ހީވޭ ގާތުގާއި ވާހެން ކަލާ 10
” ހޫމް ރިޒްވާން…. ވަރަށް ޝޮކިން ދޯ ” ޔަނާ ބުނެލިއެވެ. ޔަނާ އެހެން ބުނުމުން އަހަރެން ގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ގެ ހިތަށް އެރިއެވެ. ހަމަ ގައިމު ވެސް ރިޒްވާން ޔާޝް ގެ ގިރުވާނުގައި ހިފަހައްޓައިގެން އިންދާ އަހަރެން އެދުވަހު ވަރަށް ރަންގަޅަށް ދެކުނީމެވެ. މީ ކޮންކަހަލަ ގެ ރައްޓެހިންނެއްހޭ އަހަރެންނަށް އަދި އަލަށް މި ފެނުނީ މިހެން އުޅޭ ރައްޓެހިން…. އެހެން ނޫނަސް އެއް އިރަކު ވެސް އަހަރެންނަށް ފިރިހެންނު އުޅޭ ގޮތް ހަމައެއް ނުޖެހޭ އެވެ. ” ޔަނާ ގަޑިން ކިހާވަރެއް” އަހަރެން އަހައިލީމެވެ. ” 11:55″ ޔަނާ އެހެން ބުނުމުން އަހަރެންނަށް ހީވީ އަހަރެންގެ ގަޔަށް ކައްޓެއް ހެރުނު ހެން ނެވެ. އަހަރެން އަވަހަށް ތެދުވެގެން ބެލްކަނިން ނިކުންނަން ދިޔައީމެވެ. ” ޔަނާ ދަނީ އިނގޭ” އަހަރެން އެހެން ބުނުމަށް ފަހު އަވަހަށް ނިކުންނަން ދިޔައީމެވެ. އަހަރެން އަވަހަށް ދާން ހަދާ ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. ” ބަލައިގެން ހިނގާބަލަ ދެލޯތިހުންނަނީ ކޮންމެވެސް ކަމަކުއޭ” އަހަރެން އެ މީހާއަށް ބަލައިލީމެވެ. އެއީ އީމާން. ” މައިރާ ހާދަ އަވަސް އަރުވާލައިގެން.. އަދި ހާދަ ރުޅިއެއް އައިސްފައި” ” އޮހް އީމާން ތަ.. ސޮރީ އަސްލު ވަރަށް އަވަހަށް ގެއަށް ދާން ވެގެން” އަހަރެން ބުނެލީމެވެ. ” ސޯ.. މިގޭގައި ކީއް ތި ކުރަނީ…… އަނެއްކާ މައިރާ ވެސް ޔާޝް އަށް ހިތް ކީތަ” އީމާން ލާނެތް ރާގަކަށް ބުނެލިއެވެ. ” އީމާން ވެސް ދައްކާ ހަޑި ވާހަކަ ވީއާރް ނޮޓް އިވެން ފްރެންޑްސް އަދި ހިތް ކިޔުން އެއީ މާދުރުގަ އޮތްކަމެއްނު……. އެހެންނޫނަސް އަހަރެން އާއި ޔަނާ ކައިރިއަށް ” އަހަރެން ބުނެލީމެވެ. ” ހުރިހާ އެންމެން ވެސް ބުނަނީ ޔަނާ ކައިރިއަށް އަންނަ ވާހަކަ އޭ އެކަމް ފަހުން އެނގެނީ ޔާޝް އާ ހެދި އުޅޭކަން ……… ދެން ތިބުނީ ޔާޝް އާ ދެމީހުން ފްރެންޑްސް އަށް ވެއްޖިއްޔާ ހިތްކިޔާނަމޭތަ” އީމާން ހެމުން ބުނެލިއެވެ. ” އީމާން އާއި ޔާޝް ތީ ފްރެންޑްސް ތަ” އަހަރެން އެނގިހުރެ އަހައިލީމެވެ. ” ޔާހް” އީމާން ޖަވާބު ދިނެވެ. ” އެހެންވިއްޔާ އީމާން ބުނި ހެން އީމާން ވެސް ތިހުރީ ޔަނާ އަށް ހިތް ކިޔާފަ” އަހަރެން އެހެން ބުނުމާއެކު އީމާން ގެ މޫނު ބޮޑު ޓޮމާޓޯ އެއްހެން ރަތް ވިއެވެ. އަހަރެން އަނގަ މަތީގައި އަތް އަޅާ ލަމުން ބުނެލީމެވެ. ” ސޯ އިޓްސް ޓްރޫ އޯހޯހޯހޯހޯ…….. އަންބިލީވެބަލް” އަހަރެން އެހެން ބުނަމުން ގެއާއި ދިމާއަށް ދުއްވައި ގަތީމެވެ. ދުރުން އީމާން އޭ ދޮގެކޭ ބުނި އަޑު އިވުނެވެ. އެކަމަކު އަހަރެންގެ ފަރުވާލެއްނެތެވެ. އަހަރެން އީމާން އަށް ބީރު ކަންފަތް ދެމުން ގެއަށްވެންނީމެވެ. އަދި ދެވަނަ ފަންގިފިލާއަށް އަރަން ދިޔައީމެވެ. “މައިރާ” އަހަރެން ސިޑިން މައްޗަށް އަރަނިކޮށް އަހަރެންނަށް މީހަކު ގޮވައިލިއެވެ. އަހަރެން ހީވީ އެގޮވައިލީ މަންމަ ކަމަށްށެވެ. އެހެންވެ ފަހަތަށް އެނބުރެން ކުޑަކޮށް ޖެހިލުން ވިއެވެ. އަހަރެންގެ ދުވަސް މިއަދު ހަމަ ރަނގަޅަށް ވެސް ދިޔައީ އޭ ހިތަށްއެރިއެވެ. މަންމަ އަހަރެން ކައިރީ ބޭރަށް ނިކުމެގެން ނުވާނޭ ބުނެފައި އޮއްވާ އަހަރެން މި އައީ ވަރުދައްކާފަ ބޭރަށް ގޮސްފައެވެ. ދެން މިއޮތީ ހަވީރުގެ ހިންގާލަން ވެސް ދެވިފައެވެ. އަހަރެންގެ މިށަން ފެއިލްވީއެވެ. އަހަރެންގެ އެންމެ ބޮޑު އެއް މިށަންއަކަށްވީ މިއަދު ހަވީރު ގައި އީމާން އަށް ޖެއްސުން ކުރުމެވެ. އެކަމް މިވީ ގޮތަކުން އަހަރެންގެ މިށަން އަންސަކްސެސްފުލް ވީ އެވެ. އަހަރެން އެހުރިގޮތަށް ހުއްޓައި އަހަރެންގެ ކޮނޑުގައި އަތް ލިއެވެ. އިތުރު ގޮތެއް ނެތުމުން އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. ފަހަތުގައި ހުރި ސާރާ ފެނުމުން އަހަރެން ފުންނޭވައެއް ދޫކޮއްލީމެވެ. ” މައިރާ ހާދަ ހާސްވެފަ” ސާރާ ބުނެލިއެވެ. ” މާ ބޮޑު ކަމެއް ނުވޭ” އަހަރެން އެހެން ބުނުމަށް ފަހު ދެވަނަ ފަންގިފިލާ އަށް އެރީމެވެ. އަދި ކޮޓަރިއަށް ވަނީމެވެ. އަހަރެން ކޮޓަރިއަށް ވަތްތަނާހެން ބަންގި ގޮވި އެވެ. އަވަސް ކޮއްކުމަށްފަހު ފާހާނާއަށް އަށް ވަދެ ވުޝޫ ކޮށްލައިގެން ނިކުމެ ނަމާދު ކުރަން ތައްޔާރު ވީމެވެ. އަދި ނަމާދު ކުރަން ފެށީމެވެ.
ނަމާދު ކޮށް ނިމުމުގެ އަހަރެން ނަމާދުކުރާ އެއްޗެހި އަލަމާރިއަށް ލުމަށްފަހު ބުރުގައި އަޅައިލާ ގެން ތިރިއަށް ފޭބީމެވެ. އަހަރެން ތިރިއަށް ފޭބިއިރުގައި ސާރާ ގެ ބައްޕަ އާއި އަހަރެންގެ ބައްޕަ ވާހަކަ ދައްކާ އަޑު އިވުނެވެ. ” މިހާރު ރިޒްވާން ކައިރީ ބުނެފިންތަ އެވާހަކަ” އަހަރެންގެ ބައްޕަ އަހައިލިއެވެ. ” ނޫން އަދި ނުބުނަން …… އަދި ކުޑަ ދުވަސް-” ސާރާ ގެ ބައްޕަ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަހަރެންގެ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ. ” އަދިވެސް ނުބުނަން ލަޔާން އަށް އެނގެން ޖެހޭނެ ދޯ އެއީ ކިހާ މުހިންމު ވާހަކައެއް ކަން……. އެއިރު ރިޒްވާން ކުޑަކަމުން ނުބުނީ………ދެން ރިޒްވާން އަށް ބާރަ އަހަރު ތެރެއިން ކެލެފޯނިޔާ ދޫކޮށްފަ ރާއްޖެ ބަދަލުވީ ވެސް ރިޒްވާން އަށް އެނގިދާނެ ތީ ރާއްޖެ ބަދަލުވިތާ ނުވައަހަރު މިވަނީ……. އަހަރެންނަށް ހީވަނީ މިހާރު އެވާހަކަ ބުނަން ވެއްޖެ ކަން ނޭންގެ…….ރިޒްވާން އަށް އެވާހަކަ އެހެން މީހެއްގެ ފަރާތުން އެނގިޖިއްޔާ ކީއްކުރާނީ…ރިޒްވާން އަށް އެއްގޮތަކަށް ވެސް އެނގިގެން ނުވާނެ ރިޒްވާން އަކީ އެޑޮޕްޓް ކުރި ކުއްޖެއްކަން އަދި ޙާއްޞަކޮށް އެހެންމީހެއްގެ ފަރާތުން ” އަހަރެންގެ ބައްޕަ އާއި ސާރާ ގެ ބައްޕަ މި ދެއްކި ވާހަކަ އަކު އަހަރެންހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. އަހަރެން ބަދިގެޔާ ދިމާއަށް ދާން ފަހަތަށް އެނބުރުނު އިރު ރިޒްވާން ހުރީ އަހަރެންގެ ފަހަތުގައެވެ. ބައްޕަ އެވާހަކަ ބުނީ ތަންކޮޅެއް ބާރަށް ށެވެ. އެހެންވީމަ އެވާހަކަ ރިޒްވާން އަށް ވެސް އަޑުއިވޭނެ އެއް ނޫން ހެއްޔެވެ. އަހަރެން ރިޒްވާން އާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރީމެވެ. ” މައިރާ…. ކުޑަ ވާހަކައެއް ދައްކާލަން ވެފައި އެބަ އޮތް އާދެބަލަ” ރިޒްވާން އެހެން ބުނުމުން އަހަރެން ހިންދިރުވައިލީމެވެ. އަދި ރިޒްވާން ގެ ފަހަތުންގޮސް ބެލްކަންޏަށް ވަނީމެވެ. ރިޒްވާން ސޯފާގައި އިށީންނުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ. ” މައިރާ………………. ލުކް އަމް……. އަމް ސޮރީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން އެއީކީ އަމް ރިޔަލީ ސޮރީ އަވޮސް ނޮޓް މައި ސެލްފް……… އައި ރިޔަލީ އޭމް ސޮރީ ޕްލީސް އެކްސެޕްޓް މައި އެޕޯލެޖީ….. އަލް ޑޫ އެނީ ތިން ބަޓް ޕްލީސް ފޮގިވްމީ” ރިޒްވާން އަހަރެން ކައިރި މާފަށް އެދެން ފެށުމުން އަހަރެން ނަށް މާފު ނުކޮށް ހުންނާކަށް ނުކެރުނެވެ. އަހަރެންގެ ސިކުނޑި ބުނަމުން ދިޔައީ ރިޒްވާން އަށް މާފު ނުދިނުމަށް ށެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ ރިޒްވާން އަށް މާފް ކުރުމަށް ށެވެ. އަހަރެން ނަށް ބުނެވުނީ އަހަރެންގެ ހިތުތެރޭގައި އޮތް ބަސްތަކެވެ. ” އީސްޓް އޯކޭ…. ބަޓް ޔޫހޭފް ޓު ޓެލްމީ ވައި ޔޫ ޑިޑް އިޓް…. އޭރުން އަހަރެން ރިޒްވާން އަށް މާފް ކޮއްފާނަން” ” އޯކޭ ބަޓް ޕްރޮމިސް މީ އެކަކު ކައިރީ ވެސް ނުބުނާން ކަމަށް ” ރިޒްވާން ފުން ނޭވާއެއް ލުމަށްފަހު ބުނެލިއެވެ.” އެއީ އަހަރެން އެންމެ ފަހުން ޕެރިސް އަށް ދިޔަ ފަހަރު………. އައި މެޓް ލިންޑާ…… އަހަރެން އައި ސޯ ހާ ނިޔާ ދި އައިފިލް ޓަވާ…….. ލިންޑާ އިނީ ކޮންމެވެސް ކަމަކާ ހިތާމަ ކުރަން… އެކަމް އަހަރެންނަށް އެދުވަހު އެނގުނުނަމަ މިއަދު މިހެންނުވީސް…………އަހަރެން އެދުވަހު ލިންޑާ ދެއްކި ދަޅައިގަ ނުޖެހުނުނަމަ މިހެން ނުވީސް ” ރިޒްވާން އަތް މުއްކަވާލަމުން ބުނެލިއެވެ. ފުރަތަމަ ރިޒްވާން ގެ ލޮލުން ހިތާމަ ފެންނަން ހުއްޓަސް މިހާރު ރިޒްވާން ގެ މޫނު މަތިން ރަސްކަން ކުރަމުން ދިޔައީ ރުޅިވެރިކަމެވެ. އެހެންވެ އަހަރެން އަވަހަށް ބުނެލީމެވެ.” އޯކޭ އެވާހަކަ ނުކިޔައިދިނަސް…. ޖަސްޓް ޓެލްމީ… ވައިޑޫޔޫ ހޭޓް ޔާޝް ” އަހަރެން އަވަހަށް މައުލޫ ބަދަލު ކޮއްލަން ވެގެން ދުލައްއައި އެންމެ ފުރަތަމަ ޖުމްލަ ބުނެލީމެވެ.” ހޫމް އޭއީ ” ރިޒްވާން ވާހަކަ ދައްކަން ފެށިއެވެ.
(ނުނިމޭ)
Hey guy’s!!
So um…. I’m taking a break because my exams are about to start and I really appreciate that you all are reading this stry I’m sure u guys also has many things to do……… and I really really appreciate it u guys….. ????? and I wish y’all good luck for your exam…….. Well those who are going to the exam ?????
Please tell me if there is any mistakes
Love you all ❤️❤️❤️❤️
Stay safe ????
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

