އެ ހުވަފެން – 7
އެންމެފަހުންް ނުހުރެވިގެން މާއިޝް އަށް ގޮވަން ފެށީމެވެ.
“މާއިޝް!”
އެމިލީންގެ ނަޒަރުން
ގޭތެރޭގައި ޓީވީ އަށް ބަލަން އޮތް އަހަރެން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ. “ހަލޯ؟؟” އަހަރެން ގޮވީމެވެ. ނުދަންނަ ނަންބަރެކެވެ. “ހަލޯ؟ ކާކުތަ” އަހަރެެންް އަނެއްކާވެސް ގޮވީމެވެ. “އަޅެ ފަހެ ކާކުތަ؟ ހަމަ ފެންނަހާ ނަންބަރަކަށް ގުޅަން ޖެހޭތަ؟ އޭނ؟؟” އަހަރެންގެ ރުޅިގަނޑުވެސް ދިޔައީ ބޮޑުވަމުންނެވެެ. “އަޅޭ ، މަދެކެ ހާދަ ރުޅިއެކޭ ދޯ ތިއަންނަނީ؟” ކައިޒާންގެ އަޑުން އަހަރެން ގަތް ލަދު ބޮޑެވެ. ނަމަވެސް ދެރަ ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. “އާނ ، ވާހަކައެއް ދެއްކީކީއެއްވެސް ނޫން ، ކީތްވަނީތަ؟” އަހަރެން އެހީމެވެެ. “ބުނަން، މަ މި ގުޅީ ކަލެއާއި އަނގަތަޅަން ހުންނާކަށް ނޫން” ކައިޒާންގެ ޖުމުލައިން އަހަރެންް އިހޫވާން އޮތް ރުޅިގަނޑު ކެކިގަތީ އަވަހަށް އިހޫ ނުކުރެވޭނެ ވަރަށެވެ. “އާޗާ! މަ ބުނެފިންތަ މަށާ އަނގަތަޅަން ހުންނާށޭ، ކަލެއެއްނު އަމިއްލައަށް ތިގުޅަނީ ފެންނަހާ ނަންބަރަކަށް؟” އަހަރެން ދެންވެސް ހަޅޭއްލެވީމެވެ. “އޭނ؟ އޫލީ އުޅޭ ތޯ ބަލަން މި ގުޅީ އެމަންޖެ ފަތިހު ފަތިހާ ނުކުމެގެން ދިޔަގޮތަށް ދައްކައެއްނުލާ، ފޯނަށް ގުޅާ ގުޅާ ނެގީ ކީއެއްނޫން؟” ކައިޒާން ދެން ބުނި ވާހަކައިން އަހަރެން ހާސްވިއެވެ. “ނޫން ، މިގެޔަކު ނެތް ، ” އަހަރެން އަވަހަށް ފޯނު ކަނޑާލަމުން އުލްވީ އަށް ގުޅަންފެށީމެވެ.
މާއިޝްގެ ނަޒަރުން
“މާޝް ބުނެެބެ ކީތްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟” ޖިޒާލް ސުވާލަކަށްފަހު ސުވާލެއް ކުރަން ފެށިއެވެ. “މާއިޝް” އަހަރުމެން ދެމީހުންވެސް ދެން ސިހުނީ އުލްވީ ހަޅޭއްލަވައިގެން އަޑަށެވެ. ޖިޒާލް އަހަންނާއި ދިމާލަށް ބަލައިލައިފައި ދުއްވައިގަތެވެ. އަހަރެން ވެސް ޖިޒާލްގެ ފަހަތުން ގޮސް އެކޮޓަރިއަށް ބޯދިއްކޮށްލީމެވެ. އުލްވީ އަތުގައި ކަރުދާސްތަކެއް ހުރިއިރު އެއްބައި ގަނޑުތައް ފިހިފައިވެއެވެ. ކަރުދާސްތައް ކިޔަމުން ދިޔައިރު އެ މޫނުމަތިން ދޭހަވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. “މާޝް ބަލާބަ” އުލްވީގެ ނަޒަރު އޭރުވެސް އެ ކަރުދާސްތަކުުުން ނުނެއްޓުނެވެ. “ކޯއްޗެއްތަ؟” އަހަރެން އުލްވީ އަތުން އެއްބައި ގަނޑުތައް އަތުލީމެވެ. އަހަރެންވެސް ހާސްވާން ފެށީއެވެ. “ނެތްތަ މީއްޗެހި ފޮނުވި މީހެއްގެ ނަމެއްވެސް ، ” އެކަރުދާސްތައް އެފުށް މިފުށަށް ޖަހައިގެންވެސް އެކަހަލަ ނިޝާނެއް ނުފެނުނެެވެެ. “ވަރެއްގެ ކަމެއް މިވެސް ، ހުއްޓާކަށްވެސް މިމީހުންނަކަށް ނޭނގުނު” އުލްވީ ފޯނާއި ދިމާލަށް ނަޒަރު ހުއްޓަމުން ބުނެލިއެވެ. ކައިޒާން އާއި އެމިލީން ފުލުފުލުގައި ގުޅަމުން ދިޔަނަމަވެސް އުލްވީގެ އެއްވެސް ފަރުވާލެއް ނެތްކަމަށް އެމޫނުމަތި ހެކިވެއެވެ. “ހަލޯ” ޖިޒާލް ފޯނު ސްޕީކަރަށް ލާފައިި ބޭއްވިއެވެ. “އޫލީ އެބަހުރިތަ؟” ކައިޒާންގެ ޖުމުލަ އަޑު އިވުމާއެކުު އުލްވީ ބޯހޫރަންް ފެށިއެވެ. ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ. އަހަރެންްްނަށްް ހެވެން އުޅުމުން ގަދަކަމުން ހިނިގަނޑު ހިންދާލީމެވެެ. “ނޯ” ޖިޒާލް ބުންޏެވެ. އެއާކު ކައިޒާން ފޯނު ކަޑާލިއެވެ. އުލްވީ އެވަގުތު ފުންނޭވާއެއް ލިއެވެ. ހީވީ މިއޮށް ހުރިހާއިރަކު ނޭވަަައި ނުލައި ހުރިހެންނެވެ. “ސާބަސް ، ތިވަރަށް ކައި ހާސް ނުކޮށް ހިނގާ ދާން” އަހަރެން ބުނީމެވެ. “އޭތް ، މި ކެމެރާތައް ހަރުކޮށްފަ ދާނީ، ބޮޑަށް ރަނގަޅުވާނީ ބޭރުގަ ހަރުކުރިއްޔާ” އުލްވީ ނެގި ކޮތަޅު ދައްކާލިއެވެ. އެންމެން ވެގެން އޭއްޗިހިތަށް އެތައް މިތަނުގައި ހަރުކުރީމެވެ. އުލްވީ އެކަރުދާސްތަށް އޭނާ ގެނައި ކުޑަ ދަބަހަށް އަޅާލިއެވެ. ދެން އެންމެން ގެއަށް ދާން މިސްރާބުޖެހީމެވެ.
އުލްވީގެ ނަޒަރުން
ވަކި ހިސާބަކުން ޖިޒާލް އާއި މާއިޝް ވަކިވިއެވެ. އަހަރެންނަށް ރަނގަޅަށް ގެޔަށް ނުވެދެވެނީސް ކައިޒާންގެ ސުވާލު ލަޝްކަރާ ކުރިމަތިލާންޖެހުނެވެ. “އުލްވީ؟ ކޮންތާކުން” ކައިޒާންގެ ފުރުތަމަ ހަތިޔާރަކީ އަހަރެން ރައްދު ދޭން ނުވެސް ވިސްނާ އޮތް ހަތިޔާރެކެވެ. “މި މި މިތާ ކައިރިން ، ދޮންބެ ޕްލީޒް ، ވަރަށް ވަރުބަލި” ކައިޒާން އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން ކޮޓަރިއަށް ވަދެ ދޮރުޖަހައިފީމެވެ. އަހަރެން ސޯފައިގައި އިށީނދެ އެގަނޑު ތަށް ނެގީމެވެ. ވިސްނުމެއްގައި އިނދެފައި އެހުރިހާ ގަނޑެއްގެ ފޮޓޯނެގީމެވެ. އެ އިމާރާތުގެ ވެރިމީހާ އަކީ ކާކުކަން ހޯދަން އަހަރެން ފޯނު ނެގީމެވެ. ސަބަބަކީ އެ ކަމެރާތަށް އަލިފާން ރޯވުމުން ހަލާކުވިޔަސް އޭއްޗެހީގެ ފުޓޭޖުތަށް ހުންނާނެތީވެއެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އައި މޮޅު ހިޔާލާއެކު މާއިޝްއަށް ގުޅަންފެށީމެވެ. “އޭނ ، މާޝް ، އެ އިމާރާތުގެ ވެރިޔާއަކީ ކާކުތަ؟ އޭނަ އަތުގައި އެ ފުޓޭޖުތައް ހުންނާނެއެއްނު؟” އަހަރެން އެހީމެވެ. “ނޭނގެ؟ އާނ ހުންނާނެ ދޯ؟ ، މަ ހޯދާފަ ގުޅާނަން ، އެންޑް އެހުރިހާ ގަނޑެއްގެ ފޮޓޯތަށް މަށަށް ފޮނުވަބަ، ” އަހަރެން ފޯނު ކަނޑާލަމުން މާއިޝް އަށް ހުރިހާ ގަނޑެއްގެ ފޮޓޯތައް ފޮނުވާލީމެވެ.
ޖިޒާލްގެ ނަޒަރުން
އެނދުމަތީގައިި އިސްތަށިގަނޑުގަައިި ހިފައަށްޓައިގެން އަހަރެެން އޮތީ ފުންވިސްނުމެއްގައެވެެ. ހަގީގަތުގައިވެސް އުލްވީ އާއި މާއިޝް މާކައިރިކޮށް އުޅުމުން އަހަރެންގެ ހިތަށް އުނދަގޫވެފައިވެއެވެ. ނަމަވެސް ނުބައި ގޮތަކަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ދެން ހިތަށް އެރީ އެމީހުން އެ އިމާރާތަށް ވަންނަން ދިޔައީ ކޮން ސަބަބަކާއި ހުރެގެން ކަމެވެ. ވިސްނުމެއްގައިި ހުރެފައި ޓީޝާރޓް ނަގައި ގަޔަށް މަހައިލައިގެން އަހަރެން ބޭރަށް ނުކުތީމެވެ. ސައިކަލަށް އަރައި މިސްރާބުޖެހީ މާއިޝް ކައިރިއަށެވެ. އެ ކޮޓަރިއަށް ވަންއިރު މާއިޝް އިނީ ލެޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. އަތުގެ އިނގިިލިތަކުން ފަރިތަކަމާއެކު ކޮންމެވެސް އެއްޗެއް ޓައިޕް ކުރަމުން ދިޔައިރު މޫނުމައްޗަށް ވެރިވެފައިވާ ކުލަތަކުން ހާސްވެފައިވައި މިންވަރު އަންދާޒާ ކޮށްލެވެއެވެ. “ޖިޒޭ ، ކީތްކުރަނީ ތިޔަ؟” މާއިޝް އެއްސެެެވެެ. “ކަމެއްނުވެ ، ހަމަ އައިސްލީ” އަހަރެންގޮސް މާއިޝް ކައިރީ ޖައްސާލީމެވެ. އޭރުވެސްް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލެޕަށެވެެ. އަހަރެން މާއިޝްގެ ލެޕާއި ދިމާލަށް ނަޒަރުު ހުއްޓާލީމެެވެެ. “ހަލޯ” އަހަރެން ފޯނު ނެގީ މަންމަ ގުޅުމުންނެވެ. މަންމަ އެދުނީ ގެއަށް ދިއުމަށެވެ. ނަމަވެސް ސިކުނޑީގައިި ހަރުލައިވައިވަނީ މާއިޝްގެ ލެޕުން ފެނުނު މަންޒަރެވެ.
އުލްވީގެ ނަޒަރުން
ފުރުތަމަ ދުވަހާ ބަލައިފައި މިއަދަށް މަސައްކަތް ކުރުން ހުއްޓާލަން ވިއްޔޭ ހިތަށް އެރިއެވެ. މިއަދުު މި އިނގުނީީ މިއީ އިކުވާން އަށް ހާއްސަކޮށްގެން ރާވައިފައި އަނދަވަޅެއްކަމެވެ. ގަޑިން މެންދުރުއަތަށް އަޅައިފައި ހުރިއިރު އަހަރެން ފެންވަރަންް ވަނީމެވެ. ނޫހެދުމަކާއި ހުދު ޖިންސެއްލައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން މިސްރާބު ޖެހީ ފާރުމައްޗަށް އެރުމަށެވެ. ފޫހިވެފައި ހުންނަ ވަގުތުތަކުގައި ފާރަށް އެރުން މިހާރު އާދައަކަށް ވެސް ވެއްޖެއެވެ. އެތާހުރި ކުޑަ ފޭރުގަހުގެ އެހީގައި ހަފޫޓު މައްޗަށް ރާނާފައި ހުރި ފާރުމަތީގައި އަހަރެން ޖައްސާލީމެވެ. ނަމަވެސް އިރުކޮޅަކު އެތާ އިނދެފައިވެސް ތޮޅެލާނެ ކަހަލަ މީހަކު ނުދިޔުމުން އަހަރެން ފާރުމައްޗަށް ކޮޅަށް ތެދުވީމެވެ. ކުދި ފިޔަވަޅު ތަކެއް ނަގަމުން އަހަރެން އެރީ ފުރާޅަށެވެ. ފުރާޅު މަތީގައި އިށީދެފައި އެކި ދިމަ ދިމާލަށް ނަޒަރު ހިންގާލީމެވެެ. އެތާހުރި ބަބުކެޔޮގަހުގެ ނިވަލުގައި ކަޅު ހުޑީއަކުން ނިވައިވެފައި ހުރި މީހެއް އަހަރެންގެ ލޮލުގައިި އަޅައިގަތެވެ. އަތު ކުރީގައި އަޅައިފައި އޮތް ގަޑިއަށް އިރުކޮޅު ކޮޅާ ނަޒަރުހިންގާލުމަށް ފަހު މަގު ދެކޮޅަށް އެމީހާ ބަލައިލައެވެ. ހީވާ ގޮތުން މީހަކަށް އިންތިޒާރު ކުރަނީ ކަންނޭނގެއެވެ. އަހަރެން ދެލޯ ހަނިކޮށްލަމުންް އެއީ ކާކުކަން އިނގޭތޯ މަސައްކަތް ކޮށްލީމެވެ. ނަމަވެސް ނިވާ ކޮށްފައި ހުރުމުން އިނގޭނީ ކިހިނެެެއް ހެެެއްޔެވެ. އިރުކޮޅަކުން ކޮންމެސް މީހަކު އައިސް އޭނަ ކައިރީ ހުއްޓިއްޖެއެވެެ. އަހަރެން އެމީހުން ދައްކާ ވާހަކައެއް އަޑު އިވޭތޯ ފުރާޅުގެ ކަނަކަށް އެޅިފައިވައި ރުކު ފަންތަކުގެ ނިވަލުގައި ފިލައި އިނީމެވެ.”އަން، މީ ކަލޭ އެރޭކުރި މަސައްކަތުގެ ބައި” ހުޑީ ލައިގެން ހުރި މީހާ ޖީބުން ޑޮލަރު އަދި ދިވެހި ނޫޓް ލާރި ބޮޑިއެއް ނަގައި ދިއްކޮށްލިއެވެ. އަހަރެން އެމީހުން މިކުޅޭ ޑުރާމާ ގަނޑު ފޯނުގައި ރައްކާކުރަން އިނީމެވެ. ދެން ހުރި މީހާ ފުރަގަސްދީފައި ބޮލުގައި ތޮއްޕެއް އަޅައިފައި ހުރުމުން ކާކުކަމެއް ނޭނގުނެވެ. “އާނ، މި ހާދަ ބައިވަރެއް އެކަމަކު،” ތޮފި އަޅައިގެން ހުރިމީހާ އެއްސެވެ. “އިނގެ އެއްނު އަހަރުމެން ކުރާ ވިޔަފާރި؟ ދެން ބޭކާރު ސުވާލު ނުކޮށް މީގައި ހިފާ” ހުޑީ ލައިގެން ހުރި މީހާ ބުނެލި ޖުމުުލަަައިން އަހަރެން ސިހުނެވެެ. ޔަގީނުންވެސް އެކުރަނީ ކުރަން ހެޔޮ ވާވަރުގެ ވިޔަފާރިއެއް ނޫންކަން އަހަންނަށް އެނގެއެވެ. “އޭނ ، ބުނަން މިގޭ ދޮށުގައި ހުރެގެން މިވާހަކަ ދައްކަން އެހާ ރަނގަޅެއް ނުވާނެ،” ތޮފި އަޅައިގެން ހުރިމީހާ ބުނެލި ޖުމުލައިން އަހަރެންގެ ސަމާލުކަން ދަމައިގަތެވެ. “އެކީއްވެޔޯ؟ އަނެކަކު އެއްސެވެ. “މިއީ ކައިޒާންމެން ގޭ ދޮށޭ؟ ހީވޭތަ އޭނާއަށް ހަގީގަތް އިނގިއްޖެއްޔާ މަޑުން ހުންނާނެ ހެން؟” އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. “ހާސް ނުވޭ، ބޮސް އާއި ކުރިމަތިލާ މީހެއްގެ އަދަބަކީ މަރު، ކައިޒާން އަކަށް މިކިޔާލް އަކަށް ވެސް އަހަރުމެން ކުރިމަތީގައި އެހެންނެއް ނުފުއްޕޭނެ!” ހުޑީ ލައިގެން ހުރިމީހާ އެހެން ބުނުމުން އަހަރެންގައިން ހީބިހި ނަގައިގަތެވެ. އިރުކޮޅަކު ތިބެފައި ދެމީހުންވެސް އައި ކޮޅަށް ހިނގައްްޖެއެވެެ. އަހަރެން މަގުމަތި ހިމޭންވުމުން ފޯނު ނިއްވާލައިފައި ޖީބަށް ލީމެވެ. ފާރުމައްޗަށް އަރައިފައި ދެން އަހަރެން ފޭބޭނެ އެންމެ އަވަހަކަށް ފައިބައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. ވީޑިއޯ ކުރެވުނު ކަންވެސް އެއީީ ނަސީބެކޭ ހިތަށް އެރިއެވެ. އިސްތަށިގަނޑުގައި ހިފައްޓައިގެން އޮތްއިރު އަަހަރެންނަށް ވިސްނެނީ ކައިޒާންގެ ރައްކާތެރިކަމާމެދުގައެވެ. ޖާނުން ވަރުގަދަ ފިރިހެނުން ތަކެއްގެ ތެރޭގައި އެންމެ ފިރިހެނަކަށް ވަކި ދެއްކޭނެ ބާރެއް ނޯންނާނެއެވެ. ހިޔާލުތަކުން ދުރުވެލުމަށް އަހަރެން ވުޟޫ ކޮށްގެން އައިސް ނަމާދަށް އެރީމެވެ. ނަމާދުކޮށްގެން މާތްﷲ ހަޟްރަތުގައި އެންމެންގެ ރައްކާތެރިކަމަށް އެދި އެކަލާނގެއަށް ދުޢާާ ދެންނެވީމެވެެ. ޤުރުޢާން އިން ބައެއް ކިޔަވާލުުމަަށްް ފަހު އަހަރެން ބަނޑުހައިވެފައި ހުރުމުން ނުކުތީ ކާށެވެ. ކާން އިންއިރުވެސް އެޙިޔާލުތަށް އަހަންނަށް އުނދަގޫ ކުރެއެވެ. މާއިޝް މަތިންވެސް ހަނދާން ވީ އިރުގަނޑެއް ފަހުންނެވެ. އަވަހަށް ކައިގެން އަހަރެން ދުއްވައިގަތީ މާއިޝް މެންގެއާ ދިމާލަށެވެ. އަހަރެން ނުބަލައި ދުވުމުން މީހެއްގައިގައި ޖެހުނެވެ. އަހަރެން އިސްއުފުލައި ބަލައިލިއިރު މީއެއްކަލަ ތޮފި އަޅައިގެން ހުރި މީހާކަން އެނގުނެވެެ. ނަމަވެސް ދެވަނަ ސުކުންތުގައި ހިތަށް އެރި އެއްޗަކުން ރަނގަޅަށް އެމީހާގެ މޫނަށް ނަޒަރު ހިންގާލީމެވެ. މީހަމައެކަނިި އެލާރި ގަނޑު ބަލައި އައި މީހެއް ނޫނެވެ. މީ އެއްކަލަ ހޮޓަލަށް ދިޔަރޭ އަހަންނާ ބެހެން އުޅުނު މީހާކަން އަހަންނަށް ރެއަކާލިއެވެ. އަހަރެން އެމީހާ އާއި ދިމާލަށް ދެލޯ ހަނިކޮށްލުމުން އެމީހާ ކުޑަކޮށް ހާސްވިއެވެ. އަހަރެން ދެން ސިހުނީ އެމީހާ އާއި އަހަރެންގެ ދެމެދަށް ވަން މީހެއްގެ ސަބަބުންނެވެ.
ނުނިމޭ؟…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

