Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (19)

maasham Level 110 Stories
August 19, 2015 5 Mins Read
25 Comments

“ކީއްވެ ތިހެން ތި އެހީ… ދޮންތަގެ ވެޑިންގަ ހުންނަން ލުޔާ ބޭނުން ނުވާންވީ ކީއްވެ؟” ލުޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެއީ އަޑުލައި ވާހަކަ ދައްކައިފިނަމަ ޔިވާމްއަށް ހަގީގަތް އެނގިދާނެތީއެވެ.

“ސުވާލަކަށް ޖަވާބެއް ނުދެމެންނު…” ލުޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔިވާމް ބުނެލިއެވެ.

“ޔިވާމް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް… ދެން ސާބަސް!” ލުޔާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަޑުން އެއްވެސް އިހުސާސެއް ފާޅު ނުކުރުމަށެވެ.

“ހްމމ، އޯކޭ އޭ… އަހަންނަށް ހީވި އެއްޗަކުން އަހާލެވުނީ..” ޔިވާމް އަޑުދަށުން މިހެން ބުނުމާއެކު ލުޔާއަށް ލޯ މަރާލެވުނެވެ. އަނެއްކާ އޭނާގެ ހަރަކާތްތަކުން ޔިވާމްއަށް އެއްޗެއް ވިސްނުނީ ބާއެވެ؟ އެހެން ނޫނީ އެފަދަ ސުވާލެއް ކުރަންވީ ކޮން ސަބަބަކާ ލައިގެން ބާވައެވެ؟

“ތިބުނީ..؟” ލުޔާ ބޭނުން ވީ ޔިވާމް ކުރި ސުވާލުގެ ފުރަގަހުގައި ވާ ހަގީގަތް ހޯދާށެވެ.

“އަހަންނަށް ޓްރަސްޓު ކުރަންތަ؟” ޔިވާމް އަހާލީ މައުޟޫއިން މުޅިން ބޭރު ސުވާލެކެވެ.

“ހްމމ” ލުޔާ ޖަވާބު ދިން އިރު އޭނާގެ ހިތަށް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ.

“ގުޑް.. ލުޔާ ވާހަކައެއް ބުނަން ބޭނުމިއްޔާ ޔޫ ކޭން ޝެއާރ.. އަހަންނަށް ފެންނަ މަންޒަރުތަކުން ހިތުގައި ޝައްކެއް އުފެދުނީމަ އަސްލު ސުވާލު ކުރީ..”

“ކޮން ކަމަކާމެދު ޝައްކު ވަނީ؟” ލުޔާގެ އަޑުގައިވެސް މިހާރު ހާސްކަމެއް ވެއެވެ. އިރު ކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރުމަށްފަހު ޔިވާމް ޖަހާލީ ހިނިގަނޑެކެވެ.

“ދެން އަޅާ ނުލާ! އައި ވޯޒް ޖަސްޓް ކިޑިންގ” ލުޔާގެ ފަރާތުން ޔިވާމް ހީކޮއްގެން ހުރި ފަދަ ޖަވާބެއް ނައުމުން އޭނާ ނިންމީ ލުޔާގެ ހިތުގައި އެފަދަ އެއްވެސް ކަމެއް ނުވާ ކަމަށެވެ.

އޭގެފަހުން އެ ދެމެދުގައި އެކަހަލަ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ކެނެޑާގެ ވާހަކައާއި ލުޔާގެ ކޮލެޖުގެ އެކި އެކި ރަހުމަތްތެރިންގެ ވާހަކަ ދައްކަމުން ދިޔައިރު ލުޔާގެ ހިތުގައި އަދިވެސް ހާސްކަން ވެއެވެ. އެހެނަސް ޔިވާމް ގާތުގައި އޭނާގެ ހިތުގެ ހާލު ބުނެދޭނެހާ ހިތްވަރެއް އޭނަގެ ކިބަޔަކު ނެތެވެ. އެހެންނޫނަސް އެއީ ބޭކާރު ކަމެއްކަން އޭނާ ދަތެވެ. ކެނެޑާއަށް އެނބުރި ދިޔުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އަރީފުގެ ހަނދާން ތަކާއި ދުރަށް ދިޔުމެވެ. މަންމަމެން ގާތުގައި އެންމެ ދެތިން ދުވަހަށޭ ބުނިނަމަވެސް ދިޔުމަށްފަހު އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަންނާކަށް އޭނާ ޚިޔާލެއް ނުކުރެއެވެ.

*****

ލިއުޒާ ކޮޓަރިއަށް ވަދެގެން އައި އިރު އޭނާގެ އަތުގައި ވަނީ ސިޓީ އުރައެކެވެ. މަޑު ފިޔާތޮށި ކުލައެއްގައިވާ އެ ސިޓީ އުރައިގެ ބޭރުގައި ވަނީ ލިއުޒާގެ ފުރިހަމަ ނަމެވެ. ބަލާބެލުމަށް ހީވަނީ ޕާރޓީއެއްގެ ދަޢުވަތު ކާރޑެއް ހެންނެވެ. އަތްދަބަހާއި ފޯނު ސައިޑް ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އޭނާ އިށީނީ އެނދުމަތީގައެވެ. އޭރުވެސް ސިޓީ އުރަ އެކި ކޮޅުކޮޅަށް އަނބުރަމުން ގެންދިޔައެވެ. އެންމެފަހުން ކަނޑާލުމަށްފަހު އެތެރޭގައި އޮތީ ކޯއްޗެއް ތޯ ބަލާލިއެވެ.

ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ކައިވެނި ޕާރޓީއެއްގެ ދަޢުވަތު ކާރޑެވެ. ކާރޑުގެ ބޭރުގައި ވަނީ ވަރަށް ސާދާ ކުރެހުމެކެވެ. ދެ ހިތެއް ގުޅޭ މަންޒަރެވެ. އެ ކާރޑު ހުޅުވާލުމަށްފަހު ބޮޑު އަކުރުން ލިޔެފައިވާ ދެ ނަން ފެނުމާއެކު ލިއުޒާގެ ނޭވާ ހުއްޓުނެވެ. އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ‘އަހުނަފް ވެޑްސް ޒީޝާން’ ލިޔެވިފައި ވަނީ ވަރަށްވެސް ފުރިހަމަ ފޮންޓަކުންނެވެ. އަކުރުތަކުން ދަޅަ އަޅަމުން ދިޔައިރު ހީވަނީ ލިއުޒާގެ ހިތަށް އޭގެ ތޫނުކަމުގެ އަސަރު ކުރާހެންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނައިގެ ސަބަބުން އޭނާއަކަށް އޭގައިވާ އިތުރު ލިޔުމެއް ނުވެސް ކިޔުނެވެ. މާދުރަށް ކާރޑު އެއްލާލުމަށްފަހު އޭނާ ފޯނު ނެގިއެވެ.

އެއް އަތުން ފޯނުގައި ނަންބަރު ތަކެއް ލިޔަމުން ދިޔައިރު ލިއުޒާ ދިޔައީ އަނެއް އަތުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ. ނަމަވެސް މިއަދު އެ ކަރުނަތަކަށް ނިމުމެއް ނުވާފަދައެވެ. ކިތަންމެ ވަރަކަށް ލޯ ފޮހުނަސް އެ ކޯތާފަތުން ތެތް ކަމެއް ނުކެނޑެއެވެ.

“މީ ކޯއްޗެއް؟!” އަހުނަފް ފޯނު ނެގުމާއެކު ލިއުޒާއަށް ސުވާލު ކޮއްލެވުނީ ވަރަށް ހަރުކަށި ރާގެއްގައެވެ.

“މިހާރު ކޮން ޑްރާމާއެއް ކުޅެން ވީ؟!” ލިއުޒާގެ ސުވާލަށް އަހުނަފް ރައްދު ދިނީވެސް ހަމަ ނުރުހުމުގެ ރާގުގައެވެ. އަހުނަފްގެ ދުލުން އެ ލަފްޒުތައް ވަކި ވުމާއެކު ލިއުޒާއަށް ނޯށުން ރޮއެގަނެވުނެވެ.

“ޕްލީޒް ޕްލީޒް އަހުނަފް… އަހަންނަށް ނުވިސްނުނީ! އަހަންނެއް ނީންނާނަން އަރީފުއަކާ… އަހަރެން އިންނާނީ އަހުނަފްއާ! މިދަރިފުޅުގެ ބައްޕައާ.. ހެޔޮ މަންމަމެން ގަބުލު ނުވިޔަސް، އަހަރެން ބޭނުމި އަހުނަފް.. ޕްލީޒް ލިއުއަށް ތިހެން ނަހަދާ… އަހުނަފް އެހެން މީހަކާ އެއްކޮށް އުޅޭތަން ބަލަން ލިއު ކެތް ކުރާނީ ކިހިނެތް؟ ޕްލީޒް… މިހާރު އެނގިއްޖެ މިއޮތް ހުރިހާ ދުވަހު އަހުނަފް އަށް އިހުސާސްވި ހުރިހާ ވޭނެއް! އަހުނަފްއަށް ކެތް ކުރެވުނަސް ލިއުއަކަށް ކެތެއް ނުކުރެވޭނެ…ބުނޭ ލިއުއާ މެރީ ކުރާނަމޭ… ޒީޝާން އަކާ ނީންނާނަމޭ…” ލިއުޒާ ރޮމުން ވާހަކަ ދެއްކިއިރު އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އަހުނަފެދެކެ އިންތިހާއަށް ލޯބި ވާކަމެވެ. އަދި އޭނާގެ ބަނޑުގައި ވާ ދަރިފުޅަކީ އެ ލޯބީގެ ނިޝާންކަމެވެ.

“މާ ލަސްވެއްޖެ… ވެޑިންގެ ހުރިހާ ކަމެއްހެން މިހާރު އޮތީ ނިމިފަ.. ހުކުރު ދުވަހު ކައިވެނި ކުރަން…” އަހުނަފް ވާހަކަ ދެއްކިއިރު އޭނާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާހެން ހީވެއެވެ. އެހެނަސް އެ ހަރުކަށިކަން އެ އަޑުގައި ދެމެހެއްޓެނީ ހަމަ ކިރިޔާއެވެ. އަމިއްލަ ނަފްސަށް ބާރުފޯރުވައިގެން ނަމަވެސް އޭނާ ބޭނުންވީ ހިތުގެ އެދުން ފޮރުވާށެވެ.

ލިއުޒާ ރޮމުން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ހީވެއެވެ. އެހެނަސް ގިސްލަ ގިސްލާފައި ވާހަކަ ދައްކާތީ އަހުނަފްއަކަށް އޭގެ އެއްވެސް އެއްޗެއް ރޭކާއެއް ނުލައެވެ.

“އަހަރެން އެންމެ ފަހު ފަހަރަށް ލިއު ގާތުން ކަމަކަށް އެދެން ބޭނުން… އަހަރެންގެ ކައިވެންޏަށް ނައުމަށް… ލިއު އަށް ދަޢުވަތު ފޮނުވީ މަންމަމެން.. ލިއު ކުރިމަތީގަ އެހެން މީހަކު އަހަރެންގެ މީހަކަށް-” އަހުނަފް އަށް ބުނެވުނީ މިހިސާބަށެވެ. އޭނާއަށްވެސް ރޮވުނެވެ. އަދިވެސް އޭނާގެ ހިތަކީ ލިއުޒާގެ ހައްގެކެވެ. ކޮންމެ މީހަކާއި ކައިވެނި ކުރިއަސް އެއީ ބަދަލު ނުވާނެ ހަގީގަތެވެ.

އަހުނަފްގެ އެދުމަށް ލިއުޒާއަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. މިހާރު ފޯނު ކޯލްގެ ދެ ކޮޅުންވެސް ގިސްލުމާއި ހިމޭން ރުއިމުގެ އަޑު ނޫން އަޑެއް ނުއިވެއެވެ.

“އިންތިހާއަށް ލޯބިވޭ… އަބަދުވެސް ވާނަން..” ލިއުޒާގެ ކަންފަތުގައި މި ލަފްޒުތައް ޖެހުމާއެކު ފޯނު ކެނޑުނެވެ. ފޯނު ބޭއްވުމަށްފަހުވެސް އެތައް އިރެން ވަންދެން ލިއުޒާ ރޯން އިނެވެ. ބަނޑުގައި ފިރުމަ ފިރުމާފައި އޭނާ އަށް ރޮވެނީއެވެ.

މާ ގަދައަށް ރުއިމުގެ ސަބަބުން އޭނާއަށް އޯކާދެމެން ފެއްޓުނެވެ. ދުވެފައި ގޮސް ލިއުޒާ ފާހަނާއަށް ވަނެވެ. ހެނދުނު ސައިގެ ފަހުން އެއްވެސް އެއްޗެއް ނުކައި ހުރުމުން ލިއުޒާގެ ގައިން ވަރު ދެރަވާން ފެއްޓިއެވެ. ހަށިގަނޑަށް ލިބޭ ގެއްލުމަކުން ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ މަލީކާއަށް ގޮވައިގެން ގެނެސް އޭނާ އަވަސްވީ ރޭގަނޑުގެ ނާސްތާ ނެގުމަށެވެ. ބަނޑުގައި އަތް އަޅާލުމަށްފަހު ލިއުޒާ ހިތާ ހިތުން ވަޢުދު ވިއެވެ. އޭނާގެ ފުރާނައަށްވުރެ ބޮޑަށް އެ މަޢުސޫމު ދަރިފުޅު ދެކެ ލޯބިވާށެވެ. އޭނާގެ ޖާނުން ފިދާވެ އެ ދަރިފުޅަށް ހިމާޔަތް ދިނުމަށެވެ.

*****

ގޭތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ފަހަރަކު ފޮތިގަނޑެއް ނަގައި އަތްލަ އަތްލާފައި ބާއްވަމުން ދެއެވެ. ޖެހިގެން ހުރި ސޯފާގައި އިށީނދެގެން އިނދެ ލިއުޒާވެސް ދިޔައީ ރީތި ފޮތިގަނޑެއް ފެނޭތޯ ބަލަމުންނެވެ. ސިޓިންގ ރޫމުގައި އެ ދެ މީހުންގެ އިތުރުން އަރީފުއާއި ޔިވާމްވެސް ތިއްބެވެ. އެދެމީހުންވެސް ދިޔައީ ކައިވެނީގެ ރޭގައި ފޮޓޯ ނަގަން ދާން ލާނެ ކޯޓެއް ބަލަމުންނެވެ.

ބޮޑު ޕާރޓީއެއް ނުބޭއްވިނަމަވެސް ހައުފާމެންގެ އެދުމުގެ މަތިން ލިއުޒާ އެއްބަސްވީ ރީތި ހެދުމެއް ފަހާށެވެ. އެހެނަސް މިހާރުވެސް އޭނާ ހުރީ ލަސްވެފައެވެ. އޭނާއަށް ވެގެން ވަންޏާ މިރޭވެސް އަރީފުއާއި އިނީހެވެ. ވޭތު ވެގެން ދާ ކޮންމެ ދުވަހަކީ އޭނާއަށް ވަރަށް މުހިންމު އެއްޗެކެވެ. ބަނޑަށް މަސް ފުރެމުން ދާއިރު އޭނާގެ ހަށިގަނޑަށްވެސް ދަނީ އެނގުން ވަމުންނެވެ. ކޮންމެ ދުވަހަކު އެވަރަށް އޭނާ ހޮޑުލައެވެ. އެހެންކަމުން ލިއުޒާ ދަނީ ހައްތަހާވެސް ލުއި ވަމުންނެވެ.އެ ބަދަލުތައް ހައުފާއަށް ފާހަގަ ވިއެވެ.

“ދަރިފުޅު މިހާރު ހާދަ ހިކެނީ… މި ހެދުން ރީއްޗެއްވެސް ނުވާނެ މާ އަނަރޫފަ ވީމަ…” އަތުގައި އޮތް ފޮތިގަނޑު އެއްފަރާތް ކޮއްލަމުން ހައުފާ އޭނާގެ ދޮށީ ދަރިފުޅާ މުޚާތަބު ކުރިއެވެ.

“ނުހިކުނިއްޔާ ދެރަ އެއްނު.. އެއްވެސް އެއްޗެއް ނުކައި ވިއްޔަ… ލިއު ކާ ހިތްވާނެ ކަމަށް އިއްޔެ ގެނައި ފަޅޯވެސް ކެއީ ލުޔާ…” ވާން އުޅޭ މައިދައިތައާއި އެއްބައި ވެލަމުން އަރީފު ވާހަކަ ދެއްކިއެވެ.

“ފަޅޯ މީރެއް ނޫން…” ލިއުޒާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. ހަގީގަތުގައި އޭނާއަށް ފަޅޮލަކީ އެންމެ މީރު މޭވާއެވެ. އެހެނަސް މާބަނޑު ދުވަސްވަރުގައި ފަޅޯ ނުކާށޭ މީހުން ބުނާ އަޑު އޭނާ އަހައެވެ. އަރީފުގެނައި ފަޅޯ ނުކެއީ އޭނާގެ ދަރިފުޅަށް ގެއްލުމެއް ވެދާނެތީއެވެ.

“ސުބުހާނަﷲ! ލިއުޒާއަށް ފަޅޯ ނުބައޭ!؟ މީހަކު ސިހުރެއް ހެދީތަ؟” ޔިވާމް ވާހަކަ ދެއްކީ ދެލޯ ބޮޑުކޮއްލައިގެން ހުރެއެވެ. ލިއުޒާއަށް ޖެއްސުން ކޮއްލީއެވެ. ލިއުޒާ އެންމެ ކާހިތްވާ މޭވާއަކީ ފަޅޯކަން އޭނާ ރަނގަޅަށް ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

“ޔާއްކޮ ބުނީ ހަމަ ރަނގަޅަށް.. ތީ ހަމަ ޑްރާމާ ކުއީނެއް!” ކުރިމަތީގައި އޮތް ފޮތިގަނޑު ނަގައި ޔިވާމްއާއި ދިމާލަށް އެއްލަމުން ލިއުޒާ ސަމާސާ ވެލާފައި ބުމަ ގޮއް ޖަހާލިއެވެ.

“ދެން ފަޅޯ ނޫނަސް ކެވޭ އެއްޗެހި ހުންނާނެއްނު.. މަންމަ މިދަނީ ބަދިގެ ފަރާތަށް.. މަލީކާ އުޅޭނެ މިހާރު ކޮންމެވެސް ގަނޑެއް ގަންނަން.. މާ ލަސް ނުކޮށް ކާން އަންނާތި…”ލިއުޒާމެންގެ ވާހަކަ އަޑުއަހަން އިން ހައުފާ ތެދުވެ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޖަވާބުގައި ލިއުޒާ ބޯ ޖަހާލިއެވެ.

“އޭ ކޮބާތަ ޕިޔާރާ؟ ކޮންއިރަކުތަ ފުރަން ނިންމީ؟” ހައުފާ ގޮސް ބަދިގެއަށް ވަނުމުން ޔިވާމް ލިއުޒާއާއި ސުވާލު ކުރިއެވެ.

“މާދަމާ ނޫން އަނެއް ދުވަހު ކަންނޭނގެ.. ބައްޕަ އުޅުން މިއަދު ޓިކެޓު ނެގުމުގެ ކަންކަމާ.. އަދި އޮފީސް ނިންމާފަ ގެއަކަށް ނާދޭ.. މިހާރު ކޮންމެ ދުވަހަކުވެސް ވަރަށް ލަހުން ގެއަށް އަންނަނީ…” ލިއުޒާ ވާހަކަ ދައްކަމުން ދިޔަ އިރު އަރީފު ޔިވާމްއާއި ދިމާލަށް ބަލާލީ ސުވާލުން ފުރިފައިވާ ގޮތަކަށެވެ. ލުޔާ ތަނަކަށް ދާން އުޅޭ ކަމެއް އޭނާއަކަށް ނޭނގެއެވެ.

“ލުޔާ ކޮންތާކަށް ދަނީ؟” ލިއުޒާގެ ވާހަކަ ނިމުމުން އަރީފު ސުވަލުކުރިއެވެ.

“ތިދެމީހުން އަބަދު ތަތްވެފަ ތިބޭއިރުވެސް ކެނެޑާއަށް ދާ ވާހަކައެއް ނުބުނޭތަ؟” ސަމާސާ ރާގެއްގައި ލިއުޒާ އަރީފުއާއި ދިމާކޮއްލިއެވެ. ލިއުޒާގެ ސުވާލު އަޑު އިވުމާއެކު އަރީފުގެ މޭގައި ރިއްސާލިއެވެ. އެފަދަ ވާހަކައެއް ލުޔާ ނުދައްކާ ތާނގަ މިހާރު އެ ދެމީހުން ދިމާވަނީވެސް ހާލަކުން ފަހަރަކުއެވެ. ދެމީހުން ވާހަކަ ދައްކަނީވެސް މިހާރު ވަރަށް މަދުންނެވެ. އެއީ ހިތް އެދޭގޮތް ކަމުގައި ނުވި ނަމަވެސް އަރީފުވެސް ދެކެނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

“ސީރިއަސް ކޮށް ބުނެބަލަ.. ކީއްކުރަން ކެނެޑާއަށް ދަނީ؟” އަރީފު މޫނުމަތިން ސީރިއަސްކަން ދައްކަން ނޫޅުނަސް އޭނާގެ އަޑުގައި ހާސްކަން ވެއެވެ.

“ރިޔޫނިއަން އަކަށޯ… ލިއު އަކަށް ނޭނގެ… އޭނަ އައިމަ އަހާބަލަ އޭނަ ކުރެން..” ފޮތިގަނޑުތައް ފަތް ޖަހާ ނިމުމުން ހުރިހާ އެއްޗެއް އެއްކުރުމަށްފަހު ސޯފާއިން ތެދުވަމުން ލިއުޒާ ބުނެލިއެވެ. ވަރަށް ރުންކުރު ރާގެއްގައެވެ.

“ލުޔާ ދަނީ އޭ؟” ލިއުޒާ އޭނާގެ ކޮޓަރިއަށް ގޮސް ވަނުމުން އަރީފު އަނެއްކާވެސް ސުވާލު ތަކުރާރު ކޮއްލިއެވެ. މިފަހަރު ޔިވާމްއަށެވެ.

“ހަމަޖެހިބަލަ… އޭނަ ދެތިން ދުވަހަށޭ ދަނީ… އަރީގެ ވެޑިންއަށް ވާއިރަށް އަންނާނޭ..” ޔިވާމް ޖަވާބުނިދީ ސަމާސާ ވެލާފައެވެ. އެހެނަސް އޭނާގެ ޖަވާބާއެކު އަރީފުގެ މޫނުމަތި މިލާލިތަން ފެނުމުން ޔިވާމް އެކަމާ ދެރަ ވިއެވެ.

“އޭ ސޮރީ މޭން..” ޔިވާމް މިހެން ބުނެ އަރީފުގެ ބުރަކަށީގައި ޖަހާލުމުން އަރީފު ބޯ ހޫރާލިއެވެ.

“މިހާރު އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކާ….” އަރީފު އަނެއްކާވެސް ބޯ ހޫރާލަމުން ބުނެލިއެވެ.

“މޭބީ އިޓްސް ފޯ ދަ ބެސްޓް… ދެމީހުން ދުރުވީމައެއްނު މިހާރު ރަނގަޅު ވާނީ..” ޔިވާމް މަސައްކަތް ކުރީ އަރީފުއަށް ވިސްނައި ދެވޭތޯއެވެ.

“ކާކު ކާކާ ދުރުކުރަން ތި އުޅެނީ؟” ދޮރުން ވަދެގެން އައި ލުޔާ ވާހަކަ ދެއްކިއިރު އަރީފު އިންކަމެއް އޭނާއަކަށް ނޭނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ދިމްޔާ ( 3 ވަނަ ބައި )

Next

ހިޖުރަ (ސޯޅަވަނަ ބައި)

Next
August 19, 2015

ހިޖުރަ (ސޯޅަވަނަ ބައި)

Previews
August 17, 2015

ދިމްޔާ ( 3 ވަނަ ބައި )

25 Comments!

  1. Saamee says:
    August 19, 2015 at 1:19 am

    Yeyyy..ma first.hehehe..varah reethi mi part ves..next part avahah up kohdhehchey

  2. Hike says:
    August 19, 2015 at 2:01 am

    maaaa las maaa bodah ves:( cud u plx up d next part soooon???

  3. neem says:
    August 19, 2015 at 2:05 am

    Vvv salhi mi part vs vvvvv kiyaa hiy ey avahah up kohdehchehy ….

  4. shaz says:
    August 19, 2015 at 2:18 am

    dhonbe dhatha thihaa bxy koh ulhemun vx up koh dhinyma v ufaa vejje.
    v reethi mi part vx…
    waiting for the next part…

    1. maasham says:
      August 19, 2015 at 2:20 am

      Thank you dear! <3 Insha allah dhen hama akah elhunyma thankolheh avahah upload vaane 😉

  5. Barbie says:
    August 19, 2015 at 2:25 am

    Alhey maash.. haadha lasvy. I thought dhn nulibeyne kamah kiyaalan. Ehnve varah sad vefa mihunnnay 🙁 anyways this part is awesome as alwaya. Love u bigg. Next part avahah up kurahchey. Thanku

  6. Yaan says:
    August 19, 2015 at 6:59 am

    Asl vara foohi veje esfiyaiga liyaa vaahaka kiyan vaahaka maa reethikama comment kofiya heevanee bayaka kuraa jesumehen …gavaaidun ap vamun aisfa aeme asru gada hosaaba daaira den neyge vaagothe….ehenveema ehaa saliae noon bae dhivehina heevanee aei asl beauty akee …ekam aei asl failear ……..

  7. Crazi says:
    August 19, 2015 at 7:36 am

    Yah vrh shalhi waiting for so long mi vahaka kiyaa hithun inthizaaru kuran jehenee…update ahvaha koh dhiniyaa vrh shalhi vaane

  8. samaa says:
    August 19, 2015 at 10:13 am

    ekamakuvaa up vehje dhw. kndhuvaheh inthixaaru kuraathaa. anyways v nice mibaaives. 🙂

  9. Aaaeeee says:
    August 19, 2015 at 12:25 pm

    Koba aaru ves aaaeeee buney ma nun thi kahala eacha kaa bunaney . Nice v kuru ehaa dhuvash ko faa app kuraa iru ves. Busy bali all ves vahaka kiyaa meehun kiyaaney

  10. Aaaeeee says:
    August 19, 2015 at 12:26 pm

    Oh. Vahaka liyaa meehun bunaaney

  11. meesha says:
    August 19, 2015 at 1:34 pm

    wow..nyc

  12. EMILIYA says:
    August 19, 2015 at 1:53 pm

    ITS SO NICE

  13. uhaf says:
    August 19, 2015 at 2:43 pm

    އެލީސާ ތަ މީސަމްގެ ސުޓޯރީއަށް ކިޔަނީ ކީއްވެ ނުފެއްނަނީ ވަރަށް ހޯދައިފިން

    1. Meekail says:
      August 19, 2015 at 8:59 pm

      E ee eemiyaa ge story eh. Eleesha

    2. Anonymous says:
      August 19, 2015 at 9:24 pm

      eemiya ge name ah fithaalabala… fennaaane

  14. brogunda says:
    August 19, 2015 at 7:24 pm

    Up vaaleh maa lahee. Finihaka dhuveleega

  15. brogunda says:
    August 19, 2015 at 7:26 pm

    Up vaaleh maa lahee. Finihaka dhuveleegag. Dhe injeenu alhaigen nattaalabala. Erun daily upkolleveyne. Hope u ll up it fast…

  16. Aishaa says:
    August 20, 2015 at 1:15 pm

    Maashaa Allah!
    Varah reethi mi bai vs….v kiyaahithun huhtaa ey nimuny…when is tha next part??

  17. Aisha says:
    August 20, 2015 at 2:08 pm

    Plz thankolheh avahah upload kohdheeba. V v v v reethi mi partves

  18. bolurodhi says:
    August 20, 2015 at 7:33 pm

    Dhamakun badiyeh jahaahen parteh mihen vaahaka liyevidhaane enmenahves

  19. arrthu says:
    August 21, 2015 at 8:40 pm

    warah salhi ?

  20. Liu says:
    August 22, 2015 at 10:20 am

    Alhe maash dhn awahah up kohdhyyyba. Mihar 2days v. V foohiwejje mihar las kamun :'(

  21. nazi says:
    August 22, 2015 at 1:45 pm

    mee haada dhigu inthizaarekey konirakuntha mi inthizaara nimun annaanee

  22. ikuraama says:
    September 18, 2016 at 10:50 am

    nice story wonderfull..

Comments are closed.

Next Episodeހަތަރު އުދަރެސް (20)←


All Right Reserved!