Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ތޭރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 10, 2015 11 Mins Read
83 Comments

މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނޫނީ އޮޅުމަކުން ވެސް ޔޫނުސްއަށް ގޭގެ ދޮރު ތަޅުލައިގެން ހުރެވިދާނެއެވެ. އެހެން ހިތައި ނަޞްރާ އެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނަ ދެވަނަ ފަހަރަށް ޓަކިދޭން އުޅުނުތަނާ ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ހުޅުވުމާއެކު ދޮރުމަތިން ފެނުނު ޔޫނުސް ނަޞްރާގެ އަތުގައި ހިފައި އެތެރެއަށް ދަމާލިއެވެ. ނަޞްރާއަށް ގެއަށް ވަދެވުނުތަނާ ޔޫނުސް ގޭގެ ދޮރު ލައްޕާލަމުން ނަޞްރާ އޭނަގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. ޔޫނުސްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލެވުނު ވަގުތު ނަޞްރާގެ ދެލޯ ބޮޑުވެފައިވިއެވެ. އޭނައަށް މިވީ އެއްޗެއް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. މި ހުރެވުނީ ކޮންތާކުކަން ނަގައިގަނެވުނަސް ޔޫނުސްއަށް ކުއްލިއަކަށް މިވީ ގޮތެއް ނަޞްރާއަކަށް ނޭނގުނެވެ. ޔޫނުސް އޭނަ މަތިން މާ ބޮޑަށް ހަނދާންވީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަމަވެސް އެ ޚިޔާލުވެގެން ދިޔައީ ނަޞްރާއަށް ހިތާހިތުން ހީލެވުނު ޚިޔާލަކަށެވެ. މީހަކު މާ ބޮޑަށް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އަދި އަމުދުން ޔޫނުސް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އޭނައަކީ ޔޫނުސްގެ އަންހެނުން ކަމުގައި ވިޔަސް ޔޫނުސް ހަނދާން ކުރާކަށް އަދިއެއް މާ ރީތި “ހަނދާނެއް” ނެތެވެ. ކޮންމެ ގޮތެއްވިޔަސް ޔޫނުސް އޭނަ އިތުރަށް ބައްދާލިހެން ހީވި ވަގުތު ނަޞްރާއަށް ބޭ އިޚްތިޔާރުގައި އޭނަގެ ދެއަތުން ޔޫނުސްގެ ގައިގައި ވަށާލެވުނެވެ. ނަޞްރާ ހިސާބަކަށް ޙައިރާންވިއެވެ. އެހެނީ މިއީ އޭނަ ފިރިހެނަކާ މިހާ ކައިރިވީ ފުރަތަމަ ފަހަރެއްނޫނެވެ. ނަމަވެސް މި ވަގުތު އިޙްޞާޞް ކުރެވެމުން ދިޔައީ އެހެން ގޮތަކަށެވެ.

 

ދެލޯ މެރިފައިހުރި ޔޫނުސް ބޭނުންވީ މިވަގުތުކޮޅު މިގޮތަށް ދެމިގެންދާށެވެ. ދުނިޔޭގައި އޭނައާއި ނަޞްރާ ފިޔަވައި އެހެން މީހެއް އަދި އެއްޗެއްވާކަން ވެސް ޔޫނުސް ހަނދާންކުރާކަށް ބޭނުމެއްނުވެއެވެ. މީގެ ވަގުތުކޮޅެއް ކުރިން ޔޫނުސް ހުރީ ނަޞްރާ ގެއަށް އަންނަން ވާއިރަށް އޭނައާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދު ވިސްނާށެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި އޭނަ ޚިޔާލު ބަދަލުކޮށްލީ ކީއްވެކަމެއް ޚުދު ޔޫނުސްއަކަށް ވެސް ނޭނގެއެވެ. ނަމަވެސް ޚިޔާލު ބަދަލުކުރެވުނީތީ އޭނައަށް ހިތާހިތުން އުފާކުރެވުނެވެ.

 

ނަޞްރާއާއި ޔޫނުސް ތިބިގޮތަށް ތިއްބާ މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއާއެކު ދެމީހުންގެ ވެސް ލޯ ހުޅުވުނެވެ. އެއަށްފަހު ދެމީހުން ވެސް ހިތާއި ދެކޮޅަށް އެކަކު އަނެކަކާ ދުރުވެލައިފިއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން ނުކެރިފައި އިސްޖެހިފައި ހުރިއިރު ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެންމެ އިވުނު ޓަކީގެ އަޑު މަތިން ޔޫނުސް ހަނދާން ނެތެން އުޅުނު ވަގުތު އަނެއްކާވެސް ޓަކީގެ އަޑު އިވުނެވެ.

 

“އައްސަލާމްޢަލައިކުމް.” ބޭރުން އިވުނީ ޒަޔާންގެ އަޑެވެ.

 

“ވަޢަލައިކުމުއްސަލާމް.” ޔޫނުސްއަށް ޖަވާބު ދެވުނީ ހިސާބަކަށް ޙައިރާންވެހުރެއެވެ. އެއީ މި ގަޑިއަކީ ޒަޔާން ޢާއްމު ގޮތެއްގަ އައިސް އުޅޭ ގަޑިއަކަށް ނުވާތީވެއެވެ. އޭނަ އިރުކޮޅަކު ހުރެފައި ދޮރު ހުޅުވާލިއެވެ. ކުރިމަތިން ފެނުނީ ޒަޔާން އެކަންޏެއްނޫނެވެ. އޭނަގެ ކުރިމަތީގައި ރުޅި މޫނެއްގައި އަބާންވެސް ހުއްޓެވެ. އަބާންގެ އަތުގައި ފެހި ކުލައިގެ މަޑިއެއް އޮތެވެ.

 

“ޔޫންބެ އެގެއަށް ނާންނަތާ އެތައް ދުވަހެއްވެގެން ނޯޓިސްއެއްދޭންވެގެން މިއައީ.” ޒަޔާން ފާޑަކަށް ހެވިފައިހުރެ ބުނެލިއެވެ. ޔޫނުސްގެ ނިތުން ރޫ ފިލައިގެން ދިޔަ ވަގުތު އޭނަގެ ފުރަގަހުގައި ހުރި ނަޞްރާ ވެސް އަބާންއަށް ބަލާލިއެވެ. އަބާންގެ އަތުގައި އޮތީ އޭނައަށް ފެނުނު މަޑިއެއްހެން އޭނައަށް ހީވިއެވެ. އެއީ އެދުވަހު އޭނަ އަފްރީންއާއި އެކީ ގޭގައި ހުއްޓާ އުޑުން ފެނުނު މަޑިކަން ނަގައިގަންނަން ނަޞްރާއަށް ވަގުތުކޮޅެއް ނެގިއެވެ.

 

“އޮހް….އަވަހަށްވަދޭ އަބޫ. ކިތައް ދުވަސްވެއްޖެތަ އަނެއްކާ ޔޫންބެއަށް ނާދެވޭތާ؟” ޔޫނުސް އަބާންގެ ކޮނޑުގައި ހިފާލަމުން ވައްދަން އުޅުނެވެ. އަބާން އެއްއަތުން ޔޫނުސްގެ އަތް ފޮޅުވާލިއެވެ.

 

“ވަންނާކަށް ނޫން މިއައީ. ޔޫންބެ އެގެއަށް ނާންނަތާ ފައިވް ޑޭއިސްވެއްޖެ. ނޯޓުކޮށްފަ ކޮއްކޮ ހުންނާނެ ކަލަންޑާރގަ މިހާރުވެސް. ކޮއްކޮމެންގެއަށް ނައިސް ދެން އެއްދުވަސްވެސް ވެއްޖެއްޔާ ނާދެވޭނެ ދެނެއް.” އަބާން އަންގާލިއެވެ. ޔޫނުސް އޭނަގެ ދުވަސް ދިޔައީހެން ހީވާފަދަ ގޮތަކަށް މޫނުގައި ދެއަތް އަޅާލިއެވެ. ނަޞްރާއަށް ސިއްރުސިއްރުން ހީލެވުނެވެ.

 

“ދެން ކިހިނެއްތަ ހަދަންވީ އަބޫ؟” ޔޫނުސް މޫނުން ދެއަތް ނަގަމުން ސުވާލުކުރިއެވެ. އަބާން އެއަށް ޖަވާބުދޭން އުޅެނިކޮށް އޭނައަށް ފުރަގަހުގައި ހުރި ނަޞްރާ ފެނުނެވެ.

 

“ކީއްވެތަ ނަޞްރާ މިސް މިގޭގަ ހުރީ؟” އަބާން ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަޞްރާއަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ. ޔޫނުސްއަށް ފަސްއެނބުރި ނަޞްރާއަށް ބަލާލެވުނު ވަގުތު ބޭރުގައި ހުރި ޒަޔާންއަށް ވެސް ބަލާލެވުނެވެ. ޔޫނުސް އަބާންއަށް ޖަވާބެއްދޭން އުޅެނިކޮށް ނަޞްރާ ވާހަކަ ދެއްކިއެވެ.

 

“ޔޫންބެ ދިން ދަޢުވަތަކަށް މިސް އައިއްސަ މިހުރީ.” ނަޞްރާ ވިސްނާލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަޞްރާގެ ޖަވާބު އަޑުއަހާފައި ޔޫނުސްއަށް ހިނިތުންވެލެވުނެވެ.

 

“އެހެންތަ؟ ޔޫންބެ ކޮއްކޮއަކަށް އިންވައިޓެއް ނުވެސް ކުރޭ. ނަޞްރާ މިސް ޔޫންބެއަށް މާ ގިނަ ހޯމްބޯކުދޭތީދޯ ޔޫންބެއަށް ކޮއްކޮމެންގެއަށް ނާދެވެނީ؟” އަބާން ސުވާލުކުރިއެވެ. އަބާން އެންމެ ފަހަކަށް ކުރި ސުވާލަކުން އެންމެނަށް ހީލެވުނީ ހުނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. އަބާން އެންމެންގެ މޫނަށް ވަކިވަކިން ބަލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ކޮއްކޮ ޖޯކަކަށް ނޫނޭ އެހެން ބުނީ. ނަޞްރާ މިސް ހަމަ އަސްލުވެސް ބައިވަރު ހޯމްބޯކުދެޔޭ ބޮޑު ކުދިން ބުނާ އަޑުއަހަން. އެކަމަކު މިސް، މިއަދު ހަވީރު ޔޫންބެ ކޮއްކޮއާއެކީ ކައިޓް އަރުވަން ފޮނުވިދާނެތަ؟” އަބާން އޭނަގެ ބޮޑު ދެލޮލުން ނަޞްރާއަށް ބަލަންހުރެ އޭނަގެ އަތުގައި އޮތް މަޑި ދައްކާލަމުން އަހާލިއެވެ.

 

“މާޝާ ﷲ. ވަރަށް ރީތި ކައިޓެއް. އަބޫ ހެދި އެއްޗެއްތަ؟” ނަޞްރާ އެކުވެރި ގޮތަކަށް ސުވާލުކުރިއެވެ. އަބާން ބޯހޫރުވާލިއެވެ.

 

“ނޫން، ޔޫންބެ ހެދި އެއްޗެއް. ޔޫންބެ ވަރަށް ކްރިއޭޓިވްވާނެ.” އަބާން ބުނެލިއެވެ. ނަޞްރާއަށް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސް ނޫންކަމަށް ހަދާފައި ވައްކަޅިން އޭނައަށް ބަލާލިކަން ނަޞްރާއަށް އެނގުނެވެ. އެއަށްފަހު އޭނަ އިސްޖަހާލުމުން ނަޞްރާ ވާހަކަ ދެއްކިއެވެ.

 

“އެންމެ ރަނގަޅު ކޮއްކޮ މިއަދް…..” ނަޞްރާގެ ވާހަކަ ޔޫނުސް މެދުކަނޑާލީ އަބޫއޭ ކިޔައި ގޮވާލަމުންނެވެ. އެއާއެކު އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް އަބާންއަށް ބަލަހައްޓައިގެން ހުރެ ކުރުފައި މައްޗަށް ތިރިވިއެވެ.

 

“އަބޫ މިއަދަކު ޔޫންބެއަށް ނާދެވޭނެ.” އަބާންގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޔޫނުސް ބުނެލިއެވެ. ޔޫނުސް ބުނި އެއްޗަކުން ނަޞްރާގެ ދެބުމަ ކައިރިވިއެވެ.

 

“ނޯ! އެއީ ކީއްވެ؟” އަބާންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ.

 

“ހޯމްވޯކެއް އެބައޮތް ހަދަންވެފަ.” ޔޫނުސް ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. ޔޫނުސްގެ އެ ވާހަކަ އިވިފައި ބޭރުގައި ހުރި ޒަޔާންއަށް ހިނިތުންވެލެވުނުއިރު ނަޞްރާގެ މެއަށް ފިނިވިއެވެ. ޔޫނުސް އެ ދައްކަނީ ކޮންކަހަލަ ހޯމްވޯކެއްގެ ވާހަކަ ހެއްޔެވެ؟ އެންމެ ފުރަތަމަ އެހެން ކަހަލަ ޚިޔާލުތަކެއް ކުރެވުނަސް އެވާނީ އޮފީހުގެ މަސައްކަތަށޭ ފަހުން ނަޞްރާގެ ހިތް ބުންޏެވެ.

 

އަބާން ދެންވެސް ޝަކުވާކުރަން އުޅުމުން ޒަޔާން އޭނައަށް ގޮވާލިއެވެ.

 

“އަބޫ އާދޭ ދެން މިއަދު. އަބޫވެސް ހޯމްވޯކްތައް ހަދަންވެފަ އެބަހުއްޓެއްނު؟ ހޯމްވޯކް ނިމުނީމަ ބައްޕިއާއެކީ ކައިޓް އަރުވަން ދާނީ. ޗޮކްލެޓްވެސް ގަނެދޭނަން ދާ މަގުމަތީގަ.” ޒަޔާން ބުނެލިއެވެ. އަބާން އޭނަގެ ބައްޕައަށް ބަލާފައި އަނެއްކާވެސް ދެރަ މޫނަކާއެކީ ޔޫނުސްއަށް ބަލާލިއެވެ.

 

“ޔޫންބެ މިއަންނަ ހުކުރު ދުވަހު އަބޫމެންގެއަށް އަންނާނަން، އިރާދަކުރެއްވިއްޔާ. އެންމެ ރަނގަޅެއްނު؟” ޔޫނުސް ދެންވެސް އަބާންގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އަބާން މަޑުމަޑުން ބޯޖަހާލިއެވެ. ޒަޔާން ހިނގާށޭ ބުނެލުމުން ޔޫނުސް އަބާންގެ ކޮނޑުން ދޫކޮއްލިއެވެ. އަބާން ޔޫނުސްމެނަށް ފަސްދީފައި ދާން ހިނގައިގަތް ވަގުތު ޔޫނުސް އަނެއްކާވެސް ދޮރު ލައްޕާލިއެވެ. އަދި ފަސްއެނބުރި ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ.

 

“ހިނގާ ކައްކަން.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ޔޫނުސް އެ ބުނެލި އެއްޗަކުން ނަޞްރާ ހުއްޓުން އެރިއެވެ. ކުޑައިރުކޮޅެއް ކުރިން ޔޫނުސް ކުރި ކަމަކާއި އޭނަ މިހާރު މި ބުނި އެއްޗަކާ ނުގުޅުނީތީވެއެވެ. ކޮންމެއަކަސް ނަޞްރާ ބޯޖަހާލިއެވެ. އަދި ޔޫނުސް ހިނގައިގަތުމުން އޭނަ ފަހަތުން ދިޔައެވެ.

 

އިއްޔެއާއި ޚިލާފަށް ބަދިގެތެރޭގައި މަސައްކަތް ކުރަމުން ދިޔައިރު ޔޫނުސް ވަރަށް ގިނަގިނައިން އޭނައަށް ބަލަމުން ހިނިތުންވަމުން ދިޔަކަން ނަޞްރާއަށް ފާހަގަކުރެވެމުން ދިޔައެވެ. ޔޫނުސްގެ ހިނިތުންވުންތަކަށް ނަޞްރާއަށް ގިނަ ފަހަރު ހިނިތުންނުވެވެނީ ހިތަށް ވެރިވާ ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ. ޔޫނުސްއަށް މިއަދު މާ ވަރަކަށް ހެވެނީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ނުކުރީ ޔޫނުސް އަމިއްލައަށް އެ ވާހަކަ ބުނާނެއޭ ހިތާއެވެ.

 

ނަޞްރާ އޭނައަށް ބަލައިލާ ކޮންމެ ފަހަރަކު ޔޫނުސް ހިނިތުންވުމެއްގައި ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަޞްރާއާއި އެކުވެރިވެދާނެ އެއްގޮތަކީ މިއީކަމަށް އޭނައަށް ނިންމުނީތީވެއެވެ. ތިމާއާއި ގިނަގިނައިން ހިނިތުންވާ މީހަކާ ތިމާ އެކުވެރިވުމަކީ ގާތްކަމަކަށްވާތީވެއެވެ. ނަޞްރާއާއި އެކުވެރި ނުވެ އޭނައާއި ކައިރިވާ ގޮތަށް ނިންމި ޚިޔާލު ޔޫނުސް ބަދަލުކޮށްލައިފިއެވެ. ދެމީހުންނަށް ދެމީހުން ކަމުދިޔަޔަސް އަދި ރަނގަޅަށް ލޯބިވެވެން ޔޫނުސް ބޭނުންވިއެވެ. ޔޫނުސް ދެކޭ ގޮތުގައި ރަނގަޅަށް ލޯބިވެވޭނީ އެކުވެރިވުމަށް ފަހުގައެވެ. އެހެންކަމުން ޔޫނުސް ގަދަކަމުން ވިޔަސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައިގެން ހުރެވޭތޯ ބަލަމުން ދިޔައެވެ. އެ ހިނިތުންވުމާމެދު ނަޞްރާ ކުރާ ސުވާލަކުން ވެސް އެދެމީހުންގެ އެކުވެރިކަން ފެށިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކައްކައި ކައި ނިމުނުއިރުވެސް ނަޞްރާ އެ ސުވާލެއް ނުކުރި ތާނގައި އެހެން ވާހަކައެއްވެސް ނުދެއްކިއެވެ. ޔޫނުސްއަށް ވެސް މިފަހަރު ސުފުރާ ދޮށުގައި ދައްކާނެ ވާހަކައެއް ނޭނގުނެވެ.

 

އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް ވިސްނެމުން ދިޔައީ ގެއަށް ގޮސް ނަޞްރާއާއެކީ ކުރާނެ ކަމަކާމެދުގައެވެ. އޭނަ މިއަދު އަބާންގެ ދަޢުވަތުވެސް ޤަބޫލު ނުކުރީ ވެސް ނަޞްރާއާއެކީ ވަކިން ވަގުތު ހޭދަކުރަން ބޭނުންވެގެންނެވެ. އޭނަ ވީހާވެސް އަވަހަކަށް ނަޞްރާއަކީ އޭނަ އެންމެ ބޮޑަށް ވަގުތު ހޭދަކުރަން ބޭނުންވާ ކުއްޖާ ކަމުގައި ހަދަން ބޭނުންވިއެވެ. މިއަދު ޔޫނުސްއަށް އޮފީހުގައި އުޅޭ ކުދިންނާ ވާހަކަ ދެއްކޭ ވަރަށްވެސް ނަޞްރާއަކާ ވާހަކައެއް ނުދެކެވެއެވެ. ލަސްލަހުން އެކަން ބަދަލުވާނެކަން ޔޫނުސްއަށް އެނގުނަސް އޭނަ އަވަހަށް މިކަން ބަދަލުވުމަށް އެދެނީ އެއީ ނަޞްރާގެ ޙައްޤުގައި ވަރަށް ބޮޑު ނާއިންސާފެއްކަމުގައި އޭނަ ދެކޭތީވެއެވެ.

 

ގެއަށް ވަތްވަގުތު ނަޞްރާ ގޮވައިގެން އަތިރިމައްޗަށް ދާނީއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަމަވެސް އަތިރިމައްޗަށް ގޮއްސަވެސް އެއްވެސް ވާހަކައެއް ނުދައްކައި ދެމީހުންނަށް ތިބެވިދާނެއޭ އޭގެ ދެވަނަ ސިކުންތުގައި ޔޫނުސްގެ ހިތް ބުންޏެވެ. ޔޫނުސް ބިމަށް ބަލަހައްޓައިގެން ހުރެ ގެއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި ދެންވެސް ވިސްނުމެއްގައި ހުރެ ކުރިއަށް ހިނގަން ފެށިއެވެ. އޭނަ ކުރިމައްޗަށް ބަލާލި ވަގުތު އޭނައަށް ކޮޓަރީގެ ދޮރާއި ހަމަ ކުރެވިއްޖެއެވެ. ކުރިމަތިން އޭނައަށް ނަޒަރު ހުއްޓާލެވުނީ އެ ގޭގައި އޮންނަ ހަނި މަގުގެ ވާތް ފަރާތުގައި ކޮޓަރި ފަހަނަޅައި ދެވެން ހުރި ދޮރާއި ދިމާލަށެވެ. އެއާއެކު ޔޫނުސްއަށް މޮޅު ޚިޔާލެއް ލިބުނެވެ. އޭނަ އެއްފަހަރު އޭނަ ކައިރީގައި ހުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާފައި ކުރިމަތިން ފެންނަމުން ދިޔަ ދޮރާއި ދިމާލަށް ބަލާލައިފިއެވެ. އެއަށްފަހު އެ ދޮރާއި ހަމައަށް ގޮސް ދޮރު ހުޅުވާލައިފިއެވެ. އެއީ އެގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިއެވެ. އެ ކޮޓަރީގައި ފޮތްތައް ހުރީ ހަމައެކަނި މެދުގައި ހުރި ފާރުކައިރީގައި ހުރި ހަރުގަނޑުގައެއް ނޫނެވެ. އެ ކޮޓަރީގެ އެތަން މިތަނުގައި ހުރި އެކިއެކި ފޮށިތަކަކީ ވެސް ފޮތްތަކަކުން ފުރިގެންވާ ފޮށި ގަނޑުތަކެވެ. ޔޫނުސް އެންމެ ފުރަތަމަ ފޮތް ހަރުގަނޑާއި ދިމާލަށް ދާން އުޅެފަވެސް ކައިރީގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ފަންސުރު ކުލަތަކެއް އޭނަގެ ލޮލުގައި އެޅިއެވެ. ޔޫނުސް އެ ފޮށިގަނޑު ކައިރިއަށް ގޮސް އޭގައި ހުރި އެއްޗެއް ބެލުމަށްޓަކައި ކުރުފައިމައްޗަށް ތިރިވިއެވެ. އޭނަ މަތިން ފެންނަމުން ދިޔަ ކުލަތައް އެއްފަރާތް ކޮށްލުމުން ފެނިގެން ދިޔައީ މޮނީޓަރު ފޮތްތަކެވެ. މިއީ ކޮން ފޮތްތަކެއްކަން ނަގައިގަންނަން ޔޫނުސްއަށް މާ ގިނައިރެއް ނުނެގިއެވެ. އެންމެ މަތިން ފެންނަމުން ދިޔަ ފޮތުގައި އޭނަގެ ނަން ކާޑެއް ހަރުކުރެވިފައި އޮތް އިރު އޭގައި އޮތީ “ގްރޭޑް 3” އެވެ. ޔޫނުސް ހެވިފައިހުރެ އެ ފޮތް ހުޅުވައި ބަލާލިއެވެ. މިއީ ނަޞްރާއާއި ޙިއްސާކުރަން ރަނގަޅު އެއްޗެއް ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.

 

ނަޞްރާ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕުން ސްކޫލްގެ މަސައްކަތެއްކުރަން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އޭނަ އެ ދިމާލަށް ބަލާލިއިރު ދޮރުމަތީގައި ފުރިހަމަ ހިނިތުންވުމެއްގައި ޔޫނުސް ހުއްޓެވެ.

 

“ނަޞްރާ ބިޒީތަ؟” ޔޫނުސް އަހާލިއެވެ.

 

“ނޫން އެހާ ބިޒީއެއްނޫން.” ނަޞްރާ ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ.

 

“އާދެބަލަ.” ޔޫނުސް ދެންވެސް ހެވިފައިހުރެ އެއްއަތުން އައުމަށް ޢިޝާރާތް ކުރަމުން ކޮޓަރިން ނިކުތެވެ. ނަޞްރާ ވާނުވާއެއް ނޭނގިފައި ކޮޓަރިން ނިކުންނަން ދިޔައެވެ.

 

ޔޫނުސްގެ ފަހަތުން ދިޔަ ނަޞްރާއަށް ވަދެވުނީ ފޮތާއި ފޮށިތަކުން ފުރިފައިވި ކޮޓަރިއަކަށެވެ. ނަޞްރާ ވަށައި ހޯދަމުން އެ ކޮޓަރިއަށް ވަތްއިރު ޔޫނުސް އެއްކަލަ ފޮށިގަނޑުގެ ކައިރީގައި ބިންމަތީގައި އިށީނެވެ. އަދި ނަޞްރާއަށް ގޮވާލަމުން އައުމަށް އެދުނެވެ. ޔޫނުސް އެ ފޮށިތެރެއިން ފޮތެއް ނެގި ވަގުތު ނަޞްރާ ގޮސް އޭނަ ކައިރީގައި ބިމުގައި އިށީނެވެ.

 

“މިއީ އަހަރެން ގްރޭޑް 3 ގެ ފޮތްތައް.” ޔޫނުސް އޭނަގެ އަތުގައި އޮތް ފޮތް ހުޅުވާލަމުން ބުނެލިއެވެ. ނަޞްރާ ޝައުޤުވެރިވީ ވަރުން އެހެންހޭ ކިޔައި ވަކި މާ ބޮޑު ވިސްނުމެއްނެތި ޔޫނުސްއާ އިތުރަށް ކައިރިއަށް ޖެހިލަމުން އެ ފޮތަށް ބަލާލިއެވެ. މި ހުރެވުނީ މާ ކައިރީގައޭ ހިތް ބުންޏެއްކަމަކު ދުރުވާންވީ ސަބަބެއްނެތްކަމަށް ނަޞްރާގެ ސިކުނޑި ބުންޏެވެ. އެހެންކަމުން އޭނަ ދުރުނުވާން ނިންމިއެވެ.

 

“އީ.އެސް ފޮތުގަ ނުހުންނާނެ ކަންނޭނގެ އެހާ ގިނަ ކުށްތަކެއް. އަހަރެން ވަރަށް ކިޔަވާ ހިތުން ކިޔެވި މާއްދާއެއް މިއީ.” ޔޫނުސް އޭނަގެ އަތްމަތީގައި އޮތް ފޮތައް ބަލަހައްޓައިގެން ހުރެފައި ނަޞްރާއަށް ބަލާލިއިރު ނަޞްރާ ނުހަނު ކައިރިން ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ނަމަވެސް އޭނަ އިރުކޮޅަކު ހުރެފައި ދުރުވުމުގެ ބަދަލުގައި ހިނިތުންވެލައިފިއެވެ. އޭރު ނަޞްރާ ހުރީ ފޮތައް ބަލަހައްޓައިގެންނެވެ.

 

“ހާދަ ރީއްޗަށޭ ކުލަވެސް ޖައްސާފަ މިހުރީ. އެހެން ފޮތެއް ނަގާބަލަ.” ނަޞްރާ އެހެން ބުނެލަމުން ކުރިމަތީގައި ހުރި ބޮޑު ފޮށީގެ ތެރެއަށް އަތް ބާނައިގެން އަތުގައި ޖެހުނު ފޮތެއް ނެގިއެވެ. މި ފަހަރު ނެގުނީ ޔޫނުސް ގްރޭޑް 3 ގައި ގެންގުޅުނު އިނގިރޭސި ފޮތެވެ. ނަޞްރާ އޭތި ހުޅުވާލިއެވެ. ގަނޑުތައް އުކަމުން ގޮސް ނަޞްރާ ކުއްލިއަކަށް  އޭނަގެ އަތް މަޑުޖައްސާލަމުން ހިނިތުންވެލައިފިއެވެ.

 

“މައި ފޭވަރިޓް ފުޑް. މައި ފޭވަރިޓް ފުޑް އިޒް ރިހާކުރު. ރިހާކުރުސް ކަލާރ އިޒް ބްލެކް. ރިހާކުރު ޓޭސްޓްސް ޓޭސްޓީ. ރިހާކުރު އިޒް މޭޑް އަޕް އޮފް….” ނަޞްރާ ހެވިފައިހުރެ އަޑު ހަރުކޮށް އޭތި ކިޔަން ފެށުމުން ޔޫނުސް ފޮތް ޖަހައިގަންނަން އުޅުނެވެ. ނަމަވެސް ނަޞްރާ ޔޫނުސްގެ އަތާއި އެ ފޮތް ދުރުކުރަމުން ކިޔަމުން ކުރިއަށް ގެންދިޔައެވެ.

 

“އަޅެ މި ތަންކޮޅު ނުލިޔެ މިއޮތީ ކީއްވެތަ؟ ރިހާކުރު އިޒް މޭޑް އަޕް އޮފް؟” ނަޞްރާ ހެމުންހެމުން ސުވާލުކުރިއެވެ. އޭރުވެސް ޔޫނުސް އެފޮތް ނަޞްރާގެ އަތުން ޖަހައިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.

 

“ދެން މީހަކަށް ނޭނގެންޏާ ނުލިޔެވޭނެތާދޯ؟” ޔޫނުސް ނުހޭން މަސައްކަތް ކުރަމުން ބުނެލިއެވެ. ނަޞްރާއަށް އިތުރަށް ހެވުނެވެ. ޔޫނުސްއަށް އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނެވެ. ނަޞްރާ ގެ ހުނުން ދެމިގެން ދާނެ ގޮތެއް ހެދުމަށް އޭނަގެ ހިތުގައި ޝަޢުޤުވެރިކަމެއް އުފެދުނެވެ.

 

“އަދި ދިވެހި ފޮތުގަ ހުންނަ އެއްޗެހި މާ މަޖާވާނެ.” ޔޫނުސް ފޮށީގެ ތެރެ ބަލައި ދިވެހި ފޮތް ހޯދަމުން ބުނެލިއެވެ. ނަޞްރާ ދެންވެސް ހުރީ ހުނުމެއްގެ ތެރޭގައެވެ.

 

“މަޑުކޮށްބަލަ. ބަލަ މިތާ މިއޮތް އެއްޗެއް. މައި ފްރެންޑްސް އެންޑް އައި ވެންޓް ޓު ދަ ބެޗް. އެއީ ކޯއްޗެއް ބެޗްއަކީ؟” ނަޞްރާ ފުރިހަމަ ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ. ޔޫނުސް ނަޞްރާގެ އަތުގައި އޮތް ފޮތައް ބަލާލިއެވެ.

 

“ބީޗް…ބީޗް!” ޔޫނުސް ދިގުކޮށް ބުނެލިއެވެ. އޭނައަށް ނުބައިކޮށް ސްޕެލިންގް ލިޔެވިފައި އޮތީއެވެ. ނަޞްރާއަށް އަނެއްކާވެސް ހެވެން ފެށުނެވެ. އެވަގުތު ޔޫނުސް ނަޞްރާގެ އަތުން އެ ފޮތް ޖަހައިގަތެވެ. އަދި ފޮށިން އެހެން ފޮތެއް ނަގައި ހުޅުވާލިއެވެ. އަދި އޭގެ ގަނޑުތައް އުކަން ފެށިއެވެ.

 

“އަހަރެން ޗުއްޓީ ހޭދަކުރި ގޮތް. ޗުއްޓީގައި އަހަރެން ވަރަށް މަޖާކުރީމެވެ. އަހަރެން އަހަރެންގެ އެކުވެރިންނާއެކީ ފުޓުބޯޅަ ކުޅުނީއެވެ. އެއަށްފަހު….އަހަރެން އަހަރެންގެ މަންމައާއި ބައްޕައާއެކީ ދަތުރު ދިޔައީއެވެ….” ޔޫނުސް ފޮތުގައިވި އެއްޗެއް ކިޔަން ފެށީ ނުހަނު ފޯރިއާއެކީ ކަމަށްވިޔަސް އެންމެ ފަހު ޖުމްލަ ބުނެލީއިރު އޭނަގެ މޫނުމަތީގެ ކުލަވަރު އޮއްސެމުން ދިޔައެވެ. ފޮތައް ބަލަންހުރި ނަޞްރާއަށް ޔޫނުސްގެ އަޑު ފޭދެމުން ދިޔަކަން ފާހަގަކުރެވި ޔޫނުސްއަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސްގެ މޫނުމަތީގެ އުޖާލާކަން ގެއްލިއްޖެއެވެ. ޔޫނުސް އިސްޖަހާލި ވަގުތު އޭނަ އޭނަގެ އަތުގައި އޮތް ފޮތްވެސް ލައްޕާލައިފިއެވެ. ޔޫނުސް އެ ފޮތް ބިންމަތީގައި ބާއްވާފައި ނަޞްރާއަށް ބަލާލުމެއްނެތި ކޮޅަށް ތެދުވިއެވެ. އަދި ލަސް ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާއަށް ކަންބޮޑުވުމަކާއެކީ އެ މަންޒަރު ބަލަން ހުރެވުނެވެ. ދެންމެ ޔޫނުސްގެ އަޑު ފޭދުނުއިރު ކިޔަކިޔާހުރި ޖުމްލައާމެދު ވިސްނާލެވުނެވެ. މަންމައާއި ބައްޕައޭ ކިޔުނު ހަނދާންވުމުން ނަޞްރާގެ ދެބުމަ ކައިރިވިއެވެ. އެއީ އަދި އޭނައަށް ވިސްނާނުލެވި އޮތް ތަންކޮޅެކެވެ. ޔޫނުސްގެ ޢާއިލާ ކޮބައިހެއްޔެވެ؟ ޔޫނުސްއަކީ މުޅި ޢުމުރު އެކަނިވެރިކަމުގައި އުޅުނު މީހެއްކަމުގައި ނުވާނެއެވެ. ބައްޕަ ވެސް ޔޫނުސްގެ ޢާއިލާގެ ވާހަކައެއް އޭނައަށް ކިޔައި ދީފައިނުވާކަން ނަޞްރާއަށް ފާހަގަވީ އަދި ކިރިޔާއެވެ. ދެންމެ ޔޫނުސްއަށް ވީ ގޮތުން ހީވަނީ އޭނަގެ މަންމައާއި ބައްޕަ ދުނިޔެ ދޫކޮށް ގޮސްފައިވީ ހެންނެވެ. ނަޞްރާގެ ހިތަށް ތަދުވިއެވެ. އޭނަގެ އަމިއްލަ މަންމަ މަތިން ހަނދާންވުމުންނެވެ. އޭނައަށް ގެއްލިފައިވަނީ ހަމައެކަނި އޭނަގެ މަންމައެވެ. ނަމަވެސް މި ފެންނަ ގޮތުން ހީވަނީ ޔޫނުސްއަށް އޭނަގެ މަންމައާއި ބައްޕަވެސް ގެއްލިފައިވާ ހެންނެވެ. ނަޞްރާއަށް ބިމަށް ބަލަހައްޓައިގެން ހުރެ އަނެއްކާވެސް ޔޫނުސް ނިކުތް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު ކޮޅަށް ތެދުވެވުނެވެ.

 

ކޮޓަރިއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔަ ނަޞްރާގެ ފިޔަވަޅުތައް މަޑުޖެހުނީ ގިސްލުމެއްގެ އަޑު އިވުނުހެން ހީވުމުންނެވެ. އޭރު އޭނައަށް ހުރެވުނީ ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރު ކައިރީގައެވެ. ނަޞްރާ ލަސްލަހުން ކޮޓަރިތެރެ ފެންނާނެހެން ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އޭރު އެނދުމަތީގައި ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިން ޔޫނުސް ނަޞްރާއަށް ފެނުނެވެ. ޔޫނުސްގެ ދެކޮނޑު ތުރުތުރު އަޅަމުން ދިޔަގޮތުން އޭނަ ރޮނީކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ނަޞްރާ އެ މަންޒަރު ބަލަންހުރެ އެސްފިޔަ ޖަހާލި ވަގުތު އޭނަގެ ދެލޯ ތެމުނެވެ. އޭނަގެ މޭގައި ރިހުމެއް އުފެދި މުޅި މޭތެރެއަށް އެ ރިހުން ފެތުރެން ފެށިއެވެ. ޔޫނުސްއަށް އޭނަގެ ޢާއިލާ ގެއްލިފައިވަނީ ކިހިނެއްތޯ ނަޞްރާގެ ހިތް ސުވާލުކުރިއެވެ. ކޮންމެ ގޮތަކަށް ވިޔަސް އެކަން ވެފައިވަނީ ވަރަށް ހިތްދަތިކޮށްކަން ނަޞްރާއަށް ޔަޤީން ކުރެވުނެވެ. އެހެނީ އޭނަ ދުވަހަކު ވެސް ފިރިހެނަކު މިހާވަރަށް ރޯތަނެއް ނުދެކެވެ. ޔޫނުސްއަށް ހަމަޖެހުމެއް ގެނެސްދޭން ނަޞްރާ ބޭނުންވިއެއްކަމަކު ބުނެލާނެ ބަސްތަކެއް ނަޞްރާއަކަށް ނޭނގުނެވެ. އަދި އަމުދުން ޔޫނުސްގެ ޢާއިލާ ދުނިޔެ ދޫކޮށްފައިވާ ކަމަށް އޭނައަށް ހީވާހީވުމަކީ ޙަޤީޤަތަކަށް ނުވެވެސް ހިނގައިދާނެއޭ ނަޞްރާގެ ހިތަށްއެރިއެވެ. ކުރާނެ ވަކި ކަމެއް ނޭނގުމުން ނަޞްރާ ޔޫނުސްއަށް ބަލަން ހުރެފައި ދިޔުމަށްޓަކައި ޔޫނުސްއަށް ފަސްދީފިއެވެ. ދުރަށް ދިޔުމުގެ ކުރިން ނަޞްރާއަށް އަދިވެސް އެއްފަހަރު ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް އޭނަގެ ކޯތާފަތުން ކަރުނަ ފޮހެނީއެވެ. ކަރުނަ ފޮހުމަށްފަހު ވެސް ޔޫނުސް އޭނަގެ މޫނުގައި ދެއަތް އަޅާލިއެވެ. ހިނދުކޮޅަކަށްފަހު އަނެއްކާވެސް ޔޫނުސްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ނަޞްރާއަށް އެ ދިމާލަށް ދެރަ ގޮތަކަށް ބަލަހައްޓައިގެން ހުރެފައި ދުރުބެލެން ފެށިއެވެ. އެވަގުތު އޭނަ ދުރުބަލަންވީ ކީއްވެހޭ ބުނެ އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. މިއަދު އޭނަ ޔޫނުސްއާ ދުރަށް ގޮއްސިއްޔާ އޭނަ މިގޭގައި ހުރުމެކޭ ނެތުމެކޭ އެއްކަމެއް ނޫންހެއްޔެވެ؟ ޔޫނުސް އޭނައާ އިނުމުގެ ކުރިންވެސް ޔޫނުސް ހިތާމަކުރީހީ މިގޮތަށެވެ. އޭނައާ އިނުމަށްފަހު…..އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. ނަޞްރާގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އެވަގުތު އޭނަ ޔޫނުސްއަށް ބަލާލިއެވެ. އަދި ފުން ނޭވައެއް އެތެރެއަށް ދަމަމުން ކޮޓަރިއަށްވަނެވެ. ނަޞްރާ ކޮޓަރިއަށް ވަދެ އާދައިގެ ހިނގުމެއްގައި ޔޫނުސް ކައިރިއަށް ގޮސް އޭނަގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ކުރުފައިމައްޗަށް ތިރިވިއެވެ.

 

“ޔޫނުސް.” ނަޞްރާގެ އަޑަށް ޔޫނުސްގެ ގިސްލުމަށް ހުއްޓުމެއްއައެވެ. ނަޞްރާ ބަލަބަލާ ހުއްޓާ ޔޫނުސް މަޑުމަޑުން އޭނަގެ މޫނުން ދެއަތް ނަގާލިއެވެ. އެވަގުތު ޔޫނުސްގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަޞްރާގެ ހިތް ވިރިގެންދާން އުޅުނުހެން ހީވިއެވެ. ރުއިން ހުއްޓުނެއްކަމަކު ޔޫނުސްގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ނިމުމެއްނުވާ ވޭނެކެވެ. ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ އަރުތެރެ ބެދުނެވެ. އޭނަ ޔޫނުސްއާއެކީ އެބަހުރިކަން ނަޞްރާ ޔޫނުސްއަށް އަންގަން ބޭނުންވިއެވެ. ދުލުން އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން ނަޞްރާ ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ޔޫނުސްގެ އެއްއަތުގައި ދެއަތުން ހިފެހެއްޓިއެވެ.

 

ކުޑަކޮށް ސިހުންވި ޔޫނުސް އެއްފަހަރު ނަޞްރާ ހިފަހައްޓާލި އަތައް އަނެއްފަހަރު ނަޞްރާއަށް ބަލާލިއެވެ. ނަޞްރާ ހުރީ އިސްޖަހައި ދެލޯ މަރައިގެންނެވެ. ނަޞްރާ އެ މަސައްކަތް ކުރަނީ އޭނައަށް ހަމަޖެހުމެއް ގެނެސްދޭންކަން ނަގައިގަނެވުނު ވަގުތު ޔޫނުސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަޞްރާއަށް އޭނަގެ އަތުގައި ހިފަހައްޓާލެވޭނީ ވެސް ކިހާ ހިތްވަރެއް ކޮށްގެންކަން އިޙްޞާޞް ކުރެވުމުން ޔޫނުސް ހިނދުކޮޅަކަށް އޭނަ ދެންމެ ރޯން ހުރި ސަބަބުވެސް ހަނދާން ނެތުނެވެ. މިއަދު އޭނަ ކިތަންމެ ވޭނެއް ތަޙައްމަލުކުރަން ޖެހުނަސް އެކަނިވެރިކަމުގައި ތަޙައްމަލު ކުރަން ނުޖެހޭނެކަން އެނގުންވި ވަގުތު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ޔޫނުސް ނަޞްރާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އެއަތް މައްޗަށް ނެގިއެވެ. ޔޫނުސްގެ އަތުން ދޫކޮއްލުމެއްނެތި ހުރި ނަޞްރާގެ ލޯ ހުޅުވުނެވެ. ނަޞްރާއަށް ވީނުވީއެއް ނޭނގި މާ ގިނައިރެއްނުވެ އޭނައަށް އަނެއްކާވެސް ހުރެވުނީ ޔޫނުސްގެ އަތުތެރޭގައެވެ.

 

އެރޭ 8:00 ޖެހި ވަގުތު އަފްރީން އިނީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ފިލާވަޅެއް ހަދާށެވެ. ހިސާބުގެ ފިލާވަޅު ހަދަމުން ގޮސް އެއްސުވާލެއް ހަދަން ނޭނގުމުން އަފްރީން ފޫހިވާން ފަށައިފިއެވެ. އޭނަ ފޮތް ލައްޕާލަމުން އެއްފަރާތް ކޮއްލިއެވެ. އަދި ކިޔަވާ މޭޒުގެ ކަނެއްގައި ހުރި ލެޕްޓޮޕް ނަގައި ފޭސްބުކަށް ވަދެލައިފިއެވެ. ފޭސްބުކަށް ވަތްއިރު އެތައް ނޮޓިފިކޭޝަނެއް ލިބިފައި ހުއްޓެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރއަށް 100 އަށްވުރެ ގިނަ ލައިކްސް ލިބިފައި ހުއްޓެވެ. އަފްރީން އެ ފޮޓޯ ހުޅުވާލިއެވެ. އަދި އޭގެ ދަށުގައި ހުރި ކޮމެންޓްތައް ކިޔަން ފެށިއެވެ. ގިނަ ކޮމެންޓްތައް ކޮށްފައިހުރީ ފިރިހެން ކުދިންނެވެ. އެ މީހުން އަފްރީންއަށް ތަޢުރީފުކޮށްފައި ހުރިއިރު އަފްރީންއަށް ފޮނިވެފައި އެ ތަޢުރީފުތައް ކިޔަން އިނދެވުނެވެ. އެ ފިރިހެން ކުދިންގެ ތެރޭގައި ނައުފާއާއި އޭނަގެ އެހެން އެކުވެރިންގެ ލޯބިވެރިން ވެސް ހިމެނެއެވެ. ނަމަވެސް މިއީ އެ މީހުން އަފްރީންގެ އެކުވެރިންނަށް ބޭވަފާތެރިވީ ކަމެއްގެ ނިޝާނެއްކަމުގައި ނުބެލެވޭނެއެވެ. ނައުފާމެން ވެސް އެ މީހުންގެ ލޯބިވެރިން ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓްކޮށް ހަދައެވެ. ޚުދު އަފްރީން ވެސް އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓް ކުރެއެވެ. އަދި އޭނަ ރައްޓެހިވެގެން ހުންނަ ކުއްޖާވެސް އެހެން އަންހެން ކުދިންގެ ފޮޓޯތައް “ލައިކް”ވާކަން އަފްރީންއަށް އެނގެއެވެ. އެހެނަސް މިއީ މާ ބޮޑު ކަންތައްތަކެއްނޫނެވެ. ސިނާން އެހެން އަންހެން ކުދިންގެ ފޮޓޯތައް ބަލައި އެ ފޮޓޯތަކަށް ކޮމެންޓް ކުރިއަސް ސިނާން “ލޯބި”ވަނީ އޭނަ ދެކެއެވެ.

 

އަފްރީން ކިޔަވާ މޭޒުދޮށުގައި އިންދާ ކައިރީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ސިނާންގެ ނަން ފެނިފައި އަފްރީންގެ ރޫޙަށް ޖޯޝެއްއައެވެ. އޭނަ އުފަލުން ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ސިނާން އާއި ވާހަކަ ދައްކަން ފެށިތާ މާ ގިނައިރެއްނުވެ އަފްރީން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އެއަށްފަހު ސިނާންއާއި ވާހަކަ ދައްކަމުން އެނދުގައި ގޮސް އޮށޯތީ އެދެމެދުގައި ދެކެވޭނެ ވާހަކަ ކުރެއްނުވާނެކަން ދަނެގެންނެވެ.

 

އެރޭވެސް ވަރަށް ދަން ވަންދެން ޔޫނުސްއާއި ނަޞްރާ ތިބީ އެމީހުންގެ ލެޕްޓޮޕަށް ބަލަހައްޓައިގެން މަސައްކަތުގައެވެ. ދަންވަރު 12 ޖެހިއިރު ނަޞްރާ ވަރުބަލި ކަމާއެކީ އޭނަގެ ލެޕްޓޮޕް ލައްޕާލިއެވެ. އަދި ކޮޓަރިން ބޭރަށް ދިޔައީ ޔޫނުސް ކޮބައިތޯ ބެލުމަށެވެ. މެންދުރު ގޮތަށް ހަވީރުވެސް ޔޫނުސް ކުޑައިރުކޮޅަކަށް އޭނަ ބައްދާލައިގެން ހުރެފައި އޭނަ ގައިން ދޫކޮށްލައިފިއެވެ. އެއަށްފަހު ޔޫނުސް ހުރީ ރަނގަޅު މޫޑެއްގައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރިއިރު ޔޫނުސް ވާހަކައެއް ނުދެއްކިއެއްކަމަކު އެ މޫނުމަތިން ހިނިތުންވުމެއް ފެނިފައި ނަޞްރާގެ ހިތްހަމަޖެހުނެވެ. އޭނައަށް ކުރެވުނު ކުޑަ ކަމަކުން ވެސް ޔޫނުސްގެ ހިތާމައަށް ލުއެއް ހޯދައިދެވުނުހެން ހީވުމުންނެވެ.

 

ނަޞްރާ ގޮސް ބަލާލިއިރު ޔޫނުސް ހުރީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ހުއްޓެއްކަމަކު ޔޫނުސްގެ ދެލޯ މެރެމުން ދިޔައެވެ.

 

“ޔޫނުސް.” ނަޞްރާ ގޮވާލީ ނިދިގެން ގޮސް ޔޫނުސްގެ ބޯޖެހުނު ވަގުތެވެ. ޔޫނުސް ސިހުންވެފައި ވަށައި ހޯދަމުން ނަޞްރާއަށް ނަޒަރު ހުއްޓާލިއެވެ.

 

“ޔޫނުސް……އަހަރެން މިދަނީ ނިދަން.” ނަޞްރާ ބުނެލިއެވެ. އޭނަ ފުރަތަމަ ޔޫނުސްގާތު ބުނަން އުޅުނީ ނިދަން އައުމަށެވެ. އެހެނަސް ކޮންމެވެސް ސަބަބަކާހުރެ އެހެން ބުނާކަށް ނުކެރުނެވެ. އޭނަ އަމިއްލައަށް ނިދަން ދާ ވާހަކަ ބުނުމުން ޔޫނުސް އިރުކޮޅަކުން ނިދަން އަންނާނެކަން ނަޞްރާއަށް އެނގެއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން ހުއްޓާ ޔޫނުސް ބޯޖަހާލިއެވެ. ނަޞްރާ އިސްޖަހާލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިޞްރާބު ޖެހިއެވެ.

 

ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް ނިދިފައިކަން ނަޞްރާއަށް އެނގުނެވެ. ފުރަތަމަ ފަހަރަށް ޔޫނުސްއާއި ދިމާލަށް ބަލަހައްޓައިގެން އޮންނަން ނަޞްރާއަށް ކެރުނެވެ. ޔޫނުސް ނިދަން އޮތް މަންޒަރުވެގެން ދިޔައީ ނަޞްރާ ބަލާބަލާ ފޫހިނުވާނެ ފަދަ މަންޒަރެކެވެ. އޭނައަށް ދިރިއުޅުމުގެ ކުރިއަށް އޮތްތަނުގައި މި މަންޒަރު ބޭނުން ވަރަކަށް ފެންނާނެކަން އެނގުންވުމުން ނަޞްރާއަށް ހިނިތުންވެލަމުން ހިތާހިތުން ޙަމްދުކުރެވުނެވެ. ނަޞްރާ ޔޫނުސްއަށް ބަލަން އޮވެ ޔޫނުސްއާ އެކީ ވޭތުވި ވަގުތުތައް ހަނދާނަށް ގެންނަމުން ދިޔައެވެ. އެ ހަނދާންތަކުގެ ތެރެއިން މިއަދު ޔޫނުސް ރުއިތަން ނަޞްރާގެ ލޮލަށް ސިފަވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔޫނުސް ރޯންވީ ސަބަބު އެނގެން ނަޞްރާ ބޭނުންވިއެވެ. އޭނަ އެކަމާމެދު ޔޫނުސްއާ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް މިއަދު އަދި އޭނައަކީ ޔޫނުސްގެ އަންހެނުންނަށް  ވިޔަސް ޔޫނުސްގެ ބީރައްޓެއްސެކެވެ. އެއްވެސް މީހަކު ބީރައްޓެއްސަކާ އެމީހުންގެ ހިތާމަތައް ޙިއްޞާ ނުކުރާނެއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ޔޫނުސްއާ އެކުވެރިވުމަށް ނަޞްރާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ޔޫނުސްވެސް އޭނައާ އެކުވެރިވާން މަސައްކަތް ކުރާކަން މިއަދު އޭނަގެ ފަރާތުން ފެނުނު ޢަމަލުތަކުން އެނގެއެވެ. ޔޫނުސް އޭނައާއި ދިމަލަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޔޫނުސްއާއި ދިމާލަށް އޭނަވެސް ފިޔަވަޅެއް އެޅުމަށް ނަޞްރާ އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ގޮތް ހުސްވެފައި….

Next

ޝުކުރިއްޔާ ***** (2)

Next
August 10, 2015

ޝުކުރިއްޔާ ***** (2)

Previews
August 10, 2015

ގޮތް ހުސްވެފައި….

83 Comments!

  1. Shiu Inaas says:
    August 10, 2015 at 1:21 pm

    Keehvvetha mi vaahaka ah nuvadhevenee.

  2. Shiu Inaas says:
    August 10, 2015 at 1:21 pm

    Keehvvetha mi vaahaka ah nuvadhevenee.

    1. Halymath Zahudha says:
      August 10, 2015 at 1:29 pm

      Mi story up kuraa komme dhuvahaku ehn vey eba dhw? 🙁

    2. Shiu Inaas says:
      August 10, 2015 at 1:32 pm

      Hmm. Nukiyun. Ehn ehchehi thakeh aranee

  3. Ayshath Shaaila Muhammadh says:
    August 10, 2015 at 1:36 pm

    Keehvetha mi link ah nuvadhevenyy

  4. Phu Winces Iru says:
    August 10, 2015 at 1:40 pm

    Mi link ah ehgothakah ves nuvadhey vay

  5. Amma Dexx says:
    August 10, 2015 at 2:08 pm

    Nuves vadhevey

  6. anth says:
    August 10, 2015 at 2:18 pm

    Varah furihama. Insha Allah.

    1. jana says:
      August 10, 2015 at 9:52 pm

      Alhamdhulillah! 🙂

  7. emiliya says:
    August 10, 2015 at 2:35 pm

    Very nice alhe jaanu when is the next part waiting but emiliya heekuri gothakah nuvi mi story ga ya I I thought that this part would be really rom but it was just a hug………. but looking forward to read this story soon

    1. kayaani says:
      August 10, 2015 at 2:59 pm

      love starts with a smile madu madun cloz vaaney yey dw jana

    2. jana says:
      August 10, 2015 at 9:55 pm

      Alhamdhulillah! 😀 hehe….Emiliya dhen ehaa kulliakah rom ves nuvaane ehnu. adhi ehaa nukerey dhe meehun mi vaahakaiga ulheny. kayaani ebuny hama rangalhah 🙂

  8. Ayesha says:
    August 10, 2015 at 2:39 pm

    Masha Allah..

    1. jana says:
      August 10, 2015 at 9:55 pm

      Alhamdhulillah! 😀

  9. afakko says:
    August 10, 2015 at 2:49 pm

    Hei jana….mi vaahaka vvvv reethi also v iburaiytheri inge…maasha allah..and afakko ah v gina new mauloomathu libijje mi vaahaka in…keep up the good work..jazak allah khayran

    1. jana says:
      August 10, 2015 at 9:56 pm

      Alhamdhulillah! varah ufaavejje mauloomaathu libeykan engunyma. e mauloomaathuge beynun rangalhu gothugai hifahchey In Sha Allah 🙂 Jazakallah Khairan 🙂

  10. afakko says:
    August 10, 2015 at 2:50 pm

    And when is the next part????

    1. jana says:
      August 10, 2015 at 9:57 pm

      Next part wednesday ga In Sha Allah 🙂

  11. kayaani says:
    August 10, 2015 at 2:58 pm

    kayaani vrh sad vejje yoonus egothah rueema..well the question in my mind is why. why was he criyng like that. maybe his parents left the world or they didint except him because of the life he was living before… question marks on my head.. yoonnus and nasra slowly slowly cloze vamun dw dhanee.. this part is really nice. i think afreen is going to do something stupid.. when will you upload next part.. kayaani is waiting for the next part.. luv u jana

    1. emiliya says:
      August 10, 2015 at 3:32 pm

      hey kayaani do u have a boyfriend seems like u have a lot of knowledge about love……………………… jaanu don’t u guess so he he he

    2. Kayaani says:
      August 10, 2015 at 5:15 pm

      The devil of this site labeled me beauty with brains. So i should have knowladge of everything dho even love. Ehen noony devil annaany seedha kill ah kahneynge.. lol??❤?❤??????

    3. Meekail says:
      August 10, 2015 at 5:19 pm

      Aslu ma varah jey vey mashah mikahala vaahaka liyan neyngey thee..

    4. emiliya says:
      August 10, 2015 at 8:43 pm

      i always thought so meekail…….. so thats why u pass such negative comments on this story caux u are j

    5. Meekail says:
      August 10, 2015 at 9:09 pm

      Noolhen emiliya gandu kairy bunaakah. Thee kon kahala nameh tha emiliya yo. Hehehw.. hama hevenee.. ma cmnt kuran vee mà kuraanee.. mind ur ownnnn things..

    6. Meekail says:
      August 10, 2015 at 9:24 pm

      i wasnt me. well ma keeh kuran j vanee kee mashah vaahaka liyan neygunas. ehen baivaru kanthah kuran engeyey.. vaahaka ekani liyan neyngeny

    7. Meekail says:
      August 10, 2015 at 9:25 pm

      spelling mistake. it wasnt me

    8. jana says:
      August 10, 2015 at 10:06 pm

      Yunus ge kanthah madu madun engemun dhaane In Sha Allah. hmm Yoonus and Nasra dhany close vamun. Afreen ah vaa goiy then balamaa hinga. Next part budha dhuvahu In Sha Allah 🙂 Love you too.
      Emiliya, jana dhekeygothuga boyfriendeh ves spouse ehves vaki hunnaakah nuujehey loaibaa behey gothun engeykah. ey loaibaky haqeeqathuga aharumenge thabee’athuga ves vaa kamakah vaathy. loabi veveyne gothaai sababuthakaky aharumen emmennahves engey kanthah. boyfriendeh huriyya loabeege nubai maana eh dhasvaany. ekan mihaaruves vaahakain eba engey kanneynge. anehenakaa firihenakaa dhemedhu aslu loaibeh onnaany kaivenyah fahu 🙂

      Meekail ge namuga comment kuri kiyuntheriya gaathu jana bunelan othy thimaage amilla namuge badhalugai ehen kiyuntheriyegge namugai comment nukuraashey. eyves dhogeh ehedheny. dhogu hedhumaky goaheh.

      Ma Sha Allah Meekail. j vaane ves kameh neiy. Allah eki meehunnah eki hunaru dhevvaafai vany 🙂

  12. emiliya says:
    August 10, 2015 at 3:36 pm

    wheres the devil of the site today……………………..

    1. Meekail says:
      August 10, 2015 at 5:17 pm

      Im always here. Mmmwahahah
      ..?????????

    2. emiliya says:
      August 10, 2015 at 8:42 pm

      hmm i was thinking all along where u were evil so whats the comment for today’s story

    3. Meekail says:
      August 10, 2015 at 9:27 pm

      anehkaa loabi veetha. abadhu mashaa dheytherey thi vis nany. comment kuran beynun veema kuraanee kn mehen kae bunegen nujehey dw comment kuraakah

    4. emiliya says:
      August 11, 2015 at 7:08 am

      whatever never ever with a person like u

  13. Anonymous says:
    August 10, 2015 at 4:50 pm

    Faranjee bas beynun nukurun edhen.. bas himaayai kurun othy liyuntheringe ai mathy ga.. kommeves eh bahakun liyey. igireysin viyya igireysin. dhivehin viyya dhivehin..

    1. jana says:
      August 10, 2015 at 10:12 pm

      hmm Anonymous. mi massala supreme courtah hushahalhan jeheyne. hehehe….aslu jana ves varah beynun vaa kameh noon ingireysi basthah vaahakaiga beynun kurumaky. ekamaku jana dhivessah ehaa molheh noon. 🙁 ehenve liyaairu sikundiah basthah annany ingireysin. avas avahah liyaairu maa bodah nuvisnaa liyelany. ekamaku kuriah oiy thanuga visnaigen liyeveytho balaanan In Sha Allah. 🙂 aslu anonymous vaahaka dhakkaairu hunnany varah reethi koh basthah. dhivehi bahaky aslu varah mussandhi, reethi baheh. ekan engeny anonymous kahala meehun vaahaka dhekkyma.. jana ah heevey thee liyuntherieh hen.

  14. Anonymous says:
    August 10, 2015 at 4:55 pm

    boring.. kommeves bodu kameh hingaa labala janaaa…….. mihaaru kiyuntherinnah dheynvee message ves neygey mi dhaa gothun..

    1. jana says:
      August 10, 2015 at 10:15 pm

      hehe….anonymous nikan baarah jana ah govaalihen heevejje. Shukuriyya thikan faahanga kolla dhinythy ingey. hama jana ah faahanga nuveves kameh nuhinga ethah baeh gosfaane. mi vaahakaiga adhi dhevemun dhany kudhi kudhi msg thah. anonymous bunaa hen bodu kanthah vaan feshunyma e msg thah saafu vaany. dhen anna bayakun bodu kanthah vaan fashaanehen jana ah heevany. In Sha Allah 🙂

  15. smile says:
    August 10, 2015 at 5:37 pm

    This is most beautiful story I ever read…..

    1. jana says:
      August 10, 2015 at 10:16 pm

      Alhamdhulillah! 😀

  16. elsa says:
    August 10, 2015 at 6:49 pm

    varah foohi way mi jana dheke , story liyan neyngenyaa liyan noolhibala , adhi eba ulheehnun jaxakallah khairan kiyan dhas kohdhygen elsa ah , dhen kiyaany hama thnk u , mibuny nun dhen kiyaany thnk u eyy , dhen nukiyaanan mi vaahaka eh ves , varah salaam , hahahahaha , mi comment opposite koh kiyaalaa , hahahaha , mi gothah igea :
    i love u jaan , keep moving forward , jaan ah igea story liyan , elsa dhen abadh ves kiyaany jaxakallah khairan , up vaa irah kiyaanan mi story , love u , ummmmmmmmmmmmmmmmmah , hahahaha

    1. jana says:
      August 10, 2015 at 10:18 pm

      furathama mi comment kiyan fashaafa hithah ery me sarcastic commentekey. ekamaku thin vana folhuvatha hama ah dhiyaimaves raagu badhalu nuveema varah dheravi. dhen kulliakah dhashun fenuny love you jaan. hehehehe…love you too elsa. Jazakallah Khairan. Ummmmmwah!

  17. mary says:
    August 10, 2015 at 8:07 pm

    con iraku anneh bai janaa up vaanee kiyaa hithun keyyy madhuvefa. waiting for next part

    1. jana says:
      August 10, 2015 at 10:19 pm

      Next part budha dhuvahu In Sha Allah 🙂

  18. mary says:
    August 10, 2015 at 8:07 pm

    con iraku anneh bai janaa up vaanee kiyaa hithun keyyy madhuvefa. waiting for next part

  19. Shabee says:
    August 10, 2015 at 8:34 pm

    Ey elsa hw dare u r?? Copy catu maarukeytu!! Huh ur copying my conservations to jana…. n jana,, moy vegen tha thiulhenee?? Eyn? Liyaane nuliyaane ehchh neyngigen faadehge hijra kiyaa hassaru gandeh liye liyefa…adhi aba ulhe ehnun maa dheen verivegen… thee dhen kon kameh alhe?? Mihaaru ma bunefin dhw kaley kairy kale akah neyngeyey vaahaka liyaakah dhen huttaaleema viyyehnun? Heevanee Moya bolah araafa huri meehaa gandeh henn!! Vrh foohivey better u stop writing this utter rubbish…i really hate this!! UNDERSTOOD?!?!” Heheh janaa i jst made u happy 😛 u told dhw…. heheee 😀 mi prt vex vrh vrh vrh reethi.. but Adhivexx nasra eyna ge real geah nudhaneetha? Dad mennaa meet kuran vrx dhaan jeheyne dhw aslu?? N shabee beynun ehchh faahaga kollan…shabee ge experience ga adhi neh hinithunvegen frnd vi ekakuvex….frnd vi meehaku viyya betray kuranee…. vrh dheravey ehnve….mi story kiyaafa hithah eri shabee lige vex ehn vaane namaey…but wat to do… 🙁 but jana ok ingey dhen Wednesday ga genayas….bcx i knw u’ll nvr agree to tell u’ll up it daily…sooo it would b time wasting to write wastes….heheee 😉 JANA LOVE U SOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO MUCH!!!! OK LOVE U BODU KH…OK DHW? 🙂 ummmmmmmmmwah my lovely sis….ur lyk my 2nd mummy 😛 i love u tht much 😉 good luck jana…n thank u for uploading…. or i mean jazakaiharaan…no no jazakallah khairan kanneynge,, i think so…its too difficult me to read in arab….omg 😮 i cnt tell tht in arab…i think i hav spelled it wrong 🙂 if its wrong help me to make it correct… 😀

    1. jana says:
      August 10, 2015 at 10:47 pm

      Shabee dhen elsa aa dhimaalah ehchehi nugovabala. trend eh set kuriyya follow kuraane ehnu dho? 😉
      Shabee dhera nuvahchey. hayaathuga dhima vaany mulhi hayaathugai ves ekyga ulhey meehunnai hayaathun vakivegen dhaa meehun. eyin komme kameggai ves visnaifiyya filaavalheh vaane. Allah komme kamevves medhuveri kuravvany rangalhakah. But always keep smiling its sunnah 🙂
      Jazakallah Khairan Shabee! 😀 Love you too. ummmmmmwah!!

    2. Shaan says:
      August 12, 2015 at 5:36 pm

      Haadha dhigu comment eh?

    3. *** says:
      August 13, 2015 at 2:13 pm

      Shabeee…. girl akah nisbaiy koh nama jazakillah ingey. Boys nama jazakallah. Gina meehun nama jazakumullah. MashaAllah. Iradha kureviyya dhaskuryma egeyne. Miharah vure bodah. In sha allah 🙂

  20. elsa says:
    August 10, 2015 at 8:47 pm

    copycat chabee gandu , hehehe

  21. Shabee says:
    August 10, 2015 at 8:54 pm

    No elsa copy kurree… vrh foohi nikan balaabala 12th prt…shabee jana ehn buneema vaguthun comment kuree…soo hw could u copy me?? Ur the copy cat.. huh

  22. Shabee says:
    August 10, 2015 at 9:04 pm

    Ey elsa sorry ingey rulhi kh vaahaka dhehkuneema…adhi mi kiyaevunee 12th prt ga jana thankolheh fahun liyefa in comment eh…rulhi aissiyya emeehaku hevvaalaashoa…but shabee Kihineh elsa hevvaanee?? 😮 ummm elsa chubbish, shabee kokki midhaneee chabbish ge gili gili kottaalan..hehee 😛 ahchee elsa fodi nuthalhabala… ewwww 😀 hahah hevijjetha? Neynge hevvaakah dhen alhr…jana i cnt make elsa laugh.. 🙁 but i tried to do tht my bst 🙂

    1. jana says:
      August 10, 2015 at 10:50 pm

      Excellent Shabee! 😀 Ma Sha Allah 🙂

  23. Meekail says:
    August 10, 2015 at 9:31 pm

    abadhu foni kandaa shabee eko. hithun maa reehcho.. aslu guekoa..

  24. Meekail says:
    August 10, 2015 at 9:33 pm

    abadhu meehun froxen kuraa elsa eko. freeze eh noonao. froxe oa.. grammer ah molhoa. ekamaku sumekoa. hithun mee elsa oa.. aslu gui kolhekoa.

  25. Shabee says:
    August 10, 2015 at 9:57 pm

    Jinni meekail j nuve hurey…. 😛 bllllll

  26. Aishaa says:
    August 10, 2015 at 10:21 pm

    Maashaa Allah!
    Varah reethi mi part vs 🙂

    1. jana says:
      August 10, 2015 at 10:54 pm

      Alhamdhulillah! 🙂

  27. Aishaa says:
    August 10, 2015 at 10:27 pm

    Ey Shabee….
    Shabee varah rulhi aruvaahih vey dho

  28. Aishaa says:
    August 10, 2015 at 10:28 pm

    Shabee varah meehun rulhi aruvaahih vey dho?

  29. Aishaa says:
    August 10, 2015 at 10:28 pm

    Shabee varah meehun rulhi aruvaahih vey dho?*

  30. Shabee says:
    August 10, 2015 at 10:30 pm

    Hmmm shabee rulhi aruvaa hiyu vanee gahddaa vaa kudhin… lyk meekail….shabee vrh foohivey dhen abadhu komme story shabee eey fonigandeh..hadi kujjeh…. gui gandeh…ehn kiyaathee…but i dnt care… nvr mind… dhw jana its the bst solution for tht…being silence 🙂

    1. jana says:
      August 10, 2015 at 10:56 pm

      ekamaku evves meehaku rulhi aruvaakah nuvaane shabee. rulhi eruvumuge badhalugai ufaa kuruvan vaany. thimaa aa medhu meehaku heyo koh vaahaka dhekkiyas, nubaikoh vaahaka dhekkiyas 🙂

    2. Shaan says:
      August 12, 2015 at 5:37 pm

      Hahaaaaaa

  31. Shabee says:
    August 10, 2015 at 10:31 pm

    Silence is the best solution for every problem…. alhe dhogehtha mibunee jana?

    1. jana says:
      August 10, 2015 at 10:57 pm

      Not every problem Shabee. vaahaka dhakkan jehey haalaiythah ves hunnaane. vaahaka dhekkumuge kurin visnun muhimmy 🙂

  32. Shabee says:
    August 10, 2015 at 10:59 pm

    Hmmmm i think sooo… but dhen maa gahddaa vanyaa rulhi aruvaaleema hunnaanee kada vefa… n thank u..ooopps i mean jazakarraaan…no no no jazakallah hairan…no jazakallah khairan…rangalhu dhw jana??

  33. Aishaa says:
    August 10, 2015 at 11:03 pm

    Shabee thibuny thedhu vaahaka eh…silence is the best solution for every problem.

  34. Aishaa says:
    August 10, 2015 at 11:06 pm

    Meehun dhahkaa faadu faaduge vaahaka yaa alhaanulahchey…shabee

  35. Shabee says:
    August 10, 2015 at 11:08 pm

    Hmmm ehve adhi mihifahattaalanee…

  36. meera says:
    August 11, 2015 at 6:56 am

    aslu bodu kame nethi miharu ge part tha midhany. kome part eh ga ves aa kame genesdhyba. marry kurifahun ves 3 part genesdhyfi. ekm adivs v madun vahaka daka vahaka. madhun vahaka daka vahaka 1 part ga ves genedhevidanenu. so kiyuntherin beynun vane vahaka kuriya dhaan. miharu maa madun thi dhany. kudako foohi vey ehen v ma..

    hope u would understand jana. v reethi vahakae v ma hama ideas nudhy kei nuvee.
    vahaka v reethii jana.. ekm mi buni kanthaka visnachey.

  37. jana says:
    August 11, 2015 at 10:39 am

    HURIHAA KIYUNTHERINGE SAMAALUKAMAH. Jana ah bunevifa eba oiy budha dhuvahu ey up kureveyny. ehen buni iru ves hithah eri miadhu busy veema budha dhuvahu up kureveyvaru nuvaane ey. heekury ehaa busy eh nuvaane kamah. miadhu veema mi enguny. jana dhen emme las vegen genesdheyny hukuru dhuvahu In Sha Allah. eyahvure las nuvaane In Sha Allah.

  38. elsa says:
    August 11, 2015 at 5:35 pm

    no problem jaan , hahaha , chabee ves dw , chabee ge comment eh fenunas mihaar hevey , hahaha , meekail 2 ah ehchihi nukiyaba dhen chabee , hehehe , me grammer ah dhashey , i ah ves faahaga kurevey thikan , school ga ulhun iru ves emme udhaguly eng n maths , anyways jaxakallah khairan , jaan ah ves meekail 2 ah ves ,hehehe , sorry jaan dhera koh levunyma

  39. elsa says:
    August 11, 2015 at 5:37 pm

    froxen ekey nubunan , froxe eyy bunevuny ,

  40. elsa says:
    August 11, 2015 at 6:03 pm

    hehe

  41. elsa says:
    August 11, 2015 at 6:06 pm

    its k , chabee

  42. Aishaa says:
    August 11, 2015 at 6:17 pm

    Elsa….ey jaan eh nun…jana

  43. elsa says:
    August 11, 2015 at 8:25 pm

    i know tht Aishaa , ekam elsa jana ah kiyany jaan , dw jaan

  44. elsa says:
    August 11, 2015 at 8:41 pm

    🙂

  45. Shabee says:
    August 11, 2015 at 9:58 pm

    Jana dhen thts not fair… but ok bunun noon gotheh neh viyya…mithaa writers hiley saabahah vaahaka liyedheykamah takaavex shukuru kuran jeheyne dhw…so jana ah v vvarakun liyefa up khdhe…plx make it fast as u can… 😀 good luck sis do ur bst..n ur di bst… love u sis..ummwah!!

  46. mariyam says:
    August 12, 2015 at 7:57 am

    ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެއް. އެކަމް ބަސްކޮށާރު ރަނގަޅުކޮށްލަން ޖެހޭ. ހުރުން، އިނުން، އޮތުން، މިފަދަ ބައިތައް ރަނގަޅުކޮށްލަނިކޮށް ވަރަށް ފުރިހަމަވާނެ.

  47. Shaan says:
    August 12, 2015 at 5:38 pm

    Elsa and shabee i men ge comment page ah aadheba. Plssss

  48. elsa says:
    August 13, 2015 at 3:18 pm

    alhe shaan m really sorry , i busy veema naadhevuny , sorry 2 bee s n shaan

  49. nyx says:
    August 13, 2015 at 3:44 pm

    Alhe koba tha aneh part?? Kon irakun tha aneh part upload kuranee?? Hardly can wait…

  50. Hajja says:
    August 14, 2015 at 4:42 am

    Masha’Allah v reethi mivaaahaka n ummeedhukuran mikahala dheenee reethivaahakathakehh fennaanekamah..

Comments are closed.

Next Episodeހިޖުރަ (ސާދަވަނަ ބައި)←


All Right Reserved!