Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 7, 2017 2 Mins Read
10 Comments

(ދެވަނަ ބައި…)

3 އޮގަސްޓް 2017 ވަނަ ދުވަހުުގެ ބަޔާ ގުޅޭ…

ޖައިޝްގެ އެހިމޭކަން އޭނާ ތަރުޖަމާކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އޭނާއަށް އެހާ ނަފްރަތު ކުރާ މީހެއްގެ ސިކުނޑީގައި  ގަތަމުން އަމުނަމުން އެދަނީ ކޮންމެ ފަދަ ނުބައި ކުޅިގަނޑަކަށްވެސް ވެދާނެއެވެ. މަޑުމަޑުން ވެހެންފެށި ވާރޭ ބޯކުރަމުންގޮސް ގަދަކޮޅިގަނޑަކަށް ބަދަލުވުމާއެކު ޖައިޝް، އަނުމް ގެ އަތުގައި ހިފައިގެން އެމީހުންގެ ގެއާވި ދިމާއަށް ދުއްވައިގަތެވެ. ލޮލުކޮޅަށް ގޮސް އޮބާލަންދެން ޖައިޝް ދާ ދިމާލަށް ބަލަންހުރުމަށްފަހު ބަލްޚާ ގުދުވެ ބިންމައްޗަށް ވެއްޓި ތެޅިފައިވާ އައިނު ނަގައިގެން މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

ފެންވަރާލައިގެން ނުކުމެ ހުދު ތުވާޔަކުން އުނަގަނޑުންތިރި ނިވާކޮށްލައިގެން އައިސް ޖައިޝް އެނދު ހުރަހަށްވާގޮތަށް އޮށޯވެލިއެވެ. އެނދުމަތީގައި އޮތް ރިމޯޓްގެ އެހީގައި އެ ވިއްސާރައިގަވެސް ފިނިވެގެން ތުރުތުރުލާވަރަށް ފިނި ކޮށްފައިއިން އެއަރކޮންޑިޝަނަރ ނިއްވާލިއެވެ. އެވަގުތު އެ ކަސްރަތީ ބަދަންކުލައިގެ ރީތި ފިރިހެންވަންތަ ޖިސްމުގައި ވަކި ހިއްޕާލާފައިވާ ކުދިކުދި ފެންތިކިތައް އޭނާގެ ހަށިގަނޑުގައި ބޮސްދެމުންދިޔައެވެ.

“… އިތުރަށް އުނދަގޫކުރާކަށް ޖައިޝްއަށް ދެން އަހަންނެއް ނުވެސް ފެންނާނެ…” ޖައިޝްގެ ކަންފަތް ދަށުގައި އެހިނދު ގުގުމަމުން ދިޔައީ ބަލްޚާ އެންމެ ފަހުން ބުނި އެބަސްކޮޅެވެ. ބަލްޚާގެ އެބަސްކޮޅު އޭނާގެ ހިތަށް ހެރިފައިވަނީ ކިހާ ފުންމިނަށްކަން އަންދާޒާކޮށްލަންވެސް އެހިނދު އޭނާވަނީ ނުކުޅެދިފައެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެބަސްކޮޅުން އޭނާގެ ސިނކުނޑި މުޅިން ހާސްކުރުވައިފިކަމެވެ. ފެން ނުބޮވަނީސް އަރުތެރެ ހިކި ހިންދިރުވާލަންވެސް އުނދަގޫވެއްޖެކަމެވެ. އެހިނދު ސިކުނޑިން ހިތަށް ފޮނުުުވަދޭން މަސައްކަތްކުރަމުން ދިޔަ މެސެޖް ނަގައި ނުގަނނެވި ހިސާބަކަށް ބޮލުގަ ރިއްސަން ފެށުމުން ޖައިޝް ދެލޯމަރާލިއެވެ.

އެއާއެކު އޭނާގެ ލޮލު ކުރިމަތިން އެންމެ ފުރަތަމަ ބަލްޚާ ފެނިލި ދުވަހުގެ ހަނދާން އާވެލިއެވެ.

އެއީ މީގެ އަހަރެއް ވަރު ކުރިއެވެ. ހައި ސްކޫލުގެ އެގާރަ ވަނަ ގުރޭޑް ނިންމާލުމަށް ފަހު، ބާރަވަނަ ގުރޭޑް ފެށުނު ދުވަހަކީ ކްލާސްތެރެއަށް ޢީދެއް އައިސްގެން އުޅުނު ފަދަ ދުވަހެކެވެ. ދިގު ޗުއްޓީއަކަށް  ފަހު އަލުން ގާތް ރަޙުމަތްތެރިންނާ ބައްދަލުވީީީތީ ހުރިހާ ކުދިންވެސް ތިބީ އުފަލުންނެވެ. ބަލްޚާ ފިޔަވައި ކްލާހުގެ ހުރިހާ ކުދިންނަކީވެސް ދެކެފަރިތަ ރައްޓެހިންނެވެ. ބަލްޚާއަކީ ގްރޭޑް އެގާރަ ނިންމާލުމަށްފަހު ކުރިން އުޅުނު ސްކޫލް ދޫކޮށްލުމަށްފަހު އެ ސުކޫލަށް އަލަށް ބަދަލުވި ކުއްޖެކެވެ. ހެޔޮވަރު ވަރެއްގެ ދިގު އިސްކޮޅެއް ލިބިފައިވާ ބަލްޚާއަކީ އާއްމު ދިވެހިންގެ ހަމުގެ ކުލަޔާ ތަފާތު ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. އަލްމަންޑް ކުލައިގެ ފަން އޮފްދާރުކަންގަދަ އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އިން ގޮތުން ބަލްޚާ އިތުރަށް ރީތިކޮށްދެއެވެ. ކަޅުކުލައާއި މުށިކުލަ ހިމެނޭ ބޮޑު ރޭބަން ނަންބަރު އައިނަކުން ބަލްޚާގެ މުށިކުލައިގެ ދެލޯ ނިވާ ކުރެވިފައިވީނަމަވެސް އެ ދެލޮލުގެ އުޖާލާކަން ކުޑައެއް ނޫނެވެ. ބަލްޚާގެ ފުރަތަމަ ފެނިލުމުންވެސް ޖައިޝްއަށް ބަލްޚާ ހާއްސަ ވިއެވެ. ނަމަވެސް ހިތުގެ އެ އެދުން ފަސްއަޅާ ފޮރުވަން ޖައިޝްއަށް މަޖުބޫރުވީ ކުލާސް އެހެން ފިރިހެން ކުދިންނަށް ބަލްޚާ ކަމުނުދިޔައީތީއެވެ. ނުވަތަ އެހިނދުން ފެށިގެން އެމީހުންގެ މައްލަވަތަކުގެ އަމާޒަކަށް ބަލްޚާ ހެދީތީއެވެ. ނުބަލަން ހުއްޓަސް ވަރަށް ސިއްރުން ޖައިޝްއަށް ބަލްޚާއަށްބެލުނެވެ. އަނުމްއަށް އެ ބެލުންތައް ސިއްރެއް ނުވިއެވެ. ބަލްޚާއަށްޓަކައި އެހިނދުން އެހިނދަށް ހަސަދައާއި ރުޅިވެރިކަމުގައި އަނުން އަނދަންފެށިއެވެ. ޖައިޝްއަކީ އަނުމްގެ ހައްގެއް ކަމުގައި އަނުމް ދެކެއެވެ. ހަތްވަނަ ގްރޭޑުން ފެށިގެން އަނުމްއާއި ޖައިޝްއަކީ އެކުގައި ތައުލީމު ޙާސިލްކުރަމުންދާ ދެކުދިންނެވެ. އާއިލީ ރަހުމަތްތެރިކަމާއެކު، އެކުގައި އުޅެބޮޑެތިވި ދެކުދިންނެވެ.

ދުވަސްތައް ފަސްދެމުން ދިޔަވަރަކަށް ހަގީގީ ރަހުމަތްތެރިން ވެސް ބަލްޚާއަށް ވަކި ވަމުން ދިޔައެވެ. ހިތާމައަކީ ދެތިން ކުއްޖެއް ފިޔަވާ ހުރިހާ ކުދިންވެސް ބަލްޚާއަށް ނަފުރަތުކުރާކަމެވެ. ހާއްސަކޮށް ކުލާހުގެ ހުރިހާ އަންހެންކުދިންގެ މެދުގައި ބަލްޚާއަކީ ހަނގުރާމަވެރި މައިދާނެއްގައި ހަތިޔާރު އަޅައިގެން ހުރި ދުޝްމަނެއް ފަދައެވެ. ބަލްޚާގެ އެންމެ ގާތް ދެ އެކުވެރިންނަކީ ބަޝީރުއާއި ހިޝާންއެވެ. ބަލްޚާކަހަލަ ދެ “ޗަޝްމިޝް” އެވެ. ބަޝީރަކީ ލިބިފައިވާ ބަރުހެލި ބިޔަ ހަށިގަނޑާއި ކުލަ، ކަޅު ހަމުގެ ސަބަބުން ބާކީވެފައިވާ ކުއްޖެކެވެ. ހިޝާންއަކީ ކިޔެވުމާއި މަޑުމައިތިރިކަމުގައި ނަމޫނާ ދަރިވަރެކެވެ. ހުރިހާ ޓީޗަރުންގެ އެންމެ މަޤުބޫލު ދަރިވަރެވެ. އަދި ހުރިހާ ދަރިވަރުންގެ “ރަނޑާލި އަންހެނާ” އެވެ. ހިޝާނަށް ކޮންމެ ފަދަ ލަގަބެއް ދީފައި ވީނަމަވެސް ބަލްޚާގެ ނަޒަރުގައި ހިޝާން ރީއްޗެވެ. ފިރިހެންވަންތައެވެ. ބަލްޚާގެ އެގާތް ކަމާއި އޯގާތެރިކަން ހިޝަންގެ ހިތުގައި ވަކި ހިއްޕާލިއެވެ. ކަމުދިޔައެވެ. ބަލްޚާއަށް އެނގުމެއްވެސް ނެތިއެވެ. އެކަންވެސް އެންމެ ފުރަތަމަ ދެނެގަތީ ޖައިޝްއެވެ. އެކަން އިޢުލާނުވެގެން ދިޔައީ އެންމެ ހުތުރު ގޮތުގައެވެ.

އެދުވަހުގެ ކުލާސް ފެށިގެން ދިޔައީ ފިޒިކްސް ގަޑިންނެވެ. ހިޝާންއާއެކު ބަލްޚާ ކުލާސްތެރެއަށް ވަދެގެންއައި އިރު ކުލާހުގެ ދެންތިބި ހުރިހާ ކުދިން ތިބީ ކުލާސްތެރޭގައެވެ. އެހެން ދުވަސްތަކާ ޚިލާފްނަމަވެސް ވާން އުޅެނީ ކީީއްކަން ނޭނގިތިބެ ބަލްޚާ އާއި ހިޝާން އައިސް ގޮނޑީގައި އިށީނެވެ. ފިޒިކްސް ޓީޗަރ ކުލާހަށް ވަނުމާއެކު ހުރިހާ ކުދިން ކޮޅަށް ތެދުވިއެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. ޓީޗަރަށް މިވާގޮތް ނޭނގި ހުރެ ރުޅިގަދަވެގެން އަޑުމަޑު ކުރަން އެންގިޔަސް އެއްވެސް ކުއްޖަކަށް އެ އަޑު ނީވޭ ކަހަލައެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ދިހައެއް ( ހަތްވަނަ ބައި )

Next

ބީހުން….(9)

Next
August 7, 2017

ބީހުން….(9)

Previews
August 7, 2017

ދިހައެއް ( ހަތްވަނަ ބައި )

10 Comments!

  1. cha,, says:
    August 7, 2017 at 2:09 pm

    Nice

    1. މަރިޔަމް ރައުހާ says:
      August 7, 2017 at 2:17 pm

      thanks 🙂

  2. Ilha says:
    August 7, 2017 at 2:59 pm

    Mice ekamaku maakutu hen heevanee.next part thankolheh dhigukohlathi..

    1. މަރިޔަމް ރައުހާ says:
      August 7, 2017 at 3:11 pm

      insha allah 🙂

  3. khajja says:
    August 7, 2017 at 4:42 pm

    Masha allah stry v rythi ekam too short dhw when nxt prt avskollachchey n dhiguves kollaathi ingey ly??❤❤?????

    1. މަރިޔަމް ރައުހާ says:
      August 8, 2017 at 9:05 am

      thanks khajja <3 <3 🙂 8th august ge part dhiguvaane…. storyga aslu vAnuvA ingenfashaa hisaabah dhaavarakah dhigukuramun gendhaanan…. 🙂

  4. Kiara says:
    August 7, 2017 at 5:53 pm

    Haaaaaaadha kureyyyyyy

    1. މަރިޔަމް ރައުހާ says:
      August 8, 2017 at 9:06 am

      maa kury dhw… 8th august ge part dhiguvaane…. storyga aslu vAnuvA ingenfashaa hisaabah dhaavarakah dhigukuramun gendhaanan…. 🙂

  5. click a shot ? says:
    August 7, 2017 at 6:17 pm

    Dhigu kohlachey next part…..varah salhi minpart ves

    1. މަރިޔަމް ރައުހާ says:
      August 8, 2017 at 9:07 am

      thanx dear …. dhigukuramun gendhaanan ingey

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ…←


All Right Reserved!