Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (15)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 6, 2022 3 Mins Read
0 Comments

“އާނ މަންޖެތީ އަހަރެމެންގެ ދަނބިދަރިފުޅު ނައުފަލްގެ އެއްބަނޑުއެއްބަފާ ކޮއްކޮއަށްވީމަ ހުރުމަށް ކުއްޔެއް ނުނަގާނަން…ތީހަމަ މިގޭ ކުއްޖެއްކަހަަލަ ކުއްޖެއް…ދެން ވަޒީފާއަށް ގޮސް އާމްދަނީ ހޯދިމަ އެނިމުނީ” މައިދައިތަ ބުނެލިއެވެ.
*********

ސައިބޮއެ ނިމުމުން ވިޔާމާ ބަފައިބެ އޮފީހަށް ދާން ނިކުތެވެ.މައިދައިތައާ ނަތާޝާގެ އިތުރުން ވަސީމާ ބޭރުޖޯލީގައި އިށީނެވެ.ކާގޭގައި ހުރީ ފަރީޝާ އެކަންޏެވެ.އެހެންކަމުން ތަށިތައްދޮވެ ތަން ސާފުކުރީ ފަރީޝާއެވެ.

ނަތާޝާ އައިފަހުން މައިދައިތައާ ވަސީމާ ދައްތަ ގިނަވަގުތު ހޭދަކުރަނީ އޭނައާ އެކުގައެވެ.އޭނާ ގޮވައިގެން ރަށުތެރެ ބަލާލަން ދިއުންފަދަ ކަންކަން އެމީހުންކުރެއެވެ.ގިނަފަަހަރު އެމީހުން ބޭރަށްދާކަމެއް ފަރީޝާއަކަށް ނުވެސް އެނގެއެވެ.ނަތާޝާ އައިފަހުން އެންމެންވެސް އޭނާއަށް ސަމާލުކަންދޭން ފެށިއެވެ.އެއާއެކު ފަރީޝާ އިތުރަށް ބާކީވިއެވެ.އޭނާއަކީ އެގޭގައިހުރި މީހެއް ހެނެއްވެސް އެމީހުންނަކަށް މިހާރު އެނގޭހެނެއް ހިއެއްނުވެއެވެ.

********

ނަތާޝާ ރަށުގައި ހުންނަތާ މަހެއްވީއެވެ.އެއްމަސް ފާއިތުވެގެން ދިޔައިރުވެސް ގޭ އެހެންމީހުންނާ ވާހަކަދެއްކިއަސް ފަރީޝާއަކާ ނަތާޝާ އަނގައިން ނުބުނެއެވެ.ފަރީޝާ ވާހަކަދެއްކިއަސް ހަމައެކަނި ބުނާއެއްޗަކަށް އެެއްޗެއް ބުނެލުން ފިޔަވައި އިސްވެ ގޮވާވެސް ނުލައެވެ.ނަމަވެސް އެކަންތައް މާބޮޑުކަމަކަށް ފަރީޝާ ނަހަދައެވެ.އޭނާ ނަތާޝާއާ ވާހަކަދައްކައެވެ.

ދުވަސްތައް ހިނގަމުންދިޔައެވެ.ވިޔާމްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.މިހާރު އޭނާ ހުންނަނީ އަބަދުވެސް ރީތިވެލައިގެންނެވެ.ކުރިން މަހަކުން ސެންޓުފުޅިއަކުން ފުދޭ ވިޔާމަށް މިހާރު ދެފުޅި ސެންޓު މަހެއްގެ މައްޗަށް ހިފަހައްޓާލެވެނީ ކިރިޔާއެވެެ.އޭނާ އަބަދުވެސް ހުންނަނީ ފަސްމިނެޓުން ކަހަލަގޮތަކަށް ފެންވަރާ ސެންޓުޖަހާލައިގެންނެވެ.

“ހާދަހާ ރީތިވެގެންނޭ މިހާރު ހުންނަނީ” އެއްދުވަހަކު ފަރީޝާ ސަމާސާ ރާގަކަށް ވިޔާމަށް ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވިޔާމް އައީ އޭނާދެކެ ރުޅިއެވެ. “ދެން ފަރީޝާ ހުންނަހެން ގޮނޑުހެދިފަތަ ހުންނަންވީ؟” ނުރުހުންތެރިކަމާއެކު ވިޔާމް ބުނެލިއެވެ.ވިޔާމް އެހެންބުނުމުން ހެވިފައިވާ ފަރީޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.ކުރިއަށްވުރެ ބޮޑަށް ވިޔާމް ފަރީޝާއަށް މިހާރު އަޅާލުންކުޑައެވެ.އަބަދުވެސް ވިޔާމް ހުންނަނީ އޭނާދެކެ ރުޅިއައިސްފައެވެ.ކިތަންމެ ކުޑައެއްޗެއް ފަރީޝާ ބުނެލިއަސް ނޫނީ ސަމާސާއަކަށް އެއްޗެއް ބުނެލިއަސް ވިޔާމް އޭގެ ރައްދުދެނީ ރުޅިވެރިކަމާއެކުގައެވެ.

*********

މެންދުރަށް ކައްކަން ކާއެއްޗެހި ގަންނަން ފަރީޝާ އާދައިގެމަތިން ވަސީމާގެ ފިހާރައަށް ދިޔައެވެ.ވިޔަފާރިކުރަން ފަރީޝާމެން އަބަދުވެސް ދަނީ އެފިހާރައަށެވެ.”ހަލޯ ނަތާ” ކައުންޓަރުގައި އިން ނަތާޝާ ފެނި ފިހާރައަށްވަތް ފަރީޝާ ގޮވާލިއެވެ.ނަމަވެސްް އެހެންފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ނަތާޝާ އަނގައިން ނުބުނެ އިނެވެ.އެކަން މާބޮޑުކަމަކަށް ނަހަދާ ފަރީޝާ ހަރުތަކާ ދިމާލަށް ގޮސް ކައްކަން އެއްޗެހި ނަގާ ހަމަކުރަންފެށިއެވެ.

އޮފީހުގައި އިނދެފައި ދައްތަގެ ފިހާރައަށް ވިޔާމް އައެވެ.އެވަގުތު ފިހާރަތެރޭގައި ފަރީޝާ ހުރިތަން ފެނުމުން ފާރާ ނިވާވެލިއެވެ.ވިޔަފާރިކޮށްގެން ފަރީޝާ ފިހާރައިން ނިކުތުމުން އޭނާ ދާމަންޒަރުބަލަން ސިއްރުން ވިޔާމް ހުއްޓެވެ.އަދި ފަރީޝާ ލޮލުކޮޅަށް އޮބާލުމުން ވިޔާމް ފިހާރައަށް ވަނެވެ.

“ކިހިނެއް؟” ފިހާރައަށް ވަތް ވިޔާމް ނަތާޝާއަށް އަހާލިއެވެ. “ރަނގަޅު ވިޔާމް ކިހިނެއް؟” ނަތާޝާ އަހާލީ ތުއިގޮތަކަށެވެ.”ރަނގަޅު ހަމަ” އެހެންބުނެ ޖީބުން ފަށެއް ވިޔާމް ނެގިއެވެ. “މީ ނަތާއަށް ވިޔާމް ގަނެދިން އެއްޗެއް..އުންމީދުކުރަން ކަމުދާނެކަމަށް” ވިޔާމް ފަށްދެމުން ނަތާޝާއަށް ބުނެލިއެވެ. “ވާވް ވަަރަށް ލޯބި ތޭންކްސް” ތުއިގޮތަށް ނަތާޝާ ބުނެލީ ފަށަށް ބަލައިލަމުންނެވެ.

“ބައި ދަ ވޭ އެއްޗެއް އަހާލަންތަ؟…މީ ކީއްވެދިން ފަށަކޯ؟” ނަތާޝާ އަހާލިއެވެ. “ހިހި…ކަމެއްވެގެންނޫން…ތިފަށް ފެނުމާއެކު ނަތާއަށް ގުޅޭނެހެން ހީވީމަ ގަތީ…އެހެންނޫނަސް ވިޔާމްއާ ރަހުމަތްތެރިވާ އެންމެނަށްވެސް ވަރަށް ފައިދާވާނެ..ވިޔާމް ވަރަށް މީހުންނަށް އެއްޗެހިދޭ ހިތްވޭ…ހާއްސަކޮށް ގާތްމީހުންނަށް އައި މީން ފުރެންޑުންނަށް” ވިޔާމް ބުނެލިއެވެ.

“ކޮބާ ވައިފަށް؟” ނަތާޝާ އަހާލީ ސަމާސާ ރާގަކަށެވެ. “އޭނައަށް މިހާރުވެސް ހުންނާނެ މަދުނުވާވަަރަށް އެއްޗެހި ހޯދަދީފަ” ވިޔާމް ބުނެލިއެވެ. “އޯ އެހެންދޯ އޭނަ ހުންނަ ސިމްޕަލް ކަމުން އައި ތޯޓް ވިޔާމް އޭނައަށް އެއްޗެހި ހޯދައިނުދެނިއްޔޭ” ނަތާޝާ ބުނެލިއެވެ. “ފަރީޝާ އަތުގައި ހުންނާނެ މަދުނުވާވަރަށް ސަމާނު މިހާރުވެސް ކޮޓަރިތެރެ ބަލާބަލަ..ކޮސްމެޓިކްސްވެސް ސެންޓުވެސް ގަހަނާވެސް ހުރިިހާ އެއްޗެއް..އެކަމަކު އޭނަ އޭއްޗިސް ބޭނުންނުކުރަނީއެއްނު” ވިޔާމް ބުނެލިއެވެ.

“އަސްލު ވިޔާމް އެހާ ހެޕީއެއްނޫން މިލައިފާ ދޭތެރޭ…އެނީވޭސް މިހާރު ދެމީހުން ރަހުމަތްތެރިވެ މިގޮތަށް ވާހަކަދައްކާތާ ހަފްތާއެއްވީ އަދިވެސް ވިސްނަންޖެހޭތަ ނަންބަރުދޭން..ވިޔާމް ކުރިންވެސް ނަތާގެ ނަންބަރު ބޭނުންވެގެން ބުނީމަ އެފަހަރު ނަތާ ބުނީ ވިސްނާލާށޭ ޖެހޭނީ…އަދިވެސް ނުވިސްނޭތަ؟” ވިޔާމް ބުނެލިއެވެ.ވިޔާމް އެހެންބުނުމުން ނަތާޝާ އޭނާގެ ނަންބަރު ވިޔާމަށްދިނެވެ.

**********

އިރުއޮއްސުމުން ފިހާރަ ބަންދުކޮށްލުމަށްފަހު ނަތާޝާ ގެއަށް ދިޔައެވެ.މިއަދު ވިޔާމް ބުނި ބަހުގެ ތެދުކަން ހޯދަން ނަތާޝާ ބޭނުންވިއެވެ.އެހެންކަމުން އޭނާ މިސްރާބުޖެހީ ފަރީޝާމެންގެ ކޮޓަރިއާ ދިމާލަށެވެ.ދޮރުގައި މަޑުމަޑުން ނަތާޝާ ޓަކިޖަހާލިއެވެ.ނަމަވެސް ފަރީޝާ ދޮރުނުހުޅުވުމުން ތަޅުނުލާހުރި އެކޮޓަރީގެ ދޮރު މަޑުމަޑުން ނަތާޝާ ހުޅުވާލިއެވެ.ނަތާޝާ ދޮރުހުޅުވާލުމާއެކު އެނދުގައި ފިކުރުކުރަން އޮތް ފަރީޝާ އަވަހަށް ތެދުވިއެވެ.

“ނިދަނީތަ؟” ހިނިތުންވުމަކާއެކު ނަތާޝާ އަހާލިއެވެ.ކުރިން އިސްވެ އަނގައިން ބުނެފައިނުވާ ނަތާޝާ މިއަދު ކުއްލިއަކަށް ކޮޓަރި ދޮރުމަތީގައިހުރެ ފަރީޝާއާ ވާހަކަދެއްކުމުން ހައިރާންވެފައި ނަތާޝާއަށް ބަލަން ފަރީޝާއަށް އިނދެވުނެެވެ. “ވަދެލަންތަ؟” ހިނިތުންވުމަކާއެކު ނަތާޝާ އަހާލީ ފަރީޝާ އަނގައިން ނުބުނެ އޭނާއަށް ބަލަން އިނުމުންނެވެ.

“އާނ..ވަދޭ ވަދޭ” ހައިރާންވެފައި އިން ފަރީޝާ އަވަހަށް ބުނެލިއެވެ.އަދި ނަތާޝާއަށް އިށީނުމަށް ތަންދެއްކުމަށްފަހު ފަރީޝާ އެނދުގެ އެއްފަޅީގައި އިށީނެވެ. “ކަމަކުތަ؟” ފަރީޝާ އަހާލިއެވެ.އޭނާ އަދިވެސް އިނީ ހައިރާންވެފައެވެ. “ނޫނޭ މީދެންހަމަ ވަދެލީ…މިއަދު ފިހާރައިގަ އިންދާ ފަރީ ގޮވާލީމަވެސް އަނގައިން ނުބުނެވުނީމަ ފަރީ އެއްޗެކޭ ހީކޮށްފާނެއޭ ހިތަށްއެރީމަޔާ އެކު ދެން” ނަތާޝާ ބުނެލިއެވެ. “އެއީ މައްސަލައެއްނޫން” ފަރީޝާ ބުނެލިއެވެ.

“ނިދަނީތަ؟” ނަތާޝާ އަނެއްކާވެސް އަހާލިއެވެ. “ނޫން ހަމައޮވެލީ” ފަރީޝާ ބުނެލިއެވެ. “އެހެންތަ ދޮރުގަ ޓަކިޖެހީމަވެސް ނުހުޅުވީމަ ހީކުރީ ނިދަނީކަމަށް” ނަތާޝާ ބުނެލިއެވެ. “ނޫނޭ….ޓަކިޖެހިކަން ނޭނގުނީ” ފަރީޝާ ބުނެލިއެވެ.

ފަރީޝާއާ ވާހަކަދައްކަން އިން ނަތާޝާ މުޅިކޮޓަރިއަށް ނަޒަރުހިންގާލިއެވެ.އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޑުރެސިންޓޭބަލްމަތީގައި ހުރި މޭކަޕްވާން ބޭނުންކުރާ ސާމާނާއި ސެންޓުފުޅިތަކެވެ.އަދި ފާރުގައި ހަރުކޮށްފައިވާ ރިހިކުލައިގެ ސްޓޭންޑުގައި އެކިވައްތަރުގެ ފަށާއި އަނގޮޓިއާ ކެވެލީގެ އިތުރުން ކަންފަތުގައި ލައްވާ މުދިތައްވެސް ހުރިތަން ފެނުނެވެ.އެއާއެކު ވިޔާމް ބުނިބަހުގެ ތެދުކަން ނަތާޝާގެ ލޮލަށްފެނި ގަބޫލުކުރެވުނެވެ.ފަރީޝާއާ ވާހަކަދައްކާލުމަށްފަހު ނަތާޝާ އެތަނުން ނިކުތެވެ.

ނަތާޝާ ނިކުތުމުން ފަރީޝާ ކުޑަކޮށް ވިސްނާލިއެވެ.ނަތާޝާ ކުއްލިއަކަށް އޭނާއަާ ވާހަކަދެއްކީ ކީއްވެބާއޭ ހިތަށްއެރިއެެެވެ.ނަމަވެސް އެއީ ނަތާޝާގެ ފުށުން ފެނުނު ހެޔޮބަދަލެއްކަމުން ފަރީޝާ ހިތްހަމަޖެހުނެވެ.

*********

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވީމޭ އިންތިޒާރުގައި – 14

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (16)

Next
February 7, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (16)

Previews
February 6, 2022

ވީމޭ އިންތިޒާރުގައި – 14



All Right Reserved!