ވައުދޭ ވެވޭ މީ… 3
އަށް ގަޑި ބައި ވީ އިރު ޒީހާން ހުރީ ސްވީޓްސް ރެސްޓޮރެންޓު ކުރިމަތީގައެވެ. އެ ތާނގެ އެތެރެ އަށް ވަދެ ސިޑިން މައްޗަށް އަރާ ފުރަތަމަ ފޮލޯ އަށް އެރިއެވެ. އޭރު އެ ކުލާހުގެ ގިނަ ކުދިން އައިސް ތިއްބެވެ. ޒީހާން އައުމުން އައިހަމް އޭނާކައިރި އެއްޗެކޭ ބުނެލިއެވެ.
” އޭ މާޝާ ބުނީ އޭނަ އަންނާނި އޭނަ ކަޒިން އެއް ގޮވައިގެންނޯ އެމީހުން މަންމަ މެން މާލެ ގޮސްގެން އެ މަންޖެ ހުރީ އޭނަ ކައިރީގަޔޯ… އޭނަ އެކަނި ގޭގަ ނުބަހައްޓަން ވެގެންނޯ ގޮވައިގެން މި އަންނަނީ… ކައެ އޯކޭތަ އަނެއްކާ… މަ ބުނިން މަށަށް ހެވޭ..” “ކޮން ކުއްޖެކޯ އަނެއްކާ..؟؟” “ތިގޭ ޒައިހާ އާ އެއްވަރުގެ މަންޖެ އެއް އެއީ..” ” ހްމްމް…” ދެމީހުންގެ ވާހަކަ މެދު ކެނޑުނީ އެ މޭޒު ކައިރި އައިސް ހުއްޓުނު ދެ މީހުން ފެނުމުންނެވެ. ޒީހާން އަށް މާޝާ ކައިރި ހުރި އަންހެން ކުއްޖާ ފެނުމުން ބުނެދޭން ނޭގޭ އިހުސާސެއް ވިއެވެ. ދެނެގަންނާން އުނދަގޫ ގޮތެއް ވެގެން ދިޔަ އިރު އޭނާއަށް ހުރެވުނީ އެ އަންހެން ކުއްޖާ އަށް ބަލަން ކަން ރެއަކާލީ އެ އަންހެން ކުއްޖާ އޭނާ އާއި ދިމާލަށް ބަލައިލުމުންނެވެ.
☆♡ތިންވަނަބައި♡☆
ޒީހާންގެ ހަނދާނަށް އައީ އޭނާ އަށް މިއަދު ޒައިހާގެ ކޮޓަރިއަށް ވަދެވުނު އިރު ފެނުނު އަންހެން ކުއްޖާ މަތިންނެވެ. އެއީ ހަމަ އެ ސޫރަ އެވެ. އެ އަންހެން ކުއްޖާ އެނާ ފެނުމުން މިފަހަރު ލަދުން އިސްޖަހާލިއެވެ. އޭރު އެ މޫނު މައްޗަށް ވަނީ ރަތްކުލަ ފާއްދާލާފަ އެވެ.
މި މަންޒަރު ފެނުމުން ޒީހާން އަށް ހިނި އާދެވުނެވެ. އެހެންނަމަވެސް އެ ހިނިގަނޑު އެތެރެއަށް ހިނދާލުމަށް ފަހު އޭނާ އެކަންތަށް މޫނުމަތިން ފަރުދާ ކޮށްލިއެވެ. އަދި އެންމެން އެކުއެކީ އެކު ވާހަކަތަކުގައި މަސްއުލުވާން ފެށިއެވެ.
އެންމެންނަށް ވެސް ސިއްރުން ކަހަލަ ގޮތަކަށް ޒީހާން އަށް ދިޔައީ މާހީގެ ނަޒަރު ހުއްޓެމުންނެވެ. އެހެންނަމަވެސް މާހީ އަށް ނޭގުނަސް އެމަންޒަރު މާ ރަނގަޅަށްވެސް ޒީހާން އަށް ފެނުނެވެ. އޭނާވެސް ލަދު ގަންނަ ވަރަށް މާހީ ދިޔައީ ބަލަމުންނެވެ. އުނދަގޫ ވިޔަސް އެކަނ ނާނގާ އޭނާ އިނީ އެވެ. އެތަށް ސަތޭކަ ފަހަރު ނުވާކަމަށް ހަދާފައި އޭނާ މޫނު ފޮހެލީ މޫނުގައި އެއްޗެއް ހުރީ ކަމަށް ހިތާއެވެ.
ކަންދިމާކުރި ގޮތުން އެ އެއްވުން ނިންމާލި ވަގުތުވީ މާޝާގެ ލޯބިވެރިޔާ އޭނާއާއި އެކު ވަގުތުކޮޅެއް ހޭދަ ކުރަން އެތަނަށް އައި ވަގުތަށެވެ. މާހީ އޭނާއާއި އެކު ދާން އެއްބަސް ނުވެ އެކަނިން ގެއަށް ދާން ބުނުމުން މާހީ ގާތު ޒީހާން އާއި އެކު އެ ގެއަށް ޒައިހާ ކައިރިއަށް ދާން ބުންޏެވެ. އޭނާ ދަން ޖެހޭނީ ޒީހާން އާއި އެކު ކަމަށް ވުމުން އެކަމަށް އެއްބަސް ނުވާން ހުރެފަވެސް އެއްބަސް ވީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. އޭނާ ޒީހާން އާއި އެކު ހިނގައި ގަތުމުން މާޝާ އޭނާއަށް ދިމާކުރަން ގޮވާލިއެވެ.
“މާހީ ތި ސޮރު ސެޓް ކޮށްފަ މަގޭ ކައިރި ބުނޭ އޭރުން މަ ތީނަ ގެއަށް ވައްދާނީ… ތީނަ ކުރިން ފަހަރު އޭނަ ރިޖެކްޓް ކުރީ މިފަހަރު ދެން ތި ހިތުގަ އޮތް އެއްޗެއް ބުނަގަ… މަ ބުނިން ތީނަ އަންމަ ކައިރި ވެސް ތީނަ އަހަރުންގެ ގޭގަ އޭ މިރޭ ނިދާނީ.. އެހެންވީމަ ދޭ ވޯންޓް ކޯލް މީ… ބަޓް އިފް ދޭ ޑިޑް އަމް ގޮނަ ސޭ ދެޓް ޔޫ އާރް ސްލީޕިންގ.. އެންޑް ފޯ ޔުއާރ އިންފޯ އައި ހޭވް ޔުއަރ ފޯން!!!….” މާޝާ ކިޔާ އެއްޗެއް ކިޔާ ނިމުމުން ޒާން ކައިރި އަވަހަށް ސައިކަލު ދުއްވާލަން ބުންޏެވެ. ވަގުތުން ޒާން ސައިކަލު ދުއްވާލިއެވެ. އޭރު މާހީ ހުރީ ބުނަންވީ އެތި ނޭނގިފައެވެ. އޭނާގެ ފޯނު މާޝާ ނެގީ ކިހިނަކުން ބާއޭ ހިތަށް އަރާފައެވެ. އަދި އެހާ ބޮޑު ޕްލޭން އެއް ރޭވީ ކޮން ކިރަކު ބާ އޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެކަމާ ދެން އަޅާ ނުލާ އެނާ މާޝާ ދިޔަ ދިމާލަށް ބަލަން ހުރެ އެއްޗެހި ގޮވައިގަތެވެ.
“ބި*… މަހުވާ މިކުރީ މާޝާ ސައީދް… ގެއަށް ނުވެއްދިޔަސް ހެވޭ… އެކަމަކު ބުނަން މަ އުމުރުން އަދި އެކާވީސް… މަ ކުރިން ވެސް ބުނިން މަ މީހަކާ ރައްޓެހި ވާނީ އުމުރުން ހަތާވީހުގައޭ… މަ ނޫޅެން މިހިރަ **** އަކާ ރައްޓެހި ވާކަށް… ހުރި ފާޑު ނިކަން ބަލާބަލަ ހީވަނީ އެކްސް އިން ހަދާފަ ހުރި މީހަކު މެލްޓް ވެފަ ހުރިހެން.. އިޔޫ!!…” މާހީ މަޝާ އާއި ދިމާލަށް ގޮވި އެއްޗިހީގެ ތެރެއިން އޭނާއަށް އަމާޒު ކޮށް ބުނެލި ބަސްތަކުން ޒީހާންގެ ހިތަށް ހީވީ އެއްފަހަރާ ޒަހަރު ލާފައި ތީރު ތަކެއް ހެރޭހެންނެވެ. އެ ބަސްތަށް ރުވާފައި އަންނަ ތީރު ތަކެއް ފަދައިން އޭނާގެ ހިތް ޒަހަމު ކުރަމުން ދިޔައެވެ. މާހީ އަށް ބެލުމެއްނެތި އޭނާ އެތަނުން ހިނގައި ގަތީ ކުރީގެ ހަނދާނެއް އާ ކުރަމުންނެވެ.
ކަޅު ގަމީހަކާއި ކަޅު ފަޓުލޫނުގައި އަތަށް ރަތް ފިނިފެންމާ މާ ބޮނޑިއެއް ލައިގެން ދިޔަ ޒީހާންގެ މޫނު މަތިން ފެންނަނީ އުންމީދުގެ ކުލަވަރު ތަކެކެވެ. ގޮނޑުދޮށަށް ފައިބައިގެން ދިޔައިރު އެތަނަށް ނަޒަރު ހުއްޓާލައިގެން އޭނާއަށް ހުރެވުނީ އަޖައިބު ވެފަ އެވެ. އެތަން ތައްޔާރު ކުރެވިފައި ވީ ލެއް ފުރިހަމަ ކަމުންނެވެ. ދުރުގައި ތިބި އަފާ، އައިހަމް، ސައިފް އަދި ސާހިލްގެ މޫނު މަތިން ފެންނަނީ އިންތިޒާރުގެ ކުލަވަރު ތެކެކެވެ. އެ ތިން މީހުން ފެނުމުން ޒީހާން އެދިމާލަށް ހިނގައި ގަތެވެ.
“އޭ ބްރޮޒް، ވަރަށް ބޮޑަށް ތެންކްސް އިނގޭ.. މަ ހަމަ ބުނި ގޮތަށް މިހިރީ ތައްޔާރު ކޮށްދީފަ… ތެންކިޔޫ… އެން ޔޫޓޫ އަފާ… މަ ކުރިން ފަހަރު އޭނާ ކައިރި މަށާ ރައްޓެހި ވާން ނޭހީ ކޮޒް ޝީ ވޯޒް އިން ހަރ އޭލެވެލް ބެޗް… އެކަމް މިފަހަރު އައިލް މޭކް ހަރ މައިން…” ޒީހާން އެތަން އޭނާ ބުނި ގޮތަށް ތައްޔާރު ކޮށްދިން ކަމަށް ޓަކައި އެ ހަތަރު މީހުންނަށް ޝުކުރު އަދާ ކުރިއެވެ. އަދި އެ ތަނަށް އަދި އެއްފަހަރު ނަޒަރު ހިންގާލިއެވެ.
ގަސްތަކުގެ ބޮޑެތި ގޮފިތަކުގައި ފެއަރީ ލައިޓްސް އަޅުވާ އެ މުޅި ތަނަށް ވަނީ ފިނިފެން މާ ފިޔަތަކެއް އުކާލާފައެވެ. ތިރީގައި އުއްބައްރި ޖަހާފައި ވީއިރު މާހައުލުގައި ޖެހެމުން ދިޔަ ފިނި ވައިރޯޅި އާއި އެކު ވަނީ ފިނިފެން މަލުގެ ވަސް ހަރުލާފައެވެ. އެއަރ ފްރެޝްނަރ އެއްގެ ބޭނުމެއް ނެތްތާއެވެ.
އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެތަނަށް ޒީހާންގެ ހިތުގެ ރާނީ، މާހީ އަންނަންދެނެވެ. މާކަށް ގިނަ އިރެއްނުވެ އެތަނަށް ކަޅުކުލައިގެ ހެދުމެއްލައިގެން ފަރި ހިނގުމެއްގައި އެތަނަށް އަރާހަމަވި މާހީ އެމީހުންނަށް ފެނުމުން އެތަނުން އެބަޔަކު ފިލަން ދާން ވީ ތަނަށް ވަދެ ފިލިއެވެ. ޒީހާން ވެސް އެނާގެ ގިޓާ ނަގާ ހެޔޮވަރުކޮށް ލާފައި ފިލިއެވެ.
އޭނާއަށް އެތަނަކަށް ދާން ދައުވަތު ދެވިފައިވީ ތަނަށް އާދެވުނު ހިނދު މާހީގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. އެ ތަން ތައްޔާރު ކިރެވިފައި ވީ ހަމަ އޭނާ އަށް ބާއޭ ހިތަށް އަރާފައެވެ. މަޑު މަޑުން ފިނިފެންމާ ފިޔަތަށް މަތިން ފިޔަވަޅު އަޅަމުން ދިޔަ ވަރަކަށް އޭނާއަށް ދިޔައީ މަޑު މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ.
♫ ދޫވެދާތީ ހިތޭ ތިޔަ ބަލާލާ ގޮތުން
އެކުގަ ވާން ކޮށްހުވާ ލޯބި ދޭނަން ޔަގީން
ހީލަމުން ތިޔަ ކުރާ ފަރި އިޝާރާތް ތަކުން
އެކުގަ ވާން ކޮށް ހުވާ ލޯބި ދޭނަން ޔަގީން…♫
ސޫރަތީ ދެކިލުމަށް އަބަދުވެސް ހިތް އެދޭ
މަސްތު ކޮށްލާނެ ޖާދޫވި ބާރެއް ވެޔޭ
ދެއްވަނީ ހޭ ނަޒަރު ކުރުވުމަށް ހޭ އަސަރު
މަސްތު ކުރުވައިފި ޖާދުވި ބާރުން ތެދޭ…♫
ދޫވެދާތީ ހިތޭ ތިޔަ ބަލާލާ ގޮތުން
އެކުގަ ވާން ކޮށް ހުވާ ލޯބި ދޭނަން ޔަގީން
ހީލަމުން ތިޔަ ކުރާ ފަރި އިޝާރާތް ތަކުން
އެކުގަ ވާން ކޮށް ހުވާ ލޯބި ދޭނަން ޔަގީން…♫
ރޭގަ ހުވަފެން ތަކުން ފެނުލުމުން ވީ އުފާ
ބުނަލެ ދޭ ހިތްވެޔޭ އެކުގަ ކުރިހާ މަޖާ
ވާނަމޭ ބުނެކަލާ އަބަދުވެސް ގާތުގާ
ވޭ އުފާ ލޯބިވާތީ ކަލާ އިންތިހާ
ލޯބިވާ ތީ މަގޭ ހިތުގެ ދިރުމޭ އިނގޭ
އެކުގާ ވާން ކޮށް ހުވާ ލޯބި ދޭނަން ޔަގީން…♫
ދޫވެ ދާތީ ހިތޭ ތިޔަ ބަލާލާ ގޮތުން
އެކުގަ ވާން ކޮށް ހުޥާ ލޯބި ދޭނަން ޔަގީން
ހީލަމުން ތިޔާ ކުރާ ފަރި އިޝާރާތް ތަކުން
އެކުގަ ވާން ކޯށް ހުވާ ލޯބި ދޭނަން ޔަގީން…♫
މަޑު މަޑުން ގިޓާ ޖަހަމުން ލަވަކިޔަމުން އައިސް މަހީގެ ކުރިމަތީ އެއްފައި މައްޗަށް އިށީންދެލާ ޒީހާން އޭނާ ގެންގުޅުނު މާބޮނޑި ދިއްކޮށްލިއެވެ. އަދި ވަރަށް ލޮތްބާއި އެކު މައުވަނީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އޭނާ މާހީއާއި އެންމެ ކުރަނ ބޭނުންވި ސުޥާލު ކޮށްލިއެވެ.
“މާހީ… އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ މާހީ އާއި މި ސުވާލު ކުރަން މަޑުކުރާތާ އެތަށް ފަހަރެއްގެ މަތިން މިކަން ކުރަން އުޅެފިން.. އެކަމަކު ނުވެދަނީ… އެހެން ވީމަ އަހަރެން މިއަދު މާހީ ކައިރި މި އަހަނީ… މާހީ، ވިލް ޔޫ ބީ މައި ގާލްފްރެންޑް؟…” އެ ސުވާލު ކުރުމަށް ފަހު ޒީހާން އޭނާގެ އަތުގައި އޮތް މާ ބޮނޑި މާހީ އަށް ދިއްކޮށްލިއެވެ.
މާހީގެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާން ކުރަން އުނދަގޫ ކުލަވަރު ތަކެކެވެ. ނަގައިގަންނަން އުނދަގޫ ގޮތްތަކެއް މޫނުމަށްޗަށް ދިޔައީ ވެރިވަމުންނެވެ. ފަނޑު ހިނިތުން ވުމަކާއި އެކު މާހީ އޭނާގެ ކުރިމަތީ ކުޑަކަކޫ ޖަހައިގެން އިން ޒީހާނެ ގެ އަތުގައި އޮތް މާބޮނޑި ނެގިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ފުޅާ ހިނިތުން ވުމަކާއި އެކު ޒީހާން ކޮޅަށް ތެދުވެލި އެވެ.
މާހީ ދެން ގެނައި ހަރަކާތަކީ ޒީހާން ވެސް ހައިރާން ކުރުވި ކަމެކެވެ. އަދި ކުޅިބަލަން ތިބި އެންމެން ވެސް އަނގަމަތީ އަތް އަޅާލި އިރު އެ އެންމެންގެ ވެސް ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ.
~ނުނިމޭ~
މިބައިވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




hi guys….
hope hurihaa kiyuntherinnah mibaives kamudhaane kmh..
have wriiten and submitted 4th part,,, insha allah varah avahah kiyaalan libeyne
mivaahaka up kurevemun dhaane vaki schedule ehh neii liyevunu haa avahakah balaanan esfiya site ah up kureveytho….
site in upload kurihaa avahakah kiyuntherinnai hama ah vhk dhaane
MI VAAHAKA KAMUDHAA KAMUGA VANEE NAMA
PLS LEAVE YOUR COMMENT DOWN BELOW
????????