ހީވޭ ގާތުގާއި ވާހެން ކަލާ (ފަހުބައި)
މުޅި ރޭގަނޑު ހޭދަވީ އެއްކޮށް ސަކަރާތް ޖެހުމުގައެވެ. ސަކަރާތް ޖެހުން އިތުރު ވީ ޔަނާ އާއި އީމާން އައުމުން ނެވެ. އެންމެން ނިދަން ދިޔައިރު ގަ ވެސް ގާތް ގަނޑަކަށް 1:00 ޖަހާއުޅޭނެއެވެ.
އާ ދުވަހަކަށް އިރު އެރިއިރު އެންމެ އެ މީހަކު ކުރަންވީ ކަންތަކާ ގެން ބިޒީވިއެވެ. އަހަރެން ހުރީ ވަރަށް އުފަލުން ނެވެ. އެއީ ކައިވެންޏަށް ތައްޔާރުވަމުން ދާތީ އެވެ. އަހަރެން ސްކޫލް ދައުރުގެ ހުރިހާ ރައްޓެހިންނާއި ނާސިން ސްކޫލް ގަ ލިބުނު ރައްޓެހިންނަށް އިންވެޓޭށަން ފޮނުވަމުން ދިޔައީމެވެ. ފަހަރަކު މީހަކަށް އިންވެޓޭށަން ފޮނުވަމުން ދިޔަވަރަކަށް ފުލުފުލުގަ ކޮންގްރޭޗުލޭށަން ، ކޮންގްރާ ، ކޮންގްރޭސް ، އަނަންމުން ދިޔައެވެ. އިންވެޓޭށަން ފޮނުވައި ނިމުމުން އަހަރެން ދިޔައީ ޔާޝް މެންގޭގަ ތިންވަނަ ފްލޯ އަށްށެވެ. އެތާގަ ހުރި ފޮށިތަކުގައި ހުރީ ޑެކަރޭށަން އަށް ހުރި ސާމާނުތަކެވެ. އަހަރެން އެ ހުރިހާ އެއްޗަކަށް ބަލައިލަމުން ހިނިތުން ވެލީމެވެ. އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކަރުކެހިލި އަޑުއިވުމުން ނެވެ. ” ޔަނާ……. ؟” ” މައިރާ…. ވަރަށް އުފާވެފަ ދޯ ތިހުރީ” ޔަނާ ހީލަމުން ބުނެލިއެވެ. ” އޮފް ކޯސް ގާލް އަމް ގެޓިން މެރިޑް… އެކަމް” އަހަރެން އުފަލުން ހުރެ ބުނެލީމެވެ. “އެކަމް ؟……… އައި ނޯ ޔޯރް ނާވެސް އެހެންވެ އަހަރެން މި އައީ ވެސް” ޔަނާ އަހަރެންގެ އަތުގައި ހިފަމުން ބުނެލިއެވެ. ” ވަޓް ށުޑް އައި ޑޫ ؟” އަހަރެން ސުވާލު ކޮއްލީމެވެ. ” އައި ގެޓް އިޓް… އެކަމަކު ދެން މިއޮތް 3 ދުވަސް ހޭދަ ވާނީ ތިހެން” ” ދެން މި ނާވެސް ކަން ދާނީ ކޮންއިރަކުން ؟” ” ޔާޝް އަނބި ޤަބޫލު ކޮއްފީމޭ ބުނީމަ” ޔަނާ އެހެން ބުނުމުން އަހަރެން ލަދުން ފޯވިއެވެ. ” އޯހޯ ހޯ…. ބަލާބަލަ މީހަކު ލަދުން އުޅޭ ވަރެއް ދެން ހުރޭ 3 ދުވަސް ވަންދެން ތިހެން ލަދުން” ޔަނާ އަހަރެން ނަށް މަލާމާތް ކޮއްލަމުން ބުނެލިއެވެ. ” އެއް އަށް ފަހަކު އަހަރެން ދެން މި ގޮތަކަށް ނާވެސް އެއް ނުވާނެ ދޯ” އަހަރެން އެހެން އެހުމުން ޔަނާ ފެށީ ހޭން ށެވެ. ” އޯހް މައި ޕުއާ މައިރާ…. ވެޑިން ނިންމާފަ ކޮޓަރިއަށް ވެއްނީމަ އަދި ތިއަށް ވުރެ ވެސް ބޮޑަށް ނާވެސް ވާނެ” ޔަނާ އެހެން ބުނުމުން އަހަރެން ތުން އަނބުރާލުމަށްފަހު ބެލްކަންޏަށް ދިޔައީމެވެ. ޔަނާ އެހެން އެ ކިޔަނީ އަހަރެން ބިރުގެންވުމުގެ ނިޔަތުގައެވެ. ” 3 ދުވަސް ފާއިތު ވެދާނެ ދެ ފިޔަވަޅު އަޅާލާ އިރަށް” އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ.
—-3 ދުވަސް ފަސް—–
” ރާރާ…. މައިގޯޑް ޔާޝް ހޭނެތިގެން ނުވެއްޓިޖިއްޔާ ރަނގަޅު ” އެލީޒާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.” ދޮގެއް ނޫން އެބުނީ ކީއެއް ޔާޝް ހޭނެތިގެން ނުވެއްޓިޖިއްޔާ ހަމަ ރަނގަޅު ” ޔަނާ ވެސް އެލީޒާ އާއި ބައިވެރި ވެލަމުން ބުނެލިއެވެ. އަހަރެން ކޮޅަށް ތެދުވެ ލޯގަނޑު ކުރިމަތީ ހުރި އަހަރެންގެ ސޫރަ އަށް ބަލައިލީމެވެ. ހުދުކުލައިގެ މިނާ އޮއް ތަކެއް ހަރުކުރެވިފަ މިވާ ވެޑިން ޑްރެސް ގަ އަހަރެން ވަރަށް ރީއްޗެވެ. އަހަރެން ށޯލް އަޅުވާފައި ވެސް ހުރީ ތަފާތު ގޮތަކަށް ށެވެ. ނަމަވެސް ޔާޝް އަށް އަހަރެން ރީތި ވާނެ ބާއެވެ. ” ގާއިޒް އަމް ނާވެސް ލައިކް ކްރޭޒީ” އަހަރެން އެހެން ބުނުމުން އެންމެން ފެށީ ދިމާކުރަށްށެވެ. ” ނޮޓް ހެލްޕިން ގާއިޒް” އަހަރެން އެހެން ބުނުމުން އެލީޒާ ބުނެލިއެވެ. “މައިރާ އަހަރެންނަށް އެ ވަރަށް ޖެއްސުން ކުރި… މިއަދު މިއޮތީ އަހަރެންނާއި ޖެހިފަ” ސާރާ އައިސް ކުއްލިއަކަށް ދާން ހިންގާށޭ ބުނުމުން އަހަރެން ހީވީ ގަނޑުވާ ހެންނެވެ. އަހަރެން ގޭގެ އަނެއް ފަޅިއަށް ނިކުތުމާއެކު އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އަހަރެން ހިން ދިރުވާލުމަށް ފަހު މަޑުމަޑުން ހިނގާފައި ގޮސް އަހަރެން އިށީނަން ހާއްސަ ކޮއްފައި ހުރި ތާގަ އިށީނުމާއެކު ޤާޟީ ކައިވެނި ކޮއްދެން ފެށިއެވެ. އެ ހުރިހާ އިރަކު އަހަރެން އިނީ އިސްޖަހައިގެންނެވެ. ޤާޟީ އަނބި ގަބޫލު ކޮއްފިންހޭ ބުނުމުން ޔާޝް އަހަރެންގެ އަތަށް މަޑުމަޑުން ފިއްތާލަމުން ބުނެލިއެވެ. ” އަނބި ގަބޫލު ކޮއްފިން” އެހެން ބުނުމުން އަހަރެން އިސްނަގާ ބަލައިލީމެވެ. ކައިވެނި ކޮއްނިމުމުން ކައިވެނީގެ ވަލީމާ ފެށުނެވެ. އަހަރެން ނާއި ޔާޝް ތިބީ އަހަރުމެން ދެމީހުންނަށް ހާއްސަ ކުރެވިފަ ތިބިތަނުގައެވެ. ގޭގެ މިފަރާތަކީ މީގެ 6 އަހަރު ކުރިން އަހަރެންގެ ނަޒަރުން ބަލާނަމަ ކުޑަކުޑަ ޖަންގަލި އެކެވެ. ނަމަވެސް މިއަދު މިތަން ވަނީ ފެއަރީ ލައިޓްސް އިންނާއި ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރި ކުރެވިފައެވެ. ގްރާސް ގަނޑު މައްޗަށް ފިނިފެންމާ ފިޔަތަށަ އުކާފަ ހުރިއިރު ހިތްގައިމެވެ. އެއްފަރާތެއްގައި ބޮޑު ކިޔުބް އެއް ތެރޭގައި ހިތުގައި ޔާޝް ވެޑްސް މައިރާ ޖަހާފައި އިން އިރު ވަރަށް ވެސް ރީއްޗެވެ. ފަހަރަކު މެހުމާނެއް އައިސް އަހަރެމެންނަށް މަރުހަބާ ކިޔަމުން ދިޔައިރު ގަ އަހަރެންގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ހުރިހާ މެހުމާނެއް އައުމުން އަހަރެން ޔާޝް އަށް ބަލާލީމެވެ. އެއިރު ޔާޝް އިނީ އަހަރެންނާއި ދިމާއަށް ބަލައިގެންނެވެ. ” ކީއްވެ ތި ބަލަނީ” އަހަރެން އަހާލީމެވެ. ” މައިރާ ރީތި ކަމުން” ޔާޝް އެހެން ބުނުމުން އަހަރެން ލަދުން އިސްޖަހައިލީމެވެ. ” ޔާޝް…. ޔާޝް އަހަރެން ދެކެ އަބަދުވެސް ލޯބިވާ ނަންތައް” އަހަރެން އަހާލީމެވެ. ” އާނ…..އަހަރެން މައިރާ ދެކެ ލޯބިވާ ނުވާ އެންމެ ހިންދުކޮޅެއްވެސް ނުދާނެ” ޔާޝް ގެ މި ބަސް ތަކުން އަހަރެން ވަރަށް އުފާ ވިއެވެ. ” އަހަރެން މުސްކުޅި ވިޔަސް” އަހަރެން ހެމުން ހެމުން ބުނެލީމެވެ. ” މައިރާ އަނގާގައި ހުރި ދަތްކޮޅު ވެރުނަސް އަހަރެން މައިރާ ދެކެ މިވާ ލޮތްބަކައް ބަދަލެއް ނާންނާނެ” ” އަހަރެން މަރުވެއްޖިއްޔާ” އަހަރެން އެހެން ބުނުމުން ޔާޝް ބުނެލިއެވެ. ” މައިރާ މި ދުނިޔެއާ ވަކިވެގެން ދިޔައަސް އަހަރެން މައިރާ ދެކެ ލޯބިވާ ނަން…… މައިރާ އަހަރެން ކައިރީ ނެތަސް ހީވަނީ ގާތުގާއި ވާހެން………” ޔާޝް އެހެން ބުނުމުން އަހަރެން ބުނެލީމެވެ. ” ހީވޭ ގާތުގާއި ވާހެން ކަލާ ޔާޝް” ” ޔޯރް ރައިޓް މައިރާ ހީވޭ ގާތުގާއި ވާހެން ކަލާ” ޔާޝް އެހެން ބުނުމުން އަހަރެން ޔާޝް ގެ އަތުތެރޭގައި ހައްޔަރު ކޮއްލިއެވެ.
(ނިމުނީ)
Hello guys thx for reading this stry. I really appreciate it without U guys I couldn’t have completed this stry thx for all Ur support ☺️☺️☺️
I hope we’ll meet soon in the comments section of my new stry ” ލޯބި ވެވުމުން”
I really adore u guy…..??? thx for supporting me….well um I don’t know how to write a heartfelt speech there’s a lot in my heart and I don’t know how to express in words so all can say thanks thanks thanks thanks thanks thanks soooo much for the support
So meet u guys in my new stry until then bye – bye ?????
4 Comments!
Comments are closed.


i love the full story. but there are many writing mistakes. hope you will think and improve next time. Can’t wait to read your next story “loabi vevumun”. i really enjoyed your storys @starfire. keep it up ❤️❤️❤️❤️
nice. can you please tell which atoll you are from. keep it up @starfire ?
Alhey vaahaka nimuni dhw ????
Mi vrh vrh reethi ??????
Myra marry kuri dhw finally ?????
Star fire ge new vaahaka akah inthizaar kuran ????????
I think the last part is too short. ?☹️ And I love this story very Much❤️ and I really appreciate your hard work. ??I’m just hoping ” ލޯބި ވެވުމުން” will be much more better than this story. Keep it up!!! Btw can you give me an intro of yourself?