Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ތޭރަވަނަބައި

shan Level 410 Stories100 Comments500 Comments100 Login
May 19, 2013 7 Mins Read
3 Comments

“..މިރޭ ކޮން ގެސްޓް ހައުސް އަކުތަ ޝޮޕިން ކޮށްލާނީ..” ނިޝްވާ ރުޅިއައިސްފައި ސޯފާއިން ތެދުވަމުން ބުންޏެވެ. ނަޢުމާ ކުރިއަށް އަޅަ އަޅާހުރި ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ހީވީ ދެފައި ޓައިލްސްމަތީ ތަތްލިހެންނެވެ. ދެލޯވެސް ބޮޑުވެގެންދިޔައީ ބޭއިޚްތިޔާރުގައެވެ.

“..ކީ ކީކޭ؟..” ނަޢުމާ ނިޝްވާއާ ދިމާލަށް އެނބުރެމުން އެހިއެވެ. އޭނާ ހީކުރީ އޭނާއަށް އިވުނުގޮތް ގޯހީ ކަމަކަށެވެ.

“..ތި އިވުނީ ރަނގަޅަށޭ.. އިޙްސާން އާ ދެމީހުން ކުޅޭ ލޯބީގެ ކުޅިގަނޑު ދުވަހަކުވެސް ފަޅާނާރާނެ ކަމަށްތަ ހީކުރީ..” ނިޝްވާ ރުޅި ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން ބުނެލިއެވެ. އަދި ބާރު ހިނގުމުގައި ގޮސް ނަޢުމާ ކައިރީ ހުއްޓުނެވެ. ނިޝްވާ ލޮލުގައި އަނދަމުން ދިޔަ އަލިފާންގަނޑު ނަޢުމާއަށް ފެނުނެވެ.

“..ލޯބީގެ ކުޅި ގަނޑޭ..” ނަޢުމާ އަށް ކުރިއަށްވުރެ ބޮޑަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ހީވީ މީހަކު ބޮލުގަ އެއްޗަކުން ޖެހިހެންނެވެ. ނިޝްވާއަށް އެހުރިހާކަމެއް އެނގުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ފެންނަނީ ހުވަފެނެއްބާ އޭ ވެސް އެތައްފަހަރަކު ހިތަށް އެރިއެވެ.

“..ވަރަށް ހައިރާންވެއްޖެ ދޯ..ބުނަން ރަނގަޅު ވާހަކައެއް ތިކަން ހަމަ މިހާރުން މިހާރަށް ހުއްޓާލާ..” ނިޝްވާ އަމުރުވެރި ރާގަކަށް ނަޢުމާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. ނަޢުމާ ހުރީ ދެން ހަދަންވީ ކިހިނެއް ކަމެއްވެސް ނޭގިފައެވެ. ކުރިން އެކަހަލަ ކަމަކަށް ވިސްނާފަ ނެތުމުން ނިޝްވާއަށް ދޭނެ ޖަވާބެއްވެސް ނުވިސްނުނެވެ. ނިޝްވާ ނަޢުމާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ބާރަށްޖެހިއެވެ. ދޭ ޖަވާބެއްގެ ސަބަބުން އިތުރަށް ރުޅި ގަދަވެ އަތުންފައިން ގޯހެއް ހެދިދާނެތީ އެތާ މަޑުކުރަން އޭނާ ބޭނުން ނުވީއެވެ. ނަޢުމާ ހުރި ފިޔަވަޅުމަތީ ހުއްޓިލާގެން ހުރެވުނީ ހިނގައިގަންނަންވެސް ހަނދާންނެތިފައެވެ. ކުރިއަށްކަމެއް ފަހަތަށްކަމެއް ދާންވީ ނުވިސްނުނެވެ. އޭނާއަށް އެކަންތައް އެވަގުތުން އެވަގުތަށް ހުއްޓާލެވިދާނެއެވެ. އޭރުން އޭނާއަށް އާއިލާ އެންމެންގެ ނަފުރަތާ ކުރިމަތިލާން ޖެހޭނެއެވެ. ޝަހީން އާ ވަކިވާންޖެހޭނެއެވެ. ޝާން ބައްޕައެއްގެ ލޯބިން މަހުރޫމް ވާނެއެވެ. ދެން އޮތީ އިޙްސާން ބޭނުން ވާ ގޮތަށް ކަންތައްކޮށް ދިނުމެވެ. އޭރުންވެސް އެ ހުރިހާކަމެއް ވާނެއެވެ. ނިޝްވާ އަކީ ހަނު ހުންނާނެ މީހެއް ނޫންކަން އޭނާއަށް އެނގެއެވެ. ނިޝްވާ އައިސްފައިވާ ރުޅި އެކަމަށް ހެކިދެއެވެ. ނަޢުމާއަށް ހުރި ފިޔަވަޅު މައްޗަށް ތިރިވެ ދެކަކޫ ޓައިލްސް މަތީ ޖައްސާލީ ގައިން ވަރު ދޫވާހެން ހީވުމުންނެވެ. އޭރު ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ޓައިލްމަތީ ހަމަޖެހިލައި ލޯމަރާލިއެވެ. ހަމަ އެޔާއެކު ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ އެގޮތަށް 05 ވަރަކަށް މިނެޓް ދެން ހަދާނެ ގޮތަކާމެދު ވިސްނަން އިނުމަށްފަހު ތެދުވިއެވެ. އަތް ދަބަހުން ފޯންނަގާ، ލައިލާއަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފޯނަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ފޯނު ނިއްވާލިއެވެ. އަދި ދަބަހަށް ފޯނު ލުމަށްފަހު ސޯފާއަށް އެއްލާލަމުން، ދެއަތުން ކަރުނަތައް ފޮހެލިއެވެ.

**********

ލައިލާ ބާރު ހިނގުމުގައި އައިސް އާޓިފިޝަލް ބީޗްގަ ހުންނަ ސްޓޭޖް ކައިރިއަށް ހުއްޓުނެވެ. އޭނާ އެތަނަށް އެއައީ ނަޢުމާ މެސެޖްކޮށްފައި އައުމަށް އެދުމުންނެވެ. ނަޢުމާ ފެނޭތޯ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަގުތު ބެންޗެއްމަތީ އިސްޖަހާލައިގެން އިން ނަޢުމާފެނުމުން ބާރު ހިނގުމުގައި ގޮސް ނަޢުމާ ކައިރީ އިށީނެވެ. ނަޢުމާގެ މޫނުމަތިން ހިނިތުންވުން ވަނީ ގެއްލިފައެވެ. ލޮލުގައި ރަތްކަމާއި ކަރުނައިގެ ތެތްކަން ހުއްޓެވެ. އެސްފިޔަތައްވެސް ވަނީ ރުއިމުގެ ސަބަބުން އެކުވެފައެވެ. މީހާ އިނީ މާޔޫސްވެ ގޮތް ހުސްވެފައި ކަހަލަގޮތަކަށެވެ. ލައިލާ ނަޢުމާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

“..ކިހިނެއް ވީ.. ބަސްޓް ވީތަ؟..” ލައިލާއަށް ފުރަތަމަ ބަލާލުމުންވެސް ވެގެން އުޅޭގޮތް ނަގާގަނެވިއްޖެއެވެ. ނަޢުމާ އިސްޖަހާގެން އިނދެ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“..ކިހިނެއް އެނގުނީ..ގެއިން ނެރެލީ ތަ؟..” ލައިލާ ނަޢުމާ ކޮނޑު މަތީ އަތް ބާއްވާލަމުން އެހިއެވެ. އޭނާ އަށް ހީކުރެވުނީ ޝަހީންއަށް ހުރިހާކަމެއް އެނގިގެން އުޅެނީކަމަށެވެ.

“..ނިޝްވާއަށް އެނގުނީ..އޭނާއަށް ހީވީ މަ އިޙްސާން އާ ހިތާވެގެން އުޅެނީކަމަށް..އިތުރު އެއްވެސް ކަމެއް ނޭގެ..ހީވަނީ ކުރީރޭ ގެސްޓް ހައުސް އަށް އޭނައާއެކު ދިޔަކަން އެނގުނީހެން..” ނަޢުމާ ރޮއެފައި ހުރުމުގެ ސަބަބުން އަޑުގައި ކުރަކި ކަމެއް ހުއްޓެވެ.

“..ނަޢު އެކަންތައްވެސް ކުރީތަ؟..” ލައިލާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. “..ހަމައެވަރަށް ނަސޭހަތް ދިނީމަވެސް އެއްވެސް ޖެހިލުމެއް ލަދެއްނެތި އެކަންކުރީ..”

“..ލައިލާ މިތަނުން ދިޔަސް ހެޔޮ..” ނަޢުމާ ލައިލާއާ ދިމާލަށް ބަލާލަމުން ބުންޏެވެ. ލައިލާ އެހެންބުނުމުން ނަޢުމާ ހިތްހަމަ ނުޖެހުނީއެވެ.

“..ނަޢު..އަހަރެން..”

“..އަހަންނަށް އެކަކު އެހީއެއްވެސް ބޭނުމެއް ނުވެ..މަ ހީކުރީ ލައިލާއަށް މަގެ ހާލަތު ވިސްނޭނެކަމަށް..އެކަމް އެހެނެއް ނޫން މިވީކީ..މިތަނަށް އައިސް ލައިލާވެސް މަށަށް ބަވަން ތިފެށީ..ހުރިހާކަމެއް އެނގިހުރެވެސް..މަ ޝަހީންދެކެ ވާ ލޯބި ނޭގެނީތަ؟..ނޭގެނީތަ މަ ކުރިކަމެއް ކުރީވެސް…” ނަޢުމާ ގިސްލެވެން ފެށުމުން އަނގަމަތީ އަތް އެޅިއެވެ. ނަޢުމާ އެހެންބުނުމުން ލައިލާ ދެރަވިއެވެ. ނަޢުމާ ކިބައިން މާފަށް އެދުނެވެ. ނަމަވެސް ލައިލާ އެތަނުން ދިޔުމަށް އަނެއްކާވެސް ބުންޏެވެ. ކޮނޑުގައި އަތްލުމުންވެސް އަތް ފޮޅުވާލަމުން އެތަނުން ދިޔުމަށް ބުންޏެވެ. މިފަހަރު ބުނީ ތަންކޮޅެއް ބާރަށެވެ.

“..އޯކޭ ނަޢު ހަމަޔަކަށް އެޅުނީމަ އަހަރެންނަށް ގުޅާ..” ލައިލާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ދާހިތަކުން ނޫނެވެ. ނަމަވެސް މިވަގުތު ނަޢުމާ ހިތްހަމަނުޖެހިފައި އިނީމައެވެ.

ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ވިދާ ގުގުރާ ވައި ބާރުވެއްޖެއެވެ. ބެންޗުތަކު ތިބި ލޯބިވެރިންނާ އަނދިރިގަނޑު ތަކުގައި ތިބި ލޯބިވެރިންތައްވެސް ހިޔާވުމަށްޓަކައި ކޮޅުކޮޅު މައްޗަށް ދުވަން ފަށާފިއެވެ. މޫދުގައި ތިބި މީހުންތައްވެސް އެއްގަމަށް އަރާ ގެޔާ ދިމާލަށް މިސްރާބު ޖަހާފިއެވެ. މާ ބޮޑަށް ފިނިވީ ކަންނޭގެއެވެ. ނަމަވެސް ނަޢުމާ ހަމަ އެއިންތަނުގައި އިންގޮތަށް އިނީއެވެ. އޭނާ ވާރެޔާ ތެންމަމުން ދިޔައިރުވެސް ހިޔާވުމަށް ތަނަކަށް ދާކަށް ހިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި ބެންޗުން ތެދުވެ މޫދާ ދިމާލަށް މިސްރާބުޖެހިއެވެ. މޫދުކައިރިއަށް ގޮސް ދެކަކޫ ޖަހާ އިށީނެވެ. އަދި ބާރުބާރަށް އަޑުގެ ނެތްތަނަށް ހަޅޭލަވާގަތެވެ. އޭނާ ވިސްނާ ވިސްނާވެސް ދެން ހަދަންވީ ގޮތެއް ނުވިސްނުނީއެވެ. ދެން އޭނާ ފެށީ ރޯށެވެ. އެހެންއިނދެ ހިތްފުރެންދެން އޭނާ ރުޔެވެ. ނަމަވެސް އެރޯ ރުއިމާ ހަޅޭކުގެ އަޑުއަހާނެ އެކަކުވެސް އެތާކު ނެތެވެ.

ގާތްގަނޑަކަށް އެއްގަޑިއިރު ވާރޭ ވެހުމަށްފަހު ވާރޭ ހުއްޓާލާފިއެވެ. އޭރު ނަޢުމާ އިނީ ބެންޗް މަތީ އިށީނދެލާގެންނެވެ. މިހާ ފިނިވެގެންގޮސް ތުރުތުރު ލައެވެ. ވާރޭ ހުއްޓުމާއެކު މީހުންތައް ކޮޅުކޮޅު މަތިން އައިސް ޖަމާވާން ފެށުމުން ނަޢުމާ އެތަނުން ތެދުވެގެން ހިނގައިގަތެވެ. ދެންވެސް އޭނާ ގެޔަށްދާކަށް ހިޔާލެއްނުކުރިއެވެ. ގޮސް އިށީނީ ސްޓޭޖް މަތީގައެވެ. ގެޔަށް ދިޔުމުން ނިޝްވާގެ ރުޅިވެރި ބަސްތަކާ ކުރިމަތިލާން ޖެހިދާނެތީ އޭނާ ބޭނުންވީ ނިޝްވާ ނިދާނެހާއިރުކޮށްފައި ދާށެވެ. ނިޝްވާއަށް ދޭނެ ޖަވާބެއް ނުވިސްނޭތީއެވެ.

“..ދޮންތަ ނާދޭތަ އަދިވެސް..މިހާރު އެޔޮށް ބާރަޖަހަން އުޅެނީ..ފޯނަށްވެސް ނުގުޅޭ..” ނަޢުމާގެ ކޮޓަރިން ނިކުނަމުން އަރީކާ ނިޝްވާއަށް ބުންޏެވެ. އޭނާ ހުރީ ނަޢުމާ ނައިސްގެން ކަންބޮޑުވެފައެވެ. ނިޝްވާ އިނީ ސިޓިންގ ރޫމް ސޯފާގައެވެ.

“..ހޫމް ނާދޭ.. އަރީ ދޭ ނިދަން އަހަރެން އިންނާން…” ނިޝްވާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

“..މިހާރު ޝޮޕިންގއަށް ދިޔަ މީހަކު ވިއްޔާ އަންނަހާއިރު ވެއްޖެ..” އަރީކާ ލޯ އުނގުޅަމުން ގޮސް ކޮޓަރިއަށް ވަނެވެ.

“..ޝޮޕިންގ އަށް ދިޔަ ނަމަތާ..” ނިޝްވާ މަޑުމަޑުން ބުނެލިއެވެ.

ނަޢުމާ ތެޅި ތެޅި އޮތް ހިތަކާއެކު ސިޑިން އަރަމުންދިޔައެވެ. ލަސްލަހުންނެވެ. މޫނުމައްޗަށް ދާތިކިތައް ޖަމާވަމުން ދިޔައެވެ. ލައިގެންހުރި ހުރި ކަޅުކުލައިގެ ކުދި ބޮޅުތަކެއް ޖަހާފައިވާ ރަތްހެދުން ވަނީ ރުލުން ފުރިފައެވެ. ވިއްސާރަޔާ ތެމި ހިކިފައި ހުރުމުންވެފައި ހުރި ގޮތެކެވެ. ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކް އެކީ އެކަށްވަނީ ފިލައިގެން ގޮސްފައެވެ. އެސްފިޔާގައި ހާކައިފައިވާ މަސްކަރާތަކާއި ލޮލުގައި އަޅާފައި ހުރި އަނދުންތައް ފޭޑްވެ ލޮލުކައިރި ވަނީ ހިސާބަކަށް ކަޅުވެފައެވެ. އަޅައިގެންހުރި ކަޅުކުލައިގެ ޝޯލް ދަށުން އިސްތަށިތަކެއް ނުކުމެފައި ހުއްޓެވެ. ޖީބުން ތަޅުދަނޑި ނަގާ ތަޅު ހުޅުވަން މަސައްކަތްކުރި އިރު އަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ދޮރު ހުޅުވާލާ އެތެރެބަލާލިއެވެ. ބޮކިތައް ނިވާލާފައި ހުރުމުގެ ސަބަބުން ސިޓިންގ ރޫމްގައި ވަނީ އަނދިރިކަމެވެ. ނަމަވެސް ނިޝްވާ ކޮޓަރި އާއި އަރީކާ ކޮޓަރީގެ ފެންލައިޓުން ފުރޭނިގެން އައިސްފައިވާ އަލިކަން ސިޓިންގ ރޫމްގައި ހުއްޓެވެ. ނަޢުމާއަށް ހީކުރެވުނީ އެންމެން ނިދީކަމަށެވެ. ދޮރު ލައްޕާ ލަސްފިޔަވަޅުތަކެއް އަޅަމުން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކުއްލިއަކަށް މުޅި ސިޓިންގ ރޫމް އަލިވެގެން ދިޔައެވެ. ނަޢުމާ ފަހަތް ބަލާލިއެވެ. އެޔާއެކު އޭނާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މީހާ ރޫރޫ އަޅާގެން ދިޔައެވެ.

“..ހަމަ އެވަރަށް ބުނީމަވެސް ދިޔައީއޭ ދޯ..ލަދެއްވެސް ނުގަނޭތަ ތިވައްތަރަށް ތެޅެން..” ނިޝްވާ ދަތްކުނޑި ވިކާލާގެންހުރެ ބުންޏެވެ. “..ދޮންތަބޭ އާ މެދު ނުވިސްނިޔަސް އަމިއްލަ ދަރިފުޅާމެދު ވިސްނާލަން އެންމެ ރަނގަޅެއް ނުން..” އޭނާ ވާހަކަ ދެއްކިގޮތުން ހީވަނީ ދެދަތްޕިލަ ޖައްސާގެންހުރެ ވާހަކަ ދެއްކިހެންނެވެ.

“..ކޮއް..ކޮއްކޮ ކީ..ކީކޭތަ ތިކިޔަނީ..” ވަރަށް ހިތްވަރުން ނަޢުމާ ބުންޏެވެ.

“..ހަބަރުދާރު..ތި މުޑުދާރު ދުލުން މަށަށް ކޮއްކޮ ނުކިޔާތި..” ނިޝްވާގެ އަޑު ބާރުވިއެވެ. “..މިކިޔާ އެއްޗެއް ކަލެޔަށް ނޭގިގެންތަ ތިއުޅެނީ އޭނ..” ނަޢުމާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ނިޝްވާ ބާރުހިނގުމުގައި ގޮސް ނަޢުމާ ކައިރީ ހުއްޓުނެވެ. އެވަގުތު އޭނާއަށް ނަޢުމާގެ ހެދުމުގައިވާ ރޫ ތަކާއި މޫނު މަތި ރަނގަޅަށް ފެނުނެވެ.

“..އައްދެ..ހާދަވަރެއްކޮށްލާފަ މިއޮތީ..މިރޭ އެކޮޅުގަ ނިދަންވެސްއޮތްނަމަ ކީއްކުރަންތަ ތި އައީ..” ނިޝްވާ މަލާމަތުގެ ރާގަކަށް ބުނެލިއެވެ. އޭނާގެ ބޭނުމަކީ އެގޮތަށް ވާހަކަދައްކައިގެންވެސް އެކަން ހުއްޓުވުން ކަހަލައެވެ. “..ވަރިވެގެން ތިވައްތަރަށް ތެޅިބަލަ..ލަދުގަނޭ ތީ މަގޭ އެއްބަނޑު އެއްބަފާ މީހަކަށް ވީތީވެސް..ހުންނަ ގޮތްކުޑަކަމާ ލަދުކުޑަކަން..މީހަކާ އިނދެގެން އުޅެމުން އެހެން ފިރިހެނެއްގެ ފަރާތުން….”

“..ނިޝްވާ..” ނަޢުމާއަށް އަޑުގެ ނެތްތަނަށް ބާރަށް ހަޅޭލަވާގަނެވުނެވެ.

“..އައްދެ ހާދަ އަޑުގަދަ ވަނީ..” ޑިއުޓީ ނިންމާފައި އައި ޝަހީން ގެޔަށް ވަންނަމުން އެހިއެވެ. ނަޢުމާއަށް ބަލާލެވުނީ ނިޝްވާގެ މޫނަށެވެ. އެމޫނުމަތިން ފެންނަން ހުރީ ފޫހިކަމެވެ. ނަޢުމާއަށް ދޭނެ ޖަވާބެއް ނޭގުނެވެ. ދެތިންފަހަރަކު އަނގަވެސް ހުޅުވާލިމެއެވެ.

“..ކުރަތްޕެއް ފެނިގެން..” ޖަވާބު ދިނީ ނިޝްވާއެވެ. ނިޝްވާ ބާރު ހިނގުމުގައި ކޮޓަރިއަށް ވަނެވެ. ނަޢުމާއަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓާގެންނެވެ. ނިޝްވާ ރުޅިއައިސްފައި ހުރެވެސް އޭނަ ސަލާމަތްކޮށް ދިނީމައެވެ. އެކަމުގެ ސަބަބުން ނަޢުމާއަށް ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނިޝްވާ އެވާހަކަތައް ޝަހީންއާ ހަމައަށް ނުގެންދާނެކަމުގެ ޔަޤީންކަންލިބުމުންނެވެ. ޝަޙީން އަށް އެތާވެގެން ދިޔަ އެއްކަމެއްވެސް ނޭގެއެވެ.

“..ކިހިނެއްވެފަ ތިހުރީ..” ނަޢުމާ ހުރިގޮތް ފެނުމުން ޝަހީން އެހިއެވެ.

“..ތެމިގެން ހިކިފަ މިހުރީ..އަދި އެއްޗެހި ބަދަލްކޮށް ނުލެވިގެން މިއުޅެނީ..” ޝަހީން ނަޢުމާ ކޮނޑަށް އަތްވައްޓާލާގެން ހުރެ ކޮޓަރިއަށް ވަދެގެން ދިޔައެވެ.

ދޮރުގައި ލެނގިލައިގެން ހުރި ނިޝްވާ ހުރީ ބޭއިޚްތިޔާރުގައި ދެވުނުޖަވާބުގެ ސަބަބުން އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާ ހިތަށް އަރަމުން ދިޔައެވެ. އެގަޑީގައި އެހެން ބުނެވުނީ ކީއްވެގެން ހެއްޔެވެ؟ ދޮންތަ ބޭޒަރުކޮށް ނުލެވުނީ ކީއްވެ ހެއްޔެވެ؟ ހަޤީޤަތް ހާމަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ އެހާ ރުޅި އަންނައިރުވެސް ދޮންތަ ސަލާމަތްކޮށް ދެވުނީ ކީއްވެ ހެއްޔެވެ؟ އެކަންކަމަށް ވިސްނުމުން ނިޝްވާއަށް ވިސްނުނީ އަދިވެސް އެހިތުގައި ލޯބިވާކަމެވެ. ދޮންތަ ބޭޒާރުކޮށްލަން ބޭނުންނުވީ އެހެންވެއެވެ. އޭނާގެ މަޤުޞަދަކީ ދޮންތަ އިސްލާހުކުރުމެވެ.

******************

ހެނުދުނުގެ ވަގުތެވެ. ޝަހީން ޑިއުޓީއަށް ދިޔުމުން ނަޢުމާ ބޭރަށް ނިކުތީ ގޭގައި ކޮފީ ނެތުމުނެ ކޮފީ ޕެކެޓެއް ގަނެލުމަށެވެ. އޭރު ގަޑިން 08 ޖަހަނީއެވެ. އުޑުމަތި ސާފުވެފައި ކުޑަކޮށް އަވިދިއްލާލައިފާ އޮތް ވަގުތެކެވެ. ނަމަވެސް ފަތިހު ވެހުނު ވާރޭގެ އަސަރު ފެންނަން ހުއްޓެވެ. ޕޭމަންޓް މަތީ ތަންތަންކޮޅުގައި ފެންހެދިފައި ހުރިއިރު އިމާރާތްތަކުގެ އަސްކެނިތަކުން ފެންތިކި ޖަހަމުން ދިޔައެވެ. އެފެންތިކިތަކުން ސަލާމަތްވަމުން ފިހާރަޔަކާ ދިމާލަށް މިސްރާބުޖެހިއެވެ. ކައިރި ފިހާރާގައި ކޮފީ ނެތުމުން ނަޢުމާއަށް ޖެހުނީ ތަންކޮޅެއް ދުރަށް ހިނގާލާށެވެ. ކުއްލިއަކަށް އޭނާގެ ހިނގުން ހުއްޓުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތުން ޖަހާލުމުންނެވެ. ފަހަތްބަލާލުމާއެކު ދެލޯ ބޮޑުވިއެވެ.

“..ހޭ އެންޖެލް..” އިމާދު ހެވިފައި ހުރެ ބުންޏެވެ. ނަޢުމާ އެއްވެސް ޖަވާބެއް ނުދީ ހިނގައިގަތީ ކުރިއަށެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައެވެ. ހިނގަމުން ދިޔައިރު އޭނާގެ ދެއަތް ޖޯޑްކޮށްފައި ހުރިއިރު އޭނާގެ ހިތްބާރަށް ތެޅެމުން ދިޔައެވެ.

“..ހޭ އެންޖެލް..މަޑުކޮށްބަލަ..” އިމާދު ފަހަތުން އައިސް ނަޢުމާ އާ އެއްވަރު ކުރިއެވެ. “..ކަމެއް ނެތްތަ؟..” ނަޢުމާ ހާސްވެގެން މަގުގެ އެކިފަރާތް ފަރާތަށް ބަލަންފެށުނެވެ. އޭނާ ދަންނަ މީހެއް މަގުމަތިން ފެނޭތޯއެވެ. ހެނދުނު ވަގުތުވުމުން މަގުމަތީ މީހުން ވަރަށް މަދެވެ.

“..ކޮން ކޮން ކަހަލަ ކަމެއް..” ނަޢުމާގެ ހާސްކަން ފޮރުވަމުން ބުނެލިއެވެ. އޭރުވެސް އޭނަ ދިޔައީ ހިނގަމުންނެވެ. އިމާދުވެސް ނަޢުމާއާ އެއްވަރަށް ހިނގޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

“..މަޑުކޮށްބަލަ..” އިމާދު ނަޢުމާ އަތުގައި ހިފަހައްޓައި މަޑުކުރުވިއެވެ.

“..އިނގޭނުން މިބުނި އެއްޗެއް..” އިމާދު މަސްތީ ނަޒަރަކުން ނަޢުމާއަށް ބަލާލަމުން ބޮޑުވާ އިނގިލި ތިރީ ތުންފަތުގައި ކާތަލިއެވެ.

“..މި..މިހާރު މެރިޑް އޭ..” އަނެއްކާވެސް ނަޢުމާ ހިނގައިގަތެވެ.

“..މަޑުކޮށްބަލަ .. ހާދަ ހާސްވަނީ..” އިމާދުވެސް ނަޢުމާ ފަހަތުން ހިނގައިގަތެވެ. “..މެރިޑް އަކަސް ޓޯކްކޮށްލެވިދާނުން ފްރެންޑްއެއްގޮތަށް ވިޔަސް އޯކޭ އޭ..” ނަޢުމާ މަޑުކުރިއެވެ. އަދި މަގުގެ އެއްފަރާތަކަށް ދެމީހުން ޖެހިލިއެވެ. ނަޢުމާ މަޑުކުރީ އޭނާ ފަހަތުން ފިހާރަޔަށް ވަދެ ދާނެތީއެވެ.

“..ކިހިނެއްތަ ހާލު އަހުވާލު..ކީއްވެތަ؟ މިހާރު އޮންލައިން ނުވަނީ..” އިމާދު އެހިއެވެ.

“..މިހާރު ނުވެ ވަގުތެއް ޗެޓް ކުރާކަށް..ހާލު ރަނގަޅު..” ނަޢުމާ މަގުގެ ދެކޮޅަށް ބަލަމުން ބުންޏެވެ.

“..ކާކަށް ފެނިދާނެތީތަ ތި ބަލަނީ..ފިރިމީހާއަށްތަ؟ އެންޖެލް ނުރުހުމުގަ ނުކުރާނަން އެއްކަމެއްވެސް..ކުރިންވެސް ބުނީމެއްނުން އެކަން ނުކުރިޔަސް ގުޑް ފުރެންޑް އެއްގޮތަށް ހުންނާނަމޭ..މިފަހަރުވެސް ހަމައެގޮތަށް..” އިމާދު ބުންޏެވެ. ނަޢުމާ ދުރު ހަނދާނެއްވިއެވެ.

“..ސެކްސް ހަދަން ބޭނުން ނެތިއްޔާ އެއީ ނުދައްކާ ވާހަކައެއް..ދެން އެކަހަލަ ވާހަކައެއްވެސް ނުދައްކާނަން..އޯކޭ..ވީ ކޭން ބީ ގުޑް ފުރެންޑްސް..” އެއީ އިމާދު އާއި ނަޢުމާ މިގު ތާރޓީ ތުރީން ޗެޓްކުރަމުން ގޮސް ދެއްކިވާހަކައެކެވެ. އެންޖެލް އެއީ ނަޢުމާގެ އައިޑީގެ ނަމެވެ. އިމާދު އެނަމުން މުހާތަބު ކުރަނީ ނަޢުމާގެ އަސްލުނަން ނޭގޭތީއެވެ.

“..ހޭ ކޮން ހިޔާލަކަށް ގެއްލިފަ..” ނަޢުމާ އަނގައިން ނުބުނުނެ ހުރުމުން އިމާދު އެހިއެވެ.”..ބޭނުންތަ؟..”

“..ނޫން..” އަވަހަށް ނަޢުމާ ބުންޏެވެ.

“..ހެހެހެ..ފަހުން ބޭނުންވެދާނެ.. ކުރިންފަހަރުވެސް ފުރަތަމަ ބުނީ ތިހެންވިޔަ..” އިމާދު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “..ދީ ބަލަ ނަންބަރު..”

“..ކީ ކީއްކުރަން..ވަރަށް ލަސްވޭބަ..ދަނީ..” ނަޢުމާ އެތާ ގިނައިރު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ހިނގައިގަތެވެ. ނަމަވެސް އަނެއްކާވެސް އަތުގައި ހިފަހައްޓައި ނަންބަރު ދިނުމަށް އެދުނެވެ. ނަޢުމާ އަވަހަށް އޭނަ ކިބައިން ސަލާމަތްވުމަށް ނަންބަރު ދިނެވެ. ނުބައި ނަންބަރެއް ދޭން ހިތަށް އެރިނަމަވެސް އެހެން ނުހެދީ ފަހުންވެސް ދިމާވެދާނެތީއެވެ. އޭރުން އެކަމުގެ ރުޅި ބާލަފާނެތީއެވެ. އިމާދު ނަޢުމާ ފޯނަށް މިސް ކޯލެއް ދިނުމަށް ފަހު ފަހުން ބައްދަލުވާނެކަމަށް ބުނެ ހިނގައި ގަތެވެ. ނަޢުމާއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.

*********

އިޙްސާން ނަޢުމާމެންގޭ ސިޑިން އަރަމުން ދިޔައީ ބާރު ބާރަށެވެ. އޭނާގެ ހުރީ ކޮންމެވެސްކަމަކާ ހިތް ހަމަނުޖެހިފައެވެ. ފަސްވަނަ ބުރިޔާ ހަމައަށް އެރުނުއިރު ކޮންމެސް ވަރަކަށް މާނޭވާ ލެވެމުން ދިޔައިރު މީހާ ހުރީ އުދާސް ހިއްލާފައެވެ. އޭރު ޓެރަސްއިން ޝާން އާއި އަރީކާ ސަކަރާތްޖަހަމުންދާ އަޑު އިވެއެވެ. ހީވާގޮތުން އެމީހުން ކޮންމެސް އެއްޗެއް ކުޅެނީއެވެ. އިޙްސާން އެއްވެސް ޖެހިލުމެއް ބިރެއްނެތި ޖީބުން ތަޅުދަނޑިނަގާ ތަޅު ހުޅުވިއެވެ. އެއީ ޝަހީންގެ ތަޅުދަނޑި އޭނާ ގޭގައި ބާއްވާފައި ދެވުނު ދުވަހަކު އޭގެން ހެއްދި ޑަބަލް ކީ އެކެވެ. އެތެރެޔަށް ވަނުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުން ދޮރު ލައްޕާ އެތެރޭން ތަންޑު އެޅުވިއެވެ. ދެން އޭނާ މިސްރާބުޖެހީ ނަޢުމާގެ ކޮޓަރިއާ ދިމާލަށެވެ. ނަޢުމާ ކޮޓަރި ދޮރު ހުޅުވުމާއެކީ އޮށޯވެގެން އޮތް ނަޢުމާ ތެދުވީ ޝާން އައީ ކަމަށް ހީކޮށެވެ. ދޮރާދިމާލަށް ބަލާލެވުމާއެކު ފުންމައިގެން ކޮޅަށް ތެދުވެވުނެވެ.

“..ކަލޭ ކީއްކުރަން ތި އައީ..” ނަޢުމާ ބާރަށް ބުނެލިއެވެ. އިޙްސާން ދޮރު ލެއްޕިއެވެ. އަދި ނަޢުމާ އާ ދިމާލަށް ހިނގައިގަތެވެ. ނަޢުމާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

“..މަ ބުނިން ދޯ..ކަލޭ މަ ބުނާ ތަނަކަށް ނައިސްފިޔާ މަ އަންނާނަމޭ..” އިޙްސާންވެސް ވާހަކަދެއްކީ ބާރަށެވެ.

“..މަށަށް އެކަން ނުކުރެވޭތީ އޭ ނުދިޔައީ..” ނަޢުމާ ދޮގެއް ހަދާލިއެވެ. އަދި އަވަސް އަވަހަށް ބުންޏެވެ. “..މިގޭގަ މަ އެކަންޏެއް ނޫނޭ މިއުޅެނީވެސް..” އޭރު އޭނާ ހުރީ ފަހަތަށް ފަހަތަށް ގޮސް ފާރުގައި ޖެހިފައެވެ. އޭނާ ހުރީވެސް ބިރުގެންފައެވެ. އިޙްސާން ހުރީ ނަޢުމާގެ ދެފަރާތުން ފާރުގައި އަތް ޖައްސާލައިގެން ހޫނު ނޭވާ އެޅޭހާ ކައިރިވެފައެވެ. ދެމީހުން ދެމެދަށް ވައިރޯޅިއަށްވެސް ނުވަދެވޭހާ ކައިރިވެފައެވެ. ނަޢުމާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

“..ތީ މަ ވިސްނަން ޖެހޭ ކަންކަމެއް ނޫނޭ..” އިޙްސާން ވައިއަޑުން ނަޢުމާ ކަންފަތް ދަށުގައި ބުންޏެވެ. ނަޢުމާ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. “..ކަލޭ ޕީރިއަޑް ވޭތޯ..މިގޭގަ މީހުން އުޅޭތޯ މަ ނުޖެހޭ ވިސްނާކަށް.. ކަލޭ ފޯންވެސް ނިވާލީ މެސެޖްކޮށްލާފަ ބުނެވެސް ލެވެން އޮއްވަ..”

ނަޢުމާ އިޙްސާން މޭގައި ދެއަތުން އަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް އޭގެކުރިން އިޙްސާން ނަޢުމާ މެދުހަށީގައި ބައްދައިގަތެވެ. ދެމިގަންނަ އުޅެ އުޅެވެސް ހިފަހައްޓާފައިވާލެއް ބާރުކަމުން ސަލާމަތްވާގޮތެއް ނުވިއެވެ. އިޙްސާން ނަޢުމާ ތުންފަތުގައި ބޮސްދެވޭތޯ އުޅުނެވެ. ނަޢުމާ ދެއަތަށް ދެއަތަށް ބޫހުރުވާތީ އެކަން ނުވީއެވެ. އޭނާ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ އެހެން މީހަކު އައިސް ދޮރު ހުޅުވަފާނެތީއެވެ. ކުއްލިއަކަށް ނަޢުމާގެ މޫނުމަތީ އިޙްސާންގެ ދެއަތުން ހިފަހައްޓައި ތިރީ ތުންފަތުން ފޮނި ރާހަތް ލިބިގަތެވެ. ނަޢުމާއަށް ދެލޯ މަރާލެވުނެވެ. ހަމައެޔާއެކު ދެލޯ ހުޅުވާލެވުނީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. (ނުނިމޭ)

ސާދަވަނަބައިގެ ތެރެއިން:-

އަރީކާ ދޮންތަ އާ ނިޝްވާ ކުރާ ޒުވާބު އަޑުއަހަން މަޑުން ހުންނަ ބޭނުމެއް މެއްނުވިއެވެ. އޭނާއަށް އިނގޭވަރަށް ހުރިހާ ހަޤީޤަތެއް ކިޔާދޭން ބޭނުންވިއެވެ. ދޮންތަ ކުރާކަމެއްކުރަނީ މަޖުބޫރުންކަމުގައި ބުނުމަށް ހިތް އެދެންފެށިއެވެ. އޭރުން ނިޝް ދޮންތައަށް އެހީވާނެކަން ޔަޤީނެވެ. ދޮންތައެކަމުން ސަލާމަތްކޮށްދޭނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

މުޅިން ހިލޭ!

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 23

Next
May 21, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 23

Previews
May 19, 2013

މުޅިން ހިލޭ!

3 Comments!

  1. ޒައި says:
    May 20, 2013 at 2:54 pm

    ދިސް އިޙްސާން އިޒް ސޯ އޯވާ ….. ވާހަކަ ހަމަ ހަބޭސް …… ވެއިޓިންގް ފޯ ނެކްސްޓް ޕާޓް…. 🙂

  2. nishan says:
    May 20, 2013 at 3:42 pm

    ތޭންކް ޔޫ

  3. fathimath Asim says:
    May 22, 2013 at 10:41 am

    ވާހަކަ އަބްޑޭޓުވާލެ ވ ލަސް.ޕުލީސް އަވަހަށް އަނެށްބައި ގެނެސްދީ

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ސާދަވަނަބައި←


All Right Reserved!