ލޯބި ވެވުމުން 8
*އަޔާޒް އަށް ނައިރާ ސިފަ ވުމުން ހިތުގެ ވިންދު އަވަސް ވިއެވެ. އަދި ނައިރާ ގެ ސޫރަ ދެ ކިލާ ހިތްވިއެވެ. *
ނަމަވެސް އެއީ ރަނގަޅު ހިޔާލެއް ނޫންކަން އެނގުމުން އަޔާޒް އެ ހިޔާލު ދޫކޮއްލިއެވެ. އަޔާޒް އަށް އެތަށް އިރެއް ވަންދެން ނައިރާ އާއި މެދު ވިސްނަން އޮވެވުނެވެ. އަޔާޒް މި ވާގޮތް ހުދު އަޔާޒް އަށް ވެސް ނޭނގެއެވެ. ނައިރާ އާއި މެދުގަ ވިސްނޭ ތީ އަޔާޒް ހިސާބަކަށް ނުތަނަވަސް ވާންފެށިއެވެ. އެހެން ކަމުން އަވަހަށް ނިދޭތޯ މަސައްކަތް ކުރިއެވެ. އަޔާޒް އަމިއްލަ ނަފްސަށް ވިސްނާ ދެ ގޮތަކަށް ބުނެލިއެވެ. އަޔާޒް ކާމް ޑައުން އަދި މިއުޅެނީ ޔަލްވީ ދިން ކެހިވެރިކަމުން އަރައި ނުގަނެވިގެންނޭ…. އެހެން ނޫނަސް މި ރަށަށް އައިތާ މިއުޅެނީ ހަފްތާ އެއް ނުވެގެން ނޭ . އަޔާޒް ކިތައްމެ ވަރަކަށް ނައިރާ އާއި މެދު ނުވިސްނަން އުޅުނަސް ނައިރާ އާއި މެދު ވިސްނެމުން ދިޔައެވެ. ” ބަލާއެއްނު މީ ދެން!!!” އަޔާޒް އެނދުމަތީގައި ދެފާ ވައްކޮށްލައިގެން އިށީންނުމަށް ފަހު އަޑު ނެތް ތަނަށް ބުނެލިއެވެ. ދެން ނުނިދޭނެ ކަން އެނގޭ ތީ އަޔާޒް ގަޑި ބަލައިލިއެވެ. ގަޑިން މެންދަމު އަލިވެ 4:00 ޖެހީއެވެ. އެހެންކަމުން އަޔާޒް ވިސްނީ ބޭރަށް ފިނިކޮއްލަން ދިޔުމަށްށެވެ. އަޔާޒް ކަޅުކުލައިގެ ހުޑީއެއް ލިއެވެ. އަދި އަވަހަށް ކޮޓަރީ ދޮރު ހުޅުވާ ލުމަށްފަހު ނިކުންނަން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް ނައިރާ ގެ ކޮޓަރިން ނިކުތް ފިރިހެނެއް ފެނި އަޔާޒް ފްލޭށް ހެން ކޮޓަރިއަށް އަނބުރާ ވަނެވެ. އަދި ވަގަށް ބަލަން އިނެވެ. އެ ފިރިހެން މީހާ ލައިގެން ހުރި ކަޅުކުލައިގެ ޖިންސު ގޮށް އަޅުވަމުން ގޮސް ވެއްނީ ސަހީނާ ގެ ކޮޓަރި އަށްށެވެ. ސަހީނާ ގެ ކޮޓަރިއަށް ވަނުމުން އަޔާޒް ހުރީ ހައިރާން ވެފައެވެ. މާގިނައިން ވިސްނަން ނުހަދާ އަޔާޒް ބެލީ އަވަހަށް ފިނިކުރަން ނިކުމެވޭ ތޯއެވެ. އެހެންކަމުން އަޔާޒް ދުވެފަ ކަހަލަ ގޮތަކަށް ސިޓިން ރޫމް އަށް ނިކުތެވެ. އަދި ދޮރު ހުޅުވާ ލަމުން ގެއިން ނިކުމެގެން ދިޔައެވެ.
******
އިރުގެ ރަން ދޯދި މުޅި ފަޒާގެ ތެރެއަށް ފެތުރިގެން ގޮސް މުޅި ފަޒާ އެއްކޮށް އަލިކޮށް ލިއެވެ. ފިނި ފިނި ވައިރޯޅި ޖެހެމުން ދިޔައިރު މުޅި މާހައުލުގައި ހިތްގައިމު ކަމެއް ވެއެވެ. ހަމަ ހިމޭން ކަން ފެތުރިފަވާ ރަށުތެރެ ހަލަނބޮލި ވާން ފެށިއެވެ. އެކި މީހުން އުޅުނީ އެކި ކަންކަމުގައެވެ. އުމުރުން ދުވަސްވީ މީހުން ގެ މަންޒިލަކަށް ވީ ރަށުގެ އަތިރިމަތީގައި ހުންނަ ބޮޑު ހޮޅުވައްޓެވެ. ނަމަވެސް ދެޖިންސުގެ ޒުވާނުން ގެ މަންޒިލަކަށް ވީ އަތިރީގައި އޮންނަ ބީޗް އެވެ. އަޔާޒް ވެސް ހިތް ހަމަ ޖައްސައި ލުމަށްޓަކައި ގޮސް އިނީ އެ ބީޗު ގައެވެ. ނަމަވެސް ހިތްހަމަ ޖެހުމުން ވެސް ލިބޭނީ އަޔާޒް އެކަނި ވެގެންނެއް ނޫން ހެއްޔެވެ. އެތާގަ ތިބި އަނހެންކުދިން ގެ ބެލުން ތަށް އަމާޒުވަމުން ދިޔައިރު ފިރިހެނުން ގެ ހަސަދަވެރިކަން އަމާޒުވަމުން ދިޔައެވެ. އެ ބެލުން ތަކުން އަޔާޒް އަށް މާ ބޮޑު އުނދަގުލެއް ނުވިއެއް ކަމަކު އިރު އިރުކޮޅާ އަޔާޒް ގެ ފޯނު ނަންބަރު ހޯދަން އަންނަ އަންހެންކުދީންނާ ހެދި އަޔާޒްގެ މުޅި މޫޑު ވަނީ އެއްކޮށް ހަރާބު ވެފައެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫހެއްޔެވެ. އަޅި ކުލައިގެ ޓްރަކް ސޫޓް އަކާއި މަތިން ކަޅުލައި ގެ ހުޑީ ލާފައި ހުރި އިރު އެ ހުޑީ ވަނީ އަޔާޒް ގެ ހަށިގަނޑުގަ ހިފާފައެވެ. އެހެންކަމުން އެ ވަރުގަދަ ހަށިގަނޑު ގެ ފިޓް ކަން ދައްކައިދެމުން ދިޔައެވެ. ކަނދުރައާ ހަމައަށް ދާ ސިލްކީ އިސްތަށިގަނޑު ފެނި ކޮންމެ އަންހެން ކުއްޖަކު ވެސް އެ އިސްތަށިގަނޑުގައި އަތް ހިނގާލާ ހިތް ވާނެއެވެ. ދޮން ހަށިގަނޑެކެވެ. އަޔާޒް އަށް ލިބިފައި މިވާ ސިފަ ތަކަކީ އަންހެން ކުދިންގެ ހިތް ތަށް ކަތިލާ ފަދަ ސިފަތަކެކެވެ. އަންހެން ކުދިންގެ ޑިމާންޑް އަކީ ކޮބާ ހެއްޔެވެ ؟. ދޮން ކަސްރަތީ ހަށިގަނޑަ ކާއި މުއްސަނދި ކަމެވެ. އެއީ އަޔާޒް އެންމެ ނަފުރަތު ކުރާ ވައްތަރު ގެ އަންހެނުންނެވެ. އެތާގަ އިނދެގެން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ ކަން އެނގުމުން އަޔާޒް ގެއަށް ދާން ހިނގައިގަތެވެ.
ގެއަށް އައި އިރު ގޭގައި ވާ ހަމަހިމޭން ކަން ފެނި އަދި އެކަކު ވެސް ނުހޭލާކަން އަޔާޒް އަށް އެންގުނެވެ. އެހެންކަމުން ބަދިގެއަށް ކޮފީއެއް ބޯލަން ދިޔައެވެ. އަޔާޒް ގޮސް ބަދިގެއަށް ވެއްނި ތަނާ ސިއްސައިގެން ދިޔައީ ނައިރާ ފެނުމުން ނެވެ. ނައިރާ އުޅެނީ ހެންދުނުގެ ސައި ތައްޔާރު ކުރުމުގައެވެ. ނައިރާ ފެނުމާ އެކު އަޔާޒް ހަންދާން ވީ ރޭގަ ނައިރާ ގެ ކޮޓަރިން ނިކުތް ފިރިހެނެވެ. ނޭނގި ނަމަވެސް އަޔާޒް ގެ ހިތް ރޯލިއެވެ. އަޔާޒް ވަރަށް ނުވާކަމެއް ހެދެމުން ގޮސް ކޮފީ މޭކާ ކައިރީ ހުއްޓުނެވެ. އަދި ކޮފީ ގިރަން ފެށިއެވެ. ނައިރާ ސިއްސައިގެ ދިޔައީ ކޮފީ މޭކާ ޖެއްސި އަޑު އިވުމުން ނެވެ. ނައިރާ އަށް ފުރަގަސް ދީގެން ހުރި އަޔާޒް ފެނުމުން ނައިރާ ކުޑަކޮށް ނުތަނަވަސްކަން އިހުސާސް ކުރެވުނެވެ. އެހެންކަމުން އަވަހަށް ސައި ހަދާ ނިންމާލުމަށްފަހު ބަދިގެއިން ނިކުމެގެން ދިޔައެވެ. އަޔާޒް ހުރީ ނައިރާ ދިޔަ ދިމާއަށް ބަލަން ހުއްޓުން އަރާފައެވެ. ނައިރާ ކިތައްމެ ބާރަކަށް ހިނގާފަ ދިޔައަސް އަޔާޒް އަށް ނައިރީ ކޮރު ޖަހަމުން ދިޔަކަން އެނގުނެވެ.
ނައިރާ ގޮސް ކޮޓަރިއަށް ވަނުމަށް ފަހު ފާހާނާއަށް ވަނެވެ. ހަށިގަނޑުން ނަގަމުން ދިޔަ ދިލަ ތަދެއް ގެ ސަބަބުން ނައިރާ ލައިގެން ހުރި ފްލޯރިސެންޓް ކުލައިގެ އަތްދިގު ޓީށާޓު ބޭލުމަށްފަހު އަތުގައި ނިޔާ އަޅުވާފައި ހުރި ތަނަށް ބަލައިލިއެވެ. އެތަންތަން ފެނުމުން އިސާހިތަކުން ނައިރާ އަށް ރޮވޭން ފެށުނެވެ. ކިތައްމެ ވަރަކަށް ނައިރާ އެ ކަރުނަ ތަށް ހިނދާލަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވިއެވެ. ނައިރާ އަށް ގިސްލެވޭން ފެށުމުން ހުރިތަނަށް ތިރިވިއެވެ. ” މަންމާ……..ވަ…. ވައި ޑި.. ޑި.. ޑިޑް ޔޫ ލި… ލީވް މީ…. މަ.. މަ.. މަންމަ މި…ދު..ދު… ދުނިޔެއާ އަ… އަލްވަދާޢު… ކިޔާފަ ދިޔަ…. އި…އިރު… މަ.. މަންމަ ގެ…މި.. ދަރިފުޅު ވެސް ހިފައިގެން ދިޔަ ނަމަ….. ވައި ޑިޑް ޔޫ… ސެ… ސެ… ސޭވް މީ.. އައި ވޯސް… ދަ.. ދަ ވަން ހޫ ވޯސް… ސަ.. ސަޕޯސް ޓު ޑަ..ޑައި…ނޮ.. ނޮޓް ޔޫ ” ނައިރާ އަށް ގިސްލުމުގެ ތެރެއިން ހިތުގެ ތެރޭގައި އޮތް ޝަކުވާ ބޭރުކުރެވެމުން ދިޔައެވެ. ނައިރާ އަޑުން އަޑަށް ނަގާ ރޮމުން ދިޔައިރު ނޭނގުނު ކަމަކީ އެއަޑު އަޔާޒް އަށް އިވުނު ކަމެވެ. އަޔާޒް ކޮފީ ބޯ ނިމިގެން ކޮޓަރިއަށް ވަންނަ އައި އިރު ނައިރާ ގެ ކޮޓަރީގައި ދޮރު ހުޅުވާފައި ހުރުމުން ނައިރާ ގެ ފަޔަށް ވީ ކިހިނެއް ތޯ އަހަލަން އަޔާޒް އެ ކޮޓަރިއަށް ވަނީއެވެ. ވަނުމުގެ ކުރިން އަޔާޒް ދެތިން ފަހަރަކަށް ނައިރާ އަށް ގޮވައި ވެސް ލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން އަޔާޒް އަށް ވިސްނޭން ފެށި ނުބައި ހިޔާލު ތަކުގެ ސަބަބުން އެ ކޮޓަރިއަށް ވަނީއެވެ. ނައިރާ ގެ ވޭނީ ރުއިމުގެ އަޑު އިވުމުން އަޔާޒް ހުރީ ގުޑި ލާން ވެސް ނޭނގި ފައެވެ. ދެތިން ފަހަރަކު ފާހަނާގެ ދޮރުގަ ޓަކި ޖެހުމަށްފަހު ނައިރާ އަށް ގޮވައިލާން ވެސް ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެ ވެނީއެވެ. އެތަށް އިރެއް ވަންދެން އެތާގައި ހުރުމަށްފަހު އަޔާޒް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަޔާޒް އަށް ވިސްނެމުން ދިޔައީ ނައިރާ ބުނި ބަސް ތަކާ މެދުގައެވެ. ” މަންމަ މި ދުނިޔެއާ އަލްވަދާޢު ކިޔާފަ ދިޔަ އިރު މަންމަ ގެ މި ދަރިފުޅު ވެސް ހިފައިގެން ދިޔަ ނަމަ” މި ޖުމްލަ ދިޔައީ އަޔާޒްގެ ސިކުނޑީގައި ބުމަރެއް ހެން އެނބުރެމުންނެވެ. ނައިރާ އެ ކިޔާ މަންމަ އަކީ ކާކު ހެއްޔެވެ ؟. އަޔާޒްގެ ސިކުނޑިއަށް އައި އެންމެ ފުރަތަމަ ސުވާލަކީ މީ އެވެ.
ހިތް ފުރެންދެން ރޯލު މަށް ފަހު ނައިރާ ގަޔަށް ދޫ ޓީށާޓެއް ލައިގެން ފާހާނާއިން ނިކުތެވެ. އަދި އެނދުމަތީގައި ގޮސް އޮށޯވެ ލިއެވެ. ނައިރާ ބޭނުންވީ މެންދުރަށް ކައްކާން ދިޔުމުގެ ކުރިން ކުޑަކޮށް ނިދާލަން ށެވެ. ނަސީބު ދިމާކުރި ގޮތުން މާގިނަ އިރު ތަކެއް ވަންދެން ނައިރާ އަކަށް އޮންނާކަށް ނުޖެހުނެވެ. ނައިރާ ގެ ދިގު އެސްފި ތަށް ބަރުވަމުން ގޮސް އެއްކޮށް ލެއްޕުނެވެ. ވަގުތު ބޭކާރު ކުރުމެއް ނެތި ނައިރާ ދިޔައީ ނިދީގެ ފުންކަނޑަށް ފީނަމުންނެވެ.
“ހާހާހް ” އަޒްހާ ކޮޓަރިން އާފުރަމުން ނިކުތެވެ. އަދިވެސް ލޮލުން ނިދި ނުފިލައި ހުރުމުން އަޒްހާއަށް ހިނގޭ ނުހިނގޭ ދިމާލެއް ނޭންގުނެވެ. ކަން ދިމާކުރި ގޮތުން ވަގުތަކީ ނަވާން ރީތި ވެލައި ގެން ކޮޓަރިން ނިކުތް ވަގުތެވެ. އަޒްހާ ނިދީގައި ހުރެ ޒޯމްބީ އެއްހެން ހިނގާފަ ދާތަން ފެނި ނަވާން ދޮރު ކަންޏުގައި ލެގިލުމަށްފަހު ކޮޅިބަލަން ހުއްޓެވެ. ނަމަވެސް ނަވާން އަކަށް މާގިނަ އިރަކު އެހެންނެއް ނީނދެވުނެވެ. އަޒްހާ އެ ދިޔަގޮތަށް ގޮސް ޖެހޭން ދިޔައީ އަޔާޒް ކޮޓަރީ ދޮރު ކަންޏުގައެވެ. ނަވާން އަށް ދެވުނީ ހަމަ ކިރިޔާ އެވެ. އަވަސް ޙަރަކާތަކާއެކު ނަވާން އަޒްހާ ދަމައިގަތެވެ. އަދި އަޒްހާ ގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. ” އަޒްހާ ވޭކް އަޕް” ނަވާން މަޑުމަޑުން އަޒްހާއަށް ގޮވައިލިއެވެ. އަޒްހާ ލޯހުޅުވައިލި އިރުގަ ކުރިމަތީގައި ހުރި ނަވާން ފެނި ކުޑަކޮށް ހީލިއެވެ. އަދި ނަވާން ގެ ކޮލުގައި ހިފާ ދަމައިގަތެވެ. ” ވޯޓް ދަ ހެލް އަހަރެންގެ ސިކުނޑިއާއި ހިތު ތެރޭގަ އެނބުރޭދެއް ކުޑައީތަ މިހާރު އިލިއުޒަން ވެސް ފެނަން ފެށީ އަދި އެވެސް ކާކުގެ މި ފޮނި ބޯކިބަ ގެ ޕިސް ޕިސް އަޒްހާ ޔޫ އާ ކް. ރޭ. ޒީ” އަޒްހާ ނިދި އަޑަކުން ބުނެލިއެވެ. ” އޯ ހެލޯ ކުޅި ބޯކިބަ ގަނޑާ އިޓް ނޮޓް އަ އިލިޔުޒަން ލެޓް މީ ގޯ” ނަވާން އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. ” އޯ ށަޓް ޔޯރް ސްޓުޕިޑް މައުތް” އަޒްހާ ނަވާން ގެ ތުންފަތުގައި ހިފަމުން ބުނެލިއެވެ. ނަވާން އަށް ވީ ތަދެއްގެ ބޮޑުކަމުން ވަރަށް ބާރަށް ” އައްދިއްޔޯތް” އޭ ބުނެވުނެވެ. އަޒްހާ ގެ ނިދީގެ އަސަރު ވެސް ފިލައިގެން ދިޔައީ އެ ހިސާބުންނެވެ. ހޭލެވުނު އިރު ހުރެވުނީ ނަވާން ގެ ތުންފަތުގައި ހިފައިގެންނެވެ. އެއިރު ނަވާން އިނީ އަޒްހާ އާއި ދިމާއަށް އެއްބުމަ މައްޗަށް އަރުވައިގެން ބަލަންށެވެ. އަޒްހާ ގަތް ލަދެއްގެ ބޮޑުކަމުން ހުރީ ޙަރަކާތެއް ކޮއްލަން ވެސް ނުކެރިފައެވެ. ” އޯ މަންމާއި” ކޮޓަރިން ނިކުތް ނިޔާޒް އަށް އަޒްހާ އާއި ނަވާން ތިބިގޮތް ފެނުމުން އިޙްތިޔާރުން ބޭރުގައި ބުނެވުނެވެ. ” އެހެމް އެހެމް… ތި ދެމީހުން ކީއް ތި ކުރަނީ” ނިޔާޒް ގޮސް އަޒްހާ އާއި ނަވާން ގެ ކޮނޑު މަތީގައި އަތް ބާއްވަމުން ބުނެލިއެވެ. ” ޔޫ ނޯ އަޒްކޯ ދޮންބެ ހުވަފެނުން ވެސް ހީނުކުރަން އަޒްހާ އާއި ދިމާއަށް ދުވަހަކުވެސް މިހެން ބުނަން ޖެހޭނެ ކަމަކަށް އެކަމް ނަވާން ގެ ތުންފަތް ދޫކޮއްލާ” ނިޔާޒް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުނެލިއެވެ. އަޒްހާ ވަގުތުން ނަވާން ގެ ތުންފަތުން ދޫކޮއްލިއެވެ. ނަވާން ގެ ތުންފަތް ހުރީ އެއްކޮށް ރަތްވެފައެވެ. ކޮޓަރިން ނިކުމެގެން އައި ނާއިޒް އަށް ނަވާން ގެ ތުންފަތް ފެނުމުން ބުނެވުނެވެ. ” ވޯވް ނަވާން ކާކު ނަވާން ގެ ތުންފަތައް ރެޑް މާރްކް އެއް އެރުވީ ” ނާއިޒް އެ ސުވާލު ކުރީ ކީ ނަވާން ޖަވާބު ދޭން ކަމަކަށް ށެއް ނޫނެވެ. ” ނޭނގެ އަޒްހާ ކައިރީ އަހާބަލަ” ނަވާން އެހެން ބުނުމަށް ފަހު ސިޓިން ރޫމް އަށް ނިކުތެވެ. ނަވާން އެހެން ބުނުމުން އަޒްހާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މިއޮއް ހުރިހާ އިރަކު ނިޔާޒް ހިނދަމުނަ ދިޔަ ހިނިގަނޑު ބޮޑު ބޮމެއް ހެން ފަޅައިގެން ދިޔައެވެ. ނިޔާޒް ޕަކަ ޕަކަ ލާފައި ހޭން ފެށުމުން ނާއިޒް ވީ ކިހިނެއް ތޯ އަހާލިއެވެ. އެހެންކަމުން ނިޔާޒް ހެމުން ހެމުން ކިޔައިދިނެވެ. ނިޔާޒް އަށް ފެނުނު މަންޒަރު ތަށް ނާއިޒް އަށް ކިޔައިދިނުމުން ނާއިޒް ވެސް ނިޔާޒް ހެން ޕަކަ ޕަކަ ލާފައި ހޭން ފެށިއެވެ. އެ ދެމީހުން ހޭނ ތިއްބައި އަޔާޒް ކޮޓަރިން ނިކުތެވެ. ” އަނެއްކާ ޖިންނި އަވަލީތަ ތި ދެމީހުން” އަޔާޒް އެހެން ބުނުމުން ނިޔާޒް އާއި ނާއިޒް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” އޭ އާނ އަދި ކިރިޔާ މި ހަނދާން ވީ…. ނާއިޒް މާ އެބައޮތް ސުވާލެއް ހިނގާބަލަ” އަޔާޒް ނައިރާ ގެ ކޮޓަރި އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Amazing miss part ves vvvvv reehi ❤❤❤
Waiting for the next part