Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ފަނަރަވަނަ ބައި

shan Level 410 Stories100 Comments500 Comments100 Login
May 24, 2013 3 Mins Read
10 Comments

މިހާރު ނަޢުމާގެ ދިރިއުޅުމަށް އިތުރު ބަދަލެއް ވަނީ އައިސްފައެވެ. ކުރިން ނަޢުމާއަކީ ފިރިމީހާގެ އަޅާލުމާ ލޯބި ލިބުނު އަތްބެކެވެ. ފިރިމީހާ ފަޚުރުވެރިކަމާއެކު އެހެންމީހުންވެސް މިސާލަކަށް ނަގަންޖެހޭ ކަމަށް ބުނަމުން ދިޔަ އަންހެނެކެވެ. ޝަހީންއަށް ލެއްވި ނަސީބެއްކަމަށް ދެކުނު މީހެކެވެ. ނަމަވެސް މިއަދު ވަނީ އެކަންވެސް ބަދަލުވެފައެވެ. ނިޝްވާ އެކޭ އެއްގޮތަށް ޝަހީންވެސް ވަނީ އޭނާއަށް ނަފުރަތު ކުރަންފަށާފައެވެ. ނަޢުމާ އާއި އިޙްސާން ގެސްޓްހައުސްއަކަށް ވަންނަނިކޮށް ފެނުނީއެވެ. ގެޔަށް އައުމުން ކޮންތާކުންތޯ އެހުމުން ދޮގު ހެދީއެވެ. އެދުވަހު ޝަހީން އަތްތިލަ ހުރިގޮތަށް ނަޢުމާގެ ކޯތާފަތްމައްޗަށް އެރިއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައްފަހަރަކު އެވެ. ނަޢުމާ ގިސްލަ ގިސްލާފައި ރުޔެވެ. މާފަށް އެދުނެވެ. އެހެނަސް އެވަރުގެ ކުށަކަށް މާފު ކުރާނީ ކާކު ހެއްޔެވެ. ކޯޓުން ބޭރުގައި ވަރިކުރުމަކީ ޤާނޫނާ ޚިލާފުކަމެއްކަމުގައި ވިޔަސް އެދުވަހު އޭނާގެ ހިތް ކިތަންމެވަރަކަށްވެސް އެކަން ކުރުމަށް ބުންޏެވެ. ނަމަވެސް ޝާންއާ މެދު ވިސްނާލާފައި އެކަން ނުކުރީއެވެ. އޭގެ ބަދަލުގައި އޭނާ އަނބިފިރި ކަމުގެ ގުޅުން ކަނޑާލީއެވެ. އެއްގެއެއްގައި އުޅޭ ދެބީރައްޓެހިންނަށް ވީއެވެ. އެއް އެނދުގައި ނިދުންވެސް ހުއްޓާލީއެވެ. ޝަހީންގެ އެއްޗެހި ދޮވުމާއި އިސްތިރިކުރުންފަދަ ކަންތައް އަރީކާއާއި ހަވާލްކުރެވުނެވެ. ޝަހީންގެ ރަހުމެއްނެތް ބަސްތަކާ އަނިޔާތަކާވެސް ކުރިމަތިވީއެވެ. މިހުރިހާކަމަކާ ހިތާމަކުރަމުން ރޮމުން ދިޔަ ނަޢުމާ އެވަރުންވެސް އޭނާ އެކަންކުރަންޖެހުނީ ކީއްވެގެންކަމެއް ނުބުނެއެވެ. އޭނާގެ ހިތްބުނެއެވެ. މަޖުބޫރުންނޭ ބުނެ އެވާހަކަ ބުނުމުން އޭނާ އެގެއިން ނެރެއެއްލާލާނެއެވެ. އޭނާގެ އަނގައިން އެވާހަކަތައް ކިޔާ ނުދިނެއްކަމަކު އެކަންތައްވެސް ކޮންމެސް އެއްދުވަހަކުން ފަޅާއަރާނެއެވެ.

އެހާދިޘާ ހިނގާދިޔަތާ އެއްހަފުތާ ފަހެވެ. އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނަޢުމާ އެނދުމަތީ ދެއަތަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ ނުނިދިގެންނެވެ. ޝަހީން އިރުއޮއްސުނުއިރު ދިޔަގޮތަށް ގެޔަށް ނާންނާތީއާވެސް އެކުއެވެ. އެއީމިހާރު އޭނާގެ އާދައެކެވެ. ޝާން ނިދާފަ އޮންނަ ގަޑިއެއްވިއްޔާ ބަލަނީ ނަޢުމާ ފެންނަ ފަށުގައިވެސް ނޫޅެވޭތޯއެވެ. ޝަހީން ގެޔަށް އައީ 2 ޖަހަނިކޮށެވެ. އެނދުމަތީ ނުނިދާ އޮތް ނަޢުމާ ފެނުމުން ޝަހީން މޫނުމަތިން ފާޅުވީ ފޫހިކަމެވެ. އެއްވެސް އެއްޗެއް ނުބުނެ އެއްޗެހި ބަދަލްކޮށްލައިގެން ޓައިލްސް މަތީ ބާލީހެއް ހިފައިގެން އޮށޯތެވެ.

“..ކާން ވީނުން..” ނަޢުމާ އެހިއެވެ. ޝަހީން އޮތީ ނަޢުމާއަށް ފުރަގަސްވާ ގޮތަށެވެ. ނަޢުމާ އިނީ ދެފައިވައްކޮށްގެން އެނދުމަތީ އިށީނދެގެންނެވެ.

“..ނުކާނަން..” ޝަހީން ފަރުވާކުޑަގޮތަކަށް ބުންޏެވެ.

“..ޝަހީން އާދޭ އެނދަށް.. މަ އޮވެދާނަން ތިރީގަ..މީ ޝަހީންގެ ގެޔެއްނުން..” އިރުކޮޅަ މަޑުމަޑުން އިނުމަށްފަހު ނަޢުމާ ބުންޏެވެ. ޝަހީން ފުއްމާގެން ތެދުވިއެވެ. އަދި އެނދުމައްޗަށް އަރާ ނަޢުމާ އަނގަޔަށް ފިތާލިއެވެ.

“..ބުނަން ރަނގަޅު ވާހަކައެއް.. މާ ރަނގަޅު މީހަކަށްވާން އުޅޭނެކަމެއްނެތް..ކަލެޔަކަށް ދުވަހަކުވެސް މަ ހިތެއްހެވެއްނުވާނެ.. ދެނެއް..” ނަޢުމާ އެނދުމައްޗަށް ވައްޓާލިއެވެ.

“.. އަހަންނަށް ކުރެވުނު ކުށުގެ ސަޒާ ތިގޮތަށް ނުދީ މަ މަރާލިޔަސް ހިތަށް މާ ފަސޭހަވާނެ..ހެޔޮހިތުން އަނގައިން ބުނެބުލާތާ އަނިޔާވެސް ކުރަނީ..” ނަޢުމާއަށް ރޮވެން ފެށުނެވެ.

“..ކުރެވުނު ކުށެއްނޫން..ގަސްދުގަ ކުރި ފާފައެއް..ކަލޭ ކުރި ފާފައިގެ ޝަޒާ މީ..” ޝަހީން ރުޅި އިހުނަށްވުރެ ގަދަވިއެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. “.. މި ދަރިފުޅު ލިބިފަ ނެތްނަމަ ކަލޭ މިހާރު މިގެއިން ނެރެއެއްލާލިތާ ކޮންދުވަހެއް.. އެކަމް ބުނަން ދެން ކަލެޔޭ ކިޔާގެން އެކަހަލަ ވާހަކައެއް އިވޭ ދުވަސް ނޫނީ މަށަށް ފެންނަ ދުވަސް އެއީ ކަލޭގެ އެންމެ ފަހު ދުވަސް. އަހަރެމެންނަށް ދަރިޔަކު ލިބިފަ އޮތް މަތިންވެސް ހަނދާން ނައްތާލާނަން.. ހަނދާންކުރާތި މިބުނި ވާހަކަ..”

“..އެކަހަލަ އަޑެއް ނީވޭނޭ..އަހަންނަށް މާފުކޮށްބަލަ..” ނަޢުމާ ރޮމުން ރޮމުންގޮސް ޝަހީން ގައިގަ ފަހަތުން އޮޅުލާގަތެވެ. އޮޅުލައިގަތްކަމެއް ނޭގެއެވެ. ފަޅި ސިކުންތެއް ނުވަނީސް ނަޢުމާގެ އަތް ޝަހީން ނައްޓާލިއެވެ.

“..މަގެގައިގަ އަތްނުލާތި..” ނަޢުމާ ދުރަށް ކޮށްޕާލަމުން ޝަހީން ބުންޏެވެ. ކޮށްޕާލިލެއް ބާރުކަމުން ނަޢުމާ ޓައިލްސް މައްޗަށް ވެއްޓުނެވެ. “..ތީ ނަޖިސް އަންހެނެއް.. ހިލޭ ފިރިހެނުން ކައިރިއަށް ވަންނަ އަންހެނެއް.. މަމިހާރު ކަލެޔަށް ނަފުރަތު ކުރަން އަޑު އިވިއްޖެތަ..”

“..ތިހެން ނުބުނޭ ޝަހީން..” ނަޢުމާ އައިސް ޝަހީންގެ ދެފައިގައި ހިފިއެވެ. ގިސްލަގިސްލާފައި ރޮމުން އާދޭސްކުރަން ފެށިއެވެ. “..އަހަރެން ކުރި ކަމެއްކުރީ ޝަހީންދެކެ ލޯބި ނުވާތީކީ ނޫން.. އަހަންނަށް މާފުކުރޭ.. ހެޔޮނުވާނެ..އާދޭސްކުރަން..”

“..ހުއް..ކަލޭ ހިތަށް ލޯބި މިލަފުޒުވެސް ނޭރުވިއްޔާ ރަނގަޅުވާނީ..” ޝަހީން ތިރިވެ ނަޢުމާގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލިއެވެ. ނަޢުމާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނެކުތެވެ. “..މަ ކަލެޔަށް ދުވަހަކުވެސް މާފެއް ނުކުރާނަން..އަދި ބުނަން ކަލޭދެކެ މިހާރު މަ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ..” އިސްތަށިގަނޑުން ދޫކޮށްލުމަށްފަހު ޝަހީން ބާރު ހިނގުމުގައި ގޮސް ކޮޓަރިން ބޭރަށް ނިކުތެވެ. ނަޢުމާ ރޮމުން ރޮމުން އެނދުގައި ބޯ އަޅާލިއެވެ. މިނޫން ދުވަހެއް ދެއްކެވުމަށް އެދޭ ހާލުގައެވެ.

***************

ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ނަޢުމާ އުޅުނީ އެދުތަންމަތި ރީތިކޮށްލާށެވެ. އަރީކާވެސް ނަޢުމާއަށް އެހީވުމަށް އުޅުނެވެ. ތަންތަން ރީތިކޮށްލާ އެނދުގައި ހަމަޖެހިލި ވަގުތު ނަޢުމާ ފޯން ރިންގް ވާން ފެށިއެވެ. ފޯން އޮތީ ޑްރެސިން ޓޭބަލް މަތީގައެވެ. އަރީކާ ހުރީ އެތާ ކައިރީކަމުން ސްކުރީނަށް އަރާފައިވާ އިޙްސާން ނަންބަރުފެނުނެވެ. އަރީކާ ނަޢުމާ އަތަށް ފޯނު ދިއްކޮށްލުމާއެކު ނަޢުމާ ފޯނަށް ބަލާލިއެވެ. ގުޅަނީ އިޙްސާންކަން އެނގުމުން އޭނާއަށް ބަލާލެވުނީ އަރީކާ އާ ދިމާލަށެވެ. އަރީކާ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ކޮޓަރިން ނިކުތުމާއެކު ނަޢުމާ ގޮސް ތަޅުލިއެވެ. އަދި އެނދުކައިރިއަށް ގޮސް އިށީންނަމުން ފޯނު ނެގިއެވެ.

“..ކަލޭ ކޯއްޗެއް ބޭނުންވެގެން މިހާރު ތި ގުޅަނީ..” ނަޢުމާ ފޯންނެގިގޮތަށް ބުނެލިއެވެ.

“..މަ ގުޅާނީ ކޯއްޗެއް ބޭނުންވެގެންކަން އިނގޭނުން..” އިޙްސާން އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

“..ކަލޭ ތިބޭނުންވާ އެކައްޗެއްވެސް ދެނެއް ނުލިބޭނެ..ކަލޭކައިރީ ކިތަށްފަހަރު ބުނަންވީ.. ލަދެއްނުގަނޭނުން ހުރިހާކަމެއް އެނގުނީމަވެސް މަށަށްގުޅަން.. ކަލޭ ހަދާނެ އެއްޗެއް ހަދާ..” ނަޢުމާ ރުޅި އައިސް ކެކި ގަތެވެ.

“..ތީ ހަމަ އެންމެ ފަހުގެ ނިންމުންތަ؟ ..މަ އަތުގަ އަދިވެސް އެ އެބައޮތޭ..” އިޙްސާން އަތުގައި ބާރެއް އޮތްކަން ހަނދާންކޮށްދިނެވެ.

“..މަ ބިރެއް ނުގަނޭ.. މިހާރުވެސް މިއުޅެންޖެހެނީ އޭނާގެ އަޅާލުމެއް ނުލިބި.. އެވެސް ކަލެޔާ ހެދި..” ނަޢުމާ ބުންޏެވެ. “.. ދެން އިތުރަށް މަވާނެ ދެރައެއް ނެތް.. މިހާލުގަ އުޅުމަށް ކަލެ ކައިރިން މިންޖުވިޔަސް ހިތަށާ ބޮލަށް މާ ފަސޭހަވާނެ..”

“..ހަމަ ޔަޤީންތަ؟ ހީވޭތަ ހުރިހާކަމެއް އެނގުނީމަ ވަރިނުކޮށް ހުންނާނެހެން..” އިޙްސާން ނަޢުމާ ހިޔާލް ބަދަލްކޮށްލެވޭތޯ އުޅުނެވެ. އެބުނި އެއްޗަކުން ނަޢުމާ ހިނދުކޮޅަށް ބަސްހުސްވިއެވެ. އިޙްސާންއަށް އެކަން ފާހަގަވިއެވެ.

“..އެހެންވީމަ މިރޭ..”

“..ހެވޭ ވަރިކޮށްލިޔަސް..” ނަޢުމާ އަޑަށް ބާރުލަމުން ބުންޏެވެ. “..ކަލޭ ކައިރިއަށް ދެނެއް މަށެއް ނުދާނަން.. ލައްކަ ދުވަހު މަ ބުލެކްމެއިލްކޮށްގެން ގެންގުޅެވިއްޖެއްނުން.. ދެން ކޮންމެ ގޮތަކަށް ކަންތައްވިޔަސް މަށެއް ނުދާނަން.. އަޑު އިވިއްޖެތަ..” ނަޢުމާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އިތުރަށް އެގުޅުން ކުރިޔަށް ގެންގޮސްފިނަމަ ވަރިކޮށްލާނެކަމަށް ޝަހީން ވަނީ އިންޒާރުދީފައެވެ. އެހެންވާކަށް ނަޢުމާ ބޭނުމެއް ނުވެއެވެ.

”..އަސްލު ކަލޭ ތީ ވަރަށް ބޮޑު ފިނޑިއެއް.. ކަލެޔަކަށް ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް.. ކަލެޔަކަށް ނުކެރޭނެ ޝަހީން ކުރިމައްޗަށް އަރަންވެސް.. ކަލެޔަށް ކުރެވޭނެކަމަކީ ތިގޮތަށް އަންހެންކުދިންނަށް ބިރު ދައްކާގެން ނާޖާއިޒް ފައިދާނެގުން..” އިޙްސާން ދޭނެ ޖަވާބަކަށް ބެލުމެއް ނެތި ފޯން ކަނޑާލިއެވެ. ނަޢުމާ ފޯން ކަނޑާލިތަނާ މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވިއިރު އަރީކާއެވެ.

“..ފޯން ބަލާ..” ޑްރެސިން ޓޭބަލްމަތީ އޮތް ފޯނަށް އިޝާރާތް ކޮށްލަމުން އަރީކާ ބުންޏެވެ. އަރީކާ ފޯން ހިފައިގެން ނިކުތްއިރު އޭނާގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެނެއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީތީއެވެ. އޭނާ ކޮޓަރިން ދަމުން ފޯން ބާއްވާފައި ދިޔައީ ގަސްތުގައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ސާދަވަނަބައި

Next

ތައާރަފް

Next
May 25, 2013

ތައާރަފް

Previews
May 23, 2013

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ސާދަވަނަބައި

10 Comments!

  1. fathimath Asim says:
    May 24, 2013 at 8:32 pm

    ކޮބާ އަނެންބައިގެ ތަންކޮޅު.ވ އޮބި ވާހަކަ

  2. nishan says:
    May 24, 2013 at 9:23 pm

    އަނެއްބައި ތަންކޮޅު ނުލީ މިފަހަރު..ސަޕްރައިޒް އަކަށް….ތޭންކްސް

  3. ޒައި says:
    May 24, 2013 at 10:37 pm

    ވވވވވވވވ ހަބޭސް …….. ކުރިއަށް އޮތް ބައިގެ އިންތިޒާރުގައި ……. 🙂

  4. nishan says:
    May 24, 2013 at 11:07 pm

    ޝުކުރިއްޔާ ޒައި

  5. ވިޝާމާ says:
    May 25, 2013 at 12:53 pm

    ވަރަށް ސަޅި ކީޕްއިޓް އަޕް

  6. nishan says:
    May 25, 2013 at 3:04 pm

    ޝުކުރިއްޔާ ވިޝާމާ

  7. ާޢާއިޝާ says:
    May 25, 2013 at 5:37 pm

    ވަރަށް ރީތި އަޅެ ތަންކޮޅެއް އަވަހަށް އަޕްޑޭޓް ކޮށްދީބަލަ ޕްލީޒްްްްްްްްްްްްްް ޕްލީޒް ޕްލީޒް

  8. Aishath Zahira says:
    May 25, 2013 at 5:41 pm

    ވވވވވވވވވ ރީތި އިންތިޒާރު ކުރެވެނީ ދެންވާނެގޮތަކަށް

  9. ނަފާ says:
    May 25, 2013 at 9:51 pm

    ވވވވވވވވވވވވ ރީތި…. އަވަހަށް އަޕް ކޮށްލައްޗޭ…….

  10. nishan says:
    May 25, 2013 at 10:44 pm

    ތޭންކްސް އޯލް

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ސޯޅަވަނަބައި←


All Right Reserved!