Skip to content
އެސްފިޔަ

ޔާރާއޭ…. (16)

ލައުހާއަށް ހޭވެރިކަންވީ އީރު އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަދިވެސް ލައުހާގެ ބަނޑުގއި ރިއްސަމުން ދެއެވެ. ލައުހާ ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލިއެވެ. ލައުހާއަށް މި އޮވެވުނީ ކޮޓަރީގެ އެދުގައެވެ. ކައިރީގައި ލުހްޝާން ލައުހާއަށް ބަލަން އޮތެވެ. އެ ދެލޮލުން ލައުހާ އަށް މިހާރު ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. ލައުހާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލުހްޝާން ލައުހާ ކައިރީ ނުތެވުމަށް އެދުނެވެ. ލައުހާގެ ގައިގައި ބައްދައިގަތެވެ. ” ބޭބީ … އަހަންނަށް މާފް ކުރޭ… އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް ނޫން..” ލައުހާ އަށް ވާނުވާއެއް ނޭގުމެވެ. ލުހްޝާން ގެ މިޒާޖަށް ކުއްލިއަކަށް މި އައީ ކުއްލި ބަދަލާ ހުރެއެވެ
” ކީއްވެ ހިތާ މަޑުން ތިއޮތީ… ވަރަށް ތަދުވޭތަ..” ލައުހާގެ މޫނަށް ބަލާލަމުން ގަޔާލާ ބޮޑިކޮށްލަމުން ލުހުޝާން ބުންޏެވެ. ލައުހާގެ މަޑު ގިސްލުމުގެ އަޑު ލުހުޝާން އަށް އިވެދުންދިޔެވެ.
އަހަންނަށް މާފެއް ނުކުރާނަށްތަ ލައުހާ…. އަަހަންނަށް އެނގޭ އަހަރެން ލައުހާއަށް އަނިޔާކޮށްގެން ނުވާނެކަން… އައި އެމް ސޮރީ… އެއީ އަހަންނަށް ނުވިސްނުނީމަ ކުރެވުނު ކަމެއް… ވަރަށް ބޮޑަށް ސޮރީ..’ ލުހުޝާން ވާހަކަ ދައްކަމުން ދިޔައީ މަޑުންނެވެ.
ލައުހާއަށް ވިސްނެނީ ބަނޑުގައި އޮތް ދަރިފުޅާއި މެދުގައެވެ. އަނެއްކާ ރޭގެ ހާދިސާގެ ސަބަބުން ދަރިފުޅަށް ވެދާނެ ދެރަގޮތަކާއި މެދު ވިސްނެނީއެވެ. ދަރިފުޅުގެ ސަލާމަތަށް ޓަކައި ހިތް އެދި ރޮނީއެވެ.
” އެނގޭތަ .. ލައު… އަަހަންނަށް އެނގޭ ލައުހާ އަހަރެންގެ މަންމައަށް ކަމެއް ނުކުރާކަން… ކުރި ކަމެއް ކުރީ މަންމަ ކަން… އެކަމަކު ރޭ ލައުހާއަށް އަނިޔާ ދެވުނީމަ ވަރަށް ހިތްހަމަޖެހުނު..” ލުހްޝާން ކުރިއަށް ވުރެ ވެސް ބޮޑަށް ލައުހާ ގަޔާލާ ފިތާލިއެވެ. ލައުހާއަށް ތަދު އިހްސާސް ކުރެވޭ ވަރަށެވެ. ލައުހާއަށް ތެޅިގަނެވުނެެވެ. ލުހުޝާން ގެ އަނޑުން އޯގާތެރިކަން ހުރިކަން އެއީ ލައުހާއަށް ހީކުރެވުނު ކުށްހީއެކެވެ. އެއަށް ވުރެ އެ ސިނކުޑީގެ ރޭވުންތެރިކަން މާ މޮޅެވެ..
“މަޑުން އޮވެބަ.. އަހަރެން މީ ލައުހާގެ ފިރިމީހާއެއް ނު…ރޭ ވަރަށް ވިސްނިން އަހަންނަށް ލައުހާ އާއި މެދު ކަންތައް ކުރި ގޮތާއި މެދު… ދެން ލައުހާއަކަށް އަނިޔާއެއް ނުކުރާނަން…. ހުރިޙާ އަނިޔާއަކުން ސަލާމަތްކުރުމަށް ނިންމައިފިން… އަހަރެން ލައުހާ މިނިވަން ކޮށްދިނުމަށްް ނިންމައިފިން… އަަހަންނާ އިނދެގެން ހުރިހާ ދުވަހަކު ލައުހާއަށް އަނިޔާ ފިޔާވާ އެހެން އެއްޗެއް ނޯންނާނެ… އެކަމަކު އަހަރެން ލައުހާ މިނިވަން ކޮށްފިއްޔާ ވަކި ލައުހާ ދާނިީ ކޮންތާކަށް… ތީ އަޅާލާނެ މީހެއް ހުރި ވަންނާނެ ތަނެއް ހުރި މީހެއް ނޫން… ” ލުހްޝާން ހީވަނީ ދީވާނާ ވެފައި ހުރި މީހެއް ހެންނެވެ. އަތުން ލައުހާގެ ގައިގައި ބީހެމުން ދާ އިރު ލައުހާ ލުހުޝާން ކިބައި ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ދެއެވެ. ލުހުޝާން ލައުހާގެ ގައި މައްޗަށް ޖެހިގަތެވެ. ލައުހާ ލައިގެން ހުރި މަޑު ފެހި ކުލައިގެ ކުރުތާގެ ކަރުގައިހިފާ ވީދާލިއެވެ. ލައުހާގެ ގައިގެ ބޮޑު ބައެއް ހާމަ ކުރަމުންނެވެ. ލައުހާ ހުރީ ލުހްޝާން ދެކެ ބިރުގެންފައެވެ.. ” ލުހްޝާން ޕްލީޒް… މިއަދަކު ނޫން… ވަރަށް ތަދުވެ… ޕްލީޒް.. ” ލައުހާ އާދޭސްކުރަން ފެށިއެވެ.
” ޝޫޝްޝް… މަޑުން އޮވެބަ… ދެން އެހެން ދުވަހެއް ނެތޭ ލައުހާއަކަށް… ” ލުހުޝާން ބުނި ޖުމްލައިން ލައުހާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.
” ހެހެހެެހެ… ކިހިނެތް ވީ… ބިރުގަތީ ދޯ… ލަވް… ލަވް އަށް ހީވޭތަ އަހަަރެން މީ މޮޔައެއް ހެން… އަހަރެން އަމިއްލަ އަތުން ލައުހާ އެއް ހައިކަލް ގެ މީހަކަށް ހަދާކަށް ނުދޭނެ އެއްނު… މީ ލައުހާގެ ވަދާއީ ސަލާން ކަމަށް ހީކޮށްލާ… އަހަރެން މިބުނި ގޮތަށް ހަދައިފިއްޔާ ލައުހާ ނުޖެހޭނެ ދުވަހަކުވެސް ހިތާމަ ކުރާކަށް… ކަމަކާ ވިސްނާކަށް… އެހެންނޫނަސް ކުއްޖަކު ވިހައިގެން އެކަނިމާ އެކަނި ވަންނާނެ ތަނެއް ނެތިފަ އުޅޭކަށް ވެސް ނުޖެހޭނެއެއްނު..”
ލުހުޝާން ވާހަކަ ދައްކަމުން ދިޔައީ ކިިރިޔާ ލައުހާއަށްވެސް އަޑު އިވޭހާ މަޑުންނެވެ.ލުހުޝާން ގެ ކިބައިން ސަލާމަތްވުމަށް ލައުހާއަށް ކުރެވޭނެ ކަމެއް ނެތްކަން އެނގުމުން ލައުހާޖެހުނީ އަމާން ދޭށެވެ. ލުހުޝާންގެ ބޭނުން ފުދުމުން ލައުހާއާ ދުރަށް ޖެހިލިއެވެ… ލައުހާ އެނދުގައި ރޯލަ ރޯލައި އޮތީއެވެ.
ލައުހާއަށް އަބަދުވެސް މހެން ވާންޖެހެނީ ކީއްވޭހެއްޔެވެ. ހައިކަލް ލައުހާ އެކަނި ކޮށްލީ ކީއްވެހެއްޔެވެ. ލުހުޝާން ފަދަ އިންސާނިއްޔަތު ކަމެއް ނެތްމީހަކާ ހަވާލުކުރި އިރު އެންމެ ފަހަރަކު ވެސް ލައުހާ އައި މެދު ވިސްލާނުލީ ކީއްވެހެއްޔެވެ.. ލައުހަގެ ހިތުގައި ހުރިހާ ޝާކުވާއެއްވެސް އުފެދެމުން ދިޔައީ ހައިކަލް އާއި މެދުގައެވެ. ހިތާހިތުން ހައިކަލް ކުށްވެރި ކުރެވެން ފެށުނެވެ.
” ތޭންކްސް މައި ލަވް… އަހަރެން އަންނާނަށް އިރުކޮޅަކުން… ލައުހާ އާ ވަދާއިސަލާން ކޮށްލަން..’ ގަމީހުގެ ގތްތަށް އަޅުވަމުން ލުހްޝާްން ބުނެލިއެވެ. ލުހުޝާން ދިޔަ މަންޒަރު ބަލަން ލައުހާ އަށް އޮވެވުނީއެވެ.
ބަނޑުގައި އެއް އަތުން ހިފައްހައްޓައިގެން އަނެއް އަތުން ފަރުނީޗަރ ތަކުގައި ހިފަމުން ގޮސް ފާހަނަ އަށް ވަދެ ފެން މާގަނޑު ދޫކޮށްލިއެވެ. ލައުހާ ގެ ހަށިގަނޑުގައި އުފެދިފައިވާ ހައިޖާނުން ލުޔެއް ލިބޭތޯއެވެ. ފާހަނައިގެ އެއްކަނަށް ބޮނޑިވެލައިގެން ލައުހާ އިނީ ހިޔާލީ ދުނިޔެކަށް ގެއްލިފައެވެ. މާޒީގެ ހިޔާލުތަކުން އުދަނގޫ ކުރުވަނީއެވެ.
………………………………………………………………………………………………………..
” އޭތް ބުނަން ވާހަކައެއް… ކޮންމެ ފަހަރަކު ކަމަކު ބުނެލާއިރަށް ކޮންމެ ހެން ރުޅި މޫނު މަށަށް ދައްކާނެ ކަމެއް ނެތް… ކަލޭގެ ބައްޕަ ކަލޭގެ ސުންޕާ ކަމާހުރެ ނުބަލަން އަހަރުމެންގެ ބޮަލަށް ޖަހާފައި ދިޔަގޮތަށް ހަބަރެއް ވީކީ އެއްނޫން… ޝުކުރުކޮށްބަ ކޮންމެ ހާލެއްގަ ނަމަވެސް ކަލޭ ބަލަމުން ގެންދާކަމަށް… މީ ވާ ޝުކުރުކުރަން ނޭނގޭ މަންޖެއެއް..” އާބިދާ އުނަގަނޑުގައި އަތް ވިއްދައިގެން ހުރެ އެއްޗެހިގޮވަމުންދިޔައެވެ. ވަރަށް ޒަމާނީ ޖީންސް އަކާއި ޓޮޕް ކޮޅެއްލައިގެން ހުރި އިރު އާބިދާގެ ހަށިގަނޑުގެ ފަލަކަން ބަލާކޮންމެ މީހަކަށްވެސް ފާހަކަކުރެވޭނެއެވެ. އުމުރުން ދެބައި ވެފައި ވާއިރު ވެސް އާބިދާ އަކީ ޒަމާނީ ފެޝާންތަކަށް ލޯބިކުރާ އަންހެނެކެވެ.
” އޭތް!!!… މަށާއި ދިމާލަށް ކޮން ލޮލެއް އަޅާކަން… ހިތަށް އަރާ ދެލޯ ކަނުކޮށްލާނަމޭ…” ލައުހާގެ ބޮލުގައި އަތް އަޅައި ކުޑަކޮށް ކޮއްޕާލިއެވެ. ލައުހާ އިސްޖަހައިގެން ހުރެ ރޮނީއެވެ. ލައުހާ އާބިދާއްތައަށް ވަރަށް އިހްތިރާމް ކުރެއެވެ. ލައުހާ ދެކެނީ އާބިދާ އަކީ ލައުހާގެ މަންމަ ކަމުގައެވެ.
ލައުހާގެ މަންމަ ވިހެއުމުގެ ތެރޭގައި ދިމާވި ކަމަކުން މަރުވުމުގެ ސަބަބުން ލައުހާ ބަލަމުން ގެންދަނީ އާބިދާމެނެވެ. ލައުހާގެ ބައްޕައަކީ ވިޔަފާރި ވެރިއެއްކަމުން ދަރިފުޅަށް މަންމައެއްގެ ލޯބި ނުދެވޭނެކަން އެނގޭތީ ލައުހާ ބަލައި ދިނުމަށް އާބިދާއާއި ހަވާލުކުރީ ލައުހާ މިހާކާއި އިންނަން ދެން ބަލައި ދީފިއްޔާ ހުރިޙާ މުދަލެއް އެމީހުންގެ ނަމަށް ބަދަލުކުރާނެ ކަމުގައި އެއްބަސްވުމަށް ފަހުގައެވެ. އެފަހުން ލައުހާގެ ބައްޕަގެ ހަބަރެއް އާބީދާ މެންނަކަށް ނުވެއެވެ. އެހެންނަމަވެސް ލައުހާއަށް އެނގޭ ހާވެސް އެއްޗަކީ ލައުހާގެ މަންމަ ދުނިޔެއަކު ނެތްކަމެވެ. ބައްޕަވީތަނެއް ލައުހާްއަކަށް ނޭނގެއެވެ. އާބިދާ އާއި ލަތީފް ފައިސާގެ ދަހިވެތިކަމުގައި ލައުހާ ގެންގުޅުނެއް ކަމަކު ދަރިއަކަށް ދޭންޖެހޭ ލޯތްބެއް ދުވަހަކުވެސް ލައުހާއަކަށް ނުދެއެވެ. ލައުހާ އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ…ލައުހާ އާބިދާ ކތަންމެ ވަރަކަށް މަަސައްކަތް ޖެއްސިއަށް އެކަމަށް ކެތްކުރަނީ އެހެންވެގެނެވެ. އެހެނަސް މިއަދު ތަންކޮޅެއް ބަލޮކޮށް އުޅޭތީ އިރުކޮޅަކަށް އޮށޯވެލުމުން އެކަމާ ހިތްހަމަ ނުޖެހުނީއެވެ.
” ނިކުމޭ … ހަމަ މިހާރު ނިކުމޭ މަގޭ ގެއިން…. އެންމެ މިނިޓެއްވެސް މިތާކު ހުންނާނެ ކަމެއް ނެތް… ކޮންމެހެން މަށަށް އިހްތިރާމް ނުކުރާ މީހަކު މިތާގަ ބަހައްޓާކަށް އަހަންނެއް ބެނުމެއް ނޫން…” ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ލައުހާ ދަމަމުން ގެންދަންފެށިއެވެ.
” ނޫން…ދައްތާ…. ނޫން… ތިހެން ނަހަދާ…ދައްތަ ފިޔަވާ އަހަރެންގެ ދެން ހުރީ ވަކި ކާކު… ދައްތާ ހެޔޮނުވާނެ… ނޫން ދައްތާ… އަހަރެން ވަކި ދާނީވެސް ކޮންތާކަށް..”ލައުހާ އާދެސް ކުރަމުން ދިޔައެވެ.
“އެއް ރޭ މި ވާރޭ ތެރޭ ބޭރުގަ ހުންނަން ޖެހުނީމަ އޮޮންނާނީ ތިމާ އަކީ ކިހާ ފެންވަރެއްގެ މީހެއްކަން ވިސްނިފަ… ބުނަން… ދެން އެހެން ހަދައިފިއްޔާ ނިމުނީ…” އާބިދާ ލައުހާ ދޮރާށިން ބޭރަށް ލިއެވެ.. މަޑުކުރުމެއް ނެތި ދޮރާށި ލެއްޕިއެވެ.
. މިއީ އާބިދާ ލައުހާ އަށް މިހާލުގައި ޖެއްސި ފުރަތަމަ ރެއެއް ވެސް ނޫނެވެ. ގްރޭޑް ހަތަކާއި ހަމަޔަށް ކިޔަވައިދިނުމަށް ފަހު ރަށުގައި އިތުރަށް ކިޔެވެން އޮއްވާ ލައުހާ ސްކޫލަށް ނުފޮނުވީ ގޭގައި މަސައްކަތް ކުރަން ބަހައްޓަން ވެގެނެވެ. އެކި ކަންތަކާ ހުރެ ކުދި ކުދި އަނިޔާ ކުރުމަކީ އާބިދާގެ އާދައެކެވެ. ލަތީފްވެސް ފައިސާގެ ދަހިވެތިކަމުގައި އުޅެނީ ބޯޓް ދަތުރު ކުރުމުގައެވެ.
ވަރަށް ބޯކޮށް ވާރޭ ވެހެމުންދާތީ ހަދުވަރުގެ އަލިކަމެއް ވެސް އެރެއަކު ނެތެވެ.. އަދިރީގެ ތެރޭގައި ކިތަންމެ ބިރުގަތް ކަމަކު އެތާ ހުރުމުން ވނެ އެއްވެސް ފައިދާއެއް ނެތްކަން ލައުހާއަށް އެނގެއެވެ. ލައުހާ އެއްވެސް މިސްރާބެއް ނެތި ހިގަމުން ދިޔައީ ދާނެް ވަކި އެހެން ތަނެއް ހުރީ ތީއެއް ނޫނެވެ. ލައުހާގެ މަންމަ ދުނޔޭގައި ހުރި ނަމަ ލައުހާވެސް އުޅެނީ ކިހާ އުފަލުގއި ހޭ މިކހަލަ ވަގުތު ތަކުގައި ލައުހާގެ ހިތަށް އަރައެވެ.
ހިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރި ލައުހާ ހިގަމުން ދިޔައީ ކުރިމަތީ ހުރި ގޭއިން ދުވެފައި ނިކުތް މީހެއްގެ ގައިގައި ޖެހުމުންނެވެ. އެފަދަ ކަމަކަމަކަށް ތައްޔާރުވެފައި ނުވުމުން ލައުހާއާއި އާއި އެމިހާ އަރި އަޅާލިއެވެ. ލައުހާ ބިރުން ލޯޯމަރާލީ ވެއްޓެން އުޅޭކަން ޔަޤީންވާތީއެވެ.
ލައުހާގޮސް ވެއްޓުނީ އެ ޒުވާނާގެ ގައިމައްޗަށެވެ. މަޑުމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށެވެ.އެޒުވާނާއަށް މި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ޖަދޫގައި ޖެހިފައިވާ ގޮތަށެވެ. މިއަންހެން ކުއްޖާގެ ރީތި ކަމާއި މެދު ހިތާހިތުން ތައުރީފްކުރަމުންނެވެ. ބިރުގެންފައި ވާ ދެލޮލުން އެޒުވާނާއަށް އަށް ބަލަމުން ދިޔަގޮތް ހިތުގައި ބިންވަޅުނެގުނެވެ. ލައުހާ އެޒުވާނާ ދުރަށްް ޖެހިލައި ތެދުވިއެވެ.. އަދި އެއްޗެށް ނުބުނެ ހިގައިގަންނަން ދިޔައެވެ،
” ސޮރީ…” ލައުހާގެ ފިޔަވަޅަށް ހުއްޓުން އެރީ އެޒުވާނާގެ އަޑު ޖެހުމުންނެވެ. ލައުހާ އެޒުވާނާއަށް ރަގަޅަށް ބަލާލެވުނެވެ. ހިތާ ހިތުން ތައުރީފްކޮށްލެވުނީ އެޒުވާނާގެ ރީތިކަމުންނެވެ. ކުޑަ ހިނިތުންވުމެއް ހަދިޔާކުރުމަށް ފަހު ލައުހާ ހިނގައިގަތެވެ.
” ހާއި… އައި އެމް ހައިކަލް…” ހައިކަލް އަވަސް ފިޔަވަޅުތަކުގައި ގޮސް ލައުހާގެ ކުރި ބެއްދިއެވެ. ސަލާން ކުރުމަށް އަތް ދިއްކޮށްލަމުންނެވެ. ލައުހާ އެއްޗެށް ނުނުބެ ދާން އުޅުމުން އަނެއްކާވެސް ހައިކަލް ލައުހާ އާ ވާހަކަ ދެއްކިއެވެ..
” ރުޅީތަ… ސޮރީ … އެކަމަކު މިހާ ދަން ގަނޑުއެއް ގައި ތިހާ ރީތި ކުއްޖަކު ބޭގައި އުޅެން ބިރެއްވެސް ނުގަނޭތަ… ރަގަޅު އަންހެން ކުދީންނެއް މިހާ ލަސްގަނޑިތަކުގައި ބޭރުގައި ނޫޅޭޭނެ…” ލައުހާގެ މޫނަށް ބަަލަން ހުރެ ވާހަަކަ ދެއްކިއެވެ.
” ރަގަޅު ވިޔަސް ހާލަތު ހުރި ގޮތުން ބޭރުގަ އުޅަން ޖެހުނަސް އޭގައި އޮންނާނީ އެ މީހެއްގެ ކުށްތަ..” ލައުހާ ލޯހަނި ކޯށްލަމުން ބުނެލިއެވެ. އެއަޑުގައި ވާ ރިހުން ހައިކަލް އަށް ފާހަކަ ކުރެވުނީ އެވަގުތުއެވެ.
” ނުދަންނަ މީހުންގެ ފަހަތުން ދިޔުމަކީ ރަގަޅު ފިރިހެނުން ކުރާ ކަމެއް ނޫން..” ލައުހާ ދުއްވައިގަތެވެ. މިފަދަ ގަނޑުއެއްގައި ގޮތްނޭނގޭ މީހަކާއި ބައްދަލުވުމުން ބިރުގެންފައެވެ.
ހައިކަލް އަށް ލައުހާ ދިޔަ މަންޒަރު ބަލަން ހުރެވުނީއެވެ. އާޝޯހް ވެފައެވެ. ބޭރުގައި ޑޮކްޓްރީކަންް ކިޔަވަން ހުރުމުަށް ފަހު ހައިކަލް ރާއްޖެއައީ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެތަށް އަންހެން ކުދީންގެ ފަރާތުން ލޯބީގެ ހުށަހެޅުންތަށް ހައިކަލް އަށް ލިބެމުން ދިޔަ ކަމުގައި ވިޔަސް ދުވަހަކުވެސް އޭނގެ ހުށަހެޅުމެއް ޤަބޫލުކުޜާހިތެއް ނުވެއެވެ. ހައިކަލް ހިތް އެދޭ ކަހަލަ ކުއްޖަކު ފެނިފައި ނުވާތީއެވެ.. އެހެނަސް ދެންމެ ފެނުނު ކުއްޖާ ހައިކަލް އެކުއްޖާގެ ޖާދޫގައި ޖައްސައިފިއެވެ. އަދިވެސް ހައިކަލް އަށ ފެންނަނީ އެކުއްޖާގެ މައުސުމް ދެލޮލެވެ. ލަައުހާގެ ހިތުން ވުމުގައި އެކުލެވިފައިވާ ޖާދުވީ ބާރެވެ… އެކަމަކު އެ އަންހެން ކުއްޖާގެ އަޑުގައި އެކުލެވިފައިވާ މާޔޫސް ކަމުންހައިކަލް ގެ ހިތަށް އުދަނގޫ ކުރުވިއެވެ.
އާ ދުވަހަކަށް އިރު އެރި އިރު އާބިދާ އިނީ އުދޯލީގައި ކުދި ކިޔާލަ ކިޔާލައެވެ. ލައުހާ ގެއަށް ނާންނާތީ ނުކައްކަން ވެގެނވެ. އެވަގުތު ވަތް ލައުހާ ފެނިފައި އާބިދާގެ އަގައިގައި ހުރި ތިރީސް ދަތް ފެންނަ ވަރަށް ހިނިތުންވިއެވެ.
“އަހަން…ދަރިފުޅާ ލައުހާ… ކޮންތާކުން ތިއައީ…ރޭ ދަރިފުޅާއި މެދު ވިސްނައި ދައްތައަށް ނުުވެސް ނިދުނު…” ލައުހާގެ ބުރަކަށީގައި ފިރުމަފިރުމާފައި ވާޙަކަ ދައްކަމުން ދިޔައެވެ.ލައުހާ ބަހެއް ނުކިޔައި ހުންނަން ފެށުމުން އަނެއްކާވެސް އާބިދާ ވާޙަކަ ދައްކަން ފެށިއެވެ.
“ލައުހާ… މީ ލައުހާގެ މަންމަވެސް ބައްޕަވެސް… ލައުހާ ގޯސްކޮށް ކަމެއް ކޮށްފިއްޔާ އެކަން ރަގަޅުކުރުމަށް ބުނެވުމުގެ ހައްޤެއްވެސް މި ދައްތައަށް ނެތީތަ..” ލައުހާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމަށް ފަހު ހިނިތުންވެލިއެވެ. މިއީ ކޮންމެ ފަހަރަކުވެސް އާބިދާ ކަންތައްކުރާ ގޮތެވެ.
” ދައްތަ މިއުޅެނީ ބުރަކަށީގައި ރިއްސާވަރުން… ދޭބަލަ ގޮސް ނިކަން މީރުކޮށް ކުޅިރިހަ ކައްކައި މަސް ފިހެލައި ، ރޮށި ފިހެލަން…” އާބިދާ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ދަރިފުޅާ އޭ ކިޔައި މުހާތަބު ކޮށްލާއި އިރު ލައުހަ ވަރަށް އުފާކުރެއެވެ..
ފެންވަރައިލައިގެން ބަދިގެ ތެރޭ މަސައްކަތް ކުރުމަށް ލައުހާ އަވަދި ނެތި އުޅުނެވެ. ބޭރު އުދޯލީގައި އާބީދާ އާފަލެއް ކަމުން އަރާމް ކުރަން އޮތެެވެ.ބަދިގޭގައި ހުރި ލައުހާ ބޭރަށް ނިކުތީ މީހަކު ސަލާން ގޮވާލިއަޑު އިވުމުންނެވެ. ރޭ ފެނުނު ޒުވާނާހުރީ ކުއްޖަކަށް ނަންކިޔަން ކައްކައިގެން އޭގެ ބޮނޑިބަތް ޕާރްސަލެއް ހިފައިގެން އައިސްއެވެ. އާބިދާ ވަރަށް ހެވިލާފައި ހައިކަލް ކައިރީ އިށީންނަށް ބުނެލިއެވެ. ދާންވާނީ މިގެއިން ޖޫސްތައްޓެއް ނަމަވެސް ބޮއެގެން ކަމަށް ބުނެ ލައުހާ އެ ގެނައުމަށް ފޮނުވިއެވެ.
” އެއީ.. ދައްތަގެ ދަރިފުޅުތަ… ރޭ ދަންވަރު ބޭރުގަ އުޅެނިކޮށް ދުށިން… އެހާ ދަންގަނޑުތަކުގައި ބޭރުގައި އުޅެން ނޫވާނެ އަންހެން ކުދިން…” ހައިކަލް އާބިދާ އާ ވާހަކަ ދައްކަމުން ޖެހިލން ވެފައި އަހާލިއެވެ.
” އެއީ ދައްތަގެ ދަރިފުޅު.. ލައުހާ… މާމަ ތަންކޮޅެއް ބަލިކޮށް އުޅޭތީ އެގަނޑީ ޖެހުނީ ފޮނުވަން..އެެހެންޏާ ބޭރުގައި އުޅޭ މަންޖެއެއް ނޫން އެއީ..” އާބިދާ ހައިކަލްއަށް ރަގަޅަށް ބަލާލިއެވެ. ފެންނަ ފެނުމުން މުއްސަދި އާއިލާއެއް ގެ ކުއްޖެއް ވައްތަރު ޖަހައެވެ. ހައިކަލް ކަހަލް ކުއްޖަކާއި ލައުހާގެ ކައިވެނި ކުރެވިއްޖެނަމަ ލައުހާ ގެ ފަރާތުން އެމީހުނަށް ލިބޭނެ ފައިދާތަށް ހިތަށް އެރުުމުން ވިހަ ހިނިތުންވުމެއް ވެރިވިއެވެ..
ޖޫސްތަށި ހިފައިގެން އއި ލައުހާ ހައިކަލް އަތަށް ޖޫސްތަށި ދިއްކޮލަމުން ކުރިން ކުރަން ހުރި މަސައްކަތާއިގެނ ކުރިއަށް ދިޔައެވެ. ހައިކަލް ޝުކުރު އަދާކުރުމަށް ފަހު ދާން ހިގައިގަތުމުން އަދި އަންނަން ވާނެކަމުގައި އާބިދާ ބުންޏެވެ.
ހަވީރުގެ ވަގުތެކެވެ. ގޭތެރޭ ހުރި މަސައްކަތްތަށް ކޮށްނިމުމުން ލައުހާ ދިޔައީ ތުނޑިއަށެވެ. އާބިދާމެންގެ ކައްތައް ހުންނަ ގޮތުން އެއްވެސް ކުއްޖަކު ލައުހާއާއި އެކުވެރިކަން ބާއްވާން ބޭނުން ނުވާތީ ލައުހާ ހިޔާލުކުރަނީވެސް އެކަހަލަ ހަމަ ހިމޭން ތަންތަނެވެ. ގޮނޑޫދޮށަށް ރާޅުޖަހާ މަންޒަރު ބަލަން ލައުހާ އިނީ ހިޔާލަކަށް ގެއްލިފައެވެ.. ލައުހާ ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު ލައުހާގެ ކޮނޑުގައި އަތް ބޭއްވުމުންނެވެ. ލަައުހާ ބަލާލ އިރު ހައިކަލް ލައުހާގެ ކައިރީ އިށީންނަނީއެވެ. އެހާ ކައިރިން ހައިކަލް ފެނުމުން ލައުހާއަށް އުދަނގޫވާ ގޮތްވިއެވެ. އެރީތި ދެލޯ ފެންނަ ކޮންމެ ފަހަރަކު ލައުހާ އަށް ނޭނގޭ ކަހަލަ ގޮތްގަކެއް ވާތީއެވެ.
“ލައުހާ… ވަރަށް ރީތި ނަމެއް.. ” ވެރިވެފައިވާ ހަމަ ހިމޭންކަން ނައްތައިލީ ހައިކަލްއެވެ. ނުތަނަވަސްވެ އެތަށް ފިއްތަން އިން ލައުހާ ހައިކަލް އަށް ބަލާލައި ހިނިތުންވެލިއެވެ. އެއީ ހައިކަލް އަށް މިހާތަނަށް ފެނިފައިވާ އެންެ ރީތި ހިނިތުންވުމެވެ..
“ކެން ވީ ބީ ފްރެންޑްސް…” އަތް ދިއްކޮށްލަމުން ހައިކަލް ލައުހާގެ ދެލޮލަށް ބަލާލިއެވެ. ހިފަން ނުހިފަން ކަހަލަ ގޮތަކަށް ހުރެފައި ހައިކަލްގެ އަތުގައި ލައުހާ ހިފީ ކީއްވެކަމެއް ލައުހާއަކަށް ނޭނގުނެވެ.
” މިތާ އެކަނި ކީއްތިކުރަނީ… އަހަރެން ބުނީމެއްނު އަންހެން ކުދިން މިޒަމާނުގަ އެކަނި ތަންތަށް ގޮސް އުޅޭކަށް ނުވާނެއޭ.. “ލައުހާ މީހުންނާއި އެކީ އުޅޭ ތަނެއް ހައިކަލް އަކަށް ނުފެންނާތީ އެސުވާލުކޮށްލީއެވެ.
” ވަރަށް ނާންނަށް މިކަހަލަ ތަންތަނަށް …އެކަނި އަންނަން ޖެހެނީ ލައު އާއެކު އަންނާނެ މީހެއް ނުވާތީ..” ލައުހާ ވަރަށް ލަދުން ހުރެ އެއްބަސް ވެލިއެވެ.
” އެއްވެސް ފްރެނޑެއްވެސް ނުހުރޭތަ…” ހަިއކަލް ލައުހާގެ ހަރަކާތްތަކަށް ބަލަމުން އަހާލިއެވެ. ލައުހާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ލައުހާ އުޅޭގޮތުން ހައިކަލް ހުރީ ފާޑަކަށް ހިނި އައިސްފައެވެ.. ” އަހަރެން މިހުރީނު… ” ހިނިގަނޑު މައިތިރި ކުރެވޭތޯ ހައިކަލް މަސައްކަތްކުރިއެވެ. ލައުހާ ހިތުގައި ޖެހިދާނެތީއެވެ. އެއީ އެއްވެސް ހާލެއްގައި ހައިކަލް ބޭނުނޮވި ގޮތެއް ނޫނެވެ…
“ލައު ދެން ދަނީ…ދައްތަ ހޯދާނެ… ” ލައުހާ ހިނގައިގަންނަް އުޅުމުން ހައިކަލް ލައުހާގެ އަތުގައި ހިފިއެވެ.. ” އެއީ މަންމަ އެއް ނޫންތަ..” ހިތުގައި އުފެދުނު ސުވާުލު ލައުހާ ކޮށްލިއެވެ. ލައުހާ ނޫނޭކޭ ބުނެލައި އެތަނުން ދިޔުމަށް ހިނގައިގަތެވެ. ލައުހާ ދިޔަތަން ބަލަން ހައިކަލްބަލަން އިނެވެ. ލައުހާ ގެ ކޮންމެ އަދާއެއް ވެސް ހައިކަލް އަށް ކަމުދެއެވެ.
………………………………………………………………………………………………………….
ލައުހާ އަވަސް އަވަހަށް ފާހަނައިން ނިކުމެ ތައްޔާރުވެލީ ލުހުޝާން އައުމުގެ ކުރިން އެތަނުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ވެސް ދެއްކެން އޮތީ އެއިރުން ކަމަށް ވާތީއެވެ.
ލައުހާ ކުރިއަށް ނެގި ފިޔަވަޅު ހުއްޓުނީ ކުރިމަތީ ހުރި ލުހްޝާން ފެނިފައެވެ. ލުހްޝާން ގެ މޫނަށް ވެރިވެފައި ހުރި ނުލަފާ ހީލުމުންވެސް ލުހްޝާން ކޮންމެވެސް ރޭވުމެއް ރާވާކަން ލައުހާއަށް އެނގުނެވެ..
ލުހުޝާނ މޭޒުމަތީގައި އޮތް ބެލްޓެއް ނެގުމަށް ފަހު އަތަށް ހެޔޮވަރު ކޮށްލިއެވެ. އަދި ލައުހާއަށ ދިމާލަށް ހިގައިގައތެވެ. ލައުހާގެ ފިޔަވަޅުތަށް މަޑު މަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. ބެލްކަންޏަށް ނިކުމެވޭ ގޮތަށް ހުރި ދޮރުގައި ލައުހާ ލައްވިއެވެ..ލުހްޝާން އެއްވެސް ރަހުމެއް ނެތި އެ ބެލްޓުން ލައުހާގެ ގައިގެ އެތަށް މިތާގައި ޖަހަމުންދިޔައެވެ. ލައުހާގެ ރުއިމަކަށް އާދޭހަކަށް ފަރުވާލެއް ނުކޮށެވެ. ” މިޢީ.. އަހަންނަށް ވަގަށް ފިލަން އުޅުނީތީ ކުރިކަމެއް… ތިހާ ފިލާ ހިތުން ހުރިއްޔާ ހިނގާ ދޯ ފިލަން ދާން…” ހައިކަލް ނުލަފާ ހިނިގަނޑެއް ޖަހާޅައި ބެލްކަނޏަށް ނިކުތެވެ. ދެވަނަ ފްލޯ ގައި ހުރި އިރު މަގުމަތިން ދާ ދުއްވާއެއްޗެހީގެ އަޑާއި އެކު މާހައުލުގެ ހަމަ ހިމޭންކަން ވަނީ ކެނޑިފައެވެ.
” ލައުހާ.. މިއަދު ލައުހާ ވަރަށް ހިތްހަމަ ޖައްސަ ދޭނަން..ލައުހާގެ މޫނުގައި ފިރުމާލަމުން ލުހުޝާން ބުނެލިއެވެ.
” ތީ އަހަރެންގެ އަތްބެއް ނޫން..” ލުހްޝާން މިހެން ބުނެލުމުން ލައުހާ އަށް ކުރިން ނުލިބޭ ވަރުގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.. އެކަމަކު އެކަން ވެސް ވީ ހިނދުކޮޅެއްގެ ކަމަކަށެވެ.
” ހައްހަހަހަހަހަ….ވަރަށް އުފާ ވެއްޖެދޯ…. އެކަމް އަހަރެންގެ ލޯބިވާ ހައިކަލް ކޮއްކޮ ވަރަށް ދެރަވާނެ…އެނގޭތަ ކީއްވެކަން..” ލައުހާ ގާާތަށް ކުރިއަށް ޖެހިލަމުން ލުހްޝާން ބުނެލިއެވެ. ލައުހާއަށް ހުރީ ހިރިލަން ވެސް ނުކެރިފައެވެ. ބެލަކަނީގައި ހަރުކޮށްފައިވާ ދަގަނޑޫގައި ލެގިލައިގެން ހުރީ ހަދާނެ ގޮތްހުސްވެފައެވެ. ލުހްޝާން ލައުހާއާއި ގާތް ވެލުމަށް ފަހު ލައުހާގެ ތުންފަތުގއި ބޮސްދިނެވެ.. ލައުހާ އަށް ރޮވިފަިއ ބަލަން ހުރެވުނީއެވެ..

 ގުޑް ބާއި މައި ލަވްލީ އެކްސް ވައިފް” ލައުހާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ލުހުޝާން ކުށްލިއަކަށް ގެނައި ހަރަކާތަކުން ލައުހާގެ ފައި ކައްސާލައި އިމާރާތުން ވެއްޓެއް ދިޔައަެވެ.. ހައިކަލް އޭ ކިޔައި ލައުހާ އަށް ބާރަށް ގޮވައިލެވުނެވެ. ލައުހާ ގޮސް ޖެހުނީ ބާރަށްދުއްވާފައި ދިޔަ ކާރެއްގެ މަތީގައެވެ. ކާރުން ވެއްޓި މަގުމަތީ ޖެހުނު އިރު މަގުމަތިން ހިނގާފައި ދިޔަމީހުން ހައިރާން ވެފައި ބަލަން ތިއްބެވެ. ލައުހާގެ ލެއިން މުލިތަން ރަތް ކުރަމުން ދިޔަ އިރު ލައުހާ ގެ ލޯ ވަނީ މެރިފައެވެ.
ލައުހާގެ ވެއްޓުނު މަންޒަރު ބަލަން ލުހުޝާން ހުރެފައި އެތެރެއަށް ވަނެއވެ.
ލުހުޝާންގެ މަންމަ ކަންބޮޑުވެފައި ހުރިތަން ފެނުމުނުން މަންމަގެ ހިތާމަތަކަށް ބަދަލުހިފައި ނިމުނީ ކަމަށާއި ފަހުން ކޮންމެ ގޮތެއް ހެޔޮކަމަށް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. Mil

    Me first n story v reethi… waiting for da nxt part… hope u’ll upload soon

  2. Shabee

    poor lauha 🙁 writer vex dhen ehn hadhan vaanetha??? pis pis anyways story vrh habeys nd vrh touching ingey…. lau maraa nulahchey…. hikal ah lau libeyne goeh hadhahchey…. nd luhushaan j khlahchey… adhi eh vaahaka vrh baivaru mistakes ebahuri … spelling…

    1. Shabee
      Shabee

      n me 2nd… yey yey yey 😛 writer chk kohlahchey…

  3. kennukbee

    Me third

    1. kennukbee
      kennukbee

      I want luhushaan n lauhaa together n luhushaan ragalhu kodhehche

    2. Shabee
      kennukbee

      no i wnt hikal n lauha… luhshaan ge othy red heart ehnoon… black heart eh 😉 ehnve i hate him …. i wnt hama hikal lauha aa gulhen…. but i thnk luhushaan hen gulheynee lauha aa…. i think so 😀

  4. hina

    V.awesome..

  5. saamy

    v reeth…

  6. zai

    Lauha maraanulahchey lauha maraalafihyaa story ga nuhunnaane riithi kameh..dhn v salhivaane haikal n lauha gulhuviima..eyrah story v habeys vaane..avahah up kohdhehchey kiyaa hithun keith madhuweha..

  7. Aishaa

    Aishaa ah heevany Haikal n Lauhaa hen gulhey ny…..Lauhaa Luhushaan dheke foohivaany Luhushaan aniyaa kuraathy…dhn Ekan Haikal egey ny…kihaa dhera vaane Haikal kihaa dhera vaane Lauhaa ah ehaa varah aniyaa kuranyaa….ehnve Haikal beynun vaany Lauhaa r gulhen…
    Aishaa ah heevaa goi ey…
    Aishaa ah heevany Haikal ah hen Lauhaa libey nee ….dhn neynge vaane gotheh….
    Waiting for the nxt prt

  8. Anonymous

    salhi mi bai vs

  9. xoya

    Kn irakun next part???????

  10. Anonymous

    Kn irakun next part? V salhi mi part vs

  11. nukko

    Kn irakun next part? V salhi mi part vs… v habeyx ingwyy.. plx Avahah up kohdhyyy

  12. pary

    nice

  13. Faathun

    Lauha maraa nulahchey ingey.. haikal ah lauga libey goi hadhaaba

  14. prrrrr

    vrh salhi. waiting fr anthr part n i wnt haikal n lauhaa gulhn.. shifa kuraa gothun e dhemyhun vrh gulhey.. n mi vaahakaige sifa kurunthah vrh salhi.. gd job..

  15. xoya

    V v salhi mi story.? waitin 4 next part.avahah upload kohdhechey plxxxxxx

  16. writer

    thank you hurihaa kudhinah… lauha ah vaane gotheh egeyne kuriya annan huri part thakun… next part insha allah mirey noony maadan emme las vegen ves upload kureveytho massakai kuraanan.. thankyou

  17. xoya

    Where is next part WRITER???????

    1. writer
      xoya

      tonight

  18. Shaa

    Koba

  19. axkaaaa

    Eh bunaahen, we are waiting writer…

Comments are closed.