Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ދެވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 23, 2021 3 Mins Read
0 Comments

އިތުރު ފަސްދުވަހަށް އެރަށުގައި މަޑުކުރަންޖެހުމުން ނައިޝާގެ މޫޑު މުޅިން ސަކަރާތްވިއެވެ.ކުރިއަށްވުރެ ބޮޑަށް އޭނާ މިހާރު އެރަށުން ފުރަން ހުރީ ބޭނުންވެފައެވެ.އެނދުގައި ހަމަޖެހިލުމަށްފަހު އައްކިޔުންގެ ނަންބަރަށް ނައިޝާ އާދައިގެމަތިން އަނެއްކާވެސް ގުޅާލިއެވެ.ނަމަވެސް އައްކިޔުންނަށް ގުޅޭތޯ އޭނާ ހޭދަކުރި ބައިގަނޑިއިރު ދިޔައީ އައްކިޔުންނަށް ނުގުޅި ބޭކާރުވެގެންނެވެ.

**********

ހެނދުނު ނުވައެއް ޖެހުމުން ނައިޝާ ފިހާރަދޮށަށް ދާން އާދައިގެމަތިން ތައްޔާރުވެލިއެވެ.މިހާރު ކޮޓަރިން ބޭރަކަށްވެސް ނިކުންނަ ހިތެއް ނައިޝާއެއް ނުވެއެެވެ.ސައިފަށް ނައިޝާ ފެނުނީމައެވެ.މަޑު ހިނގުމެއްގައި ނައިޝާ ހިނގާލައިފައި ދިޔައެވެ.ފިހާރަ ހުޅުވުމުގެ ބައިގަނޑިއިރު ކުރިއަށް ނައިޝާ ފިހާރަ ހުޅުވާ އެތެރެއަށް ވަނެވެ.ފިހާރައިގެ އޭސީތައް ޖައްސާ ފިހާރަ ހުޅުވުމަށް ތައްޔާރުވަމުން ދަނިކޮށް މީހަކު އެފިހާރަތެރެއަށް ވަނެވެ.

ނައިޝާ ފިހާރަދޮރާ ދިމާއަށް ބަލައިލިއެވެ.އެވަގުތު އެފިހާރައަށް ވަދެގެން އައީ ސަނާއެވެ.ނައިޝާ ފެނުމާއެކު އޭނާގެ ގާތަށް ސަނާ އައިސް އެކަނިތޯ އަހާލިއެވެ. “އާނ އަދި އަހަރުމެން ދެމީހުން މި ފިހާރައިގަ މިތިބީ” ނައިޝާ ސަނާއަށް ރައްދުދިނެވެ.އެވަގުތު ސަނާ ނައިޝާ ގައިގައި ބައްދާލުމަށްފަހު ރޯންފެށިއެވެ. “އަހަންނަށް މާފްކުރޭ ދައްތާ….ދައްތަ އަހަންނަށް އެހާ ހެޔޮކޮށް ހިތިއިރުވެސް އަހަންނަށް ދައްތައާ ދޭތެރޭކަންތައް ކުރެވިފަވަނީ ވަރަށް ގޯސްކޮށް” ރޮމުން ސަނާ ބުނެލިއެވެ.

ވަގުތުކޮޅަކަށް ހަދާނެގޮތް ނޭނގިފައި ނައިޝާއަށް ހުރެވުނެވެ.މަޑުމަޑުން ނައިޝާގެ އަތް ގެންގޮސް ސަނާގެ ދެކޮނޑުގައި ހިފާލާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ. “ނުުރޮއެ ހުއްޓާލާ…ދައްތަގެ ހިތަކު ސަނާއާ މަންމައަށް ރުޅިވެރިކަމެއްނެތް” ސަނާ ރޯތީ ނައިޝާ ވަރަށް ހިތުގަ ޖެހުނެވެ. “އަހަރުމެން ވަރަށް ހާލުގަ މިއުޅެނީ މިހާރު” ރޮމުން ސަނާ ބުނެލިއެވެ. “އަމިއްލަ ގޭގަ ސުހާގެ ބާރުގެ ދަށުގަ….އެހެންނޫނަސް މީހަކަށް ދެރައެއްދީފަ އަނެކާއަކަށް އުފަލުގައެއް ނޫޅެވޭނެކަން މިހާރު ސަނާއަށް ވިސްނިއްޖެ” ސަނާ ވާހަކަދައްކަމުން ދިޔަވަރަކަށް އޭނާގެ ރުއިންވެސް ދިޔައީ އިތުރުވަމުންނެވެ.

ސަނާ ރޯތީ އޭނާ މަސަލަސް ކުރެވޭތޯ ނައިޝާ ދިޔައީ ސަނާގެ ބުރަކަށީގައި ފިރުމަމުންނެވެ.
“އަހަރެން މާލެ ދިޔަ ފަހަރަުވެސް އަހަންނަށް ވަރަށް ރަނގަޅަށް ދައްތަ ކަންތައް ކުރީ…ދައްތަގެ ގޭގަ ހުއްޓަސް އަހަންނަށް އުޅެވެނީ އަމިއްލަ ގެއެއްފަދައިން އެކަމަކު ދައްތަ މިރަށަށް އައިސް ވަަރަށް ހާލުގަ އުޅެންޖެހުނީ” ސަނާއަށް މާޒީ ހަނދާންވެގެން ބުނެލެވުނުއިރު، މީހާ ރޮއެރޮއެ ގޮސް ނޯށުން ފެންވެސް އަންނަން ފެށިއެވެ.

“ދެން އެކަމާ ނުވިސްނާ ދައްތަ ހިތަކު ކޮއްކޮއަށް އެއްވެސް ހިތްބުރަކަމެއްނެތޭ” އަތްދަބަހުން ޓިޝޫ ބޮޑިއެއް ނަގާ ސަނާއަށް ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ. ސަނާގެ ހާލުފެނި ނައިޝާއަށްވެސް ނުރޮވެ ހިފަހައްޓާލެވެނީ ކިރިޔާއެވެ.ސަނާ ގައިގައި ވަރަށް ލޯބިން ބައްދާލުމަށްފަހު ނުރޮއެ ހުއްޓާލުމަށް ނައިޝާ އޯގާތެރިކަމާއެކު ބުނެލިއެވެ.

ވަގަުތުކޮޅެއްފަހުން ސަނާ ހަމައަކަށް މަޑުމަޑުން އެޅުމުން ނައިޝާ ސަނާ ކައިރި އިށީނދެލިއެވެ. “ކީއްވެތަ އެހާބޮޑު ބާރެއް ސުހާއަށް ލިބިގެން އެއުޅެނީ….ދައްތަ އިއްޔެ ދެކުނިން މަންމައަށް ވަރަށް އަމުރު ވެރިކޮށް ވާހަކަ ދައްކަނިކޮށްވެސް” ނައިޝާ އަހާލިއެވެ.

ނައިޝާއަށް ރައްދު ދޭން ސަނާ އަނގަ ހުޅުވާލި ވަގުތު ފިހާރައަށް މީހުންތައް އަންނަން ފެށިއެވެ.އެހެންކަމުން ސަނާ އޭނާގެ ވާހަކަ ހުއްޓާލުމަށްފަހު ލޯފުހެލާ އިންތަނުން ތެދުވުމުން ނައިޝާވެސް ތެދުވިއެވެ.

“ނައިޝާތަ ތީ؟…އަހަރެން ދެކެން ކުރިން ވަރަށް ގިނައިން ސައިފްގެ ގެއިން…މިފަހަރު ފެނުމުން ނުވެސް އެނގުނު” ވަޒީފާއަށް އައި އެކަކު ހެވިލާފައި ނައިޝާއަށް އަހާލިއެވެ.

*********

ފިހާރަ ތެރޭގައި ކުޑަވަގުތުކޮޅަކު އުޅެލުމަށްފަހު، އެންމެނަށް ގުޑްލަކު ކިޔާލާ އެތަނުންދާން ނައިޝާ ނިކުމެލިއެވެ.ފިހާރައިން ނިކުމެ ތަންކޮޅަކަށް ގޮސްލުމަށްފަހު ކުއްލިއަކަށް ނައިޝާ ހުއްޓުނީ ސައިފް ފެންނަން ހުރުމުންނެވެ.ދުރުގައި ކަޅިޖަހާ ނައިޝާއަށް ބަލަން ސައިފް ހުއްޓެވެ.

ސައިފް ފެނުމާއެކު، ނައިޝާއަށް ސައިފް ކަންތައް ކުރިގޮތް، ހަނީފާއްތަ ސައިފްގެ ބައްޕައަށް ކިޔައިދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ސައިފް ގުޅި ދުވަހުގެ މަތިން ނައިޝާ ހަނދާންވިއެވެ.

“އަހަރެންގެ ހިތަކު ތި ނައިޝާއަކަށް އެއްވެސް އިހުސާސެއް ނެތް…މިއަދު ތިފަލަ ނައިޝާ މަރުވިޔަސް އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ” އެދުވަހު ސައިފް ބުނެލި ޖުމުލަ ނައިޝާގެ ކަންފަތުގައި އައިސް ޖެހުމުން ހިތްއަވަސްވެ، އަވަހަށް އެތަނުން ދާން ނައިޝާ ހިނގައިގަތެވެ.

“ނައި މަޑުކޮށްބަލަ” ނައިޝާ ހިނގައިގަތުމުން ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު ސައިފް ބުނެލިއެވެ. ސައިފްގެ އެބަހަށް މާބޮޑު ސަމާލުކަމެއް ނައިޝާ ނުދިނެވެ.އޭނާ ބެލީ ވީހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ.

“ޕްލީސް ނައިޝާ ޕްލީސް…ހަމަ އެންމެ ތިން މިނެޓަށް ނަމަވެސް މަޑުކޮށްލަދީ” އާދޭހުގެ ރާގަކަށް ސައިފް ބުނެލިއެވެ.

ސައިފް އާދޭސްކުރާ ވަރުން ނައިޝާ މަޑުކުރިއެވެ. “ބުނަން ބޭނުންވާ އެއްޗެއް ބުނޭ އެހާ ވަގުތެއް ނެތް” ސައިފާ ދިމާލަށް ނުބަލަން ހުރެ ނައިޝާ ބުނެލިއެވެ. ނައިޝާގެ އެޖުމުލައިން ސައިފް އޭނާއާ ކައިރިއަށް ޖެހިލިއެވެ.

“ނައި ހާދަ ރީއްޗޭ މިހާރު މާޝާﷲ…ސައިފަށް ނުވެސް އެނގުނު ނައި ފެނުނީމަވެސް” ނައިޝާ ކައިރިއަށް އައިސް ހިނިތުންވެލަމުން ސައިފް ބުނެލިއެވެ.

“ތައުރީފު ކުރަންތަ ތި މަޑުކުރުވީ؟…އެހެންވެއްޖެޔާ ދަނީ” އެހެންބުނެ ނައިޝާ ސައިފަށް ފަސްދީ ދާން ހިނގައި ގަންނަން އުޅުނެވެ.

“ނޫން…މަޑުކޮށްލަދީ ޕްލީސް” ސައިފް އެހެންބުނެ ނައިޝާ ދާން އުޅެންފެށުމުން އޭނާގެ އަތުގައި ކުއްލިއަކަށްހިފިއެވެ.ސައިފް ނައިޝާގެ އަތުގައި ހިފުމުން ވަގުތުން ސައިފާ ދިމާލަށް ބަލާލުމަށްފަހު އަތާދިމާލަށް ނައިޝާއަށް ބަލައިލެވުނެވެ.

“ސޮރީ” ނައިޝާ ބަލައިލިގޮތުން އަވަހަށް އޭނާގެ އަތުން ސައިފް ދޫކޮށްލިއެވެ. “ނައި ވަރަށް ބޮޑަށް ސޮރީ ގަސްތަކު ނޫން އަތުގަ ހިފުނީ ސޮރީ” ކަންބޮޑުވެ ހުރެ ސައިފް ނައިޝާއަށް ބުނެލިއެވެ.

“ދެން ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ!” ހަށަންބަދެލުމަށްފަހު ނައިޝާ ސައިފާ ދިމާލަށް ބުނެލިއެވެ. އެވަގުތު ސައިފް މުޅިތަނަށް ވަށައިގެން ބަލައިލިއެވެ. “އަހަރެން…” އިސްދަށަަަށް ޖަހާލާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސައިފް ބުނަން އުޅުނެވެ.

“ނައިޝާއާ ދޭތެރޭ އަހަންނަށް ކަންތައް ކުރެވިފަވަނީ ވަރަށްވެސް ނުބައިކޮށް…އެކަމަށް އަހަންނަކަށް މާފަކަށްވެސް ނޭދެވޭނެ…ސުހާގެ އަސްލު ކުލަވަރު އަހަންނަށް އެނގުނު ހިސާބުން އަހަންނަށް ވިސްނިއްޖެ…އެދުވަހުން ފެށިގެން އަހަރެން ނައިޝާގެ ހިޔާލު ނުކުރާ ހަމަ އެންމެ ދުވަހެއްވެސް ނުދާނެ…އަބަދުވެސް އަހަރެން އިންތިޒާރު ކުރަމުންދިޔައީ ނައިޝާއާ ދެން ބައްދަލު ވެވޭނެ ދުވަހަކަށް….ކޮންމެ ދުވަހަކު އަހަރެން މިދަނީ މިހިތާމަ ކުރަމުން…ނައިޝާއާ ބައްދަލުވެ މިވާހަކަތައް ކިޔައިދެވުނީމަ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިދާނެހެން ހީވާތީ ބުނެލަން ބޭނުންވީ” ސައިފް ވާހަކަދެއްކިއިރު އޭނާގެ އަޑުގައިވަނީ ހިތާމައެވެ.މީހާ ވަނީ މުޅިން މޮޅިވެރިވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހާދަ ލޯބިންނޭ 7

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 27

Next
October 23, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 27

Previews
October 23, 2021

ހާދަ ލޯބިންނޭ 7



All Right Reserved!