Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 45

darkangel Level 210 Stories
September 4, 2015 7 Mins Read
133 Comments

އިރުއަރައިގެން އައިއިރު ރައިންހުރީ ފުރަންދާން ރެޑީވެގެނެވެ. އޭނަގެ ރައްޓެއްސަކު ގުޅާފައި ހަނިމާދުއަށް ދެވުމުން އޭނަ ރިސީވްކުރަން އަންނާނެ މީހާގެ ނަމާ ފޯނުނަންބަރު ކިޔައިދިނެވެ. އަދި ކެލާއަށް ދިއުމުގެ އިންތިޒާމްވެސް އޭނަ ހަމަޖައްސަދީފަ ވާނެކަމަށް ބުނެލިއެވެ. ގެއިން ނުކުތީއްސުރެ ރާއިންގެ ހިތުގެ ތެޅުން ހީވަނީ އަވަސްވެފައި ހުރިހެނެވެ. ޒާޔާކައިރިއަށް ގޮސްފައި ފުރަތަމަބުނާނީ ކީކޭބާއޭ ތަކުރާރުކޮށް ހިތާ ސުވާލުކުރިއެވެ. ނަމަވެސް އެހިތްވެސް ވަނީ މިއަދު ހިޔާލުތަކުން ފުރިފައެވެ. އާއިލާ އެކަކު ގަބޫލުނުވިނަމަވެސް މިފަހަރު ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ފްލައިޓްގައި ހޭދަވި ދެގަޑިއިރުވެސް އޭނައަށްހީވީ ދެދުވަސްހެނެވެ. އޭނަހުރީ އެހާވެސް ކެތްމަދުވެފައެވެ.

ފްލައިޓުން މީހުންތައް ފޭބިއިރުވެސް އެންމެކުރީގައި ހުރީއޭނައެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ބެކްޕެކް ނޫން އެހެންއެއްޗެއް ނުގެންނާތީ އެންމެކުރިންބައިގައި އެރައިވަލްސް ގޭޓްއިން އޭނައަށް ނުކުމެވުނެވެ. ފޯނު އޮންކޮށްލުމާއިއެކު އޭނަގެ ރަހުމަތްތެރިޔާ ދިންނަންބަރަށް ގުޅާލިއެވެ. ރާއިންހުންނަގޮތް ކިޔާދީފައި ހުރުމުގެ ސަބަބުން އެމީހަކަށްވެސް ދާދިފަސޭހައިން ރާއިން ފެނިއްޖެއެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ރާއިންކައިރިއަށް އައިމީހާ ފެނުމުން ރާއިން ފޯނު ކަނޑާލިއެވެ.

“މުއާޒް… އިއްމަގެ ފޮނުވައިގެން… ރާއިންދޯ” އެމީހަކު ސަލާމަށް އަތްދިއްކޮށްލަމުން ތައާރަފްވެލިއެވެ. ރާއިންވެސް ސަލާމްކޮށްލަމުން ބޯޖަހާލިއެވެ. ލޯންޗްއޮތީ ރެޑީގައިކަމަށް މުއާޒްބުނެލިއެވެ. އެއާއިއެކު ރާއިން ބޭނުންވީ އެންމެ ސިކުންތެއްވެސް މަޑުނުކޮށް އެދިމާއަށް ހިނގައިގަތުމަށެވެ.

މޫދުގެ ލޮނުގަނޑު ކަފަމުން ބާރުސްޕީޑްގައި ލޯންޗް ކެލަޔަށް ދަތުރުފެށިއެވެ. ރާއިން އިނީ މޫދާއި ދިމާބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭގައެވެ. އިރުއިރުކޮޅާ އަތުގައި އޮތްފޯނުން ޒާޔާގެ ފޮޓޯއަކަށް ބަލާލައެވެ. އެދެލޯ ފެންކަޅިވިއިރުވެސް އޭނައަކަށް ނޭނގުނެވެ. ގަޑިއެއްގެ އިރުހާއިރުފަހުން އެމީހުންގެ މަންޒިލަށް އާދެވުނެވެ. ރާއިންގެ ތުންފަތްމައްޗަށް އިހުތިޔާރަކާނުލާ ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ކީއްވެގެން މިމަޑުކުރަނީ…” ލޯންޗުން ފޭބުމަށްފަހު މުއާޒް މަޑުކޮށްގެން ހުރުމުން ރާއިންއަށް އަހާލެވުނެވެ.

“މަށަކަށްވެސް އަސްލުނޭނގޭ އެގެއެއް…. އެބައާދޭ ފްރެންޑެއް ސައިކްގަ، އެމީހުންނާއެކު ދާނީ..” މުއާޒް އޮޅުންފިލުވައިދިނެވެ. މުއާޒްބުނިގޮތަށް ކުޑައިރުކޮޅަކުން ދެސައިކަލުގައި ދެމީހުންއައެވެ. މުއާޒް އަންނާށޭ ބުނުމުން ރާއިންވެސް އެތަނުން މީހެއްގެ ސައިކަލުފަހަތަށް އެރިއެވެ. މުއާޒް ބުނި އެޑްރެހާދިމާއަށް އެމީހުން ދުއްވާލިއެވެ. ފަސްވަރަކަށްމިނެޓްފަހުން ސައިކަލު މަޑުކުރީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގެ ދޮރުމައްޗަށެވެ. ވަށާފާރު ރާނާފައިވަނީ ތިރިކޮށްކަމުން ގޯތިތެރެފެންނަން އޮތެވެ. ގިނައަދަދަކަށް މާގަހާއި އެހެނިހެން ވައްތަރުގެ ގަސް އެތާގައި ހައްދާފައި ހުއްޓެވެ. ސައިކަލުން ފައިބަމުން އެއީ ރަނގަޅުގެތޯ މުއާޒް އަދިވެސް އެއްފަހަރު އެމީހުންގާތުގައި އެހިއެވެ.

“އެމް ހިޔަރ ޒާޔާ….” ރާއިންއަށް ހިތާހިތުން ކިޔާލެވުނެވެ. ސަލާން ގޮވައިލަމުން ދެމީހުން އެތެރެއަށް ވަނެވެ.

“ވައަލައިކުމް ސަލާމް” ދެފަހަރަކު ސަލާމް ގޮވައިލުމުން ގޭތެރެއިން މެދުއުމުރުގެ އަންހެނަކު ސަލާމް ބަލައިގަންނަމުން ނުކުތެވެ.

“ޒާ….ޒާޔާ އާއި ބައްދަލު ކުރެވިދާނެތަ؟” އުންމީދުން ފުރިގެންހުރެ ރާއިން ސުވާލުކޮށްލިއެވެ. ނަމަވެސް އެއަންހެނާ ހައިރާންވެފަހުރެ ފަހަރަކު މޫނަށް ބަލާލިއެވެ. އަދި އެއީ ކޮންބައެއްތޯ ސުވާލުކޮށްލިއެވެ. ރާއިން އޭނައަކީ ޒާޔާގެ އެކުވެރިއެއްކަމަށް ބުނަމުން އަމިއްލަ ތައާރަފެއް ދިނެވެ.

“ޒާޔާ އޭނަގެ ދައްތައެއްގެ ކައިރިއަށް ދެހަފްތާއެއްހާ ކުރިން ދިޔަގޮތަށް އަދި ނާދޭ، ހީވަނީ ރާއްޖެއިން ބޭރަށްހެން ދިޔައީ، ނުގުޅާ އަދި އޭގެފަހުންނެއް، ބުނި އައުމުގެ ކުރިން ގުޅާނަމޭ…..” އަންހެންމީހާ ޖަވާބު ދިންވަގުތު ރާއިންގެ އަތްމުއްކެވިގެން ދިޔައީ އުންމީދު ފެނަށްވެގެން ދިއުމުންނެވެ. ޒާޔާ ހަމަރަނގަޅަށްވެސް އެރަށަށް ނާންނަނީ ހެއްޔެވެ؟ ނޫނީ އޭނައާއި ބައްދަލު ކުރަންބޭނުން ނުވާތީ އެހެންމީހުން ލައްވާ ދޮގުހަދުވަނީހެއްޔެވެ؟ ނަމަވެސް އިތުރަށް އެހެން އަހާކަށްވެސް އޭނައަކަށް ނުކެރުނެވެ.

“އަޅުގަނޑަށް ވަރަށް މުހިންމު ޒާޔާއާއި ބައްދަލު ކުރަން، އޭނަ ވީތަނެއް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެތަ”ރާއިން ބޭނުންވީ ޒާޔާއެތަނުގައި ނެތްކަން ޔަގީންކުރާށެވެ. ނަމަވެސް ތަކުރާރުކޮށް އޭނަބުނަމުންދިޔައީ އެއްޖަވާބެކެވެ. ރާއިންއަށް ޒާޔާ އެތަނުގައި ނެތްކަން ޔަގީންވިހިނދު ރުޅިއައިސް ރަތްވިއެވެ. ޒަޔާން ކުރިން ކަންތައް ކޮށްފައި އޮތްގޮތުން ރުޅިއައިސްފައި ހުރެގެން ވާހަކަ ނުދައްކައި އައުމުން ލަނޑުމިލިބުނީ އަމިއްލަމީހާއަށެވެ. ޒާޔާ ކައިރިއަށް އަވަހަށް ދާންބޭނުންވި ވަރަކަށް ހައްތަހާމިވަނީ ލަހެވެ. ޒަޔާން އޭނަގެ ކުރިމަތީގައި ހުރިނަމަ އޭނަ މަރާލަންވެސް ފަސްނުޖެހޭނެއެވެ.

“އަހަންނަށް ވީހާވެސް އަވަހަކަށް މާލެދެވޭނެގޮތް ހަދައިދީފާނަންތަ؟” ހަމަޖެހޭގޮތް މޫނުމައްޗަށް ވެރިކުރަމުން އޭނަގޮވައިގެން އައި މުއާޒް ގާތުގައި ބުނެލިއެވެ. މުއަޒަށްވެސް ރާއިން ސީރިއަސްވެފައި ހުރިވަރު ފެނިފައި އަވަހަށް އެކަމައި އުޅުނެވެ.

ޓިކެޓްލިބުނީ އެރޭ ދަންވަރުގެ ފްލައިޓުންނެވެ. ރޭގަނޑު ހަނިމާދޫއަށް ދާން ނިންމާފައި ރާއިން ގޮވައިގެން މުއާޒްދިޔައީ އޭނަގެ ގެއަށެވެ. އަދިވެސް އެއްފަހަރު ޒާޔާގެ ނަންބަރަށް ގުޅޭތޯ ރާއިން މަސައްކަތް ކުރިއެވެ. ލިބުނީ ކުރިންވެސް ލިބުނުޖަވާބެވެ. ޒަޔާންއަށް ގުޅާފައި ޒާޔާ ވީތަނެއް އަހަން ހިތަށް އަރާފައިވެސް އެހިޔާލު ހިތުން ނެރެލީ ކުރިމައްޗަށް އަރާފައި އެހުރިހާ ސުވާލެއް ކުރުމަށެވެ. އެއްވެސް މީހެއްގެ ގާތުގައި ނުވެސް ބުނެދާން އޭނަނިންމީވެސް އެގަޑީގައެވެ.

މާލެއައުމަށްފަހުގައިވެސް އިތުރުދެދުވަހަކު މަޑުކުރަން ޖެހުމުން ރާއިންގެ ރުޅިގަދަވުންނޫންކަމެއް ނުވިއެވެ. ނަމަވެސް ދެންވެސް ކެތްކޮށްލައިގެން ހުރީ ޒަޔާންއަށް އިތުރު ދޮގެއް ހެދުމުގެ ފުރުސަތު ނުދީ ހުރިހާކަމެއް ނިންމުމަށެވެ.

************************************

ގޭގެ ބެލްޖެހިއަޑަށް ޔަޝްރާ ދޮރުހުޅުވާލިއެވެ. ރާއިން ހުރިތަންފެނިފައި އަވަހަށް ޒާޔާ ކޮބައިތޯ ސުވާލުކުރެވުނީ އެތެރެއަށް ވަންނަން ތަންވެސް ނުދައްކައެވެ. އަދި ބޭރުވެސް ބަލާލިއެވެ. ޒާޔާ ނާންނަކަމުގައި ރާއިން ބުނެލީ ރުންކުރުކޮށެވެ. އެއަށްފަހު އެތެރެއަށް ހިނގައިގަންނަމުން ސަލްމާގެ ވާހަކަ އަހާލިއެވެ.

“ދައްތަ އެބެއް ކޮޓަރީގަ އަރާމު ކޮށްލަން، ކީއްވެގެން ޒާޔާ ނައީ، ނުބުނަންތަ އޭނަ ގާތުގަ ރާއިންގެ މަންމަ ބުނެގެންނެކޭ….” ރާއިންގެ ފަހަތުން ހިނގައިގަންނަމުން ޔަޝްރާ ބުނެލިއެވެ.

“ޒަޔާން ކޮބާ…” ޔަޝްރާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ސޯފާގައި ދަބަސް ބާއްވަމުން ސުވާލުކޮށްލިއެވެ. ރާއިންގެ އަޑުގައި ހުރި ހިތްހަމަނުޖެހުން ޔަޝްރާއަށްވެސް ފާހަގަވިއެވެ. ނަމަވެސް އެއަށް އެއްޗެކޭ ނުބުނެ ޒަޔާން ވީ އޮފީހުގައިކަމަށް ބުންޏެވެ. ސޯފާގައި އިށިއިންނަމުން ޒަޔާން އަށް ގުޅާފައި ގެއަށް އައުމަށް ބުނާށޭ ބުނެލިއެވެ. އެވަގުތުވީ ޔާނާވެސް ބޭރުންއައިސް ގެއަށް ވަތްވަގުތަށެވެ. ދެއުޅަބޮށި ކަކުލުގައި ވިއްދާލައިގެން ދެއަތް ޖޯޑުކޮށްލަފައި ދަތްދޮޅި އަޅުވައިލައިގެން ސޯފާގައި އިށިއިނދެލައިގެން އިންގޮތުން ހިންދިރުވާލެވުނީ އޭނަ ރުޅިއައިސްފައި އިންނާނެ ވަރު ވިސްނުމުންނެވެ. ޔާނާ ފެނުމުން ޔަޝްރާ ޒަޔާންއަށް ގުޅުމަށް އެދުނެވެ. އެއަށްފަހު ވެގެން އުޅެނީ ކިހިނެތްތީ ރާއިންއާއި ސުވާލުކުރިއެވެ. ނަމަވެސް ރާއިން އެއިން އެއވެސް އެއްޗެއް އަޑުނީވޭކަމަށް ހަދައިގެން އިނީއެވެ.

“ޔާނާ ދޭ ރާއިން ބައްޕަގާތުގައި ރާއިން އައިވާހަކަ ބުނެލަން.” ރާއިން ޖަވާބެއް ނުދިނުމުން އެންމެފަހުން ޔަޝްރާ ބުނެލިއެވެ. ނަމަވެސް ޔާނާއަށް ހުއްޓެން މަޖުބޫރުވީ ރާއިން ގޮވާލާފައި އެހެން ކަންތައް ނުކުރުމަށް ބުނުމުންނެވެ. ވީގޮތް ޔާނާއަށް އެނގުނުނަމަވެސް އެއްޗެކޭ ނުބުނެ ހުރީ ޒަޔާން އަންނަންދަކަށެވެ.

ވިއްސަކަށް މިނެޓެއްހާއިރުފަހުން ޒަޔާން ގެއަށް ވަތްތަން ފެނުމުން ރާއިން ސޯފާއިން ތެދުވިއެވެ. އެހުރިހާއިރުވިއިރުވެސް އެކަކާ އަނަގައިންވެސް އޭނަ ނުބުނެއެވެ. ރުޅިކިތަންމެ މަޑުކުރަން މަސައްކަތް ކުރިނަމަވެސް ޒަޔާން ފެނުމުން އިތުރަށް ކޮންޓްރޯލެއް ނުވިއެވެ. ކަންތައް ވާން އުޅޭނެ ގޮތަކާމެދު ވިސްނާލާފައި ޔާނާއަށް ނިޔަފަތި ހަފަންފެށުނެވެ. އެމޫނުމަތިން ހާސްކަން ފާޅުވާން ފެށިއެވެ. ޝާންއާއި ސަނާވެސް އޭރު އެތާގައި ތިއްބެވެ.

“ޒާޔާ ކޮބާ؟” ޒަޔާން އައިސް ހުއްޓުމުން ރާއިން އަހާލިއެވެ.

“ޒާޔާ ވީ ރާއްޖޭގަނުން” ހަމަޖެހިލާފައި ޒަޔާން ޖަވާބުދިނެވެ. ރާއިން ހީލީ އެޖަވާބަށް މަލާމާތް ކޮށްލިފަދައަކުންނެވެ. “ވަރަށް ރީތިކޮށްމިއަހަނީ ޒާޔާ ކޮބާހޭ…” ރާއިންގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ނަމަވެސް ދެންވެސް ޒަޔާން އެސުވާލަށް ސީދާ ޖަވާބެއް ދޭކަށް ގަސްތެއް ނުކުރިއެވެ. ރާއިންއަށް ރުޅިއިސްކުރެވުނީ އެހިސާބުންނެވެ. ޒަޔާންގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފާ ސުވާލުކުރުމަށްފަހު ގޮށްމުށުން އެމޫނުގައިވެސް ޖަހައިފިއެވެ. ޔަޝްރާއަށް ހަޅޭލަވައިފައި އަނގަމަތީގައި އަތްއަޅައިލެވުނުއިރު ޝާން އެދެމީހުން ދުރުކުރުމަށް އަވަސްވެގަތެވެ. ނަމަވެސް ދެވަނަފަހަރަށްވެސް ރާއިން ޒަޔާންގެ މޫނުގައި ޖެހިއެވެ. ނޭފަތް ފަޅައިގެން ދިޔައިރު އަނގައިންވެސް ލޭއަންނަން ފެށިއެވެ.

“ރާއިން ކޮންގޮތަކަށްތަ ތިއުޅެނީ، އަންހެން ކުއްޖަކާހެދި އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރަންޖެހޭތަ؟” ޝާން ރާއިން ދުރަށް ކޮށްޕާލަމުން ހަޅޭލަވައިގަތެވެ.

“އެމްފައިން….” ޔާނާ ހާސްވެގެން ޒަޔާން ކައިރިއަށް ޖެހުނުވަގުތު ބުނެލިއެވެ.

“އަހަރެންތަ މޮޔަވެގެން މިއުޅެނީ، މިހިރަ ޒަޔާން ކަންތައް ކުރިގޮތެއް ދޮންބެއަކަށް ނުފެނޭތަ، އެންމެފުރަތަމަ ޒާޔާއަށް ހުރިހާ ހަގީގަތެއް ކިޔާދިނީ، އޭނަ އަހަންނަށް ފެންނަހިސާބަށްވުރެވެސް ދުރަށް ފޮނުވާލީ، މަންމަ ބަލިވީވެސް ޒަޔާންއާ ހެދިއެއް ނޫންތަ؟ ދޮންބެއެއް ނޫންތަ ބުނީ ޒަޔާންއޭ މަންމައަށް ހަގީގަތް ކިޔާދިނީ، އަދި އެވަރު ނުވެގެން މިހާރު އެއުޅެނީ ޒާޔާ ފޮރުވައިގެން، އަހަރެންމިއައީ ޒާޔާ ހުންނަ ރަށަށް ގޮސްފައޭ، އޭނަ ނުދޭ އެރަށަކަށް، ދެން ދޮންބެ ބުނެބަލަ ޒާޔާ އިތުރަށް ދާނެ ތަނެއް، މިއަދު އަހަންނަށް ޒާޔާ ހާސިލް ކުރެވެން ކުޑަފުރުސަތެއް ލިބުނު ދުވަހުވެސް މީނަ އެއުޅެނީ އެކަންވެސް ފޭރިގަންނަން، ޒާޔާ ތިހާބޭނުންވަންޏާވެސް ރީތިކޮށް ބުނަންވީނުން” ރާއިން ހީވަނީ ދެންމެ ދެންމެ ޒަޔާންގެ ގައިގައި ޖަހާފާނެހެނެވެ. ތިރީގައި އަޑުގަދަވާއަޑަށް ޔާސިރުވެސް ސިޑިން ފޭބީ އެވަގުތުއެވެ. ރާއިންގެ ގައިގައި ޝާން ހިފަހައްޓައިގެން ހުރިއިރު ޔަޝްރާހުރީ ޒަޔާންގެ ނޭފަތުކައިރީގައި ތުވާލިކޮޅެއް އަޅައިގެނެވެ. އެފޯވެފައިވަނީ ލެއިންނެވެ.

“ރާއިން މޮޔަވެގެންތަ ތިއުޅެނީ، ތިބުނާ ފުރުސަތެއް ފަހިވީ ކާކުގެ ސަބަބުންތަ؟ ޒާޔާއާއި ރާއިން ގުޅުވަން އެންމެބޮޑުމަސައްކަތެއް ކުރީ ކާކުތަ؟ ހަގީގަތް ކިޔާދިނުމަށްފަހުވެސް ކާކުތަ ރާއިންގެ މަންމަ ފައިދަށަށްވެއްޓިގެން އާދޭސްކުރީ، ދެވަނަފަހަރަށް ރާއިންގެ ކުރިމައްޗަށް ޒާޔާގެނައީ ކާކުތަ؟ ހަމަ ޒަޔާންއޭ، ޒާޔާ ވީތަނެއް އަހަރެން ބުނެފާނަން، ޒަޔާންއެއްނޫން ޒާޔާ ފޮރުވައިގެން އުޅެނީ، އަހަރެން އޯކޭ، ރާއިން ޒާޔާ ބަލާ ދާން އުޅުނު އިރުގައިވެސް އެކަކު ކައިރީގައިވެސް އަހާލިންތަ އޭނަ ކޮބާތޯ، އެކަކާވެސް އެއްވެސް ވާހަކައެއް ޝެއަރވެސް ނުކުރޭ، ދެން މިއަދު ކޮންރުޅިއެއްތަ ތިބާލަނީ އެންމެންނަށް” ޝާންގެ އަތް ފޮޅުވާލުމަށްފަހު ދެވަނަފަހަރަށް ޒަޔާން އާއި ދިމާއަށް އައި ވަގުތު އެދެމެދަށްވަނީ ވަނީ ޔާނާއެވެ.

“ރާއިން…..” އެންމެނަށް އެއްފަހަރާ ފަހަތަށް ބަލާލެވުނީ ޔާސިރު ގޮވާލިއަޑަށެވެ.

ރާއިންވެސް ހަމަހިމޭންވީ ދެނެވެ. ނަމަވެސް އޭނަގެރުޅި ފިނިވާން ހިތަށްވެސް ނާރައެވެ.

“އައިޑޯންޓް ވޯންޓް ޓް ޓޯކް، ހަމައެކަނި އެނގެންބޭނުންވަނީ ޒާޔާވީތަނެއް” ޔާސިރު އެއްޗެކޭ ބުނަން އުޅުމުން ޒަޔާންއާއި ދިމާއަށް ބަލައިލަމުން ރާއިން ބުނެލިއެވެ.

“ޒަޔާން….” ޔާނާއަށް މަޑުމަޑުން ކިޔާލިއެވެ. ޒަޔާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

“ހިނގާ” ނޭފަތުގައި ޖައްސާފައި ހުރި ތުވާލިކޮޅު ދުރުކޮށްލަމުން ޒަޔާން ބުނެލިއެވެ.

“ޒަޔާން މަޑުކުރޭ…. ޔާނާ ދޭއެދެމީހުންނާއެކު” ޒަޔާން ހިނގަގަތް ހިނދު ޔަޝްރާ ގޮވާލާފައި ބުނެލިއެވެ.

ކާރުގައި ހޭދަވެގެންދިޔަ ވަގުތުތަކުގައިވެސް އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ރާއިންގެ ސިކުނޑިވަނީ ހާސްވެފައެވެ. ކަންތައްކުރެވުނު ގޮތުން ކޮންމެވެސް ވަރަކަށް ދެރަވެސް ވެފައެވެ. ނަމަވެސް އެއިންއެއްވެސް ކަމެއް މޫނުމަތިން ނުދައްކާ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނީއެވެ. ގެއެއްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން އެންމެ ފުރަތަމަވެސް ކާރުން ފޭބި މީހަކަށްވީ ރާއިންއެވެ.

“ޝީއިޒް ވެއިޓިންގް ފޯޔޫ، އެން އަހަރެން ނެތިން ތި ދެމެދަށް ދުވަހަކުވެސް ވަންނާކަށް، މިއީ އަހަރެން އެންމެ ބޭނުންވި ވަގުތު، ތިދެމީހުން އެކުގަ ވާނެ ވަގުތު، ކުރި ކަމެއްވިއްޔާ ކުރީ ރާއިންއަށް ޒާޔާ ހޯދަދޭން، މިހާ ލަސްވީވެސް ޒާޔާ ބޭނުންވާގޮތަށް ކަންތައް ކޮށްދޭން ހަދައިގެން، އޭނަ ބޭނުމެއް ނުވި ދައްތައަށް ހަގީގަތް އެނގޭކަށް، އަދި ރާއިންއަށް ދައްތައާއި ޒާޔާއާއި ދެމީހުންކުރެ މީހަކު ޗޫޒް ކުރާނެ ސިޓުއޭޝަން އެއް ކްރިއޭޓް ކުރާކަށް، އެކަމް ރާއިން ޒާޔާ ހޯދަން ރާއްޖެ ދިއުމުން ނުހުއްޓުވީ ގަސްތުގަ، ބޭނުންވީ ރާއިންއަށް ވެފަހުރިވަރެއް ބަލާލަން، ރާއިން ކުޑަކޮށް ތަޅުވާލަން، މިއަދު އެނގިއްޖެ އެކަކު ގަބޫލުނުވިޔަސް ދެން ރާއިން ޒާޔާ ދޫކޮށް ނުލާނެކަން، ގޯމޭން، ޝީއިޒް ވެއިޓިންގ ފޯޔޫ” ކާރުން ފޭބުމަށަފަހު ރާއިންގާތަށް ޖެހިލާފައި ޒަޔާން ބުނެލިއެވެ. އޭރު އެގޭ ދޮރުމަތީގައި ޔާނާގެ އެކުވެރިޔާވެސް މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން މާކުރިން އަންނަވާހަކަ ގުޅާފައި ބުނެފައި އޮތުމުންނެވެ. ރާއިން އެގޭގެދޮރާއި އަރާހަމަވުމުން ޒާޔާގެ ކޮޓަރިއަށް ދާނެ ގޮތް ކިޔައިދިނެވެ.

ދޮރުގައި ޓަކިޖަހާލުމުން އިރުކޮޅަކުން ދޮރު ހުޅުވާލިއަޑު އިވިގެން ދިޔައެވެ. ރާއިންއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެނެވެ. އެވަގުތު ބުނާނެ ބަހެއްވެސް އޭނަގެ ސިކުނޑިއަކަށް ނައެވެ. ކުރިމަތީގައި ހުރި ރާއިންފެނިފައި ޔާނާވެސް ހުރީ ހުއްޓިފައެވެ. ޒަޔާން ބަލާއަންނަނީކަމުގައި މެސެޖުކޮށްފައި ބުނިކަމުގައިވިޔަސް އޭނައާއި އެއްކޮން ރާއިން އައިސްދާނެކަމަކަށް އެއްވެސް ވަރަކަށް ހީކުރެވިފައި ނެތުމުންނެވެ. ކަޅިޖަހާނުލާ ބަލަން ހުރުމުގެ ސަބަބުން ލޮލަށް ފެންޖަމާވާން ފެށިއެވެ. ހަމަހޭވެރިކަންވީ އެވަގުތުއެވެ. އަވަހަށް ދޮރުލައްޕާލަން އުޅުނީ ލިބުނު ހާސްކަމެއްގެ ސަބަބުންނެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ ރާއިންދޮރުފަތުގައި ހިފަހައްޓައިގެން ހުރުމުގެ ސަބަބުންނެވެ. ރާއިންގެ އަތް ފިތޭތަންފެނިފައި އެހުރި ގޮތަށް ދޮރުބަހައްޓާފައި އެތެރެއަށް ހިނގައިގަތެވެ. އަދި ފުރަގަސްދީގެން ހުއްޓެވެ.

“ޒާ” އަސަރުން ފުރިގެންވީއަޑަކުން ރާއިން ގޮވާލިއެވެ. ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ދެވަނަފަހަރަށްވެސް ރާއިން ޒާޔާއަށް ގޮވާލިއެވެ. ދެންވެސް ޒާޔާ ހުރިގޮތަށް ހުރީއެވެ.

“ޓޯކްޓުމީ ޕްލީޒް…” ޒާޔާގެ ކޮނޑުމަތީގައި މަޑުމަޑުން އަތްބާއްވަމުން ރާއިން އެދުނެވެ.

“ކީއްކުރަން ތިއައީ” ރާއިންއާއި ދުރަށް ޖެހެމުން ޒާޔާ ސުވާލުކުރިއެވެ. “ޒާބަލާ”

“މިހާރު ކީއްކުރަން، އަހަރެން ބޭނުމެއް ނޫން ރާއިންއާއި އެކު އެއްވެސް ތަނަކަށް ދާކަށް……”

“ޕްލީޒް…، އެމް ސޯސޮރީ…. ޕްލީޒް ފޮގިވްމީ، ކަމް ބެކް ބޭބީ ޕްލީޒް ކަމް ބެކް” ރާއިންއަށް އިތުރަށް ކެތްނުވުމުން ފަހަތުން ޒާޔާގައިގައި ބައްދާލަމުން ބުނެލިއެވެ.

“ޕްރޮމިސް ކުރަން ދެން ދުވަހަކުވެސް ޒާޔާއާ ދުރަކަށް ނުދާނަން، ދުވަހަކުވެސް ނުރޮއްވާނަން، ކަމް ބެކް، މިއަދު މިއައީ ޒާ ބަލާ، އައިލްވް ޔޫ ސޯމަޗް ޒާޔާ، އައި ލަވް ޔޫ، ޕްލީޒް ކަންބެކް” ޒާޔާގެ ގައިން ދޫކޮށްލުމަށްފަހު އޭނަގެ ކުރިމައްޗަށް އައިސް އެމޫނުގައި ދެއަތުން ހިފަހައްޓާލަމުން ރާއިން ބުނެލިއެވެ.

“އަހަރެން ރާއިންއަކަށް އިތުބާރެއް ނުކުރަން…. ދެން ނުވެސް ކުރެވޭނެ، އަހަރެންވެސް ކިހާވަރަކަށް އާދޭސް ކުރީ ރާއިންގާތު، ކިހާވަރަކަށް އެދުނީ އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެއޭ ބުނެދިނުމަށް، ކިހާވަރަކަށް އާދޭސް ކުރީ… ބަޓް އޯލް ޔޫ ކުޑް ސޭވޯސް ޔޫ އާ ގެޓިން މެރީޑް، އަހަރެން ނުބުނަންތަ މުޅިއުމުރަށްވެސް އިނތިޒާރުކުރާނަމޭ، ނުބުނަންތަ ރާއިންގެ މަންމަ ގަބޫކުވިދުވަހަކުން އަހަރެން ބަލާ އަންނާށެކޭ، އެދުވަހަކާ ޖެހެންދެންވެސް އިނތިޒާރު ކުރާނަމޭ، އެންމެ ފަހަރަކު އަހަރެންގެ ހިތަށް ތަސައްލީއެއް ދޭންވެސް ރާއިން ބޭނުން ނުވީ، މިހިތް ތިލޯތްބަށް އެދި އާދޭސް ކުރިއިރުވެސް ތިހިލަ ހިތުގެ ވެރިޔާ ހުރީ އެބަހުގައި ހިފަހައްޓަގެން، އެންމެ ފަހަރަކު އަހަރެން ދެކެ ލޯބިވެޔޭ އެދުވަހު ބުނެދިންނަމަ، އުފަލުން ހުރެ ދާނީ، އުފަލުން ހުރެ އިންތިޒާރު ކުރީހީ، ދުވަހެއްގެ ކޮޅުން ރާއިންއަށް ބަލާ ނާދެވުނުކަމުގައި ވިޔަސް އެކަން ގަބޫލު ކުރީމުސް، ބަޓް ރާއިން ބޭނުންވީ އެހެންގޮތެއް، ރާއިން ބޭނުންވީ އަހަރެން ރާއިންމަތިން ފޫހިވާން، މިގާރު ފޫހިވެއްޖެ، ދެން ނޫޅެން އަލުން ތި ލޯތްބަށް އިތުބާރު ކުރާކަށް، މިހިތަށް ތަދުކުރުން ފިޔަވާ އިތުރުއެއްވެސް ކަމެއް ރާއިންއަށް ކުރެވުނުތަ؟” ރުޅިއައިސްގެން ޒާޔާއަށް ކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ރާއިންގެ އަތުތެރޭން ދުރަށް ދިއުމަށް މަސައްކަތް ކުރަމުން ޒާޔާ ބުނެލިއެވެ.

“އަހަރެން ނުކުރަން ރާއިންއަކަށް އިތުބާރެއް، ކިހިނެތް އެނގެނީ އަނެއްކާ މާދަން ނޫންކަމެއް އަހަރެން ދޫކޮށްފަ ދާނީކީ، އަހަރެން މޮޔަވާރުވީމަތަ ތިކަމެއް ހުއްޓާނީ، ޕްލީޒް ޖަސް ލެޓް ގޯމީ” ރާއިންގެ އަތް ދުރުކުރެވޭތޯ މަސައްކަތް ކުރަމުން ޒާޔާ ބުނެލިއެވެ. ޒާޔާގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް ރާއިންއަކަށް ނޭނގުނެވެ. ދެވަނަފަހަރަށްވެސް މާފަށް އެދިފައި އެދެވުނީ އައުމަށެވެ. މިއަދު އެލޯތްބަށް އެއްވެސް ހުރަހެއް ނެތްއިރު އެދެމެދުގައި މިވަނީ ބުނަން ނޭނގޭވަރުގެ ބޯފާރެއް ލެވިފައެވެ. ނޭގުމެއްގެ ތެރޭގައި އެފާރު ރޭނިފައިމިވަނީވެސް އަމިއްލް ދެއަތުންނެވެ. ވީދެރައިން ދެލޯ ފެންކަޅިވިއެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރީ އެކަމާ ދެރަވިވަރުންނެވެ.

“އަހަރެންގައިން ދޫކޮށްލާ…..” ވެރިވެފައިވި ހިމޭންކަން ނައްތާލީ ޒާޔާގެ ރުންކުރު ބަހުންނެވެ. އެއްވެސް ދެކޮޅުހެދުމެއް ނެތި ރާއިން އޭނަގެ އަތުގެ ތެރެއިން ޒާޔާ މިނިވަން ކުރިއެވެ. ފަހަތަށް އެނބުރި ރާއިންގެ މޫނަށް ބަލާލުމުން އެދެލޮލުގައިވި ކަރުނަ ކިތަންމެ ރީއްޗަކަށްވެސް ޒާޔާއަށް ފެނުނެވެ. އައިސްފައި ހުރި ރުޅި ފިނިވީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. ނަމަވެސް އެކަން ސިއްރުކޮށްފައި މޫނުއަނބުރާލިއެވެ.

 “ޒާ… އަހަރެންގެ މަންމަ ބޭނުންވޭ ޒާ ކައިރިން މާފަށް އެދެން، މަމްއަސް ހުރިހާ ހަގީގަތެއް އެނގިއްޖެ، އަހަންނަށްޓަކާ ނޫނަސް އެޓްލީސްޓް މަންމައަށްޓަކާ ޕްލީޒް އަހަންނާއެކު އައިސްފާނަންތަ” ރާއިންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް އެކަމުން ޒާޔާގެ ރުޅިއަނެއްކާ ވީގަދައެވެ.

“އޯވް.. ސޯ ކޮންމެހެން ރާއިން ބޭނުންވެގެނެއް ނޫންދޯ ތިއައީ، ރާއިންގެ މަންމަ ބޭނުންވެގެން، މިއަދު އެނގިއްޖެ ރާއިން ދުވަހަކުވެސް އަހަރެން ބޭނުންވެގެން ދެން ނާންނާނެކަން، ރާއިންގެ މަންމަ ބޭނުންވެގެން އަހަރެންބަލާ ތިއައީ، ތިގޮތަށް ކުރިންވެސް ބުނިނަމަނުން، އަހަރެންމިއީ ރާއިންހާ ހިތް ހަރުމީހެއްނޫން، އަހަރެންގެ ހިތެއްގަ ނެތް ދައްތައާ މެދު އެއްވެސް ބުރަކަމެއް، ތިއާއިލާއިން އަހަންނަށް ވެދިން އިހުސާންތެރިކަން އަހަރެން ހަނދާން އެބަހުރި….” ރުޅިއައިވަރުން ޒާޔާއަށް ވާހަކަ ދެއްކުނީވެސް ކުރިއަށްވުރެ ބާރަށެވެ. އެއްޗެހިތަށް އަޅަންފަށާފައި ހުރި ފޮށްޓަށް އެނދުމަތީގައި ބާކީ އެއްޗެހިތަށް އަޅަމުން ވާހަކަ ދެއްކިއެވެ. ރާއިން ފަހަތަށް ފަހަތަށް ޖެހެމުންގޮސް އެކޮޓަރިން ނުކުތީ ޒާޔާގެ ބަދަލުވެފައި ހުރި އެމިޒާޖު ބަލަން ކެތް ނުވުމުންނެވެ.

ކާރުގައި ލެނގިލައިގެން ހުރި ޒަޔާންއަށް ހަށިގަނޑު ސީދާކޮށްލެވުނީ ރާއިން ނުކުންނަތަން ފެނިފައެވެ. ނަމަވެސް އޭނަގެ ފަހަތުން ޒާޔާ އަންނަތަން ނުފެނުނުއިރު ރާއިންގެ މޫނުގެ ކުލަވަރުން ކަންތައްތައް އެހާ ރަނގަޅު ނޫންކަން އޭނައަށް އެނގުނެވެ.

“ޒާ ކޮބާ….” ޒަޔާންއަށްވުރެ ކުރިން އެސުވާލުކުރީ ޔާނާއެވެ. ނަމަވެސް އެއްޗެކޭނުބުނެ ރާއިން ކާރުގެ ކުރީސީޓަށް އަރައި ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ.

“އައި ރުއިންޑް އެވްރީތިން… އިޓްސް އޯލް މެސްޑް އަޕް، އަހަންނަކަށް ނޭނގެ ޒާ ކޮންވިންސް ކުރާނެ އެއްވެސް ގޮތެއް…. ޒާ ބޭނުން ނުވޭ އަހަންނާ ވާހަކަ ދައްކާކަށްވެސް” މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ރާއިން ވާހަކަ ދެއްކިއެވެ. ރާއިންގާތުގައި ހަމަޖެހުމަށް ބުނެފައި ޒަޔާން ވަނީ ޒާޔާ ބަލައެވެ.

ރާއިން ނުކުމެގެން ދިޔަ ދޮރަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒާޔާ އެނދުގައި އިށިއިނެވެ. އެހާއަވަހަށް ރާއިން ގިވްއަޕް ކޮށްލީހެއްޔެވެ؟ ދެފަހަރު ޝަކުވާ ކޮށްލިއިރު ރާއިން ފަސްދީ ދިޔައީ ހެއްޔެވެ؟ ދެވަނަފަހަރަށް އިތުބާރު ކުރަންވީބާއޭ ހިތާހިތާ ސުވާލުކުރަން އިންދައި ޒަޔާން ވަދެގެން އައެވެ.

“ޒާ ބޭނުމީ އެނބުރި ރާއްޖެދާން ޕްލީޒް، ދައްތަ ގާތު ބުނޭ އަހަރެންގެ ހިތަކު ނެތޭ އެއްވެސް ބުރަކަމެއް، ޕްލީޒް….” އިންގޮތަށް އިނދެ ޒާޔާ ބުނެލިއެވެ.

“ޒާ ހަމަޖެހިބަލަ، އެއްފަހަރު ދައްތަކައިރިއަށް ދާން ހިނގާބަ، ދައްތަ ވަރަށްބަލި، އެހެންވެ މިއެދެނީ”

“އެހެންވެގެންތަ ރާއިންވެސް އެއައީ އަހަރެންބަލާ، ދައްތަ ބަލިކަމުންތަ؟ ނޫނީ އަހަރެން ގެންދަން ބޭނުން ވެގެންތަ؟”

“ތިބަހުސް ފަހުންވެސް ކުރެވިދާނެއްނު” ޒަޔާން ވިސްނަދޭފަދަގޮތަކަށް ބުނެލިއެވެ. ޒާޔާ އެންމެފަހުން ރުޅިމަޑުކޮށްފައި ދާން ރެޑީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ނަޖާ (ހަތްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 1

Next
September 5, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 1

Previews
September 4, 2015

ނަޖާ (ހަތްވަނަ ބައި)

133 Comments!

  1. naj says:
    September 4, 2015 at 11:59 pm

    Yay!! Me first vvv salhi..

  2. naj says:
    September 5, 2015 at 12:00 am

    Ekamaku haadha lahey

  3. Emiliya says:
    September 5, 2015 at 12:02 am

    Yeah I’m first

    1. Emiliya says:
      September 5, 2015 at 12:02 am

      Third I guess

    2. Emiliya says:
      September 5, 2015 at 12:04 am

      The story is awesome but a lil bit short and more an more anmore inthixaaaru …………

    3. naj says:
      September 5, 2015 at 12:08 am

      U r second ?

  4. roasy says:
    September 5, 2015 at 12:06 am

    Next episode faster please… feeling impatient.. it’s awesome… nice…

  5. Aai says:
    September 5, 2015 at 12:13 am

    Vrh reethii mi parts…next part thankolheh avahah up kohla dhehchey

  6. Princess Noddy says:
    September 5, 2015 at 12:13 am

    Mahaku ehfaharu genesdhey story eh dhw mee. Kury part handhaan nethey fahun. But still story is awesome.

  7. @isha says:
    September 5, 2015 at 12:21 am

    Haadha kurey….. Evx ehaa lahun up kuraa iru ehaa kudha thankolheh thi genes dheny……. bunaathy adu ahan dhigu inthixaaruge ninun foni vaane ey bt it’s nt shooted 4 this one….. bt thanks mihaa kudha than kolheh vx kiyaalan dhin kamah thakaa vx…. next part whn?????? avahah up koh dheyne kamah unmeedhu kuran……

  8. eemiyaa says:
    September 5, 2015 at 12:24 am

    mee mi site in mihaa thanah kiyun enme reethi vaahaka.. v v v reethi.. kithanme dhigu inthizaareh kuran jehunas mi vaahaka ah foohikameh nethi inthizaaru kurevey…

    1. meee says:
      September 5, 2015 at 7:59 am

      Vaahakaeh nufeney myhakah nuvaane thihen

  9. lovely girl says:
    September 5, 2015 at 12:25 am

    When is next part
    Avaha genesdehchey
    M waitinggg

  10. Ary says:
    September 5, 2015 at 12:29 am

    Kureege part hadhaanves nethey fahun up thi kurani,,…bt story v nice

  11. sadh says:
    September 5, 2015 at 12:36 am

    Oh my god. Zamaan gandakah fahu kuda fukeh kiyaalan libijje. Huwa mi story ge title aa maa bodah story ves gulhifa miothy. Hope we would get to read it soon this time. Please.

  12. Samaah says:
    September 5, 2015 at 12:46 am

    mioh hurihaa dhuvahu nukai nuboi nunidhaa mi hunnany mi vaahaka kiyaalan libeytho. ufalun romun romun mi bai mi keeves 😉

  13. suray says:
    September 5, 2015 at 12:48 am

    I salute you dear writer! It’s owsum. You are doing a hard job. Once in a while uploading, it’s a tough one to do. Really! It’s high time you can stop it if you can’t do it? Feel free. No one is forcing you.. I guess…. M totally fedup of your story.

  14. cute me says:
    September 5, 2015 at 12:54 am

    hey u finally uploaded the story is simply lovely. thank u. plx mifaharu ekkon ninmaafa huttaayhi. u can finish it before ur exam right, n congra dear.

  15. Mali says:
    September 5, 2015 at 1:10 am

    V fake writer eh mii. Mihaa rythi vaahaka vx genesdheveny ehaa lahun mivarun nuliyunyma nimunynu. ??

  16. fathun says:
    September 5, 2015 at 2:25 am

    Vvvvvvv salhi den avahah next part up kobaa

  17. Yana says:
    September 5, 2015 at 2:32 am

    Wow..
    I love it…
    U r a great writter! ☺️

  18. SAMA says:
    September 5, 2015 at 7:27 am

    Mi part ves varah reethi…. next part avahah up kohdheythi…

  19. naji says:
    September 5, 2015 at 7:34 am

    Mi vaahaka liyaa kuhjaa vaahaka liyun huhtaalan mashah fennany… Maaaaaaaaaa lahyyyyyyyy…

    1. neesh says:
      September 5, 2015 at 10:50 am

      naji thibuni thede v lahun mivaahaka up kurani

  20. kayaani says:
    September 5, 2015 at 7:40 am

    nice keep uploading

  21. lol says:
    September 5, 2015 at 7:54 am

    Mi dhn vaahakaeh tha??huva ma foohivegen mikiuny emme paragraf eh….vaahaka liun huhtaalabaka alhe heyo nuvaane…neh fenvarakun noolhebala…thima beyzaaru vun noon kameh nuvaane…hadi haavaafa thi hury…see laafa dhadin thalhaa mulhi gayah e see buruvias ragalhuvaane thi ah vure…

    1. Noooo says:
      September 5, 2015 at 10:11 am

      Lol I think its better if u don’t comment…kuda kudin ves mi site en vaahaka kiyaa..n who the hell r u to judge ppl..its better if u shut up

    2. shx says:
      September 6, 2015 at 10:09 am

      mihaaru evaru kamehvx koffin dhw..pakaaaaaaissssss

  22. lol says:
    September 5, 2015 at 7:55 am

    Kayani aky dhefuh keheriyeh….

  23. meee says:
    September 5, 2015 at 7:56 am

    Dhn v iru samaah thy radeh…

  24. meee says:
    September 5, 2015 at 7:58 am

    Keemiya kae dhuvahakuves vaahakaeh kiyaalin tha???

    1. shx says:
      September 6, 2015 at 10:08 am

      mioh kameh dhw ..hmmm meee ekani story kiyanyy..happy tha???

  25. xoya says:
    September 5, 2015 at 8:19 am

    Wow!v v v v salhi!?when next part????

  26. aria says:
    September 5, 2015 at 8:55 am

    Finally story kiyaalan libihje..v reethi..but kihhinh thi hedhy zaa ves ehn hadhan jeheytha..dhn zaa n raain gulhuvaba..n plx next part thankolhen avahah up kohdhehchey…

  27. sheza says:
    September 5, 2015 at 9:13 am

    Masha allah varah v v v v v v v v reethi vahaka ekam varah Las

  28. naax says:
    September 5, 2015 at 9:28 am

    Masha allah Asluvx v v rythi.. Konmedhuvahaku balan new parteh up kohfa inthw.. Next part avahah up kodhecchey..

  29. reysham says:
    September 5, 2015 at 9:51 am

    best story mi site ge…ekm haadha varakah inthixaaru kuran ebajeheyey dhw…alhe thankolheh avahah up kohdhybaa

  30. suray says:
    September 5, 2015 at 10:29 am

    Noooo…. Who the hell are you to shut others? You don’t have the right to tell others what they have to do…

  31. nuzoo says:
    September 5, 2015 at 10:31 am

    Pis pis.. adhikiriyaa dhw up kureee… mi haaru mi vaahaka ah inthizaaru koh koh varubalivehje… heekuran avahah up kohdheyne kamah… kihinehtha thi hadhany… raain and zaayaa gulhuvaabala…

  32. marsha says:
    September 5, 2015 at 1:15 pm

    Vaahaka varah rythi, ekamj inthixaaru maaaa dhigu vany, mi vaahakaige name change kuran veenu? Kiyan vee “raastas”, eyrun avahah upload vedhasne hen hyvey…, plz ep 46 upkurahchey avahah, adhi dhigukoh,

  33. shaany says:
    September 5, 2015 at 1:26 pm

    Kurimathee huri Raain fenifai Yaana ves huree huttifa e. Yaana tha noonee Zaaya tha? Ehaa gina dhuvas thakakah fahu genesdhey iru thankolheh faruvaa theri kamaa eku liyeveytho balamaa

  34. nazi says:
    September 5, 2015 at 2:14 pm

    vvv reeyhi mivarey ney plz plz pkz avaha up kolladheychey inthizaar mee hama inthizaar

  35. nazi says:
    September 5, 2015 at 2:16 pm

    next part konirakun up kuraane

  36. shx says:
    September 5, 2015 at 2:48 pm

    coment kiyafiyya dhn heyotha hayaaiy goviyasss…pis pis kuda kudhin vx myga ulhey..thankolheh balaalain ulhebala heyonuvaane..keema kiya meeha ladhugannanyy..anyways v hab mi story..

  37. faathun says:
    September 5, 2015 at 3:01 pm

    Dark angle were ar u.

  38. ayaa says:
    September 5, 2015 at 5:07 pm

    Mi story ge namaky inthizaaru. Ehnve dhw miha inthizaarun kuran mijeheny mi vaahaka ah.

  39. reader says:
    September 5, 2015 at 5:20 pm

    v feney mi story ge name change kuran… mi story ah inthizaaru kiyas readers thihaa inthizaaru ga bahahtaa kah nu vaanedhoa!!!!????

  40. faathun says:
    September 5, 2015 at 10:13 pm

    Den darkangle javabeh dhyba kiyun therin hiy hamajasalan ves do.

  41. SAMA says:
    September 6, 2015 at 8:42 am

    Darkangle…. next part kn irakun tha???

  42. mee says:
    September 6, 2015 at 2:37 pm

    Vaahaka v reethe

  43. Kayaani says:
    September 6, 2015 at 6:03 pm

    Kayaani akee shefuh keheriakah vee keeve. Im a human being no human being is like that mr or mrs lol

  44. mihu says:
    September 7, 2015 at 12:18 pm

    Ehaa dhuvas kohfa up kuraairuves kuree partge half dhen v foohi. Aneh part anehgarunuga

  45. SAMA says:
    September 8, 2015 at 12:53 am

    next part kn irakun tha????

  46. heybali says:
    September 9, 2015 at 12:28 pm

    avhah up nukurevenyaa vaahaka liyaane kameh neiy… thihaa lazy meehunnah vaa varu kameh nuun mee… kihaa dhera kamehtha dhn

  47. nukko says:
    September 9, 2015 at 6:15 pm

    Dhn kn irakn nxt part???????????

  48. SAMA says:
    September 12, 2015 at 1:02 pm

    Kn irakun tha next part up kuranee… kiyaa hithun hurevenee eh noon…

  49. nawhoo says:
    September 12, 2015 at 2:59 pm

    Aaaawwwwwww nexxtttttttt paaaarrrttt plllllllllxxxxxxxx adhivxxxx upload nukureyyyyythaaaaa omggggg mi stryyyy itxxzz owesome….

  50. eiraam says:
    September 12, 2015 at 7:59 pm

    Ohhhhh cummonn dark angle……. up it soon

  51. Thoo says:
    September 15, 2015 at 11:03 pm

    Nice waiting 4 the nxt part hurry up

  52. luv says:
    September 20, 2015 at 3:29 pm

    Dark angle ???????? Story…? Next part which year…? Come on hurry up..?

  53. mary says:
    September 20, 2015 at 11:30 pm

    Kobaatha aneh part..????

  54. swyt says:
    September 23, 2015 at 10:30 am

    my misite ga mihaathanah liyevi fai vaa emme reeti vahaka
    but i am sad to tell u that its been 19 days bt u arent uploading and beside thihen vahaka liyaanama nuliunas rangalhu vaane

  55. dimple says:
    September 25, 2015 at 7:33 pm

    Alhe haadha lahey up vaaleh

  56. SAMA says:
    September 27, 2015 at 12:44 am

    Alhe kn irakun tha mi vaahaka up kuraanee….????

  57. SAMA says:
    September 27, 2015 at 12:48 am

    Mi vaahaka kiyanee varah kiyaa hithun… kiyuntherin thihaa inthizaaru kuruvaakah nuvaane…

  58. 4f!4h says:
    September 28, 2015 at 9:26 am

    mi inthizaaru oih gothah ovva aneh inthizaaru e oh dhany araigen. maa lahun update vaathy foohi. up nuvaathy heekury nimuny kamah. comment thah kiyaalyma mi enguny. liyun theriyaa kahaa ho? hajjah dhiyaee tha? aap zindhaa ho? pls up the nxt part sooner!

  59. sadh says:
    September 29, 2015 at 3:24 pm

    Mi vaahakaige aneh bai kiyaalan libeyne dhuvahegge inthizaaruga thibba kanneynge maru vaanee ves :/ mivarun dhen vaahaka nuliyeba dho kanbulo.

  60. sal says:
    September 29, 2015 at 10:10 pm

    Mivaahaka mihisaabun continue nukuraagothah tho dhen otheee. Meege aneh bayah v inthizaaru kuran

  61. @isha says:
    September 29, 2015 at 11:45 pm

    hey when is this story’s next part . . . i am waiting for your story very impatiently . . .

  62. aish says:
    September 30, 2015 at 2:47 pm

    ????.??????????????? Mi vaaahaka ane part up kolaneee kon vagutha kun

  63. maani says:
    October 3, 2015 at 3:45 am

    Mi vaahakaige ane part up kurany next year ga………..

  64. yaan lahu says:
    October 3, 2015 at 11:37 am

    One month v inthizaaruga huhnathaa… pls up kohdhybala avahah. Pls pls pls darkangle vaahaka kiyaa hithun hureveny eh noon…

  65. pinky says:
    October 3, 2015 at 4:31 pm

    Me vaahaka liyahithun ulhey meeheh liyefa oi vaahaka ehnun dho? Me meehun thalhuvan vegen kurakameh. Vaahaka nuliyevenya liyan nufeshun rangalhu vaane..

  66. Jannath says:
    October 4, 2015 at 7:00 am

    Vaahaka avahah update nukurevenya mi kahalage reethi vaahaka nuliyebala

  67. red leaf says:
    October 4, 2015 at 1:59 pm

    alhey avahah up koa balaa nimunima migothah aadheys kuraakah nujeheyneyehnu dho pls pls pls pls tmorrow up kodheeba

  68. raani says:
    October 5, 2015 at 11:01 pm

    Esfiya.com mi set ge gavaidhuga onagaitha lahun up data kurun?………..

  69. sanfa says:
    October 6, 2015 at 12:30 am

    mi vaahaka ah kiyan vee vaahaka las las ehnu dho.. keke

  70. Mai says:
    October 6, 2015 at 9:44 am

    Alhey darkangle awahah anehbai up kohdhyba… Kiyaahithun mihaaru moyawanyyyy….plxxxzzzz…. Tell us some thing about the story…wen will be the next part..

  71. aal says:
    October 9, 2015 at 3:03 pm

    Mi story ge next part dhen nugenes dheny tha? Kyve comments thakah reply nukuran

  72. shaamaa says:
    October 11, 2015 at 2:54 pm

    mivarun vaahaka liyun huhtaalan veenu…….

  73. Mai says:
    October 15, 2015 at 12:30 am

    Konirakuntha mi vaahaka uploade vanee. Vara dhigu inthizaar eyba kursn jahey… pls pls upload soon..

  74. shaamaa says:
    October 17, 2015 at 6:50 pm

    vaahaka kiyanves foohivehje mihaar……

  75. rann says:
    October 19, 2015 at 1:42 pm

    Thivaru meehun waahakka liyan nufashaanama.. Nuwaavaru kanthah kuran noolhibala.. Ehenyaa mihaaru kondhuwaheh .. Dhn ekaku vx meena liyaa waahakka eh kiyan nufashaathi.. 😉

  76. aal says:
    October 19, 2015 at 11:30 pm

    Plx plx plx plx plx plx next part up kohdhey bala plx plx plx plx plx plx plx plx

  77. Zo says:
    October 20, 2015 at 3:21 pm

    Liyuntheriyaa vaahaka liyun huttaaleethoa? Ehen kamah vaanama kiyuntherinnah angavaalun v muhimmu kamah feney..

  78. aisha says:
    October 21, 2015 at 10:14 pm

    i think mi site ge admin muhunves comes ehcheh bunanveje hen…mivaahaka ah vi gotha medhu..nuny auther ah kameh vi tho anekaa..

    1. Admin says:
      October 21, 2015 at 11:20 pm

      Sorry Aisha, All hurihaa vaahaka eh ves upload kuranee liyuntheriyaa amilla ah..

  79. maayaa says:
    November 2, 2015 at 8:34 am

    kon irakuntha mi vaahakaage anehbai up;oad kurany ehves vaahakaeh ninmumeh novey dho v foohivey ehenve kiyanves

  80. ifaa says:
    November 2, 2015 at 5:04 pm

    v foohi vaahaka site eh mee..huwaa ehme kiyaa hisaabah dhiyaima up eh nuvaane dhn neygeyne vaaanuvaa eh mi..its ridiculous huwaa

  81. sudha says:
    November 9, 2015 at 2:35 pm

    Pis pis Vaanuvaaga dhen mivaahaka nuliyanyaa ves angaalaba ayryn nimuneenu………… kiyun therin thivara inthizaaru kuruvaakah nuvaane vaahaya inthizaaru kiyas:p

  82. xxx says:
    November 12, 2015 at 12:54 pm

    darkAngel where are u I m tired of waiting4 dhis pls r u fine when u r going to upload

  83. Anonymous says:
    November 14, 2015 at 11:49 am

    avaha up kobala

  84. Reader says:
    November 14, 2015 at 1:59 pm

    Rangalhah ves inthixaar kuruvany dhw…. adhi eiy ves nimen ehaa kairi vefa vanikoh….. mi vaahaka mihrn baahvaafa dhen e liyaa inthzaar ninmaane kanneyge….. avahah up kohladhyba…. mihaa varah kiyutherin thalhuvaakah nuvaane ??

  85. maash says:
    November 15, 2015 at 4:27 pm

    this is bullshit

    1. sasha says:
      November 24, 2015 at 1:43 pm

      yes this is

  86. Shifoo says:
    November 18, 2015 at 2:10 pm

    pls make it fast…

    1. sasha says:
      November 24, 2015 at 1:43 pm

      yes this is.

  87. haddyja says:
    November 22, 2015 at 2:17 pm

    huvaa mi dhen boduvaru mihaaru ithuru inthizaaru kiyaa vaahakaeh liye nimeny eh koba mi inthizaaru

  88. aal says:
    November 23, 2015 at 11:56 pm

    Mihaaru inthizaaru koh koh varu bali vah ja alhey dhen Kobaatha next part? Plx plx plx plx plx plx avaha up koh dhey bala

  89. sasha says:
    November 24, 2015 at 1:42 pm

    is the writer dead or alive?

  90. Petite says:
    December 2, 2015 at 7:11 am

    Kobaatha next part.. alhe darkangle next part up kohdhdhyba. Haadha dhuvaheh vejje ey mihaaru??

  91. misty says:
    December 4, 2015 at 12:07 pm

    Haadhadhuvaheh vehjee next part up kuraatho madukuraathaa ? is the writer dead or something? When r u gonna upload the next prt? Its been more than a month ? plz plz plz plz plz Ava’s kohbaa

  92. TonTon says:
    December 22, 2015 at 3:04 pm

    mivaahakaige anehbai kobaa???
    hama vrh inthizAru ebakurevey

  93. ifaa says:
    December 29, 2015 at 5:09 pm

    its gonna be 4 months..where is the writer v foohvey

  94. asha says:
    January 6, 2016 at 6:17 pm

    Writer thum kahaahoon????? Mei inthizaar kar kar thag gaiyhoon….

  95. inthixaar 46 says:
    January 8, 2016 at 11:15 pm

    zaayaa aai zayaan beyrah nikuijiru yaanaa car kairi madu kohlaigen fonun vaahaka dhahkan hutteve..raain car thereah araa gidigai legilaigen dhelo marailaigen oih iru emoonu nathin fennany inthihaa hithaamaige asaru thake…zayaan is zaayaa carah arah dhoru holhuvi adah loa holuvaa raain baili iru zaayaa hurithan fenumun isjahaaly zayaa ah nubalan vegene..eynaage gayaku mihaaru zaayaaah balaane hih vareh nethe…zaayaa eynayaa dhurah dhiyaey hama eynage sababun kamah eynaa gaboolu kureve…miadhu eynaa zayaa ah vaki balaany ves kon moonakaigen hehye..eynaa aky kuhveieke..nooneke eyna beynun v eynaa balaabodu kuri mamma ufaluga bahahtaasheve..eynaa eynaage loabi eynaage mamma ahtakaa gurubaan kury hihmathy hilagadeh baaihvaigenneve..zayaa carah erumun yaanaa aa ehkoh yaanaaves carah erumun zayaan kury sytugai ishydhe car dhuvaalieve..dhiya magumathy ekakuves vaahakeh nudhahkaeve..hyvany hatharu myhun ves thiby vaahaka nudhahkaan nadhureh bunegen henneve..geyge gate dhoshah car madukohlumaa eky raain carin faiben dhiyaee ekakah ves balaa ves nulaeve…raain in geah vanumaa eky yaasir aa yashraage suvaaluthakaa kurimathi laan jehuneve..raain dharifulhaa kobaa zaayaa…zaayaa aa dhimaavitha…namaves ehves suvaalakah javaab nudhy raain sidin araigen mahchah dhiyaeve..zaayaa raain dhiya dhimaalah balahaitaigen huri yaasir sihsaigen dhiyaee yashaar zaauaa ah givaali adasheve..
    nuniney….
    ishaa ahlaah next part irukolheh fahun..

  96. darkangle says:
    January 8, 2016 at 11:48 pm

    sry vaahakaiga v kuh gina v ma..bt dgen faharakun rangalgu kohlaanan..

    1. Xoya says:
      January 19, 2016 at 11:38 am

      Haadha lahey up kuraa leh.. when is da next part comming..??

    2. aireen says:
      February 1, 2016 at 3:05 pm

      story dhen nuliyany tha???

  97. naaji says:
    January 20, 2016 at 10:43 am

    varah foohi… mi vaahaka liyaa kuhjaa kobaitha???

  98. nash says:
    January 24, 2016 at 5:17 pm

    esfiya in meege fahun vaahaka liyunterin ehkoh vaahaka nimaafa submit nukuranis vaahaka site ah nulun edhen..ehme kiyaa hisaabah dhiyaima liyunteriyaa ge habareh nuvey..dhn kiyunterin vee inthixaaru kuran..dhn garuneh kofa ais bunaane ragalhu bahanaa eh..this is ridiculous ighey..ighey dhari vaanekah personal life ohna kah..ekamu kamakaa gayaa vng kuranyaa ekamah vx vagutu hoadan vaane kahneyge dhr..

  99. ryn says:
    January 27, 2016 at 10:31 am

    ryn mihaaru abadhu hn kiyeny mi stry.. mi stry cmplete nukh othas vrh vrh kiyaa hiyyve.. dhn abadhu hithah arany dhn vaane goii n hithah araa alhe kiyene baaey dhn oii prt vx… ryn kiyaa hurihaa stry akah bunan this is one of the bst stry ey bt i must say this stry is the bestum bst… <3 i jxtt luv it.. abadhu hn mi stry kiyeny.. i wish darkangel mythi cmplte khlaanama.. i wnt ryd the lst prt so tht i cn fyl the real hapiness.. n vrh dheraveyyy eba 🙁 plx plx plxx mi stry ge nxt prt thah up khdyba… mivaahaka kiyaa kiyaa foohi nuve incmplt viyas adhi cmplt v ma vrh vrhhh kiyaa hiyy vaane… i hwp i cn ryd it soon…. jxxt luv it

  100. someone says:
    February 1, 2016 at 2:17 pm

    mi story ge aneh bai upload kohfi tha??? plx tell me someone. or mi story dhen nuliyany tha????

  101. someone says:
    February 1, 2016 at 3:03 pm

    where is 46

  102. Shi says:
    March 3, 2016 at 8:30 pm

    haadh fake ey kobaa anehbaaa

  103. sadh says:
    March 28, 2016 at 2:00 am

    I just came to check the update. Still no new episode. Haadha fake writer ekey :/

  104. thudeekolhu says:
    April 3, 2016 at 2:42 pm

    mi vaahaka reethikamun fashafashaigenves kiyan, ekamaku foosehnuvey dheravanee 46 uplode nukuraathee, mi vaahaka kiyaa kudhinge thereyga neiytha “DARKANGLE” ge rattessen phone koffaves bunelaavaruge

  105. saifaa says:
    April 28, 2016 at 3:04 pm

    still waiting for the end ….hurime inthizaar ga …

  106. Thu says:
    April 29, 2016 at 12:46 am

    Koba me vaahaka liya kuhja keevetha vaahakayah v goi nubunani…. Hutaliyas huhtali vaahakaves bunima ingenives… Inthixaar nukurah…

  107. NaAi says:
    May 15, 2016 at 2:42 am

    Eyyy mi stryge author maryvythr…last episode upkury septmbr 2015ga nw its 2016…plx adivx v kiyaahithun mihurey meyge next episode plx upkohdybalaaa…plx plx plx plx plx plx plx x….umeedukuran next part upkohdeynekamah…??

  108. manshaa says:
    June 5, 2016 at 9:29 pm

    vaahaka nihman neyngenyaa nuliyaany…. vaahaka liyan neyngey iru ves fuhpifa vaahaka liyany.. vaahaka ryhchey bunyma foni vegen goss anehbai up kuran ves hadhaan nethuny dhw… mihaaru ehmen ethibeny vaahaka ge anehbai inthizaaruga vihyaa. dhn kyhvany ebai genes vaahaka nihmaalihyaa..mihaaru one year vany ey..

  109. Anonymous says:
    June 8, 2016 at 5:06 pm

    އަދިވެސް މި ވާހަކައިގެ ނިމުން އަޕްލޯޑު ކުރާނެ ދުވަހެއްގެ އިންތިޒާރުގައި.

  110. darkangle says:
    June 16, 2016 at 1:07 am

    zaayaa….yaasir sihsaigen dhiyaee yashaar zaayaah golumuneve..yaasir avah gos zaayaakairi madhukohlaa suvaalthah ehfaraa kuran feshiyeve…dharifulhaa konthaakun thiaee…varah dhera vehjje dharifulhah beybemen mee ehaa muhinmu bayah nuveema..aslu ehen eveeves beybe mehge sababunkan igey..ekamu beybeah kudaoves dharifulhaa raain ekakuanekaku dheke loabivaa kan egunumana ekan ehan viyaka nudhinymus..beybeah maaf kurey..noon zaayaa kibain maafah edhen jeheynee aharen..aharen balgish ais ethaa madukohlamun bunelieve..aharen bunegen yaasir salmaa ah ekan sihru kury..edhuvahu aharen hagee gathah kiyaadhinnama miheneh nuvees..maamaah maafkurey zaayaa dharifulhaa ..noon zayaa kibain maafah edhen jeheyne aharen..enmen sihsaaigen dhiyaee salmaage adasheve..eyru salmaa ais ethaa makohlaee eve..manma ah maaf kurey zayaa..manma mee zaayaage ehves kusheh nethi zaayaa ah mihurihaa dhuvahu nafrath kuri meehaa..zayaan yaanaa aa ehkoh ulhen fhesheema ekamaa dhera vegen zaayaa bali vi iru vx enmme kairin hurihaa kameh dhuh meehaa ekamu aharen dharifulhaa manmma ah maaf kurey..enmen hurihaaehcheh kiyaa iruvx zaayaa huree vaan vee ufaakameh noonee dherakameh neygifaa huri meeheh hen neve..zayaan ah mikan visnigen enmenge samaalukan hiadhieve..dhen mithaa thibegentha hurihaa vaahakaeh dhahkanee..zaayaa kolhah bahataigentha zayaan bunelieve..yashaar avah zayaa athuga hifigen gos soafaagaibendhieve..yaanaa fenthahteh genes zaayaa ah dhineve..zayaa eygen kuda ethikolheh boalumah fahu faharaku meehehge moonah vakivakin balai lieve..enmenves thibee zaayaage jabaabeh noonee zaayaa vaahaka dhakaane irehge inthizaarugaeve..plx dhaifulhaa kenmadhu vafaavaa meeheh fadhain salma bunelieve..

    1. SH says:
      June 21, 2016 at 12:54 pm

      WHEN IS THE NEXT PART UPLOADING

    2. Saashaa says:
      June 28, 2016 at 11:25 am

      what is this

    3. nym says:
      July 31, 2016 at 5:57 pm

      cmnt stry ge nxt prt kon dhuvahakun??? hahaha i’m waiting fr 48th prt.. v fahkaa hama .. kypp it up who evr u are .. lol … i’m waiting fr a cmnt frm u :p

  111. neesha says:
    July 16, 2016 at 11:51 am

    mee koache dhuvahaku nuvaane

  112. SumOne says:
    July 31, 2016 at 5:59 pm

    darkangle buny meege aneh bai dhn upload kuraany 2020 ga ow hahaha eah vure kuri akun upload eh nukureveyne ow :p lol haha jst kidding

  113. Petite says:
    August 9, 2016 at 6:00 pm

    Alheyy kobaatha mi story ge aneh part.. darkangle plx upload the story.. admin ves darkangle ge habareh balaala dheebala.. i guess u have the number to call her..

  114. Petite says:
    August 9, 2016 at 6:03 pm

    Alheyyyy mi story ge aneh part kobaatha?? Darkangle plx upload the next episode.. Admin ves darkangle ge habareh balaala dheyn nu.. i guess u have her number…

  115. Petite says:
    August 9, 2016 at 6:05 pm

    Alheyyyy mi story ge aneh part kobaatha?? Darkangle plx upload the next episode.. Admin ves darkangle ge habareh balaala dheyn nu.. i guess u have her number… waitint waiting for the next part. . Mi vaahaka neinge mihaaru fashaigen kithah faharu kiyun kamehvves.. i love this story.. story nimma dheeba darkangle. .

  116. RIF says:
    August 11, 2016 at 10:49 am

    Dark angle anehkaa dhiri ebahurinn thr???

  117. safa says:
    August 15, 2016 at 12:34 pm

    dark dhen upkolaa avaha

Comments are closed.

Next Episodeއިންތިޒާރު 46←


All Right Reserved!