Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ…. (13) ވަނަ ބައި

writer Level 310 Stories100 Comments
August 30, 2015 3 Mins Read
16 Comments

ލައުހާ މާޔޫސް ވެފައި ހުރެ ލުހުޝާން އާ އެކީ ގެއަށް ދިޔައެވެ. ހިތުގައި އެތަށް ޝަކުވާތަކެއް ފޮރުވަމުންނެވެ. ހައިކަލް ކަންތައް ކުރިގޮތުންނެވެ. އެއީ ލައުހާ އުއްމީދު ކުރި ގޮތެއްނޫނެވެ. ލުހުޝާން އާ އެކު ލައުހާ ގެއަށް އައުމުން ލުހުޝާންގެ މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލައުހާ ގެއަށް ގެނައީތީ އެގެއިން ނިކުމެގެންދާނެ ކަމުގައި ބުނެ ނިކުންނަން ދިޔައެވެ. ލައުހާ ހައިރާންވީ ލުހުޝާން އޭނާގެ މަންމަ ހުއްޓުވަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރުމުންނެވެ.މަންމަ ނިކުމެގެން ދަންދެން ބަލަން ހުރީއެވެ. ލައުހާ ލުހުޝާން އާމެދު ދެކެވެމުން ދިޔައީބީރައްޓެހި ކަމުގެ ނަޒަރަކުންނެވެ. ލުހުޝާން އާއެއް ކޮޓަރިއެއްގައި އުޅެން ލައުހާ ބޭނުން ނުވި ކަމުގައި ވިޔަސް ބުނާކަށް ނުކެރުނެވެ. ވަރިކުރި ކަމުގައި ވިޔަސް ކައިވެނި ރުޖޫއަ ކުރުމުގެ ހައްޤު ލުހުޝާން އަށް ލިބިނގެންވާކަން އެގޭތީއެވެ. ލައުހާގެ ހަށިގަނޑުގައި ވިންދު ޖަހަމުން ދަނީވެސް ލުހުޝާންގެ ދަރިއެކެވެ. ލައުހާ ފުން ވިސްނުމަކަށް ގެއްލިފައި ހުރިކަން ލުހުޝާންއަށް ފާހަގަކުރެވުނެވެ. ލުހުޝާން ލައުހާ އަށް ޔަޤީންކަން ދިނީ ކުރިން ކުރިފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނެކަމަށެވެ. ކުރެވުނު ކުށަށް ލައުހާ ކައިރިން މާފަށް އެދުނެވެ. ލައުހާ މާފުވެސް ކުރިއެވެ. ދަރިފުޅުގެ ހައްޤުޤައެވެ. އެހެނަސް ލައުހާ ވަގުތު ބޭނުންވާކަމަށް ބުނެ ، ލުހުޝާން ވެސް އެކަމާ އެއްބަސް ވިއެވެ.
…………………………………………………………………………………………..
ލައުހާ ދިޔުމުން ހައިކަލް އެކަނިވެރިވިއެވެ. އެކަނިވެރިކަމުގައި ދިރިއުޅުން ވޭތުކުރަމުން ދިޔަ ހައިކަލްގެ ހަޔާތަށް ދިރުން ގެނެސް ދިނީ ލައުހާއެވެ.މިއަދު ލައުހާވެސް ދިޔުމުން ކުރިމަތިވީ ބުނަން ނޭނގޭފަދަ އެކަނިވެރިކަމެކެވެ. ހައިކަލްގެ ހިތުގައި ލައުހާއަށް ދެވިފައިވާ މަޤާމް އެހެން އެއްވެސް މީހަކަށް ނުދެވޭނެއެވެ.އެހެން މީހެއްގެ ހައްޤެއްކަން އެނގޭ އިރުވެސް ހިތަށް ވިސްނައިދެވޭތޯ ކުރިމަސައްކަތްވީ ބޭކާރެވެ. ލައުހާގެ ހަދާންތަކާ ދުރުވުމުގެ ބޭނުމުގައި ގިނަވަގުތު މަސައްކަތުގައި ހޭދަކުރަމުން ދިޔައެވެ. އެހެނަސް ހައިކަލް އަދިވެސް ލުހުޝާން އަށް އިތުބާރު ނުކުރާތީ ލައުހާގެ ކަންތައް ވަރަށް ރަގަޅަށް ބަލަމުންދިޔައެވެ.
…………………………………………………………………………………………
ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ލައުހާ ގެ ހިތަށް ލިބުނު ޒަހަމުތަށް ލުހުޝާންގެ އޯގާތެރިކާމާއި ލޯބީގެ ސަބަބުން ފަސޭހަވަމުންދިޔައެވެ. މަޑުމަޑުން ލައުހާގެ ހިތުން ލުހުޝާން އަށް ޖާގަދެވެން ފެށުނެވެ. އެހެނަސް އަދިވެސް ހައިކަލް މަތިން ހަދާންވާ ކޮންމެ ފަހަރަކު އެތަށް ޝަކުވާތަކަކުން ހިތް ފުރާލެވެއެވެ. ލައުހާ ގެ ބަޑަށް މިހާރު ހަ މަސް ވެއްޖެއެވެ. ލުހުޝާން ގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި އަޅައިލުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ލައުހާ ބަލިކޮށް އުޅޭތީ ގިނަ ވަގުތު ލުހުޝާން ގޭގައި ހޭދަކުރެވޭތޯ މަސައްކަތްކުރެއެވެ.
ހަވީރުގެ ވަގުތެވެ. ލުހުޝާން އޮފީހުން ގެއަށް އައިސް ލައުހާ ފެނޭތޯ ލައުހާ އަށް ގޮވާލިއެވެ. ލައުހާގެ ހަބަރެއް ނުވުމުން ކޮޓަރިއަށް ވަތްއިރު ފާހަނައިގައި އުޅޭއަޑު އިވުނެވެ. ލުހުޝާން ގޮސް ސޯފާގައި ލައުހާ ނިކުންނަންދެން މަޑުކޮށްލިއެވެ. ފާހަނައިގެ ދޮރު ހުޅުވުމަށްފަހު ލައުހާ ނިކުތް އިރު މޫނުމަތިން ވަރުބަލިކަން ހާމަވާންހުއްޓެވެ. މަޑުހިނގުމެއްގައި އައިސް ލުހުޝާން ކައިރީ އިށީނެވެ. ބައެއްފަހަރު މިހާ ބަލިކޮށް ލައުހާ ފެންނާތީ ލުހުޝާން އެކަމާ ދެރަވެސް ވެއެވެ. ލުހުޝާންއަށް ޓަކައި ލައުހާ އުފުލަމުންދާ ބުރައަށްޓަކައި ހިތާހިތުން ލައުހާ އަށް ޝުކުރުއަދާކުރިއެވެ. ލުހުޝާންގެ އަތުގެ ހިމާޔަތުގެ ދަށަށް ލައުހާ ގެނެސް ނިތްކުރީގައި ބޮސްދިނެވެ.
” ލައު… އެހާ ބުރަކޮށް ނޫޅެއްޗޭ… އަހަރެން ބޭނުމެއް ނޫން ލައު އަކަށް ވެސް އަހަރެންގެ ދަރިފުޅަށްވެސް އެއްވެސް ކަމެއްވާކަށް. އައި ލަވް ޔޫ އަ ލޮޓް.”
ލައުހާ ވެސް ލުހުޝާންއާއި ގާތްވެލިއެވެ. ” ލަވް ޔޫ ޓޫ… ދެން ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ… އަހަރެން މޮޔަވެދާނެ..”. “ލައުހާއަށް ހީވަނީތަ އަހަރެން ލައުހާ ދޫކޮށްލާނެހެން.ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ތަކުރާރު ނުކުރާނަށް.. އިތުބާރުކުރޭ ދޫންޏާ … ” ލައުހާ މަޑުމަޑުން ބޯޖަހައިލިއެވެ.
އިތުރަށް ބުނާނެ އެއްޗެއް ލައުހާއަށް އަކަށް ނޭގުނެވެ. އިތުބާރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ލައުހާ ރަގަޅަށް ދަނެއެވެ.
” ލައު.. އަހަރެން ވާހަކައެއް އަހާލަންތަ.. މަންމަ ވަރަށް އުޅޭ ލައު އާ މެދު ކަންތައްކުރެވުނު ގޮތާއި މެދު ދެރަވެގެން.. ލައުހާ އަށް އެންމެ ރަގަޅުތަ މަންމަ މިގެއަށް ގެނަޔަސް..؟”
ލައުހާ ލުހުޝާން އަށް ވަރަށް ފަރުވާތެރިކަމާއި އެކު ބަލާލުމަށް ފަހު ހިނިތުންވެލިއެވެ.ލުހުޝާން އަށް ފެންނަ ގޮތެއް ހެދުން އެންމެ ރަގަޅުކަމަށް ބުނެ ލުހުޝާން ގެ ކޮނޑުގައި ބޯއަޅާލިއެވެ. ލައުހާގެ ވެސް އެދުމުގެ މަތިން ލުހުޝާންގެ މަންމަ ވެސް އެގޭއަށް ބަދަލުވިއެވެ. ލައުހާގެ ކިބައިން މާފަށް އެދުނެވެ. ލައުހާވެސް މަންމައަށް މާފުކުރިއެވެ. ލައުހާއަށް މަންމަގެ ފަރާތުން ވެސް ކުރިން ނުލިބޭ ވަރަށް އޯގާތެރިކަން ލިބެމުން ދެއެވެ. ލައުހާ އުއްމީދު ކުރަމުން އައި އުފާވެރި އާއިލާލައުހާ އަށް ލިބެން އުޅެކަމުގެ ކުލަތަށް ފެންނަށް ފަށައިފިއެވެ. އެހެނަސް އެ އުފާވެރިކަން އެހާ ގިނަ ދުވަހަކަށް ދެމިގެނެއެއް ނުދިޔައެވެ. މަޑުމަޑުން ލައުހާ ބިނާކުރަމުން ދިޔަ އުފާވެރި އާއިލާއަށް ބުރޫއަރަމުން ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. ލުހުޝާން މަންމަ ދެކެވާ ލޯބި ލައުހާ އަށް ރަގަޅަށް އެނެގެއެވެ. އެލޯބީގެ ނާޖާއިޒް ފައިދާ ނަގައި ލައުހާ ކުށްވެރިކުރުމުގެ ގޮތުން އެތަށް ބަހަނާތަކެއް ލުހުޝާން ކައއިރީ މަންމަ ދައްކަން ފެށުމުންނެވެ. ލައުހާ އަށް މަންމަ މިގެއަށް އައި މަޤްސަދް ހާމަވާކަށް މާކަ ގިނަދުވަހެއް ނުނަގައެވެ. އެހެނަސް ލުހުޝާން ކައިރީ ލައުހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ހިތާހިތުން މަންމައަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާ ކުރެއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ނަޖާ (ފަސްވަނަ ބައި)

Next

ހަތަރު އުދަރެސް (21)

Next
August 30, 2015

ހަތަރު އުދަރެސް (21)

Previews
August 30, 2015

ނަޖާ (ފަސްވަނަ ބައި)

16 Comments!

  1. naff says:
    August 30, 2015 at 4:27 pm

    Yey….. i’m first the story is v beautiful nd this is my first time commenting on this stry…. writer adhi thankolheh dhigu kohla dheeba vaahaka nd up soon waiting… 🙂

    1. writer says:
      August 30, 2015 at 10:16 pm

      thank you

  2. Anonymous says:
    August 30, 2015 at 4:28 pm

    Pis Pis.. Satheyka haydhiha aharu kohfa dhoa igeny vaahakaige aneh bai genes dheyn? Thi vahtharuge meehun meehunnah jehsumah vaahaka liyaathy kiyuntherin hiyhama nujeheny.. Adhi evarunves nubune ehnu thimanna ge vaahaka lasvy keehve kameh? Heevany amaa buneethy farah dhaa gothah vaahaka liyaahen. heyo nuvaane nuvaaane kanthah kuran nufahtaa.. Aharumennah kon bolaa nohoruhpaaneh jahsaakahtha? Dhen mihen buneema goas vaany mi comment kuraa meehaa. Dhuvahaku kiyuntheri eh ge comment akah mi writerey kiyaa meehaku javaabeh dhin hadhaaneh ves nuvey.. Hama hithah ereema vaahaka liyefa satheyka aharu fahun aneh bai genesdhen mee kudakudhinneh nooney than dhoru neygey.. Vaahaka liyun huhtaalaa.. Kiyuntherinna gulhun nubaahvaa maa foni vegen ulhenyaa rulhi ves aadheveyne.. Sababehves haama kuree ehnoon nugenesdhevunu.. Ajaibeh

    1. writer says:
      August 30, 2015 at 10:14 pm

      thank you for the feedback… mihaa ginas v thee nihaayathah maafaah ves edhen… and once again thank you 🙂

  3. nahu says:
    August 30, 2015 at 4:35 pm

    mee kon iraku genesdhin vaahaka entha ???

    1. Anonymous says:
      August 30, 2015 at 6:37 pm

      midhiya aharu.. kalaange ah takaa mi bunany mee hama thedhu.. eyna namah fithaabala.. 2014 vana aharu genesdheyn feshi vaahaka eh mee.

    2. writer says:
      August 30, 2015 at 10:15 pm

      mi vaahaka liyan feshy 2014 ga .. ekamaku e aharu kulliyakah bali vumaa gulhigen , alhugaduge bali haalath than nudhinumun vaahaka kuriyah gen dhevey goi nuwy… thank you

  4. shx says:
    August 30, 2015 at 5:29 pm

    nyc story..keep it up…

    1. writer says:
      August 30, 2015 at 10:17 pm

      thank you

  5. santhi says:
    August 30, 2015 at 6:51 pm

    V nyc cmmnt ingey..
    Hama c koh writer kyve tha ehaa lasvany… mi aslu v salhi stry e k. Avahah up kohdheyne kamah uhmydh kuran.
    Once again cmmnt kuri insaanaa ah (y)

  6. santhi says:
    August 30, 2015 at 6:52 pm

    Anonymous

  7. Sheeby says:
    August 30, 2015 at 8:40 pm

    Haadha dhuvaheh fahun… pis pis pis…

  8. mai says:
    August 30, 2015 at 9:10 pm

    Mivahaka Liya kuhjage bahehbeynun.ehaginadhuvasveema.vvvreethi

  9. writer says:
    August 30, 2015 at 10:01 pm

    furathama ves kiyun therin faraathun nihaayathah maafah eden. dhiriulhumuga dhimaa vaa baeh kanthah thakaky eyge sababun emyhun kithamme kuraa hiy vaa kanthah thakah ves elhey huraheh. emme kuraa hiyvaa kuran beynun vaa kanthah nukurevey faharu ves aadhey. mi vaahaka aupload nukurevi gina dhuwas thakeh vegen dhiyae ves ekahala sababun kure sababakaa hure. alhuganduge bali haalathu eyru huri gothun mikamah than nudhiny… ehen noon nama alhugandu ves ehn liyun therin fadhain vaahaka liyamun gendhiyaees… ummedh kuran huriha kudhin nah ves understand vaane kamah.. once again i am really sorry and i would like to thank all the readers for supporting this story… i am very sorry 🙁

  10. Meesh says:
    August 30, 2015 at 11:01 pm

    Thanks .????.. eha gina dhuvas kohffaves upkoh dhineema.. please don’t feel sorry… if u r really sick..
    Coz… its all about destiny..may Allah bless you…. wish u all the best

  11. Lilly says:
    August 31, 2015 at 4:19 pm

    Goahe noon dhen … vahaka reethi… nukereyne vahaka lahun up kurythy negetive comment eh kuraakah ..hama comment kury kiuntheri eh comment kurane masha comment kuran neyge ey kiyafa… konmeves kuhjaku bunedhybala alhe inthxaar vahaka nimunytha mihaar????

Comments are closed.

Next Episodeޔާރާއޭ…. (14)←


All Right Reserved!