Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 2

Star Fire Level 310 Stories
January 29, 2022 5 Mins Read
0 Comments

” ނައިރާ… އެކޮއެ ހާދަ އަވަސް އަރުވާލަގެން ތި އުޅެނީ ” ފިހާރަ ކުރިމަތީ އިން ޖޯލި ފަތީގަ އޮތް އުމުރުން ދުވަސްވީ މީހަކު ބުނެލިއެވެ.” އާނ ދައްތާ މީ މަންމަ ބުނެގެން ” ނައިރާ އެ އަންހެން މީހާއަށް ހިނިތުން ވުމެއް ހަދިޔާ ކޮއްލަމުން ބުނެލިއެވެ.” އެހެންތަ… އެހެން ވިއްޔާ އަވަހަށް ދޭ ނޫނީ އެ ސަހީނާ ހުނާނި އެކޮއެ ލަހުން ގޮސް ފިނަމަ ރުޅިއައިސްފަ”  އެ އަންހެން މީހާ އެހެން ބުނުމުން ނައިރާ އިސްޖަހާލުމަށްފަހު ފިހާރައަށް ވަދެ ކުކުޅު ބިސް ފޮށިގަނޑުން ސަހީނާ ބުނި ވަރަށް ބިސް ނަގާގެން ގޮސް ލާރި ދެއްކިއެވެ. ” ނައިރާ މަޑުކޮއްބަލަ”  ފިހާރާގެ ސޭޓު ބުނުމުން ނައިރާ މަޑުޖެހުނެވެ. ” އަދިވެސް އަހަރެންނަކަށް ޖަވާބެއް ނުދެމެއްނު…އަހަރިން ނައިރާ އަށް މާ ބޮނޑި ފޮނުވާނުލާ އެންމެ ދުވަހެއް ވެސް ނުދާނެ… އެއީ އެއްނު ނައިރާ މެން ކަހަލަ އަންހެންނުން ބޭނުންވާ ގޮތަކީ އަހަރެންނަށް ނައިރާ ބޭނުންވަރަކަށް ރުފިޔާ ދެވި ދާނެ ދެން-”  ” ޝާހިލް އަހަރެން ބޭނުމެއް ނޫން… ޝާހިލް ތީ މީހެއްގެ ފިރިއެއް ދެކުދިންގެ ބައްޕައެއް…އެހެންވީމަ ޕްލީސް ލީވް. މީ. އެލޯން” ނައިރާ އެހެން ބުނުމަށް ފަހު ފިހާރައިން ނިކުތެވެ. ” ނައި….. ނިމުނީތަ….” ރިޒާ ފުންނޭވާތަކެއް ލަމުން ބުނެލިއެވެ. ” ރިޒް ކިހިނެއް ވެފަ ތިހުރީ” ރިޒާ ގެ މޫނު މަތީގައި ހުރި ދާ ތިކިތައް ފެނި ނައިރާ އަހާލިއެވެ. ” ޒަ…އި….. ޒައިހާން…. ފު…ފުލު… އަޅުވާލީ” ރިޒާ ހަމައަކަށް އޭޅުވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. ” ސާބަސް ތި ޒައިދާން އަކަށް ވެސް ކޮބާ މިޝް ؟” ނައިރާ ރިޒާ ގެ އަތުގައި ހިފަމުން ގެޔާ ދިމާއަށް ދާނ ހިނގާގަތެވެ. ” މިޝް ވެއްޖެ ޒުލޭހާ ދައްތަ ބުނެގެން މާއިޝް ޤުރުއާން ކުލާހަށް ލާން ގޮސް”  ރިޒާ ޓިޝޫ އަކުން މޫނު ފުހެލަމުން ބުނެލިއެވެ. ނައިރާ ” އޯހް” އޭ ބުނެ ލަމުން ގެއަށް ވަނަން ދިޔައެވެ. ނައިރާ އުޅޭ ގެ އެ ފިހާރަ އާއި ކައިރިވުމުން މާކު ދުރަކަށް ހިނގާކަށް ނުޖެހުނެވެ. ” އޭ ހާދަހާ ބައިވަރު ބޫޓެއް” ގޭ ދޮރު މަތީގަ ހުރި ސްނިކާސް އާއި އިތުރު ދެ ބޫޓު ހުރުމުން ރިޒާ ބުނެލިއެވެ. ” މިތަނުން އެއް ބޫޓަކީ ނިޔާޒް ގެ ދެން އެ ހުރީ…. އައި ތިންކް އެއީ މަންމަގެ ރައްޓެހި މީހާގެ ދެކުދިންގެ ބޫޓު ކަންނޭނގެ” ނައިރާ އެހެން ބުނަމުން ދޮރު ހުޅުވާ ލުމަށްފަހު އެތެރެއަށް ވަނެވެ. ” ދަރިފުޅާ ހާދަ ލަހެ ޓީވީ” ސަހީނާ ދަތްތަކަށް ބާރުކޮށް ލަމުން ބުނެލިއެވެ. އެއިރު ސޯފާގަ ދެމީހަކު ތިއްބެވެ. ނައިރާ އިސްޖަހާލުމަށްފަހު ގޮސް ސަހީނާ އަތަށް ބިސް ކޮތަޅު ދިނެވެ. ” އާން އަދި ހަނދާން ނެތިފަ މިހުރީ މީ މަންމަ ބުނި ދެކުދިން މި ދެކުދިން ފޫހިވިޔަކު ނުދޭތި” ސަހީނާ އެހެން ބުނުމަށް ފަހު ބަދިގެއަށް ވަންނަން ދިޔައެވެ. ” ހާއި އަމް އަޒްހާ” އަންހެން ކުއްޖަކު ގެ އަޑު ޖެހުމުން ނައިރާ އިސްނަގާލިއެވެ. އެއީ ސޯފާގަ އިން އަންހެން ކުއްޖާއެވެ. ” ހާއި އަޒްހާ…. އަމް.. ނައިރާ” ނައިރާ އަޒްހާއަށް ތަޢާރަފް ވެލަމުން ބުނެލިއެވެ. ދެން ނައިރާ ބަލާލީ އަޒްހާ ގެ ކާރިގަ އިން ފިރިހެން މީހާ އަށްށެވެ. އޭނަ އިނީ ފޯނަށް ގެއްލިފައެވެ. ” އާދޭ ކޮޓަރިތަށް ދައްކާލަ ދޭނަން” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ނައިރާ ބުނެލިއެވެ. ” މީ އަޒްހާ ގެ ކުޑޭ އަޔާޒް” އަޒްހާ ނައިރާ އަށް އަޔާޒް ތަޢާރަފް ކޮއްދިނެވެ. ނައިރާ އަނެއްކާވެސް އަޔާޒް އަށް ބަލާލިއެވެ. އަޔާޒް އިނީ އެއިން ގޮތަށް ފޯނަށް ބަލާގެން ނެވެ. ނައިރާ އަޔާޒް އިން ނަޒަރު ވަކިކޮއްލަމުން އެދެމީހުން ހުންނަން ހަމަޖެހިފަ ހުރި ކޮޓަރި ދެއްކުމަށް އަވަސްވެގަތެވެ. ” މީ އަޔާޒް ގެ ކޮޓަރި” ނައިރާ އޭނަ ގެ ކޮޓަރި ކުރިމަތީގަ ހުރި ކޮޓަރިއަށް އިޝާރާތް ކޮއްލުމުން އަޔާޒް އެކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ” ދެން މިހުރީ އަޒްހާ ގެ ކޮޓަރި” ނައިރާ އޭނާގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި ދައްކާލަމުން ބުނެލިއެވެ. ” އަޒްކޯ ؟ މިތާގަ ؟” ނިޔާޒް ކޮޓަރިން ނިކުންނަމުން އަޒްހާ ފެނިފަ ބުނެލިއެވެ. ” ތި ދެމީހުން އެކަކު އަނެކަކު އެނގޭތަ ؟” ރިޒާ ހައިރާން ވެފަ ހުރެ އަހާލިއެވެ. ” ޔެސް އަމް އަޒްހާ’ ސް ދޮންބެ” ނިޔާޒް ފެނުމާއެކު އަޒްހާ ދޮންބޭ އޭ ކިޔާ ނިޔާޒް ގެ ކޮނޑަށް އެރިއެވެ. ” ކީއްތަ ވެގެން މިއުޅެނީ ހާދަ އަޑު ގަ ދޭ” ނަވާން ކޮޓަރީ ދޮ ހުޅުވާލުމަށްފަހު ނިކުމެ ރުޅިވެރި އަޑަކުން ބުނެލިއެވެ. ” ސޮރީ ބްރޯ މަގޭ މި ބޭބީ ކޮއްކޮ ގަނޑު އެއީ” ނިޔާޒް ކޮނޑު މައްޗަށް އަރާ އޮތް އަޒްހާއަށް ނިސްބަތްކޮށް ބުނެލިއެވެ. ނިޔާޒް އެހެން ބުނުމުން ނަވާން ނިޔާޒް ގެ ކޮނޑުމަތީގަ އޮތް އަޒްހާ އަށް ބަލާލިއެވެ. އަޒްހާ ގެ މޫނު ފެނުމުން ނަވާން އައިސްފަ ހުރި ރުޅި ހަވައަށް އަރާގެން ދިޔަ ކަހަލަ އެވެ. ކުޑަކުޑަ ދޮން މޫނު ކޮޅެކެވެ. ގޯލްޑް ކުލާގެ އިސްތަށިގަނޑު ކޮޅުގަ ފިޔާތޮށި ކުލައެއް ހުރި އިރު ވަރަށް ވެސް ގުޅޭ އެވެ. ސިލްވާ ކުލާގެ ކަޅިއެއް ލިބިފައިވާއިރު ތަފާތު ކަމެއް ދައްކައެވެ. އަޒްހާ ނިޔާޒް ގެ ކޮނޑުމަތިން ފޭބުމަށްފަހު ނަވާން އަށް ހިނިތުންވުމަކާއެކު ތަޢާރަފް ވެލިއެވެ. ” ހާއި އަމް އަޒްހާ” އަޒްހާ ހީލުމުން ކޮލަށް އެރި އަޑި ކޮޅު ފެނި ނަވާން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫ ވިކަހަލައެވެ. ނަވާން ބޭނުން ވީ އަޒްހާ ގެ މޫނު ގައި ފިރުމަލަންށެވެ. އެއީ ކީއްވެ ކަމެއް ހުދު ނަވާން އަކަށް ވެސް ނޭނގެ އެވެ. ނަފްސު ކޮންޓްރޯލް ކުރުމަށްޓަކާ ނަވާން ލާގެން ހުރި ކަޅު ކުލާގެ ޖިންސު ގެ ދެ ޖީބަށް އަތް ޖަހާލިއެވެ. ” ނަވާން” ނަވާން ހަމައެކަނި އެހެން ބުނެ ލުމަށްފަހު ކޮޓަރި އަށް ވަދެ ދޮރު ޖެހިއެވެ. ” ވެލް ދެޓް ވޯސް ކައިނޑަ  ރޫޑް” އަޒްހާ އެހެން ބުނުމަށް ފަހު ބިންމަތީގަ އޮތް ބޭގް ޕެކް ހިފާގެން ނައިރާ ދެއްކި ކޮޓަރިއަށް ވަނެވެ. 

 

އަޔާޒް ކޮޓަރިއަށް ވަނުމަށް ފަހު އެނދުމައްޗަށް ވެއްޓި ގަތެވެ. އިރުކޮޅެއް ވަންދެން އެހެން އޮއްވާ އަޔާޒް އަށް ނިޔާޒް ގެ އަޑު އިވުނު ހެން ހީވިއެވެ. އެއަޑު އަންނަނީ ބޭރުންނެވެ. ޔަގީން ކޮށްލުމަށް ޓަކާ އަޔާޒް އެނދުން ތެދުވެގެން ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. އެއީ އަޔާޒް އަށް ހީވީ ހީވުމެއް ނޫނެވެ. އަޔާޒް ގެ ކޮޓަރިއަށް ފުރަގަސް ދީގެން ހުރި މީހަކީ ނިޔާޒް ނޫން ދެވަނަ މީހެއް ނޫނެވެ. އެހެން ކަމުން އަޔާޒް އަވަހަށް ކޮޓަރި ދޮރު ލެއްޕިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ލާގެ ހުރި ކަޅުކުލާ ގަމީސް އާއި ކަޅުކުލާ ޖިންސު ބޭލުމަށްފަހު ދަބަހުން ތުވާލި ނަގާގެން ފާހާނާއަށް ވެންނިއެވެ. އަޔާޒް ފެން ވަރާ މާގަނޑު ދަށުގަ ހުރި އިރުވެސް ވިސްނެމުން ދިޔައީ ޔަލްވީ އާއި މެދުގައެވެ. ޔަލްވީ ގެ ދިފާޢުގަ ނިޔާޒް އާއި ކުރި ޒުވާބެވެ. މިއަދު ޔަލްވީ ގެ ދިފާޢުގަ ކުރި ހުރިހާ ކަމަކީ ފޫނެއް ފަޔަށް ފެންފުރުން ކަން އަޔާޒް އަށް އެނގިއްޖެ އެވެ. އަޔާޒް މާގަނޑު ނިއްވާލުމަށްފަހު ފާހާނާއިން ނިކުމެ ހުދު ކުލައިގެ ” ފިކްސް މީ” ޖަހާފަ އިން ޓީށާޓަކާއި ނޫ ކުލާގެ ޖިންސު ސޯޓެއް ލުމަށްފަހު އިސްތަށިގަނޑު ގަ ހުރި ފެންތަށް ހިއްކާ ލިއެވެ. އަދި ފޯނު ހިފާގެން އެނދުމަތީގަ އޮށޯވެ ލުމަށްފަހު ޔަލްވީ ގެ ހުރިހާ ފޮޓޯ ތަށް ޑިލިޓްކުރަން ފެށިއެވެ. ހުރިހާ ފޮޓޯ އެއް ޑިލިޓް ވުމުން އާޔާ ބޭނުންވީ ޔަލްވީ ގެ ހަނދާންތަކުން ދުރުހެލިވާން  ށެވެ. އެހެން ކަމުން އަޔާޒް ކޮޓަރިން ނިކުތެވެ. ” އަޔާޒް” ނިކުމެވުނީ ނާއިޒް ގެ ކުރިމައްޗަށް ށެވެ. ” ޑޫޑް ވަޓް އަ ޕްލެނެޓް ސަޕްރައިޒް”  ” ނާއިޒް” އަޔާޒް ވެސް ހުރީ ހަމަ ނާއިޒް އެކޭ އެއްވަރަށް ށޮކްވެފައެވެ. ” ބްރޯ ކޮންއިރަކު މެލޭ އިން އައީ”  އަޔާޒް އެހެން ބުނުމުން ނާއިޒް ” މިއަދު” ކަމަށް ބުނެލިއެވެ. ” ކޮބާ އެއްކަލަ މިޝްހާ ސެޓު ވެއްޖެތަ” އަޔާޒް ލާނެތް ރާގަކަށް ބުނެލިއެވެ. އަޔާޒް ، ނާއިޒް  އަދި ނިޔާޒް އަކީ މެލޭޝިޔާ ގެ ބިޒްނަސް ސްކޫލް އިން ދިމާވި ތިން މީހުންނެވެ. ތިން މީހުން ވެސް ދިވެއްސަކަށް ވުމުން ސަބަބުން ވަރަށް ގާތް ވިއެވެ. ރަޙުމަތްތެރިންނަށް ވިއެވެ. މެލޭޝިޔާ ގަ އުޅުނުއިރު އެ ތިން މީހުން އުޅެނީ އަބަދުވެސް އެއްކޮށް ށެވެ. އެހެންކަމުން އެ ސްކޫލު ގަ އުޅޭ ބައެއް ފިރިހެން ކުދިން އެ ތިން މީހުންނަށް “ގޭ ބޯއިސް” ކިޔާ އުޅެއެވެ. ” އާނ… ޓާންސް އައުޓް މިޝް ވެސް މަ ދެކެ ލޯބި ވޭ…” ނާއިޒް ބޯކަހާލަމުން ބުނެލިއެވެ.  ” ކޮބާތަ އަޔާޒް ގެ ޔަލް” ނާއިޒް ޔަލްވީގެ ވާހަކަ އެހުމުން އަޔާޒް ގެ މޫނު މަތީގަ ހުރި އުފާވެރިކަން ހިތާމަވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ” ނިޔާޒް ވޯސް ރައިޓް.. ނާއިޒް އައި ބްރޯކް އަޕް ވިތް ހާ ”  އަޔާޒް އެހެން ބުނުމާއެކު ނާއިޒް އަށް ވެގެން އުޅޭ ރޭކާލިއެވެ. ” ވަޓް ދަ” ނާއިޒް އަށް ބުނެވުނީ އެހިސާބަށް ށެވެ. ނަވާން ކޮޓަރީ ދޮރު ހުޅުވުމާއެކު އަޔާޒް އާއި ނާއިޒް ދިޔައީ ސިއްސައިގެންނެވެ. ” ދޮންބޭ ހިނގާ މިއަދު ދުއްވާލަން ދާން ވަރަށް ފޫހި ވެގެން މި އުޅެނީ” ނަވާން ކޮޓަރިން ނިކުންނަމުން ނާއިޒް ކާރި ބުނެލިއެވެ. ” ނަވާން އަދިވެސް ނުބުނަމެއްނު ކީއްވެ ކަމެއް ދޮންތަ އާ ވާހަކަ ނުދައްކަނީ ކީއްވެ ކަމެއް އެ ސުވާލުގެ ޖަވާބު ދިނީމަ ދާނަން” ނާއިޒް އެހެން ބުނުމުން ނަވާން ގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާގެ މަންމަ ދީފާވާ އިންޒާރު ހަންދާން ވިއެވެ. އެހެންވެ ނަވާން އެކައްޗެއް ވެސް ނުބުނެ ޖީބުގަ އޮތް ކަޅު ކުލައިގެ ހެޑްސެޓް ނެގުމަށްފަހު ކަންފަތަށް ޖަހާލިއެވެ. އަދި ފޯނުން ލަވައެއް ޕްލޭ ކޮއްލުމަށްފަހު ދެ ޖީބައް އަތް ޖަހާލަގެން ގެއިން ނިކުމެގެން ދިޔައެވެ. ނަވާން ނިކުމެގެން ދިޔަތަން ބަލާން ހުރުމަށްފަހު ނާއިޒް ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ” އޭ ނާއިޒް އަޒްހާ ގެ ކޮޓަރި އެނގޭތަ” އަޔާޒް އެހެން އެހުމުން ނާއިޒް ” ކުރިމަތީގަ އެހުރީއޭ ބުނުމަށް ފަހު ސިޓިން ރޫމް އަށް ނިކުތެވެ. އަޔާޒް ބޭނުންވީ އަޒްހާ އަށް ޖެއްސުން ކޮއްލަން ށެވެ. އެހެން ކަމުން ދޮރުގަ ހުއްޓުމެއްނެތި ޓަކި ޖަހަމުން ދިޔައެވެ. ދޮރުގެ ތަޅުގަ ހިފެހެއްޓި ކަން އެންގުމުން އަޔާޒް ފާރު ކާރިއަށް ޖެހުނެވެ. އަދި ދޮރު ހުޅުވުމާއެކު ޕުއް ކިޔާފަ ދޮރު ކުރިމައްޗަށް އެރި އެވެ. އިރުކޮޅެއް ނުވަނީސް އަޔާޒް ގެ ކަންކަށި މައްޗަށް ހޫނު ހަމަލާއެއް އަރާގެން ދިޔައެވެ. އޭއީ އަޒްހާ ކުރާނެ ކަމެއް ނޫން ކަށް އެނގުމުން އަޔާޒް ކުރިމައްޗަށް ބަލާލިއެވެ. ކުރިމަތީގަ ހުރީ އަޒްހާއަށް ނޫނެވެ. އެހެން އަންހެނެކެވެ. އޭނަ ހުރީ ދެލޯ ބޮޑުކޮށްގެން ބަލާން ށެވެ. 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (9)

Next

ހަޔާތް ބަަދަލުކޮށްލި ކުޑަކުއްޖާ (10)

Next
January 29, 2022

ހަޔާތް ބަަދަލުކޮށްލި ކުޑަކުއްޖާ (10)

Previews
January 29, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (9)



All Right Reserved!