Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟ އެގާރަވަނަ ބައި

shan Level 410 Stories100 Comments500 Comments100 Login
May 12, 2013 7 Mins Read
8 Comments

ނިޝްވާގެ ފައިދަށުން ބިންގަޑު ދެމިގަތްކަހަލައެވެ. ބޯމައްޗަށް އުޑު ވެއްޓުނު ކަހަލައެވެ. ނިޝްވާ އަށް ފެނުނީ އޭނާ ހީކުރި ވަރަށްވުރެވެސް ހުތުރު މަންޒަރެކެވެ. ނަޢުމާ އިތުރު ފިރިހެނަކާ ގުޅުން ބޭއްވުމުގެ އިތުރަށް ހަރާންގޮތުގަ ގުޅުންތައްވެސް ހިންގަނީއެވެ.

“..ނިޝް ކޮން އިއްސެ އެއްތަ..” ރީޝާއަށް އިޙްސާން އެއީ ކާކުކަމެއް ނޭގެއެވެ. އޭނާވެސް ހުރީ ނަޢުމާގެ މި އުޅުން ފެނުމުން އިންތިހާއަށް ފޫހިވެ ރުޅިއައިސްފައެވެ.

“..ދަންނަ މީހެއްތަ؟..” ނިޝްވާ ޖަވާބެއްނުދެއެވެ. ރީޝާ ދައްކާ ވާހަކައެއް އޭނާއަށް ނުއިވޭ ކަހަލައެވެ. ހުރިފިޔަވަޅުމަތީ ހުއްޓުން އަރާފަ ހުރީއެވެ. ނިޝްވާއަށް ހޭވެރިކަމެއްވީ ރީޝާ ތަންކޮޅެއް ބާރަށް ދެތިން ފަހަރަކު ގޮވާލުމުންނެވެ.

“..ކީ.ކީކޭ..” ނިޝްވާ ސިހިފައި ބުންޏެވެ.

“..ކޮން އިއްސެއެއްހޭ އެއީ..” ރީޝާ ސުވާލު ތަކުރާރުކޮށްލިއެވެ.

“..ދޮންތަބޭ ފުރެންޑެއް..” ނިޝްވާ އިތުރު އެއްވެސް އެއްޗެއް ނުބުނެ ގެޔަށް ދިޔުމަށް ހިނގައިގަތެވެ. ރީޝާވެސް ފަހަތުން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި އެދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ރީޝާ އިތުރު ސުވާލެއް ނުކުރީ އެހާލަތުގެ ގޮތުންނެވެ.

ރޫމް އަށް ވަދެވުމާއެކު ނަޢުމާ އިޙްސާންގެ އަތް ފޮޅުވާލިއެވެ. “..ކަލޭ ލަދެއްވެސް ނުގަނޭތަ..” ނަޢުމާ އިޙްސާންއާ ދިމާލަށް ބަލާލަމުން ބުންޏެވެ. “..މަމި ކަލޭ އެކުވެރިޔާގެ އަންހެނުންނޭ.. މަ ބުލެކްމެއިން ކޮށްގެން ނާޖާއިޒް ފައިދާ ނަގަން ތިއުޅެނީ..” ނަޢުމާ ކެތްކޮށްގެން ހުރީ މީހުންތަކު ތެރޭ އެއްޗެއް ބުނަން ބޭނުންނުވާތީއެވެ.

“..ޝޫސްސްސް….” ނަޢުމާގެ އަނގަމަތީ އިޙްސާން އަތް އެޅިއެވެ. “..މާ ބާރަށް ވާހަކަ ނުދައްކާ.. ލަދު ގަންނަނީ މަވީމަތަ.. ހިހިހި..ކަލޭ އަލަށްކުރާ ކަމެއްތަމީ؟ ނޫނީ މަހުތުރީ ތަ؟ ބުނެބަލަ.. ދެން ތި ތިދައްކަނީ ބުލެކްމެއިލްކުރާ ވާހަކަ..އެހެންވަނީވެސް ކަލޭ އުޅޭލެއް ޠާހިރު ވީމާ ނުން.. ހިތުން މާ މާތް މީހަކަށް ވާން އުޅޭނެކަމެއް ނެތް.. މިއޮއް އޮތްހާއިރު މަޑުން ހުރިގޮތަށް ދެންވެސް މަޑުން ހުރޭ… ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ..” އިޙްސާން ނަޢުމާގެ މޫނު މަތީ ފިރުމާލަމުން ދެކޮނޑުގަ ހިފާ ގަޔާ ކާރިކޮށްލިއެވެ.

“..މަގޭ އެކުވެރިޔާ ކޮންތާކުން ހޯދި ލޯބި ލޯބި ބިޓެއްތަ މީ..”

“..އާދޭސް މިކުރަނީ.. އަހަންނަށް ތިހެން ނުހަދާ..” ނަޢުމާ އިޙްސާން އާ ދުރަށް ޖެހިލިއެވެ. “..ކަލޭ ބޭނުންވަރަކަށް ރުފިޔާވެސް ދީފާނަން.. އަހަރެންނަށް ތިކަމަށް މަޖުބޫރު ނުކުރޭ..” ނަޢުމާ އިޙްސާންގެ ދެފައި ދަށަށް ތިރިވެ ދެފައިގައި ހިފަހަށްޓައިގެން އިނދެ އާދޭސްކުރަން ފެށިއެވެ. އޭނާއަށް އެކަންކުރުމަށް މަޖުބޫރު ނުކުރުމަށް އެދުނެވެ. އޭރު އޭނާގެ ލޮލުގައި ރައްކާކޮށްފައި ހުރި ކަރުނަތަށް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ބަންޑުންވަމުން ދިޔައެވެ. ނަމަވެސް އެކަރުނަޔަކުން އެ އާދޭހަކުން އިޙްސާންއަކަށް އަސަރެއްނުކުރިއެވެ.

“..އޯ..ކަލޭ މިތަނަށް ތިއައީ ތިގޮތަށް ކަރުނަ ބާލަންދޯ؟..އޯކޭ..ކައޭ ދޫކޮށްލާފިން..ދޭ ގެޔަށް..” އިޙްސާން ޖީބުން ސިޓީ އުރައެއް ނެގިއެވެ. އަދި ރޫމްއިން ނިކުންނަން ހިނގައިގަތެވެ. “..މަބޭނުމެއްނޫން ގަދަކަމުންކަމެއް ކުރާކަށް..މަމި ދަނީ މިހިފާގެން ޝަހީން ކައިރިއަށް..”

“..ނޫން..ނޫން..” ނަޢުމާ ކުއްލިއަކަށް ތެދުވެ ފަހަތުން އިޙްސާންގެ ޓީޝާޓްގައި ހިފެހެއްޓިއެވެ. “..އަހަރެން އެއްބަސް.. ތިހެން ނަހަދާ..” އަދި އަވަސް އަވަހަށް އިޙްސާން އަތުގައި އޮތް ސިޓީއުރަ ޖަހާގަތެވެ. ހަމަ އެސިކުންތުގައި ސިޓީއުރަ ތެރޭ ހުރި އެއްޗެއްސާއެކީ ވީދާ ކުދިކުދި ކޮށްލިއެވެ. ނަޢުމާ ދެއަތުން ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން ނޯށް ދަމާލިއެވެ. އިޙްސާން ވިހަ ގޮތަކަށް ހީލިއެވެ.

“..ތީ އަދި އަސްލެއް ނޫން….މަ ބޭނުމީ ރުފިޔާއެއް ނޫން.. މަ ބޭނުންކޮށްފަ އިތުރުވާވަރަށްވެސް ރުފިޔާ ލިބޭ..” އިޙްސާން ނަޢުމާގެ ދެކޮނޑުގަ ހިފާ ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ. އަދި ޓީޝާޓް ބޭލުމަށްފަހު ނަޢުމާގެ ކައިރީގައި އޮށޯތެވެ.

އިޙްސާން ނަޢުމާގެ ހަށިގަނޑުން އަރާމާ ލައްޒަތު ލިބިގަންނަމުން ދިޔައިރު ނަޢުމާ އޮތީ ސީލިންގްގައި ހަރުކޮށްފައިވާ ފަންކާއަށް ނަޒަރު ސީދާކޮށްލާގެންނެވެ. އޭނާ އެހެން އޮތްއިރު ދެ ލޮލުގެ ހިމަކޮޅުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.

*************

ނިޝްވާ ބާރު ހިނގުމުގައި ގޮސް އެރީ ޓެރަހަށެވެ. ފަހަތުން އިޝާން އާއި ރީޝާވެސް އެރިއެވެ. އައި މަގުމަތީގައި ރީޝާ އިޝާންއަށް ގުޅީއެވެ. ރީޝާ އިޝާންއަށް ހުރިހާ ވާހަކައެއް ވަރަށް ތަފްޞީލްކޮށް ކިޔާދިނެވެ. އެމީހުންނަށް އެނގުންގޮތެވެ. ދެން ޔަޤީންކުރަން ކުރި މަސައްކަތެވެ. އިމާދުއާއި އިލްހާމްގެ ވާހަކަތަކެވެ. ނަޢުމާއާއި އިޙްސާންގެ ގުޅުމުގެ ވާހަކައެވެ. އަދި ގެސްޓްހައުސްއަށް ދިޔަވާހަކައެވެ. ނަޢުމާ ކަމަށް ނިޝްވާއާ އިމާދު ދިމާކުރިވާހަކައެވެ. އިޝާންއަށް އިމާދުގެ ވާހަކަތައް އިވުމުން ރުޅިގަދަވިއެވެ. ދެއަތް މުއްކަވާލެވުނީ ނިޝްވާ އަތުގައި ހިފެހެއްޓި ވާހަކަ ބުނުމުންނެވެ. ނަމަވެސް މިރޭ އިމާދު އާއި އިލްހާމް ދެއްކިވާހަކަތައް ކިޔާދިނުމުން ކޮންމެސްވަރަކަށް ހަމަޖެހުނެވެ. ދެން އެގޮތަށް ދިމާނުކުރާނެކަން އެނގުމުންނެވެ. އެހެންނަމަވެސް ނިޝްވާ ކަންތައްކުރިގޮތުން ހިތްހަމަވެސްނުޖެހުނެވެ. އޭނާއަށް ކަންކަން ސިއްރުކުރާތީއެވެ. ނަމަވެސް އެވަގުތަކީ އެކަމާ ރުޅިއައިސް ޒުވާބުކުރަން ރަނގަޅު ވަގުތެއްނޫންކަމުގައި ވުމުން އޭނާ ރުޅި ކޮންޓްރޯލްކުރިއެވެ.

ޓެރަސްގެ ވަށައިގެންވާ ފާރުމަތިން އަޅާފައިވާ އެލްމުނިއަމް ހޮޅީގައި ބާރަށް ހިފަހައްޓާލާގެން ތިރި ބަލަން ނިޝްވާ ހުއްޓެވެ. ކައިރީގައި ލައިގެން ހުރި ކަޅު ހެނދުން އެއްލާލާފައި އޮތެވެ. ހޮޅީގައި ހިފަހައްޓާފައިވާ އިރުވެސް އަތުގައި ތުރުތުރުލުމެއް ހުއްޓެވެ. އެހެންކަމުން އޭނާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ. ދެލޯވަށްވެ ދެބުމަގޮށްޖެހިފައިވާއިރު އެލޮލު ތެރެއަށް ކަރުނަ ޖަމާވެފައިވެއެވެ. ނަމަވެސް ލޮލުންއެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ. އޭނާ ރޯންވެސް ބޭނުންނުވާކަހަލައެވެ. ނޫނީ އޭނާ އެވަނީ ލިބުނު ޝޮކްގެ ސަބަބުން ރޯން ހަނދާންނެތިފައެވެ. އިޝާން އާއި ރީޝާ ގޮނޑީގައި އިށީދެނލައިގެން ތިބީ ނިޝްވާ ހަމަޔަކަށް އެޅި ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތަށް 10 ވަރަކަށް މިނިޓް ވަންދެން އޭނާ ހުރުމަށްފަހު އިޝާން މެންނާ ދިމާލަށް އެނބުރުނެވެ.

“..އައި އޭމް ވިތް ޔޫ..” އިޝާން ގޮސް ނިޝްވާގެ އަތުގައި ހިފާލިއެވެ. އެމޫނަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. ”.. ނިޝް ވާނެ ދެރަ އިޙްސާސް ކުރެވޭ.. ރުޅިއިސްކޮށްގެން ކަންކަން ރަނގަޅެއް ނުކުރެވޭނެ.. ވިސްނާގެން ކަންތައް ކުރަންވާނީ.. ތިކަމުގަވެސް އަހަރެންނަށް ވެދެންވެންއޮތްހާ ހެލްޕެއް ވެދޭނަން.. ނިޝް އެކޭ އެއްގޮތަށް ތިކަން ހުއްޓުވުމަކީ އަހަރެންގެ ވެސް ޒިންމާއެއް.. ތީ އަހަރެންގެވެސް ފެމިލީ.. ތި ފެމިލީއަށް ލިބޭ ދެރައަކީ އަހަރެމެނަށްވެސް ލިބޭ ދެރައެއް..” އިޝާން ވާހަކަދެއްކީ އޯގާތެރިކަމާއެކުއެވެ. ލޯތްބާއެކުއެވެ. ނިޝްވާ އެކޭ އެއްގޮތަށް އިޝާންވެސް ހުރީ އެކަންތަކާ ދެރަވެފައެވެ. ނިޝްވާ އިޝާން ގައިގާ އޮޅުލައިގަތީ ކެތްނުކުރެވިގެންނެވެ. އޭނާއަށް ބާރުބާރަށް ރޮވެންފެށުނެވެ. ރައްކާކޮށްފައި ހުރި ކަރުނަތައް އިޝާންގެ މޭމައްޗަށް ބަންޑުންކުރަމުން ދިޔައެވެ. އިޝާންގެ ވާހަކަތައް އިވި އޭނާއަށް ކެތްނުކުރެވުނީއެވެ. އޭނާ ބޭނުންވި އެހެން އޮވެ ހިތް ފުރެންދެން ރޯލާށެވެ.

“..ހިތްވަރުކުރޭ ނިޝް..” ނިޝްވާ ބޯ ހިއްލާލީ ރީޝާ އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ.

“..ދެން ކިހިނެއް ހަދާނީ..” ނިޝްވާ ރީޝާއާ ދިމާލަށް އެނބުރިލަމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. “.. ދޮންތައަކީ އެކަހަލަ ހަޑި ހުތުރު ޢަމަލް ހިންގަމުން ދާ މީހެއްކަން އެނގުމުން ދޮންތަބޭއަށް ވާނެގޮތް ހިތަށް އަރަނީ.. އޭރުން ކަންތައް ވެގެންދާނެގޮތް މިހާރުވެސް ސިފަވޭ.. އޭރުންވެސް ހުރިހާ ގެއްލުމެއް އެކުޑަކުޑަ ޝާންއަށް.. އެކުއްޖާގެ ކުށެއް މިކަމުގަ ކޮބާ..”

“..ނިޝް ދޮންތައަށް ވިސްނަދޭންވީ.. ނިޝް ބުނާބަސް ދޮންތަ ގަބޫލްކުރާނެ..” ރީޝާ ނިޝްވާގެ އަތުގައި ހިފާލިއެވެ. “..ޝަހީންބެއަށް ތިކަން ނާންގާ ނިޝް ތިކަން ހައްލުކުރަން މަސައްކަތް ކުރަންވީ..”

“..ރިޝް އެބުނިހެން އެއީ އެންމެ ރަނގަޅުވާނެ ގޮތަކީ..” އިޝާން ރީޝާ ދެއްކި ވާހަކަތަކާ އެއްބައިވެލިއެވެ.

“..އަހަރެން ކީކޭ ކިޔާފަ އެވާހަކަތައް ފަށާނީ..” ނިޝްވާ އަނެއްކާވެސް ރުޅި ގަދަވާންފެށިއެވެ. “..ލަދުގަނޭ ރުޅިއާދެވޭ އެކަންތައް މަތިން ހިތަށް އެރިއަސް.. ކުރިން ހީކުރީ ހަމައެކަނި ފިރިހެނަކާ ގުޅުން އެކަންޏޭ ބާއްވަނީ.. އެކަމް އޭނާ އެދަނީ ބޮޑެތި ފާފަތައްވެސް ކުރަމުން.. ނުވިސްނޭ ކީކޭ ކިޔާފަ ކަމެއް ފަށާނީވެސް.. ވަރަށް ފޫހިވެއްޖެ އޭނާ މަތިން…”

“..ނިޝް ދޮންތަ ކައިރިން އަހާ ކޮންތާކަށްތޯ ދިޔައީ..”

“އެހީމަ އޭނަ ތެދަށް ބުނާނެތަ؟..” އިޝާންގެ ވާހަކަ މެދު ކަނޑާލަމުން ނިޝްވާ ބުންޏެވެ.

“..ނިޝް..ތެދަށް ނުބުނާނެކަން އިނގެޔޭ.. ދޮގު ހެދީމަ ނިޝްއަށް އެވާހަކަ އިތުރަށް ދެއްކި ދާނުން..” އިޝާން ބެލީ ނިޝްވާއަށް ވިސްނާދެވޭތޯއެވެ. “.. ދޮންތަ މިވެނި ތާކުން ފެނުނޭވެސް ބުނެވިދާނެދެން.. ނޫނީ ނިޝްއަށް ހުރިހާކަމެއް އެނގުންކަން އަންގާލާ.. ދޮންތަ ކަންތައް ކުރަނީ ރަނގަޅަށް ނޫންކަމަށް ބުނެ ނަސޭހަތްދީ.. ނަސޭހަތްދީ އިސްލާހު ނުވެއްޖެނަމަ އިތުރުގޮތެއް ވިސްނާނީ.. އަދި ބުނަން ރުޅި އިސް ނުކުރައްޗޭ..” އިޝާން ކަންތައް ކުރަންވީ ގޮތް ރަނގަޅަށް ކިޔާދިނެވެ. ރުޅިއިސްނުކުރުމަށް އިޝާން އެދުނީ ނިޝްވާއަކީ ރުޅި އައިސްފިނަމަ ކޮންމެފަދަ އެއްޗެއްވެސް ޖެހިލުމެއްނެތި ބުނެލާނެ ކުއްޖެއްކަން އެނގޭތީއެވެ. ރުޅި ކޮންޓްރޯލްއިން ނެއްޓިދާނެތީއެވެ.

“..ނަސޭހަތްދޭން އެއީ ކުޑަކުއްޖެއްތަ؟..” ނިޝްވާ ހިތަށްއެރިއެވެ. ރީޝާވެސް އިޝާން ބުނިގޮތަށް ކަންތައް ކުރުމަށް އެދުނެވެ. ނަމަވެސް ނިޝްވާ ހިތުގައި ވަނީ އިންތިހާއަށް ނަފްރަތުގެ އަލިފާނުގެ ހުޅު ރޯވެފައެވެ. ނަޢުމާ އިސްލާހެއްނުވާނޭ އޭނާގެ ހިތްބުނަމުންދެއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނަޢުމާ އޮތީ އޭނާގެ އެނދުގައި އޮށޯވެލައިގެންނެވެ. ބަނޑުމަތީ ދެއަތް ބާއްވާލާގެން ސީލިންގް އާ ދިމާލަށް ބަލަހައްޓާގެންނެވެ. މީހާ އޮތީ ހުއްޓުން އަރާފައި އޮތްއިރު ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ. ބޮކި އަނދާފައި ހުރުމުގެ ސަބަބުން އެކޮޓަރީގައި އަލިކަމެއް ނެތެވެ. ވަނީ ކަނު އަނދިރިކަމެވެ. ބޮކިވެސް އޭނާގެ އެހިތާމާގައި ބައިވެރިވާން ބޭނުންވާ ކަހަލައެވެ. އޭނާ ލޮލުން އޮހެމުންދާ ކަރުނަތައް މުޅި ދުނިޔެއަށް ސިއްރުކުރަން ބޭނުންވީ ކަހަލައެވެ. މިރޭ އޭނާ ކުރިކަންތައް މުޅިދުނިޔެއަށް ސިއްރުކުރަން ބޭނުންވާ ފަދައިންނެވެ. އޭނާ ލައިގެން އޮތީ މިރޭ ބޭރަށްދާން ލީ ކަޅުކުލައިގެ ސުކިނީ ޖިންސް އާއި ރަތްކުލައިގެ ކުދި މާތަކެއް ކުރަހާފައިވާ ޓޮޕެވެ. އަޅައިގެން ހުރި ރަތް ކުލައިގެ ޝޯލް ތަޅުންގަނޑުމައްޗަށް އެއްލާލާފައި އޮތެވެ. އޭނާ އެއޮތީ އެއްޗެހި ބަދަލްކުރާނެ ހިތްވަރުވެސް ނެތިފައެވެ. ތެދުވެގެން ހިނގައި ގަންނާނެވަރުވެސް ނެތީއެވެ. އޭނާއަށް ކުރެވުނު ކަންތަކާ ކުރިއަށް އޮތްތާ އޭނާ އުޅެންޖެހޭނެ ގޮތާމެދު ދެރަވެ ހިތާމަކުރާ ހާލުގައެވެ. އެކަންތަކަށް އޭނާގެ ޟަމީރު އޭނާއަށް ދުވަހަކުވެސް މާފެއްނުކުރާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެކަންތައް އޭނާއަށް ކުރަން މަޖުބޫރެވެ. އެކަންކުރުމަށް މަޖުބޫރު ކުރަނީ އޭނާ ޝަހީންދެކެވާ ލޯތްބެވެ.

ނަޢުމާ ސިހިފައި ކުއްލިއަކަށް އެނދުން ތެދުވީ ކޮޓަރިތެރެ އަލިވެގެން ދިޔުމުންނެވެ. އޭރު ދޮރުކައިރީ ދަބަހެއް ހިފައިގެން ޝަހީން ހުއްޓެވެ. ނަޢުމާ ދެއަތުން ކަރުނަތައް ފޮހެލަމުން އެނދުގައި ހަމަޖެހިލިއެވެ. ޝަހީންއަށް ނަޢުމާ އިންގޮތް ފެނުމުން އޭނާގެ ހިތުގެ ހާލަތު ދެނެގެންފިއެވެ. ޑްރެސިން ޓޭބަލް މަތީ ދަބަސް ބޭއްވުމަށްފަހު މަޑުމަޑު ހިނގުމެއްގައިގޮސް ނަޢުމާގެ ކައިރީގައި ހުއްޓުނެވެ. އަދި ނަޢުމާގެ ކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ. އެއަށްފަހު މަޑުމަޑުން ގަޔާގާތްކޮށް ނަޢުމާގެ ބޯގެނެސް އޭނާގެ ތަނަވަސް މޭމަތީގައި ބާއްވާލިއެވެ. އަދި ނަޢުމާގެ ގައިގައި ބައްދާލާ ހަށިގަނޑުގެ ތެރޭގައި ބޮނޑި ކޮށްލިއެވެ. ނަޢުމާވެސް ޝަހީންގެ ގައިގާ ބާރަށް ބައްދާލިއެވެ. ޝަހީން ލޯތްބާއެކު ނައުމާގެ ބޮލުގައި ފިރުމާލިއެވެ. ހަމައެޔާއެކު ހިފެހެއްޓުމެއްނެތި ނަޢުމާގެ ލޮލުން ކަރުނަތައް އޮހެންފެށިއެވެ. ޝަހީން ލައިގެން ހުރި ޔުނީފޯމް ތެންމަންފެށިއެވެ. ފިރިމީހާގެ ލޯބި ލިބުން ހައްޤު ނޫން ފަރާތެކޭ ހިތަށް އެރުމުން އޭނާއަށް ރޮވުނީއެވެ.

“..ނަޢު ހުއްޓާލާ..” ޝަހީން ނަޢުމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ. “..އަހަރެން މިއައީ އޭ..ދެން އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތް..” ޝަހީން އަށް ހީވީ ކުރީ ރޭގެ ހާދިޘާގެ ސަބަބުން ނަޢުމާ ބިރުން ނިދަން ބޭނުން ނުވެފައި އޮތީކަމަށެވެ.

“..ކީއްވެ ކޮޓަރި އަނދިރިކޮށްލާގެން ތި އޮތީ..” ދެންވެސް ވާހަކަ ދެއްކީ ޝަހީން އެވެ.

“..ބޮކި އަނދާފަ ހުރީމަ..” ޖަވާބުގައި ނަޢުމާ މަޑު މަޑުން ބުންޏެވެ. ނަޢުމާގެ އަޑުގައި ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ.

“..ތީ އެއްވެސް ކަމެއް ނޫން..” އިހުނަށްވުރެ ބާރަށް ޝަހީން ނަޢުމާ ގަޔާލާ ބޮނޑިކޮށްލިއެވެ. އަދި ލޯބިން ނިތްކުރީގައި ބޮސްދިނެވެ.

“..ދޭ އެއްޗެހި ބަދަލްކޮށްލަން..” ނަޢުމާ ޓައިލްސް މަތީ އޮތް ޝޯލް ނަގާ މޭޒުމަތީ ބޭއްވުމަށްފަހު، ޝަހީން އަށް ބަލަމުން މަޑުހިނގުމެއްގައި ގޮސް ފާހާނާއަށް ވަނެވެ.

ނިޝްވާ ސިޓިންގ ރޫމް ސޯފާގައި އިނީ އޭނާގެ ކުޑައިރުގެ ރަހުމަތްތެރިއަކާ ފޯނުން ވާހަކަ ދައްކާށެވެ. އޭނާ ބޭނުންކުރަމުން ދިޔައީ ލޭންޑް ލައިން ފޯނެވެ. ނިޝްވާ އިނީ ކުރު ސޯޓުބުރިއަކާ އަތްކުރު ޓީޝާޓެއް ލައިގެން ދެފައި އެކީ ސޯފާ މައްޗަށް އަރުވާގެން ކަންފަތާ ކޮނޑާ ދޭތެރެޔަށް ފޯނު ލައި ފިއްތާލާގެންނެވެ. އެހެންއިނުމުގެ ސަބަބުން އޭނާގެ ފަލަމަސް ގަނޑުން ބޮޑުބަޔެއް އޮތީ ހާމަޔަށެވެ. އެމީހުން ކުޑައިރުގެ ރަންދުވަސްތަކުގެ މަތިން ހަނދާން އާކޮށް އެވާހަކަ ދައްކަމުން ދިޔައިރު ނިޝްވާ އިރު އިރު ކޮޅާ ވަރަށް ގަދަޔަށް ހޭންފަށައެވެ. ދެފައިގެނެސް މެޔާލާ ފިއްތާލާގެން އިނީ އެހެންވެއެވެ. މާގަދަޔަށް ހެވޭތީ ބަނޑަށް ތަދު އަރާތީއެވެ. ބަދިގޭގައި ރޮށިފިހަންހުރި ނަޢުމާއަށްވެސް ނިޝްވާ ހޭންފަށާއިރަށް ހެވެޔެވެ. އެއީ އޭނާގެ ހިތުގައި ނިޝްވާއާމެދު އޮތް ލޯތްބެއްގެ ސަބަބުން ވާގޮތެކެވެ. އަދި އެހެންމެ ނިޝްވާގެ ކުޑައިރުންސުރެ ގެންގުޅެމުން އައީ ނަޢުމާކަމަށްވުމުން އޭނާއަށް ވަނީ ނިޝްވާ ދައްކަމުން ދިޔަ ހުރިހާ ވާހަކަތަކެއް ހަމަލޮލަށްފެނިފައެވެ. ނަޢުމާ ރޮށިފިހުން މަޑު ޖައްސާލުމަށްފަހު ބަދިގެއަށް ކަނޑައަޅާފައިވާ ކުޑަ ގޮޅިން ނިކުތީ ނިޝްވާއަށް ލަނޑެއްދިނުމުގެ ބޭނުމުގައެވެ. ނިޝްވާ އިނީ ނަޢުމާއަށް ފުރަގަސްވާ ގޮތަށެވެ. ނަޢުމާ ނިޝްވާއާ ދިމާލަށް ބަލަހައްޓާގެން ވިސްނަން އިރުކޮޅަކު ހުރުމަށްފަހު ތިރިވެ، ފޯނުގެ ލައިން ގެޔަށް ވައްދާފައި ހުރި ކޮޅު އުފުރާލިއެވެ. ހަމައެޔާއެކު ނިޝްވާގެ ހުނުންވެސް ވަގުތުން ހުއްޓުނެވެ. ނިޝްވާ ފޯންނަގާ ދެތިންފަހަރު ކަންފަތުގަ ޖައްސާލުމުންވެސް އެއްވެސް އަޑެއް ނީވުނެވެ. އެހެންކަމުން ފޯންއަށް މައްސަލައެއް ދިމާވީކަމަށް ހީކޮށް ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އުފުރާލާފައިވާ ލައިންގެ ކޮޅު ފެނުނެވެ. ވީގޮތް އެނގުމުން ނަޢުމާއާ ދިމާލަށް ލޯ އަޅާލަމުން ލައިންގެ ކޮޅު ޖެހިއެވެ. އަދި އެނބުރިގޮސް ފޯން ނަގާ ގުޅާލިއެވެ. އޭރު ރޮށިފިހަންހުރި ނަޢުމާ ހުރީ އަޑިޔަށް ހީލަ ހީލައެވެ. މިފަހަރުވެސް ނިޝްވާއަށް މާގިނައިރަކު ފޯނަކުން ވާހަކައެއް ނުދެއްކުނެވެ. ފޯން ކެނޑުމާއެކު ކުއްލިއަކަށް ފަހަތްބަލާލިއެވެ. ނިޝްވާ ބަލާލުމާއެކު ނަޢުމާގެ ހިނިގަނޑު ދިޔައީ ފަޅާގެންނެވެ. ނިޝްވާއަށް ވީ އެހެންގޮތެކެވެ. އޭނާ ފޯނުގެ އަތްގަނޑު ބާރަށް ޖަހަމުން ސޯފާއިން ތެދުވިއެވެ.

“..ކަލޭ މަށަށް ކޮން ޖެއްސުމެއްތަ ތިކުރަނީ؟..” ނަޢުމާ އެގޮތަށް ކަންތައްކުރުން ނިޝްވާ ގާތަށް އައީ ރުޅިއެވެ.

“..ކަލޭޔޭ..” ނަޢުމާގެ ހުނުން ހުއްޓި އޭނާގެ މޫނުމަތީ ސުވާލުމާކު ތަކެއް ޖެހެން ސިކުންތެއްވެސް ނުނެގިއެވެ. ކުރިން އުފާވެރިކަން ފެންނަމުން ދިޔަ ނަޢުމާގެ މޫނު މަތިން މިހާރު ފެންނަނީ ހައިރާންކަމެވެ.

“..އާނ..ކަލޭޔޭ…ކަލެޔަށް މަ ކޮން ޖެއްސުމެއްކޮށްގެންތަ މަށަށް ތި ދުއްޕާންކުރަނީ..” އަނެއްކާވެސް ނިޝްވާގެ ރުޅިވެރި ބަސްތަކެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔައީ ނަފުރަތުގެ އަލިފާނެވެ.

“..ސޮރީ..ހާދަ އަވަހަށް ރުޅި ތިއައީ..އެއީ ދޮންތަ މަޖަލަށްކުރިކަމެކޭ..” ނިޝްވާ އެވަރު ކުޑަކަމަކާ ރުޅިއައީތީ ނަޢުމާ އެކަމާ ދެރަވިއެވެ. ނަޢުމާ ގޮސް ނިޝްވާ ކައިރިއަށް ހުއްޓި އޭނާ އަތުގައި ހިފަމުން މާފަށް އެދުނެވެ.

“..ހުއް… ތި މުޑުދާރު ދެއަތުން މަގެ ގައިގަ އަތް ނުލާތި..” ނިޝްވާ ނަޢުމާގެ އަތް ފޮޅުވާލިއެވެ. އަދި ނަޢުމާއާ ދިމާލަށް ލޯ އަޅާލަމުން ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. ނިޝްވާގެ ދުލުން ބޭރުވާ ކޮންމެބަހެއްދަނީ ނަޢުމާގެ ޚައިރާންކަން އިތުރުކުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ނިޝްވާ އެގޮތަށް ވާހަކަދައްކަނިކޮށް އޭނާއަށް އަޑުއިވިފައެއް ނެތެވެ.

“..ކޮއްކޯ.. ކިހިނެއްވީތަ؟ ދޮންތަ ކައިރީ ބުނެބަލަ..ކޮންމެސްކަމެއްވެއްޖެ ކޮއްކޮއަށް..” ނިޝްވާ އެވަރުގެ ކުޑަކުޑަ ކަމަކާ ރުޅި ނާންނާނެކަން ނަޢުމާއަށް ވިސްނުނެވެ. ހިނގަމުން ދިޔަ ނިޝްވާގެ އަތުގައި ނަޢުމާ ހިފެހެއްޓީ އެހެންވެއެވެ. ނިޝްވާ ރުޅި އައިސް ލޯވައްކޮށްލާފައި އޭނާ އަތުގައި ހިފަހަށްޓާފައިވާ އަތަށް ބަލާލަމުން ނަޢުމާއާ ދިމާލަށް ކަޅިއަޅާލިއެވެ. އެޔާއެކު ނަޢުމާ ނިޝްވާގެ އަތުން ދޫކޮށްލިއެވެ.

“..ކަލޭ ކައިރީ ބުނެފީމެއްނުން މަގެ ގައިގަ އަތްނުލާށޭ..ކަލޭދޭ ބަލަ ފިރިހެނަކުވޭތޯ….ފިރިމީހާއަށް ވަގަށް ފިރިހެނުން ކައިރިއަށް ވަނުން..އެއީ ކަލެޔަށް..” ނިޝްވާއަށް ބުނެވުނީ އެހިސާބަށެވެ.

“..ނިޝްވާ…….” ނަޢުމާ އަތުގެ ހޫނު އެތިފަހަރެއް ނިޝްވާގެ ކޯތާފަތް މައްޗަށް އެރިއެވެ. ނިޝްވާގެ އަނގައިން ބޭރުވި އެއަޑުތައް ނަޢުމާއަށް އިވުމުން ހައިރާންކަން އިތުރުވި ނަމަވެސް އޭނާއަށް ހިމޭނުން ނުހުރެވުނީއެވެ. ވީ ތަދުން ނިޝްވާ ބާރަށް ހަޅޭލަވާގަތެވެ. އަދި ކޯތާފަތްމަތީ އަތް އަޅާލެވުނެވެ. ނިޝްވާ މޫނުމަތީ ޖެހި ޖެހުންވީ ނިޝްވާގެ ރުޅި އިހުނަށްވުރެ ގަދަ ކުރުވި ކަމަކަށެވެ. އަނދަ އަނދާހުރި ދަރު އުދުނަކަށް އިތުރަށް ދަރު އަޅާ ގަދަޔަށް އަންދާލިކަހަލައެވެ. އޭނާގެ ރުޅި ކޮންޓްރޯލްއިން ނެއްޓުނެވެ.

“އޭ….ކަލޭ ހީކުރީ ކަލެޔަށް އެކަނިކަމަށްތަ ކަންތައް ކުރަންކެރޭނީ..އޭނ…” ނިޝްވާ ވަށައިގެން ހޯދަންފެށިއެވެ. އެއްލި ކަޅިއަކުން އައިސް އަލަމާރިމަތީ އޮތް ވަޅި ފެނުނެވެ. އަދި ބާރު ހިނގުމުގައި ގޮސް ވަޅި ނަގާ އެދިޔަ ބާރުމިނުގައި އައިސް ފެންކަޅި ވެފައި ހުރި ނަޢުމާއާ ދިމާލަށް ވަޅި ދިއްކޮށްލިއެވެ. އޭރު އޭނާ ދަތްކުނޑި ވިކާލާފައި ހުރި އިރު ދެލޮލުން އަލިފާން ކަނި ބުރަބުރާ ހުއްޓެވެ. އޭނާ ހުރީ އެހާވެސް ރުޅި އައިސްފައެވެ. މިހާރު ނަޢުމާގެ ކުރިމަތީ އެހުރީ ނަޢުމާދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ކޮއްކޮ ނޫންކަހަލައެވެ.

“..ތީ ކޮންކަހަލަ ސަމާސާއެއް..ކިހިނެއް ވެގެންތަ ތިއުޅެނީ…” ނަޢުމާ ނިޝްވާގެ އެޢަމަލުފެނިފައި ބިރުގަތް ނަމަވެސް ވާހަކަ ދެއްކުނީ ބާރަށެވެ. އޭނާއަށް ފެންނަމުން އެދާކަންތައް ޤަބޫލްކުރަންވެސް ދަތިވިއެވެ.

“….މީ ތިކަހަލަ ގޮތެއް ފޮތެއްނެތް މުޑުދާރު އަންހެނުންނަށް އޮތް ހައްޤު އަދަބު..” ނިޝްވާ ނަޢުމާއަށް އިތުރު އެއްޗެއް ބުނާކަށް ފުރުޞަތެއްވެސް ނުދިނެވެ. ދިޔަ ބާރުމިނުގަ ދިޔަގޮތަށް ގޮސް ނަޢުމާގެ ބަނޑަށް ވަޅިކޮށްޕާލިއެވެ . (ނުނިމޭ)

ބާރަވަނަބައިގެ ތެރެއިން:-

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. އޭޑީކޭ ހޮސްޕިޓަލަށް ދިޔުމަށްޓަކައި މަޖީދީމަގުން ހިނގަމުން ދިޔަ އިޙްސާން ގޯޅި އަކަށް ވަނީ އެ ހޫނަށް ކެތް ނުވެގެންނެވެ. މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ހުރީ ބުރިކަށިމަތިން ގައިގާ ތަތްލާފައެވެ. ނިތްކުރި މަތިންނާއި ކަނދުރާއިން ދާތިކިތައް އޮހެމުން ދިޔައެވެ. މަޖީދީމަގުން ހިނގާފައި ދިޔުމަށްވުރެ ގޯޅިން ހިނގާފައި ދިޔުމުން ހޫނު މަޑުވާނެތީ އޭނާ ބޭނުންވީ އެގޯޅިން ލާފައި ދިޔުމަށެވެ. އިޙްސާން ދެއަތުން ގަޔަށް ވިހެލަމުން ކުރިޔަށް ހިނގައިގަތެވެ. ހަމައެޔާއެކު ކުރިޔަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ދެމީހެއްގެ ސަބަބުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އަގުބޮޑު ދިރިއުޅުން…..

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 21

Next
May 13, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 21

Previews
May 11, 2013

އަގުބޮޑު ދިރިއުޅުން…..

8 Comments!

  1. nishan says:
    May 12, 2013 at 9:53 am

    އުއްމީދުކުރަން މިބައިވެސް ކަމުދާނެކަމަށް.. އަދި ރަނގަޅުކޮށްލަންޖެހޭ ކަންތައް ފާހަގަކޮށްލަދޭނެކަމަށް..

  2. ޒާރާ says:
    May 12, 2013 at 1:31 pm

    ވަރަށް ސަޅި……………… އަނެއް ޕާރޓް ކިޔާހިތުން މިހާރު ކެތްމަދުވެފަ………….އަވަހަށް އަޕް ކޮއްދޭތި…………………

  3. nishan says:
    May 12, 2013 at 1:45 pm

    ތޭންކް ޔޫ ޒާރާ..

  4. fathimath Asim says:
    May 12, 2013 at 5:54 pm

    މި ފަހަރު އަރާމަގުން މި ބައި ކިޔާފިން.ވ ރީތި

  5. nishan says:
    May 12, 2013 at 6:21 pm

    ތޭންކް ޔޫ ފާތުން

  6. އިލޫ says:
    May 13, 2013 at 9:42 pm

    ވާހަކަ ވަރަށް ރީތި …… އިލޫ ފެށުނީއްސުރެ މި ވާހަކަ ކިޔަމުން މި ދަނީ ބަޓް އަލަށް މި ކޮމެންޓް ކޮށްލީ …… އުންމީދު ކުރަނީ އަވަހަށް ދެން އޮތް ޕާޓް ކިޔަން ލިބޭނެ ކަމަށް…… 🙂

  7. nishan says:
    May 13, 2013 at 11:24 pm

    thank yu ilu

  8. ހަދީ says:
    May 14, 2013 at 10:38 pm

    އަވަހަށް އަނެއްބައި އަޕްކޮށްދީބަ ޕްލީސް……

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ބާރަވަނަބައި←


All Right Reserved!