Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ދުޢާ (1ވަނަ ބައި)

lyn Level 110 Stories
August 17, 2015 4 Mins Read
14 Comments

ދުޢާ

އަހަރެންނަށް އުފަލުން ރޮވެއެވެ. ރަހްމާން ވަންތަ ރަހީމް ވަންތަ ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ހުއްޓެވެ. ކެތްތެރި ވުމުގެ އަގު ވަރަށް ބޮޑެވެ. އެކަމުގެ ފަހަތުގައިވާ ފޮނި މީރުކަން އަހަރެންގެ މުޅި ނަފްސުގައި ލެއްވި މާތް ﷲއަށް އަދިވެސް އެއްފަހަރު ހަމްދު ކުރަމެވެ.  އަހަރެންގެ މާޒީއަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރުމުގެ ސަމުގާ އެއްކަމުގައި އަހަރެން ނަހަދާނަމެވެ. މާތްވި އިސްލާމް ދީނަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރާ ނިޒާމުކަމުގައި ބެލުމުން ނޫނީ ހިތައް އުފާވެރިކަމެއް ނެއްކަން މިހައިރު އަހަރެން ހިތުގެ އެންމެ ފުންމިނުން ޔަގީން ކުރަމެވެ. އެކަމަށް ﷲ ސުބުހާނަހޫ ވަތައާލާގެ މަދަދަށް އެދި ދުއާ ކުރަމުން ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އަހަރެންގެ ލަނޑު ދަޑިއެވެ.

ރަށުން ކިޔެވެން ހުރި އެންމެ މަތީ ގްރޭޑަށް ކިޔެވުމަށް ފަހު އަހަރެން މާލެ ބަދަލުވީ މަޖީދިއްޔާ ސްކޫލަށެވެ. އެއްވެސް ގްރޭޑެއްގައި ރިޕީޓް ނުވެ އަހަރެން ގްރޭޑް ދިހައެއް ފުރިހަމަ ކުރަން އޮތްއަހަރެވެ. އިމްތިހާން ކައިރިވަމުން ދިޔައެވެ. އަހަރެން މަސައްކަތްކުރަމުން ދިޔައީ ހުރިހައި މާއްދާއަކުން ފާސްވޭތޯއެވެ. އެހެންކަމުން އެކަމަށްޓަކައި މަސައްކަތް އިތުރު ކުރީމެވެ. އެކަމަކު ކުއްލިއަކަށް އަހަރެންނަށް ނަފްސާނީ ގޮތުން ބަލިމަޑުކަމެއް ދިމާވިއެވެ. ކިޔެވުމަށްޓަކައި ކުރަމުންއައި މަސައްކަތައް ބުރޫއަރަން ފެށިއެވެ. އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅެމުން އައި މައިންބަފައިން އަހަރެންގެ ގާތައް އައެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި ކައުންސިލިން އަހަރެނަށް ދޭން ފެށިއެވެ.

އަހަރެން މަރުވެދާން އުޅޭތީ ބިރު ގަންނަން ފެށީއެވެ. ގިސްލައި ރޮވެނީއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން  ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށީމެވެ. ނަމަވެސް ރަނގަޅެއް ނުވިއެވެ.

އެއްރެއަކު ފަރުވާއެއް ލިބޭތޯ އަހަރެން ގޮވައިގެން ބައްޕަ މީހަކާ ބައްދަލު ކުރަން ދިޔައެވެ. މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުން ދިޔަ އަހަރެންގެ ތިމާގެ ކަޒިން ބޭބެއަކާއިއެވެ. ނަމަވެސް ބައްޕަ ފަރާތު އާއިލާގެ މީހުންނާއި އޭރު އަހަރެން އެހާ ގުޅުންބޮޑެއް ނޫނެވެ. އަހަރެމެން އެންމެ ކުޑަ އިރުން ފެށިގެން ދިރިއުޅެމުން އައީ މަންމަމެން ރަށުގައި ކަމުން އަހަރެނަށް އޭނާއެއް ނޭގެއެވެ. ކަޒިންގެ ނަންވެސް އެގުނީ އެރެއެވެ. އަހަރެންނަށް ދީނީ ގޮތުން އޭނާ ކަންކަން ސާފޮކޮއްދިނެވެ. އަދި ފަރުވާއަކަށް ދިނީ އެއަށްވުރެ މޮޅު ފަރުވާއެއް ނުވާ ފަރުވާއެކެވެ. އަހަރެނަށް ނަސޭހަތްތެރިވީ ރޭގަނޑު ނިދުމުގެ ކުރިން ސޫރަތުލް އިހްލާސް، ފަލަޤް އަދި ނާސް ސޫރަތް ތިންފަހަރު ކިޔަވައި އަތަށް ފުމެލުމަށްފަހު ގައިގައި އަތްއުގުޅާލައިގެން ނިދުމަށެވެ. މާތް ނަބިއްޔާ ސ.އ.ވ ގެ ސުންނަތުން ވާރިދުވެފައިވާ އަމަލެކެވެ. އަހަރެން އެގޮތަށް އަމަލު ކުރަންފެށީމެވެ.

އިސާހިތަކު އަހަރެންގެ ބަލި ފަސޭހަވެއްޖެއެވެ. އަހަރެން ގުރުއާން ކިޔެވުން ވަރަށް ގިނަ ކުރީމެވެ. އަދި ނަމާދެއް ނާޅަމެވެ. ޔަޤީން ކަމަކީ ގުރުއާން ކިޔެވުމުން އަހަރެނަށް ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަވީކަމެވެ.  އަހަރެންގެ ބަލި އެއްކޮއް ފަސޭހަ ވެގެން ދިޔައީ ހަމައެކައި އެފަރުވާއިންނެވެ. ﷲއަށް ހަމްދު ހުއްޓެވެ. އަހަރެންގެ ނަތީޖާވެސް ކުރިމަސައްކަތާއި ބަލާއިރު ރަނގަޅެވެ. ނަމަވެސް ސީއެޗްއެސްއީއަށް ވަނުމަށް އެއްމާދާއިން އިތުރަށް ފާސްވާން ޖެހޭތީ ޖެހިގެން އައި އަހަރު އިތުރު މާއްދައެއް ހަދައި ފާސްވުމުން އެސްކޫލުން ޖާގައެއް ލިބުނެވެ.

އަހަރެން ސީއެޗްއެސްއީއަށް ވަނީ ކިޔަވައިގެން މޮޅު މީހަކަށް ވާން ގަސްދު ކުރީމެވެ. އެކަމަކު އަހަރެންގެ ހަޔާތައް އަންނަމުން ދިޔައީ އެހެން ބަދަލުތަކެކެވެ. އަހުލާގު ގޯސްވާން ފެށިއެވެ. ނަމާދު ކުރުން ދޫކޮށް އަހަރެންގެ ހަޔާތް ކުޅިވަރާއި މަޖަލަށް އަހަރެނަށް ހާއްސަ ކުރެވުނެވެ. އަހަރެންނަކީ ސްކޫލްގެ މެނޭޖްމަންޓަށް ބުރައަކަށް ވެއްޖެއެވެ، އެންމެފަހުން ދިމާވި ކަމެއްގައި އަހަރެން ސްކޫލުން ސަސްޕެންޑް ކުރެވި މައިންބަފައިންނަށްވެސް އެކަން އެގިއްޖެއެވެ. އަހަރެން އެމީހުން ކުރިމަތީ ކުއްވެރިކުރީ ސްކޫލްގެ މެނޭޖްމަންޓެވެ. އެކަމަކު އަހަރެންގެ މައިންބަފައިން ކުއްވެރިކުރީ އަހަރެންނެވެ. މިއަދު އަހަރެންވެސް އެކަމަށް އެއްބަސް ވަމެވެ. އަދި އެކަމާއި ދެރަވެ ހިތާމަ ކުރަމެވެ. އަހަރެން ސްކޫލް ނިންމާ ގޮތަށް ރިޒޯޓަކަށް ވަޒީފާއަށް ދާން ނިންމައި މަންމަމެނަށް އެންގީމެވެ. އަހަރެން ބޭނުންވީ ވަރަށް ޔޫރަޕް މީހަކަށް ވެގެން ވަރަށް ފޮނި މީހެއްގެ ގޮތުގައި އުޅޭށެވެ. ހަގީގަތުގައި އަހަރެން ހުރީ ވަރަށް ގޯސް މީހަކަށް ވެފައެވެ.

ރިޒޯޓަކަށް ދިއުމުގެ ކުރިން މަންމަ ރަށަށް އައުމަށް އަހަރެންގެ ކިބައިން އެދުނެވެ. އަހަރެން ރަށަށް ދިޔައީވެސް ބަލާނެ ސީރީޒްތައް ލެޕްޓޮޕައް އަޅައިގެން އަޑުއަހާނެ ވަލަ ކަލެކްޝަނެއް ހިފައިގެންނެވެ. އަހަރެން ބޭނުނުންވީ ދިރިއުޅުން އެގޮތުގައި ކުރިއަށް ގެންދާށެވެ. އަހަރެން ދުނިޔަވީ އުފަލުން އަރާމް ހޯދަން ފެށީމެވެ. ރައްޓެހިންނާއި އެކު ކޮފީ ބޯން ދިއުމާއި ސަކަރާތް ގަތުމާއި މަޖާ ކުރުމުގައި ދުވަސްތައް ހޭދަ ކުރަން ފެށިމެވެ. އެކަމަކު އަހަރެންގެ ނަފްސަކަށް ހަގީގީ އުފަލާއި ހިތްހަމަ ޖެހުމެއް ނުލިބެއެވެ.

އަހަރެން މާލޭގައި ސީއެޗް އެސްއީގައި އުޅުނު އިރުވެސް މަންމަ ގުޅާ ކޮންމެ ފަހަރަކު ނަމާދު ކުރޭތޯ އަހައެވެ. އަހަރެން މަންމައަށް އޮޅުވާ ލަމެވެ. ނަމަވެސް އަމިއްލަ ރަށަށް ގޮސް މަންމަ ގާތުގައި އުޅެންފެށުމުން މަންމައަށް ނަމާދަށް އަހަރެން ފަރުވާ ކުޑަ ކުރާމިންވަރު ހާމަވިއެވެ. ހަވީރު ބޯޅަ ކުޅެންގޮސް ގެއަށް އައިސް އިޝާ ނަމާދު ގަޑި ޖެހޭއިރުވެސް ފެންވެރޭވަރެއް ނުވެއެވެ. އެކަމާ މަންމަ ވަރަށް ދެރަވެ ނަސޭހަތްދީ އެއްޗިހި ކިޔާނެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަށް ބަދަލެއް ނުގެންނަމެވެ. ފަތިހު މިސްކިތުން ބަންގި ގޮވާ ހިސާބުން މަންމަ ގޮވަންފަށާނެއެވެ. ގިނަރޭރޭ ބަންގި ގޮވުމުގެ މާކުރިންވެސް ގޮވަންފަށާނެއެވެ. އިރުއަރަންވާއިރަށް މަންމަގެ ބުރަ މަސައްކަތުން އަހަރެން ލައްވައި ފަތިސްނަމާދު ކުރުވައެވެ. އެގަޑީގައި މަންމަގެ ގޮވެލި ފައްޗާއި ހެދި ހަމަ އިތުރު ގޮތެއް ނެތިގެންވެސް ޖެހޭނީ ތެދުވާށެވެ.

އަހަރެން މާލޭގައި އުޅުނު އިރުވެސް ބައެއްފަހަރަށް ނަމާދު ކުރާ ސީޒަންތައް އާދެއެވެ. ފަތިހަށް ހޭލަން ފޯން އެލާމް ކުރަމެވެ. އެކަމަކު އެލާމަކަށް އަހަރެންގެ ނަފްސު އިޖާބައެއް ނުދެއެވެ. އެލާމު ވާންފެށީމައި ފޯނާއި ބެޓެރި ވަކިކޮއްލައި ބާލީސް ދަށަށް ލައިގެން އޮންނަނީއެވެ. ފަތިހަށް ހޭނުލެވި ދާނެތީ 10ވަރަކަށް ތަށީ ފެން ބޮއެގެންވެސް ނިދީމެވެ. އެއިރުން ފާހާނައަށް ދާން ތެދުވެވޭތީއެވެ. މިގޮތައްވެސް އަހަރެން ނަމާދު ކުރާ ދުވަސްވަރު މަސައްކަތް ކުރަމެވެ. އެކަމަކު ގިނަފަހަރު ކޮންމެވެސް ދުނިޔެވީ އެދުމަކަށް ޓަކައެވެ. ﷲގެ ހެޔޮރަހްމަތުން ފަތިހު ނަމާދު ކުރަން ފެށުމުން އަހަރެންގެ ހަޔާތައް ބަދަލުތަކެއް އަންނަން ފެށިއެވެ. މަންމަގެ ބުރަ މަސައްކަތުން އަހަރެން ލައްވާ ފަތިސްނަމާދު ކުރުވަންފެށުމުން އަހަރެންނަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

އަހަރެން ނަމާދުކޮއްގެން ވަރަށް އިހްލާސްތެރި ކަމާއެކު ދުއާކުރަން ފެށީމެވެ. ތެދުމަގު ދައްކަވާތޯ އާދޭސް ކުރީމެވެ. ހަގީގީ އުފާވެރިކަން ކުޅިވަރާއި ލަވަޔާއި މިއުޒިކުން ނުލިބޭކަން ގަބޫލު ކުރީމެވެ. ނަފްސުގެ ހިތްހަމަޖެހުން ލިބުން ވަނީ އެހެން އުސްލޫބަކުންކަން އަހަރެން ގަބޫލު ކުރީމެވެ. އެކަމަށްޓަކައި ދާންވީ އެންމެ ހެޔޮ މަގަގީ އިސްލާމްދީންކަން އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް ހައްގުމަގުން އަހަރެނަށް ނުހިގޭކަން އެގެއެވެ. ނަމަވެސް ދުޢާ ކުރަމުން ދިޔައީ ތެދުމަގު ދައްކަވާތޯއެވެ.

އަހަރެނަށް ނަފްސާނީ ގޮތުން އަނެއްކާވެސް އުދަގޫތަކެއްވާން ފެށިއެވެ. ނަމާދަށް ފަރުވާތެރި ވާން ފެށުނެވެ. ޤުރުއާން ކިޔަވަން ފެށީމެވެ. މިކަންކަން ކުރާވަރަކަށް އަހަރެންގެ ބަލީގެ ކަންތައް ބޮޑުވަމުން ދިޔައެވެ. މިކަން އަހަރެންގެ މައިންބަފައިންނަށް ސިއްރު ކުރީމެވެ. އަހަރެންގެ ހަޔާތުގައިކުރެވިފައިވާ ކަންތަކާއިމެދު ދެރަވަވެ އަހަރެނަށް ރޮވެންފެށިއެވެ. މަރުވާން އުޅޭކަހަލަ އިހްސާސްއެއް އަނެއްކާވެސް ކުރެވެނީއެވެ. ނަރަކައަށް ގޮސްދާނެ ކަހަލަ ބިރުވެރިކަމެއް އިހްސާސް ކުރެވެނީއެވެ. ކެތްތެރިކަން ކޮޅުން ލިޔެވެ.

އަހަރެން ބައްޕަގެ ފޯނު ނެގީމެވެ. އަދި އަހަރެންނަށް ދިމާވެފައިވާ ބަލީގެ ފަރުވާ އެގޭނެ ޑޮކްޓަރުގެ ނަން ހޯދަން ފެށީމެވެ. އަހަރެން ހޯދަމުން ދިޔައީ ކުރިން ގްރޭޑް ދިހައެއްގައި އުޅުނުއިރު މަދީނާގައި ކިޔަވަން އުޅުނު ކަޒިންގެ ނަންބަރު ފެނޭތޯއެވެ. އަހަރެން ވިސްނީ މިހައިރު އޭނާ މަދީނާ ޔުނިވަރސިޓީ ނިންމުމަށްފަހު ރާއްޖެ އަތުވެދާނެ ކަމަށެވެ. އެއުއްމީދުގައި އަހަރެންއެކަން ކުރީމެވެ. ބައްޕަގެ ފޯނު ސާރޗް ކުރަނިކޮއް އޭނަގެ ނަމުން ޖަހާފައިވާ ކޮންޓެކްޓް އެއް ފެނުނެވެ. ހަގީގަތުގައި ގާތް ރަހުމަތްތެރި ގުޅުމެއް އުފެދިފައި ނެތަސް އަހަރެން ގުޅީމެވެ. އަހަރެން ގޭގެ ބަދިގެ ފުރަގަހަށްގޮސް ގުޅީ މަންމަމެން ބައްޕަމެންނަށް އަހަރެންނަށް ކަމެއްވާކަން އެނގިދާނެތީއެވެ. އެމީހުންނަށް އެކަން ސިއްރުކުރަންވެގެންނެވެ. އަހަރެން ހޯދަންބޭނުންވި މީހާއާއި ބައްދަލު ވިއެވެ. އަހަރެންގެ ހާލަތު ބަޔާން ކުރީމެވެ. އަހަރެން ނަމާދު ކުރާ ވާހަކަ އާއި އަދި ދީނީ ކަންކަމަށް ފަރުވާ ތެރިވާ ވާހަކަވެސް ބުނީމެވެ.

އަހަރެންގެ ހަޔާތައް އަންނަމުންދާ ބަދަލެއްގެ ސަބަބުން މިކަން ދިމާވެދާނެ ކަމެއްކަމަށް އެނާ ލަފާކުރިއެވެ. އަދި އަހަރެނަށް ނަމާދު ކުރުމަށް ވަސިއްޔަތްކުރިއެވެ. ނަމާދު ކުރަންފެށުމުން ޝައިތާނާ އަހަރެނަށް މާޔޫސް ކުރަނީ ކަމަށް ބުންޏެވެ. އަދި ކެތްތެރިވުމަށް އެދުނެވެ.

އަހަރެން ފޯނު ބޭއްވުމަށްފަހު ގެއަށް ވަންނަން އައީމެވެ. އަހަރެންގެ މޫނުތިން ރުއިމުގެ އަސަރު އަހަރެންދެކެ އިންތިހާއަށް ލޯބިވާ ދައްތައަށް ފެނުނެވެ. ވެގެން އުޅޭގޮތް ދައްތައަށް ކިޔައިދިނީމެވެ. އަހަރެންގެ ހިފެހެއްޓުމެއްނެއް ކަރުނަތައް މަންމަމެނަށް ވެސް ފެންނަންފަށައިފިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ހިޖުރަ (ފަނަރަވަނަ ބައި)

Next

ދިމްޔާ ( 3 ވަނަ ބައި )

Next
August 17, 2015

ދިމްޔާ ( 3 ވަނަ ބައި )

Previews
August 16, 2015

ހިޖުރަ (ފަނަރަވަނަ ބައި)

14 Comments!

  1. Crazi says:
    August 17, 2015 at 10:15 am

    Veh shalhi keep it up u cn do it

  2. Azu says:
    August 17, 2015 at 10:44 am

    Reethi masha allah. Dhivehi baha loabi kuraavaahaka bunefa otheema mihen mi buney lanee. Cousin e ee dhivehi bahey noon. Mee alhuganda faahaga vi thankolhey

    1. lyn says:
      August 17, 2015 at 10:53 am

      ޖަޒާކަﷲ ހައިރަން. ޝުކުރިއްޔާ.

  3. Zila says:
    August 17, 2015 at 2:14 pm

    V reethi story ah. aharen ge life aa ves ah goii kanthah thakeh ebahuri. namaadhu koh quran kithame varah kiyevias aharenah nafsaany gothun undhagoothakeh vey

  4. Anonymous says:
    August 17, 2015 at 2:59 pm

    Meega eba huri Sukunuge kuhthah..

  5. Anonymous says:
    August 17, 2015 at 3:03 pm

    Mashah ves vany hama ehen.. Komme reaku nidhan oshoanna thanaa hithah arany hama nidheega ovefa maru vedhaaney.. Dhen v maayoos vey allah ahannah kurevey kuhthakah maaf nudhehva vaafaanethee.. Hithah arany hama ekalaange kibain maafah edhun mashah haggeh nooney.. Faafa kohfa e kalaange hazrathuga komme faharaku maafah edhunas ekalaange mashah faafa nufussavaaney heevanee.. Goas koh kameh kurevijeyya meehaku ais mashaa dhimaalah halheylavaiganefaaney abadhuves heevany…

    1. Aishy says:
      August 19, 2015 at 12:55 pm

      iraadha kurehviyya Allah maaf kohdheyne!

  6. AR says:
    August 17, 2015 at 5:33 pm

    Ragalha ulhey meehunah shaitho naa mifada udagoo jasaane magun eh kibaa kuran

  7. Anonymous says:
    August 17, 2015 at 7:30 pm

    Hurihaamm.mm.

  8. mariyam says:
    August 18, 2015 at 8:37 am

    Ahanakee vex mifadha udhagoothah thahahmal kuramun dhaa meeheh mihaa v dhuvas vehje v iburaiitheri vaahakaeh

  9. Samko says:
    August 18, 2015 at 9:30 am

    Reethi

  10. Aishy says:
    August 19, 2015 at 12:52 pm

    ibraittheri vaahakayeh ! alhugandah ves abadhu maruvaan ulhey kahala ihusaas kurevey , hithama veri kameh dhimaava irah bunevey miah vure maruvun ves maa rangalhey, ekamaku hageegathugai ves maru vany ey kiyaa hithan eryma varah biruganey, mainbafain dherave roane varu hithah araa, thimaa dheke loabi vaa meehunah vane gothakaa medhu visney, aakhirai kaamiyabu nuvane kamuge biru heevey, test eh aissiyya ves nukiyavanya nunidhey, birugannany faas nuvedhaanethy. baraabarah namaadh kuran beynun vey, ekamaku shaitaana magu furaddhalany..meehunah alhaala rangalhu kujjakah vaan beynun, komme meehakah ves hyaathuga faafa thakah arai ganeveyne, ehenve namaadhu kuraa komme faharaku faafatha fuhssevumah dhuaa kuran, mainbafainnah suvarugeyge niumai ibeythw dhuaa kurann, kurimathivaa mussebaai thakah keitheri ve ekamun salaamai veythw dhuaa kuran, ! nidhan oshoanna iru dhen loa nuhulhuvi maruvedhane kamah takaa roi hadhan, ekamaku ves maai Allah alhugandaa ehkoh vaa hen ves heevey,

  11. xoyaa says:
    August 24, 2015 at 8:29 am

    v lwbi ..mashah allah ….

  12. some one says:
    August 24, 2015 at 2:28 pm

    ehen site eh ga inn wahaka eh!

Comments are closed.

Next Episodeދުޢާ 2ވަނަ ބައި..←


All Right Reserved!