Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެން މަރުވަނީ!!! ޕާޓް 2

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 8, 2015 5 Mins Read
9 Comments

images

އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ.

އަހުމާން އަށް ބޭރުފުށުން އަނިޔާ ލިބިފައި ހުއްޓަސް އެތެރެ ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތެވެ. އެކަމާ އަހަރެން މާތް ﷲ އަށް ހަމްދު ކުރީމެވެ.  ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާފައި ހުރި އިރުވެސް އޭނަ މިއަދުވެސް ސުކޫލު ނިމޭ ގަޑިއަށް ސުކޫލް ދޮށަށް އެ އައީއެވެ. އޭނާ ފެނުމާއިއެކު ލޭ ކެކޭ ގޮތް ވިއެވެ. އޭނާ އާއި ހެދި ޝާހާން ނުލިބުނީމައެވެ. އަހަރެން ކިހާ މޮޔަ ހެއްޔެވެ؟؟ އޭނާ ކުރީ ކީތް ހެއްޔެވެ.. އަހަރެން ފުންނޭވައެއް ލުމަށް ފަހު ހަމަ ޖެހިލީމެވެ. އޭނާ އަހަރެން ފަހަތުން އައެވެ. ” ޝާ އަހަރެން މަރުވެދާނެ.. އަހަރެން ޝާ ދެކެ ވަރަށް ލޯބިވެ.. އަހަރެންނާއި…..” އަހުމާން ބުނަން އުޅޭ އެއްޗެއް އަހަންނަށް އިނގުނެވެ. އެހެންވެ އޭނަގެ ވާހަކަ މެދު ކަނޑާލީމެވެ. “އަހޫ.. އައި އެމް ސޮރީ.. ޝާ އަހުމާން އާއި ރައްޓެހިވާނަން..” އޭނަ އުފާލުން ފުންމާލިއެވެ. އަހަރެން އެއްވެސް އުފަލެއް ނުވެއެވެ. ނަމަވެސް ހިނިތުން ވެލާފައި ދަނީ އޭ ބުނީމެވެ.

ގެއަށް އައިގޮތައް އައިސް ޔުނީފޯރމް ވެސް ނުބާލާ އަހަރެން އެނދުމަތީ ގޮސް އޮށޯވެލީމެވެ. އަހަރެންގެ ލޯބި ކަފުންކޮށް އެހެންމީހަކާއި ރައްޓެހިވެވުނީއެވެ. އަހަރެން ފޯނު ރިންގް ވާން ހެދުމުން އެނދުން ތެދުވެ ހެޑްބޯޑް މަތީ އޮތް ފޯނު ނެގީމެވެ. ނުދަންނަ ނަމްބަރެކެވެ. “ހަލޯ.” “ޝާ.. މީ އަހޫ.. ޝާ އަސްލު އަހަރެން ސުވާލެއް ކުރަން މި ގުޅާލީ.. ޝާ އަސްލުވެސް އަހަރެންނާއި ރައްޓެހިވީ ރައްޓެހިވާ ހިތުންތަ؟ ނޫނީ އަހަރެން އެހެން ހެދީމަ އެކަމާ ދެރަ ވެގެންތަ؟” އެއް ނޭވައިމަތިން އަހޫ ފަތިވަރެއް ދަމަލިއެވެ. ‘ކުޅަދާނަ ސޮރެއް މީ’ ހިތާހިތުން އޭނައަށް އެއްޗެހި ކިޔާލުމަށްފަހު އަހަރެން ޖަވާބު ދިނީމެވެ. “ނޫން.. ރައްޓެހިވާން ބޭނުންވެގެން.. ޝާ ވެސް ބޭނުންވި އެކްސްޕީރިއަންސް ކޮށްލަން. އަނެއްކާ އަހޫ ޝާ ދެކެ އެހާ ލޯބި ވެ.. ދެން ކީއްކުރަން ދޯ..” އަހަރެން ސަބަބު އޮޅުވާލީމެވެ. އަހުމާން ދެރަވެދާނެ ކަމަށް ހިތާއެވެ.

މިގޮތަށް ދުވަސްތައް ނިމިގެން ދިޔައެވެ. އަހުމާން އަހަރެންނާއި ވަރަށް ގާތް ކޮށް ވާހަކަ ދައްކާ ހަދައެވެ. އަހަރެންވެސް އޭނަ އާއި ހަމަ އެހާ ގާތްކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ލޯބި ނުވާ މީހަކާއި އެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އޭނާ ގާތު ލޯބި ވެއޭވެސް ބުނަނީ އޭނަ ދެރަވެދާނެއަތީއެވެ. އެހެންމީހުން އުފަލުގައި ބެހެއްޓުމަށް ޓަކައި އަހަރެން އަމިއްލަ އުފާތަށް ވެސް ޤުރުބާން ކޮށްލަން ފަސް ނުޖެހޭތީއެވެ.  އަހުމާން އާއި އެކު ހޭދަ ކުރެވުނު 2 މަސް ދުވަހު ތެރޭ އަހަރެންނަށް ހީކުރެވުނީ އޭނަ އަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށެވެ. އަހަރެންނާއި މެދު ދެކޭ ގޮތާ، ބަހައްޓާ ގާތް ކަމާއި އަދި އަޅާލުމާއި އެފަދަ ހުރިހާ ރަނގަޅު ސިފައެއް އޭނާ އައީ ދައްކަމުންނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެން އައީ އޭނައަށް ނަފްރަތު ކުރަމުންނެވެ. އަހުމާން ގެ އަސްލު ސިފަ އަހަންނަށް ފެނުނީ އެއްރެއަކު އަހަރެން ގާތު ގުޅާފައި ބޭރަށް އައުމަށް ބުނުމުންނެވެ. އަހަރެން ބޭރަށް ނިކުތީމެވެ.

 ޝާ ހިނގާބަލަ އަތިރިމައްޗަށް ދާން. މިރޭ ވަރަށް ހަނދުވަރު ރީތިވާނެ. މިރޭ އަހަރެން ބޭނުން ޝާ އާއި އެކު ހަނދުވަރު ބަލަންދާން..” “ނޫން އަހުމާން.. އަހަރެންނަކަށް ނުދެވޭނެ.. ދައްތަ ވެސް ހިތްހަމަ ނުޖެހޭނެ.” “ދައްތައަށް އިނގެ އެއްނު ދެން ކީއްވެ ބިރުގަންނަނީ.. ހިނގާބަލަ” “ދައްތައަށް އިނގުނަސް ދައްތަވެސް ހިތްހަމަނުޖެހޭނެ ދޯ ރޭގަނޑު ބޭރަށް ދަންޏާ” “ޝާ. އަހަރެން ވަރަށް އުއްމީދު ކޮށްގެން އައީ.. އެކަމު ޝާ އެއްވެސް ވަރަކަށް އަހަރެންގެ އުފާތަކާމެދު ވިސްނައެއް ނުލަ.. އަހަރެން ބޭނުންވާ ގޮތެއް ނުހަދަ.. ޝާ އަހަރެން ވަރަށް ދެރަވެއްޖެ.” ‘ހޫމްމްމްމް.. އެއްކަލަ އެކްޓް.. ކަލެއަކަށް ނޭނގޭތަ ކަލެއަށް ޓަކައޭ އަހަރެން ހުރިހާ އުފަލެއް ޤުރުބާން ކުރީ.. ޝާހާން.. އެންމެ ލޯބިވާ ޝާހާންވެސް.. އެކަމުވެސް ތިބުނީ ވިއްޔަ އަހަރެން ކަލޭގެ އުފާތަކާއިމެދު ނުވިސްނައޭ.. ދައްކާލި މޮޅުވާހަކަ ބަލާބަލަ..’ އަހަރެން އަނގަޔަކުން އެއިން އެންމެ ލަފްޒެއްވެސް ބޭރެއް ނުވިއެވެ. ކިޔާ އެއްޗެއް ކިޔުނީ ހިތާ ހިތުންނެވެ.

އަންނާނަން ދައްތަގާތު އަހާފަ” އަހަރެން އެހެން ބުނުމަށްފަހު ގޭތެރެއަށް ވަދެގެން އައީ ދައްތަ ބޭރަށް ދިއުމަށް އިންކާރު ކުރާނެކަމަށް ހިތާ ހިތުން ދުއާ ކުރަމުންމެވެ. ނަމަވެސް ކަން ވީ އަހަރެން ބޭނުންވި ގޮތަކަށް ނޫނެވެ. ދައްތަ ވަރަށް ފަސޭހައިން ދިއުމަށް ހުއްދަ ދިނެވެ. އަވަހަށް އައުމަށް ބުނެފައެވެ. ‘އަހޫ… ދައްތަވެސް ދޯ.. ދައްތަގެ ނަޒަރުގައި ހާދަ ރަނގަޅޭ ކަލޭ.. އާނ.. އަސްލު ރަނގަޅު އިނގޭ އެކަމުވެސް ކަލޭ އަހަރެންގެ އުފާތައް.. ހުންހްހްހް.’ އަހަރެން ހިތާ ހިތުން އޭނައަށް އެއްޗެހި ކިޔާލީމެވެ. އޭނާ ރަނގަޅުކަން އަހަރެންވެސް ގަބޫލުކުރަމެވެ. ނަމަވެސް އޭނާ ދެކެ އަންނަ ރުޅީގެ ސަބަބުން ހިތާހިތުން ނަމަވެސް އެއްޗެހި ކިޔެނީއެވެ. “ހިނގާ ދޯ ދާން.. ދައްތަ ބުނީ އަވަހަށް އަންނަންޗޯ” “ޔޭ.. ހިނގާ އަވަހަށް ދާން” ދިޔަ މަގުމަތީވެސް އަހަރެން ދިޔައީ ވަރަށް ކުދި ކިޔަމުންނެވެ. އަތިރިމައްޗަށް އައިސް އަހަރެން ޖައްސާލީ ހަދާފައި ހުރި ޖޯލިފައްޗެއްގައެވެ.

ކުއްލިއަކަށް އަހަރެންގެ އިސްތަށިގަނޑަށް ވާން ވިއެވެ. އަހަރެން ފަހަތް ބަލާލިއިރު އަހުމާން ހުރީ އަހަރެންގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެންނެވެ. “އަހޫ.. ވަރަށް ތަދުވޭ އެބަ. ދޫކޮށްލަބަ..” “ޝަރުތެއް މަތިން” “ކޮން ޝަރުތެއް” އަހަރެން އުނދަގުލަކުން ނަމަވެސް އިސަތަށިގަނޑު އޭނާގެ އަތުން ދަމައިގަތީމެވެ. އަހުމާން އަހަރެންގެ ކައިރިއަށް އައެވެ. އެއަށްފަހު އަހަރެން ގައިގާ އޮޅުލައިގަތެވެ. “އަހޫ!” އަހަރެން އޭނާ ކޮށްޕާލީމެވެ. “އަހަރެން ބުނިން ދޯ މި ގުޅުން ފެށުމުގެ ކުރިންވެސް އަހަރެންގައިގާ އަތް ލައިގެން ނުވާނެ ޔޭ..” އަހަރެން ވަރަށް ރުޅިއައެވެ. “އާނ.. އެހެންތާ ވާނީ.. ޝާހާން އަށް އަކަނި ވިއްޔަ އަތްލެވޭނީ.” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޝާހާން؟؟” “އާނ ޝާހާން އޭ.. ޝިފާ އަހަރެންގާތު ބުންޏޭ ކަލޭ އުޅެނީ ޝާހާން އަކާ ހެދިޔޭ.. އަހަރެންދެކެ ލޯބި ނުވާއިރުވެސް ލޯބިވެޔޭ ކިޔަ ކިޔާފައި އުޅެން ލަދު ނުގަނޭތަ.؟ ކަލޭ އަހަންނަށް ބޭވަފާތެރި ވީ ކީއްވެ؟” “ޝިފާ…” އަހަރެން ޝިފާއަށް ކުރަމުން އައި އިތުބާރު އެހިނދު ފުނޑު ފުނޑު ވިއެވެ. “އަހޫ.. އަހަރެން ބޭވަފާތެރި ވެފައި ކޮބާތަ؟ އަހަރެން ޝާހާން ދެކެ ލޯބިވުން އެއީ ބޭވަފާތެރި ވުމެއް ނޫން.. ޝިފާ ނުބުނޭތަ އޭނަ އަހަރެންގާތު އަހޫގެ ފުރާނައަށް އެދި ސަލާމް ޖެހި ވާހަކައެއް.. އޭނަ އަހަރެންގާތު އާދޭސް ކުރީމާ ރައްޓެހިވީ.. އެހެން ކަމެއް ވެގެނެއް ނޫން.. ކަލޭ ދެރަ ވެދާނެއަތީ ލޯބި ވެޔޭވެސް ބުނަނީ..” އަހަރެންގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އަޑުވެސް ދިޔައީ ބާރުވަމުންނެވެ. “ހަބަރުދާރު.. އަހަރެން ކުރިމަތީ ބާރަށް ވާހަކަ ނުދައްކާތި.. އެހެންނޫނީ އަހަރެން މީ ނުލަފާ މީހެއްކަން ދައްކާލާނަން” ” ކަލެއަކަށް ތިޔަށްވުރެ ބޮޑަކަށް ނުލަފައެއް ނުވެވޭނެ…” އަހަރެންވެސް ދެރަނުވާން ބުނެލީމެވެ. “ވަރަށް ވޭ ދޯ ޝާހާން ދެކެ ލޯބި. ހުރެބަލަ..” އޭނާ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ވާ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ. އަހަރެން ލާފައި ހުރީ އަތްދިގު ޓީޝާޓެކެވެ. އަހަރެންގެ އަތް މައްޗަށް އޮޅާލުމަށް ފަހު ޖީބުން ނެގި ކަޓަރު ތިލައަކުން އަހަރެން އަތުގައި “އެސް” އަކުރެއް އެޅިއެވެ. އަހަރެންނަށް ހިރިވެސް ނުލެވޭހާ ބާރަށް އޭނާ ހުރީއަހަރެންގެ އަތުގައި ހިފަހައްޓާފައެވެ.  ހިރި ލައިފިއްޔާ އަހަރެން އަތުގައި ކަޓަރު އެޅޭނެއޭ އަހަރެންގެ ޒަމީރު ބުނަމުން ދިޔައެވެ.

އަހަރެން އަތުން ލޭ އަންނަން ފެށިއެވެ. “އަހޫ.. ދޫކޮށްލަބަލަ ޕްލީސް” އަހަރެންނަށް ރޮވުނެވެ. “ކަލޭ ހީކުރީ ތިޔަ ކަރުނަތަކުން އަހަރެންނަށް އެއްވެސް އަސަރެއް ކުރާނެ ކަމަށްތަ؟ ނުކުރާނެ.. ހަހަހަހަ” އަހަރެން ކަނާއަތުން އަހުމާންގެ ކަންކަށިމަތީ ޖެހީމެވެ. ޖެހުނުލެއް ބާރުކަމުން އަހަރެން އަތުންވެސް ދިލަ ނަގައިގަތެވެ. އަހުމާން ބިންމައްޗަށް ވެއްޓުނެވެ. އަހަރެން ދުއްވައި ގަންނަން އުޅެނިކޮށް އަހުމާން އަހަރެންގެ ފައިގައި ހިފާ ވައްޓާލިއެވެ. އަދި އަހަރެންގެ ގަޔަށް ވެއްޓިގަތެވެ .

އަހުމާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އޭރުވެސް އަހަރެންގެ އަތުން ލޭ އާދެއެވެ. އެއަށްފަހު ދެން އައީ އަހުމާންގެ އެކުވެރިޔާ ޝާހިދު އެވެ. ޝާހިދު އައިސް އަހަރެންގެ ބޮލާވާ ކޮޅުގައި އިށީނދެލިއެވެ. އެއަށްފަހު އަހަރެންގެ ދެއަތުގައި ހިފެހެއްޓިއެވެ. އަހުމާން އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. ދެން ވާން އުޅެނީ އެހާ ރަނގަޅު ކަމެއް ނޫންކަން އަހަރެންގެ ހިތް ބުނެއެވެ. އަހުމާން ކޮޅަށް ތެދުވިއެވެ. “ޝާ.. އަހަރެން ވަރަށް ލޯބިވެ.. އެކަމު ޝާގެ ހަށިގަނޑު ދެކެ. ޝާ ބަލާބަލަ އެހެން ކުއްޖަކު ތި ކަހަލަ ރީތި ހަށިގަނޑެއް ލިބިފަ ހުރިތޯ. ދޮން މޫނު.. ބޮޑު ދެލޯ.. ލޯބި ލޯބި ދިގު އެސްފިޔަ.. ފިނިފެންމަލެއްގެ ކުލަ އަރާ ތުންފަތް.. ތިޔަ ހަށިގަނޑުގެ ފޮނިކަން ލިބޭނީ އަހަރެންނަށް.” “އަހޫ.. ކަލެއަށް އިނގޭތަ ކިހާ ބޮޑު ފާފައެއްކަން ތީ.. ކަލޭ ތިޔަ ކުރަން އުޅޭކަމެއް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. ހަނދާން ބަހައްޓާތި.” އަހަރެން ބިރުން ހަލާކުވިއެއްކަމަކު އަހަރެންވެސް ރައްދު ދިނީމެވެ. އަހަރެން ހަޅޭލަވަން ފެށީމެވެ. ކޮންމެވެސް މީހަކަށް އަޑު އިވޭނެ ކަމަށެވެ.

“ހަހަހަހަ.. ކާކަށް އަޑު އިއްވަން.. މިތަނަކަށް ނާންނާނެ އެކަކުވެސް” އަހަރެންނާއި ދިމާލަށް ތިރިވަމުން އަހުމާން އެހެން ބުނެލިއެވެ. އަހަރެން ދެފައިގައި ހުރި ބާރެއްލާ އަހުމާން ކޮށްޕާލީމެވެ. އެއަށްފަހު އެގޮތް މިގޮތް ހަދައިގެން ޝާހިދުވެސް ކޮއްޕާލީމެވެ. އަހަރެން އައީ އިންޓަނެޓްގެ ޒަރިއްޔާއިން ސެލްފް ޕްރެޓެކްޓް ކުރާނެ ގޮތްތައް ދަސް ކުރަމުންނެވެ. އެކި އެކި ޓްރިކްތަށް އަހަރެން އައީ ދައްތަގެ އަންހެން ދަރިފުޅާ އެކު ޕްރެކްޓިސް ކުރަމުންނެވެ. މި ކަހަލަ ދުވަހެއް އައިސްދާނެއަތީއެވެ. އެ ޕްރެކްޓިސް ތަކުގެ ބޭނުން ހިފަން މިއަދު މިއޮތީ ޖެހިފައެވެ. އަހަރެން ޝާހިދު ކޮށްޕާލުމަށް ފަހު ކޮޅަށް ތެދުވީމެވެ. އެއަށް ފަހު ދުއްވައިގަތީމެވެ. އަހުމާން އަހަރެންގެ ފަހަތުން އަންނަން ފެށުމުން އަހަރެން މަޑުކޮށްލީމެވެ. އަދި އަތުގަ އޮތް ވަރުލާ އޭނަގެ އެތަން މިތާ ތަޅަން ފެށީމެވެ.  އަހަރެން އަތުން ލޭ އަންނަކަމެއް ވެސް އަހަންނަށް އިހުސާސް ނުވެއެވެ. ގޮށްމުސުން އަނގަމަތީ ޖެހި ވަގުތު އޭނާ ވެއްޓުނެވެ. އެއަށްފަހު ހިރިލާން ނޭނގިފައި އޮތެވެ.

އަހަރެން އަނެއްކާވެސް ދުއްވައިގަތީމެވެ. އަހަރެން މަޑުކޮށްލީ ބޮޑުމަގާ ހަމަޔަށް އަރާފައެވެ. އަހަރެންގެ މުޅި ގައިގާ ވަނީ ހުސް ވެއްޔެވެ. މުޅި އިސްތަށިގަނޑުވެސް މެއެވެ. އަހަރެން އަވަހަށް ގެއަށް ގޮސް ފެންވަރާލީމެވެ.  އެތަކެއް ފަހަރު ބޯ ދެވެގެން އިސްތަށިގަނޑުގައި ހުރި ވެލިތައްވެސް ފިލުވައިލީމެވެ. އަދި އަތް ސާފު ކޮށްލުމަށްފަހު މަލަމެއް .އަތުގައި އެޅީމެވެ.އެއަށްފަހު އައިސް އެނދުގައި އޮށޯވެލީމެވެ. އަހަރެން މާތް ﷲއަށް ހަމްދު ކުރީމެވެ. އަހަރެންނަށް އެމީހުންނާއި ކުރިމަތިލާން ހިތްވަރު ދިނީމިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވަގުތު ފާއިތުވުމުގެ ކުރިން…

Next

ހިޖުރަ (ތޭވީސްވަނަ ބައި)

Next
September 8, 2015

ހިޖުރަ (ތޭވީސްވަނަ ބައި)

Previews
September 8, 2015

ވަގުތު ފާއިތުވުމުގެ ކުރިން…

9 Comments!

  1. fareeaaa says:
    September 8, 2015 at 9:37 pm

    salhi

    1. Ryn says:
      September 8, 2015 at 9:41 pm

      thnks fareeaa

  2. Shabee says:
    September 8, 2015 at 9:38 pm

    Wow ryyn…vrh exciting story eh 😀 m always with u…bst of luck 🙂

    1. Ryn says:
      September 8, 2015 at 9:43 pm

      thnks shabee….. 😉

  3. Ryn says:
    September 8, 2015 at 9:44 pm

    guys plx let me knw abt the mistakes 😉 thnks fr reading..

    1. Shabee says:
      September 8, 2015 at 9:45 pm

      Emme fahu bas…hiyy varu dhineemi ehnoon…. Hiyy varu dhinee ma eve… Heheee 😛

    2. Ryn says:
      September 8, 2015 at 9:51 pm

      oops.. sry.. :P… my mistake..

  4. zai says:
    September 9, 2015 at 7:28 am

    V salhi mi story..keep it up ryn..?

    1. Ryn says:
      September 9, 2015 at 7:51 am

      thnks Zai 😉

Comments are closed.

Next Episodeއަހަރެން މަރުވަނީ!!! ޕާޓް 3←


All Right Reserved!