Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ވެވުމުން 3

Star Fire Level 310 Stories
January 31, 2022 6 Mins Read
1 Comment

 

” ވަޓް ދަ އެކްޗުއެލް ” ނާއިޒް އަޔާޒް ފެނުމުން ބުނެލިއެވެ. ” ކިހިނެއް ވީ  ” އަޔާޒް މާ ބޮޑު ކަމެއް ނުވާ ކަމަށް ހެދެމުން ބުނެލިއެވެ.” ކިހިނެއް ހޭ ވީ……… މޫނު އެއްފަޅި ރަތް އަރުވާލަގެން ކީއް ތި ކުރަނީ؟”ނާއިޒް އެހެން ބުނުމުން އަޔާޒް އަނގައިން ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ” އެހެރަ ކޮޓަރީގަ އުޅޭ މަންޖެ ކުރާ ކަންތަށް މީ…. މަ ހިތަށް އެރީ އަޒްހާ ކަމަށް ނިކުންނާނީ ކޮޓަރިން އެކަމް ނިކުތީ ފާޑެއްގެ އަންހެނެއް….. ކައެ ބުނީމެއްނު އެއީ އަޒްހާ ގެ ކޮޓަރި އޭ ދެން ކީއް މިވީ” އަޔާޒް ކަންކަށި މަތީގަ ރަތް ވެފަ ހުރި ތަން ދައްކާލަމުން ބުނެލިއެވެ. ” ޝިޓް…….އޭ ސޮރީ އެނގޭ އަސްލު މި ނަވާން އާ ދޭތެރޭ ވިސްނަން ހަދާ ނުބާ ކޮޓަރިއެއް ދެއްކުނީ…. އެއީ ނައި ގެ ކޮޓަރި އެ ކޮޓަރި އާ ޖެހިގެން ހުންނާނީ އަޒްހާ ގެ ކޮޓަރި” ނާއިޒް ބޯ ކަހާލަމުން ބުނެލިއެވެ. އަޔާޒް ފުން ނޭވާއެއް ލުމަށްފަހު ގެއިން ނިކުމެގެން ދިޔައެވެ. އެއިރު ނިޔާޒް ގެ ވަންނަން އަންނަނީއެވެ. ” އަޔާޒް؟” ނިޔާޒް އަޔާޒް ނިކުންނި ތަން ފެނުމުން އަހާލިއެވެ. ” ނިޔާޒް”  އަޔާޒް އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭނަ ހުރީ ނިޔާޒް ގެ މޫނަށް ބަލާލަން ވެސް ނުކެރޭ ވަރަށް ލަދުގަނެ ފައެވެ. ” އަމް ސޮރީ” އަޔާޒް މަޑުމަޑުން ބުނެލިއެވެ. ” އިޓްސް އޯކޭ ބްރޯ މަންމަ މަ ކާރިގަ ބުނި ޔަލްވީ ގެ ވާހަކަ” ނިޔާޒް އަޔާޒް ގެ ކޮނޑުމަތީގަ އަތް ބާއްވާ ލަމުން ބުނެލިއެވެ. ” ވަޓް ދަ…. ޔޫ ގާއިޒް އާ ހޭވިން އަ ބްރޯމޭސް އެވެސް މިގޭ ދޮރުމަތީގަ…” ކުއްލިއަކަށް ރިޒާ ގެ އަޑު އިވުމުން ނިޔާޒް އާއި އަޔާޒް ދިޔައީ ސިއްސައިގެންނެވެ. ” ހޭ……. ރިޒާ ރައިޓް………މީ ކޮންކަހަލަ ރަށެއް މިރަށަކު އެއް ނޫޅޭ ރީތި މަންޖެ އެއް ވެސް” ނިޔާޒް ރިޒާ ފެނުމުން އޭނާއަށް ޖެއްސުން ކޮއްލާ ހިތްވިއެވެ. ” ދެން އެއީ މަ ކުރާނެ ކަމެއް ތަ” ރިޒާ އެހެން ބުނުމުން ނިޔާޒް ހައިރާން ވިއެވެ. އަދި ހިނިވެސް އައެވެ. ” ނޫން އެއީ ދެން ރިޒް ކުރާ ކަމެއް ނޫން ހަމަ ބުނެލީ”  ” އޯ ހެލޯ ރިޒް އެއް ނޫން ރިޒާ…. ރިޒާ ކިޔަން ވީ ކޮން ރިޒް އެއް ބިޒް އެއް ކިޔާކަށް” ރިޒާ ގެ މޫޑް ހުރީ ޒައިދާން ގެ ސަބަބުން އެއްކޮށް ބަދަލުވެފައެވެ. ” އޯކޭ ފައިން ރިޒާ… ކަމެއް ވެފަތަ ތިހުރީ ؟” މީގެ އިރުކޮޅެއް ކުރިން ނައިރާ އާއި ސަމާސާ ކުރަން ހުރި ރިޒާ މިހާރު އެހާ ރުޅިއައިސްފަ ހުރުމުން ނިޔާޒް އަހާލިއެވެ. ” ނިޔާޒް އަކާ ކޮންކަމެއް އަހަރެންނަށް ކަމެއް ވިޔަސް މަ މީ ނިޔާޒްގެ މަންމަ ތަ ނޫނީ ކޮއްކޮ ތަ ނޫނީ ނިޔާޒްގެ އަންހެނުން ތަ” ރިޒާ ރުޅި އައިސްފަ ހުރެދެއް ބޮޑުކަން ކިޔެނީ ކޯޗެއް ކަމެއް ނުކިޔެނީ ކޯޗެއް ކަމެއް ނޭންގެ އެވެ. ” މަންމަ ގެ ގޮތެއް ނޭންގެ އެކަމް ހަމަ ފަހަރެއްގަ ކޮއްކޮ އަކަށް ނޫނީ ޖީ އެފް އަކަށް ވެދާނެ އެއްނު…. ނޯވަން ނޯސް ހައު ދަ ފިޔުޗާ ވުޑް ބީ” ނިޔާޒް އެހެން ބުނުމުން ރިޒާ ތުން އަނބުރާލުމަށްފަހު ގެއަށްވަނެވެ. ” އޭ ނިޔާޒް މަށަށް ހީވަނީ މި ރަށުގަ އުޅޭ ހުރިހާ އަންހެން ކުދިންގެ ބޯ ހަމައެއް ނުޖެހޭ ކަންނޭނގެ” މިހުރިހާ އިރު ވާހަކަ ނުދައްކާ ހުރި އަޔާޒް ރިޒާ އެތެރެއަށް ވަނުމުން ބުނެލިއެވެ. ” އަސްލު ވެސް” ނިޔާޒް ހިނިގަންޑެއް ޖަހާލަމުން ބުނެލިއެވެ.

” ސްޓުޕިޑް ، އިޑިޔޯޓިކް ، ފޫލް ”  ” ރިޒް…. ރިޒް…… ރިޒް….. ރިޒޫ ” ނައިރާ ރިޒާ އަށް ގޮވާލުމުން ރިޒާ ދިޔައީ ސިއްސައިގެންނެވެ.” ވަޓް ނައި ”  ” ކާމް ޑައުން ”  ރިޒާ ރުޅި އައިސްފަ ހުރުމުން ނައިރާ ބެލީ ރިޒާ ރުޅި މަޑު ކުރެވޭ ތޯއެވެ.” ކާމް ޑައުން ؟…… ކޮންހެނެއް ހޭ މަ ކާމް ޑައުން ވާންވީ ހުވާ ކޮއްފަ މިބުނީ އެ ޒައިދާން އަދި މަ އަތުން މަރުވާނެ….. އޭނަ އާ ހެދި މިހާރު މަށަށް ނޭވާ ލެވޭވަރެއް ނުވެއޭ ” ރިޒާ އެ ހިސާބަށް ބުނިއިރު ހުރީ ރޮވެން ކައިރިވެފައެވެ.” ރިޒް ވަޓް ހެޕެންޑް ކީއްވެ ތި ރޮނީ ” ރިޒާ ރޯން ފެށުމުން ނައިރާ ކަންބޮޑުވިއެވެ.” ނަ… ނައި… ޒައި….. ޒައިދާން…. ދެންމެ…… ބޭރަށް…..ނި…. ނިކުތް…. އި.. އިރަށް… އަ… އަނެއް ފަރާތު.. ގަ…ހު..ހު… ހުރި… ގޮ… ގޯޅިއަށް… ވެއް….ދީ… އެ.. އެ… އެއަށްފަހު……. ” ރިޒާ ގިސްލަމުނަ ކިޔާ ދެވޭތޯ ބެލިއެވެ.” އެއަށްފަހު…… ރިޒް ކަމް އޯން ޓެލްމީ އެއަށްފަހު ކީއްކުރީ އޭނަ ޓެލްމީ ”  ނައިރާ ހާސްވެފަ ހުރި އަހާލިއެވެ. އެއީ ޒައިދާން އަކީ ކޮންކަހަލަ މީހެއް ކަން ހަމަ ރަނގަޅަށް ވެސް ނައިރާ އަށް އެނގޭތީއެވެ. ނައިރާ ކީއް ކުރަން ހެއްޔެވެ. ރަށުގެ އެންމެންނަށް ޒައިދާން ގެ ގޮތް އެނގެއެވެ. ޒައިދާން ދުވަހަކުވެސް ކަމެއް ކުރާކަށް ފަހެއް ނުޖެހޭނެއެވެ.  ދުވާލަކަސް ރޭގަނޑަކަސް އޭނާ ކުރާނެ ކަމެއް ކުރާނެއެވެ. އެހެންކަމުން ނައިރާ ހުރީ ކަންބޮޑުވެފައެވެ. ” ރިޒް ޕްލީސް ބުނެބަލަ” ނައިރާ އެންމެ ފަހުން ރިޒާ ކައިރީ އާދޭސް ކުރިއެވެ. ” ހި…. ހީ ޓްރައި ޓު ރެ…ރޭޕް މި… މީ” ރިޒާ ގެ ބަސްތަށް ނައިރާ ގެ ކަންފަތުގަ ގުގުމަމުން ދިޔަ އެވެ. ” ވަޓް….. ދެން އެހެންވެ ރިޒާ މިއޮއްހާއިރު އެ ޒައިދާން އާ ދިމާލަށް ސްޓުޕިޑް ކިޔަން ހުރި….. ރިޒް ޔޫ ޑޯންޓް ހޭވް ޓު ފީލް އިންސިކިޔޯރް  އެރައުންޑް މީ…… ޔޫ ކޭން ޓެލްމީ އެނީ ތިން……. އައި ނޯ ރިޒް އިންސިކިޔޯރް ވީމަކަން ރުޅި އަންނަނީ………އެކަމް ރިޒް ނުޖެހޭނެ އަހަރެން ނޫނީ މިޝް ކައިރީގަ އިންސިކިޔޯރްނެސް ހައިޑް ކުރަން ރުޅި މާސްކެއް ގެ ގޮތުގަ ބޭނުން ކުރާކަށް ” ނައިރާ އެހިސާބަށް ބުނުމާއެކު ރިޒާ ގެ ރުއިން އިތުރަށް ގަދަވިއެވެ.” ރިޒް ޔޯރް ގޮނަ ބީ އޯލް ރައިޓް ” ނައިރާ ރިޒާ ގެ ބުރަކަށީގަ ފިރުމާލަމުން ބުނެލިއެވެ. އެތަށް އިރެއް ވަންދެން ރިޒާ ރުއިމަށް ފަހު ހަމައަކަށް އެޅުނެވެ.” ރިޒް މަޑު ކުރޭ އަންނާން އައިސް ޕެކް އެއް ހިފާގެން ” ރިޒާ ގެ ލޯ ރަތް ވެގެންގޮސް ދުޅަވެފަ ހުރުމުން ނައިރާ ބަދިގެއަށް  އައިސް ޕެކް އެއް ބަލާ ދިޔައެވެ. ބަދިގެއަށް ވަނުމަށް ފަހު ފްރިޖް ގަ އޮތް އައިސް ޕެކް ނެގުމަށްފަހު ނައިރާ ކޮޓަރިއަށް ދާން އެނބުރިލިއިރު ސަހީނާ ބަދިގެއަށް ވަންނަނީ އެވެ. ނައިރާ ސަހީނާ ފެނުމުން އަވަހަށް އިސްޖަހާލިއެވެ. އަދި ބަދިގެއިން ނިކުންނަން ދިޔައެވެ. ” ނައިރާ މިރޭ އަހަރެން ކޮޓަރިއަށް އަންނާތި ” ސަހީނާ އެހެން ބުނުމުން ނައިރާ ގެ ފަޔުގަ ކަސްތޮޅު އެޅުވުނު ކަހަލައެވެ. ނައިރާ ގެ ދެލޯ ވަގުތުން ކަރުނައިން ފުރުނެވެ. ގެއަށް ވަދެގެން އައި ނާއިޒް ފެނުމުން ނައިރާ ކަރުނަ ތަށް ހިންދާލުމަށްފަހު އަވަހަށް ކޮޓަރިއަށް ދިޔައެވެ. ” ނައި ދައްތާ އޯކޭ ތަ އަޒްހާ އަޔަސް…. އަޒްހާ މި އުޅެނީ ފޫހިވާތީ” އަޒްހާ ކޮޓަރިން ނިކުތް ވަގުތު ނައިރާ ފެނުމުން ބުނެލިއެވެ. “އޯކޭ” ނައިރާ އެހެން ބުނުމަށް ފަހު ކޮޓަރިއަށް ވަނެވެ. ” ނައި ދެން އޯކޭ އޭ” ރިޒާ ނައިރާ އައިސް ޕެކް އަޅަން ފެށުމުން ބުނެލިއެވެ. ” ނޫން ރިޒް ދައްތާ…… ތި އައިސް ޕެކް އެޅީމަ ރަންގަޅު ވާނީ އެހެންނޫނީ އެތަން ހުންނަނީ ރަތް ކޮށް މީހަކަށް ފެނިއްޖެނަމަ ބުނާނެ ދައްތަ ތީ ކްރައި ބޭބީ އެކޭ” އަޒްހާ ރިޒާ ލޮލު މަތީގަ އޮތް އައިސް ޕެކް ނަގަން އުޅެން ފެށުމުން ބުނެލިއެވެ. ” އަޒްހާ އެ ބުނީ ތެދެއް މި އައިސް ޕެކް އަޅާފަ ބާއްވާ އޭރުން ނެއްނު ބޭރަށް ދެވޭނީ ވެސް ދޯ އަޒްހާ” ނައިރާ ވެސް އަޒްހާ އާއި ބައިވެރި ވެލަމުން ބުނެލިއެވެ. ” ހިނގާލަން ދެވޭނީ ވެސް މިޝް އައީމަ އެއްނު” ރިޒާ އެހެން ބުނުމުން އަޒްހާ ބުނެލިއެވެ. ” މިޝް ދައްތައެއް ނާންނާނެ ކުޑަ އިރުކޮޅެއް ކުރިން ނާއިޒްބެ އާދެ މީހުން މާ ފޮޅުއްވަން ތިއްބާ އަޒްހާ ދެކުނީ” އަޒްހާ އެހެން ބުނުމުން  ނައިރާ އާއި ރިޒާ ގެ ހިނިގަންޑު ފަޅާ ގެންދިޔައެވެ. ” އަޒްހާ ވެސް ކިތަންމެ އިނޮސެންޓް ކޮއް ހުއްޓަކަސް އަސްލު އިނޮސެންޓް އެއް ނޫނޭ ދޯ” ނައިރާ އެހެން ބުނުމުން އަޒްހާ ބުނެލިއެވެ. ” ނައި ދައްތާ ޑޯންޓް ޖަޖް އަ ބުކް ބައި އިޓްސް ކަވާ…. ބޭރު ފުށުން ކިތަންމެ ނުލަފާ ވައްތަރެއް ޖެހިއަސް އެ މީހަކު އަސްލު ވަރަށް ހިތް ހެޔޮ ވެދާނެ އެކަހަލަ ގޮތަކަށް އަޒްހާ ކިތަންމެ އިނޮސެންޓް ވައްތަރު ޖެހިއަސް އިނޮސެންޓް އެއް ނުވާނެ ”   ” އޯހޯ އެހެން ވިއްޔާ އަޒްހާ ގެ ޓައިޕް އަކީ ކޮބާތަ…….”  ރިޒާ ހިނިއައިސްފަ ހުރެ އަހާލިއެވެ. ” ހޫމް ލެޓްސް ސީ….. އައި ލައިކް މަޑުމައިތިރި ކޯލްޑް ބޯއިސް” އަޒްހާ އެހެން ބުނުމުން ނައިރާ ބުނެލިއެވެ. “އޭ ކީއްވެ؟”  ” މަޑުމައިތިރި އަދި އޭގެ އިތުރުން ކޯލްޑް ވެއްޖިއްޔާ އެ ފިރިހެނަކު އެހެން އަންހެނަކާ ވާހަކައެއް ނުދައްކާނެ…ސޯ ހީ ވިލް އޮންލީ ލަވް މީ”  އަޒްހާ އެހެން ބުނުމުން ކުއްލިއަކަށް ރިޒާ ބުނެލިއެވެ. ” އެހެން ވީމަ ނަވާން ހަމަ ޕާފެކްޓް ވާނެ ދޯ އަޒްހާއަށް ނަވާން މަޑުމައިތިރި އަދި އެހާ ކޯލްޑް”  ރިޒާ އެހެން ބުނުމުން އަޒްހާ ގެ އަނގަ ބަންދު ވިއެވެ. އަޒްހާ ކިތަންމެ ވަރަކަށް ނޫނެކޭ ބުނަން ބޭނުން ވިއަސް ނުބުނެވުނެވެ. ހީވަނީ އެ ވަގުތު ކޮޅަށް އަޑު ގެއްލުނުހެންނެވެ. އަޒްހާ ހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. ” ރިޒް މަށަށް ހީވަނީ ދުވަސްކޮޅަކުން މީހުން ޖެހޭނެ ކަން ނޭންގެ މި އަޒްހާ ބަލާ އެ ރަށަށް ފަރިވަޅު ކައްކައިގެން ދާން…. ބަލާބަލަ އެކައްޗެއް ވެސް ނުވެސް ބުނިއެއްނު” ނައިރާ އަޒްހާ ކައިރީ އިށިންދެލަމުން ބުނެލިއެވެ. ” ހި…. ހިންގާ އަވަހަށް ދަމާ މިހާރު 4:30 އެވަނީ” އަޒްހާ އަވަސް އަވަހަށް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ނައިރާ އާއި ރިޒާ އަޒްހާ ކައިރީގަ ނަވާން ގެ ވާހަކަ ދެއްކުމުން އަޒްހާ އަށް ވީ ވަރު ފެނިފަ ހިނިއައެވެ. ނައިރާ އާއި ރިޒާ އަޒްހާ އަށް މަލާމާތް ކުރަމުން ގެއިންނިކުންނި ގަޑީގަ ވަރަށް ބާރަށް ސައިކަލަކު އައިސް އަޒްހާ ގެ ކުރިމައްޗަށް އެރިއެވެ. އަޒްހާ ސިއްސައިގެން ދިޔަ ވަރުން ގޮސް އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތެވެ. ” ނަވާން ކިރިޔާ އެއްނު އަޒްހާ ގައިގަ ނުޖެހުނީ ތަންކޮޅެއް ބަލާގެން ދުއްވަބަލަ” ނައިރާ އެހެން ބުނުމުން ނަވާން އަށް އަޑު އިވުނު ހެން ވެސް ހިއެއް ނުވެއެވެ. ސައިކަލް އެއްފަރާތެއްގަ ހަރު ޖައްސާފަ ނަވާން ދެ ޖީބައް އަތް ޖަހާލުމަށްފަހު އެތެރެއަށް ވަންނަން ދިޔައެވެ. ނައިރާ ދެރަވެގެން އިސްޖަހަލިތަން ފެނުމުން އަޒްހާ ދެބުމަ ގޮށްޖަހާލުމަށް ފަހު ނަވާން ގެ ކުރިމައްޗަށް އެރިއެވެ. ” ހޭއި ނަވާން އޯރް ވަޓް އެވާ ނައި ދައްތަ އެއްޗެކޭ ބުނި ކަން އެނގޭތަ އިގްނޯރް ކޮއްފަ ތި ދަނީ މާ ކޫލް ވާން ވެގެން…. ސޮރީ ބުނޭ ނޫނީ ގެއަކަށް ނުވަދެވޭނެ” އަޒްހާ އެހެން ބުނުމުން ނަވާން އަޒްހާ އަށް ފާޑަކަށް ބަލަން ހުރުމަށްފަހު ގެއަށް ވަންނަން ދިޔައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އަނެއްކާވެސް އަޒްހާ ނަވާން ގެ ކުރިމައްޗަށް އެރުމުން ނެވެ. ” އަޅެ ފަހެ ހާދަހާ ފޮނި ސޮރެކޭ ދޯ މީ އަދި… ފޮނިކަމުން ގޮސް އަރާފަ…. ތިމާއަށް ތިމާ ފެނިފަ… ބޮޑު ފޮނި ބޯކިބަ ގަނޑު” އަޒްހާ އެ ހުރިހާ އެއްޗެއް ކިޔުމުން ނަވާން އެ ހުރި ގޮތަށް ހުރެ އަޒްހާ ގެ ކަންފަތު ކައިރިއަށް ގުދުވެލުމަށްފަހު ބުނެލިއެވެ. ” މަގޭ ގައިން ރަހަ ބެލީން ތަ މާ ވަރަކަށް މަށާ ދިމާއަށް ފޮނޏޭ ކިޔާކަށް” ނަވާން އެހެން ބުނުމަށް ފަހު ގެއަށް ވަދެގެން ދިޔަ އިރުވެސް އަޒްހާ ހުރީ ޖެހި ބުދެއް ހެން ގާވެފައެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށް ފަހު އަޒްހާ އަޑު ނެތް ތަނަށް ” އައްޗީޑި” އޭ ކިޔާ ހަޅޭލައްވައި ގަތެވެ. އެއިރު ނައިރާ އާއި ރިޒާ ތިބީ ވާނުވާ ނޭނގޭ ހާލުގަ އަޒްހާ އަށް ބަލައިގެންނެވެ. ” ހިންގާ އަވަހަށް ދާން” އަޒްހާ ދެކޯ ފުއްޕާލަމުން ބުނެލިއެވެ. އަދި އެއަށްފަހު ހިންގައިގަތެވެ. 

3 މީހުން ހިނގަމުން ހިނގަމުން ގޮސް ތުނޑި މައްޗަށް އާދެވުނެވެ. އެއިރު އެތާގަ ކުޑަކުދިންނާއި މުސްކުޅިންނާއި އަދި ލޯބިވެރިންގެ ޖޯޑު ތައް އެކި ދިމާލުގަ ތިއްބެވެ. ” ވާވް ހާދަ ރީތި ތަނެކޭ” އަޒްހާ މުޅި މާހައުލަށް ބަލައިލަމުން ބުނެލިއެވެ. ހުދުކުލައިގެ ބޮޑު ދޮންވެލި ގަނޑެއް އޮތްއިރު އެކިތަނތާގަ ހިލަ ގޮނޑިއާއި ބެންޗު ބަހައްޓާފަ ހުއްޓެވެ. ދޮނވެލިގަންޑުގެ ކުރިމަތީގަ އޮތް ސާފު ރީތި މޫދުފެނުމާއެކު އަޒްހާ މޫދާއި ދިމާއަށް ދުއްވައި ގަތެވެ. ” އަޒްހާ ބީ ކެއާރް ފުލް” އެތާގަ ވެލި ބޯކަމުން ނައިރާ އަޒްހާ ކައިރީ ބުނެލިއެވެ. ނައިރާ އާއި ރިޒާ ވެސް ދުވެފަ ކަހަލަ ގޮތަކަށް އަޒްހާ އާއި އެއްވަރު ކުރުމުގެ ނިޔަތުގަ ދިޔައެވެ. ރިޒާ ރޭހެއް ޖައްސަން ހިންގާށޭ ބުނުމުން ނައިރާ ދުވެލި ބާރު ކޮއްލީއެވެ. ނަމަވެސް އުސް ފައިވާނަކަށް އަރައިގެން ހުރުމުން ނައިރާ ދޮންވެލި ގަނޑު މަތީގަ އިން ގަހެއްގެ މޯ ގަނޑަކު އަޅައިގަނެފަ ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަ ގޮތުން ނައިރާ ޖެހުނީ ކުރިމަތިން އައި މީހެއް ގައިގަ އެވެ. އެ މީހާ ވެސް އެކަހަލަ ކަމެއް ދިމާވާނެ ކަމަށް ނުވިސްނާ ހުރުމުން ދެމީހުން އެއްކޮށް ދޮނވެލިގަންޑު މައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތަކުން ނައިރާ ގެ ބޯ ޖެހުނީ އެ މީހަކުގެ މޭމަތީގައެވެ. އެހެން އޮއްވައި ރިޒާ އާއި އަޒްހާ ގެ ހުނުމުގެ އަޑު އިވުނެވެ. ނިޔާޒް ގެ އަޑު ވެސް އިވުނެވެ. ނައިރާ އަވަހަށް އެ މީހަކުގެ ގައި މަތިން ތެދުވުމަށް ފަހު އެމީހާގެ މޫނަށް ބަލައިލިއެވެ. އެއީ އަޔާޒް ނޫން ދެވަނަ މީހެއް ނޫނެވެ. އަޔާޒް ކޮޅަށް ތެދުވުމަށް ފަހު އަތުގަ އާއި ބޮލުގަ ހުރި ދޮންވެލި ތަށް ފޮޅާލިއެވެ. އަދި ނައިރާ އަށް ބަލައިލިއެވެ. ” ސޮ… ސޮރީ” ނައިރާ ކުޑަކޮށް ޖެހިލުންވެ ހުރެ މާފަށް އެދުނެވެ. ” އިޓްސް އޯކޭ…. ދެންވެސް ބަލައިގެން އުޅޭތީ” އަޔާޒް އެހެން ބުނުމަށް ފަހު ކުރިއަށް ހިންގައިގަތެވެ. ” އޭ އަޔާޒް މަޑުކޮއްބަލަ” ނިޔާޒް އަޔާޒް އާއި އަރާ ހަމަކުރަމުން ބުނެލިއެވެ. 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ފަޅުރަށަށް ދިޔަ ދަތުރު

Next

ވީމޭ އިންތިޒާރުގައި – 12

Next
January 31, 2022

ވީމޭ އިންތިޒާރުގައި – 12

Previews
January 31, 2022

ފަޅުރަށަށް ދިޔަ ދަތުރު

One Comment

  1. Hûdhãkkø says:
    January 31, 2022 at 4:12 pm

    Oh finally navaan talk
    BTW
    Mi part VX vrh reethi ?????
    Waiting for the next part

Comments are closed.

Next Episodeލޯބި ވެވުމުން 4←


All Right Reserved!