Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 8

Horror queen Level 210 Stories
February 20, 2022 5 Mins Read
0 Comments

 

ރިޝީ އެރުމަށް ފަހު ޑިންގީގެ ކޮޅުގައި އިށީންދެލާފައި ފޯނު ނެގިއެވެ. “ޕިސް ޕިސް މި އަންހެން ވެތިން ޑިންގީ ކޮޅު ކަޓުވައިލައިފި އޭ” ރިޝްވާން ޑިންގީއަށް އެރުމުން ބުނެލިއެވެ. “ޔޫ ސްނޫޒް ޔޫ ލޫޒް އަހަރުން ފުރަތަމަ އެރީ އަހަރުން އަށް މި ސީޓު ލިބުނީ” މައިރާ ރިޝްވާން އާއި ދިމާކުރަން ބުނެލިއެވެ. “ވަޝިހަމު އޭ ހިންގާ ދެން ދަމާ” ރިޝްވާން ކަޑަ ވެގެން ބުނެލިއެވެ

 

(8 ވަނަ ބައި)

 

ޑިންގީ ގޮސް މަޑުކުރީ އުސްފިނޮޅުގެ އެ ރީތި ގޮނޑު ދޮށުގައެވެ. “ވާވު ސެލްފީ އެއް ނަގަން ރަނގަޅު ތަނެއް މީ” ރަލާ މިހެން ބުނުމުން ރިޒްލާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. “ސެލް ފީ ނަގަން ވީ ކީއެއް ނޫން އިހަށް ހިންގާބަލަ މި ރަށް ބަލާލަން ދާން” ޖަނާން ރަޝުތެރެ ބަލާލާ ހިތުން ބުނެލިއެވެ. “ދޮގެއް ނޫން މަވެސް އަލަށް ވިއްޔާ މި ރަށަށް މިއައީ” ސާޔަން ހިނިތުން ވެލާފައި ބުނެލިއެވެ. ދެން އެންމެން ވެސް ރިޝްވާން ފަހަތުން ރަޝުތެރެ ބަލައިލާން ދިޔައެވެ.

 

“އޭތް ރިޝީ ހިންގާބަ މައިރާ މީހަކާ ސެޓް ކޮށްލަން” ކުއްލިއަކަށް ޖަނާން ރިޝީ ގާތުގައި ބުނެލިއެވެ. “ކާކާތަ ސެޓް ކުރާނީ؟ މަ ތި ކަމާ ވަރަށް އެބަ ވިސް ނަން” ރިޝީ ވިސްނަންހުރެފަ ބުނެލިއެވެ. “ހިންގާ ވާން ދޮންބެއާ މައި އާ ދެމީހުން ސެޓް ކުރަން އެ ދެމީހުން ވަރަށް ގުޅޭ” ރަލާ އެމީހުން އާއި ބައިވެރި ވިއެވެ. “ދޮގެއް ނޫން އެ ދެމީހުން ހަމަ އެކަކު އަނެކަކަށް ޕާރފެކްޓް” ރިޝީ ރަލާ އާއި އެއްބަސް ވިއެވެ. “މިރޭގަ ހިންގާ އެކަން ކުރަން” ޖަނާން ބުނެލިއެވެ. “ގުޑް އައިޑިއާރ… އެކަމު އެކަކު ކައިރީގަވެސް ނުބުނާތި އެއީ އަހަރުންގެ ކުޑަކުޑަ ސީކްރެޓް އެއް ހަޝް” ރިޝީ އޭނާގެ ތުންފަތް މަތީގައި ޝަހާދެއް އިނގިލިއަޅަމުން ބުނެލިއެވެ.

 

“ރަށް ބަލާ ލެވިއްޖެއްނު ދެން ހިންގާ ކޭމްޕް ސައިޓް އަށް ދަމާ” ރިޝްވާން މިހެން ބުނެ ފަހަތަށް އެނބުރުނެވެ. “މިއަދު އަހަރުން އާއި އެކު ވަރަށް މޮޅު ޝެފް އެއް ވެސް އެބަ ހުއްޓެއްނު ދޯ މައި” ރިޝީ މިހެން ބުނުމުން މައިރާ އޭނަ އާއި ދިމާލަށް ބަލައިލިއެވެ. “ހާހް ނަންދެއޯ ވަތަޝީ…” “އަމް އަހަރުން ޖަޕަނީޖް ސްޕީކް އެއް ނުކުރަން ބުނާ އެއްޗެއް އިގެރޭސިން ނޫނީ ދިވެހިން ބުނޭ” ރަލާ މައިރާ ޖަޕަނީޒް އިން އެއްޗެކޭ ބުނުމުގެ ކުރިން ބުނެލިއެވެ. “ސޮރީ އަދިވެސް އެ ބަސްތަށް މަގޭ ސިކުނޑިތެރޭގަ އެނބުރޭ އެހެންވެ ބުނެވުނީ” މައިރާ ބުނެލިއެވެ. “ހިންގާ ދެން ކޭމްޕް ސައިޓް އަށް ދާން މީތާން ގަ ނުތެޅި” ރިޒްލާން ބުނެލިއެވެ. “ތިއްތި އަށް އިނގޭނެ މީސްމީހުން ސެޓް ކުރަން” ރިޝީ ޖަނާން ކަންފަތު ކައިރީގައި ބުނެލިއެވެ. މި މަންޒަރު ސާޔަން އަށް ފެނުމުން އޭނާގެ ހިތަށް ތަދުވިއެވެ. “ޕުސުއް ޕުސުއް ކިޔާފަ ކޯޗެކޭ ތިކިޔަނީ އަހަރުން ކައިރީގަ ވެސް ބުނެބަލަ” ރިޝްވާން ރިޝީ ގާތުއަހައިލިއެވެ. “ދެޓްސް ނަން އޮފް ޔުއާރ ބިޒްނަސް ވާން ދޮންބޭ” ރަލާ މިހެން ބުނުމުން ރިޝްވާން އެއް ޗެކޭ ނުބުނެ ކޭމްޕް ސައިޓް އަށް ދާން ހިންގައިގަތެވެ.

 

“ތިއްތީ!!” ރިޝީ ރިޒްލާން ގެ ކޮޑުގައި ކޮއްޓާލާފައި ބުނެލިއެވެ. “ކީކޭ؟ ކިހިނެތް ވީ؟ ވީ ކަމެއް އަވަހަށް ބުނޭ” ރިޒްލާން ސުވާލު ކުރަން ފެށިއެވެ. “މަށަށް ހެލްޕް އެއް ވެވި ދާނެތަ؟” ރިޝީ ކުޑަކުއްޖެއް ހެން ޕަޕީ އައިޒް ހަދައިލާފައި ބުނެލިއެވެ. “އޭގެ ބަދަލު މަށަށް ކޯއްޗެއް ލިބޭނީ؟” ރިޒްލާން ބަދަލު އެއްޗެއް ދޭން ބުނެލިއެވެ. “ތިއްތި ބޭނުން އެއްޗެއް” ރިޝީ ބޮޑު ހީ ލުމަކުން ބުނެލިއެވެ. “ރިޝް އަކަށް ނުވާނެ ތިކަމެއް” ރިޒްލާން މިހެން ބުނެ އަނެއް ފަރާތަށް އެނބުރުނެވެ. “ދޮންބެ އަށް 1000 ރިފިޔާ ދޭނަން” ރަލާ މިހެން ބުނުމުން ރިޒްލާން ހީލިއެވެ. “އޯކޭ އައިމް ލިސިނިން” ރިޒްލާން ކުރިއަށް ހިންގަމުން ބުނެލިއެވެ. “އަހަރުން ބުނީ ހިންގާބަލަ ދޮންބެއާ މައި އާ ދެމީހުން ސެޓްކުރަން” ރިޝީ މިހެން ބުނުމުން ރިޒްލާން ބޯކަހައިލިއެވެ. “ހްމްމްމްމް…. އަހަރެން ބުނާނީ ހިންގާ… އެދެމީހުން އަސްލުކޮށް ވަރަށް ގުޅޭ” ރިޒްލާން އެއް ބަސް ވިއެވެ. ދެން އެމީހުން ޕްލޭން ރާވަން ފެށިއެވެ.

 

 “އޭތް ތި މީހުން ހާދަ ލަހޭ އަވަސް ކޮށްބަލަ މި ޓެންޓުތަށް ހަރުކުރަން ހިންގާބަލަ” ރިޝްވާން މިހެން ބުނުމުން ޖަނާން އާއި ރިޒްލާން މި އަންނަނީ އޭކިޔާފައި އެދިމާލަށް ދިޔައެވެ. ދެން ރިޝީއާއި ރަލާ ދިޔައީ މައިރާ އަށް އެހީ ވާންށެވެ. އެވަގުތު އަޝްމީހުރީ ހިކިމަސް ކޮށަންށެވެ. “ރިޝް ފިޔާ ކޮށާދީބަލަ ރަލް އަނބުކޮށާ މިއަދު މޫދަށްއެރޭނީ މަޖާ ކައިގެން” މައިރާ ދެމީހުން އަށް ދެކަންތަށް ޖެއްސިއެވެ. ރިޝީ ފިޔާ އެތިން ފިޔާ ނެގުމަށްފަހު އޭތީގައި ހުރި ތޮށިތަށް ފިލުވާފައި ފެން އަޅާ ސާފް ޖޮށްގެން ކޮށަން ފެށިއެވެ. ފިޔާކޮށާ ނިމުން އިރު މީހާހުރީ ފެންކަޅިވެފައެވެ. “ރިޝް ރޮނީތަ؟” އަޝްމީ ރިޝީ ގާތުއަހައިލިއެވެ. “ނޫން މި ފިޔާތަކުގެ ސަބަބުން މަ ލޯ ފެންކަޅިވީ” ރިޝީ މިހެން ބުނެ ފައި ދިޔައީ މޫދުކައިރިއަށް އަތްދޮވެލަންށެވެ. “ހެއި ރިޝް އަދިވެސް އެ ސާޔަން ރިޝް އަކާ ވާހަކައެއް ނުދައްކާތަ؟” ރަލާ ރިޝީ އައުމުން ރިޝީ ގާތުގައި އަހައިލިއެވެ. ވަގުތުން ރިޝީ އިސްދަށަށް  ޖަހައިލިއެވެ. “ރިޝް ޑޯންޓް ވޮރީ އޭނަ ވާހަކަ ދައްކާނެ އެއީ ފިރިހެނުންގެ ގޮތް ދެތިން ހަފްތާ އަށް ވާހަކަ ނުދައްކާ ހުންނާނެ އެކަމު ފަހުން ފޫހިވެގެން ވާހަކަދައްކާނެ އެއީ އެހާ ހާސް ވާނެ ކަމެއްނޫން” އަޝްމީ ރިޝީ އަށް ހިތްވަރު ދިނެވެ.

 

މެންދުރު ވުމުން އެންމެން މަޖާހަދައިގެން ކާން ފެށިއެވެ. ޖަނާން ކައިގެން އަތް ދޮންނަން މޫދާއި ދިމާއަށް ދެޔައެވެ. “އައްދިޔޯއި!!!” ކުއްލިއަކަށް އިވުނީ ޖަނާން މިހެން ކިޔާ ހަޅޭއްލެއްވި އަޑެވެ. އެންމެން ފަހަތަށް ބަލައިލީއިރު ތަށި ދޮންނަން ވެގެން މޫދު ކައިރިއަށް ދިޔަ ޖަނާން ރަލާ ގޮސް ކޮއަޕާލި އެވެ. އެންމެން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ރަލް އާދެބަ ހަގެއްދޭން” ޖަނާން ތެދުވަމުން ބުނެލިއެވެ. އެއިރު ރަލާ ހުރީ ރިޝީގެ ފަހަތަށް ގޮސް ފިލައެވެ. “ހެއި ހެއި މަ މީ މިތާން ގަ ފިލަން ޖަހާފައި ހުރި ފާރެއް ނޫނޭ މަ މި ދަނީ” ރިޝީ މިހެން ބުނެ ދޮން ވެލިގަނޑު މަތިން ތެދުވެގެން ދުއްވައި ގަތެވެ. “އަޅެ ރިޝް މަ ދޫކޮށްލާފަ ނުދޭ….އާ!!!!” ޖަނާން ގޮސް ރަލާ ކޮނޑަށް ލައިގެން ދެމީހުން އެއްފަހަރާ މޫދަށް ވެއްޓުނެވެ. “ސަހަރޯއި…. ދެ ސީކްރެޓް ލަވާރސް ފެށީ” ރިޝީ ސާބަސް ދޭން ފެށިއެވެ. “މަ ނިމުނީ މަމިދަނީ ދާން” ރިޝްވާން މިހެން ބުނެ ފައި މޫދު ކައިރިއަށް ތަށި ދޮންނަން ދިޔައެވެ. އެ އާއި އެކު މައިރާ ރިޝްވާން ގެ ފަހަތުން ދިޔައެވެ. ދިޔަ ގޮތަށް ގޮސް ރިޝްވާން ގެ ކޮނޑަށް އެރިއެވެ. “އައްޗި މަ ތާށިވީ” ރިޝްވާން މައިރާ އޭނާގެ ކޮނޑަށް އެރުމުން ބުނެލިއެވެ. “އާން ޔޫ ފެލް ފޯ މައި ޓްރެޕް” މައިރާ މިހެން ބުނެ ރިޝްވާން ގެ ކޮނޑަށް ބަރު ކޮށްލިއެވެ. ރިޝްވާން މޫދުތެރެއަށް ވެއްޓުމާއި އެކު މައިރާ ވެސް ވެއްޓުނެވެ.

 

“ލާން އަހަންނާއި އެކު އާދެބަލަ؟” އަޝްމީ ރިޒްލާން ގާތުގަ އޭނައާއި އެކު އަންނަން ބުނެލިއެވެ. “މަ ވައްޓައިލާން ދޯ ތިއުޅެނީ މަށެއް ނުދާނަން” ރިޒްލާން މިހެން ބުނުމުން އަޝްމީ އޭނަގެ ކައިރީގައި ހުރި ފެން ފުޅީގައި ހުރި އެތިކޮޅު ރިޒްލާން ގެ ބޮލަށް އަޅައިލިއެވެ. “ދެން ތިހުރީ ތެމިފަ… އާ!!!” ރިޒްލާން އަޝްމީ ކޮނޑަށް އެރުވުމާއި އެކު ހަޅޭއްލަވައިގަތެވެ. “އޭ ރިޝް ދޭބަލަ ބޯޅަބަހިފައިގެން އައިސް މޫދަށް އެރެން” ރަލާ މިހެން ބުނުމުން ރިޝީ ގެ ދެލޯ ބޮޑު ވިއެވެ. “މަ ހަރާން ވާނެ އެތެރެއަށް އެކަނި ވަންނާނެ ނަމަ” ރިޝީ ބުނެލިއެވެ. “އޯ ސާޔަން ދޭބަލަ ރިޝް އާ އެކު އޭނަ ބިރު ގަންނާނެ އެކަނި އުޅެން…. އެވަރާގެ މީހުން ވިއްޔާ ފަޅުރައްރަށަށް އަންނަނީ” ރިޝްވާން ސާޔަން ގާތުގައި އެދުނެވެ.

 

ސާޔަން ބަހެއް ނުބުނެ އެތެނުން ތެދުވިއެވެ. “ހިންގާ” ސާޔަން ރިޝީ ގާތު މިހެން ބުނުމުން ރިޝީ ގެ ލޯ ފެންކަޅި ވިއެވެ. ވާނީވެސް އެހެންއެއް ނޫން ހެއްޔެވެ. މީހާރު ވާހަކަނު ދައްކާތާ 3 ހަފްތާ ވެއްޖެއެވެ.

 

ސާޔަން އާއި އެކު ކޭމްޕް ސައިޓް އަށް ގޮސް ބޯޅަހޯދައިގެން ނިކުމެލިއެވެ. “މިއޮތީ ސާޔަން ހިންގާ ދަމާ” ރިޝީ ބޯޅަ ހިފައިގެން ސާޔަން ގާތަށް ގޮސް ބުނެލިއެވެ. ސާޔަން ވާހަކަ ނު ދެއްކުމުން ރިޝީ ގޮސް ސާޔަން ގެ އަތް ދަނޑީ ގައި ހިފިއެވެ. “ސާޔަން ކީއްވެތަ އަހަރެން އެވޮއިޑް ތި ކުރަނީ؟ އަހަރެން މީ ސާޔަން ގެ ފްރެންޑް އެއްނު؟ ސާޔަން އަހަރެން އެވޮއިޑް ކުރާތީ އަހަރެންގެ ފީލިންގްސް އަށް ވަރަށް ހާރޓްވޭ” ރިޝީ އިސް ދަށަށް ޖަހައިލައިގެން ހުރެ ބުނެލިއެވެ. “އައިމް ނޮޓް އެވޮއިޑިން ޔޫ އަހަރެން މި ދުވަސް ކޮޅުގަ ވަރަށް ބާތްވަރު އެއްޗިސް އަހަރެންގެ ސިކުނޑި ތެރޭގަ އެބުރޭތީ އެކަމާ… އަހަރެން ރިޝީ އާ ވާހަކަ ނުދައްކަނީ… އަހަރެން މި ހުރިހާ ވާހަކައެއް ދައްކާފިއްޔާ އަހަރެން ޔުމްނާ ދެކެ އަރާފައި ހުރި ރުޅިތަށް ބޭލޭނީ ރިޝީ އަށް އެހެންވެ އަހަރެން ވާހަކަ ނުދައްކާ އުޅުނީ…. އަދި ވާހަކައެއް ރިޝީ ލަމްހާން އާ އެއްވެސް ގޮތަކުން ރައްޓެހި ވީންތަ؟” ސާޔަން މިހެން ބުނުމުން ރިޝީ އިސްއުފުލާ ސާޔަން އާއި ދިމާލަށް ބަލައިލިއެވެ. އެއިރު ސާޔަންގެ މޫނުމަތީގައި ވަނީ އުދާސް ކަމެވެ. “ނޫން އަހަރެން އަދި އަދަށް ވެސް ލަމްހާން އަކާ ރައްޓެސް އެއްނުވަން އަދި އަމުދުން އޭނަ އަކާ އަހަރެން މީ މޮޔަ ވެގެން އުޅޭ މީހެއްނޫން” ރިޝީ މިހެން ބުނީ ދެބުމަ ގޮށް ޖަހައިލައިފައެވެ. “ސީ ރިޝީ ރުޅި އާދޭ ލަމްހާން ގެ ވާހަކަ ދައްކައިފިއްޔާ ދެން އަހަރެން ރުޅި އަންނާނެ ޔުމްނާގެ ވާހަކަ ދައްކައިފިއްޔާ ސޯ ވީ ހޭވް ދެޓް އިން ކޮމަން” ސާޔަން ހިނިތުން ވެލާފައި ބުނެލިއެވެ. “ސޮރީ އަހަރެން ލަމްހާން ދެކެ އަރާފަ ހުރި ރުޅި ސާޔަން އަށް ބޭލުވުނީމަ” ރިޝީ ހިނިތުން ވެލާފައި ބުނެލިއެވެ. “އެ އޯކޭ ވާނެ އަދި އެއްވާހަކަ ޖަނާން އާ ރަލާ އަދި ރިޒްލާން އާ ހަތަރުމީހުން ކޮން ސިއްރު ވާހަކައެއްތަ ތި ދައްކަނީ” ސާޔަން އަހައިލިއެވެ. “އޯ އެ ދޯ….

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ނޫރޭ ތިއީ މިހިތް އެދޭ ( ދެވަނަ ބައި )

Next

ލޯބި ވެވުމުން 9

Next
February 20, 2022

ލޯބި ވެވުމުން 9

Previews
February 19, 2022

ނޫރޭ ތިއީ މިހިތް އެދޭ ( ދެވަނަ ބައި )



All Right Reserved!