Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-1

Amee_sher Level 110 Stories
January 31, 2022 One Min Read
1 Comment

މިއަދަކީ އަހަރެންގެ ތުއްތަގެ ކޮއްކޮ އައިހަލް ހިތާނަ ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަހަރެމެން ތައްޔާރުވަމުން މިދަނީ އައިހަލްގެ ހިތާނީ މޫސުމަށެވެ. މީ ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދުވަސް ކޮޅެކެވެ.

އައިހަލް ހިތާނަކުރުމަށް އަންނަ މީހާ އަތުވެއްޖެއެވެ. އަހަރެންނަށް ކުޑަކޮށް އުނދަގުވާ ގޮތް ވާތީ އަހަރެން ދިޔައީ ފައިނާ، ޝައްމާ އަދި ސައިހާ އާއި އެއްކޮށް އަހަރެންގެ މާމަ ގެއަށެވެ. މާމަގެ ހުންނަނީ މާދުރު ނޫން ހިސާބެއްގައެވެ. އެއީ ވެސް ނަސީބެކެވެ. އެކި ކަންތަކުގަ މޮޔަ ވަމުންގޮސް 1 ގަޑިއިރު ފަހުން ދެން އަނެއްކާ ދިޔައީ ތުއްތަ މެންގެއަށެވެ. އޭރު އައިހަލް ނެރެފިއެވެ.
ދެން އަހަރެން ދިޔައީ މަންމަ މެންނާއެކު ގެއަށް ނަމާދުކޮށް ހަދާށެވެ. މެންދުރު ގޭގައި މަޑުކޮށްފައި ދެން ދިޔައީ ހަވީރުއެވެ. އޭރު ހަވީރު ސައި ގަޑި ޖެހިއްޖެއެވެ. އަވަހަށް ސައި ބޮއެގެން ދެން ދިޔައީ އެރޭގެ މުނިފޫހި ފިލުމުވުމުގެ މަސައްކަތަށް ތައްޔާރުވާށެވެ. އަހަރެމެން ގޯތި މީހުން ތައްޔާރުވީ ނެށުމަކަށެވެ. އެރޭގެ ކުޅިވަރު ވަރަށް މަޖާވެފަ އެހާމެ ފޯރިގަދައެވެ.
ހިތާނީގެ އެންމެ ފަހުރޭގެ ޝޯއެވެ. އެރޭ އޮތީ ރަށުގައި ވަރަށް ނަން ހިނގާ ގުރޫޕެއްގެ ޝޯ އެކެވެ. އެރޭ ލަވަ ކިޔަން އެރި ޒުވާނާ ހާދަހާވާ ނަލައެވެ. އެހާމެ ޗާލެވެ. ބުނެދޭން ވެސް ނޭނގޭހައި އޭނާ ރީއްޗެވެ. އާއެވެ. ތިހީވީ ރަނގަޅަށެވެ. އެ ޒުވާނާ އަހަރެންނަށް ކަމުދިޔައިއްޔެވެ. އަހަރެންގެ ހިތްކީއެވެ. އެކަން ކުޑަ ދައްތަ އަށް އެނގިގެން އަހަރެންނަށް އަޅުވާކިޔަނީއެވެ. މައިޝަންގެ ނަމުން އަހަރެންނަށް ގޮވަނީއެވެ. އެ ޒުވާނާގެ ނަމަކީ މައިޝަން އެވެ.
ދުވަސް ތަކެއް މިގޮތަށް ފާއިތުވެއްޖެއެވެ. ނަސީބުކަން ދިމާވި ގޮތުން ކުޑަ ދައްތަ ރައްޓެހިވެގެން އުޅެނީ އަލީ އަށެވެ. މައިޝަންގެ އެކުވެރިއަކަށެވެ. އެހެންވެ މި ވާހަކަތައް އަލީ އަށް އަހަރެން ހިއްސާކުރީމެވެ. އެކަމަކު އަލީ އެދުނީ ނޫނެކޭ ބުނެފިނަމަ ވަގުތުން އޭނައާއި ދުރުވުމަށެވެ. އަހަރެން އެއްބަސް ވީމެވެ.
އޭގެ 4 ވަރަކަށް ދުވަސްފަހެވެ. ފޯނު ކުޅެން އޮއްވާ “ޝައީ” އޭ ކިޔާފަ މެސެޖަކުން އަލީ
އަހަރެންނަށް ގޮވާލިއެވެ. އަދި މައިޝަންގެ ޖަވާބު ވެސް އަހަރެންނަށް ހިއްސާ ކުރިއެވެ.
~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – 12

Next

ލޮތްބަށްޓަކައި..3

Next
January 31, 2022

ލޮތްބަށްޓަކައި..3

Previews
January 31, 2022

ވީމޭ އިންތިޒާރުގައި – 12

One Comment

  1. Naaim_Ali Naaim_Ali says:
    February 1, 2022 at 11:51 am

    Reethi vaahaka eh, kuriah huri baithah adhi miah vure furihama vaane kamah unmeedhu kuran… 🙂

Comments are closed.

Next Episodeތި ލޯބި-2←


All Right Reserved!