ނަޖާ (ފުރަތަމަ ބައި)
އެ ހާދިޡާ
ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުން ފައިބައިގެން ފުއާދު މިސްރާބުޖެހީ އޭނާގެ ކާފަ ދަރި ގޮވައިގެން ގެޔަށް ދިޔުމަށެވެ. ފުއާދަކީ ށ. ކޮމަންޑޫއަށް އުފަން، އިސްކޮޅުން ދިގު، 49 އަހަރުގެ ދޮން ފިރިހެނެކެވެ. އެދެބަފައިން ހުކުރަށް ދިޔަ މިސްކިތާއި ފުއާދު ދިރިއުޅޭ ފްލެޓާއި އެހާ ދުރެއްނޫނެވެ. ވީމާ އޭނާ ކުޑަކުޑަ ޒާން ގޮވައިގެން ގެއަށް ދިޔައީ ހިނގާފައެވެ. މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގެ މި ހިތް ފަސޭހަ މާހައުލުގައި ފުއާދާއި އޭނާގެ އާއިލާ ދިރިއުޅެމުންދާތާ ފަސް އަހަރުވީއެވެ. މި އާއިލާ ދިރިއުޅެމުން އަންނަނީ ހުޅުމާލޭގެ ނަން މަޝްހޫރު ޗައިނާ ޓައުންގެ ނޫކުލައިގެ 93 ނަންބަރު ފްލެޓްގެ ދެވަނަ ބުރީގެ ތިން ކޮޓަރީގެ އެޕާރޓްމަންޓެއްގައެވެ.
ޒާންއަކީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. މިޒާޖުގައި ސަކަގޮތެއް ހުންނަ ވަރަށް ހަލަނި ސޮރެކެވެ. އޭރުވެސް ޒާން ދިޔައީ ހޫނު ގަދަކަމުން އޭނާގެ ކާފަގާތު ޝަކުވާ ކުރަމުންނެވެ. މައި މަގުން ހިނގާފައި އައިސް ފްލެޓްތަކުގެ ތެރެއަށް ވަދެވުމުން ޒާން ފުއާދުގެ އަތުން ދޫކޮށްލާފައި އެ އާއިލާ ދިރިއުޅޭ ފްލެޓާ ދިމާލަށް ދުއްވައިގަތެވެ. ފުއާދު އައިސް ފްލެޓާއި އަރާ ހަމަވިއިރު އެހިސާބުގައި އާދަޔާޚިލާފަށް މީހުން އެއްވެފައި ތިބިކަން ފާހަގަ ކުރެވުނެވެ. ވަށައިގެންވާ ފްލެޓްތަކުގެ ބެލްކަނިތަކުން ބޯ ދިއްކޮށްގެންވެސް މީހުން ތިއްބެވެ. އެއްވެތިބި މީހުންގެ މޫނުތަކަށް ފުއާދު ނަޒަރު ހިންގާލީ ވާނުވާ ނޭނގި ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ކުރުވަމުންނެވެ. އެ ހިސާބުން ފުއާދުގެ ލޮލުގައި އަޅައިގަތީ އެ ފްލެޓްގެ ކައިރީގައި ޕާކް ކުރެވިފައިވާ ފުލުހުންގެ ޖިޕެވެ. ފުއާދު އަވަސްވެގަތީ ޒާން ވީ ހިސާބެއް ހޯދުމަށެވެ. އެވަގުތު މަތީނު ސައިކަލުގައި ޒާން ގޮވައިގެން ދުއްވާފައި ދާމަންޒަރު ފެނުނެވެ.
ވެގެންއުޅޭ ގޮތެއް ނޭނގި ފުއާދަށް މިހެން ހިނދުކޮޅަކު ގަބުވެފައި ހުރެވުނެވެ. ފުއާދުމެން ދިރިއުޅޭ ފްލެޓުގެ މައި ދޮރާށިން ތިން ފުލުހުން ވެގެން މީހަކު ހައްޔަރުކޮށްގެން ނުކުތް މަންޒަރު ފުއާދަށް ފެނުނެވެ. ފުއާދުގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލައެވެ. ބޭއިޚްތިޔާރުގައި ފުއާދުގެ ލޮލުން ކަރުނަ ހިލެންފެށިއެވެ. ބުނާނޭ އެއްޗެއް ނޭނގި ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ހުރެވުނީއެވެ. ފެނުނު މިމަންޒަރުން ފުއާދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ވަށައިގެން އެއްވެ ތިބި މީހުންވެސް ފުއާދަށް ނުފެންނަ ކަހަލައެވެ.
ފުއާދަށް މި ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ މީހެއް ފަދައިން ދެފަރާތަށް ބޯހޫރަން ފެއްޓިއެވެ. އަދި ފުލުހުންގެ ޖިޕާއި ހަމައަށް ދިޔުމަށް ކުރިޔަށް އެޅި ދެތިން ފިޔަވަޅާއެކު ހުއްޓުނީ ފުއާދުގެ އެކުވެރި ހަލީމް ފަހަތުން އޭނާގެ އަތުގައި ހިފާލުމުންނެވެ. އެއީ ކާކުތޯ ބެލުމެއްނެތި ފުއާދު އަވަސްވެގަތީ ފުލުހުންގެ ޖިޕާ ހަމަޔަށް ދެވޭތޯއެވެ. ޖިޕާ ކައިރިވާން މަސައްކަތް ކޮށްކޮށް ހުރި ފުއާދުގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ އެތަށް ސުވާލު ތަކެއް ޖަމާވަމުން ދަނީއެވެ.
“ބޭބޭ، ދުރުގަހުރޭ… ހުރިހާ ބޭފުޅުންވެސް ތަންކޮޅެއް ދުރުގައި ތިއްބެވުން އެދެން!…” ފުލުހުންގެ ތެރެއިން މީހަކު ފުއާދުގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ.
“ކޮއްކޯ… ކިހިނެއްވެގެން ޝިޔާނާ ތި ގެންދަނީ…. ޝިޔާނާ އެއީ…. ކިހިނެއްތޯވީ…. އަޅުގަނޑު….” ފުއާދުއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން ވަރަށް ބޭނުންވިއެވެ. ހުކުރަށް ދިޔަ އިރު ގޭތެރޭގެ މާހައުލު އޮތްގޮތުން ވޭތުވެދިޔަ ދޮޅުގަޑިއިރު ތެރޭގައި މިވަރުގެކަމެއް ހިނގާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.
“ބޭބޭ… ތީ ޝިޔާނާގެ އާއިލާގެބޭފުޅެއްތޯ؟ މީނާގެ މައްސަލަ ބަލަން ފުލުސް އޮފީހަށް ދުރުވޭ،.. އޭރުން ފުރިހަމަ މަޢުލޫމާތު ދެވޭނެ. ސީދާ ޖަވާބެއް ދޭން އިނގޭނީ ތަހުގީގު ކުރުމުގެ މަރުހަލާއަށް ފަހު… ޝިޔާނާ މި ހައްޔަރު ކުރަނީ މީހަކު މަރާލިކަމަށް އޭނާ އިއުތިރާފް ވެފައިވާތީ….”
ހީވީ ކަންފަތްމަތީ ބާރު އެތިފަހަރެއް ޖެހިހެންނެވެ. ފުލުސްމީހާ ދެއްކި ވާހަކަތައް އަޑުއަހަންހުރި ފުއާދުގެ ހިތަށް ގޮތްނޭނގޭ އިހުސާސްތަކެއް ކޮށްފިއެވެ. ޖިޕް ތެރޭގައި ޝިޔާނާ އިނީ އިސް ޖަހައިގެންނެވެ. ހޭވިފައިވާ އިސްތަށިގަނޑުން އޭނާގެ މޫނު ސާފުކޮށް ނުފެނުނަސް ފުއާދަށް ޝިޔާނާ ވަކިކުރަން އެނގުނެވެ. ޖިޕް ތެރޭގައި ޝިޔާނާ ގާތުގައި ދެ އަންހެން ފުލުހުންވެސް ތިއްބެވެ. މަންޒަރު ބަލަން ހުރި ފުއާދަށް ހުރެވުނީ ގުޑާލަންވެސް ނޭނގިފައެވެ.
“މީހަކު މަރާލިކަމަށް އިއުތިރާފްވެފައި ވާތީ…. މީހަކު މަރާލިކަމަށް އިއުތިރާފްވެފައި ވާތީ…. ” މި ޖުމްލަ ފުއާދުގެ ކަންފަތުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ.
ހިސާބުގަނޑު އެންމެން އެއްވެތިބެ ތަފާތު ޚިޔާލުތައް ފާޅުކުރަމުން ދިޔަ ނަމަވެސް ގާތުގައި އެއްވެތިބި މީހުން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއްގެ އަޑު ފުއާދަށް ނީވޭ ކަހަލައެވެ. ޖިޕުތެރޭއިން ޝިޔާނާއަށް އޭނާ މޮޔައެއްހެން ކަޅިޖަހާނުލާ ބަލަންހުއްޓެވެ.
މި ހަލަބޮލި މާހައުލަށް ސިހުމެއް ގެނުވީ އިވެމުން އައި އެންބިއުލެންސްގެ އަޑުންނެވެ. ނުހުއްޓި އެއްވަރަކަށް އިވެމުން ދިޔަ އެންބިއުލެންސްގެ އަޑު ދިޔައީ ފަހަރެއް ފަހަރަކަށް ގަދަވަމުންނެވެ. މާގިނަ އިރުތަކެއް ނުވެ އެ ފްލެޓް ކައިރިޔަށް އެންބިއުލަންސް އަދި ފުލުހުންގެ އިތުރު ޖިޕެއްވެސް އަތުވެއްޖެއެވެ. އެކިދިމަދިމާލުން ސައިކަލުތަކުގައްޔާއި ވެހިކަލްތަކުގައި ރިޕޯޓަރުން އަންނަން ފަށައިފިއެވެ. ފުލުހުންގެ ޓީމާއިއެކު އެމްބިއުލެންސްގެ ޓީމް އެނދެއް ހިފައިގެން ފްލެޓްގެ މައިދޮރާށިން ވަދެ ސިޑިން މައްޗަށް އަރައިފިއެވެ. މީހުން މަންޒަރު ބަލަން ކައިރިވަމުންދާ ވަރަކަށް, ތޮށްޖެހި ބައިބޯވަމުންދާ މާހައުލު ހިމޭން ކުރުމަށްޓަކައި ފުލުހުން މީހުން ދުރަށް ޖެއްސުމަށް ހަރަކާތްތެރި ވަމުންދިޔައެވެ.
ވިއްސަކަށް މިނިޓު ތެރޭގައި އިވެން ފެށީ ވޭނީ ރުއިމުގެ ގަދަ އަޑު ފަށްގަނޑެކެވެ. އެއްފަހަރަށް ވުރެ އަނެއްފަހަރު އެ ރުއިމުގެ އަޑު ގަދަވަމުން ދިޔައެވެ. ފުއާދަށް ހޭވެރިކަންވީ ދެނެވެ. އެއަޑު އަންނަ ދިމާލަށް ނަޒަރު ހިންގާލި ވަގުތު ވަށައިގެން އެއްވެ ތިބި ރިޕޯޓަރުންނާއި ކެމެރާމަނުން އެ ސަރަހައްދަށް ބޮނޑިވެގަތެވެ. ކެމެރާމަނުން ފޮޓޯ ނަގަމުންދާ އަޑާއި، ރިޕޯޓަރުން ފުލުހުންނާއި ކުރަމުން އައި ސުވާލުތަކުގެ އަޑާއި، މީހުންގެ ވާހަކަ ދެއްކުމުގެ އަޑުން މުޅި މާހައުލުގެ ހިމޭންކަން ކަނޑުވާލިއެވެ. ފްލެޓްގެ މައި ދޮރުން މަރުވެފައިވާ މީހާގެ ފުރާނަނެތް މަސްގަނޑު ނެރެނީއެވެ. މީހާ ވަނީ ލެއިން ތަތްތެޅިފައެވެ. ގައިމަތީ އަޅާފައިވާ ހުދު ފޮތިގަނޑުން ވަނީ މޫނާއެކު މުޅި ހަށިގަނޑު ނިވާކޮށްފައެވެ. ނަމަވެސް އެ ފޮތިގަނޑުގެ ބޮޑުބައި ވަނީ ލެއިން ތެމި ފޯވެފައެވެ.
ފުލުހުންގެ ފަހަތުން އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ރޮމުން މި ނުކުންނަނީ ވަހީދާއެވެ. އޭނާ ހުރީ ހަމައިގައި ނޫންކަން މަންޒަރު ބަލަން ތިބި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. މެދު އުމުރުގެ ވަހީދާއަކީ ވަރަށް ދޮން އިސްކޮޅުން ކުރު ރީތި އަންހެނެކެވެ. އޭނާ ހުރީ ކަޅުކުލައިގެ ހައުސްކޯޓެއް ލާ، މަޑުމުށި ކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. ވަހީދާ އޭނާގެ ބުރުގާލާއި އެކު އިސްތަށިގަނޑުގައި ހިފާ ދަމަމުން ރޮއި ހަޅޭއް ލަވަނީއެވެ. އިރުކޮޅަކުން އޭނާގެ މޭމަތީގައި ދެ އަތުން ބާރުބާރަށް ތަޅައެވެ. މީހާގެ މުޅި މޫނުވަނީ ރަތްވެފައެވެ. މި ހާދިޡާއިން ވަހީދާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.
ފުއާދަށް މިމަންޒަރު ފެނި ކެތްތެރިކަން ކޮޅުންލައިފިއެވެ. ވަހީދާ ގާތަށް ޖެހި ފުއާދު އޭނާގެ ލޯބިވާ އަންހެނުން ގައިގައި ބައްދާލިއެވެ. ފުއާދަށްވެސް ރޮވެން ފަށައިފިއެވެ. އެ ދެމަފިރިންގެ ހިތްވަނީ ކުދިކުދި ވެފައެވެ. ވަހީދާގެ ގައިން ބާރުދޫވެ ފުއާދުގެ އަތްދަނޑި މައްޗަށް ވެއްޓެމުން ދިޔައިރު، ފުއާދަށް އެހީތެރިވުމަށް އެކުވެރި ހަލީމް އެ ދެމަފިރިން ކައިރިއަށް ލެފިގަތެވެ. އަދި އެ ފްލެޓުގެ އެންމެ ތިރީބުރީގެ އެޕާޓްމަންޓް ތެރެއަށް ވަހީދާ ވެއްދުމަށް މަސައްކަތް ކުރިއެވެ. ވަހީދާ އާއި ފުއާދުގެ ދިރިއުޅުމުގައި އަދި މިވަރުގެ ދުވަހެއް ނުދައްކަވައެވެ.
ފުލުހުންގެ ޖިޕް ސްޓާރޓްކޮށް މިސްރާބުޖެހީ ކ.ހުޅުމާލޭގެ ފުލުހުންގެ ޑިޕާރޓްމަންޓް ހުންނަ މައިމަގާ ވީ ފަރާތަށެވެ. އަދި އެންބިއުލަންސް އާއި އެކު ފުލުހުންގެ އަނެއް ޖިޕް މިސްރާބުޖެހީ ހުޅުމާލެ ހޮސްޕިޓަލާވީ ފަރާތަށެވެ. ޝިޔާނާ އަދިވެސް އިނީ އިސްދަށަށް ޖަހައިގެންނެވެ. އިސްތަށިގަނޑު ވަނީ މޫނު މައްޗަށް ވެއްޓި އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. ޝިޔާނާ ލައިގެން ހުރި ރީނދޫކުލައިގެ މަތިކޮޅުގަޔާއި އޭނާގެ އަތުގައިވެސް ވަނީ ލެޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
68 Comments!
Comments are closed.





Daily up kurahche.. nice ?
This is awsum keep it up.. love the story
Very nice story….. ?
Vara reeth
Wow!! Habeys vaahaka eh, keep it going!! ? ☺
Thanks all for your support…. :*
nice.good job shaz..
V reeti.
Mifahakah ais esfiya ga reeti vaahaka varah madu. Ekam mi vaahaka v v salhi
Shukuriyaaaa…. ?
Varah reethi.
shaaz!! Ma Sha allah ! You are very talented dear… Loved the story..
V intresting
Nice story
Wow!! Love the beginning.. Waiting for next part ?
?
nice story plx next episod genes deebala
Gud try. . . .
Waiting for the second part… Great work shaazu varah salhi
Thanks niloo… ?
Waaau.. thix is owesome.. story feshign nimendhen regular kh up kurahchey ingey Shax Lyn.. 🙂
curiouse to know wat happnd… heevanii v nice vaane hen.. congrats shaaz n hope to c next epi soon 😀
Very nice keep up the good work ??
From the beginning till end I felt like repeating something.. Heevany kuriyah nudhevigen ulhey hen stuck vefa ….. That’s my idea:. Hope the writer takes it positively .. Instead saying it’s nice, molhu I think it’s better to give constructive criticism so all authors can improve their writing
Thank u…. fathun…. ill go through it…. maybe its too descriptive….
Ey varah kamudhey.. Hunaru eba huri.. Dhen in bai genesdheveyny kon irakun? Kiyaalaa hithun kei madhu vefa..
Wow v salhi?
Eyyy waaau reethi igey sis ! ❤️?
Great work 🙂
Keep it going (y)
Gud try. Keep it up.?
varah salhi engey part two ah waiting. …??
Habeys storyeh…. I wonder who’s matheen…. Waiting waiting…..
Hai… good start…. curiously waiting for the next episode…. eyna kaakubaa e maraaleee
I think she killed her husband….
Nice one keep going dear ..
wow..Finally got to read a defferent type of story i guess.Description varah salhi… vaahakai ga dhen vaane gothakaa medhu visnan majbooru kuruvi furathama kiyaaleemaves…grt work..kyp it up!!! kehmadhukamaa euku Waiting for the next part.
Shax lyn haadha molhey vahaka liyanves mihaaru..reeti thivahka
nice
Good kiip it up?
Wow!!! A grt story.. keep it up.. next part avahah up kohdhehchey.. waiting.. i love this story…
v v v furihama vaahaka eh… and varah interesting feshumeh… scene describe koh dheefa huri goi ves hama best… hope to see more stories shaz lyn.. curious to read the rest of the story… 😀
Nice..
Dhuvahun dhuvaha update pls ehgwy shalhi
V SALHI
NICE
Nice. avahah up kohdheythi
very nice story.waiting for the next part.
Nice
Varah reethi vaahaka shaz ???
V.reethi
Dhevana bai upload koffin…. enjoy reading guysss…. ☺?
Varah salhi wahaka eh.. waiting4 next part…
…..
Very nice very nice
v salhi… keep it up 🙂
nice story
Keep it up..
V asarugadha reethi
Captivating !
Adhi mi part mi kiyaalavunyy
Ajaabah ingey hesskiyaaha salhi vaahaka ah shaz dhahtha ??
Thanks najaa….. ???
Vaahaka liyunu kujjaa dheke varah loabivey..
☺ ❤❤❤ vaahaka ah thidhevvaa tharuheebah shukuriyyaaa….. ?
hehe :v
habeysss vaahaka eh mee 😀
Varah salhi
thanks Aziim
varah nice
Varah reethi
salhi
Nice