Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 7

Star Fire Level 310 Stories
February 14, 2022 7 Mins Read
1 Comment

އަޒްހާ ފަހަތަށް ބަލައިލިއިރު އެތާގަ ހުރީ ނަވާން އެވެ. އެހެންކަމުން ނަވާން ގެ ފަހަތުގަ މީހަކު ހުރިތޯ ބަލާލިއެވެ. ނަމަވެސް ނެތުމުން ހީވި ހީވުމަކަށް ހަދާލަމުން އަޒްހާ ހިންގައިގަތެވެ. އެއްފިޔަވަޅު ނޭޅެނީސް އަނެއްކާވެސް އަޒްހާ އަށް ގޮވައިލިއެވެ. އެއީ ނަވާން ގެ އަޑުކަން އެނގުމުން އަޒްހާ ގަނޑުވާ ކަހަލައެވެ. އަޒްހާ މަޑުމަޑުން ފަހަތަށް އެނބުރި ލިއެވެ. ” ކީއްވެ ފާޑަކަށް ތި ބަލަނީ” ނަވާން އެހެން ބުނުމުން އަޒްހާ އަށް ބަލައިގެން ހުރެވުނެވެ. އަޒްހާ ކަޅި ޖަހާ ނުލައި ބަލަން އިނުމުން ނަވާން ކަރުކެހިލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ” އެނގޭތަ ދޮންތަ ވީތަން” ނަވާން އެހެން ބުނުމުން އަޒްހާ ނައިރާ ގެ ކޮޓަރިއަށް އިޝާރާތް ކުރިއެވެ. އިތުރު އެއްޗެއް ބުނަން ނޭނގުމުން ނަވާން އޯކޭ އޭ ބުނެލިއެވެ. އަދި ނައިރާ ގެ ކޮޓަރި ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އަޒްހާ ވެސް ނަވާން އާ ދައްކާނޭ އިތުރު ވާހަކައެއް ނެތުމުން އެތަނުން ދިޔައެވެ. ނައިރާ ކޮޓަރީ ދޮރު ހުޅުވައިލީއިރު ކުރިމަތީގަ ހުރި ނަވާން ފެނި ހިސާބަކަށް ހައިރާން ވިއެވެ. ނަމަވެސް ހިނިތުވުމަކާއެކު ކިހިނެއްވީތޯ އަހާލިއެވެ. ” ނަވާން…. ކިހިނެއްވީ”  ” ދޮންތާ ކުޑަ ވާހަކައެއް ދައްކާ ލާން ބޭނުން އެކަމް މިތާކު ނޫން ބޭރުގަ” ނަވާން އެހެން ބުނުމުން ނައިރާ ގެ ހައިރާން ކަން ދެގުނަ ވިއެވެ. ނައިރާ އެންމެ ރަނގަޅު ކަމަށް ބުނެ ކޮޓަރީ ދޮރު ލައްޕާލުމަށްފަހު ނަވާން ގެ ފަހަތުން ދިޔައެވެ. މަގުމަތިން ހިނގާފަ ދިޔައިރު ނަވާން އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ނަވާން ގެ އެ މަޑުމައިތިރިކަން ނައިރާ އަށް އުނދަގޫ ކުރަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ދެމީހުން ވެސް ހިނގާފަ ގޮސް ހުއްޓުނީ ރަށު މީހުން އާމުކޮށް ނާންނަ ހިސީބެއްގައެވެ. ނަވާން އިރުކޮޅެއްވަންދެން އިސްޖަހައިގެން އިނުމަށްފަހު ބުނެލިއެވެ. ” ސޮ…. ސޮރީ ދޮންތާ” ނަވާން އެހެން ބުނުމުން ނައިރާ އެބުނި އެއްޗެއް ގެ މާނަ ނަގާނޭ ގޮތެއް ނޭނގުނެވެ. ” ހުރިހާ އެއްޗެއް އެނގިހުރެ….. އަމް ރިޔަލީ ސޮރީ ދޮންތާ” ނަވާން އަނެއްކާވެސް އެހެން ބުނުމުން ނައިރާ ގެ ހިތުތެރެއަށް ބިރުވެރިކަން ވަނެވެ. ” ނަ…ނަވާން ކޮން ހު…. ހުރިހާކަމެއް” ނައިރާ އަށް އެހެން ބުނެވުނީ ވެސް އަޅައަޅައި ގަންނަމުންނެވެ. ” މަންމަ ދޮންތަ އަށް ކުރާ އަނިޔާ ތަކާއި…… ކޮންމެ ދެރެއިން އެއްރޭގަ ދޮންތަ-” ނަވާން އަށް ބުނެވުނީ އެހިސާބަށް ށެވެ. އެއިރު ނަވާން ގެ އަތް ވަނީ މުއްކަވާލަފައެވެ. ނަވާން އެ ޖުމްލަ ފުރިހަމަ ނުކުރިއަސް އެބުނީ ކީކޭކަން ނައިރާ އަށް ވަރަށް ވެސް ރަނގަޅަށް ފަހުމުވިއެވެ. ” ސޮރީ ދޮންތާ ހުރިހާ ކަމެއް އެނގި ހުރެ ވެސް އައި ކުޑުންޓް ހެލްޕް” ނަވާން އެހެން ބުނި އިރު އެ ދެ ލޮލުގައި ކަރުން ތަށް ޖަމާވަމުން ދިޔައެވެ. ނަމަވެސް ކުޅަދާނަ ކަމާއެކު އެ ކަރުނަ ތަށް ހިނދާލަމުން ނައިރާ އަށް ބަލާލިއެވެ. ނައިރާ އިނީ އިސްޖަހައިގެންނެވެ. ” ދޮންތާ ވިލް ޔޫ ފޮގިވްމީ” ނަވާން އެހެން ބުނުމުން ނައިރާ އިސްނަގާލީއެވެ. އަދި ބުނެލިއެވެ. ” އިޓްސް އޯކޭ ނަވާން  އެއީ ނަވާން ގެ ކުށެއް ނޫން” ނައިރާ އެހެން ބުނުމުން ނަވާން އެކަމަށް އިންކާރު ކުރިއެވެ. ” ނޫން ދޮންތާ އިޓްސް މައި ފޯލްޓް… އަހަރެންގެ މޮޔުކަން މަންމަ ބުނި ބަހަށް ހެއްލުނީތީވެސް” ނަވާން އެހެން ބުނުމުން ނައިރާ ދެން އަޅާނުލާށޭ ބުނެލިއެވެ. އަދި އެހެން ބުނަމުން ނަވާން ކައިރީ ފިހާރައަށް ދާން ހިނގާށޭ ބުނެލިއެވެ. ތެދަށް ބުނާނަމަ ނައިރާ ހުރީ ނަވާން ސަހީނާ ގެ ވާހަކަ ދައްކާތީ ދެރަވެފައެވެ. 

 

ނާއިޒް އާއި މިޝްހާ ދިޔުމުން ރިޒާ އާއި އަޔާޒް އާއި ނިޔާޒް އެކަނިވިއެވެ. ” ނިޔާޒް…. ތޭންކްސް އިނގޭ ” ރިޒާ ނިޔާޒް އަށް ބަލާލަމުން ބުނެލިއެވެ. ނިޔާޒް އެކައްޗެއްވެސް ނުބުނުމުން ރިޒާ އަނެއްކާވެސް ނިޔާޒް އަށް ގޮވައިލިއެވެ. މިފަހަރު ގޮވައިލުމުން ނިޔާޒް ސޯފާ އިން ތެދުވެގެން ދިޔައީއެވެ. ރިޒާ ވާނުވާ ނޭނގޭ ހާލުގަ އަޔާޒް އަށް ބަލައިލިއެވެ.” ކިހިނެއް ވެފަ އެ ހުރީ އަނެއްކާ ޒައިދާން ކަމެއްކުރީތަ ” ރިޒާ އަޔާޒް ކައިރި އަހާލުމުން އަޔާޒް ހެމުން ހެމުން ވީގޮތް ކިޔައިދިނެވެ.” އޯހް އެހެން ވެ އެ ހުރީ ކުޑަކުއްޖެއް ހެން ރުޅިއައިސްފަ ” ރިޒާ ހެމުން ހެމުން ބުނެލިއެވެ. އަދި ބޭރަށް ނިކުތެވެ. އެއިރު ނިޔާޒް އިނީ ގަހުގެ އުނދޯލިގައެވެ. ރިޒާ މަޑުމަޑުން ގޮސް ނިޔާޒް ގެ ކުރިމައްޗަށް ފޮއް ކިޔާފަ އެރުމުން ނިޔާޒް ދިޔައީ ސިއްސައިގެންނެވެ.” ނިޔާޒޫ……. ނިޔާޒޫ ” ރިޒާ މަޖާވެފަ ހުރެ ނިޔާޒް އަށް ގޮވައިލިއެވެ. ނިޔާޒް ރިޒާ އަށް ބަލައިލިއެވެ. ރިޒާ ތުން ދަމައިގެން ހުރުމުން ނިޔާޒް ކުޑަކޮށް ހިނިއަންނަ ގޮތްވެއެވެ. ނަމަވެސް އެ ހިނިގަނޑު ބަނޑަށް ހިނދާލަމުން ރުޅިއަންނަ ކަމަށް ހެދުނެވެ.” ކިހިނެއްވީ ” ނިޔާޒް ހިތްހަމަ ނުޖެހިފަ ވާކަމަށް ހެދެމުން ބުނެލިއެވެ.” ހަމަ އެހާ ވެސް ރުޅިއައިސްފަ ތިހުރީ ” ރިޒާ އެހެން ބުނުމުން ނިޔާޒް ދެބުމަ ގޮށް ޖަހާލަމުން ރިޒާ ގެ މޫނާއި ކައިރި ވެލި އެވެ. އަދި ބުނެލިއެވެ.” މަ ކީއްވެ ރިޒާ ދެކެ ރުޅި އަންނަން ވީ ރިޒާ ތީ މަގެ ކާކު ކަމަށް ”  ނިޔާޒް ރިޒާ ގެ މޫނާއި އެހާ ކައިރިން އިނުމުން ރިޒާ ހުރީ ނޭވާ ހިފަހައްޓައިގެންނެވެ. އެއްލި ކަޅިއަކުން ރިޒާ އަށް ފެނުނީ މަގުގެ އެއްފަރާތެއްގައި ލޯއަޅައިގެން ހުރި ޒައިދާން އެވެ. ރިޒާ ވަގުތުން ނިޔާޒް ގެ މެޔުގައި އަޅާފަހަތަށް ކޮއްޕައިލީމެވެ. ރިޒާ ގެ މި ކުއްލި އަމަލުން ނިޔާޒް ދިޔައީ ސިއްސައިގެންނެވެ. ނިޔާޒް މަގުމައްޗަށް ބަލައިލީ ރިޒާ ދެލޯ ބޮޑުކޮށްގެން މަގުމައްޗަށް ބަލަން ހުރުމުންނެވެ. މަގުމަތީގައި ހުރި ޒައިދާން ފެނި ނިޔާޒް ރިޒާ ގެ އަތުގައި ހިފުމަށް ފަހު ނިޔާޒް އާއި ދިމާއަށް ދަމައިގަތެވެ. ރިޒާ ނުވިސްނާ ހުރުމުން އައިސް ޖެހުނީ ނިޔާޒް ގެ ތަނަވަސް މޭމަތީގައެވެ. ޒައިދާން ނިޔާޒް އާއި ދިމާއަށް ބަލަން ހުރުމަށްފަހު އެތަނުން ދިޔައެވެ. މިތަން ފެނި ރިޒާ އިތުރަށް ހާސްވި އެވެ. އެއީ ޒައިދާން އެހާ އަވަހަށް ދިޔުމުން ނެވެ. ޔަގީން ވަންޏާ ޒައިދާން ކޮމެއްވެސް ކަމެއް ރާވަމުން އެބަދެއެވެ. އެހެން ނޫންނަމަ އެހާ އަވަހަށް ނުދާނެއެވެ. ނިޔާޒް އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަސްލު އޭނަ އެހެން ހެދީ ޒައިދާން އަށް ކިހާވަރެއް ވޭތޯ ބަލަންށެވެ. ނަމަވެސް ރިޒާ ގެ ހިތުގެ ވިންދު އެހާ އަވަސް ވެފައި ހުރުމުން ނިޔާޒް ގެ އަތާއި ފައި ފިނި ވީ ކަހަލައެވެ.

 

 ” އެހެމް އެހެމް” ކުއްލިއަކަށް އަޒްހާ ކަރުކެލި އަޑު އިވުމުން ނިޔާޒް އާއި ރިޒާ ދިޔައީ ސިއްސައިގެންނެވެ. ” ދެމީހުން އުނދޯލި ކައިރީގަ މާ ތި ފޮޅުއްވަނީ” އަޒްހާ ހިނިއައިސްފަ ހުރެ އެހެން ބުނުމުން ނިޔާޒް ކުޑަކޮށް ހީލިއެވެ. ފިހާރައަށް އަށް ގޮސްފައި ގެއަށް ވަންނަން އައި ނައިރާ އާއި ނަވާން އަށް ވެސް މި މަންޒަރު ފެނުނެވެ. “ތި ދެމީހުން ކީތް ތި ކުރަނީ” ނަވާން ގެ އަޑު އިވުމުން ނިޔާޒް ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ވަގުތުން ރިޒާ ގެ ހަށިގަނޑުން ދޫކޮއްލިއެވެ. ނަވާން ގެ އަޑުގައި ވާ ލާނެތް ކަން ފާހަގަ ކުރެވުމުން އަޒްހާ ހުރީ އަނގަ ހުޅުވި ފައެވެ. މިތަން ފެނި ނައިރާ ބުނެލިއެވެ. ” އަޒްހާ ތި އަނގަ ބަނދު ކޮއްބަލަ ނޫނީ މެއްސެއް ވަދެދާނެ” ނައިރާ އެހެން ބުނުމުން އަޒްހާ އަނގަ ބަނދުކޮއްލިއެވެ.  ނައިރާ އެހެން ބުނުމުން ނަވާން ހިނިގަނޑެއް ޖަހާލިއެވެ. އެއަޑު އަޒްހާ އަށް އިވުނީ މިއުޒިކެއްގެ ގޮތުގައެވެ. ބަރު އަޑެކެވެ. ނަމަވެސް އަޑުއަހަން އެހާ ފަސޭހަ އެވެ. އަޒްހާ އެހެން ހިތަށް އެރުމުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. އަދި އަމިއްލަ ނަފްސާ ސުވާލު ކޮއްލިއެވެ. މި ފޮނި ބޯކިބަ ގަނޑު ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް މިވަނީ ކީއް ހެއްޔެވެ ؟. އަޒްހާ އަށް އެ ސުވާލުގެ ޖަވާބު ނޭނގޭ ހާލުގައި ގެއަށް ވަނެވެ. ނައިރާ ވެސް ނިޔާޒް އާއި ރިޒާ އެކަކު އަނެކަކަށް ގެއްލިފަ ތިބުމުން އެކައްޗެއްވެސް ނުބުނެ ގެއަށް ވަނެވެ. ” އެހެމް….. ތީ ދެމީހުން މާ ފޮޅުއްވަންޏާ ދޭ އެ ފަރާތަށް މަގުމަތިން ދާ މީހަކަށް ފެނިއްޖެނަމަ އުނި އިތުރު ކޮއްގެން ތި ދެމީހުންގެ ވާހަކަ މުޅި ރަށު ތެރޭގަ ކިޔާނެ” ނަވާން އެހެން ބުނުމަށް ފަހު ގެއަށް ވަދެގެން ދިޔައެވެ. ނައިރާ ގޮސް ބަދިގޭގަ ފިހާރައިން ގަނެގެން ގެނައި އެއްޗެހިން ބެހެއްޓި އެވެ. އަދި ބަދިގެއިން ނިކުންނަން ދިޔައެވެ. ނަމަވެސް ނިކުންނަން އެޅި ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ މީހެއްގެ އަޑުއިވުމުން ނެވެ. ނައިރާ އެއަޑު އަންނަ ދިމާ ޔަގީން ކޮއްލިއެވެ. އެއަޑު އަންނަނީ ގޭ ބިއްދޮއް ފަރާތުގައި ހުރި ހަޓުންނެވެ. ނައިރާ ގޮސް ބަދިގޭ ދޮރު ހުޅުވާލާފައި އަޑުއަހަން ފެށިއެވެ. އެއީ ވޭނުން ފުރިގެން ވާ އަޑެކެވެ. 

 

” ލޯބިން ބުނެދޭ މަގެ ހާލު ކަލާ އަށް 

 

ބުނެދޭން ނޭނގޭ މަށަށް މި ވާވަރު

 

މޮޔަ މަވެދާނޭ ތިޔަ އިންތިޒާރުގަ 

 

މީ މަށައް ކުރެވޭ ވޭނީ ހިޔާލެއް 

 

*******

*****

***

ލޯބި ވީމޭ  ލޯ މެރީމޭ 

 

ލޯބިވާ ވަރު އަނގަ ދީ 

 

ރޯ މަލީމޭ ގިސްލާ މިތަނުގާ އެކަނި މަ ކޮއްފާ ތި ދިޔާ 

 

ހީވެސް ނުކުރަން ކަމަނާ ދުރުވާނެ ކަމަށް މި ހަޔާތުން 

 

ހީވެސް މިވަނީ ހިތް ކުދި ވޭ ދޯ ކާ ދިން ފާޑުން 

 

ނިންމާ ތިލަނީ މަގެ ހުވަފެން ކުރުކޮށް ލީ ފަނޑު މި ހަޔާތޭ 

 

ޒިންމާ ނުވަމޭ ނުބުނާ ބަހަކަށް އަނޑު ފަނޑު ކޮށް ފަނޭވޭ

 

ލޮބިވާއޭ އަންނާށޭ  ކާރީގާ ހުރެލާށޭ 

 

ލޮބިވާއޭ އަންނާށޭ ދޫކޮއްފަ ނުމެދާށޭ 

 

ލޯބިން ބުނެދޭ މަގެ ހާލު ކަލާ އަށް 

 

ބުނެދޭން ނޭނގޭ މަށަށް މި ވާވަރު 

 

މޮޔަ މަވެދާނޭ ތިޔަ އިންތިޒާރުގަ 

 

މީ މަށައް ކުރެވޭ ވޭނީ ހިޔާލެއް 

 

ވާގޮތެއް ވެ ނިމިއްޖެޔޭ 

 

ވަނުވާ ވެސް އެނގިއްޖެ އޭ

 

ކެހިދިން ވަރު ފުދިއްޖެއޭ 

 

ހިތް އެކީ ފަނާ ވެއްޖެއޭ * 

 

އަޔާޒް އަށް އެންމެ ފަހުން ލަވަ ކިޔަން އުނދަގޫވުމުން ލަވަ ކިޔުން ހުއްޓާލިއެވެ. އެއިރު އަޔާޒް ގެ ލޮލުން ކަރުނަތަށް އޭގެ މަގާމު ދޫކޮށްފަ ފައިބަމުން ދިޔައެވެ. އަޔާޒް ސިއްސައިގެން ދިޔައީ އޭނާގެ ކޮނޑުގައި މަޑު މަޑު އަތެއް ބޭއްވި ކަމުގެ އިހުސާސް ކުރެވުމުން ބަލާލިއެވެ. އެއީ ނައިރާ އެވެ. ނައިރާ ސީދާ އަޔާޒް ގެ މޫނަށް ބަލައިގެން ހުރުމުން އަޔާޒް އަވަހަށް އަނެއްފަރާތަށް އެނބުރިލަމުން ކަރުނަ ތަށް ފުހެލި އެވެ. އަދި ނައިރާ އަށް ބަލައިލިއެވެ. ” ކިހިނެއްވީ” އަޔާޒް އަހައިލީ ހަމައެކަނި އެހެންނެވެ. އަޔާޒް ގެ ކުރަކި ވެފައިވާ އަޑު ކަންފަތުގައި ޖެހުމުން ނައިރާ ދެރަވިއެވެ. ނައިރާ ހުރީ އަޔާޒް ލަވަކިޔާ އަޑު އަހަށް ބަދިގޭގައެވެ. އަޔާޒް ގެ ކައިރިއަށް އާދެވުނު ގޮތް ހުދު ނައިރާ އަށް ވެސް ނޭނގުނެވެ. ނައިރާ އެކައްޗެކޭވެސް ވެސް ނުބުނުމުން އަޔާޒް ހީލިއެވެ. އަދި އަޑަށް ލާނެތް ކަން ގެންނަމުން ބުނެލިއެވެ. ” ކީއްވެ ތި ވަރަށް ތި ބަލަނީ އަނެއްކާ ނައިރާ އަހަރެންނަށް ހިތަކީ ތަ” އަޔާޒް އެހެން ބުނުމުން ނައިރާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި އަޔާޒް ކައިރީ ގަ އިށީންނިއެވެ. ” އަޔާޒް އެނގޭތަ ކަމެއް ހަނދާން ނެތޭނީ އެކަމެއްގެ މަތިން ހަނދާން ނުކުރަންޏާ އެ ވަށިޔަމަ އުފާވެރި ކަމެއް ވިޔަސް ނޫނީ ދެރަވާ ކަމެއް ވިޔަސް އެކަމް ބައެއްފަހަރު ޔޫ ހޭވް ޓު ލެޓް އިޓް އައުޓް… އަހަރެންނަކަށް ނޭނގެ އަޔާޒް ދެރަވެފަ ތި ހުރީ ކީއްވެ ކަމެއް ސޯ އައި ކާންޓް ކޮމްފޯޓް ޔޫ…… ބަޓް އަލް ގިވް ޔޫ އޭން އެޑްވައިސް ލެޓް އިޓް އައުޓް އޯރް އިޓްލް ކީޕް ސަފޮކޭޓިން ޔޫ……… އެން ދެން ޔޫ ކާންޓް ޔޫސް ޔޯރް ފޭކް ސްމައިލް ޓު ހައިޑް ދަ ޕެއިން ޔޯރް ސަފަރިން ފްރޮމް ” ނައިރާ އެހެން ބުނުމަށް ފަހު އެތަނުން ތެދުވިއެވެ. އަދި ގެއަށް ވަދެގެން ދިޔައެވެ. އަޔާޒް ހުރީ ހައިރާން ވެފައެވެ. ނައިރާ އަށް އަޔާޒް ގެ މޫނު މަތީގަ އެ ހުރީ ފޭކް ސްމައިލް އެއްކަން އެނގުނީ ކޮންހެނެއް ބާއޭ އަޔާޒް ހިތަށް އެރިއެވެ. އަޔާޒް އަށް ނައިރާ ދިޔަ ދިމާއަށް ބަލައިގެން އިނދެ ވަނެވެ. 

 

(ދަނވަރުގެ ވަގުތެއް) 

 

ނައިރާ އަށް ހޭލެވުނީ މީހަކު އޭނާގެ ފަޔުގަ ބީހޭހެން ހީވުމުންނެވެ. އެހެން ކަމުން ލޯހުޅުވަލިއެވެ. ލޯ ހުޅުވައިލީއިރު ނައިރާ ގެ ފަޔުގައި ބީހެން ހުރި ޝާހިލް ފެނި ނައިރާ ސިއްސައިގެން ގޮސް ފައި ދަމާގަނެވުނެވެ. ” އަހާ ހޭ ލީތަ” ޝާހިލް ވިހަ ހިނިތުން ވުމަކާއެކު އެހެން ބުނުމުން ނައިރާ ބިރުން ފަހަތަށް ޖެހުނެވެ. އެއިރު ސަހީނާ ވެސް ވިހަ ހިނިތުން ވުމަކާއެކު ނައިރާ އާއި ދިމާއަށް ބަލަ ހުރުމަށްފަހު ބުނެލިއެވެ. ” ހަންދާން ކުރާތީ 9000 ރުފިޔާ ” ސަހީނާ އެހެން ބުނުމަށް ފަހު ނައިރާ އަށް ފުރަގަސް ޖަހާލިއެވެ. ޝާހިލް ހީވީ ސަހީނާ އެހެން ނުބުނެ ގެން ލަސްވެފަ ހުރި މީހެއް ހެންނެވެ. ސަހީނާ ފަހަތަށް އެނބުރުމާއެކު ޝާހިލް ނައިރާ ގެ ގައި މައްޗަށް ބަނޑުހައި ވެފާ ވާ ހިޔަޅެއް ހެން ފުންމައިލި އެވެ. އަދި ނައިރާ ގެ ކަނދުރައިގަ ވަސްގަނނަމުން ނައިރާ ގެ ތުންފަތައް ބޮސްދޭން ފެށިއެވެ. ނައިރާ ޝާހިލް ގެ އަތް ދަށުން ސަލާމަތް ވާން މަސައްކަތް ކުރިއެވެ. ނަމަވެސް ޝާހިލް މާކު ބާރުގަދައެވެ. ” މަ…. މަންމާ…. ހެޔޮ ނުވާނެ….. އަ.. އަހަރެންނަށް ތިހެން ނުހަދާ… މަންމާ” ނައިރާ ގެ އާދެހަށް ބީރުކަން ފަތެއް ދެމުން ސަހީނާ އަލަމާރި ކައިރީގަ ހުރި ސްވިޗް އެއް ޖައްސައިލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ސަހީނާ ނައިރާ އަށް އަގު ކިޔާފައި ދިޔަތަން ނައިރާ އަށް ބަލަން އޮވެވުނެވެ. އެއިރު ޝާހިލް ނައިރާ ގެ ހަށިގަނޑުން ލައިގެން ހުރި ފިޔާތޮށި ކުލައިގެ ނައިޓީ ވަކި ކޮއްލީއެވެ. ނައިރާ ސަލާމަތް ވާން ގަދަ ހަދަން ފެށުމުން ޝާހިލް ނައިރާ ގެ ކަންކަށި މަތީގައި ޖެހިއެވެ. އަދި ނައިރާ ގެ ދެ އަތުގައި ހިފަހެއްޓުމަށް ފަހު ނައިރާ ގެ ހަށިގަނޑުން އުފާ ހާސިލް ކުރަން ފެށިއެވެ. ނައިރާ ސަލާމަތް ވާން ގަދަ ހަދާ ކޮންމެ ފަހަރަކު ޝާހިލް ނައިރާ އަށް ކޮންމެވެސް އަނިޔާއެއް ދެއެވެ. އެއްބައި ފަހަރު އަތުގައި ނިޔަފަތިން އަޅުވާލާ ފިނަމަ އަނެއްފަހަރު އިސްތަށިގަނޑު ގަ ހިފާ ދަމައިގަނެއެވެ. ޝާހިލް ގެ ރަހުމު ކުޑަ ބީހުން ތަކުން ލިބުމުން ދިޔަ އަނިޔާ ތައް ނައިރާ އަށް ކެއްކުރެވެނީ ހަމަ ކިރިޔަ ކިރިޔާ އެވެ. 

 

އަޔާޒް އަށް ހޭލެވުނީ އެއްކަލަ އަޑު އިވިފައެވެ. ހަމަ އެ އަޑެވެ. އެ އާދޭސް އެވެ. ނަމަވެސް އަޔާޒް ނިކުންނި އިރަކު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެހެންކަމުން އަޔާޒް ހިސާބަކަށް ބިރުގަންނަ ގޮތް ވިއެވެ. އަޔާޒް ގެ ހިތައް އެރިއެވެ. އަނެއްކާ މިގެ ހޯންޓެޑް ބާއެވެ؟. އެހެން ހިތަށް އެރުމުން އަޔާޒް އަވަހަށް ބިރުން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އަރާ އޮށިއްނުމާއެކު އަޔާޒް އަށް ނައިރާ މިއަދު ބުނި ބަސްތަށް ހަނދާން ވިއެވެ. އެވަގުތު ނައިރާ ސިފަ ކުރެވުނެވެ. އެ ފަން ދިގު އިސްތަށިގަނޑެވެ. އެ ކުޑަ ކުޑަ މޫނު ކޮޅެވެ. އެ ބޯ އެސްފިޔަ ތަކުގެ ނިވާކަމުގައި ވާ އަޅިކުލައިގެ ކަޅި ރަވަލެވެ. އަދި އަދި އެ ތުނި ފިޔާތޮށި ކުލައިގެ ތުންފަތެވެ. އަޔާޒް އަށް ނައިރާ ސިފަ ވުމުން ހިތުގެ ވިންދު އަވަސް ވިއެވެ. އަދި ނައިރާ ގެ ސޫރަ ދެ ކިލާ ހިތްވިއެވެ. 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހީވޭ ކަލާވޭހެން-38

Next

ހަނދާންވޭ (11)

Next
February 14, 2022

ހަނދާންވޭ (11)

Previews
February 14, 2022

ހީވޭ ކަލާވޭހެން-38

One Comment

  1. Horror queen says:
    February 16, 2022 at 9:21 am

    Mi part ves haadha reehchey❤❤❤
    Waiting for the next part

Comments are closed.

Next Episodeލޯބި ވެވުމުން 8←


All Right Reserved!