” ނައިރާ….. ނައިރާ…. ކިހާ ދެރަ ވެއްޖެ ކަމެއް މީ ހަމަ މިހާރު ދޮރުހުޅުވާ މީ ކަލޭ މައިންބަފައިން ހަދާފަ ހުރި ގެއެއް ތަ ބޭނުން ވައްތަރަކަށް އުޅޭ ކަށް ހަމަ މިހާރު މި ދޮރު ހުޅުވާށޭ ” ސަހީނާ ނައިރާ ގެ ކޮޓަރީގަ ޓަކި ޖަހަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ސަހީނާ ޓަކިޖަހާދެއް ބާރުކަމުން ހީވަނީ ދޮރު ވެއްޓިދާނެ ހެންނެވެ. ނައިރާ ކުޑަކޮށް ދޮރު ހުޅުމުން ސަހީނާ ދޮރު ފަހަތަށް ކޮއްޕާލިއެވެ. ދޮރު ކާރި ހުރުމުން ނައިރާ ނުވެއްޓުނީ ކިރިޔާ އެވެ. ” މަ… މަންމާ ” ” މަންމާ އޭ…… ކޮން މަންމައެއް ކިޔާކަށް މަ މިހާރު ކަލޭ ކާރި ކިތައް ފަހަރު ބުނެފިން މަ މީ ކަލޭގެ މަންމަ އެއް ނޫނޭ…. ދެން މީ… ބުނީމެއްނު ދެވަނަ ފަހަރަށް މާ ބޮނޑި އެއް އައިސް ފިނަމަ ހޭ ދައްކާލާނަމޭ ” ސަހީނާ އެހެން ބުނުމަށް ފަހު ނައިރާ މުށިގަނޑު މައްޗަށް ވައްޓާލިއެވެ. އަދި އެއަށްފަހު ނައިރާ ގާގަ ޖަހަން އަތްނެގިއެވެ. ” މަންމާ ކީއް ތި ކުރަނީ!!” އިވުނު އަޑާއެކު ސަހީނާ އަދި ނައިރާ ވެސް ދިޔައީ ސިއްސައިގެންނެވެ. ނައިރާ ގެ ތުންފަތް ހަރަކާތް ކޮއްލީއެވެ. ” ނާ…. އިޒް ” ” މީ….މީ މީ” ސަހީނާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިއަދު ނާއިޒް އަންނަ ކަން އެނގުނުނަމަ އޭނަ ނައިރާ އަށް އެކުރާ އަނިޔާއެއް ދޮރު ލައްޕައިގެން ހުރެ ކުރީސްއެވެ. ” މާބޮޑު ކަމެއް ނުވޭ ނައި ވެއްޓުނީމަ މަންމަ އެ އުޅެނީ ނައި ނަގާދެން ވެގެން ދޯ މަންމާ ” ނައިރާ ސަހީނާ ގެ ދިފާޢުގަ ބުނެލިއެވެ. ” އެ ތެދެއް…. ދަރިފުޅާ ނާއިޒް ކޮންއިރަކު އައީ މަންމަ ރޭގަ ގުޅާފަ އެހީމަ ބުނީމެއްނު މާދަމާ އޭ އަންނަނީ” ސަހީނާ ނާއިޒް ގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ. ” އާނ އަސްލު ވީ ގޮތަކީ ތަންކޮޅެއް އަވަހަށް މަސައްކަތް ނިމުނީ އެހެންވެ” ނާއިޒް އެހެން ބުނަމުން ނައިރާ މުށިގަނޑު މަތިން ނެގިއެވެ. ” ކޮބާ ނަވާން ؟” ނާއިޒް އެ ސުވާލު އެހީ ނައިރާ ކާރިގަ އެވެ. ނަމަވެސް ޖަވާބު ދިނީ ސަހީނާ އެވެ. ” އެބަ އޮތް ކޮޓަރީގަ މަންމަ އަންނާން ނަވާން ހިފާގެން” ސަހީނާ އެހެން ބުނެފަ ދިޔައީ ނަވާން ގެ ކޮޓަރި އާއި ދިމާއަށްށެވެ. ” ކޮބާ ނައި.. ނަވާން އެއްވެސް ވަރަކަށް ވާހަކަ ދެއްކިތަ ؟” ނާއިޒް ގެ ސުވާލާ އެކު ނައިރާ ނޫނެކޭ ބުނާ ގޮތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ” އޯހް…. ކޮބާ މިޝް؟” ނާއިޒް ގެ މި ސުވާލާ އެކު ނައިރާ ކުޑަކޮށް ހައިރާން ވިއެވެ. ނައިރާ ޖަވާބު ދޭން އަނގަ ހުޅުވާލި ތަނާހެން ސަހީނާ ނަވާން ހިފާގެން އައެވެ. ނަވާން އަކީ 15 އަހަރަށް ދާ ކޮއްކޮއެވެ. ނަމަވެސް ނަވާން އެއީ އެ އުމުރުގެ ކުދިންނާ އަޅާބަލާއިރު މަޑުމާތިރި ކުއްޖެކެވެ. ނަވާން އަކީ ނުދަންނަ މީހުންނާ ވާހަކަ ދައްކާ މީހެއް ނޫނެވެ. ނުދަންނަ މީހެއް ކީއްކުރަން ހޭ ނައިރާ އައީ ނަވާން އުޅެނީ އެއްގެއެއްގަ އެވެ. ނަމަވެސް ތަންދޮރު އެނގެން ފެށި ފަހުން ނަވާން ނައިރާ އާ ވާހަކައެއް ނުދައްކަ އެވެ.
**************
” ދަރިފުޅާ އަޔާޒް ކިހިނެއް ވީ ؟ ކީއްވެ ތި ރޮނީ ؟ ” ހައިނާ އަޔާޒް ގެ ބުރަކަށީގައި ފިރުމަން ދިޔައީ އަޔާޒް ހަމައަކަށް އެޅުވޭ ތޯއެވެ. އަޔާޒް އަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް އަޔާޒް ގެ މި އަމަލުން ހައިނާ ހުރީ ވަރަށް ކަނބޮޑުވެފައެވެ.” މަ… މަމް… ޔަލް…. ޔަ.. ޔަލް އަހަރެން ދޫކޮއްފަ އެ ދިޔައީ ” އަޔާޒް ޔަލްވީ ގެ ވާހަކަ ދެއްކުމުން ހައިނާ ކުޑަކޮށް ކަންބޮޑު ވިއެވެ. މި ދުވަހަކީ އަންނާނެ ދުވަހެއް ކަން ހައިނާ އަށް އެނގެއެވެ. ނަމަވެސް އަޔާޒް އަށް މިވަރު ވާނެކަމެއް ހައިނާ ނުދެނެހުއްޓެވެ. އަޔާޒް އަކީ އޭނާގެ އިހުސާސްތައް ފޮރުވަން މާހިރެކޭ ބުންޏަސް ތަފާތެއް ނުވާނެއެވެ. ނަމަވެސް އަޔާޒް އަށް ވެފަ މިވާ ގޮތް ފެނުމުން ހައިނާ އަށް އަޔާޒް ޔަލްވީ ދެކެ ލޯބިވި ވަރު އަންދާޒާ ކޮއްލެވުނެވެ. ” ދަރިފުޅާ އަޔާޒް ދެން ހުއްޓާލާ ” ” މަމް އައި ޑޯންޓް ޑިޒާވް ހާ… އެ.. އެހެންވެ ޔަލް އެދިޔައީ” އަޔާޒް ހައިނާ ގެ ޖުމްލަ މެދު ކަންޑާލަމުން ބުނެލިއެވެ. ” ނޫން ދަރިފުޅާ ތިހެން ނުބުނޭ…. އަޔާޒް އެއް ނޫން ޔަލްވީ ޑިޒާވް ނުކުރާނީ ކީއެއް…. ޔަލްވީ އަޔާޒް ޑިޒާވް ނުކުރަނީ.. އެހެންނޫނަސް ޔަލްވީ އެކަންޏެއް ވެސް ނޫނެއްނު މި ދުނިޔޭގަ އެ ހުރީ ކީ އެއް އަޔާޒް އަށް އަދި ޔަލްވީ އަށްވުރެ މާކު ރަނގަޅު ކުއްޖެއް ލިބޭނެ” ” އެ… އެކަމް މަމް” އަޔާޒް ހަމައަކަށް އެޅޭ ތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. ” އެކަމް އެއް ނޫން ދަރިފުޅާ…. ދަރިފުޅު ޖެހޭނީ ދެން މަންމަ ބުނާގޮތް ހަދަން….. މިތާ ކާރިގަ މިއޮތް ރަށުގަ އުޅޭނެ މަންމަގެ ރައްޓެއްސެއް އަޔާޒް ދާން ވީނު އެރަށްށަ ޗުއްޓީ އެއް ހޭދަ ކޮއްލަން… އާނ އަދި ދާއިރު ދާން ވާނީ އަޒްހާ ވެސް ހިފާގެން ” ހައިނާ އެހެން ބުނުމުން އަޔާޒް ރުއިން ހުއްޓާލުމަށް ފަހު ކޮޅަށް ތެދުވިއެވެ. އަދި ލޮލުން ފާބަމުން ދިޔަ ކަރުނަތަށް ފުހެލުމަށް ފަހު ހައިނާ ގެ ކޮޓަރިން ނިކުތެވެ. ” އަޒްކޯ…… އަޒްކޯ ކޮބާތަ ކުޑޭ ގެ އަޒްކޮ” އަޔާޒް އެހެން ބުނުމާއެކު އަޒްހާ ކޮޓަރިން ދުވެފަ ނިކުތެވެ. ” އަޒްކޯ ގެޓް ރެޑީ މިއަދު ހަވީރު މިއުޅެނީ ކާރި މިއޮތް ރަށަށް ޗުއްޓީ ހޭދަ ކޮއްލަން ދާނ ވެގެން…. އެހެންވީމަ 2 ހަފްތާ އަށް ވާ ވަރަށް ޕެކް ކުރޭ” އަޔާޒް ބުނި ބަސްތަށް އަޑު އިވުމުން އަޒްހާ” ޔޭ ޔޭ ” އޭ ކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ. އަޒްހާ ގެ އުމުރުން 13 އަހަރެވެ. ނަމަވެސް އަދިވެސް އަޒްހާ ހީވަނީ 5 އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ. އަޔާޒް ގެ މޫނު މަތީގަ ވާ ހިނިތުންވުން ފެނި ދެންމެ ރުއި މީހެކޭ ވެސް ނުބުނާން އެވެ.
***************
” ދަރިފުޅާ ނައިރާ މަންމަ އަށް 2 ގެސްޓް ރޫމް ސާފު ކޮއްދީ ބަލަ މަންމަ ރައްޓެއްސެއް ގެ ދަރިން އަންނާނެ ” ސަހީނާ ނާއިޒް އިނުމުން ނައިރާ އާ ވާހަކަދެއްކީ ވަރަށް ލޯބި ނެވެ.” ނައި މޭކް ދެޓް 3…. އަހަރެންގެ ރައްޓެއްސެއް ވެސް އަންނާނެ މިއަދު 1:00 ޖަހާއިރު ” ނާއިޒް ވެސް އިތުރު ކޮއްލަމުން ބުނެލިއެވެ.” ލައްބަ މަންމާ ” ނައިރާ އެހެން ބުނެ ލުމަށްފަހު ކޮޓަރިތަށް ސާފު ކުރަން ތައްޔާރު ވެލި އެވެ.” ނައީ!!!! ” ނައިރާ ކޮޓަރީއާ ހަމައަށް ނުދެވުނީސް އިވުނީ އޭނަގެ ދެ އެކުވެރިން ކަމަށްވާ މިޝްހާ އާއި ރިޒާގެ އަޑެވެ.” އަހަރެން އާއި ފުރަތަމަ ” ރިޒާ އެހެން ބުނުމުން މިޝްހާ ބުނެލިއެވެ.” ނޫން އަހަރެން ” ދެމީހުން އެހެން ކިޔަމުން ކިޔަމުން އައިސް ގެއަށް ވަނެވެ.” ސާބަސް ތި ދެމީހުނަށް ” ސަހީނާ އެހެން ބުނުމަށް ފަހު ސޯފާ އިން ތެދުވެގެން ދިޔައެވެ.” ވަޓް ދަ ހެލް ” ރިޒާ އާއި މިޝްހާ އެއްފަހަރާ އެހެން ބުނަމުން އައިސް ނައިރާ ކާރި ހުއްޓުނެވެ.” ނައި އިޒް އަންނަނީ ކޮން ދުވަހަކުން ތަ “މިޝްހާ ކެއް މަދުވެފަ ހުރެ ބުނެލިއެވެ.” ކޮބާ ނައި ހީވޭ ތަ….. ނާއިޒް އާ ރައްޓެހި ވީ ފަހުން މި މިޝް މިގެއަށް އަންނަނީ ކޮންމެ ހެން ނައި ކާރިއަށް ނޫން ނާއިޒް ކަލޯ ގެ މޫނު ކޮޅު ދެ ކިލާ ހިތުން ” ރިޒާ މިޝްހާ އަށް މަލާމާތް ކޮއްލަމުން ބުނެލިއެވެ.” ދެން ރިޒް އަންނަނީ ކާކުގެ މޫނު ކޮޅު ދެކޭ ހިތުން ތަ ” ނާއިޒް ކުއްލިއަކަށް ސޯފާގަ އިނދެފަ ކޮޅަށް ތެދުވަމުން ބުނެލިއެވެ. ނާއިޒް ގެ އެ އަމަލުން ރިޒާ އާއި މިޝްހާ ދިޔައީ ސިއްސައިގެންނެވެ.” ރިޒް އާދެބަލަ އަހަރެންނާއެކު މި ގެސްޓް ރޫމް ސާފު ކޮއްލަން ” ނައިރާ ރިޒާ ގެ އަތުގަ ހިފާދަމަމުން ގެސްޓް ރޫމް އަށް ވެންނިއެވެ. އެއީ ނާއިޒް އާއި މިޝްހާ އަށް ވަގުތު ދިނުމުގެ ގޮތުން ނެވެ.” ނައި ކީއްވެތަ މި ރޫމް ތަށް ތި ސާފު ކުރަނީ…… އަނެއްކާ އެ ބިޗް ނައި އަށް ޖެއްސުން ކުރަން ވެގެން ޖެއްސި ކަމަށް ތަ މީ ” އެނދު ގަ އަޅާފަ އޮތް ކަވަރު ބަދަލު ކުރަމުން ރިޒާ ނައިރާ ގާތު އަހާލިއެވެ.” ނޫން މީ ދޮންބެ ގެ ރައްޓެއްސެއް އަންނާތީ ” ނައިރާ އެހެން ބުނުމުން ރިޒާ ” އޯހް ” އޭ ބުނެލިއެވެ.
3 ގެސްޓް ރޫމް ސާފު ކޮއްނިމުމާއެކު ރިޒާ އާއި ނައިރާ ހިން ދެމީލިއެވެ.” ހާދަ ލަހޭ އެ މިޝް މެން އަދިވެސް އެ ކުރާކަމެއް ނުނިމޭ ތަ ” ނައިރާ އެހެން އެހުމުން ރިޒާ ބުނެލިއެވެ.” ނޭނގެ އަންނާނަން އެ މީހުން ކޮބާތޯ ބަލާލާފަ ” ރިޒާ ނައިރާ ގެ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.” ކޮބާތަ މިދެމީހުން ހުވާ މިބުނީ” ރިޒާ ކުދިކިޔަމުން ގޮސް ބޭރަށް ނިކުންނި ތަނާ ބިޔަ ހަށިގަނޑެއް ގަ ޖެހުނެވެ. ” ގަޔަށް ދަގަނޑު ލައްވާގެންތަ ތި އުޅެނީ…. ތަދު ވެއްޖޭ ” ރިޒާ ރުޅި އައިސްފަ ހުރެ އިސްނަގާ ބަލާލިއެވެ. ރިޒާ އިސްނެގުމާއެކު ހީވީ ހިތް މޭގަނޑު ފަޅާފައި ނިކުތް ހެނެވެ. ކުރިމަތީގަ ހުރި އިސްކޮޅުން ދިގު ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. ކަންފަތާ ހަމައަށް ދާ ވޭވީ އިސްތަށިގަނޑެއް ލިބިފައިވާ އިރު ކަޅުކަންގަދަ ލޮލެއް ލިބިފަ ވެއެވެ. ތުންފަތު މަތީގަ ރީތި ހިނިތުންވުމެއް ވާއިރު ވަރަށް ވެސް ފުރިހަމަ އެވެ. ” އަމް ސޮރީ އަސްލު ނުބަލާ އައީމަ…… ތީ ނާއިޒް ގެ ކޮއްކޮ ދޯ؟.. ހާއި އަމް ނިޔާޒް ލެޓްސް ބީ ފްރެންޑްސް” ނިޔާޒް ގެ ބަރު ފިރިހެން ވަންތަ އަޑު އިވުމާއެކު ރިޒާ ގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލަ އެވެ. ނިޔާޒް ސަލާމް އަށް އަތް ދިއްކޮށްގެން ހުރުމުން ރިޒާ ސަލާމް ކޮއްލީއެވެ. ” އިޓްސް އޯކޭ އަހަރެން ވެސް އައީ ނުބަލާ……. ނޯ އަހަރެން މީ ނާއިޒް ގެ ކޮއްކޮ އެއް ނޫން އަމް ހާ ބެސްޓީ ރިޒާ ” ރިޒާ ނިޔާޒް ގެ ސުވާލު ތަކަށް ޖަވާބު ދިނެވެ. އެ ހުރިހާ ސުވަލަކަށް ޖަވާބު ދިން އިރުވެސް ރިޒާ ކަޅި އެންމެ ސިކުންތެއްވެސް ނިޔާޒް އިން ދުރު ނުކޮއްލައެވެ. ހީވަނީ އެހެން ދިމާއަކަށް ބަލާފި ނަމަ ނިޔާޒް ގެއްލިދާނެ ހެންނެވެ. ރިޒާ ނިޔާޒް ގެ އަތުން ދޫ ކޮއްލުމަށްފަހު އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ” ހޭ ރިޒް ކާކު ތީ” މިޝްހާ ގޭގެ އަނެއް ފަރާތުން ވަންނަމުން ބުނެލިއެވެ. ” ހާއި އަމް ނިޔާޒް…. ތީ ނާއިޒް ގެ ކޮއްކޮ ދޯ” ނިޔާޒް އެހެން ބުނުމުން ރިޒާ ގާތަށް ކުޑަކޮށް ހިނި އަންނަ ގޮތް ވިއެވެ. އޭރު މިޝްހާ ހުރީ ހައިރާން ކަމާއެކު ނިޔާޒް އަށް ބަލަން ށެވެ. ” މިޝް ހާދަ ލަހޭ ކާކު ތަ އައީ ؟” ނާއިޒް އެހެން ކިޔަމުން ގެއަށް ވަނެވެ. ކުރިމަތީ ގަ ހުރި ނިޔާޒް ފެނި ނާއިޒް ވަރަށް ބާރަށް ” ބްރޯ” އޭ ބުނެލިއެވެ. ” ރިޒް ހާދަ އަޑުގަދޭ… އެނގެ އެއްނު މަންމަ އަޑު ގަދަ ކޮށްފިއްޔާ ރުޅި އަންނާނެ ކަން ” ނައިރާ ކޮޓަރިން ނުކުންނަމުން ބުނެލިއެވެ. ސިޓިން ރޫމް ގަ ތިބި ނާއިޒް ، މިޝްހާ ، ރިޒާ ގެ އިތުރުން ނުދަންނަ މީހެން ފެނި ނައިރާ ހުއްޓުން އެރިއެވެ. ” ތީ ނާއިޒް ގެ މޯމް ދޯ…. އާންޓް ހާދަ ޔަންގް އޭ… މީ ނާއިޒް ގެ ފްރެންޑް އެއް ” ނިޔާޒް ނައިރާ ފެނި ބުނެލިއެވެ. ނިޔާޒް އެހެން ބުނުމުން އެންމެން ޕަކަ ޕަކަ ލާފަ ހޭން ފެށި އެވެ. ” ނައި ކޮބާ މަ ބުނީމެއްނު ތި ދޫ ޓީށާޓް އާއި ބޮޑު ހަރުވާޅު ލާގެން ހުންނައިރު ވައްތަރީ 3 ކުދިންގެ މަންމަ އަކާއޭ ” ނާއިޒް ހެމުން ހެމުން ބުނެލިއެވެ.” ނިޒް ބްރޯ ލެޓް މީ އިންޓްރޮޑިޔުސް ޔޫ އެވްރީ ވަން…. މީ ރިޒާ ނައިގެ ބެސްޓީ ދެން އެ ހުރީ މިޝްހާ ފުރަތަމަ ނައިގެ ބެސްޓީ މިހާރު މައި ގާލް….ދެން އެ ހުރީ ނައި.. ނައިރާ މައި ލިޓުލް ސިސް… އޮހް ހިޔާ ކަމްސް މައި ލިޓުލް ބްރޯ ނަވާން ” އެންމެ ތަޢާރަފް ކޮށްދިނުމަށް ފަހު ކޮޓަރިން ފޯނާ ކުޅެމުން އައި ނަވާން ތަޢާރަފް ކޮއްދިނެވެ.” ސޮރީ ނައިރާ ނާއިޒް ގެ މަންމަ އޭ ބުނެވުނީ ތީ އެން ސޮރީ މިޝްހާ ނާއިޒް ގެ ކޮއްކޮ އޭ ބުނެވުނީ ތީ ” ނިޔާޒް ބޯ ކަހާލަމުން ބުނެލިއެވެ. ” ހޭއި ނަވާން މީ ނާއިޒް ގެ ފްރެންޑް އެއް ” ” ހޭއި ” ނަވާން ހަމައެކަނި އެހެން ބުނެ ލުމަށްފަހު ބަދިގެއަށް ދިޔައެވެ.” އޭ ނާއިޒް ކައެ ތީ ކޮންކަހަލަ މީހެއް މަ ރިސީވް ކުރަން ވެސް ނުދޭ އެންމެފަހު އަތިރި މަތީގަ އުޅުނު މީހެއް ކާރި އެހީމަ އެނގުނީ މިގެއަށް އަންނަން ވެސް ….. އަނެއްކޮޅުން ފޯނެއް ވެސް ނުނަގާ އޭ ” ނިޔާޒް އައިސް ނާއިޒް އަށް ފަތިވަރު ގޮވަން ފެށިއެވެ.” ނައިރާ!!!! ” ސަހީނާ ގެ އަޑާއެކު އެންމެން ދިޔައީ ސިއްސައިގެންނެވެ.” ދޭ ބަލަ 6 ކުކުޅު ބިސް ގަންނަން ” ސަހީނާ ކޮޓަރިން ނިކުމެގެން އައިސް ނައިރާ އަށް 10 ރުފިޔާ ދެމުން ބުނެލިއެވެ.” ކަމް އޯން ގާލްސް ” ނައިރާ އެހެން ބުނުމަށް ފަހު ރުފިޔާ ހިފާގެން ކޮޓަރިއަށް ވަނެވެ. މިޝްހާ އަދި ރިޒާ ވެސް ނައިރާ ގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އަލަމާރި ތެރެއިން ކަޅު ކުލައިގެ ސްކިނީ އަކާއި ހުދު ކުލައިގެ ފަލަ މަސްގަނޑާ ހަމައަށް ދާ ހެދުމެއް ނަގަމުން ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް އެއްޗެހިން ބަދަލު ކޮއްލަމުން ނައިރާ ފާހާނާއިން ނިކުތެވެ. ” ހަމަ ހުވާ މިޝް އޭނާ އެކޭ އެއްގޮތް އަޔަން މޭން އެކޭ” ރިޒާ އެނދު މަތީގަ އިނދެ މިޝްހާ ކާރި ކިޔަމުން ދިޔައެވެ. ” އަޔަން މޭން އޭ؟ ” ނައިރާ ފުނާ އަޅަމުން ބުނެލިއެވެ. ” ނައި މަށައް ހީވަނީ މީ ރިޒް އަށް ނިޔާޒް ކަމުދޭހެން… އާން އެހެންޏާ ކޮޓަރިއަށް ވެންނި ފަހުން އަނގަ ހުއްޓާ ނުލާ އޭނަގެ ވާހަކަ ދައްކަނީ” މިޝްހާ ލާނެތް ގޮތަކަށް ބުނެލިއެވެ. ” ކޮންގްރާ ކޮންގްރާ ރިޒް” ނައިރާ ވެސް މިޝްހާ އާއި ބައިވެރި ވެލަމުން ބުނެލިއެވެ. ” ހިންގާ އަވަހަށް ދާން ނޫނީ ފިހާރަ ބަންދު ކޮށްފާނެ” ނައިރާ އަވަސް ކޮއްލަމުން ސަހީނާ ދިން 10 ރުފިޔާ ހިފާގެން ކޮޓަރިން ނިކުތެވެ. ” އޭ ނައި މަޑު ކުރޭ” މިޝްހާ އާއި ރިޒާ ނައިރާ ގެ ފުލުން ދުވެފަ ނިކުތެވެ. ” އަވަސް އަވަސް ” ނައިރާ މަގުމައްޗަށް ނިކުންނަމުން ބުނެލިއެވެ. ފަހަތަށް ބަލާގެން ހުރެ ހިނގުމުގެ ނަތީޖާ އަކަށް ވީ ނައިރާ ގޮސް ޖެހުނީ މަގުމަތިން ހިނގާފަ އައި މީހެއްގެ ގައިގަ އެވެ. ” ސޮރީ” ނައިރާ ކުރިމައްޗަށް ބަލާލަމުން ބުނެލިއެވެ. ކުރިމަތީގަ ހުރި މީހާ ގެ އެއްފަރާތެއްގަ ހުރި މީހާ ފެނުމުން ނައިރާ ގެ ދެލޯ ބޮޑުވި އެވެ. އެއީ ސަހީނާ އެވެ. ސަހީނާ ހުރީ ރުޅިވެރި ނަޒަރަކުން ނައިރާ އަށް ބަލަން ށެވެ. ނައިރާ އަވަހަށް ބިރުން ފިހާރަ އާއި ދިމާއަށް ހިނގާގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


nairaa and nawaan ??????
i love it ❤️❤️❤️
Alhey can’t wait
Next part vrh avahah kiyaalan libeyne kamah unmeedhu kuran
i love tis part
i can’t wait for the next part???