އެ ހުވަފެން – 5
އަހަރެން ވެސް މަތިން ފަތާލައިފައި ގޮސް އެއްގަމަށް އަރައި އެމިލީން ފަހަތުން ދުއްވައިގަތީމެވެ. “އެމިލީން”
އެމިލީން އަށް އަހަރެން ގޮވި އަޑު ނީވުނެވެ. އޭނަ ހައްތަހާ ބާރަށް ދުއްވައިގަތީއެވެ. އަހަރެން އެމިލީން ފަހަތުން ދުވީމެވެ. އިރުކޮޅަކުން އެމިލީން ހަޅޭއްލަވައިގަތެވެ . ހުއްޓުން އަރާފައި ހުރިއިރު އެމިލީން ގެ ނަޒަރު ހުއްޓިފައިވަނީ ކަޅުކުލައިގެ ފުރޭތައެއް ކަހަލަ އެއްޗަކަށެވެ. ރަތް ދެލޮލެއް ވާއިރު އިސްކޮޅުން ނުހަނު ދިގެވެ. އަހަރެން ދުވިލެއް ބާރުކަމުން ކޮންޓްރޯލުން ނެއްޓި ގޮތަށް ޖެހިގަނެވުނީ އެމިލީން ގައިގައެވެ. އެނާއަށްވެސް ބެލެންސް ނުކިރެވިގެން ދެމީހުން އެއްކޮށް ބުރު އަޅައިފައި ގޮނޑުދޮށަށް ގުޅައަކަށް ޖެހުނެވެ. އަހަރެން ތެދުވަމުން އެމިލީން ވެސް އަތުގައި ހިފަައިި ނެގީމެވެ. އެވަގުތު އޭނަ އައިސް ވަނީ އަހަރެންގެ ފުރަަަގަހަށެވެ. އަހަރެން ޝައްކެއްގައި ހުރެފައި އޭތި ގައިގައި އަޅައިފައިވާ ފޮތިގަނޑު ދަމައިގަތީމެވެ. އެތެރޭގައި ތިބި މިކިޔާލް ކޮނޑަށް އަރައި އިން ޖިޒާލް ފެނިފައި އަހަރެން ދެބުމަަ ގޮށް ޖެހުނެވެ. އޭރު ދެމީހުން ހީހީ ބިދެނީއެވެ. ޖިޒާލް މިކިޔާލް ކޮނޑުން ފައިބައިފަަައި އަހަރުމެންނާާ ދިމާލަށް އަނެއްކާވެސް މަލާމަތް ކުރަން ފެށިއެވެ. އެންްމެ ފަހުން ހުއްޓާލީ ދެމީހުންވެސް ކޮށިއެރުމުންނެވެ. “ހަ..ހަ ، އެހެރަ ލީން އަށް ވީ ގޮތެއް، ކާކު ދެން ފޮތިގަނޑެއް ދެކެެ ބިރުގަންނާނީީ” ޖިޒާލް އަދިވެސް ހުއްޓާކަށް ނޫޅުނެވެ. “ޕިސް ޕިސް ، އޫލީީ އަތުން ބޮޑިއެއް ނުބޮވިގެން މިސޮރު ހޭބަލި ވާނީ،” އަހަރެން ޖިޒާލް އަނގަ ބަންދުކޮށްލީމެވެެ. “އޭތް ، ހިނގާބެ ކާލް އާއި މާޝް މެން ގޮވައިގެން އޫލީ އަށް ބޮނޑިއެއް ދޭން ” މިކިޔާލް އެއްސެވެ. “އޭ، އުލީ މެން ހޯދާނެެ ، މަދަނީ ، ” އެމިލީން ހިނގައި ގަތެވެ. އަހަރުމެން އަންހެންކުދިންނަށް ދޭނެ ވަރުގަދަ ބޮޑިއެއްރާވަން ތިބީމެވެ.
އުލްވީ ގެ ނަޒަރުން
“އޫލީ ، ޖިޒޭ މެން އެބަ ރާވާ އަހަރުމެންނަށް ބޮޑިއެއްދޭންް” އެމިލީން ދުވަމުން އައިސް އަހަރުމެން ކައިރީ ހުއްޓެލިއެވެ. އޭރު އަހަރުމެން ތިބީ ލުއިކާނާ ކާށެވެ. ” އެއި ކައިޒާން ގަނޑު ރޭވުމަކަށް ވާނީ ، އެމީހުން މިހާރުު އެއުޅެނީ މައެ އަތުން ބޮޑިއެއް ނުބޮވިގެން ، އަވަސް ކުރޭ، ވަރުގަދަ ބޮޑި އެއް ބޯންދޭނަން އެ ފަސް އެއްޗަށް ވެސް” އަަހަރެން ބުނީމެވެ. އަހަރުމެން ރާވައިގެން ފިލާ ތިބި ތަނުގައި ތިބީމެވެެ. އެއިރު ފަސް ފިރިހެން ކުދިންތައް އެބައާދެއެވެެ. ހިޔާލާ އެއްގޮތަށް އެމިލީން އަތިރިމަތީގައި އިށީނެވެ. އަހަރެން ގަސްބޮނޑި ދުރުކޮށްގެން ބަލަން ތިއްބައި ޖިޒާލް އާއި މިކިޔާލް އެތެރެއަށް ވަދެ ނިވާވިއެވެ. އަހަރެން ހީލަމުން ކަޅު ހުޑީ ގަޔަށް މަހާލީމެވެ. މާސްކަކާއެކު އަސްލު ވައްތަރެއްގެ ވަޅިއެއް ހުޑީގެ ޖީބަށް ލުމަށްފަހުު މާސްކަކާއެކު އައިނެއް އެޅީމެވެ. ޝަޒްހާ އަދި ރާޔާ ވެސް ކަޅު ހުޑީ އެއް މަހާލަމުން އަހަންނެކޭ އެއްގޮތަށްް ތައްޔާރުވިއެވެ. އައިލީޝް އިރުކޮޅަކުން ގޮސް އެމިލީން ކައިރީ އިށީނެވެ. އަހަރެން ކައިޒާން އެތާ ދުރުގައި ހުރި ރުކާ ހަމަ ވާއިރަށް އަތުން އިޝާރާތެއްކޮށް ގަސްގަނޑު ތެރެއިން ނުކުތީމެވެެ. ބަލައިލައިފައި އަހަރުމެން ތިންކުދިންވެސް ވައްތަރީ ހެދުން އެޅުމުގެ ގޮތުން ފިރިހެނަކާއެެެވެެ. އަހަރެން ދިޔަގޮތަށް ގޮސް އެމިލީން ގައިގައި ހިފައިގަތީމެވެ. މަންޒަރު ބަލަން ހުރި ކައިޒާން މިކިޔާލް މެންނަށް ގޮވަން ފެށިއެވެެ. އޭނާގެ ދެލޯ ބޮޑު ވެފައިވެއެވެ. މިކިޔާލް އާއި ޖިޒާލް ގައިގައި އޮޅަމުން ހުރި ފޮތިގަނޑާ އެއްކޮށް ނުކުތެވެ. ކައިޒާން އިޝާރާތަކާއެކިުު އެފަސް ފިރިހެނުން މިސްރާބުޖެހީ އަހަރުމެންނާ ދިމާލަށެވެެ. އަހަރެން ހީލަމުން އެމިލީން ކަރުގައި ހިފައިގަތީމެވެ. ތަދުނުވާނެ ހެންނެވެ. ކައިޒާން އައިސް އަތް ދުރުކުރަން އުޅުމުން އަހަރެން ނެގީ ވަޅިއެވެ. ކައިޒާން ސިހުނެވެ. އޭރުވެސް އަހަރެން ހުރީ އެމިލީން ކަރުގައިި ހިފައިގެންނެވެ. މަޑުމަޑުން އެމިލީން ހަރަކާތްތަށް ހުއްޓެމުން ދިޔައެވެ. އިރުކޮޅަކުން އަހަރެން އެމިލީން ކަރުން ދޫކޮށް ލުމާއެކު އޭނަ ގަސްދުގައި ވެއްޓިގަތެވެ. އެވަގުތު ކައިޒާން ހަޅޭއްލަވައިގަތެވެ. މިކިޔާލް މެން ހާސްވިއެވެ. އަހަރުމެންނަށްް ހިނިގަނޑު ހިފެއެއްޓުނީ އެހިސާބަށެވެ. ހީހީ ބިދޭ ހާލުގައި އަހަރެން ކުޅޭ ކުޅޭ ވަޅި ހޫރާލީމެވެ. ބޮލުގައި އަޅާފައި ހުޑް ވަކިކޮށް މާސްކުވެސް ނެގީމެވެ . އައިނު ނަގައިފައި އަހަރެން ހީހީ ހަލާކުވިއެވެެ. އެމިލީން މެންވެސް ހީހީ ކޮށި އަރައިފައެވެ. ކައިޒާން މެން ތިބީ ޝޮކެއްގައެވެ. “އުލްވީ ، އެކަމު ތިިވަރު ޕްރޭންކެއް ހަދަން ހެޔޮ ވާނެތަ؟ މަށަށް ޔަޤީން މިއީ މަންޖެ ދިން ހިޔާލެއްކަން” ކައިޒާން ބުންޏެވެ. އޭރުވެސް އަހަރެން ހިނިގަނޑު މަތަނުކުރެވެއެވެ. “ޔާހ ، ޖަސްޓް އަ ޕޭ ބެކް ބްރޯ” އަހަރެން އެއްލޯ މަރާލީމެވެ. “އޭނ ކައި ، މިގޮލާ އަށް ލަނޑެއް ނުދެވޭނެ ، އެހެރީ ދެންމެވެސް ކޮށްލި ކަންތަށް؟” މިކިޔާލް ބުނެލިއެވެ. “އާނ ، އަހަރުމެން ޕްރޭންކްވެސް ފެއިލް ވީ” ކައިޒާން ބޯހޫރުވާލިއެވެެ. އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.
ދުވަހުގެ ވަގުތުތަށް ފާއިތުވަމުން ގޮސް އަސްރުވާން ކައިރިވެއްޖެއެވެ. ރަށަށް ދާން ތައްޔާރުވާން ޕެކްކޮށް ނިންމާފައި އަހަރުމެން ގޮސް ޖައްސާލީ ވެލިގަނޑުގައެވެެ. “ކައި، ހިނގާބެެ ގަނޑަކަށް އަރަންދާން، އޭނ މިތިބަ އޫލީ އާއި ޖިޒޭ ދެން މާޝް އަދި ކާލް ، ތިމީހުން އެފް އެފް އަށް ތުރެއް ސަޅިވާނެ ޕަބްޖީ ވެސް؟ ” މިކިޔާލް ބުނެލިއެެވެ. “އޭނ ، ބުނަން ، މަށަށް އިނގޭ ޕަބްޖީ އެފް އެފް އަށް ތުރެއް ފަސޭހަ ވާނެކަން ، އެކަމަކު ޕަބްޖީއެއް އަޅާކަށްް މަޓެބް ގަވެސް ފޯނުގައިވެސް ސްޓޯރޭޖެއް ނެއިި ” އަހަރެން ބުނީމެވެެ. “ތިބޭކާރު ކުނި ފޮޓޯތައް ޑީލީޓް ކުރޭ” ކައިޒާން ބުންޏެވެެ. “އޭނ ، މައަތުގައި ހުންނާނީ ގިނައިން ސްކްރީން ޝޮޓްސް، ” އަހަރެން ބުނީމެވެ. ކައިޒާން ދެކޮނޑުއަރުވާލައިފައި ކޮންމެސް އެހެން ވާހަަކައެއް ފަށައިފިއެވެ. ވަގުތު ފާއިތުވަމުންގޮސް ހަތަރު ގަޑި ބައިވެއްޖެއެވެެ. އަހަރުމެން މިސްރާބު ޖެހީ ޑިންގީ އަށެވެެ. ސާމާނުތައްއަރުވައިފައި އަހަރުމެން އަރައި ހަމަޖެހިލީމެވެ. މަންޒިލަށް ދާން ކަނޑުގެ ލޮނުގަނޑު ކަފަމުން ޑިންގީ ދުއްވާލިއެވެ. ރަށަށް ދެވުމާއެކު އަހަރެން މިސްރާބު ޖެހީ ގެޔަށެވެ. ފެންވަރައިގެންް އަހަރެން އެނދުގައި ޖައްސާލިތަނާ ނިދުނެވެ.
އެމިލީންގެ ނަޒަރުން
ފެންވަރައިގެން ބޮލުގައި ތުވާލި އޮޅައިގެން އަހަރެން ހުރީ ވިސްނުމެއްގައެވެެ. ހިޔާލުތަކުގައި ގެބިފައި ހުރި އަހަރެންނަށް ހޭވެރިކަމެއްވީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. “މިއާ؟” އަހަރެންނަށް ބުނެލެވުނެވެ. “ހުމްމް ، މިހާރު މަށަކީ ދުނިޔޭގައި އުޅޭ މީހެއްވެސް ނޫންދޯ؟” މިއާ އެއްސެވެ. “އުނހުން، މިއައީ ، ވަރަށް ވަރުބަލި” އަހަރެން އުޒުރެއް ހެދޭތޯ މަސައްކަތް ކުރީމެވެެ. ނަމަވެސް މިއާ މާ ހުޝިޔާރެވެ.”ލީން؟؟؟” މިއާ ގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިފައި ވެއެވެ. “ދެން ހެވޭ، ކިހިނެތް ވެެެެގެެންތަަ ތި އުޅެނީ؟” މިފަހަރު އަހަރެންނަށް ރުޅި އިސްކުރެވުނެވެެ. “ވާއު ، ހައުު ކުޑް ޔޫބީ ސޯ ރޫޑް” މިއާ ގެ އަޑު މިފަހަރު މަޑެވެ. އަހަރެން ސޮރީ އޭ ބުނީމެވެ. “އިނގޭތަ ، ޔޫގެ އެކްސް ޔޫ ހޯދަން އުޅޭކަން” މިއާ އެހި ސުވާލުން އަހަރެންްނަށްް ހީވީ ފަސޭހަވެފައި ހުރި ފާރު ގަނޑެއްގައި އަލިފާން ޖެއްސިހެންނެވެ.
“ފިޒާން؟؟؟”
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

