަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެ ޔާނާ އިތުރަށް ހާސްވެގެން ހިނގައްޖެވެ.
‘އަހަރެން މިަކަން މިގޮތަށް ވިޔަކަ ނުދޭނަން. އަހަރެންނަށް އީމަން އާ ވަކިން ދެނެއް ނޫޅެވޭނެ. އެހެން ކަމަށް ވަނީނަމަ ޖެހޭނީ އަހަރުމެންނޭ ކިޔައިގެން މަންމަމެންނާ ހަމައަށް އަޑު ދިޔަ ނުދިނުން.’ ޔާނާ ހިތާހިތުން ވާހަކަ ދައްކަމުން ފައިނާ މެންނާ އަރާ ހަމަކޮށްފިއެވެ. އަދި ފައިނާ އާ ވާހަކަ ދައްކަން ފެށިއެވެ.
“ފަންނައަށް އަދި ހީވެގެން ތިއުޅެނީ ރަނގަޅަކަށްނޫން. އަހަރެން ނޫޅެން އީމަން އާ ރައްޓެހިވާކަށް” ޔާނާ މިހެން ބުނެލުމުން ފައިނާ ފާޑަކަށް ހީނގަތެވެ. ނަމަވެސް ޖާހަތު ހައިރާންކުރުވަނިވި ނަޒަރަކުން ބަލައިލީ ޔާނާގެ މޫނަށެވެ.
“އާނ. ތިހިނެއް ނުބުނޭ. އަދި އަހަރެންވެސް ސީދާ ތިހިނެއް ނުބުނަން. އެކަމަކު ހަޤީޤތަކީ ޔާނާ އީމަންދެކެ ލޯބިވާކަން. އެކަން މުޅި ދުނިޔެއަށްވެސް އެނގިގެން ދާނެ. އަހަރެން އެކަންޏެއް ނޫނޭ މިވާހަކަ ދައްކަނީ. އެންމެންވެސް މިހެން އެބަކިޔާ. ކްލާހުގެ ދެތިން ކުއްޖެއްވެސް މިވާހަކަ ދައްކަނިކޮށް އަހަރެންނަށް އަޑުއިވިއްޖެ. އަނެއްކާ އަހަރެމެންގެ ގޭތެރެއިންވެސް ދައްތަމެން އަހަރެން ކައިރިން މިވާހަކަ އެހި. އެހެންވީމަ އޭގެ މާނައަކީ ކޮންމެވެސް ކަމެއް އެބަ ހިނގަޔޭ” ފައިނާ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“އެހެންމަ ހަމަ ފަންނަގެ ފަރާތުން ދޯ މިވާހަކަ މަންމައަށް އަޑު އިވިގެން މިއުޅެނީ. ކީއްވެތަ ތިހެން ހެދީ؟” ޔާނާ ދެރަވިއެވެ. ގާތް ރަހުމަތްތެރިޔާގެ އަނގަގަދަ ކަމުން އޭނާގެ ލޯތްބަށް ހުރަހެއް އެޅިދާނެތީއެވެ.
“ބަލަ އަހަރެންތަ ގޮތެއް ހެދީ. ޔާނާ އީމަން ދެކެ ލޯބިވާތީ އެއްނު އީމަންގެ ފަހަތުން އަބަދު ތިއުޅެނީ. ސްކޫލަގް ބާއްވާ ކޮންމެ އިވެންޓެއްގަވެސް ދެމީހުން އެއްކޮށް އުޅޭތަން ފެންނަނީ އަހަރެންނަށް އެކަންޏެއް ނޫނޭ. ދެން އެހެންނޫނަސް އެއީ މައްސަލައެއްނޫނޭ. ލޯބި ވުމަކީ ކުށެއްނޫން. ކޮބާތަ މައްސަލައަކީ؟” ފައިނާ ސުވާލުކޮށްލިއެވެ.
ފައިނާ ދެއަކި ވާހަކަ އާއި މެދު ޔާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމަ ޔަޤީނުންވެސް އެނގެނީ ޔާނާގެ ވިސްނުން ހުރީ އެގޮތަކަށް ނޫންކަމެވެ. އަންހެންކުދިންނަކީ ކޮންމެ އާއިލާއެއްގެވެސް އިއްޒަތެވެ. އެކުދިންނޭ ކިޔައިގެން އެއްވެސް އަޑެއް އަރައިފިނަމަ އެކަންވާނީ އާއިލާއަށް ލިބޭ ހުތުރު ނަމަކަށެވެ. އެފަދަ އަޑެއް އަރައިފި ހިނދެއްގައި އެއީ ހަޤީޤަތަކަށްވިޔަސް ނުވަތަ އެކަމުގައި އަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތަސް މުޖުތަމައު އިނގިލި ދިއްކުރާނީ އަބަދުވެސް އަންހެން ކުއްޖާއަށެވެ. ފަސްބައި ހަޑިވާނީ އަންހެންކުއްޖާގެ އާއިލާގައެވެ. ފަސްބައިގައި އެޖެހޭ ލައްގަނޑު ދުވަހަކަުވެސް ފިލައިގެން ނުދެއެވެ. މިއީ ޔާނާއަށް ލިބިދީފައިވާ ތަރުބިއްޔަތު ވިސްނައިދޭ ގޮތެވެ. އަދި އަމުދުން ހާމިޒާމެން ލަދުގަންނަން ޖެހޭފަދަ އެއްވެސް އަޑެއް ޔާނާ އެމީހުންނަށް އިއްވާކަށް ބޭނުމެއް ނުވެއެވެ.
ކުޑައިރުކޮޅަކު ވިސްނަން އިނދެލުމަށްފަހު ޔާނާ ގޮތެއް ނިންމިއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ފައިނާ އަށް ހަޤީޤަތް އޮޅުވާލުމެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ހެވެވެ. ޔާނާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ތަނާ އަނެއްކާވެސް ވާހަކަ ދައްކަންފެށީ ފައިނާ އެވެ.”ޔާނާ ބުނެބަލަ! އީމަން ދެކެ ލޯބިނުވަންތަ؟ އެންމެން އެ ދައްކަނީ ދޮގު ވާހަކަ ތަކެއްތަ؟ ޔާނާ އީމަން އާ އެކީ އުޅެނީ ލޯބިނުވާއިރުތަ؟”
ޔާނާ ހިތްވަރު ކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. އަޑުގައި ނުރުހުމުގެ އަސަރު އެކުލަވައިލަމުންނެވެ. ” އާނ! އަހަރެން ލޯތްބެއްނުވޭ އީމަން ދެކެއެއް. އަހަރެން އޭނަޔާ އެއްކޮށް އުޅުނީ އަހަރެންގެ ފަހަތުން އަޅުވާލައިގެން އުޅެންފެށީމަ، ބޮލަށް އުނދަގޫ ވެގެން. ކޮންމެ ގޮތެއް ވިޔަސް މިއީ އޭނަގެ އެންމެ ފަހު އަހަރު. ކުޑަ ދުވަސް ކޮޅަކަށް ކެތް ކޮށްލައިގެން ނަމަވެސް ބޭނުންވީ އޭނަގެ ކިބައިން ސަލާމަތް ވާން. އެހެންވެ އޭނަ ދެކެ ގަޔާވާ ކަމުގައި ހެދިގެން އުޅުނީ. ކޮންމެ ދުވަހަކު ސަލާމް ބުނުމާއި، އިންޓަރވަލަ ގަޑީގައި ފަހަތުން އައުމާއި، މިތިބަ ކަންކަމާ ހެދި އަހަރެން ހުރީ ބޯގޯސްވާވަރުވެފަ. އެނގޭ ކޮންމެހެން އޭނަ ސީދާ އަހަރެންނާ ވާހަކަ ނުދެއްކިޔަސް އޭނަ އިޝާރާތް ކުރަނީ އަހަރެންނަށް ކަމަށް. އެހެންވެ ބޭނުންވީ އޭނަގެ ކިބައިން ސަލާމަތްވާން. ކޮންމެ ގޮތެއް ވިޔަސް މިއަދަކީ އެންމެ ފަހުދުވަސް. ދެން އަހަރެންނަކަށް އޭނަގެ ކުރިމައްޗަށް ދާކަށް ނުޖެހޭނެ. އަހަރެންނާ ގުޅޭނެ ނަމްބަރެއް އެއްވެސް އެއްޗެއް އަހަރެން އޭނަޔަކަށް ނުދެން. މިހާ ހިސާބުން މިއޮތީ ނިމިފަ. އެހެން ނޫނަސް އަހަރެންނަށް ދުވަހަކުވެސް އީމަން ދެކެ ލޯތްބެއް ނުވެވޭނެ.” ޔާނާ ހިތާއި ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު ފޮރުވަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. އީމަންއާ ދެކޮޅަށް ބަހެއް ބުނަން ކީއްކުރަން ހެއްޔެވެ، މީހެއް އީމަންއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުރުހުމުގެ ގޮތުން ބުނާއަޑު އަހަން ޔާނާ ބޭނުމެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާއަށް މިނޫން ގޮތެއް ނެތެވެ. އޭނާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި މިނޫން އެއްވެސް ގޮތެއް ނެތެވެ.
ޔާނާގެ ވާހަކަތައް އިވިފައި ފައިނާ އާއި ޖާހަތު ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެ ބޮޑަށް ހައިރާންވެފައި އިނީ ޖާހަތުއެވެ. ޔާނާ ދެއްކި ވާހަކަ ތައް ގަބޫލުކުރަން ދަތިވެފައި އިނދެވުނީ ޔާނާ އީމަން ދެކެ ވާ ލޯބި އެންމެ ބޮޑަށް އިހުސާސް ކުރެވިފައި ވަނީ ޖާހަތު އަސް ކަމުގައި ވާތީއެވެ. ތިންމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބިއިރު މުޅިތަނަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. މެންދުރުގެ އެ ހޫނު ގަދަ ވަގުތުގައިވެސް މުޅި މީހާ ހުރީ ފިނިވެފައެވެ. އަތްފައި ހީވަނީ ފިނިފެން ފޮދެއް ހެންނެވެ. ހާސްވެ މީހާ ހުރީ ނޭވާ ކުރުވެފައެވެ. ދޮގު ހެދުމުގެ އާދަ ނެތް ނަމަވެސް އީމަންގެ ލޯތްބަށްޓަކައި މިއަދު އޭނާ ވަރަށް ހިތްވަރުކޮށްފިއެވެ. ދެން ކޮންމެ ގޮތެއް ވިޔަސް އޭނާ އަށް އީމަންގެ ލޯބި ހާސިލް ކުރެވޭނެ ކަމުގެ ފޮނި އުންމީދު ހިތުގެ އަޑީގައި އާ ވެގެން ދިޔައެވެ. މިއަދު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާ އީމަން ދެކެ ލޯބިވާ މިންވަރު އީމަން އަށް ބުނެދިނުމަށްފަހު މުޅި އުމުރަށް އީމަންގެ މީހެއްގެ ގޮތުގައި ހުރުމަށް އެއްބަސް ވާން ހިތުގެ އަޑިން ނިންމިއެވެ.
އިތުރަށް ދޮގެއް ހަދަން ބޭނުން ނުވާތީ އާއި އަދި އިތުރަށް ވާހަކަ ދައްކަން ހަދައިގެން ބޭޒާރުވެދާނެތީ ޔާނާ އަވަސް އަވަހަށް ގެއާ ދިމާއަށް ދާން އެނބުރި ހިނގައިގަތެވެ. ހިޔާ ދީފައިވާ އެ ބޮޑުގަސް ހުރަސްކޮށްކޮށް ހުއްޓައި ޔާނާ ލޮލު އަޅައިގަތީ ގަހުގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި އީމަން އެވެ. ޔާނާ އަށް ހީވީ ބިންގަނޑު ފައި ދަށުން ދެމިގަތްހެނެވެ. އީމަންގެ މޫނުން ހުރިހައި ކަމެއް ސާފުކޮށް ފެންނަން ހުރިފަދައެވެ. އީމަން އަށް ޔާނާ ދެއްކި ހުރިހާ ވާހަކަ ތަކެއް އިވުނެވެ. އެ ހިތަށް ކޮށްފައިވާ އަސަރު ޔާނާ އަށް އެރީތި މުށިކުލައިގެ ދެލޮލުން ހާމަވެއެވެ. އީމަންއަށް ކޮށްފައި ހުރި އަސަރު ފެނި ޔާނާގެ ލޮލުން ކަރުނަ ނީރާލިއެވެ. ވަގުތުން އީމަން އަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވިއެވެ. އަދި އީމަން ކައިރިއަސް ދިޔުމަށްތަކައި ހިނގައިގަތެވެ. ނަމަވެސް އީމަން ކުއްލިއަކަށް އަނެއްފަރާތަށް އެނބުރުމުން ޔާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ޖެހިލުން ވެވުނެވެ. އީމަން މަޑުމަޑުން ހިނގައިގަތެވެ. ޔާނާ އީމަންއަށް ގޮވުމަށްޓަކައި އަތް ހިއްލާލިއެވެ. ނަމަވެސް އޭގެ ކުރިން ފައިނާ އާއި ޖާހަތު އެތަނަށް އައިސް ހުއްޓުނެވެ. ފައިނާ ފެނުމުން ޔާނާގެ އަނގަ ބަންދު ވިއެވެ. ނަމަވެސް ޔާނާގެ ކެތްތެރިކަން ކޮޅުންލަނީ އެވެ. އީމަން އަށް ހަޤީޤަތް ހާމަކޮށްދޭން ޔާނާ ބޭނުމެވެ. ބަލަބަލާ ހުއްޓާ އީމަން ގޮސް ގޯޅި އަޅަނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ހިޖުރަ (ތޭވީސްވަނަ ބައި)

Next

އަހަރެން މަރުވަނީ!!! ޕާޓް 3

Next
September 9, 2015

އަހަރެން މަރުވަނީ!!! ޕާޓް 3

Previews
September 8, 2015

ހިޖުރަ (ތޭވީސްވަނަ ބައި)

10 Comments!

  1. Aai says:
    September 9, 2015 at 12:21 am

    Me first

  2. nym says:
    September 9, 2015 at 12:23 am

    V reethi..
    Wen is the nxt part??
    N nxt part miah vureh dhigu kon genes dhehchey plx..

  3. ReNesmee says:
    September 9, 2015 at 1:07 am

    Varaaaaaaaah reeeeeethi !

  4. mx says:
    September 9, 2015 at 7:04 am

    Varah obi

  5. mx says:
    September 9, 2015 at 7:07 am

    Nym beynunvarakah genesdhevey thw balaaaaaaaaaa plx

  6. saamy says:
    September 9, 2015 at 8:06 am

    v reethi. ekamu haadha kurey. ekamuves reeethi 🙂

    1. Elsa says:
      September 9, 2015 at 1:03 pm

      Kaley men hama tha. Kurey kurey kiyaafa. :@ saaabas hama. Mee nimiga oiy vaahaka ekey. Kiyaabala eygen

  7. Anonymous says:
    September 9, 2015 at 2:49 pm

    Haadha hadi ey.. mi keehkuran genesdhey ehcheh tha? Emme meehaku bunaa irakah nujehey dhoa furathama safha ah laan.. E meehaa ah fonuvabala mi vahaka 3h koh kiyeyne link.. mi site ga aa vahaka liyaa kudhin ulheyey emeehunge vahaka thakennu furathama safhaa ga hunnan jeheyny…

    1. Anonymous says:
      September 9, 2015 at 2:50 pm

      ehkoh*

    2. ReNesmee says:
      September 9, 2015 at 4:54 pm

      Vaahaka thah update vanyaanu furathama sofhaa ah araanee . Dhethin vaahaka fiyavaa avahah update vaa vaahakaeh nuhurey . Dhen Anonymous ah undhagu vanya mi vaahaka nukeema v ehnu . Mi nukiyaa meehun ves mithaa eba ulhe eyh .

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 4←


All Right Reserved!