އެ ހުވަފެން – 6
ފިޒާން؟؟
6 ވަނަ ޕާރޓް
“ހުމްމް ، އޭނަ މިހާރު ގެންގުޅޭ މަންޖެެ ޖޭ ކުރާ ހިތްވަނީ ޔޯލަ” މިއާ ބުންޏެވެ. “އެކަމަކު ، މަށަކީ އެމީހުން ކުޅިވަރު ކުޅެން ހުންނަ ކުޅޭ އެއްޗެއްތަ؟” އަހަރެން އައި ރުޅިން ދެ އަތް މުއްކެވުނެވެ.
ކައިޒާންގެ ނަޒަރުން.
“އުލުވީ ، އެތާ އޮތް ހެޑްސެޓް ގެނެސްދީބެ” އަހަރެން އޮތީ ކައިގެން ކަންނެތްވެފައެވެ. “ނޯ ދޭ އަމިއްލަ އަށް ބަލާ” އުލްވީ ގޮވާލިއެވެ. އަހަރެން އޮތީ ޒުވާބު ކުރާ ކަހަލަ މޫޑެއްގައެއްނޫނެވެ. ފާޑަކަށް ރުޅިވެސް ގަދަވިއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނެ ކުރަން އޮތް ކަމަކަށް މަސްއޫލުވީމެވެ. “ދޮންބޭ!!! އިކޫ؟؟” އަހަރެން ބަލައިލީ އުލްވީ ހަޅޭއްލަވާ އަޑަށެވެ. “ކީތްވީ؟ ހިތްކީ މިހާރުު ، ޖިޒޭ ދެރަވާނެ އެންނު” އަހަރެން މަޖަލަކަށް ބުނީމެވެ. ” ދޮންބޭ! މީ މަޖާ ކުރަންވި ވަގުތެއްނޫނޭ ، އިކޫ މަރުވެއްޖެ، މަތިވޭރުގައި އޮތް ފްލެޓްއެއްގައި ރޯވީ” އުލްވީ ދެން ބުނި ޖުމުލައިން އަހަރެން ވެފައި ހުރި ވަރުބަލި ދިޔައީީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. އަވަހަށް ޓީޝާރޓް ނަގައި ގަޔަށް މަހައިލީމެެވެެ. ދުވަމުން ކަހަލަ ގޮތަކަށް ގެއިން ނުކުތީމެވެ. ސައިކަލަށް އަރައި ވަކި ސްޕީޑަކަށް ނުބަލައި އަހަރެން ދުއްވީމެވެ. ސައިކަލު ހުއްޓާލީ މިކިޔާލް މެންގޭ ދޮށަށެވެ. އަހަރެން އަވަހަށް އެތެރެއަށް ވަނީމެވެ. “މީކީޔާލޫ!! އިކޫޫ މަރުވެގެން އުޅޭއިރުވެސް ކަލޭ ހޭވައްޓާލާފައި ޕޮޕްކޯން ކަމުން ޓީވީ ބަލަން ” އަހަރެން ރޮވެން އުޅޭހެން ހީވުމުން ތުންފަތުގައި ދަތް އަަޅާާ ލެވުނެވެ. ފިރިހެނަކަށްވިޔަސް ކެތްވާނީީ ވަކި ވަރަކަށެވެ. އަހަރުމެންގެ ވެސް އޮންނަނީ ހިތެކެވެ. ގާތް މީހަކު މުޅިި އުމުރަށް ވަކިވުމުން ހިތަށް އަސަރު ނުކުރާނީ ކާކަށް ހެއްޔެވެ. “ކީކޭ؟؟” މިކިޔާލް ހަޅޭއްލަވައިގަންނަމުން ކާން އިން ޕޮޕްކޯން ތަށި ވައިގެތެރެއަށް ހޫރާލިއެވެެ. ވައިގެތެރޭގައި އެނބުރެމުން އައި ޕޮޕްކޯން ތަށި ވެއްޓުނީ މީކާލް ގެ ބޮލަށެވެ. އަހަރެން ދިން ޙަބަރަކުން މީކާލްވެސް ހުރީ ޕޮޕްކޯން ތަށީގައި ހިފައައްޓައިގެން ނަގަން ހަނދާން ނެތިފައެވެ. “ހައްހައްހައްހާ، ވަޓް އަ ޖޯކް؟ ޒާން ، ޔޫ އެގެއިން ސްޓާރޓެޑް ޓު މޭކް ލައިސް ރައިޓް” މިކިޔާލް ހޭން ފެށިއަސް އަސަރެއް ދައްކައެއްނުލިއެވެ. އަހަރެން އިތުރު ތަފްސީލު ލިބޭތޯ ނޫސް ވެބްސައިޓް އަކަށް ވަނީމެވެ. ‘ށ.ތަރިފުށީ މަތިވޭރުގައި ހުރި ފްލެޓްއެއްގައި ރޯވެއްޖެ’ ހެޑިން ކިޔާލައިފައި އަހަރެން އެއަށް ފިއްތާލީމެވެ. 5 މިނެޓް ކުރިން ނެތްލައިފައި އޮތް ނޫހެކެވެ. “އާދެ މިހާދިސާގައި މިހާރުވެސް 5 މީހުންް ވަކިވެއްޖެ ، އަދި ހާލު ދެރަވެގެން 7 މީހުން އައިސީޔޫގައި ، މިހާދިސާގައި މިހާތަނަށް ވަކިވި ފާތިމަތު ނައުފާ އަލީ ، މުހައްމަދު ރިޔާޒް ، ފާތިމަތު ރިޒްހާ، އައިމިނަތު އަލްވާ އަދި އިކުވާން މުހައްމަދު ރިޔާޒް އަށް ހެޔޮ ރަޙްމަތްް ލައްވާށި، އާމީން” އެ ނޫސް އަށް ދީފައިވައި އިންޓަރވިއު އެއްގައި އިން އަންހެން ކުއްޖަކު ބުނެފައިވެއެވެެ. އަހަރެންނަށް ނުހަނު އަސަރު ކުރިއެވެ. ހިތުގައި ވެސް ޖެހުނެވެ. “ޒާން ، ޕްލީޒް ދޮގު ހަދަނީ ދޯ؟” މިކިޔާލް އަހަރެންގެ އަތުގައި ހިފައި ތަޅުވައިގަތެވެ. އެއްވެސް އެއްޗެއް ބުނާނެ ހިތްވަރު ނެތުމުން އަހަރެން އަތުގައި އޮތް ފޯނުު މިކިޔާލް އަށް ދައްކައިލީމެވެ. އެ ކިޔަމުން ދިޔަވަރަކަށް މިކިޔާލްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މީކާލްވެސް ބޯދިއްކޮށްގެން ހުރެ ހުރެފަ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. އަހަރެން އިރުކޮޅަކުން މިކިޔާލް ގޮވައިގެން ނުކުމެ ސައިކަލުގައި މިސްރާބުޖެހީ މަތިވޭރަށް ދިޔުމަށެވެ. އެހިސާބަށް ފޯރުނު އިރު ވެސް ދުންތަށް ބޯވެފައި ވަނީ ވަކި ވަރަކަށް ނޫނެވެ. ކެއްސަމުން ކޮށި އަރަމުން ކަހަލަ ގޮތަކަށް ފުލުހެއް ކައިރިއަށް ގޮސް ނިޔާވި މީހުން ތިބީ ކޮންތާކުތޯ ސުވާލު ކޮށްލީމެވެ. އެމީހުން ބުނީ މަތިމަލު ހޮސްޕިޓަލް ގަ ކަމެވެ. ފަޔާރ ފައިޓާރސް އަލިފާންް ގަނޑު ނިއްވުމުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. އަހަރުމެން ސައިކަލު ގައި ހޮސްޕިޓަލަށް މިސްރާބު ޖެހީމެވެެ. ސައިކަލު ވެސް ދުއްވުނީ އެ ގޮތް މިގޮތަށެވެ. ދެފަހަރު ކަހާލައިގެން ވެއްޓިއްޖެއެވެ. ނުވިތާކަށް މަގުވެސް އޮޅިއްޖެއެވެެ. އަހަރުމެންގެ ރުޅިވެސް ދިޔައީ ގަދަވަމުންނެވެ. ވަރަށް ހާލުން ހޮސްޕިޓަލާ ހިސާބަށް ފޯރުނެވެ. މުޅިގައިގައި ކިލާވެސް ހޭކިފައި ހުއްޓެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. ސައިކަލު ރަނގަޅަށް ޕާކުވެސް ނުކޮށް އެތެރެއަށް ދުއްވައިގަތީމެވެ. ރިޕްރެޝަން ކައިރީގައި މަޑު ކޮށްލެވުނު އިރު އަހަންނަށް މާ ނޭވާ ލެވެއެވެ. “އަމް ، ހާދިސާގައިި ނިޔާވިމީހުން ތިބީ ކޮންތާކު ތޯ” މިކިޔާލް އަހާލިއެވެ. އަހަރެން ގެ ރުޅި ގަޑު ގަދަވީ އެތާހުރި ކުއްޖާގެ މޫނު ފެނުމުންނެވެ. އިނާ އެވެ. އިނާ ހަމަ އަހަރުމެން ފެނުމާއެކު އުޅުނީ ތުއި ވެވޭތޯއެވެ. އަހަރެންގެ ރުޅި ގަނޑު ގަދަވުމުން މޫނު އަނެއްފަރާތައް އަބުރާލީ އަތުން ފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރަށް ޓަކައެވެ. “ދުރެވެ އަޅުގަނޑު ފަހަތުން” ތުއި ވައްތަރަކަށް ހިނގާފައި އިނާ އެހެން ބުނުމުން އަހަރެން އިތުރަށް ފޫހިވިއެވެ. އިނާ ފަހަތުން ގޮސްް އަހަރުމެން އެތަނަށް ވަނީމެވެ. “އިކޫ” އަހަރެން އަނގަމަތީގައި އަތް އަޅާލެވުނީ ކަފުން ކޮށްފައި އޮތް އިކުވާން ފެނުމުންނެވެ. މޫނު ނިވާނުކޮށް އޮތުމުން އަހަރެން ގޮސް އިކުވާންގެ މޫނުގައި ހިފައައްޓާލީމެވެ. “އިކޫ ، އެއްފަހަރުނަމަވެސް ލޯ ހުޅުވާލަބަ، ހެޔޮ ނުވާނެ އިކޫ” މިކިޔާލް ގޮވާލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި ޑޮކުޓަރުު ފެނުމުން އަހަރުމެން ޑޮކުޓަރާ ދިމާލަށް އެނބުރުނީމެވެ. “އަނެއް އަޅުގަނޑު އިކުވާންގެ ހަށިގަނޑު ބެލިއިރު ވަރަށް އާދަޔާޙިލާފް ކަމެއް ފާހަގަވި! އެވާހަކަތައް އިކުވާންގެ ގާތް ފަރާތަކާ ހިއްސާ ކޮށްލަން ވަރަށް ބޭނުން” ޑޮކުޓަރު އެހެން ބުނުމުން އަހަރެންް ބަލައިލީ މިކިޔާލް އަށެވެ. މިކިޔާލް ބޯޖަހާލުމުން އަހަރެން ބަލައިލީ ޑޮކުޓަރާ ދިމާއަށެވެ. “އަނެއް އަޅުގަނޑުމެން މިއީ އިކުވާންގެެ ވަރަށް ގާތް އެކުވެރިން” އަހަރެން ބުނީމެވެ. ޑޮކުޓަރު ހީލަމުން ފަހަތުން އައުމަށް އެދުނެވެ. އަހަރުމެން ޑޮކުޓަރުު ފަހަތުން ދިޔައީމެވެ. “ފުރުތަމަ ސުވާލުތަކަށް ޖަވާބު ދެވިދާނެ ތޯ؟” އަހަރެން ލައްބައޭ ބުނީމެވެ. “އިކުވާން ދުންފަތުގެ އިސްތިއުމާލު ކުރޭ ތޯ؟” އަހަރެން ނޫނެކޭ ބުނީމެވެ. “އެއްވެސް ވަރަކަށް ދުމަށް އެލާރޖިކްވެ ގޮތްވޭ ތޯ؟” ޑޮކްޓަރު އެއްސެވިއެވެ. “ލައްބަ، ދުން ފެނުނަސް އެތަނަށް ނުދާނެ ، ދުންވަސް ދުވައިފިއްޔާާ ނޭވާ ހިއްލާ ކެއްސާ ކޮށިއަރާނެ” މިކިޔާލް ޖަވާބު ދިނެވެ. “އަޅުގަނޑުު އިކުވާންގެެ ހަށިގަނޑު ބެލިއިރު ތޫނު އެއްޗަކުން ހަމަލާ ދީ ޒަޙަމް ކޮށްލައިފައި ކަމަށް ބެލެވޭ، އަދި ދުންވަސް ދުވުމުން ހަބަރު ހުސްވެގެން ވެއްޓުނުފަހުން ކަންނޭނގެ ފިހުނީ” ޑޮކުޓަރު ބުނެލި ޖުމުލައިން އަހަރެން ޝައްކުގެ ވަސްވާސްތަކުން ސިކުނޑި ފުރާލިއެވެ. “އޭނ އެބަ އަންނަން މިތާހުރި ފިހާރައަކަށް ވަދެލާފަ ، ޒާން މިތާ މަޑު ކޮށްބަ” މިކިޔާލް އެދުމުން އަހަރެން ހުމް އަޅުވާލީމެވެ. އަހަރެން އެތާ އިނދެފައި އިސްއުފުލައި ބަލައިލީ ކުރިމަތީގައި އަންހެން ކުއްޖަކު ހުރިހެން ހީވުމުންނެވެ. “އިނާ” އަހަރެންނަށް ދެބުމަަ ގޮށްް ޖެހުނެވެ. “ޒާން ކީތްވެ ތި އަހަންނަަށްް ތިހެން ހަދަނީ؟” އިނާ އެއްޗެހި ބަދަލު ކޮށްގެން ހުރިއިރު ކޮށްފައިި ހުރި ގަދަ މޭކަޕުންވެސް މީހަކު ފަކުރު ގަންނަވަރުވެއެވެ. ލައިފައި ހުރި ކަރުު ބޮޑު ހެދުމުންވެސް ދެއްކުން ތެރިކަން އިންތިހާއެވެ. އަހަރެން މިސްރާބުޖެހީ ނުކުތުމަށެވެެ. “ޒާން ޕްލީޒް” އިނާ ދެން ހިފީ އަހަރެންގެ އަތުގައެވެެ. “އިނާ! ލަދެއް ނުގަނޭތަ؟ ތިވައްތަރަށް އުޅެން ، ދުރަށް ދެ” އަހަރެން އިނާގެ އަތް ފޮޅުވާލީމެވެ. އެވަގުތު މިކިޔާލް އައުމުން އަހަރެން މިކިޔާލް އާއެކީ ހިނގައިގަތީމެވެ.
އުލްވީގެ ނަޒަރުން
“އޭނ ، މާއިޝްް” އަހަރެން މާއިޝް އަށް ގުޅީ ހިތުގައިވިި ޝައްކުތަށް ޔަގީން ކުރުމަށެވެ. “އާނ އޫލީީ ، އިކޫ މަރުވެއްޖެ އެއްނު” މާއިޝް އަޑުގައިވެސް އެހެންޏާ ހުންނަކަހަަލަ ފޯރިއެއް ނެތެވެ. “މާޝް ހީވޭތަ ، މިއީ އާދައިގެ ކަމެއް ހެން، ހުރެ ބަހައްޓާފައި އަލިފާާން ރޯވިޔޭ ބުނުމުން ގަބޫލުކުރަން ދަތި؟” އަަހަރެން އެހީމެވެ. “އާނ ވަރަށް ހީވެ ، އަލިފާން ރޯވާންވި ސަބަބެއް ވެސް އޮންނާނެ ދޯ؟ އެތާނގަ ހުންނަ ސީސީ ޓީވީ ފުޓޭޖްތައް ލިބިއްޖެއްޔާ؟ ވަރަށް ފަސޭހަވާނެ ދޯ؟” މާއިޝް ދިން ހިޔާލުު އަހަންނަށް ވަރަށް ކަމުދިޔައެވެ. “ހިނގާބެެ އަލިފާާންގަނޑު ހިނދި އެތަނުން މީހުން ހުސްވީމަ އެތަން ފާސްް ކޮށްލަން ދާން” އަހަރެން ހިޔާލެއް ސިކުނޑީގައި ރާވާލީމެވެެ. “އާނ ސަޅިި ، ހަމަ ދާން ވީ، ” އަހަންނާއި މާއިޝްް ވަރަށް މަޝްވަރާކުރުމަށްފަހު ނިންމީ އަންނަ ހަފްތާގައި ދާށެވެ. “ދޮންބޭ” އަހަރެން ކައިޒާން އަށް ގޮވާލީމެވެ. އެމޫނުވަނީީ މަލެއްހެން މިލާ މޯޅިވެފައެވެ. އަހަރެން އިތުރަށް ނުގޮވީ ކައިޒާން ހުރީީ ރަނގަޅު މޫޑެއްގައި ނޫންކަމުންނެވެ.
އެއް ހަފްތާ ފަސް
އަހަރެން ކަޅު ހުޑީ ނަގައި ގަޔަށް މަހައިލީމެވެ. މާސްކެއް ޖީބަށް ލުމަށްފަހު ކުދި ކުދި ކެމެރާތަކެއް ނެގީމެވެ. ސްނީކާރސް އަށް އަރައިގެން އަހަރެން ނުކުތްއިރު މާއިޝް ހުއްޓެވެ. ދެމީހުންް ވަކި ހިސާބަކަށް ދެވުނުތަނާހެން ޖިޒާލް ފެނުނެވެ. އޭނާ އައިސް ސުވާލު ބޮޑި އޮއްސަން ފެށިއެވެ. “ކަލޭ އަންނަން ބޭނުމިއްޔާ އަަަހަަރުމެެން ފަހަތުން އާދޭ! ސުވާލު ގިނަ ވަންޏާ އެނބުރި އައި ކޮޅަށް ދޭ” މާއިޝް ބުނެލިއެވެ. އަހަރުމެން ގޮސް އިމާާރާތުގެ ކުރިމަތީގައި ހުއްޓުނީމެވެ. “އޭނ ، ކައެމެން ކީއްކުރަން މިތަނަށް ވަންްްނަނީ؟” ޖިޒާލް އަހާލިއެވެ. “ކޮބާ މާޝް ވަންނަން ވީނު” އަަހަރެން ޖިޒާާލް އަށް ސަމާލުކަން ދިނުމެއް ނެތި މާއިޝް ކައިރީ އެދުނީމެވެ. “އާނ ހިނގާ” މާއިޝް މިސްރާބުޖެހީ އެތެރެއަށެވެ. އަހަރުމެން ކޮޓަރިތައް ފާސްކުރަމުން ގޮސް އިކުވާން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެކޮޓަރި އަލަމާރީގެ ތެރޭގައި ހުރި ކަރުދާސްތަކެއް ފެނުނެވެ. ބޮޑަށް ވައްތަރީ ސިޓީތަކާއެވެ. ޖިޒާލް އާއި މާއިޝް އުޅުނީ ގޭތެރޭގައެވެ. އަލަމާރި ތެރޭގައި ހުރުމުން އެ ސިޓީތަކަށް އެހާ އަލިފާނުގެ އަސަރު ކޮށްފައެއް ނެތެވެ. އަހަރެން އޭއްޗެހިތައް ނަގައިގެން ގޮސް އެނދުގައި ޖައްސާލީމެވެ.
ކައިޒާންގެ ނަޒަރުން
ހެނދުނު ހޭލި އިރު އުލްވީ ގޭގައި ނެތުމުން ކަންބޮޑުވީ އިންތިހާ އަށެވެ. ފޯނަށް ގުޅާ ގުޅާ ނެގީކީއެއްނޫނެވެ. އަނެއް ކޮޅުން އިކުވާން ހެން އުލްވީ ވަކިވެގެން ގޮއްސިއްޔާ އަހަރެންގެ ހިތަށް ކެތްނުވާނެއެވެ. އަދިވެސްް އިކުވާންގެ ހަނދާންތައް ތާޒާ ކަމާއެކު ހަނދާނުގައި އަހަރެންގެ ސިކުނޑީގައި ހަރުލައިފައި އެބަ ހުއްޓެވެ.
އުލްވީގެ ނަޒަރުން
ކައިޒާންގެ މިސްކޯލުތައް ފުލު ފުލުގައި އަންނަމުން ދިޔަނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. ފުރުތަމަ ސިޓީ ހުޅުވާލަމުން އަހަރެން ކިޔަން ފެށީމެވެ. އެއާކު ދެލޯޯ ބޮޑުވިއެވެ. ދެންހުރި ކަރުދާސްތައް ވެސް ކިޔަމުން ދިޔަވަރަކަށް އަހަރެން ހާސްވަމުން ދިޔައެވެ. އެންމެފަހުން ނުހުރެވިގެން މާއިޝް އަށް ގޮވަންފެށީމެވެ.
“މާއިޝް!!”
ނުނިމޭ…
ނޯޓް – މި ޕާރޓް ލަސްވި ކަމަށް ޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

