Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހޮޓެލްގެ ސިއްރު 5

N@B@@TI Level 110 Stories
November 30, 2021 2 Mins Read
0 Comments

އެންމެންވެސް މެނޭޖަރު ގާތުގައި އެމީހުން ކައިރީ ތެދު ބުނުމަށް އާދޭސްކޮށްފައި އެދުނެވެ. މި ހިސާބުން ހުރިހާ ކަމެއް ފަޅާ އަރައިގެން ދިޔައެވެ. މެނޭޖަރު ލައިރާމެން ގޮވައިގެން  ސިއްރު ކޮޓަރިއަކަށް ވަދެ، އާރާ ފެންނަން ނެތުމުން ދޮރު އަވަހަށް ލައްޕާލިއެވެ. މެނޭޖަރު ގޮނޑިއެއްގައި އިށީނދެ، ކަންތައްތައް ވީގޮތް ކިޔައިދޭން  ފެށިއެވެ. “އާނ.. އާރާ އަކީ އިންސާނެއް ނޫން އެއީ ޖިންނި ކުއްޖެއް…”ލައިރާމެން މެނޭޖަރުގެ ވާހަކަ އަޑުއަހަން، މެނޭޖަރު ގާތަށް ޖެހުނެވެ. 

 *15 އަހަރު ކުރިން*

*************************************************

އާދަމް ކޮޓަރިން ބޭރުގައި ކުރަމުން ދިޔައީ ޑޮކްޓަރު ދޭނެ ޚަބަރަކަށެވެ. ޑޮކްޓަރު ގެ މޫނުމަތިން ފެންނަނީ ތަފާތު ކުލަވަރުތަކެކެވެ. “އުފާވެރި ޚަބަރާ އެކު ދެރަ ޚަބަރެއް  ލިބިއްޖެ…  ދަރިފުޅުގެ މަންމަ ސަލާމަތެއް ނުވި.. ވަރަށް ބޮޑަށް މަޢާފުކުރަން…”.” އުފާވެރި ޚަބަރަކީ ކޮބާ؟” އާދަމްގެ ދެލޮލުން ކަރުނަ ތިކިތައް ފައިބަމުން ދިޔައެވެ.” މަރުހަބާ…. ލިބުނީ އަންހެން ކުއްޖެއް..”މިހެން ބުނެ ޑޮކްޓަރުގެ މަރުކަޒަށް ޑޮކްޓަރު ހިނގައިގަތެވެ. އާދަމް ވަރަށް އުފާވިއެވެ. ހަމަ އެއާއެކު ދެރަވެސް ވިއެވެ. އާދަމް ކޮޓަރިއަށް ވަދެ، ތުއްތު ދަރިފުޅު އުރާލިއެވެ.

 އެވަގުތު އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަހްމަދު ކޮޓަރިއަށް ވަނެވެ. “މަރުހަބާ،އާދަމް.. ދަރިފުޅަށް ކިޔަނީ ކޮން ކަހަލަ ނަމެއް؟” އަހްމަދު ސުވާލު ކުރިއެވެ. “ދަރިފުޅަށް ކިޔާނީ.. ދަރިފުޅުގެ މަންމައަށް ކިޔާ ނަން ‘ އާރާ’.” އާދަމް ޖަވާބުގައި ބުނެލިއެވެ. ހޮޓެލްގެ މަސައްކަތް ގިނަކަމުން އަހްމަދު ދަނީ އޭ ބުނެފައި ހިނގައިގަތެވެ. މި ދުވަސްވަރުގައި’ ސަނީ ސައިޑް އޮފް ލައިފް’ ހޮޓެލް ވަނީ  މުޅި އަތޮޅަށް ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮސްފައެވެ. ދުވަހުން ދުވަހަށް ދަނީ މީހުން އިތުރުވަމުންނެވެ. ކުރަން ޖެހޭ މަސައްކަތްތައް ވެސް ދަނީ އިތުރަށް ބުރަވަމުންނެވެ. 

އެދުވަހުގެ ރެއެވެ.އާދަމް އުޅެނީ މަސައްކަތުގެ ކަންތަކުގައި އަވަދިނެތިއެވެ. ހޮޓެލްގައި  އުޅޭ ސްޓާފް މެންބަރުންނާއި ސާފު ކުރާ މީހުން ވަނީ  މަސައްކަތްތައް ނިމިގެން ހުސްވަގުތު ނަގާފައެވެ. ކުއްލިއަކަށް އާރާ ނިދާފައި ހުރި ކޮޓަރިތެރެއަށް ބޮޑު ކަޅު އެއްޗެއް ވަނެވެ. އާރާއަށް ހޭލެވުމާއެކު ރޯން ފެށިއެވެ. އާދަމްއަށް އާރާ ރޯ އަޑު އިވުމުން، އަވަހަށް އައިސް އެ ކޮޓަރިއަށް ވަދެ އާރާ ނެގިއެވެ. ދެން ވީ އަންތަރީސް ވާ ކަމެކެވެ. އާރާ ކުއްލިޔަކަށް ހޭންފަށައިފިއެވެ. ބަން ކިޔާ އަޑެއް އިވެންފަށައިފިއެވެ. މި އަޑު ދަނީ އިތުރުން އިތުރަށް ގަދަވަމުންނެވެ. ހޮޓެލްގައި ނިދާފައި ތިބި އެންމެން މި އަޑަށް ހޭލެވިއްޖެއެވެ. އެކަމަކު އެކަކަށްވެސް ބޭރު ބަލައިލާކަށް ނުކެރުނެވެ. ދެން ކޮންމެ މީހެއްގެ ކޮޓަރީގައި މީހަކު ދޮރުގައި ތަޅާ އަޑުއިވެންފެށިއެވެ. އެންމެން ތިބީ ބިރުން ރޫރޫ އަޅައެވެ.އާރާ އަދިވެސް ހުއްޓާނުލައި ހެނީއެވެ. މިކަމާމެދު އާދަމް ވަރަށް ކަންބޮޑުވެ ހާސްވިއެވެ.  ދެން އާދަމްއަށް ފެނުނީ އުނދޯއްޔެއް ހެއްލާ ތަނެވެ. “އަހަރެން މިތަނަކަށް އުނދޯއްޔެއް  ނުލަން… ހަމަ ޔަގީން…” މިހެން އާދަމް ހިތާހިތުން ބުނެލިއެވެ. 

ދެން ބަން ކިޔާ އަޑުތައް މަޑުމަޑުން ކެނޑިގެން ދިޔައެވެ. މީހަކު ދޮރުގައި ތަޅާ އަޑުތައްވެސް  އެއްކޮށް ކެނޑިގެން ހިނގައްޖެއެވެ. މިއަޑުތައް ހިމޭންވެފައި ވީނަމަވެސް އެކަކަށް ވެސް ނިދާލެވޭ ވަރެއް ނުވެއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތުގައި އެންމެން ތައްޔާރުވީ މި ހޮޓެލް ދޫކޮށްލާފައި އެހެން ރަށަކަށް ދިޔުމަށެވެ. އެއްވެސް މަޑުކުރުމެއް ނެތި އެންމެން އަވަހަށް މިރަށުން ފޭބިއެވެ. ހޮޓެލްގައި މަސައްކަތް ކުރާ ހުރިހާ ސްޓާފް މެންބަރުންނާއި  ތަންތަން ސާފުކުރާ މީހުންނެވެ. ހޮޓެލްގައި ޗުއްޓީ ހޭދަކުރަން އައި ހުރިހާ ކަސްޓަމަރުންނެވެ. މި ހިސާބުން މި ހޮޓެލްގައި  ކުރަން ޖެހޭ މަސައްކަތްތައް ވަނީ މަދުވެގެން ގޮސްފައެވެ. ހޮޓެލްގެ މަޝްހޫރުކަމުގެ ނަންވެސް ވަނީ އުވާލެވިފައެވެ. 

މިހާރު މި ހޮޓެލްގައި ބާކީވެފައި ހުރީ އަހްމަދާއި، އާދަމްއާ އެކު ތުއްތު ތުއްތު އާރާއެވެ. “ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް މިދުވަސްވަރު އެބަވޭ… އެންމެންވެސް މިކަމުގެ ބިރުގަ ރަށުންވެސް ފޭބީ… ކިހާ ދެރަ؟ ކޮންމެވެސް ނުބައެއް މިތާ އެބަ އުޅޭ… ހިނގާ އަވަހަށް ފަންޑިތަވެރިއެއް ގެންނަން؟” އަހްމަދު އާދަމް ގާތުގައި ބުނެލިއެވެ. “އާނ.. އާރާވެސް ނިދާފަ އޮއްވާ ހޭލެވުމާއެކު ރޯން ފެށީ… އިރުކޮޅެއް ނުވަނީސް  ހޭން ފަށައިފި …ދެން އެ ފެށި ގޮތަށް ނުވެސް ހުއްޓި.. އަދި މަށަށް ފެނުނު އުނދޯއްޔެއް އަމިއްލައަށް ހެއްލަން އިންދާ.. އެކަމަކު އުނދޯއްޔެއް ނުހުންނާނެ…” އާދަމް ޖަވާބުގައި ބުނެލިއެވެ. މިހެން ބުނެ ދެމީހުން ވެސް ފަންޑިތަވެރިޔަކު ގެނައެވެ. 

3 ގަޑިއިރު ފަހުން މި ފަންޑިތަވެރިޔާ ހޮޓެލްއަށް ޒިޔާރަތްކުރިއެވެ. އަދި މުޅި ތަން ރަނގަޅަށް ބަލައިލިއެވެ. ހުރިހާ ތަނެއް ބަލާ ނިމުމަށްފަހު ފެން ތައްޓެއް ގެނެސްދިނުމަށް އެދުނެވެ. “އެއްވެސް އަޑެއް ނުލައްވާތި..” މިހެން ބުނެ އޭނާ މަޑުމަޑުން ކިޔެވެލި ތަކެއް ކިޔަން ފެށިއެވެ. ދެން އެ ކިޔެވެލިތައް ކިޔާ ނިމުމުން، ލޯ މަރައިގެން އަތަށް ފެން އަޅައި ފެން ވިއްސައިލިއެވެ. ފެން ތިކިތައް ބުރުއްސިގެން ދިޔަ ތަންތަނަށް އާތްވަށް އަރައިގެން ދިޔައެވެ. ކުއްލިއަކަށް އެ ފަންޑިތަވެރިޔާ ލޯ ހުޅުވައިލިއެވެ.

  *ނުނިމޭ *

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

N@B@@TI

Level 110 Stories

Other Articles

Previous

ހައިދަރު-2

Next

މިހިތުގެ ލޯބި

Next
November 30, 2021

މިހިތުގެ ލޯބި

Previews
November 29, 2021

ހައިދަރު-2



All Right Reserved!